އަހަރެންނަށް ހުއްޓުން އަރާފައި ހުރެވުނީ އެވެ. ގާދިރަށް ދެން އިތުރަކަށް ބައްޕަ ކިޔާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ.ގާދިރު އަހަންނަށް ކިތަންމެ ހެވަސް، އޭނާ އެ ހިންގަމުންދާ މުޑުދާރު ޢަމަލަށް އަހަންނަކަށް ކަނު ލޮލަކުން ނުބެލޭނެއެވެ.ހިތަށް ތަދުވިޔަސް، މީހަކަށްޓަކައި ދިރިއުޅުމުގައި އަހަރެންް ގަބޫލުކުރާ ހެޔޮ ގޮތްތަކާއި ނުބައި ގޮތްތަކަކަށް ބަދަލެއް ނުގެނެވޭނެ އެވެ. އެއީ އެކަން އޮންނާނެ ގޮތެވެ. **** ’އަހަންނަށް ވަރިހަމަ ޝާމާ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް.ވިޔަފާރިވެސް ކަލެޔަށް.ތިހިރީ ތިމާ ބޭނުންވާ ގޮތަށް ވަރިވެސް ކޮށްފައި. […]
ފަތިސް ނަމާދު ބަންގީގެ އަޑަށް އަދާރާ އޭނާ ކިޔަވަން އިން މުސްޙަފް ލައްޕައިލިއެވެ. އޭރުވެސް އޭނާ ނިދާ އެނދުގެ ހެޑްބޯޑު މަތީގައި ބަހައްޓާފައި ހުރި ކުޑަ ކުޑަ ސްޕީކަރުން މެދުކެނޑުމެއް ނެތި ޤުރުއާނުގެ މޫރިތި ކަލިމަތައް އިވި އިވި ހުއްޓެވެ.ދަމު ނަމާދުކޮށް ނިންމި ގޮތަށް އޭނާ އެ އިނީ ޤުރުއާން ކިޔަވާށެވެ. ކީރިތި ޤުރުއާނަށް އެ ހިތުގައި ޖެހިފައިވާ ލޯބި ވަރަށްވެސް ފުނެވެ.އެކަމުގެ ހެއްކަކީ ޤުރުއާނުން ބޮޑު މިންވަރެއް އޭނާއަށް ހިތުދަސްވެފައިވާކަމެވެ.އަދި އޭނާގެ އުއްމީދަކީ ވެސް މުސްތަގުބަލުގައި […]
އަނޫކް ބުނި ކެފޭ ކައިރިއަށް އަހަރެން ގޮސް މަޑުކޮށްލިއިރު އަހަރެންގެ އިންތިޒާރުގައި އޭނާ ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ.އަހަރެން ފެނުމުން އެތެރެއަށް އައުމަށް އިޝާރާތްކޮށްފައި ކުރިން ހިނގައިގަތީ އޭނާއެވެ.ތަންކޮޅެއް އެތެރޭގައި އެކަހެރިކޮށް ހުރި މޭޒެއްގައި އޭނާ ގޮސް އިށީނުމުން އަހަރެން ގޮސް އޭނާގެ ކުރިމައްޗަށް ވާގޮތަށް އިށީނީމެވެ. ***** ’ކޮބާ ކިހިނެކޭ ވީ ބްރޯ…‘ އަނޫކް ދިޔައީ ސީދާ މައުޟޫއަށެވެ. **** ކަން ހިނގައި ދިޔަ ގޮތް އަހަރެން އަލިފުން ޔާ އަށް އޭނާއަށް ކިޔައިދިނީމެވެ.އޭނާގެ ނިތައް ގިނަވީ […]
އަޑު އަންނަ ދިމާލަށް އަހަންނަށް ނަޒަރު ސީދާ ކޮށްލެވުނެވެ.އަޑު އަންނަމުން ދިޔައީ މަންމައާއި ބައްޕަގެ ކޮޓަރިންނެވެ.ރަނގަޅަށް ނުލެއްޕި ފޭވެފައި ހުރި ދޮރާއި ދިމާ ތިރީގައި އަންނައުނުތަކެއް އުކާފައި އޮތެވެ.އަހަންނަށް ހިންދިރުވައިލެވުނެވެ. މިކަހަލަ މަންޒަރެއް ދެކެން ޖެހިދާނެކަމަށް އަހަރެން ދުވަހެއްގެ ކޮޅުންވެސް ހިތަކަށްވެސް ނާރައެވެ. **** އެއީ ދުވަހަކުވެސް އެބައެއްގެ އަޑު އަހަންނަށް އޮޅޭނޭ ދެމީހެއްގެ އަޑެއް ނޫނެވެ. އާއެކެވެ.އެއީ މަންމައާއި އެޔޮއް ހެޔޮފުޅު އުސައިދުބޭގެ އަޑެވެ. އެމީހުންގެ އަޑާއި ރާގު ހުރި ގޮތުން އެދެމެދުގައި ހިނގަމުން ދިޔައީ […]
’އާނ ރެޑީގަ ހަމަ…ކައެ ގުޅަންދެން މިހުންނަނީ. ހާދަ ރަނގަޅު ގަޑިއެއްގައި ތިގުޅާލީ… އޭ ބޭރުގަތަ؟ އޭ ކައެ ކޮންތާކު؟!‘ އެކޮޅުން ވާހަކަ ދެއްކީ އަހަރެންގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ އަނޫކެވެ.އަހަރެންގެ ދިރިއުޅުމުގެ ވަރަށް ގިނަ ސިއްރުތަކެއް އެނގޭ ރަހުމަތްތެރިއެކެވެ.އޭނާއަކީ ޕޮލިހުގައި މަސައްކަތްކުރާ ޒުވާނެކެވެ. ’ބުރިޖް ވިއު ކައިރީގައި‘ އަހަރެން ބުނެލީމެވެ.’ކަލޭ؟ ބުރިޖް ވިއު ކައިރީ؟ މިއޮއް ފަދަ ގަޑީގަ؟ކައެ އަކާ ނުވެސް ގުޅޭ…ކަލޯ ކައެއަށްވެސް އެ އިޝްގީ ބަލިގަނޑު ލައްވައިލީތަ؟ހެހެހެ…‘ އަނޫކަކީ ސަމާސާ ބޮޑު މީހެކެވެ.’ތީ އެންމެ […]
އަހަރެންްގެ ދުލުން ބޭރުވި އެ ބަސްތަކުން އެންމެންނަށް ސިހުން ގެނުވިއެވެ.ބިރެއް ފެނިގެން ބަލައިލިހެން މަންމަ އަހަންނާއި ދިމާލަށް ބަލައިލިއެވެ.އުސައިދުގެ މޫނުމަތިންވެސް ފާޅުވެގެން ދިޔައީ ޖެހިލުންވުމުގެ އަސަރެވެ.އޭނާގެ ކުރިމަތީގައި އަހަރެން އެފަދަ ގޮތަކަށް ބަސް ބުނި އަޑު އިވުނު މިއީ ފުރަތަމަ ފަހަރު ކަމަށް ވީމާ ތޯއްޗެކެވެ.ބައްޕަވެސް ހުރީ ނިތައް ރޫ ގިނަވެ ދެލޯ މުދުނަށް އަރައިފައެވެ. ’ޒައިފް ކީކޭތަ ތިކިޔަނީ!؟‘ބައްޕަ ވަރަށް ހިތްހަމަނުޖެހިފައި އަޑަށް ބާރުލާފައި ބުނެލިއެވެ.އެހެނަސް އިޝާރާތުން އަހަރެން ބައްޕަ ގާތުގައި ހަމަޖެހުމަށް އެދުނީމެވެ. **** […]
ރޭގަނޑު މީހުން ނިދާ، ފައިހިލަވަޅު އޮބުނީމާ އެއީ އަހަރެމެން ގޯތި’ބުޅާތައް‘ރަސްކަން ކުރާ ގަޑިއެވެ.މި ދައްކަނީ އުޒައިރު،ޒަޔާ އަދި ޒީވާގެ ވާހަކައެވެ.އެ ތިން މީހުންނަކީ ބުޅަލުގެ އުސޫލުން ރޭގަނޑު ނުނިދާ ހޭލާ ’ދަމަށް‘ ތިބެފައި ދުވާލުވީމާ ނިދާ ބައެކެވެ.ތިން މީހުން އެއްތަންވާ ރެއަކު ވިއްޔާ ވަރަށް ފޯރި އަރުވައިލާނެއެވެ.ކަމަކަށް އޮންނާނީ ގޭމުކުޅުމާއި، ފިލްމު ބެލުމާއި ޓިކްޓޮކް ހެދުމެވެ. ކުރިންވެސް ބުނިހެން އެ ތިން މީހުން ވަރަށް ގުޅޭނެއެވެ.’ސިބްލިންގްސް ނައިޓޭ‘ ކިޔާ ތިން މީހުން ސަކަރާތް ގަންނައިރު އަހަރެން މީ […]
ކޮފީއަކަށް ’ސިކުވެފައި‘ ހުރިވަރުން ބަދިގެ ފަރާތަށް ޖެހިލީ ކޮފީއެއް ތައްޔާރު ކޮށްލާނަމޭ ހިތާއެވެ.އޭރުވެސް މުޅި ސޯފާ ވެރިކޮށްލައިގެން ޒީވާ އޮތެވެ.ދޭތެރަކުން އަހަންނާއި ދިމާލަށް ބަލައިލާފައި ކަޅިއަޅައިލައެވެ.ހީވަނީ އަހަންނާއި އެއް ވައިގެ ތެރެއަށް ނޭވާލާން ޖެހޭތީ ވެސް އުނދަގޫވެގެން އުޅޭހެންނެވެ. **** ކޮފީ ތަށި ތައްޔާރުނުކުރެވިގެން އުޅެނިކޮށް އަނެއްކާވެސް ދެތިން ފަހަރަކު އެޕާޓުމަންޓުގެ ބެލް އަޅާލައިފިއެެވެ. ޒީވާ ހަމަ ހިލާ އޮތް ތަނުން ގުޑުވައި ނުލިއެވެ. ’ބޮލަށް ނުކުޅަދާނައޭ ދޭބަލަ އެ ދޮރުގަނޑު ހުޅުވަން!‘ ޒީވާ ރުންކުރުކަމާއި އެކުގައި […]
ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން، ކުރިމަތިން ފެންނަން އޮތް ކާރޫ ބާރޫ ބޮޑު މަގަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އަހަރެންގެެ ބޮލުގައިވަނީ ގަދަ ރިހުމެއް އުފެދިފައެވެ.ނުވިސްނަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެ ޚިޔާލުތައް އަހަރެންގެ ސިކުނޑި ކަމުން ދަނީއެވެ.އިންޒާރެއްނެތި އަހަރެންގެ ދިރިއުޅުމަށް ބިންދާލި އެބިޔަ ރާޅުގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުމާއި މެދު ސުވާލު އުފެދިއްޖެއެވެ. އަހަރެންގެ މުޅި ދިރިއުޅުމަކީ ދޮގެއްގެ ގޮތުގައި ސިފަކުރެވިގެން ހިނގައްޖެއެވެ. **** މި ދުނިޔެމަތީގައި ތަކުލީފެއް އުފުލަން ނުޖެހޭ މީހަކު ނިކަން […]