Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތުގެ ފަސާނާ 14

ShaiShy
October 28, 2016
5 Mins Read
66 Views
16 Comments

ތުރުތުރު އަޅަމުން ދިޔަ އަތަކުން ސޮފިއްޔާ އެގަނޑުތައް ބަލަމުން ދިޔައެވެ. އެވަގުތު އޭނާ އަށް ޤަބޫލު ކުރަންވެސް ދަތިވީ އާލިމާގެ ފިރިމީހާ އެފަދަ ޖަރީމާއެއް ހިންގާފާނެކަމެވެ. މާލޭގެ ގަދަރުވެރި ގެއަކަށް ނިސްބަތްވާ އެހާ މަޝްހޫރު ޑޮކްޓަރަކު އެފަދަ ދަށު ދަރަޖައިގެ އަމަލެއް ހިންގާފާނެ ކަމާމެދު އެއްވެސް މީހަކު ޝައްކެތް ނުކުރާނެއެވެ.
ސޮފިއްޔާ އާއި މައިކަލް މިކްޔާ ގޮވައިގެން ވަގުތުން ފުރައިގެންދިޔައީ އެއްވެސް މީހަކަށް މިކްޔާ އާއި ހަމައަށް ވާސިލް ނުވެވޭނެ ގޮތަށެވެ. އިކްރާމްގެ ހަޤީގަތް އެނގުމުން ސޮފިއްޔާގެ ހިތުގައި އާލިމާ އާއި އިކުރާމަށްޓަކައި ނަފުރަތުގެ ހުޅުކޮޅެއް ރޯވީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައިއެވެ. ހޮސްޕިޓަލްގެ މެނޭޖްމެންޓް އާއި ބައްދަލުކޮށް ހުރިހާ ވާހަކަތަކެއް ހިއްސާކުރުމަށްފަހު ސޮފިއްޔާ އެދުނީ މިކްޔާ އާއި އޭނާ ހަޤީގަތް އެއްވެސް އިތުރު ފަރާތަކަށް ނޭންގުމަށެވެ.

ސޮފިއްޔާމެން މިކްޔާ ގޮވައިގެން ދިޔައީ ލަންޑަނަށެވެ. 10 ގަޑީއިރުގެ އޮޕަރޭޝަނަކަށްފަހު 2 ދުވަސްފަހުން މިކްޔާ އަށް ހޭވެރިކަން ވުމާއެކު ފުރަތަމަވެސް ގޮވީ އޭނާގެ ދެދަރިންނަށެވެ. މިކްޔާ ކޮންޓްރޯލް ކުރަން ގިނަ ވަގުތުތަކުގައި ބާއްވަން ޖެހެނީ ނިދާއިންޖެކްޝަން ޖަހާފައިއެވެ. ސަބަބަކީ ހޭލެވުމާއިއެކު ރޯންފަށަނީ ދެދަރިންނަށް ގޮވަމުންނެވެ. ޑޮކްޓަރުންނާއި ނަރުހުންގެ އެއްވެސް ވާހަކައެއް އަޑުއެހުމަށް މިކްޔާގެ ސިކުނޑި ހަމައިގައި މަސައްކަތެއް ނުކުރެއެވެ. މައިކަލް ވެސް އެތައް ގޮތަކަށް ވިސްނައިދޭން މަސައްކަތް ކުރުމުން އެކަންވެސް ވީ ބޭކާރު ކަމަކަށެވެ. ޑޮކްޓަރުން ލަފާދީފައިވާ ގޮތުން މިކްޔާ އަށް އެއްވެސް ކަހަލަ ޝޮކިން ހަބަރެއް ނުވަތަ ވާހަކެއް އަޑު އިވިގެން ނުވާނެއެވެ. އެކަމުގެ ސަބަބުން އޭނާގެ ފުރާނައަށް ވެސް ގެއްލުންވުން އެކަށީގެން ވެއެވެ. މިކްޔާ އަށް އޭނާ ފެނިއްޖެނަމަ ކަންތައް އިތުރަށް ގޯސް ވެދާނެތީވެ ސޮފިއްޔާ ބަލަނީ މިކްޔާ ހޭލާ އުޅޭގަޑިތަކުގައި އެ ކޮޓަރިއަށް ނުވަދެވޭތޯއެވެ. އެގޮތުގައި ދެހަފްތާއެއް ވޭތުވީތަނާ ހުރިހާ ކަމެއް ބަދަލުވީ ސޮފިއްޔާ އަށް އައި ފޯނުކޯލަކުންނެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ނިދާ އިންޖެކްޝަނެއްގެ އެހީގައި އަރާމުކޮށް ނިދާފައިވާ އޮތް މިކްޔާގެ މޫނަށް ފެންކަޅިވެފައި ހުރި ސޮފިއްޔާ ބަލަހައްޓައިގެން ހުއްޓެވެ. ކުއްލިއަކަށް އިވުނު އަޑަކުން ތަނުގެ ހަމަހިމޭންކަން ގެއްލުވާލިއެވެ. ސޮފިއްޔާ އަވަސް ހަރަކާތަކާއެކު ރިންގުވަމުން ދިޔަ އޭނާގެ ފޯނަށް ޖަވާބުދިނެވެ.
” ކޮންދުވަހެއް މިހާރު ނުގުޅިގެން މިއުޅެނީ..މިކްޔާ ކިހިނެއްތަ؟” އެކޮޅުން ވާހަކަދައްކަމުން ދިޔައީ ސީމާއެވެ.
” މިހާރު ހަމައަކަށް އެޅެމުންދަނީ..އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެ..” ދެލޯފޮހެލަމުން އެތާހުރި ސޯފާގޮނޑީގައި ސޮފިއްޔާ އިށީނެވެ. އަދި ކައިރީ އެނދުގައި އޮތް މިކްޔާ އަށް ނަޒަރެއް ހިންގާލިއެވެ.
“ކީކޭ؟ ދެކުދިންވެސް ނިޔާވީއޭ..އިންނާ ލިއް…” ސޮފިއްޔާއަށް އިތުރަށް ބަހެއް ނުކިޔުނެވެ. ނޭވާ ވަނީ އެތެރެހަށީގައި ތާށިވެފައިއެވެ. ދެލޯފުރިގެން ބަންޑުންވި ކަރުނައިން ކޯތާފަތް ތެމިގެން ދިޔައެވެ.
“ސީމާ އަހަރެން ކިހިނެއް މިކްޔާ ކައިރީ ތިވާހަކަ ބުނާނީވެސް..ނުވާނެ އަހަރެންނަށް.. މިހާރުވެސް އެފަކީރު ދުނިޔޭގައި އޮތްކަން އެކަނި..ހޭލެވުމާއެކީ ދަރިންނަށް ގޮވަމުން ރޯންފަށާ… އޭނާ އެ އޮތް ހާލެއް ދެނެވޮޑިގެންވާނީ މާތް ރަސްކަލާނގެ..” ހިތްވަރާއިއެކު ސޮފިއްޔާ ވާހަކަދައްކަމުން ދިޔައެވެ.
” އަދި އިނގޭތަ އެ އިކްރާމްގެ އަންހެނުން މިހާރު އޮތީ ކޯމާއެއްގައި..މިކްޔާގެ ކުދިން ނިޔާވިރޭ އެގޭތެރޭގައި ވަރަށް ބޮޑު ޒުވާބެއް ހިންގާލި..އިކްރާމް އޭނާގެ އަންހެނުންނަށްވެސް އޮޅުވާލައިގެން މިވީހާ ދުވަހު އުޅުނީ” ސީމާ އެއް ނޭވައިން ކިޔާލިއެވެ.
“އެހެންތަ؟ އެހެންވީއިރު އާލިމާއަށްވެސް މިކްޔާއާއި އިކްރާމް ކައިވެނި ކުރިކަމެއް ނޭނގެ ދޯ؟” ސޮފިއްޔާގެ ހިތް އެވަގުތު އާލިމާގެ މައްޗައް ސާފު ވިއެވެ.
“ކިހިނެއް ސީމާ މި ހުރިހާ ހަބަރެއް ހޯދީ” ސޮފިއްޔާގެ ހިތުގައިވި ސުވާލު ސީމާ އާއި ކޮށްލިއެވެ.
” ދެން އިނގޭނު މަމީ ބީބީސީ ނިއުސް ރިޕޯޓަރެއްކަން..ހެހެހެ.. ” ހިނިގަނޑެއްޖަހާލަމުން ސީމާ އެހެން ބުނެލީ ފޮނިވެލާފައިއެވެ.

” ދައްތަ އަށް އިނގޭނެ މިގެޔަށް ވަރަށް ގިނައިން އަންނާނެ ހަސީނާއެއް..އޭނަ އަކީ އެ އިކްރާމްމެންގޭ މަސައްކަތް ކުރާ މީހެއް..މިއަދު ބޮޑުދައިތަ އާއި އެދެމީހުން މާ ސިއްރުން ވާހަކައެއް ދައްކާތީ އަހަރެންވެސް އަޑުއަހާލީ..އޭނަ ބޮޑުދައިތަ ކައިރީގައި ބުނީ…..” އިކްރާމް އާއި ޝަކީލާގެ މަކަރުވެރި ރޭވުމާއި މިކްޔާ އަށް ލިބިނު އަނިޔާވެރިކަން އަޑުއަހަން އިން ސޮފިއްޔާ އަށް އިނީ ކިޔާނެ ބަހެއް ނޭނގިފައެވެ. ދުނިޔެމަތީގައި ނުބައި ނުލަފާ މީހުން އުޅޭކަން އޭނާ ވަނީ އަޑު އަހާފައިއެވެ. ނަމަވެސް މި ދެމީހުންނަކީ އަދި ވަކިން އަރާތިބި ދެމީހުންނެވެ.

“އެއީ ވީގޮތަކީ…ދެން ބުނެބަލަ ކޮންއިރަކުން ދައްތަގެ ހަޤީގަތް މިކްޔާ އަށް އަންގާނީ..އޭނަ ވަރަށް އުފާވާނެ މިހާ ދުވަސް ފަހުން މަންމަ އާއި ދިމާވުމުން” ފުން ނޭވައެއް ދޫކޮށްކުމަށްފަހު ސީމާ ވާހަކަދެއްކިއެވެ.
” މިހާރުއެއް ނޫން..މަގޭ ހިތައް މިއަރަނީ މިކްޔާ އަށް އޭނާގެ ކުދިން މިދުނިޔޭގައި ނެތްކަން އިނގޭ ދުވަހުން ކިހިނެއްބާއޭވާނީ..” ސޮފިއްޔާ އެހެން ބުނެލިއިރު ދެލޮލުން ކަރުނަ ވިދަމުން ދިޔައެވެ. ” އޯކޭ ދެން ސީމާ ބާއްވަނީއޭ މިހާރު ވަރަށް އިރުވެއްޖެއެއްނު އަނެއްކާ ތި ޑޭޓާ ކޮޅު ހުސްވެދާނެ..ތޭންކްޔޫ ވަރަށް ބޮޑަށް” ސޯފާއިން ތެދުވެ ކުޑަ ދޮރާދިމާއަށް ހިނގައިގަންނަމުން ސޮފިއްޔާ ވާހަކަ ދެއްކީ މަޑުންނެވެ.

އެނދުގައި ލޯމެރިފައި އޮތް މިކްޔާގެ އެސްފިޔަތައް ދޭތެރެއިން ފޭބި ކަރުނަ ތިކި ގޮސް ކަންފަތުގެ ކުޑަ ފޫޅަށް ހިނދިގެން ދިޔައެވެ. މިކްޔާގެ ކަންފަތައް އެއިވުނީ މީހަކު އޭނަ އަށް ދޭނެ އެންމެ ނުބައި ހަބަރެވެ. އެ އަޑު އިވުމުގެ ކުރިން މިކްޔާ ކަންފަތް ބީރުވީ ނަމައޭ ހިތައް އެރިއެވެ. ނޫނީ ފުރާނަ ހަށިގަނޑާ ވަކިވެގެން ދިޔަ ނަމަވެސް މާ ރަނގަޅުވާނެއެވެ.
އޭގެ އަނެއް ދުވަހު މިކްޔާ ހޭލުމަށްފަހުގައި އެހެން ދުވަސްތަކާއި ޚިލާފަށް އެއްވެސް ބަހެއް ނުކިޔައެވެ. މިކަމާ ކަންބޮޑުވެގެން މައިކަލް ޑޮކްޓަރު ގެނެސް މިކްޔާގެ ޗެކަޕެއް ހެދިއެވެ.
” ޝީ އިޒް ފައިން..ނައު ޔޫ ކޭން ޓޭކް ހާރ ހޯމް..އައި ވިލް ގިވް ޔޫ ޑިސްޗާރޑް ޕޭޕާސް ..މީޓް މީ އިން މައި ކެބިން” މިކްޔާ ބެއްލެވުމަށްފަހު ޑރ. ރިޗާޑް ހިނިތުން ވެލަމުން ބުނެލިއެވެ.

10 މިނެޓް ފަސް.
މައިކަލް އާއި ސޮފިއްޔާ އިނީ ޑޮކްޓަރު ކޮޓަރީގައިއެވެ.
“ވެލް! މިސް މިކްޔާ އިޒް އިން އަ ޝޮކް..އައި ޑިންޓް ވޯންޓް ހާރ ޓް ނޯ އަބައުޓް އިޓް..ބަޓް އޭޒް އައި ސެޑް ޝީ ވިލް ގެޓް ޑިސްޗާރޑް.. އެން ވަން މޯ ތިންގް ޕްލީޒް ޑޯންޓް ފޯސް ހާރ ޓް ޓޯކް އަންލެސް ޝީ ވޯންޓް ޓް..ބީ ކެއާރފުލް ވިތް ހާރ..” ޑޮކްޓަރުގެ ބަސްތަކުން ސޮފިއްޔާ އަށް އިތުރު މާޔޫސް ކަމެއް ލިބިގެން ދިޔައެވެ.
“ތޭންކް ޔޫ ސޯ މަޗް ޑޮކްޓަރ..ހޭވް އަ ނައިސް ޑޭ..” މައިކަލް ޑޮކްޓަރާއި ސަލާމް ކޮށްލުމަށްފަހު ސޮފިއްޔާގެ އަތުގައި ހިފައިގެން ނިކުތެވެ.

އޭގެ އަނެއް ދުވަހު އެމީހުން ފުރައިގެން ދިޔައީ ސްވިޒްލޭންޑަށެވެ. ފްލައިޓްގައި އިން އިރުވެސް ކައިރީގައި ތިބި މީހުންނަށް މިކްޔާ މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އަމިއްލަ ހިޔާލީ ދުނިޔެއެއްގައި ގެއްލިފައި އިންނަނީއެވެ. އެއް ދިމާއަށް ބަލަހައްޓައިގެން ކިތައްމެ އިރަކުވެސް އިނދެދާނެއެވެ. ބައެއްފަހަރު ލޮލުން ކަރުނަ އަންނާނެއެވެ. ނަމަވެސް އެންމެ ފަހަރަކުވެސް ފޮހެލުމަށް އެއަތް ހަރަކާތެއް ނުކުރެއެވެ. މިއިން ކޮންމެ ފަހަރަކު ސޮފިއްޔާ މިކްޔާގެ ކަރުނަތައް ފޮހެދެނީ ލޯތްބާއިއެކުއެވެ.
ގެއަށް އައުމަށްފަހު މިކްޔާ ހުންނަން ހަމަޖެއްސީ މަތީގައި ހުސްކޮށް ހުރި ކޮޓަރިތަކުން ކޮޓަރިއެކެވެ. ސޮފިއްޔާ އުޅެނީ ތިރީގައި ކަމުން މިކްޔާ އަށް ނުފެނި ފަސޭހަ ކަމާއެކު އުޅެވޭނެއެވެ. އޭނާ އަދި މިކްޔާ އަށް ފެންނަންވެސް ބޭނުމެއް ނޫނެވެ. މިހާރު މިކްޔާގެ ހޭވެރިކަމެއް ނެތަސް ވަގުތާއި އެކު ކަންތައްތައް ވިސްނެން ފަށާނެއެވެ. އެދުވަހަކުން ސޮފިއްޔާ ފެނުމުން ކޮންމެވެސް ހަނދާނެއް ސިކުނޑީގައި އާވެލާނެކަން ޔަޤީނެވެ.
މިކްޔާގެ ކަންތައް ބެލެހެއްޓުމަށް ސޮފިއްޔާ ހަވާލު ކުރީ އޭނާގެ އެންމެ ވަފާތެރި އަދި އިތުބާރު ކުރެވޭ އެކަކުކަމުގައިވާ މާރިޔާ އަށެވެ. ދުރާއި ގާތުން މިކްޔާގެ ހަރަކާތް ތަކަށް އަބަދުވެސް ސޮފިއްޔާ ހުންނަނީ ފާރަވެރިވެގެންނެވެ. މިއަދު ހެނދުނު ކަސްރަތު ކޮށް ނިންމުމަށްފަހު މިކްޔާ ހޭލުމުގެ ކުރިން އެކޮޓަރި އަށް ވަންނަން ދިޔަ ވަގުތު ދެމަސް ފަހުން ފުރަތަ ފަހަރަށް މިކްޔާގެ އަޑު
އިވުމުން ހިތައް ހަމަޖެހުމެއް ލިބިގެން ދިޔައެވެ.
” އިޓްސް ގެޓިން ލޭޓް ސޯފީ..” މައިކަލްގެ އަޑު ޖެހުމާއި އެކު ސޮފިއްޔާ އަށް ހިޔާލީ ދުނިޔެއިން ބޭރަށް ނިކުމެވުނެވެ.

**
ހެނދުނުގެ ވަގުތެވެ. ނިދިން ހޭލެވުނު މިކްޔާ އޮތީ ކަންނެތް ވެފައެވެ. މާރިޔާ އައުމުންވެސް ފޮނުވާލީ އަދި ނިދަން ބޭނުންވާކަމަށް ބުނަމުންނެވެ. އެހެން އޮތުމަށްފަހު މިކްޔާ ލިޔަން ގެންގުޅޭ ފޮތާއި ގަލަން ނަގަމުން އެނދުގައި ބަންޑުން އޮތުމަށްފަހު އެފޮތުގައި އެއްޗެއް ލިޔަން ފެށިއެވެ. ކުއްލިއަކަށް އިވުނު އަޑަކުން މިކްޔާ އަށް އޭނާ ލިޔަން އޮތް ގަލަމާއި ފޮތް ދުރުކޮށްލެވުނެވެ. އެއޮމާން އަޑު ވައިގެ ތެރޭން ފުރޭނިގެން އައިސް މިކްޔާގެ ހިތުގެ އެންމެ ފުންމިނަށް ވާސިލްވެގެން ދިޔައެވެ.
ލުކް އިންޓް ޓް މައި އައިސް
ޔޫ ވިލް ސީ
ވަޓް ޔޫ މީން ޓް މީ
ސާރޗް ޔުއަރ ހާޓް
ސާރޗް ޔުއަރ ސޯލް
އެންޑް ވެން ޔޫ ފައިންޑް މީ ދެއާރ
ޔޫ ވިލް ސާރޗް ނޯ މޯ
ޑޯންޓް ޓެލްމީ
އިޓްސް ނޮޓް ވޯރތް ޓްރައިން ފޯ
ޔޫ ކާންޓް ޓެލްމީ
އިޓްސް ނޮތް ވޯރތް ޑައިން ފޯ
ޔޫ ނޯ އިޓްސް ނޮޓް ޓްރޫ
އެވްރިތިންގް އައި ޑޫ
އައި ޑޫ އިޓް ފޯ ޔޫ

ބްރިޔާން އެޑަމްސްގެ ޖާދޫގައި ޖެހިފައި މިކްޔާ އަށް އޮއެވުނީ ލޯމަރާލައިގެންނެވެ. އެލަވައިގެ މާނަތެރެއަށް ގެނބެމުން ދިޔައިރު މިކްޔާގެ ހިތައް ތަފާތު އެއްޗެހި އަރާފައިބަމުން ދިޔައެވެ.

އައުފް ކޮޓަރީ ބެލްކަނީގައި ހުރި އުނދޯލީގައި އޮތީ ލޯމަރާލައިގެންނެވެ. ލަވަޔާ އެއްވަރަށް މަޑު މަޑުން ތުންފަތް ހަރަކާތް ކުރަމުން ދިޔައެވެ. އެހެން އޮތްއިރު އޭނާ އަށް ސިފަވަނީ އެންމެ ސޫރައެކެވެ. މިކްޔާގެ އެ މައުސޫމް މޫނުން އެތައް ވާހަކަތަކެއް ބުނާކަހަލައެވެ. މިކްޔާއަށްޓަކައި އެހިތުގައި އާ ރާގެއް ކުޅެވެމުން ދިޔައެވެ. އެއަށް ދޭނެ ނަމެއް ހުދު އައުފަށްވެސް ނޭނގެއެވެ. އިނގޭހާވެސް އެއްޗަކީ ފަޅި ސިކުންތު ކޮޅެއްގެ އެ ބައްދަލުވުމުން އައުފްގެ ހިތުގައި މިކްޔާގެ ސޫރަ ބިންވަޅުނެގިއްޖެ ކަމެވެ.

**
މެންދުރުގެ ހޫނު ވަގުތުގައި ޒީޝާ އޮތީ ސްވިމިން ޕޫލުގައިއެވެ. ޖޫސްތައްޓެއް ތުނބުގައި ޖަހައިގެން ހުރި އިރު މޫނުމަތިން ފެންތިކިތައް ވިދަމުން ދެއެވެ. ޒީޝާ އޮތް ފަޅިނޫން އަނެއް ފަރާތުގައި މިޝްޔާ ޕޫލުތެރެއަށް ދެފައި ބާލައިގެން އިނީ ސިޑްނީ ޝެލްޑަންގެ ޓެލްމީ ޔުއަރ ޑްރީމްސް ވާހަކަފޮތް ހިފައިގެންނެވެ. އޭނާގެ ފުރިހަމަ ސމާލުކަން ދެވިފައި ވަނީ އެފޮތުގައިވާ އަކުރުތަކަށެވެ.
” ހޭ މިޝާ! އާރ ޔޫ ގޮއިންޓް ބައިހާރޓް އެވްރީ ސިންގަލް ވޯޑް އިން ދެޓް ސްޓޯރީ؟ މިހާރު ހަންޑްރެޑް ފަހަރަށް ވުރެ ގިނައިން ޔޫ ހޭވް ރެޑް އިޓް..” ޒީޝާގެ އެއްއަތުން ފެންތައް މިޝްޔާ އާއި ދިމާއަށް އުކަމުން ބުނެލިއެވެ. އެވަގުތު މިޝްޔާ އަޅައިގެން އިން ބޮޑު ނަމްބަރު އައިނު ނަގަމުން ބުރުގާގެ ކަނަކުން ފޮހެލުމަށްފަހު އަނެއްކާވެސް އެޅިއެވެ.
” ދެޓްސް އިޓް! ..އެމް ލީވިންގ..ދެން އޮވޭ އެކަނި..” ޒީޝާ އާއި ދިމާއަށް ލޯ އަޅާލުމަށްފަހު މިޝްޔާ ގެއާދިމާއަށް ހިނަގައިގަތެވެ. އެވަގުތު އެގޭތެރެއިން ނިކުމެގެން އަންނަ ޖޯން ފެނުމުން ޒީޝާ އަވަސް އަވަހާ ޕޫލުން އަރައިގެން ދިޔައީ ހަޓާއި ދިމާލުން ބިއްދަށަށެވެ. އަދި ސިއްރު ސިއްރުން ޖޯން ކޮބާތޯ ބަލާލި ވަގުތު އޭނާގެ އަނގަމަތީގައި މީހަކު އަތް އެޅިއެވެ.

ޒީޝާގެ އަނގަމަތީގައި އަތް އަޅައިގެން ހުރި ޖޯން އޭނާގެ އަތް ނަގަމުން އެތާހުރި ތަނބެއްގައި ޒީޝާގެ ބުރަކަށި ތަތް ކޮށްލިއެވެ. އަދި ޒީޝާގެ ދެއަތުތެރެއަށް ޖޯންގެ އަތް މަހާލުމަށްފަހު ދެއަތް މައްޗައް ހިއްލާލަމުން ތަނބުގައި ޖައްސާ ފިއްތާލިއެވެ. އޭރުވެސް ޒީޝާ ދިޔައީ ގަދަ ހަދަމުންނެވެ. ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓް ވަނީ ތެމިފައިކަމުން ޒީޝާގެ އެ ލޫޅާފަތި ހަށިގަނޑުގެ ވަނާތައް ފާޅުވާން ހުއްޓެވެ. ޖޯން އަށް ކެއްކޮށްލެވުނީ އިރުކޮޅަކުއެވެ. ޒީޝާގެ ތުންފަތުބޮސް ދިނުމަށްފަހު ކަނދުރާގައި ތުންފަތް ޖައްސާލިއިއެވެ. ޖޯންގެ އަތުގެ ބާރު ކުޑަކޮށް ދޫވި ވަގުތު ޒީޝާ ޖޯން ދުރަށް ކޮށްޕާލިއިރުގައި ހުރީ މައިނޭވާލެވިފައެވެ. ދެވަނަ ސިކުންތުގައި ޒީޝާ ޖޯންގެ މޫނުގައި ދެފަރާތުން ހިފެހެއްޓުމަށްފަހު އެތުންފަތުގައި ބޮސްދިނެވެ. އެގޮތުގައި ވަގުތުކޮޅެއް ހޭދަވީއިރުވެސް ދެމީހުންނަށް ތިބެވުނު ތަނަކާމެދު ވިސްނައެއް ނުލެވުނެވެ. ދެޖިސްމުން އާވި އަރަމުން ދިޔަނަމަވެސް ދެމީހުންވެސް ބެލީ ކަރުހިތްކުން ފިލުވައިލެވޭތޯއެވެ. ކުއްލިއަކަށް ގޭޓް ހުޅުވުނު އަޑަށް ޒީޝާ ޖޯން އާއި ދުރުވެލިއެވެ. އޭރު ޒީޝާ ލައިގެން ހުރި ޓީޝާޓް ކޮޅު އޮތީ ތިރީ ވިނަގަނޑުމަތީގައި އެވެ. އަވަސް ހަރަކާތަކާއެކު ޓީޝާޓް ލުމަށްފަހު ޒީޝާ ދަމުން ދިޔައީ ހަޓްކައިރީގައި އިން ގޮނޑިއެއް މަތީ އޮތް ބާރތް ރޯބެއް ގަޔަށް މަހާލަމުންނެވެ. އަދި ލުއި ފިޔަވަޅުތަކެއްގައި ދުވަލާފައި ގޮސް ގެއަށް ވަނެވެ.

އޭގެ ކުޑަ އިރުކޮޅެއްފަހުން ޖޯން އޭނާގެ ޓީޝާޓް ބޮލަށް މަހާލުމަށްފަހު އެތާހުރި ތަނބަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލާލިއެވެ.
” އައި ލަވް ޔޫ ސޯ މަޗް ޒީ” ޖޯން އެހެން ބުނެލިއިރު އެއަޑުގައިވަނީ ރިހުން އެކުލެވިފައެވެ.
**

28
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

ShaiShy

Other Articles

Previous

ސޫރަ (1 ވަނަ ބައި)

Next

ކާމިޔާބު އަންހެނާ 9

Next
October 28, 2016

ކާމިޔާބު އަންހެނާ 9

Previews
October 27, 2016

ސޫރަ (1 ވަނަ ބައި)

16 Comments

  1. kayashandy says:
    October 28, 2016 at 12:22 am

    i knw mi part kurukan…? ekam miadhu 2 part up kohdhineema ehen evee…next time insha allah dhigukoh up kohdheynan…☺ anyways heekuran mi part ves kamudhaane kamah…plx leave ur comments..☺
    have a peaceful Friday to all ☺ gdnyt ??

  2. riffu says:
    October 28, 2016 at 12:23 am

    Me first dhwww… ??? thankyou so much avahha up kohdhineema ? love you

    1. kayashandy says:
      October 28, 2016 at 12:34 am

      happy to c ur comment ☺ thank u for ur support…

  3. Aimsithu says:
    October 28, 2016 at 2:01 am

    Varah reethi mi partves

    1. kayashandy says:
      October 28, 2016 at 8:34 am

      thank you…☺

  4. sonaalee says:
    October 28, 2016 at 7:15 am

    V v reethi mi story..mihaar enme inthixaar kutevey story mi..

    1. kayashandy says:
      October 28, 2016 at 8:36 am

      thank you sonaalee…☺ readers ge support in aslu courage libeneeves…thigothah hiyvaru dhenyaa v ufaavey aslu…thanks again…☺☺

  5. Samsam says:
    October 28, 2016 at 8:55 am

    Wow…kayasandy..wat a nice stry…kayasandy ge mikahala baivar stories thah mi site in kiyaalan libeyne kamah vrh uhmeed kuran..mee kithah episode ge stry eh tha…

    1. kayashandy says:
      October 28, 2016 at 12:53 pm

      thank you samsam….neynge ehen bunaakah kithah episode kamei…knme dhuvahaku type kurevey varakun up kuranee mi…

  6. naaj says:
    October 28, 2016 at 9:38 am

    ???

    1. kayashandy says:
      October 28, 2016 at 12:55 pm

      ☺☺☺

  7. naaj says:
    October 28, 2016 at 9:38 am

    ???super

    1. kayashandy says:
      October 28, 2016 at 12:55 pm

      thank you queen…☺☺☺

  8. Qeen says:
    October 28, 2016 at 9:58 am

    vvv reethi

    1. kayashandy says:
      October 28, 2016 at 12:54 pm

      thankz..☺

  9. Saandy says:
    October 28, 2016 at 5:38 pm

    ވަރަށް ވަރަށް ރީތި… ހަމަ ރަނގަޅަށޭ ދޯ މި ހީވީ… ސޮފިއްޔާއަކީ މިކްޔާގެ މަންމައޭ ދޯ ހަމަ… 15ވަނަ ބަޔަށް އެބަ ވަރަށް އިންތިޒާރު ކުރެވޭ

Comments are closed.

All Right Reserved!