Skip to content
އެސްފިޔަ

އަންޖަލް (1)

ހ. ސޯލް ގޯތިތެރޭގައި ޕާރޓީ ބޮކި ތަކުން ވަނީ ޒީނަތްތެރި ކޮށްފައެވެ. މަޑު މިއުޒިކެއް އިވެމުން ދިޔައިރު އެކި އެކި މޭޒު ދޮށުގައި މީހުންތައް ތިބެގެން އެކި ވާހަކަ ދައްކަމުން ދިޔައެވެ. ކޮންމެ ރޯދަމަހެއް އައުމުގެ ކުރިންވެސް މިގޭ މީހުން ގާތްތިމާގެ މީހުންނާއި ރައްޓަހެންނަށް ހާއްސަ މާ ހެފުމެއް ބާއްވައެވެ. ތަންކޮޅެއް ދުރުގައި އިން މޭޒެއް ދޮށުގައި އަންހެން ކުއްޖަކު އެތާ ތެރޭ ހިންގާ ހުރިހާ ކަމަކަށް ގެއްލިފައި ހުއްޓެވެ. ފިޔާތޮށި ކުލައިގެ ކަކުލާ ހަމައަށް އަރާ ހެދުން ލާފައި ހުރިއިރު އޭނާގެ ބުޅި އިސްތަށިގަޑުވަނީ ރީތި ގޮތަކަށް ހަދާފައެވެ. ތުންފަތުގައި ޖައްސާފައި ހުރި މަޑު ފިޔާތޮށި ކުލައިން އޭނާގެ ރީތިކަން އިތުރަށް ފުރިހަމަ ވެގެން ދިޔައެވެ.

” އަންޖޫ.. ކޯންޗެއް މާވަރަކަށް ތިބަލަނީ..” އަންޖަލްގެ ކޮޑުގައި ޖަހާލަމުން ޝަންމަ އަހާލިއެވެ. ޝަންމައަކީ އަންޖަލް މަންމަގެ ދެބެންގެ ދެދަރި ކުއްޖެކެވެ. 4 އަހަރުގެ ތަފާތެއް ދެމީހުން ދެމެދުގައި ހުއްޓެއްކަމުގެ ދެމީހުން އުޅޭ ގޮތުން ހީވަނީ ދެ ރަހުމަތްތެރިން ހެންނެވެ.

” މީ ހަމަ ބަލާލަނީ… މިކަހަލަ ޕާރޓީ ތަކުގަ އަހަރެން މަންމަ އާއި ބައްޕަ މަތިން ވަރަށް ހަދާންވޭ…” އަންޖަލް ލޮލުގައި ހުރި ކަރުނަތައް ފޮހެލަމުން ބުނެލިއެވެ.

” އަނެއްކާ.. އަންޖޫ އަހަރެން ބުނީމެއްނުން އަހަންނަކީ އަންޖޫގެ މަންމަ ގޮތުގަ ދެކޭށޭ… ދޮންތަ މެން ނިޔާވިއިރު އަހަރެން ދޮންތަ އަށް ވައުދުވިން އަންޖޫ އަހަރެން ރަގަޅަށް ބަލާނެ ކަމަށް.. ދެންވެސް ހިގާބަލަ އެކޮޅަށް ޖުނާންއާއި ޖޫދު އަންޖޫ ހޯދިއޭ..” އަންޖަލްގެ ހިތް ހަމަ ޖައްސަ ދެވޭތޯ ޝަންމަ މަސައްކަތް ކުރިއެވެ. ޖުނާންއަކީ ޝަންމަގެ ފިރިމީހާއެވެ. ޝަންމަގެ ބައްޕަ އާއި ޖުނާންގެ ބައްޕައަކީ ކުޑައިރުގެ ދެރަހުމަތްތެރިންނެވެ. ރަހުމަތްތެރި ކަމުގައި ދެކުދިން ކައިވެނި ކުރުވީއެވެ. ޖުނާން އަކީ އަބަދުވެސް ވަރަށް މަޑު މައިތިރިކޮށް ހުންނަ މީހެކެވެ. މީހުންގެ ކަންތަކާ ނުބެހި އަބަދުވެސް އޭނާގެ އަމިއްލަ ދުނިޔޭގައި އުޅޭ މީހެކެވެ. ޝަންމަދެކެ ޖުނާން ލޯބި ނުވިޔަސް ފިރިއެއްގެ ވާޖިބް ޖުނާން އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރެއެވެ.

އަންޖަލް އަތުގައި ހިފައިގެން ޝަންމަ ގޮސް ޖުނާންއާއި ޖޫދު ކައިރީގައި މަޑުކޮށްލިއެވެ. އަންޖަލް ޖުނާންއަށް ވަރަށް ލަދު ރަކި ނަޒަރަކުން ބަލާލިއެވެ. ޖުނާންވެސް އަންޖަލްއަށް ބަލާލީ އާދަޔާ ހިލާފަށް އަންޖަލް މިރޭ ރީތި ވުމުންނެވެ.

” ހެއި.. ކޮންތާކު ހުރެފަތަ ތިއައީ.. އަހަރެން ހާދަ ހޯދައިފީމޭ… ” ޖޫދު އަންޖަލްގެ ކޮޑަށް އަތްވައްޓާލަމުން ބުނެލިއެވެ. ޖޫދުއަކީ ޖުނާންގެ އެއްބަފާ ކޮއްކޮއެވެ. ޖޫދުގެ މި ހަރަކާތްތައް ބަލަހައްޓައިގެން ތަންކޮޅެއް ދުރުގައި އޭނާގެ މަންމަ އާތިކާ ހުއްޓެވެ. މިތަން ޖުނާންއަށް ފެނުމުން ޖޫދުގެ ގައިގާ ވިކައިލިއެވެ.

” އައްދޯތް ތިއްތި..” ވީ ތަދުން ޖޫދު ބުނެލިއެވެ.

” އެއޮއްބަލަނީ މަންމަ… މިތާ ބައިވަރު މީހުން އެބަތިބި ސޯ ހޭވް ސަމް ޑިސިޕްލިން..” ޖުނާން ބުނެލިއެވެ. ވާހަކައިގާ 4 މީހުން ޖެހިފައި ހުއްޓާ ކުއްލިއަކަށް މުޅިތަނުން ކަރަންޓު ދިޔައެވެ. އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ހަޅޭއްލަވަގަތެވެ.

” އިއްބޭ… އިއްބޭ.. ބަލާބަލަ ކިހިނެއްތޯވީ..” ޖުނާންގެ ބައްޕަ އިސްހާޤު ގޭގައި ގެންގުޅޭ މީހާއަށް ގޮވަމުން ބުނެލިއެވެ. ކުޑައިރުކޮޅެއް ތެރޭގައި މުޅިތަން އަލިވެގެން ދިޔައެވެ. އޭރު އަންޖަލްއަށް ހުރެވުނީ ޖުނާންގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ. އަދިރީގެ ތެރޭގައި ޝަންމަކަމަށް ހީކޮށް އަންޖަލްއަށް ހިފުނީ ޖުނާންގެ އަތުގައެވެ. އަލިވި ވަގުތު އަންޖަލް ޖުނާން އަތުގައި ހިފަހައްޓައިގެން ހުރިތަން ޝަންމައަށް ފެނުނެވެ. ނަމަވެސް ޝަންމަ އެކަން މާ ބޮޑު ކަމަކަށް ނުހަދާ އަންޖަލްއަށް ކޮށްލީ މަލާމާތެކެވެ. ޕާރޓީ ނިންމާލުމަށްފަހު ވަރުބަލިވެފައި ހުރި އަންޖަލް ގޮސް ގޭގެ ދެވަނަ ބުރިއަށް އަރާ އޭނާގެ ކޮޓަރިއާ ދިމާލަށް ހިގައިގަތެވެ. ސިޑިން އަރައިގެން އެންމެ ފުރަތަމަ ޖެހޭ ކޮޓަރިއަކީ ޖުނާން އާއި ޝަންމަގެ ކޮޓަރިއެވެ. ދެން އިންނަނީ ޖޫދުގެ ކޮޓަރިއެވެ. އެޔަށްފަހު އިންނަނީ އަންޖަލްއަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއެވެ. ކޮޓަރި ދޮރު މައްޗާ އަރާ ހަމަ ވުމަށްފަހު އަންޖަލް އެންމެ ކަނުގައި އިން ކޮޓަރިއަށް ބަލާލިއެވެ. މިރޭވެސް އެޒުވާނާ ކޮޓަރިން ނުނިކުމެއެވެ. އާއިލީ އެއްވެސް އެއްވުމަކަށް އޭނާ ނާދެއެވެ. ގޭތެރެއިންވެސް ފެންނަނީ ވަރަށް މަދުންނެވެ. އަމުދުން އަންޖަލް މިގޭގައި ވޭތުވެމިދިޔަ އެއް އަހަރު ތެރޭގައި އެޒުވާނާ ހަމަ ލޮލަކަށް ނުފެނެއެވެ.

އާދެ! އެއީ މިގޭ އެންމެ ބޮޑު ފިރިހެން ދަރި ޖައިޝް އެވެ. ޖައިޝް އާއި ޖޫދު އަކީ އެއްބަޑު އެއްބަފާ ދެބެންނެވެ. ޖައިޝް ބޭރަށް ނުކުމެ ހަދަނީ ވެސް ވަރަށް މަދުންނެވެ. އޭނާ ކައި ހަދަނީ ވެސް ގިނައިން ކޮޓަރި ތެރޭގައި ހުރެއެވެ. އަންޖަލް އެންމެ ހައިރާން ވާ ކަމަކީ އާތިކާ ޖައިޝްއަށް އެހާ ބޮޑަށް ސަމާލުކަން ނުދޭތީއެވެ. ޖޫދު އަށް އާތިކާ ވަރަށް ފޯރި ހުރެއެވެ. ނަމަވެސް ޖައިޝް އާއި ޖޫދު ވަރަށް ތަފާތު ކުރެއެވެ. އަންޖަލްގެ ހިތުގައި ޖައިޝްއަށް އަބަދުވެސް ހަމްދަރުދީ ވެއެވެ.

” ތިހެން ބަލަހައްޓައިގެން ހުއްޓަސް ދޮންބެ ނުނިކުންނާނެ..” އަންޖަލް ސިއްސައިގެން ދިޔައީ ވައި އަޑަކުން ޖޫދު އޭނާގެ ކަންފަތް ދޮށުގައި ބުނެލުމުންނެވެ. އަންޖަލް އަވަސް އަވަހަށް ކޮޓަރިއަށް ވަނެވެ.

***

އާދުވަހަކަށް އިރު ފެނުން ތޮޅިލީ ރަމަޟާން މަހަށް މަރުހަބާ ކިޔަމުންނެވެ. ގޭތެރޭގައި ކައްކަން ގެންގުޅޭ މީހުން ރޯދަ ވީއްލުމަށް ތައްޔާރު ކުރަންވީ އެއްޗެހީގެ ލިސްޓެއް ހަދަމުން ދިޔައެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ކޮންމެވެސް އެއް އައިޓަމެއް ތައްޔާރު ކުރުމަކީ އޭގޭގަ އިންނަ އާދައެކެވެ. އާތިކާ އާއި އިސްހާޤު ޓީވީ ބަލަން އިންދާ އަސްމާ އައިސް ސޯފާގައި އިށީދެލިއެވެ. އަސްމާއަކީ އިސްހާޤުގެ ދެވަނަ އަންބެވެ. އާއެކެވެ. އެއީ ޖުނާންގެ މަންމަ އެވެ.

” ކޮބާ ދަރިފުޅު. ޑޮކްޓަރަށް ދެއްކީތަ؟ ” މިއަދަކީ ޝަންމަ ޑަކްޓަރަށް ދައްކަން ނިންމާފައި އޮތް ދުވަސް ކަމުން ކައިރީގައި ހުރި ޝަންމަ ކުރެން އަސްމާ އެހިއެވެ.

” ކިހިނެއްވީ ޝަންމަ ބަލީތަ؟” އާތިކާއަށް ނީދެވިގެން އަހާލިއެވެ. އިސްހާޤް ކުރިމަތީގައި އަސްމާ އާއި އާތިކާ އުޅެނީ ވަރަށް ގުޅިގެންނެވެ. ނަމަވެސް އިސްހާޤު ނުހުންނަ ތަންތަނުގައި ދެމީހުންނަކީ ކަޑި އާއި ކަޑިއެވެ.

” އަނެއްހެން އަޅުގަޑު ބަލީކީ ނުން… މިދުވަސް ކޮޅު މާ ގަދައަށް ހޮޑު ލެވޭތީ..” ޝަންމަ ބުނެލިއެވެ. އެވަގުތަކީ ޖުނާން ޝަންމަ ބަލާ ގެއަށް އައިސް ވަތް ވަގުތެވެ. އަންޖަލް ސިޑިން ދުވެފައި ފައިބައިގެން އައީ ޝަންމަގެ އަތް ދަބަހާއި ފައިލް ހިފައިގެންނެވެ. ޖުނާން އަށް އަންޖަލް އުޅުނުގޮތް މަޖާވިއެވެ. އަދި ހިނިގަޑެއް ޖަހާލެވުނެވެ. އެންމެން އެއްފަހަރާ ޖުނާން އަށް ބަލާލިއެވެ. އަސްމާ ބޮޑަށް ހައިރާންވީ އޭނާގެ ދަރިފުޅު މޫނު މަތިން ނުފެންނަ އުފާވެރިކަމެއް ފެނުމުންނެވެ. އެންމެން ބަލަހައްޓައިގެން ހުރުމުން ޖުނާން ޝަންމަ ގާތު އަންނާށޭ ބުނުމަށްފަހު ގޮސް ބޭރަށް ނުކުތެވެ.

” މެޑަމް… ޖައިޝް ސާރ އެކަނި އައިޓަމް ނުބުނަނީ..” ބޭރުން ގެނެސް ހުރި ކައްކާ މީހާ އާތިކާ ކައިރީ ބުނެލިއެވެ.

” އަންޖަލް ދޭބަލަ ޖައިޝް ކައިރި އަހާބަލަ ކޯންޗެއްތޯ ބޭނުމީ..” އާތިކާ ސިޑިން މައްޗަށް އަރަ އަރާ ހުރި އަންޖަލް އަށް ގޮވާލަމުން ބުނެލިއެވެ. އަންޖަލްގެ ހިތް ތެޅެން ފެށިއެވެ. އަބަދުވެސް އޭނާ ޖައިޝް ދެކެ ބިރުގަނެއެވެ. ގޭތެރޭ ގެންގުޅޭ މީހުންގެ ވާހަކަ ތަކުން ޖައިޝް އަކީ ސިކު ރުޅިއެއް ހުންނަ މީހެއްކަން އަންޖަލް އަށް އޮތީ އެގިފައެވެ. އެއްފަހަރެއްގައި ގެންގުޅޭ މީހަކު ޖައިޝް ކައިރީ ނުބުނެ އޭނާގެ ކޮޓަރި ސާފު ކުރަން ވަނުމުން ވަޒީފާއިން ކަޑާ ލުމަށްފަހު ފޮނުވާލި ކަންވެސް އަންޖަލް އަށް އެގެއެވެ. ތެޅި ތެޅި އޮތް ހިތަކާއި އެކު އަންޖަލް ގޮސް ޖައިޝްގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. ހިލަމެން ނުވުމުން ތަންކޮޅެއް ބާރަށް ޖަހާލީ ހުޅުވާނެ ކަމުގެ އުންމީދުގައެވެ. އަންޖަލްގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ދާހިތްލާފައި ހުއްޓެވެ. ފެންނަމީހަކަށް އޭނާ ބިރުގަތްފާ ހުރި ވަރު އިހުސާސް ކުރެވޭނެއެވެ. ކުއްލިއަކަށް ދޮރުގައި ބާރަކަށް އެއްޗެއް ޖެހި އަޑު އިވުނެވެ. އަންޖަލް އަށް ކަންފަތުގައި އަތް އަޅާލުމަށްފަހު ހުރިތަނަށް ތިރި ވެވުނެވެ. ހީވީ ހިތް އަތަށް އައިހެނެވެ. ހިތްވަރު ކޮށްލާފައި ތެދުވެ އަނެއްކާވެސް ދޮރުގައި ޖަހާލިއެވެ.

” ކިހާބޮޑު އުދަގުލެއް… ކިހިނެއްވެގެންތަ ތިއުޅެނީ..” ދޮރު ހުޅުވާލުމާއި އެކު ޖައިޝް ބުނެލިއެވެ. ޖައިޝްގެ ލޮލުގައި އަޅައިގަތީ ބިރުން ފިއްކަޑައިގެން ދާން ކައިރިވެފައި ހުރި އަންޖަލް ހުއްޓުން އަރާފައި ހުރިތަނެވެ. ޖައިޝް ދޮރު ހުޅުވުމުން އަންޖަލް ބުނަން އައި އެތިވެސް ހަދާން ނެތުނެވެ. އެއަށްވުރެ އޭނާ ގަތްފައި ހުރި ބިރު މާ ބޮޑެވެ. ޖައިޝް ފުއްޓައްކެއް ޖަހާލިއެވެ.

” މި މި… މި… އާހް ކޯންޗެއްތަ..” އަމިއްލަ ބޮލުގައި ޖަހާލަމުން އަންޖަލް ބުނެލިއެވެ. ކުރަން އައި ކަންތައް ހަދާން ވޭތޯ ހުރުމަށް ފަހު ބުނެލިއެވެ.

” ކޯންޗެއް ހެއްޔޯ ހަދަންވީ ހާރު…. ކޯންޗެއްތަ ރޯދަ ވީއްލަން..” އަންޖަލްގެ އަގަ އޮޅުނެވެ. ޖައިޝް ހައިރާންވެފައި އަންޖަލްއަށް ބަލާލިއެވެ. އޭނާ އަކީ ހަމަ އެހާ މީހުން ބިރުގަންނަ މީހެއް ހެއްޔެވެ. ގައިމުވެސް އަންޖަލް ބިރުގަންނަ ކަމެއް މިވީހާތަނަކަށް އޭނާ ނުކުރެއެވެ. ޖައިޝްގެ މޫނުމައްޗަށް ހިނިތުންވުން ވެރި ވިއެވެ. އަންޖަލް އިސް ޖަހައިގެން ހުރިގޮތަށް ހުރީއެވެ. އިސް އުފުލާލާ އޭނާ އާ ދިމާލަށް ބަލާވެސް ނުލައެވެ. އަންޖަލް އިތުރަށް ބިރުގަންނަވާލެވުމަށް ޖައިޝް އެއްޗެކޭ ނުބުނެ ދޮރު ބާރަށް ލައްޕާލިއެވެ. މި އަޑަށް އަންޖަލް ދިޔައީ ސިއްސައިގެންނެވެ. އަދި މަޑު މަޑުން ގިސްލަމުން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

= ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (22)

  1. LAZY_QUEENY

    Vvvv reethi mi part vx…curiously waiting for next part…whn is next part…N me first tha…Krystal you are so talented….Mashallah ❤❤❤❤❤

    1. Krystal
      LAZY_QUEENY

      ? Thank you queeny
      Next part insha allah varah avahah upkohdheynan.
      Yes hama first thy ?
      Take care ?

  2. ?Ril?

    Wow sis mi part varah sali Hama haabeys. Masha Allah. Keep it up ingey krystal sis. When next???

  3. Izabell

    Hello Krystal. Mi part varah lwbi. Ma Sha Allah ❤❤❤❤❤ Imma curiously waiting for next part ??????? kon irakun next part up kollaani? ??? lysm

  4. Kylie

    V reethi mi part vx Maasha allah….. Waiting fr nxt…. Lym… Nd be safe

    1. Krystal
      Kylie

      ? Thank you kylie..
      Stay safe… take care ❤

  5. blue bird

    Maashaa Allah….. Your stories are admirable….. Your stories are always unique and special for me….You are a shining star…… ??????????Keep flying like this and one day you can touch the sky….. Maashaa Allah…. SARANGHAEYO YEONGWEONI EONNIE… BORAHAE???????????

    1. Krystal
      blue bird

      Awwnnnn… Thank you my sweet dongsaeng..
      I am so happy that you like my stories.. hope that you always keep supporting like that! ????
      NADO SARANGHAE URI DONGSAENG…
      ❤

    2. Krystal
      blue bird

      BTW how was eid??
      Can you guys go out now??? I heard many islands are open now..

    3. blue bird
      blue bird

      Though they are opened few people go outside…. My family stays at home……. In eid there was no activity like water color…… But I felt eid…….. Take care

    4. blue bird
      blue bird

      Where is Ril sis I miss you!!!

    5. Krystal
      blue bird

      It’s sad we cannot celebrate eid..
      Anyways stay safe

    6. Krystal
      blue bird

      Yeah.. i havent seen her around either.. hope to see her soon…..

  6. ?Ril?

    Oh blue bird I am here miss u too but my comments are not publishing dhw miss u

  7. ?Ril?

    Oh Krystal sis I am here. I have commented on u are previous story’s last part many times but it’s not publishing dhw

  8. ?Ril?

    Oh I am here little sis and Krystal sis . I have commented a lot but I guess it’s not publishing dhw. Story is nice ingey sis. An miss u too little sis.

  9. ?Ril?

    I am here guys

  10. ?Ril?

    I am here miss u too u 2 sissy.
    My comments are not publishing dhw
    I have comments more than 10

  11. Jihsha

    Waaaaooo… Superb ingey writter…. Sifakurun kudaee.. deytere akun guduraty reeti sifakurumey aima story v hiyygaimu vaabe… ebai rangalhukohleema story v furihama vaane… reeti feshumey hama…

  12. ?Ril?

    I am here . Awn miss u too dongseon. And krystal sis. Story sali ingey.

  13. Na Jaemin

    Super nice…my most favourite writter.. Always consider u as a sis talk nukuriyas.. LYSSSSM
    Jaish and anjal varah gulhey…
    Aslu mi vaahakaige ebaulhey beybe eh… I mean same name as an brother of me… Hama meega ulheny same character as him…

    1. Krystal
      Na Jaemin

      Thanks Na Jaemin…
      Ehentha!! Anehkka kon nameh kiyany.. since three characters ulheythy!!!

Comments are closed.