Skip to content
އެސްފިޔަ

އަންޖަލް (2)

ޝަންމަ އާއި ޖުނާން ގޮސް ފެމިލީ ކެއާ އަށް ވަނެވެ. ޝަންމަ ގެ ނަމްބަރު ސްކްރީނަށް އަރަންދެން ދެމީހުން ގޮސް ގޮޑީގައި އިށީދެލިއެވެ. ޝަންމަ އުންމީދުކޮށްގެން ހުރީ މިފަހަރު އޭނާއަށް އުފާވެރި ހަބަރު ލިބޭނެކަމަށެވެ. ކައިވެންޏަށް 3 އަހަރު ވީ އިރު ދަރިއަކު އެ ދެމަފިރިންނަކަށް ނުލިބެއެވެ. މިފަހަރު ޝަންމަ ކިބައިން ފެންނަމުން ދިޔައީ މާ ބަނޑު މީހެއް ކިބައިން ފެންނަ ފަދަ އަލާމާތް ތަކެވެ. ނަމަވެސް ޝަންމަ ހާސްވާ އެއްކަމެއް އޮތެވެ. އޭނާގެ އަގައިން ލޭ އަންނަން ޖެހޭ ސަބަބެވެ. މާ ބޮޑަށް ހޮޑު ލެވުމުން ވާކަމެއްކަމަށް ޝަންމަ ނިންމައިން ހުއްޓެވެ. ޖުނާން ޝަންމަގެ އަތުގައި ހިފާލީ ނަމްބަރު ޖެހުމުން ޑަކްޓަރު ކޮޓަރިއާ ދިމާލަށް ދިއުމަށެވެ. ދެމަފިރިން ގޮސް ޑަކްޓަރު ކޮޓަރިއަށް ވަނެވެ.

***

އަންޖަލް ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. އެދުގައި އޮށޯވެގެން އޮތް އަންޖަލް ކަންނެތް ކަމާއެކު ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. ދޮރު ކުރިމަތީގައި އަސްމާ ހުރިތަން ފެނުނެވެ.

” އަންޖޫ… މޫނު ހާދަ ރަތްވެފަ.. ރުއީތަ؟ ކިހިނެއްވީ..” އަންޖަލްގެ ދޮން މޫނު ރަތްވެފައި ހުރިތަން ފެނުމުން އަސްމާ ހާސްވާ ގޮތްވިއެވެ. އަނެއްކާ ޖައިޝް އެއްޗެކޭ ބުނީ ބާއޭ އަސްމާ އަހާލިއެވެ. އަންޖަލް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ދެފަރާތަށް ހޫރާލިއެވެ. އޭރު ޖޫދު ފޮތްތަކެއް ހިފައިން އައިސް އަންޖަލްގެ ދޮރު މަތީގައި ހުއްޓެވެ.

” މަންމާ އަޅުގަޑު އެތެރެއަށް ވަންނަން ތަންކޮޅެއް..” ފޮތްތައް ގިނަ ކަމުން ޖޫދުގެ މޫނު ވަނީ ފޮތްތަކުން ނިވާވެފައެވެ. އަސްމާ އެއްފަރާތަށް ޖެހިލީ ޖޫދުއަށް ތަން ދެއްކުމަށެވެ. އަންޖަލް އަވަސް އަވަހަށް ޖޫދު އަތުން ދެތިން ފޮތެއް ނެގިއެވެ.

” އަން… ތިއްތައްތަ ބުނި އަންޖަލް އަށް ފޮތްކޮޅެއް ދޭން. އަބަދު ގޭގަ ހުންނަންޔާ ފޫހިވާނެ ނުން… ” ޖޫދު ދެން ހުރި ފޮތްކޮޅު އަންޖަލް އަތްދަޑިމައްޗަށް ވައްޓާލިއެވެ. ފޮތްތައް ބަރު ކަމުން އަންޖަލް އަތުން ފޮތްކޮޅު ދޫވިއެވެ.

” ޖޫދޫ..” އަސްމާ ލޯ އަޅާލީ ޖޫދުކުރިކަމުން އަންޖަލް އަށް އަނިޔާއެއްވެދާނެތީ އެވެ.

” އޫޕްސް ސޮރީ މަންމާ.. މިހާ ވަރު ދެރަކުއްޖެއް އަހަރެން އަދި އަލަށް މިދެކުނީ.. މަންމަ ދެކުނިންތަ..” ޖޫދު މަލާމާތް ކޮށްލަމުން ބުނެލިއެވެ.

” މަންމަވެސް..” އެއްލޯ މަރާލަމުން އަސްމާ ބުނެލީ ޖޫދުގެ މަލާމާތުގައި ބައިވެރިވަމުންނެވެ. އަސްމާ އަކީ ޖޫދުގެ ދޮންމަންމައެއް ކަމަކު ޖޫދު އަސްމާއަށް ކިޔަނީ މަންމައެވެ. ހަމަ އެގޮތަށް ޖުނާންވެސް އާތިކާއަށް ކިޔަނީ މަންމައެވެ. ކުދިން ތަރުބިއްޔަތު ކޮށްފައިވަނީ ވަރަށްވެސް ރަގަޅަށެވެ. ޖޫދު އޭނާގެ މަންމައަށް ވުރެ ބޮޑަށް އަސްމާއާ ސަކަރާތްޖަހާ ހަދައެވެ. މީ އާތިކާ އަސްމާ ދެކެ ރުޅިއަންނަ އެއް ސަބަބެވެ. އަންޖަލް ތެދުވުމަށްފަހު ފޮތްކޮޅު ނަގައިގެން ގޮސް އެދުމައްޗަށް އަޅާލިއެވެ. އަސްމާވެސް ޖޫދު ގޮވައިން ތިރިއަށް ފޭބީ އިސްހާޤު ގޮވާ އަޑު އިވުމުންނެވެ.

***

މީގެ ތިން މިނިޓެއްހާ އިރު ކުރިން ހެވިފައި އިން ޝަންމަގެ މޫނު ވަނީ މިލާވެފައެވެ. ޖުނާން ޝަންމަގެ ކޮޑުގައި ހިފަހައްޓާލައިގެން ހުރީ ހިތްވަރު ދިނުމުގެ ގޮތުންނެވެ.

” އެންމެ ގިނަވެގެންވެސް ތިން މަސް.. މަދުވެގެން 1 މަސް… ” ޑަކްޓަރު މިހެން ބުނުމުން ޝަންމަގެ އަތުގައި އޮތް އަތްދަބަސް ވެއްޓުނެވެ. އޭނާގެ ކޯތާފަތް މައްޗަށް ކަރުނަތައް ފައިބަން ފެށިއެވެ. ޖުނާންގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޭނާ ހިފަހައްޓާލައިގެން ހުރީ މިދަޑިވަޅުގައި އޭނާ ރޯންވެއްޖެނަމަ ޝަންމައަށް އިތުރު ހިތްދަތިކަން ލިބޭނެތީއެވެ. ޑަކްޓާރަށް ދައްކާ ނިމުމަށްފަހު ގެއަށް ދިއުމަށް ކާރާ ދިމާލަށް ދެމަފިރިން މިސްރާބު ޖެހިއެވެ. ކާރަށް އެރުމަށްފަހު ގެއަށް ދާން ނައްޓާލީ ހިތްދަތިކަމާއެކުއެވެ. ޖުނާން އެއް އަތުން ކާރު ދުއްވަމުން އަނެއް އަތުން ޝަންމަގެ އަތުގައި ހިފަހައްޓާލައިގެން ހުއްޓެވެ. މިފަދަ ވަގުތެއްގައި ބުނާނެ އެއްޗެއްވެސް ޖުނާންއަކަށް ނޭގެއެވެ.

” ޖުނާން… އެއްވެސް މީހެއްކައިރީ މިވާހަކަ ނުބުނައްޗޭ.. ހާއްސަކޮށް އަންޖޫ ކައިރީ.. ” ޝަންމަ ހިތްވަރު ކޮށްލާފައި ވާހަކަ ދެއްކިއެވެ.

“އެކަމް ޝަންމަ..” ޖުނާން ވާހަކަ ދައްކަން އަގަ ހުޅުމާލުމުން ޝަންމަ އޭނާގެ އަތުން ޖުނާންގެ އަގަމަތީގައި އަތް އަޅާލިއެވެ. ކޮންމެ ގޮތެއްވިޔަސް އޭނާގެ ބަލި ހާލަތު އެކަކަށްވެސް އަންގާކަށް ޝަންމަ ބޭނުމެއް ނޫނެވެ. އޭނާ ދުނިޔޭގައި ދެން ހުންނާނެކަމަށް ޑަކްޓާރު އެބުނި ތިން މަހަކީ އޭނާ އުފަލުގައި އެންމެންގެ ލޯބި ލިބިގެން އުޅެން ބޭނުންވާ މަސްތަކެވެ. އެއްގޮތަކަށްވެސް އޭނާއަކީ ބަލިމީހެއްކަމަށް އާއިލާ މީހުން ދެކެން އޭނާ ބޭނުމެއްނޫނެވެ. ޝަންމައަކީ ހިތަވަރު ގަދަ މީހެކެވެ. ނަމަވެސް މިއަދު އެލިބުނު ހަބަރުން މީހާގެ ހިތްވަރު އެލުނު ކަހަލައެވެ. އާއެކެވެ. ޝަންމަ ވަނީ ކެންސަރުގެ އެންމެ ފަހު ސްޓޭޖްގައެވެ. އޭނާގެ ބައްޕަ މިދުނިޔެ ދޫކޮށް ދިޔައީވެސް ކެންސަރު ބަލީގައެވެ. ޖުނާން ގެއާ ހަމައަށް ދިޔައިރުވެސް ޝަންމަގެ އަތުން ދުލެއް ނުކުރެއެވެ. ކުޑަކޮށްވެސް ޝަންމަ ހަމަޖެހިފައި އިނީ ޖުނާންގެ އޯގާތެރިކަމުންނެވެ.

ގޭގެ ބެލްކަންޔަށް ނުކުތް އަންޖަލްއަށް ޝަންމަ ކާރުން ފޭބިތަން ފެނުނެވެ. ޝަންމަ ގެއަށް ވަންނަން ހިގައިގަތްތަނުން ޖުނާންއައިސް ޝަންމަގެ ފަހަތުން ޝަންމަ ގައިގާ ބައްދާލިއެވެ. އަންޖަލް އަނެއް ފަރާތަށް އެބުރުނީ އޭނާގެ ހިތަށް ކުރި އަސަރުންނެވެ. އަންޖަލްގެ ހިތުގައި ޖުނާންއަށް ހާއްސަ މަގާމެއް ދެވިފައި ވެއެވެ. އެކަން އޭނާ އެއްވެސް މީހަކަށް ނާންގައެވެ. ސަބަބަކީ މީހުން ދެކޭނެގޮތް ތަފާތުވާނެތީއެވެ. އޭނާގެ ކަޒިން ދައްތަގެ ފިރިމީހާދެކެ ލޯބިވެޔޭ ބުނުމުން އަންޖަލްއަކީ އެއްވެސް ގޮތެއް ފޮތެއް ނެތް މީހެކޭ މީހުން ކިޔާފާނެކަމަށް އަންޖަލް ބިރުގަނެއެވެ.

***

ގެއަށް ވަދެގެން އައި ޝަންމަ ފެނުމުން އަސްމާ ދުވެފައި އައެވެ. އަދި ޝަންމަގެ އަތުގައި ހިފަހައްޓާލުމަށްފަހު ގެނެސް ސޯފާގައި ބައިންދާލިއެވެ. އަސްމާ އަބަދުވެސް ޝަންމައަށް ވަރަށް ފޯރި ހުރެއެވެ. އެހެނެވެސް ވާނެތާއެވެ. ހުރިހަމައެކަނި ދަރިފުޅުގެ އަނބިމީހާއަކީ އެއީއެވެ.

“ކޮބާ ދަރިފުޅު.. ކީކޯ ޑަކްޓަރު ބުނީ..” ޝަންމަގެ ބޮލުގައި ފިރުމާލަމުން އަސްމާ އަހާލިއެވެ.

” މާ ބޮޑަށް ސްޓެރެސް ވީމަ ވާގޮތެކޯ..” ޖުނާން ހީވަނީ ބުނަންވީ އެތި ދަސްކޮށްލައިގެން ހުރިހެންނެވެ. ޝަންމަ އެއްޗެކޭ ބުނުމުގެ ކުރިން ޖުނާން އެއްނޭވާއިން ބުނެލިއެވެ.

” ދެން ނުވިސްނާ… ދަރިފުޅަށް އިންޝާﷲ ދަރިޔަކު ލިބޭނެ.. މަންމަ ދުޢާ ކުރާނަން..” އަސްމާ މިބުނި ޖުމްލައިން ޝަންމައަށް ރޮވޭގޮތްވިއެވެ. އަދި އަސްމާ ގައިގާ ބައްދާލިއެވެ.

” އެތެދެއް ޝަންމަ.. ބައްޕަމެން އެންމެންވެސް މިތިބީ ދަރިފުޅާއެކު… ކުޑަ ހިތްވަރެއް ކޮށްލާ..” އިސްހާޤުވެސް ޝަންމައަށް ހިތްވަރު ދިނެވެ.

” މެޑަމް އަދިވެސް ޖައިޝްގެ އައިޓަމް ނުބުނޭ…” ކައްކާ މީހާ އައިސް އާތިކާ ކައިރީ ބުނެލިއެވެ.

” ކިހާދެރަކަމެއް.. ފެންނައެއްޗެއް ހަދާލަބަލަ.. އޭނަ ކާނެ ކޮންމެ އެއްޗެއްވެސް..” ރުންކުރު ގޮތަކަށް އާތިކާ ބުނެލިއެވެ. އިސްހާޤު އާތިކާއަށް ބަލާލީ އާންމުކޮށް ޖައިޝްގެ ކަންތައްތަކުގައި އާތިކާ މާ ފަރުވާކުޑަކުރާތީއެވެ.

***

ބަންގި ގޮވަން 10 ވަރަކަށް މިނިޓަށްވެފައިހުއްޓެވެ. އަންޖަލް ކާގެއަށް ވަނީ ތަށިތައް ނަގަންށެވެ. އޭރު ކާގެ ތެރޭގައި ކެއްކުމުގައި އުޅޭ 3 މީހުން އެކަކު އަތުން އަނެކަކު އަތަށް ތަށިބަރިއެއް ދެމުން ދިޔައެވެ. އެއްވެސް މީހަކު އެތަށިބަރި ނަގާކަށް ބޭނުމެއް ނުވެއެވެ.

” ހެއީ… ތިޔޯ..” އަންޖަލް ހައިރާންވެފައި އަހާލިއެވެ.

” އަންޖަލް ސިސް… މީތި ގެންގޮސްދީބަލަ ޖައިޝް ސާރ ކޮޓަރިއަށް.. ” އެތަނުން އެކަކު އައިސް އަންޖަލް އަތަށް ތަށިބަރި ޖަހާލުމަށްފަހު އެތަނުން ދިޔައެވެ. އަންޖަލް ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. 3 މީހުން އެތާ ތިބެފައި ވަތް ތަނެއްވެސް ނޭގެއެވެ. އަންޖަލް ހުއްޓުން އަރާފައި ހުއްޓާ ސިހުނީ ޝަންމަ އައިސް އަންޖަލްގެ ކޮޑުގައި ޖަހާލުމުންނެވެ.

“ޝަންމަ މީތި…” އަންޖަލް ތަށިބަރި ދައްކާލުމުން އެއީ ޖައިޝަން ގެންދާ ތަށިބަރިކަން ޝަންމައަށް ދެނެގަނެވުނެވެ.

” އޮހޯ… ދޭބަލަ އަންޖޫ.. އަހަރެން މިއުޅެނީ ޖުނާންއަށް އައިސްކްރީމް އަޅަން… ގޮސް ބެލްކަނީ މޭޒު މަތީ ބައިންދާ… ޖައިޝް އެތާ އިދެ ރޯދަ ވީއްލަނީ..” ޝަންމަ މިހެން ބުނުމަށްފަހު ގޮސް ފްރިޖް ހުޅުވާލިއެވެ. ބޯކަހާލުމަށްފަހު އަންޖަލްގޮސް ސިޑިން އަރާ އޭނާގެ ކޮޓަރިއަށް ވަނެވެ. އެގެ ހަދާފައި ހުންނަނީ މަތީބައިގެ ދެކޮޓަރިއަށް އެއް ބެލްކަނީ ވާގޮތަށް ބެލްކަނި އެއްކޮށްލާފައެވެ. އެގޮތުން ޖުނާން އާއި ޖޫދުގެ ކޮޓަރި އިންނަނީ އެއް ބެލްކަނިން ގުޅިފައެވެ. އަދި އަންޖަލް އާއި ޖައިޝްގެ ކޮޓަރި އިންނަނީ އަނެއް ބެލްކަނިން ގުޅިފައެވެ. މަޑު މަޑު ފިޔަވަޅުތައް އަޅަމުން އަންޖަލް ޖައިޝް ކޮޓަރިއާ ވީ ފަޅީގައި އިން މޭޒާ ދިމާލަށް ހިގައިގަތެވެ. އޭރު ޖައިޝް ބޭރު ބަލަހައްޓައިގެން ދޮރު ކައިރީ ހުރިތަނެއް އަންޖަލްއަކަށް ނުފެނެއެވެ. ފައިގެ އިގިލިތައް ކޮޅުން ހިގަމުން އަންޖަލް އައިތަން ފެނުމުން ޖައިޝްއަށް ހެވޭ ގޮތްވިއެވެ. ނަމަވެސް އަޑެއް ނުލައްވާ ހުރީ އަންޖަލް ބިރުގަންނަވާލުމުގެ ނިޔަތުގައެވެ. ތަށިބަރި މޭޒުމަތީ ބަހައްޓާލުމަށްފަހު އަވަހަށް އެތަނުން ނުކުނަން އަންޖަލް އެޅި ފިޔަވާޅާއެކު ޖައިޝް ދޮރު ބާރަކަށް ހުޅުވާލިއެވެ.

” މަންމާ….” ………..

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (27)

  1. Min Suga ❤

    Mee first dhw…
    Varah reethi mibaives sis…. ❤❤
    When next….

    1. Krystal
      Min Suga ❤

      Yes Min suga ❤ first dhw…
      Thank you….
      Insha allah soon up koh dheynan… keep waiting ?

  2. ?Ril?

    Sis mi part ves varah sali. Masha Allah. Keep it up sis. When next part waiting for it. Saalangeyo

  3. ?Ril?

    Hi blue bird are u there

  4. Sana

    Masha allah… varah reethi….. alhey shamma ah cancer jehunytha….
    Curiously waiting for next part…. avahah up kohdhehchey..
    Stay safe ❤

    1. Krystal
      Sana

      Thanks sana…
      Yes shamma ah cancer jehijje ??
      Insha allah avahah upkoh dhevytho balaanan ingey..
      ❤Stay safe

  5. Kylie

    Vvv reethi mi part vxx… Waiting fr nxt part…. Ly

    1. Krystal
      Kylie

      Thank you kylie… LY stay safe… ❤

  6. Laya

    Wow.. sis varah reethi jumlathah hadhaafa huri goi.. heevany hama laya ah jaish kotari ah dheveyhen…
    Varah reethi ingey… curiously waiting for next part… anjal halhey lavaigathy keehve baa…..
    Lysm… take care

    1. Krystal
      Laya

      Awwnnn.. thanks laya…
      Hahahaha… laya jaish kotari ah dhaan beynun vefa huri hen heevany…
      Anjal dhw.. alhe keehvetha halheylavaigathy… next part ga ingeyne keehvekan…. haha.. keep waiting…
      Lysm.. take care too ❤❤

    2. Laya
      Laya

      Haha… laya ves jaish dheke biru ganey eba mihaaru… sis neyge jaish ge character genna goi… adhi dhaa gothun heevany varah cold character eh hen…
      Alhe sis keehvetha shamma nethy photoga…
      Haha.. adhi laya mibely sis again keehvekan halhey lacaigathy beleytho..

    3. Krystal
      Laya

      Alhey.. hama ehaa biruganeytha laya.. ehgothakahves laya biru gannavan nun mi character create kury.. fahun ingeyne kihaa nice meehehkan eii.. And about shamma dhw….. NO MORE SPOILERS,, mihen ulhenikoh story ehkkoh laya ah kiyaa dhevidhaane.. haha

    4. Laya
      Laya

      Haha.. okay okay.. hama reethivegen eheny ey sis kairy…
      Dhen nuves nidheyne anehbai nukiyaa..

    5. Krystal
      Laya

      Haha.. mulhin sakaraatheh nun laya ge nidhikolhu mi nagaaleveny dhw… keep waiting eyrun ingeyne mulhi story dhaa goi.. haha

  7. Na Jaemin

    Varah salhi ingey Krystal…. Ur the best…. LYSM.???
    Next part avaskoh up kohdhehchey…..
    If u dont mind mail id dhevidhaanetha.. Plx

    1. Laya
      Na Jaemin

      I dont think sis will give it…. she likes to talk with the readers here…

    2. Laya
      Na Jaemin

      I know you didnt ask me about it.. sorry if it offended you… krystal is my no.1 writer hama bunelevuny.. i also wish to share mails with her… ekm sis unconfortable vedhaanethy I didnt ask.. hehe
      Na jaemin take care… no offence inge

    3. Krystal
      Na Jaemin

      Thanks Na Jaemin ??
      Insha allah avahah up kohdheveytho balaanan ingey…
      Hehehe… mail dhw…. if you want to talk we can send messages here… i would appreciate it…

    4. Krystal
      Na Jaemin

      Laya how do you know I never said I like to talk here… anyways thanks for saying that I am the no1 writer.. really appreciate it… LY ??

  8. Laya

    When next part… alhe asluves laya miulheny nunidhigenney sis… avahah upkohdheeba… v curious vejje… laya mihaaru hurihaa friends kairyves bunefin mi story kiyan…
    Stay safe sis ?

    1. Krystal
      Laya

      Iyyega submit kohffin.. miadhu or maadhan libey varu vaane insha allah..
      Hahaha thank you laya.. for being such a good reader ??

  9. Aisha

    Masha allah nice.

    1. Krystal
      Aisha

      ? Thank you aisha

  10. Afu ㅏㅍㅓ

    Alhe haadha salhi story ekey miee ….
    Krystal hurihaa vaahaka ehvx alhugadu kiyan btw this is the first comment ….
    Whn nxt prt ???
    Alhe avahah up kohdhehchey ….
    Luv u sissy
    Hope u afu aa vx friend vaane kamah

    1. Krystal
      Afu ㅏㅍㅓ

      Really appreciate it.. thank you afu…
      Hope to see you around….. ☺☺
      Insha allah soon up vaane…
      Hehe ofcourse..

  11. Marshall

    this is a very nice story ❤❤❤

    1. Krystal
      Marshall

      Thank you Marshall ?

Comments are closed.