Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ރިހުން (30)

Krystal Level 510 Stories100 Login100 Comments
September 23, 2025 4 Mins Read
1 Comment

ޔާސިންގެ އަތުން ވީއްލި ގަތުމަށްފަހު ނޫރާ ހުޝާމް ފަހަތުން ދުއްވައިގަތެވެ. ދޮރު ހުޅުވާ ބަލާލި އިރު ހުޝާމް ލޮލު ކޮޅަށްވެސް ފެންނާކަށް ނެތެވެ. ދުރުން ހިގާފައި އައި ޔާސިރުއާ މަންސޫރު ފެނުމުން ނޫރާ ހަލުވި ހިނގުމެއްގައި އެދިމާލަށް ދިޔައެވެ.

“ބޭބޭ ހުޝާމް ދެކުނިންތަ؟” ނޫރާ އެހީ ޔާސިރު ކުރެންނެވެ. ނަމަވެސް ޖަވާބު ދިނީ މަންސޫރެވެ. މަންސޫރު ހީކުރީ ނޫރާ ބޭބެ އޭ ބުނުމުން މުހާތަބު ކުރީ އޭނާ އާ ކަމުގައެވެ. ޔާސިރުގެ ދަރިއަކު ޔާސިރު އަށް ބޭބެ ނުކިޔާނެކަން އޭނާއަށް އެގެއެވެ.

“ބޭބޭ… ހުޝާމް ވަރަށް ރުޅި އައިސް ކަންނޭގެ އެދިޔައީ..” މަންސޫރަށް ބަލާލަމުން ޔާސިރުގެ އަތުގައި ހިފާ ތަންކޮޅެއް ދުރު ކޮށްލަމުން ނޫރާ ބުނެލިއެވެ.

“ނުދެކެން ތިކޮއެ ފަހަތުން މި ކޮޓަރިއާ ދިމާލަށް އައިތަން ފެނިގެން ބޭބެމެންވެސް މިއައީ…” ޔާސިރު ބުނެލިއެވެ. މަންސޫރު ހުރީ ހައިރާން ވެފައެވެ. އެއްފަހަރު ޔާސިރަށް ބައްޕަ ކިޔާފަ އަނެއް ފަހަރު ޔާސިރަށް މި އަންހެން ކުއްޖާ މިކިޔަނީ ބޭބެއެވެ. ނޫރާ ފޯނު ނަގާ ހުޝާމް އަށް ގުޅަމުން ބޭރަށް ދާން ހިގައިގަތެވެ.

“ދަބި ދަރިތަ؟” މަންސޫރު ކުޑަކޮށް ނޫރާއަށް ޝައުގުވެރިވިއެވެ. އޭނާ ދަންނަ މީހަކާވެސް ވައްތަރު ހެން ހީވިއެވެ. ނަމަވެސް ކޮންތާކުން ފެނުނު މޫނެއްކަން އޭނާ ހަދާނަކަށް އުޅެ އުޅެ ނައެވެ.

“ކޮންމެ ދަރިއަކަސް ކަލެއަށް ކީއް.. ކަލޭގެ ދަރިއަކާ ވަޔެއް ނޭޅޭނެ އެކަމާ ހާސް ނުވޭ…” ޔާސިރު އަށް ނޫރާ އަކީ މަންސޫރުގެ ދަރިއެއްކަން ނޭގި ބުނެލިއެވެ.

“ކޮބާ ޔާސިން ބައްޕަ” މަންސޫރަށް އެއްޗެއް ބުނުމުގެ ކުރިން ޔަޝްފާ އައިސް އަހާލިއެވެ. ޔާސިރު އަތް ކުޑަކޮށް ހިއްލާލިއެވެ.

” މަންސޫރު ދެއްތޯ؟” ޔަޝްފާ ހީކުރީ މަންސޫރަކީ ޔާސިން ބައްޕަ ކަމެވެ. ސަބަބަކީ ހަޝްފާ ގާތު ޔާސިން މަންސޫރާ ވަކިން ބައްދަލު ވެވޭ ގޮތް ހަދައި ދިނުމަށް އެދުމުންނެވެ.

“އަޅުގަނޑު މީ މަންސޫރު.. މީ ޔާސިން ބައްޕަ” މަންސޫރު ޔާސިރުއަށް އިގިލި ދިއްކޮށްލަމުން ބުނެލިއެވެ. ޔަޝްފާ މަންސޫރު ކުރެން އެތެރެއަށް ވަންނަން ބުނެލިއެވެ. ޔާސިރުއަށް މީ ހަޖަމް ކުރަން ފަސޭހަ ކަމަކަށް ނުވިއެވެ.

“އަހަރެންވެސް ބޭނުން އަހަރެންގެ ދަރިފުޅާ ބައްދަލު ކުރަން..” ޔާސިރު އެމީހުން ފަހަތުން މިހެން ކިޔާފައި ވަނެވެ. ޔަސިރު ހުއްޓުވާކަށް ޔަޝްފާ ނޫޅެއެވެ.

“ބައްޕާ… ބޭބޭ…” ޔާސިން ދެމީހުން ކައިރޮ ކޮއްފައި ބައްދާލިއެވެ.

“ދަރިފުޅު ރަގަޅުތަ… ކިހިނެއްތަވީ އެތާގަ… ކިޔާދީބަލަ..” ޔާސިރު ޔާސިންގެ މޫނުގައި އަތް ކާއްތަމުން ކިޔަން ފެށިއެވެ.

“އަހަރެން ހަމަ ބަރާބަރު.. ބޭބޭ އަހަރެންގެ ތަހުޤީޤިގައި ހުރި އަހުމަދު އިނގޭތަ؟” މަންސޫރަކީ އާންމުކޮށް ގިނަ މީހުން ދަންނަ މީހެކެވެ.

“އާނ.. އެއީ މަނިކުގެ އެންމެ ބޮޑު.. ކިހިނެއްވީ..” މަންސޫރުއަށް އަހުމަދުގެ އާއިލާ ވަރަށް ރަގަޅަށް އެގެއެވެ. މަނިކަކީ މަންސޫރު އާ އެއްކޮށް ލަންޑަން ޔުނިވާރސިޓީއިން ހޮޓެލް މެނޭޖްމެންޓް ކިޔެވި މީހެކެވެ. އަދި މާލެ އައިސް ދެމީހުންވެސް ހޮޓެލެއް ހުޅުވީ އެކު އެކީ ހެނެވެ. އަދި ހޮޓެލް އިންޑަސްޓްރީގައި އެންމެ ވާދަ ކުރާ ދެ ހޮޓަލަކީ މަންސޫރުގެ މިންނު ހޮޓެލް އަދި މަނިކުގެ އޯކިޑު ހޮޓަލެވެ.

“އަޅުގަނޑު މީނީ އެމީހުންގެ މަޅީގައި ވަރަށް ރަގަޅަށް ބެދިފަ.. އެ އަޙުމަދު އުޅެނީ އާދަމް މަރާލީ އަޅިގަނޑު ކަމަށް ހަދާފަ އެކަމުގަ މިންހާ އެހީވި ކަމަށް ތަހުގީގު ނިންމަން… އަޅުގަނޑު ނުކުރާ ކުށަކަށް އަޅުގަނޑަށް އަދަބު ލިބޭކަށް ނުޖެހޭނެ…” ޔާސިން ކިޔާ ދިނެވެ.

“ކިހިނެއް ޔާސިން އަށް އިނގުނީ ޔާސިން ބައްދަން ކަމެއް އޭނަ އުޅެނީ.. އެމީހުންނަށް ލިބިފަ ހުރި ހެއްކަށް ބަލާފަ ނުން ޔާސިން އެމީހުން ހައްޔަރު ކުރީ.. އަހަރެންވެސް އެ ވީޑިއޯ ދެކުނިން.. ޔާސިން އެޕާރޓްމަމްޓަށް ވަދެފަ ނިކުތް އިރު މުޅި އަތުގަ ހުރީ ލޭ..” މަންސޫރު ބުނެލިއެވެ.

“އޭ ކަލޭ ތިބުނަނީ އެއީ އަހަރެން ދަރިފުޅު ކުރި ކަމެކޭތަ..” މަންސޫރާ ދިމާލަށް ޝަހާދަތް އިގިލި ދިއްކޮށްލަމުން ޔާސިރު ބުނެލިއެވެ.

“ބައްޕާ.. މީ ކޯޅެންވީ ވަގުތެއް ނުން…. އަޙުމަދު ފޯނުން ކޮންމެވެސް މީހަކަށް ގުޅާފަ ބުނީ ޔުނާން އެކޭ ކިޔާ މީހެއް ތަހުގީގު ނިމެންދެން ރާއްޖޭން ބޭރަށް ފޮނުވަން…” ޔާސިން އިތުރަށް ކިޔާދިނެވެ.

“ޔުނާން… ޔުނާން… ޔުނާ…. އާނ އެއީ މަނިކަށް ކާފަ ކިޔާ އެގޭ ބޯ ސޮރު… އޭނަ ކުރި ކަމެއްތަ ތީ..” މަންސޫރު ޔުނާން އާ ބުނުމުން އެއި ކާކުކަން ހަދާން ކޮއްލިއެވެ.

“އަހުމަދުގެ ވާހަކަ ތަކުން އެހެން… އެކަމް އަޅުގަނޑަކަށް ދެން ލޯޔަރެއްވެސް ހަމަ ނުޖެއްސޭނެ.. ތަހުގީގު ކުރުމުގެ ކުރިން ލޯޔަރެއް ބޭނުން ނެތޭ ބުނެވުނީމަ…” ޔާސިން އަދިވެސް ގަބޫލު ކޮށްގެން ހުރީ އޭނާއަށް ދެން ލޯޔަރެއް ހަމަ ނުޖެހޭނެ ކަމަށެވެ.

“ކާކު ދެއްކި ވާހަކަ އެއްތީ.. އަހުމަދު ބުނި އެއްޗެއްތަ… ހުރޭ!” މަންސޫރު ފޯނު ނަގާ އަދުނާނަށް ގުޅާލިއެވެ. އަދި ޔާސިން އެބުނީ ތެދެއްތޯ އެހިއެވެ.

“ތިހާދަ ނުބައި ކޮރަޕްޓް މީހެކޭ… ބޭބެ މި ހަމަ ޖައްސަނީ ރާއްޖޭގަ ހުރި އެންމެ މަޝޫރު ކްރިމިނަލް ލޯޔަރު.. އަހަދެމެންނާ ކުޅެން މަނިކުގެ ދަރިން އެއީ ކޮން ބައެއް..” މަނސޫރު ގާތަށް ރުޅި އައެވެ. އަދި ވަގުތުން އަދުނާން އަށް ގުޅާ ލޯޔަރު ރާއިދު ޔާސިން ގެ ކޭސް އަށް ހަމަ ޖައްސަން ބުނެލިއެވެ.

“އަހަރެން ލޯޔަރަށް ދޭން ޖެހޭ ފީ ދޭނަން…” ޔާސިރު ބުނެލިއެވެ.

“ބޭބެ ދަރިފުޅާ އެންމެ ފަހުން ދިމާވެއްޖެ ދޯ އަހަރެން ވަރަށް އުފާ ކުރަން ބޭބެ އަށް ބޭބެގެ އަސްލު ދަރިފުޅާ ދިމާވިކަން..” ޔާސިން އަކަށް އަދި ނޫރާ އާ މަންސޫރު އެއީ ދެބަފައިންކަން އެދެމީހުންނަށް ނޭގޭ ކަން ނޭގެއެވެ.

“އަހަރެން ދަރިފުޅޭ.. ކޮބާ؟” މަންސޫރު ބަލާލީ ޔަޝްފާއަށެވެ.

*****

ނޫރާ އޭޑީކޭ ހޮސްޕިޓަލު ބޭރަށް ނިކުމެ ސޯސަންމަގު ދެފަރާތް ބަލާލިއެވެ. އޭރި ހުޝާމް މަޖީދީ މަގާ ދިމާލަށް މަޑު ހިގުމެއްގައި ދާތަން ފެނުނެވެ.

” ހުޝާމް… ހުޝާމް… މަޑުކޮށްބަލަ…” ނޫރާ ހަލުވި ހިގުމެއްގައި ހުޝާމް އަށް ގޮވަމުން އެއްވަރު ކުރެވޭތޯ ބެލިއެވެ. ނަމަވެސް ނޫރާ ފަހަތުން އަންނަކަން އިގުމުން ހުޝާމް އޭނާގެ ހިނގުން އަވަސް ކޮށްލިއެވެ.

“އަޅެ ހުޝާމޫ… ތިހީކުރާ ކަހަލަ އެއްވެސް ކަމެއް އަހަންނާ ޔާސިންގެ ނެތޭ… ހުޝާމޫ….” ނޫރާ ދުވެފައި އައިސް ހުޝާމް އަތިގައި ހިފާ އަބުރާލިއެވެ. ހުޝާމްގެ ލޮލުން އޭނާއަށް ކޮށްފައިވާ އަސަރު ކިޔާދޭ ކަހަލަ އެވެ. ނޫރާއަށް އެމަމްޒަރުވީ ހިތަށް އުދަގޫ ކަމަކަށެވެ.

“ކީއްވެ އަހަރެން ގޮވީމަ މަޑުނުކޮށް ތިދަނީ… ސީރިއަސްކޮށް އިޓްސް އަ އެކްސިޑެންޓް….” ނޫރާ ސީދާ ހުޝާމްގެ ލޮލަށް ބަލާލަމުން ބުނެލިއެވެ.

” އަހަރެން އެއްޗެކޭ ބުނެފިންތަ… އައި ޖަސްޓް ގޭވް ޓައިމް ޓު ބޯތް އޮފް ޔޫ…. އަހަންނަށް އިނގޭ އޭރުވެސް ޔާސިން ސިންގަލް ވީމަ ނޫރާ ދާނެކަން.. އައި ނޯ ހައުމަޗް ޔޫ ލަވް ހިމް…” ހުޝާމް މި ބުނި އެއްޗަކުން ނޫރާ ދެރަވާ ގޮތްވިއެވެ. އޭނާގެ ހިތުގެ އިހުސާސްތައް އެންމެ ރަގަޅަށް އިނގެނީ އޭނާ އަށެވެ.

” ހުޝާމް ތީ ކާކު އަހަންނަށް އެހާ އަވަހަށް ޖަޖް ކުރަން.. ހުޝާމް އަށް ކިހިނެއް އިގެނީ އަހަރެން ޔާސިން ސިންގަލް ވާއިރަށް ޔާސިން ފަހަތުން ދާނެކަން.. އަހަރެންގެ ހިތް ހުޅުވާފަ ބެލީތަ…” ނޫރާ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.

“ނޫރާ.. ޕްލީސް ނުރޮއެބަލަ.. އަހަރެން ބޭނުމެއް ނުން ނޫރާ ރޯތަން ބަލަން.. އަހަރެންގެ ހިތަށް ކުޅަދާނައެއް ނުން..” ނޫރާގެ ކޯތާފަތް މައްޗަށް ފައިބަމުން ދިޔަ ކަރުނަ ތިކިތައް ފޮހެދެމުން ހުޝާމް ބުނެލިއެވެ.

“އެހެންވެ ދޯ އަހަރެން އެވަރަށް ގޮވީމަވެސް ތި ދިޔައީ… އަހަރެންނަށް އިތުބާރުބެސް ހުޝާމް ނުކުރަންތަ؟ ހުޝާމްގެ އަތް ފޮޅާލަމުން ނޫރާ ބުނެލިއެވެ.

” ނުން.. ކުރަން… އައި ތޯޓް…” ހުޝާމް އަށް ވާހަކަ ދައްކާކަށް ނޫރާ ފުރުސަތެއް ނުދެއެވެ.

” އައި ތޯޓް ކިޔާނެ ކަމެއް ނެތް… އައި ހޭޓް ޔޫ….” ނޫރާ އަށް އިހުސާސް ވަމުން ދިޔައީ ހުޝާމް އޭނާ ދުރު ކުރަން އުޅޭ އިހުސާސެކެވެ. ޔާސިން އަކީ ހުޝާމްގެ ކޮއްކޮއެއް ކަމަކު ޔާސިން އަށް ނޫރާ ހަދިޔާ ކުރާފަދަ އިހުސާސްތަކެއް ކުރެވެން ފެށުނެވެ.

ހުޝާމް އެބުރި ހިގައިގަތީ ދެން ނޫރާ އިތުރަށް ހިތުގައި ޖައްސާ ބުނެވިދާނެ އެއްޗެއް ނޭގޭތީއެވެ.

” ހުޝާމް.. އައި ލަވް ޔޫ… މިތިބަ އެންމެން ހެކިކޮށް ބުނަން އަހަރެން ހިތުގަ ނެތް ޔާސިންއަކަށް ޒައްރެއްގެ މިންވަރުވެސް ލޯތްބެއް.. އަހަރެންގެ ހިތް ވަނީ ހުޝާމަށް ދެވިފަ…” ނޫރާ އަޑަށް ބާރުލާފައި ބުނެލިއެވެ. ހުޝާމަށް ހުއްޓުން އެރީ ދެނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

ނަފްރަތު(4)

Next

ހަންޖަރު 5

Next
September 23, 2025

ހަންޖަރު 5

Previews
September 23, 2025

ނަފްރަތު(4)

One Comment

  1. Typeleter6835 says:
    September 24, 2025 at 7:38 am

    This part is nice
    When’s next

Comments are closed.

Next Episodeހިތުގެ ރިހުން (31)←


All Right Reserved!