ހިތުގެ ރިހުން (24)
ހުޝާމް ސައިކަލު އައިސް ނޫރާ މެންގޭ ކައިރިއަށް މަޑުކޮށްލިއިރު ނޫރާ ހުރީ ނަލަހެދިލައިން ނިކުމެއެވެ. ހުޝާމް ބަލާވަރުން ނޫރާ ލަދުގަންނަ ގޮތްވިއެވެ. އަވަސް އަވަހަށް އައިސް ހުޝާމްގެ ކޮޑުގައި ޖަހާލަމުން ސައިކަލަށް އެރިއެވެ. ހުޝާމްގެ މިސްރާބު ހުރީ ޖެން ހޮޓެލް އާ ދިމާލަށެވެ. ސައިކަލު ޕާރކް ކޮށްލުމަށްފަހު ދެމީހުން ގޮސް ރެސްޓޯރެންޓްއަށް ވަނެވެ.
” ވަން ލަވާޒާ.. އެންޑް އަ ފްރެޝް އޮރެންޖް…” ވެއިޓަރަށް އޯޑަރު ދެމުން ހުޝާމް ނޫރާއަށް ހީލިއެވެ.
“ހޫމް.. ދެން ބުނެބަލަ ކޮން ވާހަކަ އެއްތަ ތިހާ ވަރަކުން ނުބުނެވިގެން ތިއުޅެނީ…” ވެއިޓަރު ދިއުމުން ނޫރާ އަހާލިއެވެ.
” އަހަންނަށް ހީވަނީ އަހަންނަށް އަންހެން ކުއްޖެއް ދެކެ ލޯބިވެވިއްޖެހެން… ” ހުޝާމް އިސް ދަށަށް ޖަހާލިއެވެ. ނޫރާގެ ހިތަށް އުދަގޫވާން ފެށިއެވެ. ދުވަހަކުވެސް މިފަދަ އިހުސާސެއް އޭނާއަކަށް ނުކުރެވެއެވެ.
“ކާކު…. ހޫ އިޒް ދަ ލަކީ ގާލް…” ނޫރާ އޭނާގެ އިހުސާސްތައް ފޮރުވަމުން ހިނިތުންވެލިއެވެ.
” ސަމްވަން… އަހަރެން އެކުއްޖާ ގާތު ރައްޓެހިވާން އަހަން ނުކެރިގެން މިއުޅެނީ..” ހުޝާމް ނޫރާގެ ލޮލަށް ބަލާލިއެވެ.
” އެކީއްވެ.. އަހަންނަށް ޔަޤީން ހުޝާމް ރައްޓެހިވާން އަހައިފިއްޔާ ނޫނެކޭ ބުނާނެ އަންހެން ކުއްޖެއް ހުންނާނެހެން.. ހުރިހާ އަންހެން ކުދިން ހިތްކިޔާ ސިފަތައް ހުޝާމްގެ އެބަހުރި..” ނޫރާވެސް އެ ދެލޮލަށް ބަލަހައްޓައިން ހުރެ ވާހަކަ ދެއްކިއެވެ.
” އަސްލު ވާ ގޮތަކީ… އެކުއްޖާ ލޯބިވަނީ އެހެން މީހެއް ދެކެ.. އައި ނޯ އައި ހޭވް ނޯޗާންސްކަން…” ހުޝާމް ބުނެލިއެވެ. އެވަގުތު އެމީހުން އޯޑަރު ދިން ބޯ އެއްޗެހި ހިފައިން ވޭޓަރު އައެވެ.
” އޯ… ދެޓް ހާރޓްސް.. އެކަމް އަހަރެން ބުނާނެ ވާހަކަ އެއް ނެތް.. އެ ކުއްޖާ މީހަކާ ނީދެ ހުރިއްޔާ ތި ލޯބި ހުށައަޅާ… ފަހުން ޑޯންޓް ރިގްރެޓް…” ނޫރާ އޭނާގެ ހިޔާލު ފާޅު ކުރިއެވެ.
“އާން އަހަރެންވެސް އެހެން ހިތައް އަރައިން މިހިރީ.. އެހެންވެ މިއަދު ނޫރާ މިތަނަށް މިގެނައިވެސް… ނޫރާ.. އަހަންނަށް އިނގޭ ނޫރާ ލޯބިވަނީ ޔާސިން ދެކެ ކަން.. އަދި މިހާރު ޔާސިން އެހެރީ ސިންގަލް ކޮށް…” ހުޝާމްގެ ވަހަކަ ނޫރާ މެދު ކަޑާލިއެވެ.
“ވޯވޯ… މިއަދު މިއައީ ހުޝާމް ދައްކަން ހުރި ވާހަކަ ދައްކަން.. އަހަންނާ ޔާސިން ވާހަކަ ދައްކާކަށް ނުން…” ނޫރާ ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ.
” ނޫރާ.. އަހަންނަށް ހިވަނީ އަހަންނަށް ނޫރާ ދެކެ ލޯބި ވެވިއްޖެހެން.. އަހަރެން މިވާހަކަ ނުބުނެ ހުރެއްޖެއްޔާ އަހަންނަށް އިނގޭ ފަހުން އަހަރެން އެކަމާ ދެރަވާނެކަން… ނޫރާގެ ހިތް ޔާސިންއަށް” ހުޝާމް ދައްކަމުން ދިޔަ ވާހަކަ ހުއްޓުނީ ނޫރާގެ ލޮލުން ކަރުނަ ހިލުނުތަން ފެނުމުންނެވެ. ދެމީހުންގެ ދެމެދަށް ވެރިވި ހަމަ ހިމޭންކަން ކަޑުވާލާނެ ގޮތެއް ހުޝާމަކަށް ނޭގުނެވެ.
“އަހަންނަށް މާފްކުރޭ… އަހަންނަށް އިނގޭ ނޫރާ ލޯބިވަނީ އަހަރެން ކޮއްކޮދެކެކަން… އެކަމް އަހަރެން އެންމެ ކުރިއްސުރެވެސް ނޫރާއަށް ހިތް ކިޔާ… ” ކުއްލިއަކަށް ހުޝާމްގެ ފޯނު ރިންގްވާން ފެށިއެވެ. ގުޅަމުން ދިޔައީ ޔާސިންއެވެ.
“އާން ކީކޭ ޔާސިން” ނޫރާ އަށް ބަލާލަމުން ހުޝާމް ފޯނު ނަގާ ސްޕީކަރަށް ލިއެވެ.
” ނައި ބަލާދެވިދާނެތަ… ވަރަށް ކޮންފިއުޝަންއެއްގަ ނައި ހުންނާނީ މިހާރު… އަހަރެން އަދިވެސް ޕޮލިހުގަ މިހިރީ މިންހާ މައްސަލަ ވަކި ގޮތަކަށް ނުނިމޭތީ…” ޔާސިންގެ އަޑުގައި ހާސް ކަން ހުއްޓެވެ.
” ކޮބާ ދޮން މަންމަ މަނާލް؟” އާންމުކޮށް ޔާސިން ބުނާ ކަންކަން ހުޝާމް އެއްވެސް ސުވާލެއް ނެތި ކޮށްދެއެވެ. ނަމަވެސް މިއަދު ނޫރާ ގާތު މަޑުކޮށް އޭނާގެ އުދާސްތައް ބަންޑުން ކުރުން މުހިންމު ކަމުގައި ދެކުނެވެ.
“ކީކޭ އަހަރެން ބުނާނީ… ބޮޑު ކަންތައްގަޑެއް ތެރޭ އަހަރެން މިއުޅެނީ… މަނާލް ވެސް މިހާރު ހުރީ ޕޮލިހުން ބެލުމުގެ ދަށުގަ” ޔާސިން މިހެން ބުނުމުން ހުޝާމް އަދި ނޫރާއަށް ކުއްލި ސިހުމެއް ލިބުނެވެ.
” އެއީ… ކީއްވެ ދޮންމަންމަ ޕޮލިހުން ބެލުމުގެ ދަށަށް ލާން ވީ…” ހުޝާމް އަހާލިއެވެ.
“ކޮންތާކު ތިހިރީ… އެކަނިތަ؟” ހުޝާމް ހުރިތަނެއް ޔާސިން ބަލާލީ އެވާހަކަ ކިޔާދެން ވެގެނެވެ. ހުޝާމް ހޫމް ބުނެލިއެވެ. އަދި ނޫރާ އަށް ބަލާލީ އެއްޗެކޭ ނުބުނާށޭ ބުނާފަދަ ގޮތަކަށެވެ.
“ކަލޭނޭ… އަހަރެންނަށް ހީވާ ގޮތެއް މީ އިނގޭ…. މިންހާ އަކީ އަސްލު މަންސޫރުގެ ދަރިއެއް ނޫނޭ… އެއީ ހަމަ މަނާލްގެ އުފަން ދަރި…” ޔާސިން ކިޔާދެން ފެށިއެވެ.
“ވަޓް…. އެއީ މަންސޫރުގެ ނޫނޭ…” ހުޝާމް އަށް ތަންކޮޅެއް ބާރަށް ބުނެލެވުނެވެ.
“ޝްޝް.. މަޑުން…. އާން.. މަނާލް ހުރިހާ އެއްޗެއް ކިޔާދީފި.. އޭނަ މަންސޫރުގެ އަސްލު ދަރިފުޅު ފޮރުވައިން ގޮސް ލީ އޭނަ ދައްތަމެން ގެޔަށް.. ދެން އޭނަގެ ދަރި ގެނައި މަންސޫރު ކައިރިއަށް… އަހަންނަށް ހީވަނީ ނޫރާ އަކީ މަންސޫރުގެ އަސްލު ދަރިފުޅުހެން…” ޔާސިން މިހެން ބުނުމުން ނޫރާ ބޯން އިން ޖޫސްތަށި އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. އަޑު އިވިގެން މިދިޔައީ ކޮންފަދަ ވާހަކައެއް ބާއެވެ. ހާސްވެފައިވާ ނޫރާ ބިންމައްޗަށް ތިިރިވެ ވެއްޓުނު ތަށީގެ އެތިކޮޅުތައް ނަގަން ފެށިއެވެ. ހެދޭ ނެހެދޭއެއް އޭނާއަކަށް ނޭގެއެވެ. އައިޝާގެ އަމަލްތައް ހުރި ގޮތުންނާ ޔާސިން އެދެއްކި ވާހަކައިގާ އޮއްޓަރެއް ހުރިހެން ނޫރާއަށް ހީވާން ފެށިއެވެ. ހުޝާމް އަވަހަށް އެއްޗެކޭ ކިޔާ ފޯނު ބޭއްވިއެވެ.
“ނޫރާ… ނޫރާ” ހުޝާމް ނޫރާގެ ކޮޑުގައި ހިފާ ތެދުކޮށްލިއެވެ. އޭރު އޭނާގެ އަތަށް ބިއްލޫރިކޮޅެއް ހެރިފައި ހުއްޓެވެ. ނޫރާ ރޮމުން ދިޔަތަން ހުޝާމްއަށް ފެނި ހާސްވާން ފެށިއެވެ. އަވަހަށް ބިލް ދެއްކުމަށް ފަހު ނޫރާ ގޮވައިން ހޮސްޕިޓަލަށް ހުޝާމް ދިޔައެވެ.
*****
މަންސޫރު އަށް ލޮލު ފިޔައެއްވެސް ޖަހާ ނުލެވެއެވެ. މަނާލް ކަންތައް ކުރީ އިންސާނަކު އިންސާނަކާ ދޭތެރޭ ކަންތައް ކުރާ ގޮތަކަށް ނޫނެވެ. މަންސޫރުގެ އަމިއްލަ އެދުން ބޮޑުކަންވެސް ހިތައް އަރަމުން ދިޔައެވެ. އޭނާގެ ދަރިފުޅު އޭނާއާ ދުރުގައި 23 އަހަރު ހޭދަ އެކުރީ މީހުން ކިޔާފާނެ އެއްޗަކަށް ތިމާގެ އަބުރާ އިއްޒަތަށް އުނިކަމެއް އައިސްދާނެކަމަށް ބެލުމުންނެވެ. މީހެއްގެ ބޯކާލާ ވާ ވައްދަން އެންމެ ފަސޭހަ ދަޑިވަޅަކީ އޭނާ ހިތާމާގައި އުޅޭ އިރެވެ. އެހިތި މިއަދު މަންސޫރު އެދަނީ ކުރިމަތި ލަމުންނެވެ. މަންސޫރު ސިއްސައިން ދިޔައީ ނައިރާ އައިސް އޭނާ ބަނޑުމަތީ އޮށޯވެލުމުންނެވެ.
“ކަމަނާ… ބައްޕަ ނާދޭތަ އަދިވެސް…” މަންސޫރު އަހާލިއެވެ.
“ކާފާ… ކޮބާ މަންމި… ނައި މަންމި ބޭނުމި..” ނައިރާ ރޯން ފެށިއެވެ. މަންސޫރަށް ހަދާނެ ގޮތް ހުސްވިއެވެ. ޕްރިޔާއަށް ގޮވާ ނައިރާ ގެންދަން ބުނެ ފޯނު ނަގާ އަދުނާނަށް ގުޅާލިއެވެ.
“ކޮބާ މިންހާގެ ހަބަރަކީ” މަންސުރު އަހާލިއެވެ.
“މިންހާ އެއްބަހެއް ނުވޭ އޭނާ އެއްވެސް ކަމެއް ކުރި ކަމަކަށް… އަދިވެސް ކިޔަނީ މޫނު ނިވާކޮށްފަ ހުރި މީހަކު އައިސް އޭނާއަށް އަނިޔާކޮށް އާދަމް މަރާލީއޭ… ޕޮލިހުން ދަނީ އިތުރަށް ތަހުޤީޤް ކުރަމުން މިންހާގެ ބަންދައް 10 ދުވަސް ޖަހައިފި މިއަދު ހެދުނު… އެކަމް މަންސޫރު.. އަހަރެން ކުޑަކޮށް ކަންބޮޑުވޭއެބަ… ޔާސިންގެ އަމަލްތައް ހުރިގޮތް ފެނިފަ…” އަދުނާން ބުނެލިއެވެ.
“ޔާސިން ކިހިނެއްވީ..” މަންސޫރު އަހާލިއެވެ.
“އިއްޔެ އަހަރެން ބުނީ މޫނު ނިވާކޮށްފަ ހުރި މީހެކޭ މިންހާ ބުންޔޭ… އެފަހުން އެ އުޅޭގޮތް ވަރަށް ތަފާތު.. މީހަކު ބިރުން އުޅޭހެން އުޅެނީ…” އަދުނާން އޭނާއަށް ހީވާއެއްޗެއް ބުނެލިއެވެ.
“ސާބަސް އަދުނާން… ޔާސިން އަކީ އެފަދަ ކަމެއް ކުރާނެ ކުއްޖެއް ނުން.. އެއީ ގޭތެރެއިން ފެންނަ ހިންޔެއްވެސް މަރަން ކެރޭ ކުއްޖެއް ނުން… ކޮބާ ޔާސިން މިހާރު” މަންސޫރު ގާތަށް އައި ހިންޏެވެ. އެހެންޔަފަހެ ޔާސިންގެ ގޮތް އެންމެ ރަގަޅަށް އެގެނީ މަންސޫރަށެވެ. ނުލާހިކު މަޑު މައިތިރި ރަގަޅު ކުއްޖެކެވެ. އެބުނި ވާހަކައަކަށް ބިރު ގަންނަން ޖެހޭ ސަބަބެއް ނެތެވެ. މަންސޫރު ތެދުވެ ފެންވަރާލައިން ދިޔައީ ޕޮލިސް ސްޓޭޝަނަށެވެ.
ޕޮލިސް ސްޓޭޝަނަށް ވަތް އިރު ލަމްހާ އެތާ ހުއްޓެވެ. މަންސޫރު ފެނުމާއެކު ގެންގޮސް މަނާލް އިން ކޮޓަރި ދައްކާލިއެވެ.
“ދިހަ މިނިޓު… މަންސޫރުބެ ބުނީމަ މި ހަމަ ޖެއްސީވެސް.. މާގިނަ އިރު ނުކުރައްޗޭ. ” ހައްޔަރުގައި ތިބޭ މީހުންނާ އެއްވެސް މީހަކު ބައްދަލްކޮށް ހެދުމަކީ މަނާ ކަމެކެވެ. ނަމަވެސް މަންސޫރަކީ ލަމްހާ ކިޔެވުމުގެ ހުރިހާ ހަރަދެއް ކޮށްދިން ފަރާތް ކަމުން މަންސޫރުގެ އެދުމާ ދެކޮޅުހަދަން ނުކެރުނެވެ.
މަންސޫރު ގޮސް މަނާލް ކުރިމަތީ އިން ގޮޑީގައި އިށީދެލިއެވެ. މަންސޫރު އެއްޗެކޭ ބުނުމުގެ ކުރިން މަނާލް ދިއްކޮށްލީ ގަނޑުކޮޅެކެވެ. އެނާ އެ ގަނޑުކޮޅު ހުޅުވާ ބަލާލިއެވެ. އޭގައި ދޮންތަ ޖަހާފައި ނަންބަރެއް އިނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




Whaaat???????
Yaasin ah vedhaane kamah ha wana hissu inzaaru dhey eba😭
What is happening to everyone????
Vrh curious
Btw mi prt vx vrh reethi Maasha Allah
Curiously waiting
Whn nxt???
Tc.. Lyy💜💜