Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ރިހުން (27)

Krystal Level 510 Stories100 Login100 Comments
September 12, 2025 3 Mins Read
3 Comments

ހުޝާމްވެސް ނޫރާގެ އަތުގައި ހިފާލީ ނޫރާ ހަމަ ޖެއްސޭތޯއެވެ. ޔާސިރު މިބުނި އެއްޗަކުން ހުޝާމްއަށްވެސް އެކަން ގަބޫލް ކުރަން ދަތިވިއެވެ. ހުޝާމް ފޯނު ނަގާ ޔާސިން އަށް ގުޅާލިއެވެ.

“ނުނަގަޔޭ ފޯނެއް.. ހިނގާބަލަ އެސޮރު ހުރިތަނެއް ބަލަން ދަރިފުޅާ…” ޔާސިރު އާދޭހުގެ ރާގުގައި ބުނެލިއެވެ. ސައިކަލުގައި މިވަގުތު ޔާސިރު އެކަނި ފޮނުވުން އެހާ ބުއްދިވެރިއެއް ނުވާނެކަން ހުޝާމްއަށް ވިސްނުނެވެ. އަދި ހަމަ އެހެންމެ ނޫރާވެސް އެކަނި ބަހައްޓާފައި ދާން އޭނާގެ ހިތެއް ނޭދެއެވެ.

ހުޝާމް، ނޫރާ އަދި ޔާސިރު ބޭރަށް ނިކުމެ ޓެކްސީއެއް ނަގައިން ޕޮލިސް ހެޑް ކުއާޓާރސް އާ ދިމާލަށް މިސްރާބު ޖެހިއެވެ.

*****

“ޔޫސުފް ޔާސިން… ކުރިކީލަ ހދ.ކުޅުދުއްފުށި އުމުރު 28 އަހަރު.. ރަގަޅުތޯ..” ޕޮލިސް ސާރޖެންޓް އަހުމަދު، ޔާސިން ކުރެން އަހާލިއެވެ. ޔާސިން ބޯ ޖަހާލީ މާޔޫސް ކަމާއެކުއެވެ.

“ޔޫސުފް ޔާސިން ހައްޔަރު ކުރެވި އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް މިގެނެވުނީ 11 މާރޗް 2025 ގައި ހ.ޖެކްސަންގެ 4 ވަނަ ފަންގިފިލާގައި ހުރި އެޕާރޓްމެންޓް 4ބީގައި ހިނގައިދިޔަ ގަތުލެއްގެ ތަހުގީގު އަޅުގަނޑުމެން ކުރަމުން ދަނިކޮށް ސީސީޓީވީ ފުޓެޖުން ޔޫސުފް ޔާސިން އެ އެޕާރޓްމެންޓުން ނިކުންނަ މަންޒަރު ފެނުމާ ގުޅިގެން އެކަމުގައި ޔޫސުފް ޔާސިންގެ އަތެއް ވޭތޯ ތަހުގީގް ކުރުމަށްޓަކައި… މި ތަހުޤީޤުގެ މަރުހަލާގައި ޔޫސުފް ޔާސިން ދައްކާ ވާހަކަ ތަކަކީ ކޯޓުގައި ބަލައިގަނެވޭނެ ވާހަކަ ތަކެއް.. އެހެންކަމުން ޔޫސުފް ޔާސިން އަށް ލޯޔަރަކު އިޚްތިޔާރު ކުރުމުގެ ފުރުސަތު އެބައޮތް.. ލޯޔަރަކު ބޭނުންތޯ…” އަހުމަދު މިރެންޑާ ރައިޓްސް ޔާސިންއަށް ކިޔާ ދިނުމަށްފަހު އަހާލިއެވެ. ޔާސިން ބޯ ދެއަތަށް ހޫރާލިއެވެ. ލަމްހާ އެތަނަށް ވަދެ ހުރީ ޔާސިންގެ ހަބަރު މަންސޫރަށް ދިނުމަށެވެ. ޔާސިން ނޫނެކޭ ބުނުމުން ފާހަނައަކަށޭ ކިޔާފައި އެތަނުން ލަމްހާ ނިކުތެވެ.

“ކިހިނެއްވަނީ.. އެއްބަސްވެއްޖެތަ؟” ލަމްހާ ނިކުންނަންދެން ކެއްމަދު ވެފައި ހުރި މަންސޫރު އަވަސް އަވަހަށް އަހާލިއެވެ.

“އަޅުގަނޑަކަށް ނޭގެ ކޮންތާކުން އައި ކޮންފިޑެންސެއް ކަމެއް. ލޯޔަރެއްވެސް ބޭނުމެއް ނެތޭ ބުނީ.. ބޮޑަށް ހީވަނީ ޔާސިން ކުރި ކަމެއް ހެން..” ލަމްހާ އަވަހަށް ހަބަރު ދިނުމަށްފަހު ވަނެވެ.

*****

” މި ވީޑިއޯގަ މިފެންނަ މީހާ ދަންނަންތަ..” ޕޮލިސް އިންސްޕެކްޓާރ ޖައިޝް ވީޑިއޯ މިންހާއަށް ދައްކާލަމުން ސުވާލުކުރިއެވެ. މިންހާ ވަރަށް ރަގަޅަށް އެވީޑިއޯއަށް ބަލާލިއެވެ.

“ތީ ޔާސިން އެއްނުން… މޫނު ވަތް އިރު ނިވާ ކޮށްފަ ނިކުތް އިރު ދައްކައިން އެހެރީ..” މިންހާ ބުނެލިއެވެ.

“މީނަތަ އެރޭ މިންހާ މެން ތިބި އެޕާރޓްމެންޓަށް ވަދެ އާދަމް ގަޔަށް ވަޅި ޖެހީ…” ޖައިޝް އަހާލިއެވެ. މިންހާއަށް ވެސް މިހާރު އޮޅިއްޖެއެވެ. އެރޭގެ ހަދާންތައް އާކުރަން އޭނާ ފެށިއެވެ.

“ނުން… އެތަނަށް ވަތް މީހާ ފުރަތަމަވެސް އައިސް އެޑަމްގެ ބޮލަށް ތަޅާލީ އަހަރުން ބޮއެފަ ހުސްކޮށްފަހުރި ހޯލްސްޓެން ފުޅި… ޔާސިންތަ އެއީ… ނުން ބަލާބަ ލާފަ ހުރި ފައިވާން… އެރޭ ވަތް މީހާ ހުރީ ހުދު ކުލައިގެ ސްނިކާރޒްއަކަށް އަރައިގެން… އަހަރެން ވަރަށް ރަގަޅަށް ހަދާން އެބަހުރި… އެއީ އޭނަ އަހަރެންގެ ގައިގަ ޖެހި ވަގުތު އަހަރެންވެސް އަބުރައި ގަނެގެން ވެއްޓުނީ.. އެގަޑީ އަހަރެންނަށް ފެނުނު އޭނަގެ ބޫޓު.. އެކަން ކުރީ ޔާސިންއެއް ނުން..” މިންހާ ވަރަށް ތަފްސީލްކޮށް ހުރިހާ އެއްޗެއް ކިޔާދިނެވެ. އެކަމާ އޭނާވެސް ހުރީ ހައިރާންވެފައެވެ. ޔާސިންއާ އިދެގެން މިވީ 7 އަހަރު ތެރޭ އޭނާގެ ހިތުގައިވެސް ޔާސިންއަށް ކޮންމެވެސް ވަރަކަށް ކުލުނު ޖެހިފައި އެބަހުއްޓެވެ. ޔާސިންއަށް އެހާ ނަފްރަތު ކުރާނަމަ މިއީ މި މަޅީގައި ޔާސިން ޖައްސާލަން އެންމެ ރަގަޅު ވަގުތެވެ.

*****

ޔާސިރު ކުރީގައި ހުރެގެން ގޮސް ޕޮލިސް ސްޓޭޝަނަށް ވަނެވެ. ކައުންޓަރާ ދިމާލަށް ހަލުވި ކަމާއެކު ހިގައިގަތް ވަގުތު މީހެއްގެ ގައިގާ ޖެހި ދެމީހުންވެސް ކުޑަކޮށް ދެފަރާތަށް ދިޔައެވެ.

“ހޫ.. ތަންކޮޅެއް ބަލާލައިން އުޅެބަލަ..” ބޮޑާކަމާއެކު ގައި ފޮޅާލަމުން މަންސޫރު ބުނެލިއެވެ. އޭރުވެސް އޭނާ އިސްއުފުލާ ބަލާ ނުލައެވެ.

“ވަރަށް ބޮޑަށް މާފްކުރޭ.. އަތަށް ތަދުވުމުން އަތުގައި އަތް އަޅާލަމުން ޔާސިރު ބުނެލިއެވެ. އެވަގުތު އޭނާ ކުރިމަތީ ހުރި މަންސޫރަށް ބަލާލިއެވެ.

“މަންސޫރު.. ކަލޭ..” ޔާސިރުއަށް ބުނެވުނެވެ. މަންސޫރު ހައިރާންވެލާފައި ކުރިމަތީ ހުރި ޔާސިރުއަށް ބަލާލިއެވެ. ޔާސިރުއަށް މަންސޫރު މިތަނަށް އައިސް ހުރި ސަބަބު އެގެއެވެ.

” ޔާސިރު..” ދެމީހުންނަށް ވެސް މާޒީ ހަދާންވާން ފެށި ކަހަލައެވެ. މަރިޔަމް ފަހަތުން ދެމީހުން ދުވި ހަދާން އިއްޔެވީ ކަމެއް ހެން ހަދާނަށް އަންނަން ފެށިއެވެ.

“ހުއް ދުރައް ދޭ..” މަންސޫރު ޔާސިރު އެއްފަރާތަކަށް ކޮށްޕާލިއެވެ. ވެއްޓެން ދިޔަ ޔާސިރުގެ ގައިގާ ހިފީ ދުވެފައި އައި ހުޝާމް އެވެ. އޭރު ނޫރާވެސް ހުޝާމް ފަހަތުން އައިސް އެތަނާ ހަމަ ކުރީއެވެ. ނޫރާއަށް މަންސޫރު ފެނުމުން ޖެހިލުންވެ ފަހަތަށް ޖެހިލެވުނެވެ. ކުރިމަތީ އެހެރީ އޭނާގެ އުފަން ބައްޕައެވެ. މަންސޫރަށް އޭނާއަކީ ދަރިފުޅުކަން އެގޭބާއޭ ހިތަށް އެރިއެވެ. މަންސޫރު ހަދާ އެއްޗެއް ބަލަން ނޫރާ ނޭގޭ ކަމަށް ހަދާލާފައި އައިސް ބައްޕާއޭ ކިޔާ ޔާސިރުގެ ގައިގާ ހިފަހައްޓާލިއެވެ.

“ކޮބާ ބޭބެ މައްސަލައަކީ… މީ އަހަރެންގެ ބައްޕަ…” ހުޝާމް އަތް މުއްކަވާލާފައި މަންސޫރާ ދިމާލަށް ދާން އުޅުމުން ނޫރާއާ ޔާސިރު އެކު އެކީހެން އޭނާ ހުއްޓުވިއެވެ. ޔާސިރު އަވަހަށް އެތަނުން ދުރަށް ޖެހިލާ ޔާސިންގެ ނަން ބުނުމަށްފަހު އެންމެ ފަހުގެ ހަބަރަކީ ކޮބައިތޯއަހާލިއެވެ. މަންސޫރަށް ޔާސިރު ޔާސިންގެ ނަން ކީ އަޑު އިވުމުން ހިގައިގަންނަން އުޅެފައި ހުއްޓުން އެރިއެވެ.

“ކަލޭ ކީއްކުރަން ޔާސިން ހޯދަނީ” މަންސޫރު ހައިރާން ކަމާއެކު އަހާލިއެވެ. ހުޝާމަށް އެއީ މިންހާގެ ބައްޕަކަން އަދި ޔާސިންގެ ބަފައިބެކަން އިނގެއެވެ. ނަމަވެސް މިގޮތަށް އޭނާގެ ބައްޕައާ މަންސޫރު ވާހަކަ ދެއްކުމުން ހޫޝާމް ގާތަށް އައި އަމަށަކު ރުޅިއެއް ނޫނެވެ.

“އެއީ އަހަރެންގެ ދަރިފުޅު..” ޔާސިރުއަށް ޔާސިން އިދެގެން އުޅުނީ މަންސޫރުގެ ދަރިއަކާކަން މާކުރިންވެސް އެގެއެވެ. ނަމަވެސް ޔާސިން އޭނާގެ ވާހަކަ މަންސޫރު ގާތު ދެއްކި ކަމެއް ނުދައްކާ ކަމެއް ނޭގެއެވެ.

“ދަރިފުޅޭ… ޔާސިން އަކީ ޔާސިރު ކަލޭގެ ދަރިއެއްތަ… އެއީތަ މަރީ އޭރު ވިހެއި ކުއްޖާއަކީ..” މަންސޫރުގެ ހައިރާންކަން އިތުރުވިއެވެ. ޔާސިރު މަރިޔަމް ދޫކޮށްފައި ދިއުމުން މަންސޫރު މަރިޔަމްއަށް އިންނަން ހުށައެޅިއެވެ. ނަމަވެސް މަރިޔަމް އޭނާގެ ހުށައެޅުން ގަބޫލު ނުކުރީ އޭރު ޔާސިރުގެ ދަރިއަކަށް އޭނާ ބަލިވެ އިނުމުންނެވެ. ޔާސިން އަކީ މަރިޔަމް އާ ޔާސިރުގެ ދަރިއެއް ކަމެއް އޭނާއަކަށް ނޭގެއެވެ.

” މަންސޫރަށްވެސް އިންގޭތަ މަރީ ބަނޑުބޮޑުކަން..” ހުޝާމް އާ ނޫރާ ހުރީ ދެކެވިގެން މިދާ ވަހާކައަކީ ކޮން ވާހަކައެއްކަން ދެނެގަންނަން އުދަގޫވެފައެވެ. މަންސޫރަށް ޔާސިން މަންމަ އެގެނީ ކިހިނެއްކަމާ ޔާސިރު އާ މަންސޫރުގެ ދެމެދުގައި ވަނީ ކޮންކަހަލަ ހަސަދަވެރިކަމެއް ކަން އެ ދެކުދިންނަކަށް ނުވިސްނެއެވެ.

“ކަލޭ އެހެން މީހަކާ އިދެފަ އެފަކީރު ނަގާ އެއްލާލީ އެވަރުވެސް ނޭގިތަ..” މަންސޫރު ޔާސިރުގެ ގިރުވާނުގައި ހިފާ ބާރު ކޮށްލިއެވެ. ހުޝާމްއަށް މި މަންޒަރު ބަލަން ކެތެއް ނުވިއެވެ. ލަތްކެއް ޖަހައި މަންސޫރުގެ އަތް ފޮޅާލިއެވެ. ނޫރާ އަށް އޭނާގެ ބައްޕަގެ ނުފޫޒުގަދަ ކަމާ ރުޅިގަނޑު ފެނުމުން އޭނާއަކީ މަންސޫރުގެ ދަރިއެކޭ ބުނަންވެސް ޖެހިލުން ވާން ފެށިއެވެ.

“އޭތް….” މަންސޫރު ހަޅެއް ލަވައިގަތުމަށް ފަހު ހުޝާމްގެ ގައިގާ ޖަހަން އަތް އުފުލާލިއެވެ. ނަމަވެސް ޖަހަން ނެގި އަތުގައި ހިފާލީ ނޫރާއެވެ. އެދެލޮލުން ކަރުނަ ފައިބާ ފައިބާ ހުއްޓެވެ. ހުޝާމްއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ނޫރާ އަކީ އަބަދުވެސް އަނިޔާވެރިކަމަށް ނަފްރަތު ކުރާ މީހެއްކަން ހުޝާމަށް އެގެއެވެ. ނަމަވެސް ބޮޑު ފިރިހެނަކު ޖަހަން ނެގި އަތުގައި ހިފަން ހިތްވަރު ނެރުނީ ކޮންތާކުން ކަމެއްވެސް ނޭގެއެވެ.

“ބައްޕާ… ޕްލީސް…” ނޫރާއަށް އެންމެ ފަހުން ނުހުރެވިގެން ބުނެވުނެވެ. ތިން މީހުން އެކު އެކީހެން ނޫރާއަށް ބަލާލީ ނޫރާ މަންސޫރާ ދިމާލަށް ބައްޕަ ކިޔުމުންނެވެ.

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

ސިއްރުން ކުރެވުނު ގޯސްކަންތައް

Next

ނުކުރާށެ ބާކީ

Next
September 12, 2025

ނުކުރާށެ ބާކީ

Previews
September 11, 2025

ސިއްރުން ކުރެވުނު ގޯސްކަންތައް

3 Comments!

  1. Anonymous says:
    September 12, 2025 at 12:55 pm

    Oh my god
    Yaasin didn’t kill Adam or something
    I’m like confused
    Pls.. Explain what actually is going on in the next part Krystal
    When’s next

  2. Shaf_maan says:
    September 12, 2025 at 5:06 pm

    Okay this is getting more confusing..
    So does this mean yaasin didn’t kill adam or something..
    Im so so confused rn..
    Could you plzz explain what is going on on the next ep
    Curiously waiting
    Btw this prt also vrh reethi.. Maasha Allah
    Whn nxt???
    Tc..
    Lyy 💜

  3. NONNI_07 says:
    September 14, 2025 at 9:20 am

    💗💗💗💗💗💗💗💗💗💗

Comments are closed.

Next Episodeހިތުގެ ރިހުން (28)←


All Right Reserved!