ހިތުގެ ރިހުން (25)
މަންސޫރު ގަޑުކޮޅު މުށުތެރެއަށް ލުމަށްފަހު އެތަނުން ނިކުންނަން ތެދުވެލިއެވެ.
“މަންސޫރު.. އަހަންނަށް މާފްކުރޭ.. އަހަންނަށް މަންސޫރު ދެކެ މާ ބޮޑަށް ލޯބިވެވުނީ…” މަނާލް މަންސޫރުގެ އަތުގައި ހިފާލިއެވެ. މަންސޫރުގެ މޫނުމަތިން ރުޅިވެރިކަން ފެންނަން ހުރުމުން މަނާލް ޖެހިލުންވެ ދެރަވިއެވެ.
“ލޯތްބޭ….މާފޭ…. ކަލޭއަށް އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނަން.. ކަލެއާ ހެދި އަހަރެން މުޅި ދިރިއުޅުން ހަލާކުވީ.. އަހަރެން ލޯބިވާ އަބިމީހާ ނިޔާވެގެން ދިޔައީ ކަލެއާ ހެދި ހަމަ…އަހަރެންގެ ހުރި ނޫރެއް ފަދަ ދަރިފުޅު ކަލޭ ގެންދިޔައީ ތި ހިތަށް އަސަރެއްވެސް ނުކުރޭތަ… އަހަރެން ކައިރި މާފަށް އެދޭނެ ކަމެއް ނެތް.. ތީ މީހުން މީހުންދެކެ ލޯބިވާ ގޮތްތަ” މަނާލްގެ އަތް ފޮޅާލުމަށްފަހު ދޮރާ ދިމާލަށް މަންސޫރު ދިޔައެވެ.
“އަދި ބުނަން.. މަނާލް ތިހިރީ ވަރިކޮށްފަ…. އަހަރެން ލޯ ކުރިމައްޗަށް ދެން ނާންނާތި..” މަންސޫރު ދިއުމުގެ ކުރިން މަނާލް ވަރިކުރިއެވެ. މަނާލްއަށް ރޮވެން ފެށުނެވެ. ދެން އިތުރަށް އެއްވެސް ކަމެއް އޭނާއަށް ނުކުރެވޭނެއެވެ.
މަންސޫރު ބޭރަށް ނިކުމެ ފުން ނޭވާއެއް ލުމަށްފަހު އަތުގައި އޮތް ގަނޑުކޮޅު ބަލައިން ނަންބަރު ފޯނުގައި ޖެހިއެވެ. އަދި ތެޅިތެޅި އޮތް ހިތަކާއެކު އެ ނަންބަރަށް ޑައިލް ކޮށްލިއެވެ.
“ބޭބެ… ކޮބާ ހަބަރަކީ ..” ޔާސިން ފަހަތުން އައިސް މަންސޫރު ކުރެން އަހާލިއެވެ. ޔާސިން އައުމުން މަންސޫރު ފޯނު ކަޑާލުމަށްފަހު ޖީބަށް ލިއެވެ.
“މިންހާގެ ބަންދަށް ދިހަ ދުވަސް ޖަހައިފި… މިންހާ ބުނާގޮތުން އެހެން މީހަކު ކުރިކަމެއް ކަމަށްވަނީ…” މަންސޫރު ބުނެލިއެވެ.
“މަންސޫރު… ޕޮލިހުން އެޕާރޓްމެންޓްގެ ކޮރިޑޯގަ ހުރި ސީސީޓީވީ ފުޓެޖު ނަގައިފި އޭގަ އެބައިން ކަމަށް ވަނީ އެކަން ކުރި މީހާ މޫނު އަރާފަ…” އަދުނާން ތެޅެމުން ފޮޅެމުން އައިސް މަންސޫރު ގާތު ބުނެލިއެވެ.
“”ކާކު.. ކިހިނެއް ހުރި މީހެއް…” މަންސޫރު ސުވާލު ކޮށްލިއެވެ. ޔާސިން ހާސްވާން ފެށިއެވެ. ދާހިއްލަންވެސް ފެށީ ކުއްލިއަކަށެވެ.
*****
ނޫރާގެ އަތުގައި ބޭސް އަޅައިން ހޮސްޕިޓަލުން ދެމީހުން ނިކުތެވެ. ނޫރާގެ ގައިގާ ހުޝާމް ހިފަހައްޓާލައިން ހުރީ އަދިވެސް ނޫރާ ހަމަޔަކަށް ނޭޅޭތީއެވެ. ނޫރާގެ އެދުމުގެ މަތިން ހުޝާމް ގޮސް ނޫރާ ގެޔަށް ލާދިނެވެ.
“އަހަރެން ގުޅާނަން… ބައި” ނޫރާ މިހެން ބުނުމަށްފަހު ގޮސް އެތެރެއަށް ވަނެވެ. ލިފްޓަށް އެރުނުކަމެއް ނޭގެއެވެ. ނޫރާގެ ބަނޑިފަޅައިން ދިޔައެވެ. ޔާސިން އެދެއްކި އެއްވެސް ވާހަކައެއް ގަބޫލު ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ސީދާ އައިޝާ އާ އެސުވާލު ކުރަން ނޫރާ ހުރީ އިންތިހާއަށް ބޭނުން ވެފައެވެ.
ދެލޯ ފޮހެލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު ގެޔަށް ވަނެވެ. އައިޝާއަށް ނޫރާގެ އަތުގައި ބެންޑޭޖު އަޅާފައި ހުރިތަން ފެނުމުން ދުވެފައި އައިސް ނޫރާ އަތުގައި ހިފާ ވީ ކިހިނެއްތޯ އަހާލިއެވެ.
“ތެދެއް މަންމާ.. އަހަރެން މީ މަންމަގެ ދަރިއެއް ނުންތަ؟” ނޫރާ ލޮލުން ކަރުނަ ފޭބިއެވެ. އައިޝާއަށް ލިބުނު ސިހުމުން ނޫރާގެ އަތް ދޫވިއެވެ.
“ކާކު ބުނީ… ” އައިޝާ އަހާލިއެވެ. އައިޝާ ހީކުރީ ނޫރާ އައީ މިންނު ހޮޓެލްސްގެ މީޓިއަށް ގޮސަކަމުގައެވެ. އަދި އެތަނުން މަންސޫރާ ދިމާވެ ކަންތައް ކަޑެއް ނޫރާ އަށް އިގުނީ ކަމުގައެވެ.
“ދޮގު ނަހަދަ ބުނެބަ މަންމާ… އަހަރެންމީ މަންމަ ދަރިއެއް ނުންތަ؟” ނޫރާ ތަކުރާރު ކޮށްލިއެވެ. އައިޝާ އިތުރަށް އެއްވެސް ކަމެއް ސިއްރު ކުރާކަށް ބޭނުމެއް ނުވިއެވެ.
“ތީ މަންމަގެ ދަރިއެކޭ.. މަންމަ ބަނޑުން ނުވިހެޔަސް މަންމަގެ ދަރިއެކޭ ތީ..” އައިޝާ ނޫރާގައިގާ ބައްދާލާ ރޮމުން ބުނެލިއެވެ. ނޫރާއަށް ހީވީ ފައިދަށުން ބިންގަޑު ދިޔަހެންނެވެ. ނޫރާއަށް ރޮވޭ ވަރުން އިތުރަށް އެއްޗެއްވެސް ނުބުނެވެއެވެ.
“ދަރިފުޅާ.. ކާކު ބުނީ ދަރިފުޅު ގާތު.. މަނާލްތައް..” އައިޝާ މިހެން ބުނުމުން ޔާސިން ދެއްކީ ތެދެއްކަން ނޫރާއަށް އިގުނެވެ.
“އަހަރެން ބައްޕަ އަކީ މަންސޫރުތަ؟ އަހަރެން ކުޑަ އިރު މަންމަ ކައިރީ އަހަރެން ވިހެއި އިރު ފޮޓޯއެއް ނެތީ ކީއްވެހޭ އެހީމަ މަންމަ ކީއްވެ ދޮގު ހެދީ.. ކީއްވެ ބުނީ އަލިފާނުގެ ހާދިސާއެއްގަ ހުރިހާ ފޮޓޯއެއް އަދައިން ދިޔައޭ… ކިހިނެއް ފޮޓޯ ހުންނާނީ.. އަހަރެން މީ މަންމަ ވަގަށް ނަގައިން ގެނެސް ބަލާ ކުއްޖެއް..” ނޫރާ މިހެން ބުނެލީ ހިތުގައި ޖެހިފައި ހުރިލެއް ބޮޑުކަމުންނެވެ.
“ނުން ދަރިފުޅާ… މަންމަ ވަގަށް ނުނަގަން…. ދަރިފުޅުތީ މަންމަގެ ކޮއްކޮ ގެނައި ކުއްޖެއް.. ނިކަމެތި ކުއްޖެކޭ ކިޔާފަ… މަންމަ އެއް ބައްޕައެއް ނެތޭކިޔަފަ… މަންމަ އަށްވެސް ޝައްކެއް ވާން ފެށީ މަންސޫރު ޓީވީން ފެނުނީމަ… ދަރިފުޅު މަންސޫރާ ވަރަށް ވައްތަރު…” އައިޝާ މިހެން ބުނީ ނޫރާގެ ހިތުގައި އޭނާއަށް ނަފްރަތު އުފެދިދާނެތީއެވެ. އައިޝާއަށް ނޫރާ މައިންބަފައިން ދުނިޔޭގައި ހުރިކަން އިގި ހުރެ ނޫރާ ބެލިކަން އިގިއްޖެ ނަމަ ނޫރާ އޭނާއަށް ގެއްލޭނެއެވެ. އަމިއްލަ ދަރި ނޫނަސް 23 އަހަރު ނޫރާ ބަލާ ބޮޑުކުރީ އަމިއްލަ ދަރިއެއް ފަދައިންނެވެ. އެއްވެސް ކަމެއް އުނި ނުވެއެވެ. އައިޝާގެ ފެންވަރުން ނޫރާއަށް ހުރީ އެންމެ މައްޗަށް ކިޔަވާވެސް ދީފައެވެ. ނޫރާގެ އުމުރުން 7 އަހަރުގައި އޭނާ ފިރިމީހާ މިދުނިޔެ ދޫކޮށްދިޔައީ ބޯޓު ދަތުރުކުރުމުގައި ހިނގި އެކްސިޑެންޓެއްގައެވެ. އޭގެ ފަހުން އައިޝާ އެކަނިމާ އެކަނި ނޫރާ ބަލާ ބޮޑު ކުރިއެވެ.
“މަންމަ ކީއްވެ އަހަންނަށް ސިއްރު ކުރީ… އަހަރެން މިއަދު އެކަނިވެއްޖެ….” ނޫރާ ރޮމުން ރޮމުން ބުނެލިއެވެ.
“ދަރިފުޅު ބައްޕަ ނިޔާވުމުގެ ކުރިން މަންމަ ކައިރި ބުނި ދަރިފުޅަކީ އެޑޮޕްޓް ކުރި ކުއްޖެއްކަން އަންގަން.. މަންމަ ބޭނުންވީ ދަރިފުޅު ތަންކޮޅެއް ބޮޑުވީމަ ބުނަން.. އޭރު ދަރިފުޅު އެންމެ 7 އަހަރު… މަންމަ އަށް ކެއް ނުވީ…” އައިޝާ ދެލޯ ފޮހެލަމުން ބުނެލިއެވެ.
“އާނ.. އަދިވެސް އަހަރެން ބޮޑެއް ނުވޭ… އެހެންވެ ނުން ނުބުނެ ތިހިރީ.. އަހަންނަށް ކީއްވެތަ އެހެން މީހެއްގެ ފަރާތުން އަހަރެން މީ މަންމަ ދަރިއެއް ނުންކަން އެގެންވީ…” ނޫރާ އަދިވެސް އެ ހަޤީޤަތް ގަބޫލް ކުރާކަށް ބޭނުމެއް ނުވިއެވެ.
އައިޝާ ނޫރާ ގައިގާ ބައްދާލިއެވެ. އޭނާ އަށް ނޫރާ ގެއްލެން އުޅޭ އިހުސާސްތަކެއް ކުރެވެން ފެށުނެވެ. ނޫރާ އޭނާ ދޫކޮށްފައި ގޮއްސިނަމަ އޭނާ ދުނިޔެއިން މޮޔަވެދާނެއެވެ.
*****
“ބޭރުގަ މަޑުކޮށްލަ ދެއްވާ.. ލޯޔަރާ ބަލަދުވެރިޔާ އެކަނި ވަދެވޭނީ..” ޔާސިންވެސް މަންސޫރުމެން ފަހަތުން އިންވެސްޓިގޭޝަން ކޮޓަރިއަށް ވަންނަން އުޅުމުން ލަމްހާ ހިފެހެއްޓިއެވެ. ޔާސިން ގޮސް އެތާ ކައިރީގައި އިން ގޮޑިބަރީގައި އިށީދެލިއެވެ.
“ޔާސިން…. ” މަންސޫރު އަށް ލިބުނީ ކުއްލި ސިހުމެކެވެ. ސީސީޓީވީ ފުޓެޖުން ފެނުނީ ޔާސިން މިންހާ އާ އެޑަމްގެ ކޮޓަރިން ނިކުންނަތަނެވެ. ވަނީ މޫނު ނިވާކޮށްގެން ހުރެއެވެ. ނަމަވެސް ނިކުތީ މޫނުގަ އިން މާސްކް ނަގައިންނެވެ. އެމޫނު މަތީގައި ހާސްކަން އިންތިހާއަށް ހުއްޓެވެ. މުޅި އަތުގައި ހުރީ ލެޔެވެ. ދުވެފައި ޔާސިން ކޮރިޑޯއިން ނިކުތް ހިސާބަށް ޕޮލިސް މީހާ ވީޑިއޯ ޕޯސް ކޮށްލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Wait what!!! omg. it was Yaasin??? But no haadha hee nuveyey… If it was Yaain, dhn keehve Minha ehen nubunan v? she would know right? dhen keehve straightaway ehen nubunan vee. eyrun eyna ah witness kureveyne ehnuntha. something is still fishy..
Nooraa haadha dhera vaane ey dhw alhe. ekamu mikamuga Aisha ge kusheh vx nethehnu aslu. Manaal dhw hurihaa goaheh hedhee.
btw, varah interesting ingey mihaaru. last thi genesdhin like.. 6-7 episodes hama varah interesting.. I hope next part ves hama mihaa reethi and interesting vaane kamah.
When next episode? varah reethi..<3
How could it really be yaasin
I’ve no idea
A very nice story
When is next?