ޔޫނުސްގެ ސަމާލުކަން މަގަށް ނުދެވި ހުއްޓާ އޭނައަށް ހަމަ ހޭވެރިކަމެއް ލިބުނީ ސީދާ އޭނަގެ ކާރު ކުރިމައްޗަށް މީހަކު އައިހެން ހީވުމުންނެވެ. ރަނގަޅު ވަގުތަށް ކާރު މަޑު ނުކުރެވޭނެހެން ހީވި ވަގުތު ޔޫނުސްގެ މޭގަނޑު އަތަށްއައެވެ. ޔޫނުސްއަށް ދެލޯ މަރާލަމުން ކުއްލިއަކަށް ބުރަކި ޖައްސާލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ބާރު އަޑަކާއެކީ ކާރަށް ލޮޅުމެއް އައިކަން ޔޫނުސްއަށް އިޙްޞާޞް ކުރެވުނެވެ. ކާރު އެއްފަރާތަކަށް އެނބުރެމުން ގޮސް މަޑުކޮއްލީ ވަގުތު ޔޫނުސްއަށް ދެލޯ ހުޅުވާލެވުނެވެ. އޭނަގެ ހިތް މޭފަޅާފައި […]
ޝަހީމާ ވަރިކޮށްފަ؟” ހިމޭންކަމުގެ ވަގުތު ކޮޅަކަށްފަހު ނަވާޒް އިވޭ ނުއިވޭ އަޑަކުން ބުނެލި ވާހަކައިން ޔޫނުސްގެ ދެލޯ ބޮޑުވިއެވެ އެތައް ހާސް ޝުޢޫރެއް އެއްފަހަރާ އޭނަގެ ހިތަށް ވެރިވިއެވެ. ޔޫނުސް ބަލަބަލާ ހުއްޓާ ނަވާޒް އެއްވެސް އެއްޗެކޭ ނުބުނެ ހުރެފައި ފުން ނޭވައެއް ދޫކޮއްލިއެވެ. “އަހަރެން ވިސްނާފަ ޖަވާބެއްދޭނަން. މިހާރު ބާއްވަނީ……ހޫމް…” ނަވާޒް އެހެން ބުނެ ފޯނު ކަންފަތުން ނަގާލިއެވެ. ނަވާޒް ޔޫނުސްއާއި އާއިވީ ފަރާތަށް އެނބުރިގަތްތަން ފެނިފައި ޔޫނުސްއަށް ތެޅިގަނެވުނެވެ. އޭނަ ކޮޓަރިއަށް ފަސްދީފައި ދުރަށް […]
“ދޮންތަ ދޮންތާ މަޑުކޮށްބަލަ. އެއީ ކޯޗެއް؟” އަފްރީން ނަޞްރާގެ އަތް ދުރުކޮށް ފޯނު ތިރިއަށް ސްކްރޯލްކޮށްލަމުން އަނެއްކާވެސް އެއްކަލަ ވީޑިޔޯގެ ނަމަށް ބަލާލިއެވެ. އެއީ ލެކްޗަރެއްގެ ވީޑިޔޯއެއްކަން އޭގައި ހުރި ފޮޓޯއިން އަފްރީންއަށް އެނގުނެވެ. ނަމަވެސް އެއީ ކުރު ވީޑިޔޯއެކެވެ. އެއަށް ދެވިފައި އޮތީވެސް އާދަޔާ ޚިލާފު ނަމެކެވެ. އެ ނަމުގައި އޭތި ވަރަށް މަޖާވާނެ ވާހަކަވެސް އޮތެވެ. އަފްރީން އެ ވީޑިޔޯގެ ނަމުގައި އިނގިލި ޖައްސައި އޭތި ހުޅުވާލިއެވެ. އެ ވީޑިޔޯ ފެށިގެން ދިޔައީ ލެކްޗަރެއްގެ […]
އަފްރީން ކުރިމައްޗަށް ނަޒަރު ހުއްޓާލި ވަގުތު އޭނައާއި ދިމާލަށް އަންނަމުން ދިޔަ ކާރުގެ ހެޑްލައިޓްތައް ފެނުނެވެ. އަފްރީން އޭނަގެ މޫނާއި ދިމާލުން ދެއަތް ހުރަސްކޮއްލިއިރު ބުރަކި ޖައްސަމުން އައި ކާރު އަފްރީންގެ ގައިގައި ޖެހި އޭނަ މަގުގެ އެއްފަރާތަށް އެއްލިގެން ދިޔައެވެ. އަފްރީން ބިމުގައި ޖެހި އެނބުރެމުން އެނބުރެމުން ގޮސް މަޑުވި ވަގުތު އޭނަގެ ހެއެއްނެތެވެ. އެވަގުތު އެތާ ތަންކޮޅެއް ދުރުގައި އަފްރީންގެ ގައިގައި ޖެހުނު ކާރު މަޑުވެއްޖެއެވެ. އަފްރީންގެ ވަށައިގެން މީހުން އެއްވެގަތް ހިނދު އެ […]
މާ ގިނައިރެއްނުވެ ނަޞްރާ ޝައުޤުވެރިވީ ޞުރުޙީގެ ތަފްޞީލު ކިޔަން ފެށިއެވެ. ތަފްޞީލު ނިމުނުއިރު ނަޞްރާއަށް އެނގުނު ގޮތުގައި އެޗް.އެން ނިއުސް އިން ދޮގު ޚަބަރެއް ފެތުރި ފުރަތަމަ ފަހަރަކީ މިއީއެއްނޫނެވެ. އެ ވާހަކަ އިވިފައި ނަޞްރާ އުނދުން ނިއްވާލަމުން ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. ޔޫނުސް އެކަހަލަ ނޫހަކަށް މަސައްކަތްކޮށްދެނީ ކީއްވެބާއޭ ނަޞްރާގެ ހިތަށްއެރިއެވެ. ޔޫނުސްއަކީ އެހާ ގިނަގިނައިން ދޮގު ހަދާ މީހެއްކަމަށް ނަޞްރާއަށް އަދިވެސް ޤަބޫލެއް ނުކުރެވެއެވެ. މި ރޭޑިޔޯ ޗެނަލުން އަނެއްކާ “އެޗް.އެން ނިއުސް” އަށް […]
ދަރުހެއްދޭން އަންނަ ކޮންމެ މީހަކު ފަދައިން އެ އުސްތާޛާވެސް ވާހަކަ ފެށީ އަފްރީންގެ ބަހުރުވައިން “އެއްކަލަ ޢަރަބި ބަސްކޮޅުން”ނެވެ. އުސްތާޛާ އިނގިރޭސި ބަހުން ވާހަކަ ފެށީ ސުވާލަކުންނެވެ. އެއީ ލޯތްބަކީ ކޮބައިތޯއެވެ. އެ ސުވާލުކުރުމާއެކު އަފްރީންގެ ހަނދާނަށް އައީ ސިނާންއެވެ. އޭނައަށް ލަދުރަކި ގޮތަކަށް ހިނިތުންވެލެވުނު ވަގުތު އޭނަގެ ހުރިހާ ސަމާލުކަމެއް ކުރިއަށް ދެކެވޭނެ ވާހަކައަކަށް ދެވިފައިވިއެވެ. އުސްތާޛާ ދެން ފެށީ ލޯބީގެ އެކިއެކި މިސާލުތައް ދޭށެވެ. މައިންބަފައިންނާއި ދަރީންގެ ދެމެދުގައި ވާ ލޯތްބާއި، އެކުވެރިންގެ މެދުގައިވާ […]
ނިދަން ތައްޔާރުވެ އާދައިގެ މަތިން ކަޅު ހެދުމެއް ލައިގެން އެނދުގައި އޮށޯތް ނަޞްރާއަށް ނުނިދެނީސް ޔޫނުސް ކޮޓަރިއަށް ވަދެގެން އައެވެ. ޔޫނުސް ފާޚާނާއަށްވަދެ ހެދުން ބަދަލުކޮށްލައިގެން ކޮޓަރީގައި ފަނޑު ބޮތްކެއް ދިއްލާލަމުން އައިސް އެނދުގައި އޮށޯތްއިރު ވެސް ނަޞްރާއަކަށް ނުނިދެއެވެ. ޔޫނުސް އޮށޯތްތާ އިރުގަނޑެއްފަހުން ނަޞްރާ އޭނަގެ ލޯ ހުޅުވާލިއެވެ. ޔޫނުސް އޭނައާއި ދިމާލަށް މޫނުވާ ގޮތަށް އޮތްތަން ފެނިފައި ނަޞްރާއަށް ނޭނގޭ އުފަލެއް ލިބުނެވެ. ޔޫނުސް ދެލޯ މެރިފައި އޮތް ގޮތުން އޭނަ އޮތީ ގަދައަށް […]
މެންދުރުގެ ވަގުތެއްގައި ނަޞްރާ އާދައިގެ ހިނގުމެއްގައި ގެއަށް ދިޔައެވެ. އޭނަ ވަރުބަލި ގޮތަކަށް ގޭގެ ފެންޑާއަށް ވަދެގެން ގޮސް ގޭގެ ދޮރު ހުޅުވާލަން އުޅުނެވެ. ނަމަވެސް ގޭގެ ދޮރުވަނީ ތަޅުލެވިފައެވެ. ނަޞްރާ ޙައިރާންވިއެވެ. އެހެނީ ޔޫނުސް މިއަދު އޮފީހަށް ދިޔައިރު އޭނަ ގާތު ބުނެފައިވަނީ ގޭގެ ދޮރުގެ އަނެއް ތަޅުދަނޑި ނުގެންދިޔަޔަސް ރަނގަޅުވާނެ ކަމަށެވެ. އެއީ ޔޫނުސް އޭނައަށްވުރެ ކުރިން ގެއަށް އައިސްދާނެތީވެއެވެ. އެހެނަސް ދޮރު މި ހުރީ ތަޅުލެވިފައެވެ. ޔޫނުސް އަދި ނާންނަނީބާއޭ ނަޞްރާގެ ހިތަށްއެރިއެވެ. […]
ގެއަށް ވަދެވުނުތަނާ އަފްރީން ދުވެފައި ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. އަދި ދަބަހާއިއެކީ އޭނަގެ އެނދަށް އަރައި ދަބަހުގެ މެދު ބައިގެ ޒިބު ކަހާލިއެވެ. އަފްރީން ހީކުރިގޮތަށް ސިނާން އެ އެޅި އެއްޗެއް އެޅީ އެ ބަޔަށެވެ. ދަބަހުގެ އެބައިގައި ފަތްޖަހާފަ އޮތް އޭފޯ ސައިޒް ގަނޑެއް އޮތެވެ. އަފްރީން ކެތްމަދުވެފައިހުރެ އެ ގަނޑު ނަގައި ނިއުޅާލިއެވެ. އެއާއެކު އޭނަ ހުއްޓުން އެރިއެވެ. ކުރިމަތިން ފެންނަމުން ދިޔައީ އޭނަ ޓިއުޝަން ކުލާހުގެ މޭޒުދޮށުގައި ހުރިއިރު ނެގި ފޮޓޯއެއް […]