Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ވަޢުދު (ސާޅީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
December 23, 2019 15 Mins Read
32 Comments

“މަލާކް…..ކާކުތަ މަލާކްގެ އެމްއާރްއައި ރިޕޯޓް އެދުވަހު ގެނެސްދިނީ؟ މި ބުނީ ހޮސްޕިޓަލުން ރިޕޯޓް ނަގަން ދިޔައީ ކާކުހޭ؟” އަޔާޒަށް އަހާލެވުނެވެ.

 

“ރިޕޯޓް ނަގަން ދިޔައީ ބޮޑުބޭބެ…އަޔާޒަށް ފަހަރެއްގަ އެނގިދާނެ ބޮޑުބޭބެ. ފާރޫޤު ހަސަން ކިޔާނީ. ފްރީސްޓައިލް ފިހާރަ އެނގޭތަ؟ އެ ފިހާރައިގެ ވެރިޔާ.” މަލާކް ބުނެލިއެވެ. ފާރޫޤުގެ ނަން އިވުމާއެކު އަޔާޒްގެ ދެބުމަ ކައިރިވިއެވެ. މަލާކްގެ ރިޕޯޓު ބަދަލުކުރި ކަމުގެ ނުރުހުންތެރިކަން ފާރޫޤަށް އަމާޒުވީ ވަގުތު އޭނަ ވިސްނުމެއްގެ ތެރެއަށް ގެއްލުނީ ކުރިން ދުވަހަކު ދޮންބެ ހަމަ އެ ފާރޫޤުގެ ވާހަކަ ދެއްކިހެން ހީވި ހީވުމާއި އެކީގައެވެ. އަދި އަމުދުން އެ ނަން އިވުނީ މަހީރާގެ ނަމާއި އެކީކަން އެނގުންވި ވަގުތު އޭނަގެ މޭ ނުބައި ކުރާ ގޮތްވިއެވެ. އަޔާޒް އެއްޗެކޭ ނުބުނެ އިންދާ މަލާކް ވާހަކަ ދެއްކިއެވެ.

 

“އެނގޭތަ އަޔާޒް؟ އެ އެމްއާރްއައި ރިޕޯޓް އެދުވަހު މަންމައަށްވެސް ގޭގެތެރެއިން ނުފެނުނީ މަލާކް މަންމަމެންނަށް ނާންގާ އޭތި އަންދާލީތީ…” މަލާކް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލި ވާހަކައިން އަޔާޒަށް އޭނަގެ ހުރިހާ ސަމާލުކަން އެއަށް ދެވުނެވެ.

 

“އެއީ ކީއްވެ އަންދާލީ؟” އަޔާޒް ޙައިރާންކަމާއެކީ އަހާލިއެވެ.

 

“އެއީ….އޭގަ ހުރި ވާހަކަތަކުން މަލާކް ވަރަށް ދެރަވި. ބިރުވެސް ގަތް. ދުވަސްކޮޅަކުން މަލާކްގެ ސިކުނޑި މުޅިން ގޯސްވާނެ ވާހަކަ އޮތީމަ. މަންމަވެސް އަދި ބައްޕަވެސް އެހާ ދެރަވެފަ ހާސްވެ ކަންބޮޑުވި. އަދި މަލާކަށް ނުވެސް އެނގޭ ކިހިނެއްކަމެއްވެސް އެކަމަކު މުޅި ރަށުގެ އެންމެންނަށް އެ ރިޕޯޓުގަ ހުރި ވާހަކަތައް އެނގުނު. މުޅި ރަށުގެ އެންމެންނާއި މަލާކްގެ އެކުވެރިން ވެސް ހީކުރަމުން ދިޔައީ މަލާކަކީ އެމީހުންނަށް ހުރި ނުރައްކަލެއްކަމަށް. އެންމެންވެސް މަލާކްއާ ވަރަށް ދުރުދުރުން އުޅުނީ އެދުވަސްވަރު. މި ހުރިހާ ކަމަކާ އެކީ ވެސް މަލާކަށް ކެތްނުވާވަރުވީ އެއްރެއަކު ފާރޫޤުބެ މަލާކްއާއި ދެވަން މުސްކުޅި ފިރިހެނަކު ގެއަށް ގެނައިމަ….މަލާކްއާ ބެހޭގޮތުން ދެކެވޭ ވާހަކަތަކާއެކީ މި ކުއްޖާއާ އިންނާނެ މީހަކުވެސް ނުވާނެ ނޫންތޯ ކިޔާފަ އެމީހަކު ގެނައީ. އަދިވެސް މޭނުބައި ކުރޭ އެމީހާ މަލާކްއަށް ބެލިގޮތް ހަނދާންވެފަ. މަންމަ އެރޭ ރޮއިރޮއިފަ ހަޅޭއްލެވި ފާރޫޤުބެއާއި ދިމާލަށް. މަލާކްއަށްޓަކައި ހަޅޭއްލެވި ވަރުން މަންމަގެ ޙާލަތުވެސް ގޯސްވި އެރޭ. އެހެންވެ ހަމަ އެރޭ އެ ރިޕޯޓް އަންދާލީ. އެހެން ހަދައިގެން ވެސް އެއީ ޙަޤީޤަތެއް ނޫންކަމަށް ހަދަން މަލާކް ބޭނުންވީމަ.” މަލާކް އެދުވަހުގެ ހަނދާންތައް އާކުރަމުން ހިސާބެއްގެ މާޔޫސްކަމަކާއެކީ ކިޔައިދިނެވެ. މަލާކްގެ ވާހަކަތަކުން އަޔާޒްގެ ބުމަގޮށްޖެހިގެން ދިޔައީ މަލާކަށް އެފަދަ ޙާލެއްޖެއްސި މީހުންނަށް ވީ ނުރުހުމުގައެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނުތަނާހެން މަލާކް ދެންވެސް ވާހަކަ ދެއްކިއެވެ.

 

“މިހާރު އެ ވާހަކަތައް ދެކެވެން ފެށިތާ ދުވަސްކޮޅެއްވީމަ ރަށު ތެރޭގަ ވެސް އެ ވާހަކަތައް ހިނދިގެން ގޮއްސި. އަޔާޒްއާ މެރީކުރި ފަހުން ފްރެންޑުން ވެސް ގުޅަން ފެށީ ކައިވެންޏާއި ބެހޭގޮތުން ސުވާލުކުރަންވެގެން. މީހުން އެ ވާހަކަތައް ދެއްކުން ހުއްޓާލީމަ މަލާކްވެސް ހުރީ ހަނދާން ނައްތާލައިގެން. އެކަމަކު މި ވާހަކަތައް ދެއްކީމަ އަނެއްކާވެސް މި ހަނދާންވީ މަލާކް ކިހާ ނުރައްކާތެރިކަން. މަލާކަށް ޙަޤީޤަތުގަ ބޭއިޚްތިޔާރުގަ ވެސް އަތާއި ފައި އެކި ދިމަދިމާލަށް ގެންދެވޭ. މިހާރު އެކަންތައް ފުދޭވަރަކަށް ރަނގަޅުހެން ވެސް ހީވޭ. އެކަމަކު އެ ރިޕޯޓުގަ މަލާކްގެ ޙާލަތް ގޯސްވާނެއޭ އޮތިއްޔާ ގޯސްވާނެދޯ؟ ހެހެ….” މަލާކް ދެރަވެފައި ހުރެވެސް ވާހަކަ ނިންމާލަމުން ހީލީ އެއީ މާ ބޮޑުކަމެއް ނޫންކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނުމަށެވެ. އޭނަގެ ހިތަށް އެވަގުތު ފުން މާޔޫސްކަމެއް ވެރިވީ އޭނައަށް ދިމާވާ ޙާލަތެއްގެ ސަބަބުން އޭނަ އަޔާޒާއި ދުރުވާން ޖެހިދާނެތީވެއެވެ. އަދި އޭނަގެ ފަރާތުން އަޔާޒަށް އަނިޔާއެއް ލިބިދާނެތީ ހިތުގައި ބިރުވެރިކަމެއް ވެސް އުފެދުނެވެ. މަލާކްގެ އެ ނުތަނަވަސްކަމާއި މާޔޫސްކަން އޭނަގެ މޫނުމަތިން އަޔާޒަށް މާ ރަނގަޅަށް ވެސް ނަގައިގަނެވުނެވެ. އެއާއެކު އޭނަ މަލާކްގެ ނަޒަރިއްޔާތު ބަދަލުކުރަން ޖެހޭކަން ދަނެގެން އަޔާޒް ފުން ނޭވައެއް ދޫކޮށްލަމުން އޭނަގެ ކޮނޑުމަތިން މަލާކްގެ ފައި ނަގައި ތިރީގައި ބެހެއްޓިއެވެ.

 

“މަލާކަށް ހީވޭތަ މަލާކްގެ ޙާލަތު ދުވަހުން ދުވަހަށް ގޯސްވަމުން ދާހެން؟ މީގެ އިރުކޮޅެއްކުރިން މަލާކް ބުނި ހަނދާން އެބަހުރި މިހާރު ފައިގެ މޫވްމެންޓްސްތައް ގެންނަން ފަސޭހަ ވާހަކަ. ޙާލަތު ގޯސްވަމުން ދަންޏާ އެހެން ވާކަށް ނުޖެހޭނެ ކަންނޭނގެދޯ؟” އަޔާޒް އޭނަގެ ފައި މައްޗަށް ކޮޅަށް ތެދުވަމުން ދޯދިނެވެ.

 

“އާނދޯ؟ އެކަމަކު އެއީ ހަމައެކަނި އެކްސަސައިޒްތަކުން ގެންނަ މޫވްމެންޓްސްތަކެއްނު؟ މޫވް ކުރަމުން ކުރަމުން ގޮސް ހަމަ ހެދެނީއެއްނު؟ މަލާކަށް އަދިވެސް ނުއެއް ހިނގެއެއްނު؟” މަލާކް އިސްއުފުލައި އަޔާޒަށް ބަލަމުން އެއްފަހަރާ އެތައް ސުވާލެއްކުރިއެވެ.

 

“ނުހިނގޭތަ؟ ހިނގަން މަސައްކަތް ކުރީ އެންމެ ފަހުން ކޮން ދުވަހަކު؟” އަޔާޒް ސުވާލުކުރިއެވެ. އެއާއެކު މަލާކްގެ ސިކުނޑިއަށް ވެރިވި ޙައިރާންކަމާއެކީ ހިތަށް އުފާވެރިކަމެއް ލިބުނީ އަޔާޒް ބުނެލި ބަސްތަކުން އެ ހިތަށް ލިބުނު އުއްމީދާއި އެކީގައެވެ. ހަމަ ޙަޤީޤަތުގައި ވެސް އޭނަ ކައިރި މާޒީއެއްގައި އޭނަ ހިނގަން މަސައްކަތް ކޮށްފައި ނުވާކަން އެނގުންވިއެވެ. ގޮނޑިން އެނދަށް ބަދަލުވުމަށްޓަކައި ނޫނީ އޭނަ ކޮޅަށް ހުރެވޭތޯވެސް ބަލާފައެއް ނުވެއެވެ. އެފަދަ ޚިޔާލެއް އޭނަގެ ސިކުނޑިއަށް ނުވެސް އަންނަނީއެވެ. ފަހަކަށް އައިސް އޭނަ ކުޑަ ހިނދުކޮޅަށް ތެދުވާ އެވަގުތުގައި ކަކުލުގެ ހުޅަށްވެސް ވާ ތަދު ކުޑަކަން އެނގުންވުމުން އޭނަ އެކަން ކުރަން ކެތްމަދުވިއެވެ.

 

“ކޮޅަށް ތެދުވޭ މަލާކް!” އަޔާޒް ސީރިއަސް ނަޒަރެއްގައި ހުރެ ބުނެލި ވާހަކައިން މަލާކަށް އޭނައާއި ދިމާލަށް ބަލާލެވުނީ ކުޑަ ސިހުމަކާއި އެކީގައެވެ. އަޔާޒް އެ ބުނެލި ބަސްތަކަކީ އޭނަގެ ޙަޔާތުގައި ވެސް އެއްވެސް މީހަކު އޭނަ ގާތު ބުނެފައިވާ ވާހަކައެއް ނޫނެވެ. އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. އަޔާޒް އެހެން ބުނެލި އެވަގުތުކޮޅުގައި އޭނައަށް އެކަން ކުރެވޭނެކަމުގެ ކުޑަ ޔަޤީންކަމެއް ވެސް އޭނަގެ ހިތުގައިވިއެވެ. އެހެނަސް މުޅި ޢުމުރު ދުވަހުގައި އޭނަ ތެދުވަން އުޅުމުން ކަންތައްވި ގޮތްތައް ހަނދާންވެފައި އޭނަގެ ސިކުނޑި ނުތަނަވަސްވާން ފެށިއެވެ. ކޮޅަށް ތެދުވުމަށްޓަކައި ފަޔަށް ބާރުލުމުގެ ޚިޔާލުން ވެސް ފައިގެ ވަރުދޫވާން އުޅުނުހެން އޭނައަށް ހީވިއެވެ. އޭނަ ހައިޖާނެއްގެ ތެރޭގައި ވަނިކޮށް އަޔާޒް އޭނަގެ ނަމުން ގޮވާލިއެވެ. އޭނަ މިފަހަރު އިސްއުފުލާލި ވަގުތު އަޔާޒްގެ ދެއަތް އޭނައަށްޓަކައި ދިއްކުރެވިފައިވިއެވެ. މަލާކް ދެންވެސް އަޔާޒަށް ބަލާލުމުން އަޔާޒް ބޯޖަހާލީ މަލާކަށް ޔަޤީންކަން ދޭންއުޅޭ ފަދައަކުންނެވެ. އެއާއެކު މަލާކް އަނެއްކާވެސް އަޔާޒްގެ ދިއްކުރެވިފައިވި އަތަށް ބަލަން ހުރެފައި އޭނަގެ އެއްއަތް ގެންގޮސް އަޔާޒްގެ މުލައްދަނޑިމަތީގައި ބޭއްވިއެވެ. އެއަށްފަހު އަނެއްއަތްވެސް އަޔާޒްގެ އަތް މަތީގައި ބާއްވަމުން އޭނަގެ ފަޔަށް ހުރިހާ ސަމާލުކަމެއްދިނެވެ. މަލާކްގެ މޫނުމަތިން ދެންވެސް ނުތަނަވަސްކަމެއް ފެނުމުން އަޔާޒަށް ވާހަކަ ދެކެވުނެވެ.

 

“ކަމޯން މަލާކް….މަލާކަށް އެއްވެސް ގޮތެއްނުވާނެ އިން ޝާ ﷲ! އަހަރެން މިހިރީ މަލާކްގެ ކައިރީގަ.” އަޔާޒް ޔަޤީންކަން ދިނެވެ. އެ ލިބުނު ޔަޤީންކަމާއެކީ މަލާކް ފުން ނޭވައެއް އެތެރެއަށް ލިއެވެ. އެއަށްފަހު އަޔާޒްގެ އަތުގައި ނުހަނު ބާރަށް ހިފަހައްޓާލަމުން ތެދުވަން ފެށީ ބުރަކަށި ގުދު ކުރަމުންނެވެ.

 

“ބުރަކަށި ސީދަލަށް ބަހައްޓަން ސަމާލުކަންދީ މަލާކް. ކަކޫ ސީދާކޮށްފަ ފައިގެ އުޑުން ބިންމަތީގަ ޖައްސައިގެން ހުރެވޭތޯ ބަލާ. އެއަށްފަހު އަހަރެން މޫނަށް ބަލާ.” އަޔާޒް މަލާކްގެ ސިކުނޑިއަށް ނެގޭނެ ފަދައަކުން އެ ޙަރަކާތްތައް ކިޔައިދިނެވެ. އަޔާޒް ކިޔައިދެމުން ދިޔަ ވަރަކަށް އަޔާޒް އެ ނަންގަތް ކަންތަކަށް އޭނަގެ ސަމާލުކަން ދަތުރުކުރިއެވެ. އިސާހިތަކު އޭނައަށް ބުރަކަށްޓާއެކީ ކަކޫވެސް ސީދާ ކުރެވި ދެފައި ވެސް ހަމައަށް ބިންމަތީގައި ޖެއްސުނެވެ. އެއަށްފަހު އޭނަ އަޔާޒްގެ މޫނަށް ބަލާލި ވަގުތު އަޔާޒްގެ އަތުގައި ހިފަހައްޓައިގެން ހުރި އޭނަގެ ދެއަތަށް ދުލެއް ދެވުނެވެ. އެ ހިނދު އަޔާޒަށްވުރެ ކުޑަ ތަންކޮޅެއް ކުރު އިސްކޮޅެއްގައި ހުރެވުނު ގޮތުން މަލާކަށް އާދަޔާ ޚިލާފު އިޙްސާސެއް ކުރެވުނެވެ. އެ އިޙްސާސާއެކީ ހިތަށް އުފާވެރިކަން ވެސް ވެރިވެގެން ދިޔައީ އެރޭ ޕޫލުގައި ހަމަ މިފަދަ ގޮތަކަށް ހުރެވުނު ރެއާއި ޚިލާފަށް އޭނަގެ ފައިގައި މާ ބޮޑު ރިހުމެއް ނެތްކަން އެނގުންވުމުންނެވެ. އަދި އަމުދުން ވެއްޓިދާނެކަމުގެ ވެސް އެހާ ބޮޑު ބިރެއް ނެތުމުންނެވެ. އަޖާއިބުވެފައި މަލާކް އަޔާޒަށް ބަލަން ހުއްޓާ އަޔާޒް ލަސްލަހުން އޭނަގެ އަތް ތިރިކޮށް މަލާކްގެ އަތް މަލާކަށް ދޫކޮށްލަމުން ހިނިތުންވެލިއެވެ.

 

“ވާވް! ހާދަ ޓޯލް ވައިފްއެކޭ އަހަރެންގެ މި ހުންނަނީ މާ ޝާ ﷲ!” އަޔާޒް މަލާކްގެ ބޮލުން ފަށައިގެން ފަޔަށް ނަޒަރެއް ދެމުން ބުނެލި ބަސްތަކުން މަލާކަށް ހީލެވުނެވެ. އެހިނދު ވެސް އޭނައަށް އެ ހުރެވުނީ ހަމަ ކޮޅަށްކަން ޤަބޫލުކުރަން އޭނައަށް ދަތިވެފައިވިއެވެ. ދޭތެރެދޭތެރެއިން އެއްފަރާތަކަށް ވެއްޓެން އުޅޭހެން ހީވިއެއްކަމަކު އޭނަ އޭނަގެ ފިޔަވަޅުތައް ރަނގަޅަށް ބަހައްޓަން ސަމާލުކަން ދެމުން ދިޔައެވެ. އަޔާޒް ބުނި ވާހަކައަށް އޭނައަށް އެއްޗެކޭ ނުބުނެވުނީ އެހެންވެއެވެ.

 

“ދެންވެސް ބުނާނީ ތިމަންނަގެ ޙާލަތު ގޯސްވަނީއޭތަ؟” އަޔާޒް އޭނަގެ ދެއަތް މެއާއި ދިމާލުން ހުރަސްކޮށްލަމުން ސުވާލުކުރިއެވެ. އެއާއެކު ޖަވާބެއްގެ ގޮތުން މަލާކަށް ބޯހޫރުވާލެވުނެވެ. އެއަށްފަހު ވާހަކަ ދެކެވުނެވެ.

 

“އެހެންވިއްޔާ މަލާކަށް ހިނގް…އާހް!” ޖޯޝުން ފުރިގެންދިޔަ ހިތެއްގެ ސަބަބުން މަލާކް ވިސްނާލުމެއްނެތި ފިޔަވަޅެއް އަޅަން އެއްފައި ހިއްލާލުމާއެކު އޭނަ ވެއްޓެން އުޅުނެވެ. އެއާއެކު އަޔާޒް ޚުޝިޔާރުކަމާއެކީ މަލާކް ވެއްޓުނަނުދީ މަލާކްގެ ދެކޮނޑުގައި އޭނަގެ ދެއަތުން ހިފެހެއްޓިއެވެ.

 

“ހިނގުމަކީ އަދި މުޅިން ތަފާތުކަމެއްދޯ؟ މުޅި ޢުމުރު ނުހިނގާ ހުރެފަ ހިނގަން ބޭނުމިއްޔާ ޖެހޭނީ ދެ ފަޔަށް ހިނގަން ދަސްކޮށްދޭން. މި ހުރިހާ ދުވަހުވެސް އެ ކަސްރަތުތަކާއެކީ މަލާކް ހިނގުމުގެ ޕްރެކްޓިސް ޖެއްސިނަމަ ކޮންމެވެސް ވަރެއްވީސް. އެކަމަކު އެކަނި ނުވެސްވާނެތާދޯ؟ ފައިމައްޗަށް އަރާ!” އަޔާޒް މަލާކްގެ ދެއަތް ގެންގޮސް އޭނަގެ ކަރުގައި އަޅުވާލަމުން އެންގިއެވެ. މަލާކް އަޔާޒް ބުނިގޮތަށް ހެދިއެވެ. އެއާއެކު އަޔާޒް މީގެ ދެ މަހެއްހާ ކުރިން ޕޫލު ތެރޭގައި ހެދިހެން ލަސްލަހުން ފަހަތަށް ފިޔަވަޅުތައް އަޅަން ފެށިއެވެ. ފުރަތަމަ ފިޔަވަޅާއެކީ ވެސް އެދުވަސްމަތިން ހަނދާންވެ ކަމެއް އެނގުންވުމުން މަލާކްގެ މޫނުމައްޗަށް އުޖާލާކަން ވެރިވެގެން ދިޔައެވެ.

 

“އަޔާޒް! މިހާރު އެހާ ބޮޑަށް ތަދުނުވޭ! ކުރިން ވަރަށް ތަދުވިއެއްނު މަލާކަށް ހަނދާން އެބަހުރިތަ؟” މަލާކް އުފާވެރި ހިނިތުންވުމަކާއެކީ އެއްނޭވައިން ބުނެލި ވާހަކައިން އަޔާޒަށް ވެސް ހިނިތުންވެލެވުނެވެ.

 

“މްމްމް ހްމް……ދެން ނިކަން ހުރެ ބުނެބަލަ މަލާކްގެ ޙާލަތު ގޯސްވަނީއޭ އެންޑް އޯލް ދެޓް ނޮންސެންސް!” އަޔާޒް ދެންވެސް މަލާކާއެކީ ފަހަތަށް ހިނގަމުން ބުނެލިއެވެ.

 

“ހުމް….ދެން ބުނެވޭކަށް ނެތްތާ! ޑޮކްޓަރ އަޔާޒްގެ މޮޅުކަން މިއީ ހަމަ މާ ޝާ ﷲ! އެކަމަކު ކުޑަކޮށް ކިއުރިއަސް އެބަވޭ….ކިހިނެތް އަޔާޒްއަށް އެނގެނީ މަލާކަށް ހަމަ މިއަދު މިކަން ކުރަން ފަސޭހަވާނެކަން؟ ޢާއްމު ގޮތެއްގަ ޑޮކްޓަރުންނަށް ބަލިމީހާގެ ކަންތައް އެނގޭނީ ވަރަށް ޓެސްޓްތައް ހަދާފަދޯ؟ ވަކިން ޚާއްޞަކޮށް މަލާކްގެ މި ބަލީގެ އަސްލު ހޯދަން ޓެސްޓް ހަދައިގެން ވެސް އާދައިގެ ޑޮކްޓަރުންނަށް ވަރަށް ދަތިކަމަކަށްވެފަވީ. އެންމެން ބުނަމުން ދިޔައީ ނާރުގެ ޑޮކްޓަރަކަށް ދައްކާށޯ. އެންމެފަހުން ނާރުގެ ޑޮކްޓަރުވެސް ބުނީ އެމްއާރްއައި ހެދީމަޔޯ އެނގޭނީ.” މަލާކް ވިސްނުމެއްގައި ހުރެ ވާހަކަ ދައްކަމުން އެހާ ހިސާބަށް ދިޔަތަނާހެން އަޔާޒް ވާހަކަ ދެއްކިއެވެ.

 

“ދެން މަލާކްގެ އެ އެމްއާރްއައި ހެދުނީމަ އެމްއާރްއައި ރިޕޯޓް ލިޔުނީ އަހަރެން.” އަޔާޒް އެހާ ހިސާބަށް ބުނެލި ވަގުތު އެނދުގެ އަނެއްފަރާތުގައި ހުރި މަލާކްގެ ގޮނޑިއާއި ހަމަވުމުން މަލާކް އެ ގޮނޑީގައި ބޭންދިއެވެ.

 

“ވަޓް؟! ކިހިނެއް މަލާކްގެ އެމްއާރްއައި ރިޕޯޓް އަޔާޒް ލިޔެފަ ހުންނާނީ؟ އެމްއާރްއައި ހެދީ އިންޑިޔާއިންނޭ…” މަލާކަށް ޙައިރާންކަމެއްގައި އިނދެ ބުނެލެވުނެވެ.

 

“އެގްޒެކްޓްލީ! އިންޑިޔާގަ….މީގެ 4 މަސްކުރިން….މަލާކަށް މި ވާހަކަ ކިޔައިދޭން ނުދޭންވެގެން އަހަރެން މި ހުރިހާ ދުވަހު ހުރީ. އެކަމަކު ދެން މިއަދު ހުރިހާ ވާހަކައެއް ސާފުކޮށް ކިޔާލަދިނީމަ ކަންނޭނގެ ރަނގަޅުވާނީ…” އަޔާޒް މަލާކްގެ ގޮނޑިއާއި ކައިރިވާ ކަހަލަ ގޮތަކަށް އެނދުގައި އިށީންނަމުން ބުނެލިއެވެ. އެއަށްފަހު މަލާކް އޭނަ ދައްކާނެ ވާހަކައަކަށް ހުރިހާ ސަމާލުކަމެއް ދިނުމުން އަޔާޒް ކިޔައިދޭން ފެށިއެވެ. އޭނަ މީގެ މަސްތަކެއްކުރިން މާލެއަށް އައި މަގުމަތީގައި އިންޑިޔާގައި މަޑުކުރަން ޖެހުނު ދުވަހެވެ. އެދުވަހު އޭނަ ކޯރމެޑް ހޮސްޕިޓަލުގެ އެމްއާރްއައި ރިޕޯޓްތައް ލިޔަން ޖެހުނު ގޮތެވެ. މަލާކްގެ އެމްއާރްއައި އޭނަގެ ސަމާލުކަން ހޯދި ގޮތެވެ. އޭގެ އަނެއްދުވަހު އޭނަ މަލާކަށް އިންތިޒާރު ކުރި ގޮތެވެ. މަލާކްގެ ބަދަލުގައި ދެ ފިރިހެނުން ފެނިފައި މާޔޫސްވި ވަގުތު އެމީހުން މަލާކަށް ހެޔޮ ނޭދޭހެން ހީވުމުން އޭނަ ނުރުހުންވި ގޮތެވެ. ފާރޫޤު އޭނަ ކައިރި އެދުނު އެދުމުން އޭނަ އިތުރަށް ނުރުހުންވީ ގޮތެވެ. ކޯރމެޑް ހޮސްޕިޓަލުގެ މުވައްޒަފުން ލައްވާވެސް އެފަދަ ކަމެއް ކުރުވުމުން އޭނަ ހުއްޓުވި ގޮތެވެ. އޭގެ ދުވަސްތަކެއް ފަހުން އޭނަ މަލާކްގެ ރަށަށް ދިޔަ ދުވަހު އޭނަ ލިޔުނީ އެ މަލާކްގެ ރިޕޯޓުކަން އޭނައަށް ޔަޤީންވި ގޮތެވެ.

 

“އެހެންވެ އަސްލު މަލާކްއާ މެރީކޮށްގެން ފުރަތަމަ ރޭވެސް މަލާކްގެ ބައްޔާއިމެދު ސުވާލުކުރީ. އެކަމަކު މަލާކް ބަލިމީހަކަށްވާން ބޭނުންނުވާ ކަމަށް ބުނީމަ އެކަމާމެދު ނުވިސްނާ ހުރީ. އެކަމަކު ވޭތުވެދިޔަ ދުވަސްތަކުގަ މަލާކަށްޓަކައި ހިތުގައި އިޙްސާސްތަކެއް އުފެދެން ފެށި ފަހުން މަލާކަށް ނާންގާވެސް ފަރުވާ ދޭން އަހަރެން ފަށައިފިން. ޕޫލް އެންޖޯއި ކުރުމާއި، އެ ބޯޅަ ޕްރެސް ކުރުމާ، ތި ހަދާ އެކްސަސައިޒްތަކަކީ ވެސް އަހަރެން ލަޔާން ލައްވާ މަލާކަށް ދެއްކި އެކްސަސައިޒްތައް. އަސްލު ވަރަށް ކުދިކުދި ކަންތައް މި ކުރެވުނީ މިހާތަނަށް. ހިއެއްނުކުރަން މިހާ ކުރު މުއްދަތެއްގެ ތެރޭގަ މަލާކަށް މިހާ ބޮޑު ކުރިއެރުމެއް އައިސްދާނެ ކަމަށް….” އަޔާޒް ބުނެލިއެވެ. އެހިނދު އޭނަ ދެއްކިހާ ވާހަކަތަކެއްގެ ސަބަބުން މަލާކަށް އިނދެވުނީ ހުއްޓުން އަރައި ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެންމެ ބޮޑު ޝޮކެއް ލިބިފައިވީ ބޮޑުބޭބެ އޭނައާއި ދޭތެރޭ ކަންތައްކޮށްފައިވި ގޮތުންނެވެ. ހިމޭންކަމުގެ ވަގުތުކޮޅަށްފަހު އެންމެ ފުރަތަމަ ވެސް އެ ވާހަކަ ދެކެވުނީ އެހެންވެއެވެ.

 

“ބޮޑުބޭބެއަކީ މަލާކްމެންނަށް ހެޔޮއެދޭ މީހެއް ނޫންކަން ވަރަށް ކުރީއްސުރެ ވެސް އެނގޭ. އެކަމަކު ހިއެއްނުކުރަން އެފަދަ ދަށު ދަރަޖައަކަށް ވެއްޓިދާނެކަމަށް. އެކަމަކު ބޮޑުބޭބެ އެހެން ހަދަންވީ ކީއްވެ؟” މަލާކް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ވިސްނުމެއްގައި އިނދެ ބުނެލިއެވެ.

 

“އަހަންނަށް ވެސް ނޭނގޭ. އެކަމަކު ޔަޤީންވާ ކަމަކީ ތި ފާރޫޤު ވަރަށް ބޭނުންވިކަން މަލާކްގެ އަގު ވައްޓާލަން. އަހަންނަށް ހަމަ ޔަޤީން ކޯރމެޑްއިން އަހަރެން ދެއްކި ވާހަކަތަކަށްފަހު ފޭކް ރިޕޯޓެއް ނަހަދާނެކަން. އެތަނުން ނެހެދުނީމަ އެހެން ތަނަކުން ހައްދާފަ އޮންނާތީ ތިކަހަލަ ރިޕޯޓެއް ލިބިފަ އޮންނާނީ.” އަޔާޒްވެސް ވިސްނަމުން ބުނެލިއެވެ.

 

“އާނއެކޭ…..އެ ރިޕޯޓްގަ އޮތީ ކޯރމެޑްއެއްނޫން. މެޑިކެއާރ ކްލިނިކް އޮތީ…..ޤަބޫލުކުރަން ވެސް ދަތި އެބަވޭ….” މަލާކް ދެންވެސް ހިސާބެއްގެ ހާސްކަމެއްގައި އިނދެ ބުނެލިއެވެ. މަލާކް ހާސްވާން ފެށިހެން ހީވުމުން އަޔާޒް މަލާކްގެ އަތްމަތީގައި އަތްއަޅައި އިޓްސް އޯކޭއޭ ބުނެލީ ވީހާވެސް އަވަހަކަށް މަލާކްގެ އެ ހާސްކަން ފިލުވުމަށެވެ. އެހެނަސް މަލާކް ދެންވެސް އެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

 

“ދެން އެހެންވީއިރު މަލާކްގެ މިހިރީ ކޮން ބައްޔެއްތަ އަޔާޒް؟ ސެރެބްރަލް ޕަލްސީ….މިއީ ކިހިނެއްވާ ބައްޔެއްތަ؟” މަލާކް ސުވާލުކުރިއެވެ. އަޔާޒް ފުން ނޭވައެއް ދޫކޮށް މަލާކްގެ އަތުގައި ފިރުމަމުން ކިޔައިދިނެވެ.

 

“އުފަންވުމުގެ ތެރޭގަ ސިކުނޑީގެ ވަކި ހިސާބަކަށް އޮކްސިޖަން ދާންޖެހޭ ވަގުތު ނުދިޔުމުގެ ސަބަބުން ސިކުނޑިއަށް ގެއްލުމެއް ލިބިފަ ހުރީ. އޭގެ ސަބަބުން ފައިގެ މަސްތައް ރަނގަޅަށް މަސައްކަތް ނުކުރާތީ ބެލެންސް ކުރުމުގަޔާއި ހިނގުމުގަ މައްސަލަތަކެއް ހުންނަނީ.” އަޔާޒް ކުރު ގޮތަކަށް ކިޔައިދިނެވެ.

 

“ސިކުނޑިއަށް….ގެއްލުމެއް…ސިކުނޑިއަށް ގެއްލުމެއް ލިބިފަ ހުރިއްޔާ ކީއްވެ މަލާކް މޮޔައަކަށް ނުވީ؟” މަލާކް ވިސްނުމެއްގައި އިނދެ ފުރަތަމަ ދެބަސް ކިޔާލަމުން ސީރިއަސްކަމާއެކީ ސުވާލުކުރިއެވެ.

 

“ހެހެ…..މަލާކްގެ ސިކުނޑިއަށް ގެއްލުން ލިބިފަ ހުރިއިރު ވިސްނުމަށް ބޭނުންކުރާ ބަޔަށް އަސަރެއް ކޮށްފައެއްނެތޭ. ޙަޤީޤަތުގަ މަލާކް ވަރަށް ނަސީބުވެރި. މި ބަލި ހުންނަ ބައެއް މީހުންގެ ސިކުނޑިއަށް ލިބިފަ ހުންނަ ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެމީހުންނަށް ވާހަކަވެސް ނުދެއްކޭ. އިށީނދެގެން ވެސް ނުހުރެވޭ. އަދި ބައެއް މީހުންނަށް ތި ބުނިހެން ރަނގަޅަށް ނުވެސް ވިސްނޭ….” އަޔާޒް ކިޔައިދިނެވެ. އެއާއެކު އަނެއްކާވެސް މަލާކް ވިސްނުމެއްގެ ތެރެއަށް ގެއްލުމުން އެދެމެދަށް ހިމޭންކަމެއް ވެރިވިއެވެ. ހިމޭންކަމުގެ އެ ވަގުތުކޮޅަށްފަހު އަޔާޒް މަލާކަށް ގޮވަން އުޅުނުތަނާހެން މަލާކް ވާހަކަ ދެއްކިއެވެ.

 

“މާނައަކީ…..މަލާކަށް ރަނގަޅަށް ވާހަކަ ދެއްކި ރަނގަޅަށް ވިސްނެނީ ހަމައެކަނި ﷲ ގެ އިރާދަފުޅުންނޭ؟” މަލާކް ސުވާލުގެ ރާގަކަށް އެބަސްތައް ބުނެލި ހިނދު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. މި ހުރިހާ ދުވަހުވެސް އޭނައަށް އެ ޤާބިލިއްޔަތުކަން ދެއްވީ ހަމައެކަނި ﷲ ކަން އޭނައަށް އެނގެއެވެ. އެހެނަސް ދާދި ދެންމެއަކު އޭނަގެ ހިތަށް އެކަން އިޙްސާސް ކުރެވިގެން ގޮސްފިއެވެ. އެކަލާނގެ އިރާދަކުރެއްވިނަމަ އޭނަ އުފަންވީއިރު ސިކުނޑީގެ ކޮންމެ ހިސާބަކަށް ވެސް އޮކްސިޖަން ނުގޮސް ހުރީހެވެ. އޭނައަށް ޙަޔާތުގައި ރަނގަޅަށް ވިސްނައި ޤަދަރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ދެއްވީ ހަމައެކަނި ﷲ ކަން އެނގުންވީ ވަގުތު އޭނަގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ.

 

“ހަމައެކަނި މަލާކްއެއްނޫން. އަހަރުމެން އެންމެންނަށް ވެސް އެ ނިޢުމަތް ދެއްވީ ހަމައެކަނި ﷲ ދޯ؟ އުފަންވުމުގެ ކުރިންނާއި އުފަންވުމުގެ ތެރޭގަ ވެސް އަހަރުމެންނަށް އެތައް ގެއްލުމެއް ލިބުމުގެ ފުރުޞަތު އޮވޭ. އެކަމަކު އަހަރުމެން ސަލާމަތް ކުރައްވަނީ ހަމައެކަނި ﷲ.” އަޔާޒް ބުނެލިއެވެ. އެއާއެކު މަލާކަށް ގިސްލެވެން ފެށިހެން އޭނަ މަލާކަށް ބަލަން ހުރެފައި ކަކޫ މައްޗަށް ތިރިވެލަމުން މަލާކްގެ ގައިގައި ބައްދާލިއެވެ.

 

ޝުކުރުވެރި ހިތްތަކާއެކީ އަޔާޒާއި މަލާކަށް ފެށިގެން ދިޔަ ދުވަސް ދެމީހުންނަށްޓަކައި ވެސް ފާއިތުވާން ފެށީ ނުހަނު އޮމާންކޮށެވެ. އާދައިގެ މަތިން ދެމީހުން ނާސްތާކުރަން އެކީގައި ގޮސް ހިނިތުންވުންތަކާއެކީ އެހެން މީހުންނާއި ބައިވެރިވުމުން އެދެމެދުގައި މައްސަލަތައް ޙައްލުވެފައިވިކަން އެންމެންނަށް ވެސް އެނގުންވިއެވެ. އެކަން އެނގުންވުމާއެކު ނިޝާން މަލާކްގެ މަސައްކަތާއި ގުޅޭ ވާހަކައެއްވެސް ނާސްތާގެ ތެރެއިން ދެއްކިއެވެ. މަލާކަށް އެހީއަކަށްޓަކައި މެލޭޝިޔާއިން އަންނަ އަންހެން ކުއްޖާ މާދަމާ ހެނދުނު އަންނާނެ ވާހަކައެވެ. މަލާކް ވަކި އެކަމާމެދު ކަންބޮޑެއްނުވެއެވެ. އޭނަގެ މަސައްކަތް ބޭރުތެރޭގެ މީހަކަށް ދެއްކޭހާ ވަރަށް އޭނަ އެ މަސައްކަތާއިމެދު ހިތްހަމަޖެހެއެވެ. އޭނަ މާރކެޓިންގް ޓީމާއި ގުޅުނު ފަހުން ވޭތުވެ ދިޔަ ހަފްތާތަކުގެ ތެރޭގައި ހުރިހާ ފިހާރަތަކެއްގެ ވެސް ސާފު ފައިދާގެ ޢަދަދު އިތުރުވެފައިވެއެވެ. އެކަމާމެދު އޭނަ ފަޚުރުވެރިވާ ހިނދު އަދި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައް ހުރިކަން ވެސް އޭނަ ޤަބޫލުކުރެއެވެ.

 

އެހެން ދުވަސްދުވަހާއި ޚިލާފަށް އަޔާޒް އެދުވަހު ހޮސްޕިޓަލަށްދާން ގެއަށް ނިކުތީ މަލާކާއެކީ ކޮޓަރިއަށް ވަނުމަށްފަހު އޭނަގެ ގަޑި ނަގައިގެން ދިޔަ މަގުމަތީގައި މަލާކްގެ ނިތަށް ބޮސްދީފައި އިމްތިޙާންތަކަށް މޮޅަށް ދަސްކުރަން ހިތްވަރުދީ ސަމާސާއެއްކޮށް މަލާކް ހެއްވާލާފައެވެ. ނަތީޖާއެއްގެ ގޮތުން އަޔާޒް ގެއިން ނިކުތުމަށްފަހުވެސް އަޔާޒްގެ ހަނދާންތަކެއްގައި އިރުކޮޅެއް ވަންދެން މަލާކަށް އިނދެވުނެވެ. އެއަށްފަހު އޭނަގެ ފިލާވަޅުތަކަށް އިހުނަށްވުރެ ބޮޑު ސަމާލުކަމެއް ލިބުނީ އަޔާޒްގެ ބަސްތަކުން ހިތަށް ލިބިފައިވި ހަމަޖެހުމާއި އެކީގައެވެ.

 

ހޮސްޕިޓަލަށް ދިޔުމަށްޓަކައި ކާރުގައި އިން އަޔާޒްގެ މޫނުމަތީގައިވެސް ދަތުރުގެ ކުރީކޮޅުގައި ހިނިތުންވުމެއްވިއެވެ. އޭނަ ހޮސްޕިޓަލަށްކުރާ ކޮންމެ ދަތުރެއްގެ އާދައިގެ މަތިން ވެސް އޭނަ އެ ދަތުރުވެސް ކުރަމުން ދިޔައީ މިނިސްޓްރީ އޮފް ހޯމް އެފެއާސް ހުންނަ ޢިމާރާތް ފަސްކޮށްފައި ދެވޭ ގޮތަށެވެ. އެ ޢިމާރާތް ފެންނަ ކޮންމެ ފަހަރަކު އޭނަ އޭނަގެ މަންމައާއި ބައްޕައާ އެކީ ހޭދަކުރި އުފާވެރި ދުވަސްތައް ހަނދާނަށް އަންނާތީވެއެވެ. ކޮންމެ ދުވަހެކޭވެސް އެއްފަދައިން އެ ޢިމާރާތާއި ގާތްވަމުން ދިޔަދިޔަހެން އޭނަގެ ސިކުނޑިއަށް އެ ހަނދާންތައް ވެރިވާން ފެށިއެވެ. މަންމައާއި ބައްޕަގެ ހިނިތުންވުންތައް ލޮލަށް ސިފަވެ އެ ޢާއިލާ އެންމެންގެ އުފާވެރި ހުނުމުގެ އަޑު ކަންފަތުގައި ގުގުމަން ފެށިހެން ހީވުމުން އަޔާޒަށް ކާރުގެ ސްޕީޑްވެސް ދަށްކޮށްލެވުނެވެ. ހަމަ އެއާއެކު އޭނައަކީ މިއަދު ޑޮކްޓަރެއްކަން އެނގުންވި ވަގުތު މަންމަ އޭނަ ކުޑައިރު ބުނެލި ބަސްތަކެއްގެ މަތިން ހަނދާންވިއެވެ.

 

“އަޔާޒް ބޮޑުވީމަ މޮޅުވެގެން ޑޮކްޓަރަކަށް ވައްޗޭ. އޭރުން އެނގޭނެ މީހަކު ނުބައި ބޭހެއް ދިނަސް އޭތި ބޭނުން ނުކުރަން. މިއަދު ދޮންބެ އެހާ ބޮޑަށް ބަލިވީ ނުބައި ބޭހެއް ކެވޭތީވެއޭ.” އެއްރެއަކު މަންމަ އޭނަ ނިންދަވަން އެނދުގައި ބޭއްވުމަށްފަހު ބޮލުގައި ފިރުމަމުން ބުންޏެވެ. އެދުވަހު ހަވީރު އޭނަގެ ދޮންބެ ނޭވާ ހާސްވާންފެށީ ކުއްލިއަކަށެވެ. އެހެންޏާ އޭނަގެ ދޮންބެއަކީ އެހެންވާ މީހެއްވެސް ނޫނެވެ. އަޔާޒް ގޭގައި އެކަނި ހުއްޓާ ދޮންބެއަށް އެހެންވާން ފެށުމުން އޭނަ ގަތް ބިރާއެކީ ހަޅޭއްލަވަމުން ރޮވެންފެށިއެވެ. އޭގެ މާގިނައިރެއްނުވެ ނަސީބު ރަނގަޅުކަމުން ބައްޕަ ގެއަށް އައިސް ދޮންބެ ހޮސްޕިޓަލަށް ގެންދިޔައެވެ.

 

މަންމަ އެރޭ އޭނަގާތު އެ އެދުން އެދުނުއިރު މަންމަގެ ލޮލުން އޭނައަށް ހިތާމަވެރިކަމާއެކީ ހިސާބެއްގެ ބިރުވެރިކަމެއްވެސް ފެނުނެވެ. މަންމަ ބިރުގަންނަންވީ ކީއްވެކަމެއް އޭނައަށް އަދި އަދަށްދާންދެން ވެސް ނުވިސްނެއެވެ. ހަނދާން ހުރިހާ ކަމަކީ މަންމަ އޭނަގާތު ލޯބިން ބުނެލި ފަހު ބަސްތަކަކީ އެއީކަމެވެ. އެރެއަށްފަހު އޭނައަށް ފެންނަން ފެށީ ހަރުކަށި މަންމައެއްކަމެވެ.

 

އަޔާޒް ޚިޔާލުތަކެއްގައި ވަނިކޮށް ހަމަހޭވެރިކަމެއް ލިބުނީ އޭނަގެ ފަހަތުގައި އޮތް ކާރެއް ބަރުގޮނު އަޅާލުމުންނެވެ. އެއާއެކު އަޔާޒް ހަމަހޭވެރިކަމެއް ލިބުނު ފަދައަކުން ކާރުގެ ސްޕީޑް މަތިކޮށްލިއެވެ. އޭރު އޭނައަށް އޮވެވުނީ ސީދާ މިނިސްޓްރީ އޮފް ހޯމް އެފެއާސް ހުންނަ ޢިމާރާތުގެ ކުރިމަތީގައެވެ. އެ ޢިމާރާތާއި ކައިރިން ޢިމާރާތް ފަސްކުރި ވަގުތު ފެނުނު ސޫރައިން އަޔާޒް ހުއްޓުން އެރިއެވެ. ހުދުކުލައިގެ ގަމީހެއްގައި ޓައި އަޅައިގެން ކަޅުކުލައިގެ ފަޓުލޫނަކާއެކީ ބެގީކޮށްގެން ހުރީ މަސްޢޫދުބެހެން އޭނައަށް ހީވިއެވެ. އޭނައަށް އެ ހީވުން ހީވި ވަގުތު އެމީހަކަށް ފަސްދެވުނީއެވެ. ކާރުގެ ލޯގަނޑުން ވެސް އެމީހާއަށް ބެލިއެއްކަމަކު ލޯގަނޑުން އަޔާޒަށް ފެނުނީ އެމީހާގެ ފަހަތެވެ. އޭނަ ބަލަބަލާ ހުއްޓާ އެމީހަކު ގޮސް އޭނަ ދެންމެ ފަސްކުރި ޢިމާރާތަށް ވަން މަންޒަރު ފެނިފައި އަޔާޒަށް ވިސްނުމެއްގައި އިނދެވުނެވެ. އެއީ މަސްޢޫދުބެއަށް ވެދާނެތޯ އަޔާޒްގެ ހިތް ސުވާލުކުރިއެއްކަމަކު އޭނައަށް އެކަން ޤަބޫލުކުރަން ދަތިވިއެވެ. އެހެންކަމުން އެއީ އޭނައަށް ހީވި ހީވުމެއްކަމަށް ނިންމަމުން އަޔާޒް އޭނަގެ ދަތުރާއިގެން ކުރިއަށް ދިޔައެވެ.

 

އެހެނަސް އެއީ އަޔާޒަށް ހީވި ހީވުމެއްނޫނެވެ. އެ ޢިމާރާތުގެ ތެރެއަށް ވަދެގެން ދިޔައީ މަސްޢޫދު ނޫން ދެވަނަ މީހެއްނޫނެވެ. 20 އަހަރަށްވުރެ ގިނަ އަހަރު ފަހުން އެ ޢިމާރާތުގެ ތެރެއަށް ވަދެވުނުއިރު އެތަނަށް އައިސްފައިވި ބަދަލުތަކުން މަސްޢޫދަށް އެތާނގެ ވަށައި ބެލެމުން ދިޔައެވެ. އެހެނަސް އޭނަގެ ސަމާލުކަން އެހެން ދިމާލަކަށް ދަތުރުކުރީ ފަޓުލޫނުގެ ޖީބުގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށުމުންނެވެ. ޖީބަށް އަތް ކޮއްޕާލަމުން ފޯނު ނެގިއިރު އެއީ ފަހުގެ އާ ފޯނެކެވެ. ފޯނުގެ ސްކްރީނުން މަޒީދުގެ ނަން ފެނިފައި މަސްޢޫދު އޭނަގެ ފިޔަވަޅުތައް މަޑު ޖައްސާލަމުން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“ކޮބާ މަސްޢޫދު މިހާރު އޮފީހުގަތަ؟” މަޒީދު ސުވާލުކުރި އަޑުއިވުނެވެ.

 

“އާނ….ވަޒީފާ ލިބުނު ޚަބަރު ލިބުނީ އިއްޔެ. ކުރިންވެސް މިތާނގަ މަސައްކަތްކޮށްފަ ހުރީމަ ކަންނޭނގެ އެހާ ފަސޭހައިން ލިބުނީ. އެކަމަކު މި ޒަމާނުގަ ހުންނަ ސިސްޓަމްތައް އަހަންނަށް ނޭނގި ހިނގައިދާނެ.” މަސްޢޫދު ބުންޏެވެ.

 

“ސިސްޓަމްތައް ދަސްވެދާނެ. އެކަމަކު އެ މަޤާމަކަށް ބޭނުންވާ މަސައްކަތުގެ ހުނަރަކީ ދަސްކޮށްދޭން އުދަގޫ ކަމެއް. އެހެންވީމަ މަސްޢޫދު ހޮވާފަ ތިހިރީ. މަސްޢޫދު ތިއީ އޭރުވެސް ސްޓާރ އެމްޕްލޯއީއެއްނު؟ ހެހެ……އަހަރެން ބުނިގޮތަށް މަހީރާއަށް ކައިރި ނަޒަރެއް ދެއްޗޭ. އޭނަގެ ފަސާދަ ފަޅާއަރުވައި މަލާކަށް ގެއްލުމެއް ދިނުމުން ހުއްޓުވޭނެ ހަމައެކަނި މީހަކަށް މިއަދު ހުރީ މަސްޢޫދު. މި ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގަ ހިފައްޗޭ.” މަޒީދު އެދުނެވެ.

 

“ހުމް….މިއީ މުޅި ދުނިޔެ މަތިން ވެސް އަހަރެން އެންމެ ނަފްރަތުކުރާ ތަނޭ ބުންޏަސް ދޮގަކަށް ނުވާނެ. މިތާ ތެރެއިން ސާރިޔާގެ އަބުރު ކަތިލެވިގެން ދިޔަގޮތް އަދިވެސް ހަނދާން އެބަހުރި. އެކަމުގަ ތީނަ ކުޅުނު ދައުރުވެސް ރަނގަޅަށް ހަނދާން އެބަހުރި. އެކަމަކު އަހަރެން މަޒީދު ބުނާ ގޮތަށް މި ހަދަނީ ހަމައެކަނި މަލާކްގެ ޙައްޤުގަ. ސާރިޔާ އަހަންނަށް ރައްކާތެރި ނުކުރެވުނިއްޔާ މަލާކް ރައްކާތެރިކުރާނަން އަހަރެން އިރާދަކުރެއްވިއްޔާ!” މަސްޢޫދު އެހެން ބުނެލީ ވަރުގަދަ ޢަޒުމަކާއި އެކީކަން އޭނަގެ މޫނުމަތިން ވެސް ނަގައިގަނެވޭނެއެވެ. މަޒީދުވެސް އެކޮޅުން ‘އިން ޝާ ﷲ’ އޭ ބުނެލި އަޑުއިވުނެވެ. އެއަށްފަހު ދެން ބާއްވަނީއޭ މަޒީދު ބުނުމުން އެ ކޯލު ނިމިގެން ދިޔައެވެ. މަސްޢޫދު އޭނަގެ ފޯނު ޖީބަށްލަމުން ކުރިމަތިން ފެންނަމުން ދިޔަ ލިފްޓާއި ދިމާލަށް ދިޔައެވެ. ލިފްޓުގެ ބަޓަނަކަށް ފިތާލުމާއެކު ލިފްޓު ހުޅުވުމުން އޭނަ އޭގެ ތެރެއަށްވަނެވެ. އޭނަ ވަނުމަށްފަހު ލިފްޓު ލެއްޕެން ފެށިތަނާހެން ކޮންމެވެސް މީހަކު ލިފްޓުގެ އެއްފަރާތުގައި އަތް އަޅައި ލިފްޓު ހުޅުވާލިއެވެ. އެކަން ފާހަގަވުމުން މަސްޢޫދު ކުރިމައްޗަށް ބަލާލުމާއެކު އޭނަ ހުއްޓުން އެރިއެވެ. ލިފްޓު ހުޅުވާލަމުން އޭގެ ތެރެއަށްވަނީ މަހީރާ ނޫން ދެވަނަ މީހެއްނޫނެވެ. މަހީރާގެ އަތުން ފެންނަމުން ދިޔަ ބަޔާއި އޭނަގެ މޫނުން ނަގަން ފަށާފައިވި ރޫތައް ފިޔަވައި އެހެން ބަދަލެއް އޭނައަށް އައިސްފައި ނުވާކަން މަސްޢޫދަށް ފާހަގަވިއެވެ. ހަމަ އެއާއެކު މަހީރާ އޭނަގެ ޒުވާންކަން ދަމަހައްޓަން ގޮސްފައިވާ ދަރަޖަ އޭނަ އަޅައިގެން ހުރި ހެދުމުން ވެސް އެނގުންވުމުން އޭނައަށް އިތުރަށް ފޫހިވުން ނޫންކަމެއް ނުވިއެވެ. މަހީރާ މަސްޢޫދާއި ދުރުގައި ކަހަލަ ގޮތަކަށް މަޑުކޮށްލަމުން ލިފްޓު ލެއްޕެން ފެށި ވަގުތު ވާހަކައެވެ.

 

“ސޮރީ…..މިއަދު ކުޑަކޮށް ލަހުން މި އާދެވުނީ. ކޮން ފްލޯއަކަށްތޯ ދަނީ؟” މަހީރާ އޭނަގެ ކައިރީގައި ހުރި މީހާ ކައިރިން ސުވާލުކުރިއެވެ.

 

“މިނިސްޓްރީ އޮފް ހޯމް އެފެއާސް ހުންނަ ފްލޯއަށް.” މަސްޢޫދު މަހީރާއަށް ބަލާލުމެއްނެތި ބުނެލިއެވެ. އެއާއެކު މަހީރާއަށް އެއީ އޭނައަށް އިވުނު އަޑެއްހެން ހީވެ ލަދުކުޑަ ގޮތަކަށް ލޯދިއްކޮށްފައި މަސްޢޫދަ ބަލާލިއެވެ. އެއާއެކު ޒުވާން އަންހެން ކުއްޖެއް ފަދައިން އަނގަ ބޮޑު ކޮށްލަމުން ލުއި ގޮތަކަށް ހީލިއެވެ.

 

“މި….މިއީ މަސްޢޫދުތަ؟” މަހީރާ ދެމީހުން ދާންޖެހޭ ފްލޯއަށް ފިތާލަމުން އަހާލިއެވެ. އެއާއެކު މަސްޢޫދު އޭނައަށް ލުއި ނަޒަރެއް ދިނެއްކަމަކު ޖަވާބެއްނުދިނީ ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ. މަހީރާ ކުރި ކަންތަކަށްފަހު އޭނަ މަހީރާއަށް ނަފްރަތު ކުރާވަރު މަހީރާއަށް އެނގޭނެކަން ޔަޤީންވުމުންނެވެ.

 

“އާޗާ! ޤަބޫލުކުރަން ވެސް ދަތިއެބަވޭ. މަސްޢޫދު ފެނިފަ ހަމަ ޒުވާން ޢުމުރަށް އަނބުރާ ދެވުނީހެން ހީވަނީ…..އަހަރުމެންގެ ހިއުމަން ރިސޯސް އޮފިސާރ! ހަމަ އެ މަޤާމަށްތަ މިފަހަރުވެސް ލީ؟” މަހީރާ ހެވިފައިހުރެ އަމިއްލަ އަމިއްލައަށް ވާހަކަ ދައްކަމުން ގޮސް ސުވާލުކުރިއެވެ.

 

“ތި ވާހަކަ ބުނުން މުހިއްމު ކަމަށް ނުދެކެން.” މަސްޢޫދު ބުނެލިއެވެ.

 

“އަސްލުވެސްތަ؟ އެކަމަކު މިހާރު ތި ވާހަކަ ދައްކަނީ މިތާނގެ ޑިރެކްޓަރާކަން އެބަ އިނގޭތަ؟” މަހީރާ ބުނެލިއެވެ. އެއާއެކު މަސްޢޫދު އަސަރެއް ނެތް ގޮތަކަށް ހީލިއެވެ.

 

“ބޭރު ޤައުމުތަކުގެ ޖަމުޢިއްޔާތަކުގެ ރުހުން ހޯދައިގެން ދީނަށް ހަޖޫޖެހީމަ ވެސް މިނިސްޓަރުކަމާއި ހަމައަށް ނުދެވުނުދޯ؟” މަސްޢޫދު މަލާމާތުގެ ރާގަކަށް ބުންޏެވެ. އެއާއެކު މަހީރާވެސް ހީލިއެވެ.

 

“ވެދާނެއެއްނު އަހަރެން އެ މަޤާމް ބޭނުމެއްނުވަނީ ކަމަށްވެސް؟ އެ ޖަމްޢިއްޔާތަކުގަ އުޅުނީމަ މާ ސަޅި! އަހަރަކު އެއްފަހަރު ޑޮކިއުމެންޓްރީއެއް ނެރެލާފަ ބޭނުންހާ ދުވަހަކު ބޭނުން ޤައުމެއްގަ އުޅެލާފަ މި ވަޒީފާގަ ވެސް އެބައުޅެވޭ….ރަނގަޅެއްނޫންތަ އަޅެ؟” މަހީރާ ރާގަކަށް ސުވާލުކުރިއެވެ.

 

“އެކަމަކު އެހާވަރުން ވެސް ތި ދަހިވެތިކަމަށް ބަދަލެއް ނައިސްގެންދޯ އެހެން ކުއްޖަކަށް ޙައްޤުވާ މުދާކޮޅުވެސް ޖަހައިގަންނަން ތިއުޅެނީ؟” މަސްޢޫދު ސީރިއަސްކަމާއެކީ ސުވާލުކުރިއެވެ. އެއާއެކު އޭނަ ބުނި އެއްޗެއް ނަގައިގަނެވުނު މަހީރާގެ މޫނުމަތީގައިވި މަލާމާތުގެ ހިނިތުންވުން ވެސް ފޭދިގެން ދިޔައެވެ. ހަމަ އެވަގުތު ލިފްޓުގެ ދޮރު ހުޅުވިގެން ދިޔުމުން މަސްޢޫދު ލިފްޓުން ނިކުތެވެ. އެހެނަސް އޭނައަށް މާ ދުރަށް ނުދެވެނީސް މަހީރާގެ އަޑު އިވުނެވެ.

 

“އަހަރެންގެ ނަޒަރުގަ އެއީ ދުނިޔެއަށް އައި ކުއްޖެއްވެސް ނޫން. ދުނިޔެއަށް ނާންނަ ކުއްޖަކަށް ލިބެންވާ މުދަލެއް ނުހުންނާނެ. އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުވީ ސާރިޔާއާއި އެކުއްޖާގެ ސަބަބުންކަން މަސްޢޫދަށް ވެސް ރަނގަޅަށް އެނގޭނެ!” މަހީރާ ގޮށްމުއްކަވައި ދަތްކުނޑި ވިކަމުން އެ ވާހަކަ ބުނެލީ ތިރިއަށް ނަޒަރު ހުއްޓައިގެން ހުރެއެވެ. ހަމަ އެވަގުތު ލިފްޓުގެ ދޮރު ލެއްޕެން އުޅުމުން މަސްޢޫދު އެ ދޮރު ލެއްޕުނަ ނުދީ ހިފެހެއްޓީ މަހީރާއަށް ރައްދެއް ދިނުމަށެވެ.

 

“މަހީރާގެ ދިރިއުޅުން ބަރުބާދުވިކަން އަހަރެން ވެސް ޤަބޫލުކުރަން. އެކަމަކު އޭގެ އިލްޒާމު އަޅުވަންވީ ކާކުގެ ބޮލުގަކަން ސާފުނުވެގެން ތިއުޅެނީ. އޭގެ ސަބަބުން ނަފްރަތު އަމާޒުކުރަންވީ ދިމާލެއް ނޭނގި ހިތްހަރުވެގެން ތިއުޅެނީ. ﷲ ގެ ހަނދުމައިން ދުރުވީމަ ވާނެވެސް ގޮތް އެއީ. ދެންވެސް އިތުރު ފާފަތަކެއް ނުކުރެވެނީސް އުޅުން އިޞްލާޙުކޮށް ﷲ އަށް ތައުބާވާންވީ. ތައުބާވެ ﷲ ގެ ދީން އުނގެނެން މަސައްކަތް ކުރީމަ އެކަމުން ހިތަށް ހަމަޖެހުން ލިބޭތޯ އަދި ނުލިބޭތޯ ވެސް އެނގޭނީ. ސިކުނޑީގެ ވިސްނުން ބޭނުންކޮށްގެން ބުނެލި ވާހަކައެއްމީ. އެއްފަރާތަކަށް ގޮސް ހުސްވެފަ ހުރެ މިކަމާ ބެހޭގޮތުން  ޑޮކިއުމެންޓްރީއެއް ހެދުމުގެ ކުރިން ހަމަ ބުނެލީ.” މަސްޢޫދު ބުނެލިއެވެ. އެއަށްފަހު ލިފްޓުގެ އެއްފަރާތުގައި އެޅިފައިވި އަތް އެތަނުން ނަގާލުމުން އޮފީހުގެ ތެރެއަށްދާން ހިނގައިގަތެވެ. އެހިނދު ރުޅިން ރަތްވެގެން ދިޔަ މަހީރާ ހަރު ފިޔަވަޅުތަކެއްގައި ލިފްޓުން ނިކުމެ މަސްޢޫދު އެ ވަން އޮފީހަށް ވަނެވެ. އޭނަ އޮފީހަށް ވަދެގެން ދިޔައިރު އޭނައަށް އައިސްފައިވި ބަދަލާހެދި އެންމެންގެ ނަޒަރު އޭނައަށް އަމާޒުވިއެވެ. އެހެނަސް މަހީރާ އެކަކަށްވެސް ބަލާލުމެއްނެތި ދިގު ފިޔަވަޅުތަކެއްގައި ގޮސް އޭނައަށް ޚާއްޞަކުރެވިފައިވި ބޮޑު ކެބިންއަށްވަނެވެ. އަތް ދަބަސް ގޮސް މޭޒުމަތީގައި ބޭއްވުމަށްފަހު އޭނަ އައިސްފައިވި ރުޅީގައި އިށީންނަން ވެސް ނުކުޅެދިފައިވި ފަދައެވެ. މަސްޢޫދު ކޮންމެ ވާހަކައެއް ދެއްކިޔަސް އޭނަގެ ހިތުތެރޭގައި އަނދަމުން ދިޔައީ ބަދަލު ހިފުމުގެ ރޫޙެވެ. ދެލޯ ރަތްވެފައި ހުރެ އޭނަ ހަޅޭކެއް ލައްވާލަމުން އެއްއަތުން ޖަހައި މޭޒުގައި ހުރި ބައެއް ފޮތްތަކާއި ފައިލްތައް ވައްޓާލިއެވެ.

 

**

 

އެދުވަހުގެ އެވަގުތު އަނުމް ސްކޫލަށް ދިޔައީ ޖެނުއަރީގެ އިމްތިޙާންތަކަށް އެހީ ހޯދުމުގެ ގޮތުން އޭނަގެ އެކުވެރިންނާއެކީ ގްރޫޕް ސްޓަޑީއެއް ޖައްސާށެވެ. އަހަރުގެ އެހާ ހިސާބުގައި ބައެއް މުދައްރިސުން ނެތެއްކަމަކު ތިބި މުދައްރިސުން ބައެއް ދުވަސްދުވަހު ކްލާސްތައް ނަގަމުން ވެސް ދިޔައެވެ. އަނުމްގެ އެދުވަހުގެ ރޭވުން އޮތް ގޮތުން 8 އިން 9 އަކަށް އޭނަ އޭނަގެ އެކުވެރިންނާއެކީ ކިޔަވާނީއެވެ. 9 ޖަހަންވާއިރަށް އެމީހުންގެ މުދައްރިސް އަންނަން ވާއިރަށެވެ. މިގޮތަށް ކަންތައް ކުރަމުން ދިޔައީ އަނުމްމެން އެކަންޏެއްނޫނެވެ. ސްކޫލް ތެރޭގައި އެހެން ކުލާސްތަކުގެ ބައެއް ކުދިވެރިން އެހެންނޫނީ ވަކިވަކި ކުދިން އަމިއްލަ އަމިއްލައަށް ވެސް ކިޔަވަން ސްކޫލަށް އައިސްފައި ތިބޭ މަންޒަރު ފެނެއެވެ. މީގެ ތެރެއިން އަނުމް ސްކޫލަށްދާ ކޮންމެ ދުވަހަކުހެން ފެންނަ އެއްކުއްޖަކީ އެއްކަލަ ނޫކުލައިގެ ކާރުގައި ސްކޫލަށް އަންނަ ފިރިހެން ކުއްޖާއެވެ. އެދުވަހު ދަބަހުން އެ ފިރިހެން ކުއްޖާގެ ގައިގައި ޖެހި ދުވަސްފަހުން އަނުމްއަށް އޭނަ ފާހަގަވާން ފެށީ އޭނަގެ އެކުވެރިން އެކުއްޖާ އޭނައަށް ވަރަށް ބަލާކަމަށް ބުނެ ވާހަކަ ދައްކަން ފެށުމުންނެވެ. އޭނަގެ ނަމަކީ ފާއިޤްކަން ވެސް އެނގުނީ އެހާ ހިސާބުންނެވެ. އޭނައަށް ސަމާލުކަންދޭ ފިރިހެން ކުއްޖަކު ހުރިކަން އެނގުންވުމުން އަނުމްގެ ހިތަށް ތަފާތު އިޙްސާސްތަކެއް ކުރެވުނެވެ. އެހެނަސް އޭނަ އެ އިޙްސާސްތަކާއެކީ ބެހިގެންދާކަށް ޚިޔާލެއް ނުކުރިއެވެ. އޭނަގެ އާ އެކުވެރިއެއް ކަމަށްވާ ބަސްމާގެ ނަޞޭޙަތުގައި ހިފައިގެންނެވެ.

 

“އޭނަ ބެލިޔަސް އަނުމް ނުބަލާތި! އޭނަ ހިތުން އެ ބަލަނީ އަނުމްގެ ހިތާ ކުޅެވޭތޯ ބަލަން. ނިކަން ފޫހިވޭ ބެލުން ތިރިކުރަން ނޭނގޭ މީހުންދެކެ.” އެދުވަހު އެމީހުންގެ އަމިއްލަ ގްރޫޕް ސްޓަޑީ ނިންމުމަށްފަހު ސްކޫލްގެ ކެންޓީންގެ މޭޒެއްގެ ދޮށުގައި އިނދެ ބަސްމާ ބުންޏެވެ. ބަސްމާ އެހެން ބުނެލި ރާގުންވެސް އަނުމްއަށް ހީލެވުނެވެ.

 

“އެކަމަކު ވެދާނެއެއްނު އޭނަ އަނުމް ލައިކްވަނީ ކަމަށްވެސް؟” ބަސްމާ ކައިރީގައި އިން ލީޝާ ވިސްނުމެއްގައި އިނދެ ބުންޏެވެ. އެ ވާހަކައިން އަނެއްކާވެސް އަނުމްގެ ހިތް ތަފާތު ގޮތަކަށް ތެޅިލިއެވެ.

 

“ލައިކްވަންޏާ އޭނަ ގަޓު ހުރެގެން ގޮއްސަ އަނުމްގެ ބޮޑު ދެ ބޭބެއިންނާ ވާހަކަ ދައްކަންވީ! އެހާވަރަށް ލައިކް ނުވަންޏާ އެއީ ލައިކެއްނޫން އެވަނީ….އެހެންނޫނީ އެހާ ހިސާބަށް ދެވެންދެން ވެސް އޭނަގެ ލޮލާއެކީ އޭނަގެ ސެލްފް ކޮންޓްރޯލް ކޮށްގެން ހުންނަންވީ….ހަމަ ގައިމުވެސް އަހަރެން އިމްޕްރެސްވާނީ އެކަހަލަ ފިރިހެން ކުއްޖަކު ފެނުނިއްޔާ، ނޫންތަ އަނުމް؟” ބަސްމާ އަހާލިއެވެ. އެއާއެކު އަނުމްއަށް ވެސް ހިނިތުންވުމަކާއެކީ ބޯޖަހާލެވުނީ އޭނަގެ އެކުވެރިޔާއަށްޓަކައި ލޯތްބެއްވާ ޙާލުގައެވެ. އޭނަގެ ކުރީގެ އެކުވެރިންނަމަ އޭނައަށް ހިތްވަރު ދިނީހީ އެ ފިރިހެން ކުއްޖާއާއި ރައްޓެހިވާށެވެ. އެއީ ގޯސްކަމަކަށް ވި ނަމަވެސްއެވެ. އަދި އޭގެ ސަބަބުން އޭނައަށް އެތައް ގެއްލުމެއް ލިބުނަސްމެއެވެ. އެ ހިނދު ހިތާހިތުން އޭނައަށް މިހާރު ލިބިފައިވި އެކުވެރިންނަށްޓަކައި ހިތާހިތުން ޙަމްދުކުރެވުނެވެ. ހަމަ އެއާއެކު ކަމެއް ހަނދާންވުމުން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ބާއި ދަ ވޭ…..ސެލްފް ކޮންޓްރޯލްއޭ ބުނީމަ އަހަރެން ހަނދާންވީ. ކުރީ ދުވަހު އަހަރުމެން ރިވައިސްކުރީމެއްނު ޙަދީޘެއް؟ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޒުވާން ކުދިންގާތު ރޯދަ ހިފަން ނަޞޭޙަތްތެރިވެ ވަޑައިގަތް ޙަދީޘް. އިޓް އެކްޗުއަލީ ވޯކްސް! ހަމަ ވަރަށް ފައިދާކުރި އަހަންނަށް މަންޑޭ ތާޒްޑޭގަ ރޯދަ ހިފަން ފެށީމަ.” އަނުމް ދުރުދުރުން ބުނެލިއެވެ. އެ ޙަދީޘްއާމެދު ވާހަކަ ދެއްކިއިރު އެދުވަހު އޭނަގެ އެކުވެރިން ވާހަކަ ދެއްކީ ރޯދަ ހިފުމުން ‘ސެލްފް ކޮންޓްރޯލް’ އިތުރުވާ ވާހަކައެވެ. އަނުމް ރޯދަ ހިފަން ފެށިފަހުން އޭނަ ދުރުވާން އުޅޭ ނޭދެވޭ އާދައިން ދުރުވާންވެސް ފަސޭހަވެފައިވިކަން އޭނައަށް ފާހަގަވިއެވެ. އެހެނަސް ވަކި އެ އާދައިގެ ވާހަކަ ސީދަލަށް ބުނަން އަނުމް ބޭނުމެއް ނުވުމުން އަނުމް ހަމައެކަނި އޭނައަށް ފައިދާކުރި ވާހަކަ ބުނެލީއެވެ.

 

ކެންޓީންއިން ތިން އެކުވެރިން ނިކުމެގެން އައިއިރު އެމީހުންގެ މުދައްރިސާއި ދިމާވިއެވެ. މުދައްރިސް އެންގީ އެތާ ކައިރިން ފެންނަމުން ދިޔަ ޢިމާރާތުގެ އެންމެ މަތީގައި ހުރި ލެބަށް ދިޔުމަށެވެ. އަނުމްއާއި އޭނަގެ އެކުވެރިން އޭގެ ކުރިން އެމީހުންގެ ކްލާހަށް ދިޔައީ މާއްދާއާއި ގުޅޭ ފޮތް ނެގުމަށެވެ. އަނުމްގެ ދަބަހުގެ ޒިބު ކޮންމެވެސް ވަރަކަށް ހަލާކުވެފައި ހުރުމުން އަނުމް އޭނަގެ ދެ އެކުވެރިން ކުރިން ފޮނުވާލިއެވެ. އަނުމް އޭނަގެ ފޮތް ނަގައިގެން އެ ޢިމާރާތާއި ދިމާލަށް ދިޔައިރު ސްކޫލްގެ ގޯތިތެރެއިން މާ ގިނަ ކުދިންނެއް ނުފެނެއެވެ. އެހެނަސް އޭނަ އެ ޢިމާރާތަށް ގޮސް ސިޑިން އަރަން ފެށި ވަގުތު ފިރިހެން ކުއްޖަކު އޭނަގެ ނަމުން ގޮވާލުމުން އޭނަ ހުއްޓުން އެރިއެވެ. އޭނަ ބަލާލި ވަގުތު އެކުއްޖަކު އޭނައަށް ވުރެ 5 ފައްތަރު މައްޗަށް އެރުމަށްފަހު ވާހަކަ ދެއްކިއެވެ.

 

“ފަހަތަށް ނުބަލާތި އަނުމް. ފަހަތަށް ނުބަލާ އަހަރެންގެ ފަހަތުން އާދޭ. މިގޮތަށް ހިނގަމުން އަހަރެން ދައްކާ ވާހަކަ އަޑުއަހާ. އަހަރުމެން އެކީގަ ތިބިތަން އެމީހުންނަށް ފެނިގެން ނުވާނެ.” އެ ފިރިހެން ކުއްޖާ ބުނެލިއެވެ. އޭނަގެ އަޑުންނާއި އޭނަގެ ބައްޓަމުން އެއީ ފާއިޤް ނޫން ދެވަނަ މީހެއް ނޫންކަން އަނުމްއަށް ޔަޤީންވިއެވެ. ފާއިޤް ކުރިއަށް ހިނގަން ފެށުމުން އަނުމްވެސް އޭނައާއެކީ ކުރިއަށް ދާންފެށިއެވެ.

 

“މިއަދު ނޫނީ މާދަމާ ކޮންމެވެސް ނޭނގޭ ނަންބަރަކުން އަނުމްއަށް ގުޅާނެ. އެކަމަކު ފޯނު ނުނަގާތި އަނުމް. ނުނެގިއްޔާ ރަނގަޅީ. އޮޅިގެން ނެގުނިއްޔާ ވެސް އޭނަ ބުނާ ގޮތަށް ނަހަދާތި. މި ހުރިހާ ދުވަހު މި މަޅީގަ އަނުމް ބައްދަން އެމީހުން މަސައްކަތް ކުރީ…..އެނގޭ އުދަގޫވާނެކަން އަނުމްއަށް އަހަންނަށް އިތުބާރުކުރަން. އެކަމަކު އަހަރެން ޤަބޫލުކުރަނީ އަނުމްއަށް ހެޔޮ ވިސްނިފައިވި މިންވަރު އެންމެ ރަނގަޅު ގޮތް ޚިޔާރުކުރާނެ ކަމަށް. އެމީހުން އަދިވެސް ހީކުރަނީ އަނުމްވަނީ އެކަންތަކަށް ދެވިހިފާފަ ކަމަށް.” ފާއިޤް ހިނގަމުން ހިނގަމުން ބުނެލިއެވެ.

 

“ކާކު؟ ކޮންކަމެއް ކުރުވަން އުޅެނީ؟” އަނުމް ޙައިރާންވެފައިހުރެ ސުވާލުކުރިއެވެ.

 

“މިވަގުތު ކިޔައިދެވޭކަށް ނެތް އަނުމް. އެކަމަކު އެމީހުން ބުނާގޮތަށް ނަހަދާތި!” ފާއިޤް އެހެން ބުނެލަމުން އަނުމްއަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއްނުދީ މައްޗަށް އަރަން ދުއްވައިގަތެވެ. އަނުމްއަށް ދެންވެސް ވިސްނުމެއްގައި ހުރެވުނެވެ.

 

**

 

އެރޭގެ ވަގުތެއްގައި މައުވާ އިން ފެންވަރު ރަނގަޅު ޓެކްސީއެއްގެ ފަހަތު ސީޓުގައެވެ. އޭނަ އޭނަގެ އާދައިގެ ކިބުރުވެރިކަމާއެކީ އަތުގައި އޮތް ކުޑަ މޫނު ބަލާ ލޯގަނޑުން އޭނަގެ މޫނު ހުރީ ރީއްޗަށްތޯ ބަލަމުން ދިޔައެވެ. އޭނަ އެހެން އިންދާ ސީޓު މަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށުމުން އޭނަ ފޯނު ނަގައި ބަލާލިއެވެ. ސްކްރީނަށް ‘ޖާމިޒް’ ގެ ނަން އަރާފައި އޮތުމުން އޭނަ ނުލަފާ ހިނިތުންވުމަކާއެކީ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“ހެލޯ ޖާމިޒް….ކޮބާ އަހަންނަށް ދީބަލަ އެ އެޕިލެޕްސީއެއްގެ ތަފްޞީލެއް އަދި އަލުން. އެއްތަންކޮޅުވެސް ހަނދާން ނައްތާލާކަށް ބޭނުމެއްނޫން.” މައުވާ އޭނަގެ ކުލަޖެއްސިފައިވި ނިޔަފަތިތަކަށް ބަލަމުން ބުނެލިއެވެ.

 

“އެއީ ހަމަ އެދުވަހު ރެކޯޑިންގްގަ އިވުނު ގޮތަށް ވާނީ. މާ ބޮޑަށް ސްޓްރެސްވިއްޔާ ހޭންޑްލް ނުކުރެވޭނެ. އެކަމަކު ޓްރީޓްކޮށްފަ ހުރިއްޔާ އޭނަ ސްޓްރެސްކޮށް ބޭޑް ނިއުސްއެއް ދިނުމުގެ އިތުރުން ބިރުވެސް ގަންނަވާލީމަ ފިޓްޖެހޭ ހިސާބަށްދާނީ.” ޖާމިޒް ކިޔައިދިން އަޑު އިވުނެވެ.

 

“ކިއުޓް! ތިކަން ކުރެވިދާނެ ނުލާހިކު ރީއްޗަށް. ދެން ބުނެބަލަ…..މިކަމުގެ ތެރޭގަ ވަރަށް ބަދުނަސީބު ކޭސްއެއްވިއްޔާ އޭނަ މަރުވެސް ވެދާނެތަ؟” މައުވާ ސަމާސާއެއްކުރާ ފަދައަކުން ސުވާލުކޮށްލިއެވެ.

 

“ސީޒްޝާރގެ ތެރޭގައި ބޮލަށް އަނިޔާއެއްވެއްޖެއްޔާ ހަމަ ވެދާނެ.” އެކޮޅުން ކިޔައިދެވުނެވެ. އެއާއެކު މައުވާގެ ލޮލުން ނުލަފާ ވިދުވަރެއް ފެނިގެން ދިޔައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ރާސްތާ2 ފަންސަވީސްވަނަ ބައި

Next

ކުޑައިރުގެ ހަނދާންތައް

Next
December 25, 2019

ކުޑައިރުގެ ހަނދާންތައް

Previews
December 23, 2019

ރާސްތާ2 ފަންސަވީސްވަނަ ބައި

32 Comments!

  1. Jana says:
    December 23, 2019 at 9:25 pm

    Assalaam’alaikum. varah bodah maafah edhen mihaa lasveema. hama mihaa hisaabah genesdheyn beynunvee. In Sha Allah next part thursday ga 🙂

  2. Aish says:
    December 23, 2019 at 9:27 pm

    Yeah.Me First Dhw☺Luv You Jana Sis❤❤❤

    1. Jana says:
      December 24, 2019 at 8:53 pm

      Labba Aish first. Love you too sis ^_^ <3

  3. Snow says:
    December 23, 2019 at 10:14 pm

    Vvvv reethi..mauvaa fonivaane kame neh loganda balaafa thui vaane kameh neh..

    1. Jana says:
      December 24, 2019 at 8:54 pm

      vaa foosseh bunedheyn neyngey dho snow? hehe…Alhamdhulillah! (All praise and thanks belong to Allah) 😀

  4. S_Fairy says:
    December 23, 2019 at 10:36 pm

    Jana sis.. I have message you on Instagram.. please reply.. it’s argent.. hope u will reply.. lysm sis

    1. އަޒޫ says:
      December 24, 2019 at 8:07 am

      Jana sis ge insta id aky kobaatha ?

    2. Jana says:
      December 24, 2019 at 8:55 pm

      S_Fairy: Love you too sis :*

      Azu: https://www.instagram.com/jana_mohamed_0207/

  5. ♥️♥️♥️ says:
    December 23, 2019 at 11:54 pm

    Haadha reehchey Masha Allah ♥️♥️♥️♥️

    1. Jana says:
      December 24, 2019 at 8:56 pm

      Alhamdhulillah! ^_^ <3 <3 <3

  6. Miu says:
    December 23, 2019 at 11:55 pm

    Alhamdhulillahi this is my first comment on any of your stories Jana sis.? Masha Allah mi vaahaka varah reethi.? Miu ah abadhuves varah kamudhey Jana sis vaahaka liyaa goiy.?Jazakallah khairan mikahala reethi dheeny vaahaka kiyuntherinnah evves varubali kameh nethi genesdhey thyve.?

    1. Jana says:
      December 24, 2019 at 8:58 pm

      Alhamdhulillah! Miu ves vaahaka liyaairu kiyuntherinnah faidhaa kuraane fadha gothakah liyan try kurahchey In Sha Allah. Baarakallah Feeki! <3 😀

  7. Saaji says:
    December 24, 2019 at 12:14 am

    Masha allah mi part varah reethi.. alhe mauvaa anekkaa aiee dhw.. ?? mauvaa dhen dhaany kon irakun tha.. jana sis malaak ah dhera gotheh nuhadhahchey. ?

    1. Jana says:
      December 24, 2019 at 9:00 pm

      Aan Mauva eoiy aee. kudakameh ves noondho kuran eulheny? balamaa vaagotheh In Sha Allah. Malaak ah dhera gotheh nehedheytho balaanan. hehe….Alhamdhulillah! 🙂

  8. ?Shifna? says:
    December 24, 2019 at 8:35 am

    Masha allah. Vrh reethi mi part vx. Jana sis malaak ah dhera gotheh nuhadhahchey. When next?? Waiting….

    1. Jana says:
      December 24, 2019 at 9:02 pm

      Alhamdhulillah! balamaa dho Malaak ah vaagotheh? Next part thursday ga In Sha Allah 🙂

  9. ?? says:
    December 24, 2019 at 9:34 am

    Vvv reethi maasha allah…..but malaak ah gotheh nahadhahchey….plx plx☹️☹️ waiting for next part

    1. Jana says:
      December 24, 2019 at 9:03 pm

      Malaak ah dhera gotheh nuvaane kamah ummeedhu kurama dho? hehe…Alhamdhulillah! Next part thursday ga In Sha Allah 🙂

  10. Naafy says:
    December 24, 2019 at 10:13 am

    Masha allah vrhh reethi but mauvaa dhw eynaa ah heyo visneyne nama?..waiting for the next part✧・゚: *✧・゚:*

    1. Jana says:
      December 24, 2019 at 9:04 pm

      Mauva ge mamma ah visnaidheyn ulhunymaves nuvisnunu dho mibain? balamaa kuriah oiy thaaga vaagotheh 😀 Alhamdhulillah! Next part thursday ga In Sha Allah 🙂

  11. Ayaaz says:
    December 24, 2019 at 8:33 pm

    Mauva malaakah dheragotheh hedhiyanudheynan dhww

    1. Jana says:
      December 24, 2019 at 9:06 pm

      Ayaaz Malaak salaamaiy kohdhehchey ingey? eyrun rangalhuvaane 😀

  12. Jana says:
    December 24, 2019 at 8:46 pm

    Blog post 1:

    Do you really think…..that it was a coincidence?

    Do you think it was a coincidence, that you were once hanging as a blood clot in your mother’s womb? And you were hanging there without slipping off though you had no power of your own? Do you think it was a coincidence that you kept getting the nutrients that you needed to grow without lacking any of it? Do you think it was a coincidence that as you grew, your hands, your eyes, your feet and other organs began to appear without missing any of it? Do you think it was a coincidence that a heart grew inside your chest that was thankfully beating? Do you think it was a coincidence that your fingers formed as some skin cells between them died off, miraculously giving you 5 fingers on each hand without any abnormalities? Do you think it was a coincidence, that you were still alive when you were finally taken out into this world? Do you think it was a coincidence that later on, they didn’t find out that one of your internal organs was missing or was not fully developed? Subhaanallah!

    Nothing in your life is a coincidence. Nothing that happens to you is insignificant. Because you were and always will be in the Eyes of the One Who Loves you the most. So use whatever blessings He gave you to please Him In Sha Allah.

    #Selfreminder

  13. Jana says:
    December 24, 2019 at 8:51 pm

    Blog post 2:

    I’d like to thank the reader who requested me to include the matter of sunnah fasts as a means of diminishing desires. Later on as I gave it a thought, I realized how important it was to mention. Not just because it’s an advice of the Prophet (SAW) regarding the matter of controlling urges. But also because I felt that something that I mentioned in one of the earlier posts may seem contradicting to this sunnah.

    About the post on triggers of addiction, we had looked at the direct and non-direct triggers. See link below:

    Under the non-direct triggers, there were the 4 questions of HALT. And one of them was ‘Are you Hungry?’ And we discussed how hunger might also be one of the things that may trigger us to fall into that particular addiction of “Dirty screen”. But in the hadhith of the Prophet (SAW), it’s mentioned that fasting diminishes those urges. And recent researches (which I will be detailing below) also show the same to be true. So how do we understand this?

    To understand this, we have to know about conscious and subconscious hunger. In the questions of HALT, it’s actually addressing a subconscious hunger. Like for example let’s say you had an extremely busy day at work and didn’t even realize you skipped a meal. And when you come home, you have the urge to go back to the addictive behavior. But you aren’t exactly sure whether its because of your hunger, your anger, your loneliness or your tiredness. You aren’t necessarily feeling the pangs of hunger partly because your mind is way too exhausted and partly because you had a good breakfast that morning. And thus you need to ask yourself the HALT question of hunger. Because you aren’t sure.

    But when you are fasting, it’s different. You will feel the pangs of hunger in your stomach because you won’t have a single meal while fasting during the day. When you do feel it, you won’t be triggered to go back to that addictive behavior because the first priority for your body while fasting will be food. In the Maslow’s hierarchy of needs, food is a higher priority than seeking any kind of pleasure. Moreover your body will be way too tired while fasting to engage in an activity that will consume energy. And thus do researches relating to fasting show that it leads to diminishing of such desires. Of course there are other few researches that are against this conclusion but their claims have no strong basis to them. (Please note that I won’t be sharing the links to this as I don’t like posting explicit words unless it’s absolutely necessary. I urge you to do this research on your own In Sha Allah)

    In addition to all of this, if we have even the tiniest bit of iman, our hearts will remind us not to disobey Allah in anyway while fasting. Because we refrain from what we usually need just for His sake during the fasts. And fasting builds self-discipline and self-control. We need to discipline ourselves in order to wake up for suhoor and use the little amount of energy we have during the day as wisely as possible. And when we stay in hunger, we practice self-control in that one aspect. And this builds the mental muscle to practice self-control in other areas of our lives and thus even help us get away from our addictions.

    May Allah make us people who hold on to sunnah fasts in obedience to the Prophet (SAW) and protect us from sins. Ameen!

    Hadhith reference:

    Narrated by al-Bukhaari (5066) and Muslim (1400) from Ibn Mas‘ood, who said: We were with the Prophet (blessings and peace of Allah be upon him), young men who had nothing of wealth. The Messenger of Allah (blessings and peace of Allah be upon him) said to us: “O young men, whoever among you can afford it, let him get married, for it is more effective in lowering the gaze and guarding one’s chastity. And whoever cannot afford it should fast, for it will be a shield for him.”

    *Jazaakallah Khairan once again to the same reader who made the effort to send the explanation of this hadhith.

  14. Jana says:
    December 24, 2019 at 8:52 pm

    Blog post 3:

    “If a guy claims to like you, dare him to talk to you with your family. If he can’t, then he isn’t daring enough to give you forever.”

    Now this….my dear sisters, is how high your standards should be!

  15. Jana says:
    December 25, 2019 at 11:53 am

    Blog post 1 (Dhivehi)

    ތިބާއަށް ހީވަނީ އެއީ ހަމަ އިއްތިފާޤެއްހެން ހެއްޔެވެ؟

    ތިބާ އެއްދުވަސްވަރެއްގައި ތިބާގެ މަންމަގެ ރަޙިމުގައި ގަނޑު ލޭކޮޅެއްހެން އޮތުމަކީ އިއްތިފާޤެއްހެން ތިބާއަށް ހީވޭހެއްޔެވެ؟ އަދި އޭރު ތިބާގެ ކިބައިގައި އެއްވެސް ބާރެއްނެތެއްކަމަކު ތިބާ ފައިބާލައިގެން ނުގޮސް އެ ރަޙިމުގައި ހިފިފައި ހުރި ހުރުމަކީ އިއްތިފާޤެއްހެން ހީވޭހެއްޔެވެ؟ އެއަށްފަހު ތިބާ ހެދި ބޮޑުވުމަށް ބޭނުންވާހާ މާއްދާތައް އެންމެ މާއްދާއެއްވެސް މަދު ނުވާފަދައަކުން ތިބާއަށް ލިބެމުން ދިޔަދިޔުމަކީ އިއްތިފާޤެއްހެން ހީވޭ ހެއްޔެވެ؟ އެއަށްފަހު ތިބާ ބޮޑުވަމުން ދިޔަދިޔަހެން ތިބާގެ އަތާއި ލޮލާއި ފައި އަދި އެހެނިހެން ގުނަވަންތައްވެސް އެންމެ ގުނަވަނެއްވެސް މަދުނުވާ ފަދައަކުން ހެދެމުން ދިޔަ ދިޔުމަކީ އިއްތިފާޤެއްހެން ހީވޭ ހެއްޔެވެ؟ އަދި ތިބާގެ މޭތެރޭގައި ހިތެއް އުފެދި އެ ހިތަކީ ތެޅިތެޅި އޮތް ހިތެއްކަމުގައިވުމަކީ އިއްތިފާޤެއްހެން ހީވޭ ހެއްޔެވެ؟ ތިބާގެ އަތުގެ އިނގިލިތަކުގެ ދޭތެރޭގައިވި ހަމުގެ ސެލްތައް އަމިއްލައަށް މަރުވެ އެއްވެސް އައިބެއްނުވާނެ ފަދައަކުން ތިބާގެ ކޮންމެ އަތެއްގައި 5 އިނގިލި އުފެދިގެން ދިޔުމަކީ އިއްތިފާޤެއްހެން ހީވޭ ހެއްޔެވެ؟ މި ހުރިހާ ކަމަކަށްފަހު ތިބާ ދުނިޔެއަށް އައިއިރު ތިބާ ދިރިހުރި ހުރުމަކީ އިއްތިފާޤެއްހެން ހީވޭ ހެއްޔެވެ؟ ތިބާ ދުނިޔެއަށް އައިތާ މާ ގިނަ ދުވަހެއްނުވެ ތިބާގެ އެތެރޭގެ ގުނަވަންތަކުގެ ތެރެއިން ގުނަވަނެއް މަދުކަން ނުވަތަ އޭގެއިން ގުނަވަނެއް ރަނގަޅަށް އުފެދިފައި ނެތް ޚަބަރު ނުލިބުމަކީ އިއްތިފާޤެއްހެން ތިބާއަށް ހީވޭ ހެއްޔެވެ؟ ސުބްޙާނަ ﷲ!

    ތިބާގެ ޙަޔާތުގައި ހިނގާ އެއްވެސްކަމަކީ އިއްތިފާޤެއްނޫނެވެ. ތިބާއަށް ދިމާވާ އެއްވެސް ކަމަކީ މުހިއްމުނޫން ކަމެއްނޫނެވެ. އެހެނީ ތިބާ އަބަދުވެސްވީ އަދި އަބަދުވެސް ވާނީ ތިބާދެކެ އެންމެ ލޯބިވެވޮޑިގެންވާ ފަރާތުގެ ބެއްލެވުމުގެ ދަށުގައެވެ. އެހެންކަމުން އެކަލާނގެ ތިބާއަށް ދެއްވި ހުރިހާ ނިޢުމަތްތަކެއްގެ ބޭނުން އެކަލާނގެ ރުހިވޮޑިގަތުން ލިބުމަށްޓަކައި ބޭނުންކުރާށެވެ. (އިން ޝާ ﷲ)

  16. Jana says:
    December 25, 2019 at 11:54 am

    Blog post 2: (Dhivehi)

    ނަފްސުގެ އެދުންތައް ކުޑަކުރުމުގެ ގޮތުން ސުންނަތް ރޯދަ ހިފުމުގެ ވާހަކަ ވާހަކައިގައި ހިމަނަން އަޅުގަނޑަށް އެދުނު ކިޔުންތެރިޔާއަށް ޝުކުރު އަދާ ކުރަމެވެ. ފަހުން އަޅުގަނޑު އެކަމާމެދު ވިސްނާލުމުން އެއީ ހިމެނުން ކިހާ މުހިއްމު ވާހަކައެއްކަން އެނގުނެވެ. އެއީ ހަމައެކަނި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ނަޞޭޙަތަކަށްވާތީވެއެއް ނޫނެވެ. މީގެ އިތުރުން އަޅުގަނޑު މީގެ ކުރިން ލިޔުނު ޕޯސްޓެއްގައި މި ސުންނަތާއި ޚިލާފު ވާހަކައެއް ހުރިހެން ކިޔުންތެރިންނަށް ހީވެދާނެތީވެއެވެ.

    ނޭދެވޭ ކަންތަކަށް ދެވިހިފުމަށް ބާރުދޭ ކަންތައްތަކުގެ ތެރޭގައި ސީދާކޮށް ދެވިހިފުމަށް ބާރުދޭ ކަންތަކާއި ނުސީދާކޮށް ދެވިހިފުމަށް ބާރުދޭ ކަންތައްތަކަށް އަޅުގަނޑުމެން ބަލާލާފައިވާނެއެވެ. ތިރީގައިވާ ލިންކް ބައްލަވާ:

    https://web.facebook.com/permalink.php?story_fbid=2195025637473332&id=1445208739121696

    ނުސީދާކޮށް ދެވިހިފުމަށް ބާރުދޭ ކަންތައްތަކުގެ ތެރޭގައި އަޅުގަނޑުމެން HALT ގެ 4 ސުވާލަށް ބަލާލާފައިވާނެއެވެ. އޭގެ ތެރެއިން އެއް ސުވާލަކީ Are you Hungry? އެވެ. ބަނޑުހައިވުމަކީ ނުސީދާކޮށް އަޅުގަނޑުމެން މި އަލިއަޅުވާ މައްސަލައަށް ދެވިހިފުމަށް ބާރުދޭ ކަމެއްކަމުގައި އަޅުގަނޑުމެން އެ ޕޯސްޓުގައި ބަލާފައިވާނެއެވެ. އެހެނަސް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްގައި އަންގަވާފައިވާ ގޮތުން ރޯދަ ހިފުމުން އެފަދަ އެދުންތައް ދަށްވެގެންދެއެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ވެސް ރޯދަ ހިފުމުން ހަމަ އެފަދަ ޝަހުވަތްތަކުން ދުރުވެގެންދެއެވެ. އެހެންވީއިރު އަޅުގަނޑުމެން މިކަން ދޭހަކުރަންވީ ކިހިނެއްހެއްޔެވެ؟

    މިކަން ދޭހަ ކުރުމަށްޓަކައި އެނގިގެން ބަނޑުހައިވުމާއި ނޭނގި ބަނޑުހައިވުމުގެ ތަފާތު އަޅުގަނޑުމެން ދެނެގަންނަން ޖެހެއެވެ. HALT ގެ ސުވާލުތަކުގައި އެދެކެވެނީ ނޭނގި ބަނޑުހައިވުމުގެ ވާހަކައަށެވެ. މިސާލަކަށް ތިބާ މުޅި ދުވަހު ވަރަށް ބުރަކޮށް އުޅުމުގެ ސަބަބުން މެންދުރު ނުކައި ހުރެވުނުކަން ހަނދާނެއްނެތެވެ. ދެން ތިބާ އެދުވަހު ގެއަށް ދިޔުމާއެކުހެން އެއްކަލަ ދެވިހިފި އާދައަށް އެނބުރި ދިޔުމުގެ ޚިޔާލެއް ލިބެއެވެ. އެ ޚިޔާލު ލިބެނީ ތިބާ ބަނޑުހައިވެގެން ކަމެއް، ނޫނީ ރުޅިވެރިކަމުގެ ސަބަބުންކަމެއް، ނޫނީ އެކަނިވެރިކަމުގެ ސަބަބުންކަމެއް އަދި ވަރުބަލިކަމުގެ ސަބަބުންކަމެއް ތިބާއަށް ޔަޤީން ނުކުރެވޭތީވެއެވެ. ތިބާގެ ހަށިގަނޑު އެވަގުތު ބަނޑުހައިވެފައިވިޔަސް ތިބާއަށް އެކަން އިޙްސާސެއް ނުކުރެވެއެވެ. އެއީ ތިބާ އެދުވަހު ހެނދުނު ރަނގަޅަށް ސައިބުއިމުގެ ސަބަބުން އެހެންނޫނީ އެވަގުތު ތިބާގެ ސިކުނޑި މާ ބޮޑަށް ވަރުބަލިވެފައިވުމުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. HALT ގެ ‘ސުވާލެއް’ ތިބާ ކުރަން ޖެހެނީ އެހެންވެއެވެ. ތިބާއަށް ޔަޤީން ނުވާތީވެއެވެ.

    އެހެނަސް ތިބާ ރޯދަ ހިފާއިރު އެ ޙާލަތު ތަފާތެވެ. ރޯދަ ހިފާއިރު ތިބާއަށް ބަނޑުހައި ހޫނުކަމުގެ އިޙްސާސް ކުރެވޭނެއެވެ. އެހެނީ މުޅި އެދުވަސް ތެރޭގައި ތިބާ އެއްވެސް ވަރަކަށް ނުކާނަމުއެވެ. އަދި އެ ބަނޑުހައި ހޫނުކަން އިޙްސާސް ކުރެވޭ ވަގުތު ތިބާ އެ ދެވިހިފާ އާދައިގެ މަތިން ހަނދާންވުމުގެ ފުރުޞަތު ވަރަށް ކުޑައެވެ. އެހެނީ ތިބާގެ ހަށިގަނޑަށް އެވަގުތު އެންމެ މުހިއްމީ ކާއެއްޗެއް ކެއުމެވެ. މާސްލޯގެ ‘ހައިރާކީ އޮފް ނީޑްސް’ އަށް ބަލާއިރު އެއްވެސް ލައްޒަތެއް ހޯދުމަށްވުރެ އިންސާނާއަށް ކެއުމާއި ބުއިން މުހިއްމެވެ. މީގެ އިތުރުން ރޯދަ ހިފައިގެން ހުންނައިރު ތިބާގެ ހަށިގަނޑުން ހަކަތަ ނެތިދާފަދަ އެއްވެސް ކަމަކާ އުޅެން ތިބާ ބޭނުމެއް ނުވާނެއެވެ. ރޯދަ ހިފުމުން އެފަދަ އެދުންތަކުން ދުރުވެވޭކަމަށް ދިރާސާތަކުން ދައްކަނީ އެހެންވެއެވެ. މި ދިރާސާތަކާއި އިދިކޮޅު ނިންމުންތައް ނިންމާ މަދު ދިރާސާތަކެއްވިޔަސް އެމީހުން ބުނާ ވާހަކަތަކަށް މާ ބޮޑު ބުރަދަނެއް ނެތެވެ. (މި ދިރާސާތަކުގެ ލިންކްތަކުގައިވާ ބައެއް ބަސްތައް ބައެއް ޢުމުރުފުރާތަކާއި ނުގުޅޭނެކަމަށްޓަކައި އަޅުގަނޑު ދިރާސާތައް ޕޯސްޓް ނުކުރާނަމެވެ. އެހެންކަމުން ތިބާ އަމިއްލައަށް މި ދިރާސާތައް ކުރަން އަޅުގަނޑު ހިތްވަރު ދެމެވެ. އިން ޝާ ﷲ)

    މި ހުރިހާ ކަމެއްގެ އިތުރަށް އަޅުގަނޑުމެންގެ ހިތްތަކުގައި ކިތަންމެ ކުޑަވަރެއްގެ އީމާންތެރިކަމެއް ވާނަމަ ރޯދަ ހިފައިގެން ހުންނައިރު ﷲ އަށް ނުއުރެދެން އަޅުގަނޑުމެންގެ ހިތްތައް އެދޭނެއެވެ. އެހެނީ ރޯދަ ހިފާއިރު އަޅުގަނޑުމެން ދުރުވެ ތިބެނީ އަޅުގަނޑުމެންނަށް ކޮންމެހެން ވެސް ބޭނުންވާ ކެއިން ބުއިމުންނެވެ. މީގެ އިތުރުން ރޯދަ ހިފުމުން ‘ސެލްފް-ޑިސިޕްލިން’ އާއި ‘ސެލްފް-ކޮންޓްރޯލް’ އިތުރުވެގެންދެއެވެ. ހާރުކެއުމަށްޓަކައި ރޭގަނޑު ތެދުވުމުންނާއި މުޅި ދުވަސްތެރޭގައި ހަށިގަނޑުގައި ހުންނަ މަދު ހަކަތަކޮޅު ވީހާވެސް ރަނގަޅުގޮތަކަށް ބޭނުންކުރަން މަސައްކަތް ކުރުމުން ސެލްފް-ޑިސިޕްލިން ވުމަށް ބާރުއެޅެއެވެ. މީގެ އިތުރުން މުޅި ދުވަހު ބަނޑުހައި ހޫނުކަމުގައި އުޅުމުން އަޅުގަނޑުމެންނަށް އެ އެއްކަމުގައި ‘ސެލްފް-ކޮންޓްރޯލް’ ޖެއްސެއެވެ. އެންމެ ކަމެއްގައި ވެސް ސެލްފް-ކޮންޓްރޯލް ކުރަން މަސައްކަތް ކޮށްފިނަމަ އެހެނިހެން ކަންތަކުގައި ވެސް ސެލްފް-ކޮންޓްރޯލް ކުރަން ސިކުނޑިއަށް ބާރު ލިބިގެންދެއެވެ. އަދި މީގެ ސަބަބުން އަޅުގަނޑުމެން އަޅުގަނޑުމެންގެ ދެވިހިފުންތަކާއި މުޅިން ދުރުވެގެން ދިޔުންވެސް ގާތްވެގެންވެއެވެ.

    މާތް ﷲ އަޅަމެންނަކީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްއަށް ކިޔަމަންވުމަށް ސުންނަތް ރޯދަ ހިފާ ބަޔަކު ކަމުގައި ލައްވައި އަޅަމެން ފާފަތަކުން ރައްކާތެރިކުރައްވާށި! އާމީން!

    ޙަދީޘް ރިފަރެންސް:

    އަލް-ބުޚާރީ (5066) އަދި މުސްލިމް (1400) ގައި އިބްނު މަސްޢޫދު (ރަޟިޔަ ﷲ ޢަންހާ) ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން އެއްވެސް މުދަލެއް ނެތް ޒުވާނުންގެ ގޮތުގައި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައިވީމުއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ތިމަންމެންނަށް ޙަދީޘް ކުރެއްވިއެވެ. “އޭ ޒުވާނުންގެ ޖަމާޢަތެވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނި ކުރުމަށް ކުޅަދާނަވާ މީހުން ފަހެ ކައިވެނި ކުރާށެވެ! އެއީ ބެލުން ތިރި ކުރުމަށާއި ޢައުރަ ރައްކާތެރިކުރުމަށް ބާރު އަޅާ ކަމެކެވެ. އަދި ކައިވެނި ކުރުމަށް (މާލީގޮތުން) ކުޅަދާނަނުވާނަމަ ރޯދަ ހިފާށެވެ. އެކަމުން އޭނައަށް ރައްކާތެރިކަން ލިބޭނެއެވެ.”

    *އަޅުގަނޑަށް މި ޙަދީޘްގެ ތަފްޞީލުތައް ފޮނުވަން މަސައްކަތް ކޮށްދިން ހަމަ އެ ކިޔުންތެރިޔާއަށް އަދިވެސް އެއްފަހަރު ޖަޒާކަ ﷲ ޚައިރަން ބުނެލަމެވެ. އުއްމީދަކީ އަދި އިތުރު ކިޔުންތެރިންގެ ފަރާތުން އިތުރު ފައިދާތަކެއްވެސް އަޅުގަނޑަށް ކުރުމެވެ (އިން ޝާ ﷲ)

  17. Jana says:
    December 25, 2019 at 11:55 am

    Blog post 3:

    “ތިބާދެކެ ލޯބިވާކަމަށް ފިރިހެނަކު ބުނެފިނަމަ ތިބާގެ ޢާއިލާއާއެކީ ތިބާއާއި ވާހަކަދައްކަން އޭނައަށް ކެރޭތޯ ބަލާށެވެ. އެކަން ކުރަން ނުކެރޭނަމަ ތިބާއަށް މުޅި ޢުމުރު ދުވަސްދޭން އޭނައަށް ނުކެރުމަކީ ގާތްކަމެވެ.”

    ލޮބުވެތި އުޚްތުންނެވެ. ތިބާ ހޯދަންޖެހޭ ފިރިހެނެއްގެ ‘ސްޓޭންޑާޑް’ އަކީ މިއީއެވެ!

  18. Jana says:
    December 25, 2019 at 11:56 am

    Assalaam’alaikum. hurihaa kiyuntherin mi page ah ziyaaraiy kollumaky jana ge varah bodu edhumeh. adhi faidha kuraa post thah ehen meehunnaai hissa kurumaky ves varah bodu edhumeh In Sha Allah 🙂

    https://web.facebook.com/Asr-1445208739121696/

  19. H.... says:
    December 25, 2019 at 1:18 pm

    Mi kanthakah thanks…..vv helpfulll….. allah jana ge masah kath gaa barakkaaih lavvaashi….n storry vvv reethi maasha allah….keep it up….☺️☺️

  20. Haha says:
    December 26, 2019 at 7:15 pm

    Kobaa kobaa aneh part kobaa

  21. Laalaa says:
    May 14, 2020 at 11:16 pm

    Jana sis vaahaka liyantha, sis ge vaahakaeh nuffennaathy
    Fahun fahun busy kamun sis ge vaahakathah nuves kiyey

Comments are closed.

Next Episodeވަޢުދު (އެކާޅީސްވަނަ ބައި)←


All Right Reserved!