“ތިހާވަރުން ވިއްޔާ ޤަރުނަކުންނެއްނު ތި ފެން ހިކޭނީ؟ ދައްކަބަލަ!” އަޔާޒް މަލާކްގެ ކުރިމަތީގައި ކުރުފައި މައްޗަށް ތިރިވެ މަލާކްގެ އަތް ތުވާލި މަތިން ނަގައި ތުވާލިން ރަނގަޅަށް މަލާކްގެ އިސްތަށިގަނޑު ހިއްކައިދޭން ފެށިއެވެ. ތުވާލި ހިންގަމުން ދިޔަ ވަރަކަށް އަޔާޒަށް މަލާކްގެ މޫނުވެސް ފެންނަމުން ދިޔައެވެ. އެކަމަށް އޭނައަށް ސަމާލުކަން ދެވޭގޮތްވީ އެ މޫނު މުޅިން ކަޝްފުވެ ތުވާލި ބޯމަތިން ކައްސާލައިގެން ގޮސް ފަހަތަށް ވެއްޓުނެވެ. އެހިނދު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ދެމީހުންގެ ވެސް ހިތުގެ ތެޅުން އަވަސްވިއެވެ. ވެހެމުން ދިޔަ ވާރޭގެ އަޑާއެކީ މާޙައުލަށް ވެރިވެފައިވި އަނދިރިކަމުން ދެމީހުންގެ ހިތަށްވެސް ވެރިވީ އެއްކަހަލަ ޖަޒުބާތުތަކެވެ. މަލާކްގެ މޫނުމައްޗަށް އިސްތަށިކޮޅެއް ވެއްޓިފައި ވަނިކޮށް އަޔާޒަށް އޭތި ރަނގަޅުކުރަން އަތް އުފުލާލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އިސްތަށިކޮޅު މަލާކްގެ ކަންފަތުގައި އަޅުވާލުމަށްފަހު އަތް ތިރިކުރުމުގެ ބަދަލުގައި އަޔާޒަށް މަލާކްގެ މޫނާއި ކަނދުރައިގައި އެއްއަތުން ހިފަހައްޓާލެވުނެވެ. އެހިނދު މަލާކްގެ މެއަށް ވެރިވި ނުތަނަވަސްކަމާއެކީ ހަތަރެސްފަޔަށް ބާރުވެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަޔާޒް ހުރީ އެކަމަށް ސަމާލުކަން ދެވޭވަރަށްވުރެ ބޮޑަށް މަލާކްގެ ރީތިކަމަށް ގެއްލިފައެވެ. އެ ރީތިކަމުގެ އަވައިގައި ޖެހުމުން އަޔާޒްގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. އޭނައަށް އެނގުނުހާވެސް ކަމަކީ އޭނަ އެވަގުތު މަލާކާއި ގާތްވާން ބޭނުންވިކަމެވެ. މަލާކް އަތުތެރެއަށް ގެނެސް ބާރަށް ބައްދާލާ މަންޒަރު ހާސްފަހަރު ހިތަށްއެރީ އޭނަގެ އެ ޙަރަކާތުން ވެސް މަލާކްދެކެ އޭނަ ވާ ލޯބި އިޙްސާސް ކޮށްދެވޭތޯއެވެ. މަލާކްގެ މޫނު މިހާ ގާތުން އޭނައަށް ދެވަނަ ދުވަހަކު ފެންނާނެކަމުގެ ޔަޤީންކަމެއް އޮތީއެއްނޫނެވެ. އެ މޫނުގައި މިގޮތަށް ލޯބިން ހިފަހައްޓާލުމުގެ ފުރުޞަތު ލިބޭނެކަމެއް އެނގެނީއެއްނޫނެވެ. މަލާކްދެކެ ލޯބިވާ ވާހަކަ ބުނުމުގެ ނަސީބެއް ލިބޭނެކަމެއް އެނގެނީއެއްނޫނެވެ. ހިތަށްވެރިވި އެ ޚިޔާލުތަކާއެކީ އޭނަގެ ހިތަށް ތަދުވީ ވަގުތު އަތުގައިވެސް ރިއްސާލިއެވެ. ހަމަ އެވަގުތު ރޫރޫއަޅައިގެން ދިޔަ ހިތަކާއެކީ ވެސް އޭނަގެ އެ ހިތުގެ އެދުން ފުރިހަމަ ކުރުމަށްޓަކައި އަޔާޒަށް ހިނިތުންވުމަކާއެކީ ވާހަކަ ދެކެވުނެވެ.
“ހިތަށް އެބައަރާ ދޯ އަޔާޒް ކީއްވެގެން ހެއްޔޭ މަލާކްއަށް މިހެން ބަލަން ހުރީ….ބަލާބަލަ އަހަރެންގެ ލޮލަށް މަލާކް. ފިރިހެނަކު މިގޮތަށް އަންހެން ކުއްޖަކަށް ބަލަހައްޓައިގެން ހުންނާނީ ކީއްވެކަން މަލާކަށް އެނގޭތަ؟” އަޔާޒް ހިތާމަވެރި ލޮލަކާއެކީ ވެސް އޭނަގެ ހިނިތުންވުން ދަމަހައްޓަން މަސައްކަތް ކުރަމުން ސުވާލުކުރިއެވެ. އަޔާޒްގެ ސުވާލުން މޭމައްޗަށް ފިނިފެން އެއްޗެއް އޮއްސާލެވުނުހެން މަލާކަށް ހީވިއެވެ. އަޔާޒް އޭނައާއި ކައިރިވެގެން ހިނގައިދާނެ އެކިއެކި ގޮތްތައް ޚިޔާލުކުރެވުމުން އޭނަ އަޔާޒްގެ ސުވާލަށް ޖަވާބުދޭންވުމުން ލަދުގަންނަ ގޮތްވިއެވެ. އެހެނަސް އަޔާޒް ބުނި ފަދައިން އޭނަގެ ލޮލަށް ބަލާލުމުން މަލާކަށް ފެނިގެން ދިޔައީ އޭނައަށް ދޭހަކުރަން ދަތިވި އަސަރެކެވެ. އޭގެ ފަހަތުގައިވި އިޙްސާސް އޭނައަށް ދޭހަ ނުކުރެވުނެއްކަމަކު އެނގުނުހާ ކަމަކީ އެ އިޙްސާސްތައް ރައްދުވަމުން ދިޔައީ އޭނައަށް ކަމެވެ.
“ން…ނޭނ..ގެ.” އަޔާޒްގެ ލޮލަށް ގެއްލިފައި އިނދެ މަލާކަށް އެހެން ބުނެލެވުނީ ވެސް ޖެހިލުންވުމަކާއި އެކީގައެވެ.
“ލޯބިވާތީ…” އަޔާޒް މަލާކްގެ ކޯތާފަތުގައި ބޮޑުވާ އިނގިލިން ފިރުމާލަމުން ބުނެލި ވާހަކައިން މަލާކްގެ ހިތް ހިނދުކޮޅަކަށް ހުއްޓުމަކަށް އައިހެން އޭނައަށް ހީވިއެވެ. އަޔާޒް ބުނި ބަސް އޭނައަށް ދޭހަ ކުރެވުނު ތަނާހެން އެ ހިތް ތެޅެން ފެށީ މަލާކް ބިރުގަންނަހާ ބާރު މިނެއްގައެވެ. އެ ހިތް މޭ ފަޅާލާފައި ނިކުމެދާނެހެން ހީވާން ފެށި ވަގުތު އަނެއްކާވެސް އަޔާޒްގެ އަޑުއިވުނެވެ.
“ލޯބިވާތީ….ދުނިޔޭގައި ވީހާ އުފަލެއް ހޯދައިދޭން ބޭނުންވާތީ. އޯގާތެރިކަން އިޙްސާސްކޮށްދޭން ހިތް އެދޭތީ…” އަޔާޒް އޭނަގެ ހިތުތެރޭގައި ފޮރުވިފައިވި ހުރިހާ އިޙްސާސެއް އެއްފަހަރާ ބަންޑުންކުރިއެވެ. އެހިނދު އޭނައަށް ބަލަން އިން މަލާކްގެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔަ ގޮތުން ޚުދު މަލާކްވެސް ޙައިރާންވިއެވެ. އޭނައަށް އެވަގުތު ރޮވެންވީ ކީއްވެތޯ ހިތަށްއެރިއެވެ. ވާ އުފަލެއްގެ ބޮޑުކަމުން ލޮލުން ކަރުނަ ހިލިދާނެކަން އޭނައަށް ޤަބޫލުކުރެވުނީ އެ ވަގުތެވެ. މަލާކް ނުރޯން މަސައްކަތް ކުރަމުން އަޔާޒަށް ހިނިތުންވުމެއް ދައްކާލި ވަގުތު އޭނަގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އަޔާޒް ނުހަނު ލޯތްބާއެކީ އޭނަގެ ބޮޑުވާ އިނގިލިން އެ ކަރުނަ ތިކި ފޮހެލިއެވެ. ހަމަ އެވަގުތު އަޔާޒްގެ ލޮލަށް ވެސް ކަރުނަތައް ޖަމާވެގެން ދިޔަދިޔަހެން އޭނައަށް ހީލެވުނެވެ.
“ހިއެއްނުކުރަން މިހާ އާދައިގެ ގޮތަކަށްކަން އަހަރެން އެންމެ ފަހުން މި ބަސްތައް ބުނެލާނީ. ޓޭކް ދަ މޯމެންޓް އެންޑް މޭކް އިޓް ޕާރފެކްޓް. ހެހެ…..އެކަމަކު މި މޯމެންޓް އިތުރަށް ކުރިއަށް ދާވަރަށްވުރެ އަހަރެންގެ ނަސީބު ދެރަދޯ މަލާކް؟” އަޔާޒް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ އެ ސުވާލުކޮށްލިއިރު އޭނަގެ ހިނިތުންވުން މުޅިންހެން ފޭދިގެން ދިޔައެވެ. އެ މަންޒަރު ފެނިފައި މަލާކްގެ ހިނިތުންވުން ވެސް ފިލައިދިޔައެވެ. އަޔާޒްގެ މޫނުމައްޗަށް މުޅިންހެން ހިތާމަވެރިކަން ވެރިވާން ފެށި ވަގުތު މަލާކް އެއްޗެކޭ ބުނަން އުޅުނުތަނާހެން އަޔާޒް ވާހަކަ ދެއްކިއެވެ.
“މަލާކް ކޮންމެ ގޮތަކަށް ނިންމިޔަސް އަހަރެން މަލާކަށް ރުޅިނުވާނަން. އެންމެ ފުރަތަމަ މަލާކަށް ފަސްދިނީ އަހަރެން ދޯ؟ މަލާކްގެ އިޙްސާސްތަކާމެދު ވިސްނާލުމެއްނެތި މަލާކްގެ ކުރިމަތިން ލޯބިވެރިޔަކުވެސް ގެންގުޅުނީ ހަމަ އަހަރެން. އަހަރެން އެގޮތަށް ކަންތައް ކޮށްފަ ވަނިކޮށް މަލާކް އެހެން މީހެއްގެ ކައިރިއަށް ދާން ނިންމަން ބޭނުންވުމުގަ ވަކި މަލާކްގެ ކުށެއްނެތް…” އަޔާޒް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ ދައްކަން ފެށި ވާހަކައިން މަލާކްގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ. އޭނަ ‘އަޔާޒް’ އޭ ކިޔައި އެއްޗެކޭ ބުނަން އުޅުނުތަނާހެން އަޔާޒް ދެންވެސް ވާހަކަ ދެއްކިއެވެ.
“އެހެންނޫނަސް ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫންދޯ މަލާކް…..އަހަރެން ހުންނާނެ އަހަންނަށް ވީ ވަރަކުން މަލާކަށްޓަކައި އިންތިޒާމްތައްކޮށްފަ. މަލާކް މިގެއިން ގޮއްސަ ހުންނާނެ އެޕާޓްމެންޓެއް ހަމަޖައްސާފަ ހުންނާނެ. މަލާކް ބޭނުންވަނީ އަހަރެން ދޫކޮށް ރަށަށް ގޮއްސަ އެހެން މީހަކާ އިންނަން ކަމަށްވިޔަސް އަހަރެން ބުނާނީ މިކޮޅުގަ ހުރެގެން ކިޔެވުން ނިންމާށޭ. އެއީ މަލާކްއަށް އެންމެ ރަނގަޅު ގޮތް. އެޕާޓްމެންޓަށް ބަދަލުވިޔަސް އެކަނި ނޫޅެއްޗޭ. މާލޭގަ އުޅޭ އެކުވެރިޔަކާއެކީ ވެސް އެތާނގަ އުޅެވިދާނެ. އެހެންނޫނީ…” އަޔާޒަށް ބުނެލެވުނީ ހަމައެކަނި އެހާ ހިސާބަށެވެ. އެހާ ހިސާބުން ސިކުނޑިއަށް ވެރިވި ޚިޔާލުން އޭނަގެ ނޭވާވެސް ހުއްޓުމަކަށް އައުމުންނެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި އޭނަ މަލާކަށް ބަލާލަމުން ގަދަކަމުން ހިނިތުންވުމެއް ދައްކައި މަލާކްގެ މޫނާއި އޭނަގެ އަތް ވަކިކޮށްލަމުން ތެދުވެލިއެވެ. އަޔާޒް ދެއްކި ވާހަކަތަކުން ލިބިފައިވި ޝޮކެއްގެ ބޮޑުކަމުން މަލާކަށް ބުނާނެ އެއްޗެއްވެސް ނޭނގިފައި އިނދެވުނެވެ. އޭނަ ދެވަނަ ފަހަރަށް އަޔާޒަށް ގޮވާލަން އަނގަ ހުޅުވާލި ވަގުތު އަޔާޒް އޭނައަށް ފަސްދީފައި ދާން ހިނގައިގަތީ އޭނައަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ވެސް ނުދީއެވެ. އަޔާޒް ކޮޓަރިއަށްވަދެ ދޮރު ލައްޕާލި މަންޒަރު ފެނުމުން މަލާކް ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. އަޔާޒް ދެންމެ އެ ދެއްކި ވާހަކައެއް ދައްކަން ޖެހުނު ސަބަބާއިމެދު ވިސްނެންފެށިއެވެ. އޭނަ އަޔާޒާއި ވަރިވެގެން ރަށަށްދާށޭ ބުނި ބުނުން ސިކުނޑީގައި ގުގުމުމާއެކު އޭނަގެ ހަނދާނަށްއައީ އޭނައާއި ރައުފާއާއި ދެމެދު ދެކެވުނު ވާހަކަތަކެވެ. އިސާހިތަކު އޭނަގެ ހަނދާނަށް އައީ ރައުފާ އެފަދަ ވާހަކައެއް އޭނަ ގާތު ބުނި ހިނދު ފަހަތުން އަޔާޒްގެ ކޮޓަރީގެ ދޮރު ލައްޕާލެވުނު އަޑު އޭނައަށް އިވުނު ގޮތެވެ. އޭނަ އެ އަޑު އިވިފައި ފަހަތްވެސް ބެލިއެވެ. އެހެނަސް އަޔާޒް ފެންނަން ނެތުމުން އެއީ އޭނައަށް ހީވި ހީވުމެއްކަމަށް ނިންމައި އޭނަ ކޯލަށް ސަމާލުކަން ދިނީއެވެ. ހަމަ އެއާއެކު އެ ކޯލުގެ ފަހުކޮޅުން އޭނަ ރައުފާގާތު ދެއްކި ވާހަކަތައް އަޔާޒަށް ނުއިވޭކަން މަލާކަށް އެނގުންވިއެވެ. އެ ވާހަކަތައް އަޔާޒަށް އިވުނު ނަމަ އަޔާޒް މިވަގުތު އެހުރި ނަޒަރިއްޔާތެއް ނެތީހޭ ހިތަށްއެރި ވަގުތު މަލާކަށް ދެބުމަ ކައިރިކޮށްލެވުނެވެ. އިސާހިތަކު މަލާކަށް އޭނަގެ އަތަށް ތަދުވަމުން ދިޔަކަން ވެސް ހަނދާން ނައްތާލަމުން އޭނަ ކިޔަވާ މޭޒުދޮށަށް ގޮސް އޭނަގެ ފޯނު ނެގުނެވެ. ފޯނުން ނަންބަރުތަކަށް ފިތާލުމަށްފަހު އޭނަ ކަންފަތުގައި ޖައްސާލިއެވެ.
“ސަލާމް ހައިފާ! ހައިފާގެ އެއްކަލަ ފްރެންޑް ތްރޫކޮށް މަލާކް ދޮންތިއަށް ކޯލް ރެކޯޑިންގްއެއް ހޯދައިދެވިދާނެތަ؟ އެއީ މަލާކް ދޮންތިގެ އަމިއްލަ ކޯލްއެއް….” މަލާކް އެދުނެވެ. އެކޮޅުން ހައިފާ ވިސްނާލުމަށްފަހު ބަލާލާނަމޭ ބުނުމުން މަލާކް އޯކޭއޭ ބުނެ ފޯނު ކަނޑާލިއެވެ. އެއަށްފަހު އަނެއްކާވެސް އަޔާޒްގެ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލެވުނެވެ. ހިތާހިތުން އަޔާޒްގާތު ނޫނެކޭ ބުނެވުނެވެ. އަޔާޒް ޚިޔާލުކުރި ‘ޕާރފެކްޓް މޯމެންޓް’ގެ ބާކީ އޮތްބައި އޭނަ ފުރިހަމަ ކޮށްދޭނެއެވެ. ކައިރިވާން އުޅޭ ދެމަފިރިއެއްގެ ދެމެދަށް ޝައިޠާނާ އައިސް ޝައްކުތައް އުފައްދާކަމީ އޭނައަށް އެނގޭކަމެކެވެ. އެހެނަސް އެފަދަ ޝައްކުތަކުގައި އޭނައާއި އަޔާޒްގެ ގުޅުން އޭނަ ނިމިދިޔައެއް ނުދޭނެއެވެ. ބަދަލުގައި ދެމީހުންގެ ގުޅުން ޒީނަތްތެރިކުރަން އޭނައަށް ކުރެވެން އޮތްހާކަމެއް އޭނަ ކުރާނެއެވެ. ހިތަށްވެރިވި އެ ޚިޔާލުތަކާއެކީ އޭނައަށް ހިނިތުންވެލެވުނީ އެކަންތައް ކުރަން އޭނަ ކެތްމަދުވުމުންނެވެ. ހަމަ އެހިނދު ހިތް އުފާވެރިކަމުން ފުރިގެންދިޔައީ އަޔާޒް ދެންމެ ބުނެލި ލޯބީގެ ބަސްތައް އޭނަގެ ކަންފަތުގައި ގުގުމާލުމުންނެވެ.
މަލާކް ބޭނުންވެގެން ހުރި ކަން އޭނައަށްޓަކައި ފުރިހަމަ ކުރެވިގެން ދިޔައީ އެރޭ 9 ޖަހައި ބޮޑުވި ފަހުންނެވެ. އޭގެ ކުރިން މުޅި ދުވަސްތެރޭގައި އޭނައަށް އަޔާޒް ނުފެނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަޔާޒް ނަމާދަށް ބޭރަށް ނިކުންނަމުން ދިޔަ ވަގުތުތަކުގައި މަލާކް އަޔާޒަށް ހިނިތުންވުންތައް ދެއްކުމުން އަޔާޒް ލުއި ހިނިތުންވުންތައް ދައްކަމުން ދިޔައެވެ. މަލާކް ކިތަންމެ ހިތް އެދުނެއްކަމަކު މުޅި ދުވަސް ތެރޭގައި އޭނަ އަޔާޒާއި ވާހަކަ ނުދެއްކީ އޭނައާއި އަޔާޒާއި ދެމެދު އޮތް ޝައްކު ނުހަނު ސާފު ގޮތެއްގައި ފިލުވައިގެން ނޫނީ ދެން އަޔާޒާއި ވާހަކަ ނުދެއްކުމަށެވެ. އެރޭ 9:25 ވީ ވަގުތު ބޭރަށް ގޮއްސަ ގެއަށް އައި ހައިފާ އޭނަ އަތަށް އައިޕޮޑެއް ލައިދިނުމުން މަލާކް ވަގުތުން އެއާއެކީ ކޮޓަރިއަށް ވަންނަން ދިޔައީ އަޔާޒަށް ވީހާވެސް އަވަހަކަށް އެ ރެކޯޑިންގް އިއްވައި އޭނަގެ އިޙްސާސްތައް ވެސް އަޔާޒަށް ފާޅުކޮށްދިނުމަށެވެ. އެހެނަސް އޭނަ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމާއެކުހެން ބޯކޮށް ވާރޭ އޮއްސިގަތް އަޑަށް މަލާކް ހިސާބަކަށް ހުއްޓުންއެރިއެވެ. ބަންދުކޮށްފައިވި ބިއްލޫރި ދޮރުގެ އަނެއްފަރާތުން ފެންނަމުން ދިޔަ ތެމެމުން ދިޔަ ބެލްކަނީ ފެނިފައި ލިބުނު ޚިޔާލާއެކީ މަލާކަށް ހިނިތުންވެލެވުނެވެ. މަލާކް އަވަސްއަވަހަށް ގޮނޑި ދުއްވާފައި ގޮސް ފަތެއްގެ ބައްޓަމަށް ހެދި ފާރުގައި ހަރުކޮށްފައި ފޮތް ހަރުގަނޑުގެ ހުސް ބައެއްގެ ތެރޭގައި އޭނަގެ އަތުގައި އޮތް އައިޕޮޑް ބޭއްވިއެވެ. އެ ހަރު ހުރީ މިއަދު ހެނދުނު އަޔާޒް އޭނަގެ ގޮނޑި ދުއްވަމުން ގޮސް މަޑުކޮށްލި ހިސާބާއި ދާދި ގާތުގައެވެ. އައިޕޮޑް ބޭއްވި ތަނާއިމެދު ނުހަނު ހިތްހަމަޖެހި ހެވިފައިހުރެ މަލާކް އަޔާޒްގެ ކޮޓަރިއާއި ދިމާލަށް ދާންފެށިއެވެ. ފެންލައިޓުން ކޮޓަރި ހުރީ ދިއްލާފައިކަން ޔަޤީން ކުރަމުން މަލާކް ގޮސް ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ. ހިތުގެ ތެޅުން އަވަސްވެފައިވާ ޙާލު އޭނަ އުޖާލާވި ހިނިތުންވުމެއްގައި އިންދާ ސިކުންތުކޮޅެއްފަހުން އަޔާޒް އައިސް ދޮރު ހުޅުވިއެވެ.
“ކިހިނެއްވީ މަލާކް؟” އަޔާޒް ހިސާބެއްގެ ކަންބޮޑުވުމަކާއެކީ ސުވާލުކުރިއެވެ.
“އަޔާޒް…..ބަލާބަލަ ވާރޭ ވެހެނީ….ހިނގާބަލަ އަހަންނާއެކީ ވާރެއާ ތެމެން.” މަލާކަށް އެހެން ބުނެލީ އާދޭހުގެ ރާގަކަށެވެ.
“ނޫން މަލާކް ރޭގަނޑު ގަޑީގަ ނުދާނެ. އަދި އެހާ ވައި ބާރުކޮށް ބޯކޮށް އެ ވެހެނީ. ނުލާހިކު ފިނިވާނެ…” އަޔާޒް އެހެން ބުނެލީ އޭނައަށްވުރެ ބޮޑަށް މަލާކާއިމެދު ވިސްނަމުންނެވެ. މާ ބޮޑަށް ފިނިވެއްޖެނަމަ މަލާކަށް ވާ ގޮތްގޮތް އޭނައަށް އެނގޭތީވެއެވެ.
“ނުވާނެ އެހާ ފިންޏެއް….ދެން ހިނގާބަލަ ޕްލީޒް…މަލާކަށް އެކަނި ދާން ނުކެރޭނެ.” މަލާކަށް މިފަހަރު އެހެން ބުނެލެވުނީ އަޔާޒްގެ އަތުގައިވެސް ހިފާލަމުންނެވެ. އެއާއެކު އޭނަގެ ޖެހިލުންކަން ކުޑަވެގެން ދިޔަ ގޮތާއިމެދު ވެސް އޭނަ ހިސާބަކަށް ޙައިރާންވިއެވެ. މަލާކް އޭނަގެ އަތުގައި ހިފާލުމުން އަޔާޒްގެ ހިތަށް ކުރި އަސަރާއެކީ އޭނައަށް އެއަތަށް ބަލާލެވުނެވެ. އިސާހިތަކު އޭނަ ގެންދާ ތާކަށް ގެންދާށޭ ބުނަން ހިތަށްއެރިއެވެ. އެހެނަސް މަލާކާއި އޭނައާއި ދެމެދު އޮތް ދުރުމިން ހަނދާންވެ މަލާކްގެ ޞިއްޙަތާއިމެދު ވެސް ވިސްނުމުން އަޔާޒަށް ވާހަކަ ދެކެވުނެވެ.
“އަހަންނަށް ނުދެވޭނެ މަލާކް….” އަޔާޒަށް އެހެން ބުނެލެވުނީ ހިސާބެއްގެ ސީރިއަސްކަމާއި ހިތާމައެއް އެކުލެވޭފަދަ ގޮތަކަށެވެ. އަޔާޒްގެ އިސްޖެހިގެން ދިޔަ ގޮތް ފެނިފައި މަލާކްވެސް ވީ ދެރައާއެކީ އޭނަގެ ހިތްވަރު އެލޭ ގޮތްވިއެވެ. އެހެނަސް އޭނަ ދެންވެސް ބަލި ޤަބޫލެއް ނުކުރިއެވެ.
“ފައިން! ބޯރިންގް ޕީޕަލް! މަލާކް މި ދަނީ ދާން. ކިނބިހި އެޅި ހުން އަޔަސް މިރޭ ވާރެއާ ތެމިލާފަ ނިދަން ބޭނުމީ.” މަލާކް އަޔާޒްގެ އަތުން ދޫކޮށް ނުރުހުންވާ ކަމަށް ހެދެމުން ބުނެލިއެވެ. އޭނަ އެ ފަހު ބަސްތައް އިތުރުކޮށްލީ އެ ބަސްތައް އަޑު އަހާފައި އަޔާޒަށް ނުހުރެވޭނެކަން ދަނެގެންނެވެ. އޭނަ އެހެން ބުނުމުން އަޔާޒް އޭނަގެ ނަމުން ގޮވާލިއެއްކަމަކު މަލާކް ހެވިފައިހުރެ އަވަސްއަރުވާލަމުން އޭނަގެ ގޮނޑި ދުއްވާލިއެވެ. އެއަށްފަހު ސިކުންތުކޮޅެއްގެ ތެރޭގައި ބެލްކަނީގެ ދޮރު އުދަގުލާއެކީ ކަހާލުމަށްފަހު ބެލްކަންޏަށް ނިކުތެވެ. އޭނަ ނިކުންނަން ދިމާކުރި ވަގުތުވެސް ކަންބޮޑުވެފައި ހުރި އަޔާޒަށް މަލާކްގެ ނަމުން ގޮވާލެވުނެވެ. އޭނަ ގޮވާލުމުން ވެސް މަލާކް މަޑުކުރުމެއްނެތި ނިކުތުމުން އަޔާޒަށް ދެބުމަ ކައިރިކޮށްލެވުނީ މަލާކަށް ހިސާބަކަށް ނުރުހުންވުމުންނެވެ. މަލާކް އޭނަގެ ބަސް އަޑުއެހުމެއްނެތި އެ ދިޔަ ޙާލަތަކަށްދާން ދޫކޮށްލަން ހިތަށްއެރިއެއްކަމަކު އޭނަގެ ހިތަށް އެ ޚިޔާލު ބަރުދާސްތެއް ނުކުރެވުނެވެ. އެހެންކަމުން އެ ހުރިގޮތަށް ހުރެފައިވެސް އެންމެފަހުން އަޔާޒަށް ފުން ނޭވައެއް ދޫކޮށްލަމުން ލަސް ހިނގުމެއްގައި ގޮސް ބެލްކަންޏަށް ނިކުމެވޭ ދޮރުމަތީގައި މަޑުކޮށްލިއެވެ. އެހިނދު އޭނައަށް ފަސްދީގެން ދެފަރާތުން ދެއަތް ދިއްކޮށް މައްޗަށް ބޯހިއްލައިގެން ހުރި މަލާކް ފެނި އޭނައަށް ހުއްޓުން އަރާފައި ބަލަހައްޓައިގެން ހުރެވުނެވެ. އެހެނަސް މަލާކްގެ ދެއަތް ގޮނޑީގައި އަތްގަނޑުމަތީގައި ބޭއްވި އޭނަ ދެކޮނޑު އަރުވާލި ތަނާހެން ތުރުތުރު އަޅައިގެން ދިޔަގޮތުން އަޔާޒަށް ބެލްކަންޏަށް ނިކުންނަން ހިނގައިގަނެވުނެވެ. އޭނަ ވާރޭ ތެރެއަށް ނިކުތީ އެ ދިޔަ މަގުމަތީ އެތާ ބޭރު ފާރަށް ލައްކުރެވިފައިހުރި ފެހި ކުލައިގެ ކުޑައެއް ނަގައި އޭތި ހުޅުވާލަމުން އޭގެ ހިޔަލުގައެވެ. މަލާކާއި ހަމައަށް ދެވުމާއެކު އޭނަ މަލާކާއި ނުހަނު ކައިރީގައި ހުއްޓިލީ އޭނައާއިއެކީ މަލާކްވެސް ހިޔާކޮށްދިނުމަށެވެ. ވާރޭގެ ތިކިތައް އޭނަ ގައިގައި ޖެހުން ހުއްޓުމާއެކު މަލާކަށް އިސްއުފުލައި ބަލާލެވުނެވެ.
“ބުނީމެއްނު މި ގަޑީގަ ފިނިވާނެއޭ؟” މަލާކް ހަޝަމް ބަދެގެން ކަހަލަ ގޮތަކަށް އިންގޮތުން އަޔާޒަށް ބުނެލެވުނެވެ.
“އޮހް! ޖަޒާކަ ﷲ ޚައިރަން މަލާކްއާމެދު ވިސްނާލީތީ. މަލާކްގެ އަތަށް ކުޑަ ދެވިދާނެތަ؟ އަޔާޒް ހިފަހައްޓައިގެން ހުރީމަ މިކޮޅުން ކުޑަކޮށް އެބަ ތެމޭ.” މަލާކް އަޔާޒާއިވީ ފަރާތް ނޫން އަނެއްފަރާތުގެ ކޮނޑަށް ޢިޝާރާތް ކުރަމުން ބުނެލިއެވެ. އަޔާޒް އެ ކުޑަ އޭނަގެ ބޯމަތިން ނަގައި މަލާކާއި ދިމާލަށް ދިއްކޮށްލީ ވަކި މަލާކަށް ދޭކަށް ނޫނެވެ. އެހެނަސް އޭނަ ދިއްކޮށްލުމާއެކު މަލާކް އޭތި ޖަހައިގަންނަމުން އެއްފަރާތަކަށް ދޫކޮށްލިއެވެ. އެއާއެކު މަލާކް ބޭނުންވިހެން އޭނައާއެކީ އަޔާޒް ވެސް ތެމެން ފެށުމުން މަލާކަށް ހީލެވުނެވެ.
“މަލާކް! ވަޓްސް ރޯންގް ވިތް ޔޫ؟” އަޔާޒަށް އެހެން އަހާލެވުނީ ހަމަ ޙަޤީޤަތުގައި ވެސް އަޖާއިބުވެފައި ހުރެއެވެ. މަލާކްގެ ފަރާތުން މިފަދަ މިޒާޖެއް އޭނައަށް މި ފެންނަނީ ފުރަތަމަ ފަހަރަށެވެ.
“ވަރަށް ބަސްނާހާދޯ މިރޭ؟ ކީއްކުރާނީ؟ މިރޭގެ މޫޑު ހުރިގޮތް އެއީ ހަމަ….ހެހެ….ދެން އަޔާޒްވެސް ކުޑަކޮށް އެންޖޯއި ކޮށްލަބަލަ. ލައިފްގަ އަންނާނީ މިކަހަލަ މަދު މޯމެންޓްސްދޯ؟ މިކަހަލަ މަދު ޕާރފެކްޓް މޯމެންޓްސް….” މަލާކް އެ ފަހު ޖުމްލަ ބުނެލީ ލަސްލަހުން ބަސްތައް އަމުނައި އަޔާޒަށް ބަލާލަމުންނެވެ. އެ ފަހު ބަސްތައް އިވިގެން ދިޔުމާއެކު އަޔާޒް އިރުކޮޅަކު ހުރެފައި ދުރަށް ނަޒަރު ހިންގާލީ އެއްޗެކޭ ބުނަން ވެސް ނުކުޅެދުމުންނެވެ. އަޔާޒްގެ މޫނުމަތީގެ ސީރިއަސްކަން ފިލުވުމަށް މަލާކް އިތުރަށް ވާހަކަ ދެއްކިއެވެ.
“ވާރޭ ވެހޭ ވަގުތު ދުޢާކުރުމުން އިޖާބަ ކުރައްވައެއްނު އަޔާޒް؟ އެހެންވީމަ މިއީ އެންމެ ބޭނުންވާ ކަންތަކަށް ވިޝްކުރަންވީ ގަޑި. ހެހެ….އަޔާޒް ދުޢާއެއް ނުކުރާނަންތަ؟” މަލާކް ހިނިތުންވުމަކާއެކީ އެ ސުވާލުކުރީ ހިތުން މަލާކަށް އަޔާޒްދެކެ ލޯބިވާނެ ގޮތް ހެއްދެވުމަށް އަޔާޒް ދުޢާކުރަން ބޭނުންވާ ވާހަކަ ސަމާސާއަކަށް ނަމަވެސް އަޔާޒް ބުނާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް އަޔާޒްވީ އެއަށްވުރެ ބޮޑަށް ހިތްދަތިވެފައިކަން އޭނަ ބުނެލި ބަސްތަކުން މަލާކަށް އެނގުންވިއެވެ.
“އަހަރުމެން އެންމެ ބޮޑަށް ދުޢާކުރަންޖެހޭނީ ފާފަ ފުއްސެވުމަށް އެދިދޯ؟ ދެން އާޚިރަތަށްޓަކައި ދުޢާކުރަން ބޭނުންވަނީ. މި ދުނިޔެއިން ކަމަކަށް އެދުމަށްވުރެ ނޭދުން ހިތަށް މާ ފަސޭހަވާނެ.” އަޔާޒް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ ބުނެލި އެ ބަސްތަކުން މަލާކްގެ ހިތުގައި ވެސް ރިހުމެއް އުފެދެން އުޅުނެވެ. ސިކުންތުކޮޅެއް ވަންދެން އަޔާޒަށް ބަލަން ހުރުމަށްފަހު މަލާކަށް ވާހަކަ ދެކެވުނެވެ.
“އަޔާޒް ދެން ހިނގާ އެތެރެއަށް….މަލާކް ކުޑަކޮށް ފިނިވާން ފަށައިފި.” މަލާކް އެހެން ބުނެލީ ޙަޤީޤަތުގައި ވެސް ފިނިކަމެއް އިޙްސާސް ކުރެވެން ފެށުމުންނެވެ. އެހެނަސް އެއަށްވުރެ ބޮޑަށް އޭނަ ވީހާވެސް އަވަހަކަށް އަޔާޒްގެ ހިތާމައަށް ނިމުމެއް ގެންނަން ބޭނުންވެފައިވިއެވެ. އަޔާޒް ހިނގާށޭ ބުނުމުން މަލާކް އޭނަ ގެންގޮސްދޭނަންދޯއޭ ބުނެލިއެވެ. އަޔާޒް އިރުކޮޅަކު ހުރުމަށްފަހު ހޫންލައްވާލަމުން ގޮނޑީގެ ފަހަތުގައި ހިފެހެއްޓި ވަގުތު މަލާކް އޭނަގެ އުނގުމަތީގައި އަތް ބޭއްވިއެވެ. އަޔާޒް މަލާކް ކޮޓަރީގެ ތެރެއަށް ވަނުމާއެކު ކަންތައް ވާން ފެށީ މިއަދު ހެނދުނު ކަންތައް ހިނގި ގޮތަށެވެ. އަޔާޒް އޭނަ ގެންގޮސް ގޮނޑި މަޑުކޮށްލީ އޭގެ ފަހަތް ފާރަށް ވާގޮތަށް އެއްކަލަ ހަރުގަނޑުގެ ކައިރީގައި ކަހަލަ ގޮތަކަށެވެ. މަލާކް އެތާ ބެހެއްޓުމަށްފަހު މަލާކަށް ދޭން ތުވާލި ނެގުމަށްޓަކައި އަޔާޒް ދިޔައީ ވަކި ވިސްނުމެއްނެތިއެވެ. އެހެނަސް ހަރުގަނޑުން ތުވާލި ނަގައިގެން މަލާކާއި ދިމާލަށް ދިޔަ މަގުމަތީގައި މަލާކް ބުރުގާ ނަގައި އުނގުމަތީގައި ބޭއްވި މަންޒަރު ފެނި އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ. އޭނަ ބަލަބަލާ ހުއްޓާ މަލާކް އޭނަގެ ތެތް އިސްތަށިގަނޑުވެސް ނިއުޅާލަމުން އޭނައަށް ބަލާލި ތަނާހެން އަޔާޒަށް ހަމަހޭވެރިކަމެއް ލިބުނެވެ. އެއާއެކު އޭނަ މިއީ ވަކި މާ ބޮޑުކަމެއްކަމަށް ނަހަދާ ފެން ހިއްކާށޭ ބުނަމުން ގޮސް މަލާކްގެ އަތަށް ތުވާލި ދިނެވެ. އެއަށްފަހު އޭނަގެ އިޙްސާސްތަކުގެ މައްޗަށް ބާރު ފޯރުވުމަށްޓަކައި އަޔާޒް އޭނަގެ ކޮޓަރިއަށްދާން ޚިޔާލުކުރިއެއްކަމަކު ކޮޓަރި ތެމިދާނެކަމުގެ ބަހަނާއާއެކީ މަލާކްގެ އަލަމާރި ކައިރިއަށް ދިޔައެވެ. އަދި މިއަދު ހެނދުނު ފަދައިން އެ އަލަމާރިން ތާޒާ ތުވާލިއެއް ނަގައި އޭނަގެ ބޯ ހިއްކަމުން މަލާކަށް ނަޒަރެއް ދިނެވެ. މަލާކް އޭރުވެސް އިނީ ބޮލާއި އެކީ މޫނުވެސް ތުވާލިން ފޮރުވައިގެންނެވެ. އަތް ހިންގަމުން ދިޔަގޮތުން މަލާކަށް އުދަގޫވެގެން އުޅޭކަން އެނގުމުން އަޔާޒް އެދިމާލަށް ދާން ބޭނުންވިއެއްކަމަކު އޭނަ ދުރަށް ނަޒަރު ހިންގާލިއެވެ. އޭނަ ބޭނުންވީ މަލާކް އޭނައާއިމެދު ބެހެއްޓި ދުރުކަން މަލާކާއި ވެސް ބަހައްޓާށެވެ. މުޅި ދުވަސް ތެރޭގައި މަލާކް އޭނަ ކައިރިއަށް އައިސް އޭނަ ނޫން މީހެއްދެކެ ލޯބިނުވާކަމަށް ބުނާ މަންޒަރު އަޔާޒަށް ސިފަކުރެވުނެވެ. އެހެނަސް މަލާކް އޭނަ ހީކުރި ގޮތަށް ކަންތައް ކުރުމުން އަޔާޒް ‘ޙަޤީޤަތާއި’ ކުރިމަތިލާން ބޭނުންވެފައިވިއެވެ. އެހެނަސް….
“އަޔާޒް…..އަޔާޒް ފެން ހިއްކައި ނިމުނީމަ އައިސްދެވިދާނެތަ މަލާކަށް ހެލްޕްވާން؟ އަހް ސީރިއަސްލީ!” މަލާކް އެހެން ބުނެލީ ހަމަ ޙަޤީޤަތުގައިވެސް އަތުން ވަރުބަލިކަމެއް އިޙްސާސް ކުރެވުމުންނެވެ. އެހެނަސް އޭނަ ބޭނުންވި ނަމަ އޭނައަށް އެ ވަރުބަލިކަމާއި އެކީގައި ވެސް ބޮލުގެ ފެން ހިއްކާލެވުނީހެވެ. އޭނަ އިންތިހާއަށް ވަރުބަލިވާ ކަމަށް ހެދި ތުވާލި ބޯމަތީގައި އޮތްގޮތަށް ބާއްވައި ދެއަތް ވައްޓާލި މަންޒަރު އަޔާޒަށް ދައްކާލީ ވަކި މުރާދެއް ޙާޞިލު ކުރުމަށެވެ. އެ މުރާދު ޙާޞިލުވާން ގާތްވެސްވިއެވެ. އިސާހިތަކު އަޔާޒަށް މަލާކްގެ ކައިރިއަށް ދެވެން އުޅުނެވެ. އެހެނަސް އެހެން ޚިޔާލެއް ލިބުމުން އޭނަ މަޑުކޮށްލިއެވެ.
“މަޑުކުރޭ ހައިފާއަށް ގުޅާފަ ބުނާނަން ހެއާރ ޑްރަޔާރއިން ހިއްކައިދޭށޭ…” އަޔާޒް އެހެން ބުނިތަނާހެން މަލާކް އޭނަގެ މޫނުމަތިން ތުވާލި ނަގައި ބޯމަތީގައި ބާއްވަމުން ވާހަކަ ދެއްކިއެވެ.
“އުނހު ހެއާރ ޑްރަޔާރއަށް މަލާކް ވަރަށް ބިރުގަނޭ. އޭގެ ތެރޭގަ އިސްތަށްޓެއް ހަރުލަފާނެތީ. އަދި އެހާ ބާރު އަޑެއް ކިޔާނީ…” މަލާކް ކަންބޮޑުވުން އެކުލެވިގެންވި ގޮތަކަށް ބުނެލިއެވެ.
“އިޓްސް އޯކޭ މަލާކް. ހައިފާ ވަރަށް މޮޅުވާނެ އޭތި ގެންގުޅެން. އިސްތަށްޓެއް ހަރުނުލާނެ.” އަޔާޒް ބުންޏެވެ.
“އެކަމަކު ނޫނޭ އަޔާޒް. މި ގަޑީގަ ހައިފާ ނިދަން ކަންނޭނގެ އުޅޭނީވެސް. މާދަމާ ޓެސްޓެއް އޮތް ވާހަކަވެސް ބުނި. އެކުއްޖާއަށް ވެސް އުދަގޫ ކުރާކަށް ނުވާނެދޯ؟ އަދި މަލާކްގެ ވެސް ޓެސްޓްތައް ފެށޭނެ ވަރަށް އަވަހަށް. ފެން ނުހިއްކާ ހުއްޓާ ބަލިވެއްޖެއްޔާ ސަކަރާތްވާނެ.” މަލާކް ބުނެލިއެވެ. މިފަހަރު އޭނަ އެހާވަރަށް ވާހަކަ ދެއްކުމުން މަލާކްގެ އެދުމަކީ ކޮބައިކަން އަޔާޒަށް އެނގުންވި ވަގުތު ފުން ނޭވައެއް ދޫކޮށްލެވުނެވެ. މަލާކް ބޭނުންވަނީ އޭނަގެ އިޙްސާސްތަކާއި ކުޅެންތޯ ހިތަށްއެރި ވަގުތު އުދަގޫވެގެން އުޅޭފަދަ އަސަރެއް އޭނަގެ މޫނުމައްޗަށް ވެރިވީވީހެން އިސްޖަހާލެވުނެވެ. އެހެންކަމަށްވާނަމަ އެގޮތްވެސް ހެވެއެވެ. މަލާކާއި ވަކިވުމުގެ ކުރިން ކުޑަ ދުވަސްކޮޅަކަށް ވިޔަސް އޭނަ މަލާކާއެކީ ހުންނަ ބިލާހެއްގެ ތެރޭގައި އުޅެލަން އޭނަވެސް ބޭނުންވެއެވެ. ހިތަށްވެރިވި އެ ޚިޔާލާއެކީ އަޔާޒް ލަސް ހިނގުމެއްގައި ގޮސް މިއަދު ހެނދުނު ހެދި ގޮތަށް މަލާކްގެ ކުރިމަތީގައި ކުރުފައިމައްޗަށް ތިރިވިއެވެ. އެއަށްފަހު ލަސްލަހުން މަލާކްގެ ބޯމަތީގައި އޮތް ތުވާލީގައި އަތް އަޅައި އޭނަގެ އަތް ހިންގަން ފެށިއެވެ. އަނެއްކާވެސް ނުހަނު ގާތުން އަޔާޒްގެ މޫނު ފެނިގެން ދިޔުމުން މަލާކްގެ ހިތުގެ ތެޅުން އަވަސްވާ ގޮތްވިއެވެ. މިއަދު ހެނދުނު އަޔާޒް ބުނި ބަސްތައް ހާސްވަނަ ފަހަރަށް ހަނދާންވެގެން ދިޔަ ހިނދު އަޔާޒްގެ ލޮލަށް ނަޒަރު ހުއްޓާލެވުނެވެ. އެހެނަސް ހެނދުނާއި ޚިލާފަށް އެ ލޯ އޭނައަށް އަމާޒުވެފައެއް ނުވެއެވެ. އަދި އެ ލޯމަތިން އެވަގުތު ފެންނަމުން ދިޔައީ މިއަދު އަޔާޒް ސިފަކުރި ލޯތްބަށްވުރެ ބޮޑަށް ވަރުބަލިކަމެވެ. އޭނައާއިހެދި އަޔާޒް މުޅި ދުވަސް ތެރޭގައި ތަޙައްމަލުކޮށްފައިވި ވޭންތައް ހިތަށް ގެނެވުމުން މިހާއިރު ވީއިރު ޙަޤީޤަތް ކިޔައިނުދެވުނު ކަމަށްޓަކައި އެވަގުތު އަމިއްލަ ނަފްސު ކުށްވެރިވެސް ކުރެވުނެވެ. އިސާހިތަކު އައިޕޮޑް ނަގައި އެ ރިކޯޑިންގް ޕްލޭ ކުރަން ބޭނުންވިއެއްކަމަކު އެ ވަގުތުކޮޅުގެ ޒާތުން އެހެން ޚިޔާލެއް މަލާކްގެ ސިކުނޑިއަށް ވެރިވިއެވެ. މިއަދު ހެނދުނު އަޔާޒް އޭނަގެ މޫނުގައި ހިފަހައްޓައިގެން ހުރި ގޮތުން އެ ވަގުތުކޮޅު ކުރިއަށް ދިޔަނަމަ ވާނެގޮތް ހިތަށް ގެނެވުނެވެ. އެ ޚިޔާލުތައް ލޮލަށް ސިފަވުމުން ވެސް ޖެހިލުންވިއެއްކަމަކު އޭނައަށް އެނގުނުހާވެސް ކަމަކީ އޭނަ އެވަގުތު އަޔާޒް އުފާކޮށްދޭން ބޭނުންވިކަމެވެ. އެހެންކަމުން ޖެހިލުންވުމެއްގައި ސިކުންތުކޮޅެއް ވަންދެން އަޔާޒަށް ބަލަން އިނދެފައި މަލާކް ކުއްލި ގޮތަކަށް ކުރިއަށް ޖެހިލަމުން އަޔާޒްގެ ކޯތާފަތުގައި ބޮސްދިނެވެ. އެއާއެކު އެކަހަލަ ކަމަކަށް އުއްމީދުކޮށްގެން ނެތް އަޔާޒް ހުއްޓުން އަރައި މަލާކަށް ބަލާލިހިނދު ކުރެވުނު ކަމާމެދު ނުތަނަވަސްވެ މޫނު ރަތްވެފައި އިން މަލާކްގެ ނަޒަރުވެސް ހުއްޓިފައިވީ އޭނައަށެވެ. ކަންވީގޮތް ނަގައިގަންނަންވެސް އަޔާޒަށް ހިނދުކޮޅެއް ނެގިއެވެ. ނަގައިގަނެވުމާއެކު މަލާކް އެގޮތަށް ހަދަންވީ ކީއްވެތޯ ހިތަށްއެރިއެވެ. ފަޅި ސިކުންތަކަށް އޭނަގެ ހިތް އުފާވެރިކަމުން ފުރިގެން ދިޔައެއްކަމަކު މާގިނައިރެއްނުވެ ސިކުނޑިއަށް ވެރިވި ޚިޔާލުތަކުން އެ ހިތް ފޫއަޅުވާފައި އެ އުފާވެރިކަން ގެއްލިދާން ފެށިއެވެ. މަލާކް މިހެން މި ހަދަނީ އޭނައަށްވާ ޙަމްދަރުދީއެއްގެ ސަބަބުންތޯ ހިތަށްއެރި ހިނދު އަސަރެއްނެތް ގޮތަކަށް ހީލެވުނެވެ. އޭނަ މަލާކްދެކެ ލޯބިވާތީ ވަކި މަލާކް ލޯބިނުވާ ޙާލު އޭނައާއި ކައިރިވާން މަޖުބޫރެއް ނޫންކަމަށް ބުނަން ބޭނުންވިއެވެ. އެހެނަސް އެފަދަ ބަސްތައް ދުލާއި ހަމައަށް ގެންނަން ނުކުޅެދުމުން އަޔާޒް އެހެން ހުރެހުރެފައި ކޮޅަށް ތެދުވެލިއެވެ. އަޔާޒަށް ވީ ގޮތުން އަޔާޒަށް ނެގުނީ އޭނަގެ އެ ޙަރަކާތުގެ ވެސް ނުބައި މާނައެއްކަން މަލާކަށް އެނގުންވީ ހިނދު އަޔާޒް އޭނައަށް ފަސްދީފައި ދާން ހިނގައިގަތުމުން މަލާކް އޭނަގެ ނަމުން ގޮވާލިއެވެ. އާދައިގެ މަތިން މަލާކް ގޮވާލުމާއެކު އަޔާޒަށް އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ.
“އަންހެންކުއްޖަކު ޖެހިލުންވާއިރުވެސް ފިރިހެނަކާއި އެގޮތަށް ކައިރިވާނީ ކީއްވެކަން އަޔާޒަށް އެނގޭތަ؟” މަލާކް ސުވާލުކުރިއެވެ. މަލާކް ސުވާލުކުރި ގޮތުން އަޔާޒްގެ ސިކުނޑި ޚުދު އޭނަ ކުރި ސުވާލެއްގެ މަތިން ހަނދާންކޮށްދިނެވެ. އެއާއެކު އޭނަގެ ހުރިހާ ސަމާލުކަމެއް އެ ބަސްތަކަށް ދެވުނު ހިނދު އޭނަގެ ހުރިހާ ޙިއްސެއް ހޭލިއެވެ.
“ލޯބިވާތީ….ލޯބިވެރިޔާ އުފާކޮށްދޭން ބޭނުންވާތީ. ދެރަވެފަ ހުންނަތަން ދެކެން ބޭނުންނުވާތީ. ހިތްހަމަޖައްސައިދޭން ހިތް އެދޭތީ.” މަލާކް ލަސްލަހުން އަޔާޒް އޭނަގާތު ބުނި ބަސްތައް ހަނދާންކުރަމުން އޭނަގެ އިޙްސާސްތައް ހަމަ އެފަދަ ގޮތަކަށް ފާޅުކުރިއެވެ. މަލާކް ބުނެލި ބަސްތަކާއެކީ އަޔާޒްގެ ލޮލުން ދިލަނަގަން ފެށިހެން އޭނައަށް ހީވިއެވެ. އޭނަ ދެންމެ އިވުނު ބަސްތައް ޤަބޫލުކުރަންވެސް ނޭނގިފައި ހުރިގޮތަށް ހުއްޓާ އޭނައަށް އަނެއްކާވެސް މަލާކްގެ އަޑުއިވުނެވެ. އަޑު އައި ގޮތުން އެއީ ރިކޯޑިންއެއްކަން އޭނައަށް އެނގުންވިއެވެ.
“އާނދޯ؟ އެހެންވިއްޔާ މަލާކްވެސް ވަރިވެގެން ރަށަށް ގޮއްސިއްޔާ އިންނާނެ މީހަކު ހުންނާނެތާ!”
އިވިގެންދިޔަ ބަސްތަކުން އެއީ އޭނައަށް އިއްޔެ އިވުނު މަލާކްގެ އަޑުކަން އަޔާޒަށް އެނގުންވީވީހެން އޭނަގެ ހިތް ދެރަވިއެވެ. އެހެނަސް އެ ވާހަކަ ކުރިއަށް އިވެން ފެށުމުން އަޔާޒަށް އަޑުއެހުނެވެ.
“އާނއެކޭ….ހިޝާމް ލޯބިވާނެ މަލާކް ދެކެ އެހެން އެއްވެސް މީހަކަށްވުރެ ބޮޑަށް. އެއީ މަލާކްގެ ހިޝާމްއެއްނު؟ ހެހެހެ…..”
“ހެހެ….އެކަމަކު ޓޫ ބޭޑް. މަލާކް ލޯތްބެއްނުވޭ ހިޝާމްދެކެ….”
“އެބުނީ އެއްކަލަ ވާހަކަ! ދެން ކާކުދެކެ ލޯބިވަނީ؟ ތި އިނދެގެން އުޅޭ އަޔާޒްއަކާ؟ ބަލާތި ދުވަސްކޮޅަކުން މަ ދޫކުރި މީހާހެން ތީނަ ވެސް އެހެން އަންހެނަކާއެކީ ނިކުންނަތަން ފެންނާނީ. އަހަރުންނަށް ޔަޤީނޭ މަލާކް ކިތަންމެ ފޮރުވަން އުޅުނަސް އޭނަ ލޯބިވެރިއެއް ގެންގުޅޭނެކަން. ރަޝިޔާގަ ހުއްޓާ އަހަރެން ގުޅިއިރު އެތައް ރެއަކު އޭނަ ގޭގަ ވެސް ނެތެއްނު؟ ފައިސާވެރި މަލޭ ފިރިހެނުންގެ ވައްތަރު އެއީ.”
“އޭނަ ލޯބިވެރިއެއް ނުގެންގުޅެއޭ ރައު. އޭނަ ވަރަށް ރަނގަޅު. ވަކިން ޚާއްޞަކޮށް އަދި މިހާރު. މަލާކަށް ވަރަށް ކަންތައް ކޮށްދޭނެ. ބަލިވީމަ ފަރުވާދޭން ކައިރީގަ ހުންނާނެ. މަލާކް ޞިއްޙަތަށް ގެއްލުންހުރި ގޮތަކަށް އުޅެންޏާ ސަމާސާއަކަށް ހަދާފަވެސް އެކަމުން ދުރުކުރާނެ. މަލާކަށް ކިޔަވަންވެސް ފުރުޞަތު ހޯދަދީ ވަޒީފާއަށް ދެވި ވަޒީފާގެ މާޙައުލަށް ހޭނެން ވެސް ދަސްކޮށްދިނީ ހަމަ އޭނަ. ބަދަލުގަ އަސްލު މަލާކްވެސް ބޭނުންވޭ އޭނައަށްޓަކައި ކަންތައްކޮށްދޭން…”
“މަލާކް ކޮޔާ މަ ބުނާނެ ވާހަކައެއްނެތް. ތިހެން އުޅެމުން ގޮސް އޭނަދެކެ ލޯބިނުވާތި! ކޮންމެވެސް އެއް ބޭނުމަކު އޭނަ މަލާކް ކަހަލަ ކުއްޖަކާ އިންނާނީ. ބޭނުން ފުދުނީމަ އޭނަ މޫނަށްވެސް ބަލާނުލާ މަލާކް ތި ގެއިން ނެރޭނީ.”
“ހެހެ……މަލާކް މިހިރީ އެހެންނޫނަސް އޭނައާއި ވަކިވާން އެދެންވެގެން. އަޔާޒް ކަހަލަ ރަނގަޅު ފިރިއަކަށް ޙައްޤުވަނީ ހަމަ އޭނަ ފަދައިން ދެފައި މައްޗަށް ކޮޅަށް ތެދުވެވޭ ޤާބިލު އަންބަކު. އެފަދަ ދިރިއުޅުމެއް އަޔާޒަށް ހޯދަދޭން މަލާކް މިހިރީ ތައްޔާރަށް. އެކަމަށްޓަކައި މަލާކްގެ އުފާވެރިކަން ޤުރުބާންކުރަން ޖެހުނަސް..”
“ކީކޭ މަ ބުނާނީ ދެން؟ މަށަށް ހީވަނީ ސިހުރެއް ޖެހިފަހެން ތިހުރީ މަލާކް.”
“ހެހެ….ވެދާނެދޯ ތިހެންވެސް؟ ދެން ބޭއްވީއޭ. ބައިވަރު މަސައްކަތްތައް އެބަހުރި.”
މަލާކް އެހެން ބުނެލި އަޑަށްފަހު ރައުފާ އޯކޭއޭ ބުނެލުމާއެކު އެ ރިކޯޑިންގްއަށް ނިމުމެއްއައެވެ. އެއާއެކު މަލާކް އައިޕޮޑަށް ބަލައިގެން ހުރެފައި އޭނަގެ ކުރިމަތީގައި ހުރިގޮތަށް ހުރި އަޔާޒަށް ބަލާލެވުނެވެ. ސިކުންތުކޮޅެއް ހިމޭންކަމަށްފަހު އަޔާޒް އޭނައާއިވީ ފަރާތަށް މުޅިންހެން ފަސްއެނބުރި އޭނައަށް ބަލާލިއެވެ.
“ކާކު ބުނީ މަލާކް ތިއީ އަހަންނަށް ޙައްޤުވާ ކަހަލަ އަންބެއްނޫނޭ؟” އަޔާޒް އެވަގުތު ބުނަން އެތައް ވާހަކައަކާއި ކުރަންހުރި އެތައް ސުވާލެއްވިއެއްކަމަކު އެހެން ބުނެލެވުނީ އޭނަގެ ހިތަށް އެންމެ އަސަރުކުރި ތަންކޮޅަކީ އެއީ ކަމަށްވާތީވެއެވެ. އަޔާޒް ބުނެލި ވާހަކައިން މަލާކަށް ހީލެވުނެވެ.
“ޙައްޤުވާ ކަހަލަ އަންބެއްވިއްޔާ ދެން އެ މާ ބޮނޑި ދޭންވީއެއްނު؟” މަލާކް ހިނިތުންވުމަކާއެކީ އެހެން ބުނެލި ހިނދު އޭނަގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވިއެވެ. އެހިނދު އަޔާޒްގެ ހިތަށްވެސް ވެރިވި އުފާވެރިކަމާއެކީ އޭނައަށް ހީލެވުނު ވަގުތު އޭނަގެ ލޮލުން ކަރުނަތައް ހިލުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ މަޑުކުރުމެއްނެތި ދިގު ފިޔަވަޅުތަކެއްގައި ގޮސް މަލާކްގެ ކުރިމައްޗަށް ތިރިވެ މަލާކްގެ ގައިގައި ބާރަށް ބައްދާލިއެވެ. ބަދަލުގައި މަލާކްވެސް އަޔާޒްގެ ގައިގައި ބައްދާލި ވަގުތު މަލާކަށް ބާރަށް ހިފޭ އަތާއި ދިމާލުން އަޔާޒްގެ ގަމީހުގައި ރޫތައް ނެގިގެން ދިޔައެވެ.
އެރޭ މަލާކާއި އަޔާޒާއި ދެމެދު ވީހާ ފަރުދާއެއް ނެގި އެމީހުންގެ ޙަޔާތުގައި އާ ބާބެއް ފެށިގެން ދިޔައެވެ. އެދުވަހު ދެމީހުން އެކަކު އަނެކެއްގެ ކައިރީގައި ބުނި ލޯބީގެ ބަސްތައް ދެމީހުންނަށް ވެސް އިޙްސާސް ކުރެވުނީ އެރޭގެ ތެރެއިންނެވެ. އަޔާޒްގެ ކޮންމެ ޙަރަކާތަކުން މަލާކަށް އިޙްސާސް ކުރެވުނީ ލޯތްބާއި އޯގާތެރިކަމެވެ. މަލާކްގެ ކޮންމެ އިސްނެގުމަކުން އަޔާޒަށް އިޙްސާސް ކުރެވުނީ މަލާކް އޭނަ އުފާކޮށްދޭން ބޭނުންވި މިންވަރެވެ. އެ ކުރެވުނު އިޙްސާސްތަކާއެކީ ދެމީހުންނަށް ވެސް އެއްކަމެއް ޔަޤީންވިއެވެ. ދެމީހުން އެކަކު އަނެކަކާއި ވަކިވާން ބޭނުންނުވާކަމެވެ.
އޭގެ އަނެއްދުވަހު ދެމީހުންނަށްވެސް ހޭލެވުނީ ފަތިސް ނަމާދު ވަގުތަށް މަލާކްގެ ފޯނު އެލާމްވާން ފެށުމުންނެވެ. ނިދި ބަރުވެފައި ލޯތައް ހުޅުވަން މަސައްކަތް ކުރަމުން ދަނިކޮށް ނިދިފިލައި ދިޔައީ މަލާކް އޭނަ ކައިރީގައި އަޔާޒް އޮތްތަން ފެނިފައި ސިއްސައިގެން ދިޔުމުންނެވެ. އެއާއެކު ދެމީހުންނަށް އެކުއެކީގައި ހެވެން ފެށިއެވެ.
އާދައިގެ މަތިން އެދުވަހުވެސް އަޔާޒް ފަތިސް ނަމާދަށް މިސްކިތަށް ދިޔައިރު މަލާކް ގޭގައި ނަމާދު ކުރިއެވެ. ނަމާދަށްފަހު ޤުރުއާން ކިޔަވައި ޒިކުރުވެސް ކިޔުމަށްފަހު އެހެން ދުވަސްދުވަހެކޭ ވެސް އެއްފަދައިން މަލާކް އެނދުގައި އިށީނީ އޭނަގެ ފައިގެ ކަސްރަތުތައް ހެދުމަށެވެ. އެ ޙަރަކާތްތައް ގެންނަމުން ދިޔައިރުވެސް މަލާކަށް ހެވިފައި އިނދެވުނީ އަޔާޒާއި އޭނަގެ ހަނދާންތައް ތަކުރާރުކޮށް ހަނދާންވަމުން ދިޔައީތީވެއެވެ. އަޔާޒަށް ވެސް މިސްކިތުން ގެއަށް އައި މަގުމަތީގައި ދޭތެރެދޭތެރެއިން ހިނިތުންވެވެމުން ދިޔައީ ހިތަށްވެރިވެފައިވި އުފާވެރިކަމެއްގެ ސަބަބުންނެވެ. އޭނަ ގެއަށް އައިސް ކޮޓަރިއަށް ވަން ވަގުތު އެނދުގައި އިން މަލާކް އޭނައަށް ފެނުނެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް އޭނަ ކަސްރަތު ކުރާކަން މަލާކް އަޔާޒަށް އިތުރަށް ފޮރުވަން ބޭނުމެއްނުވުމުން މަލާކް އެ އިންގޮތަށް އިނދެ އޭނަގެ އެއްފައި ހިއްލައި ކަކޫ ސީދަލަށް ބެހެއްޓޭތޯ ބެލިއެވެ. މަލާކަށް އެންމެ ގިނަވެގެން ވެސް އެހެން ހުރެވެނީ 10 ވަރަކަށް ސިކުންތަށެވެ. އެއަށްފަހު މަލާކް ވަރުބަލިވެގެން ފަދަ ގޮތަކަށް ފައި ތިރިކޮށްލެވުނު މަންޒަރު ފެނިފައި އަޔާޒް ވާހަކަ ދެއްކިއެވެ.
“ހާދަ ކުޑައިރުކޮޅަކަށް ތި ހުންނަނީ. ތިހާވަރުން ކުރާނެ ފައިދާއެއް ނުހުންނާނެ.” އަޔާޒް އެހެން ބުނެލަމުން ގޮސް މަލާކްގެ ކުރިމައްޗަށްވާ ގޮތަށް ބިންމަތީގައި އިށީނދެ މަލާކް ދެންމެ ހިއްލި ފައިގެ ތަނބިކަށީގައި ހިފައި އޭނަގެ ކޮނޑުމަތީގައި ފައި ބޭއްވިއެވެ. ފައި ދެންމެ ހުރިގޮތަށް ސީދާވެގެން ދިޔުމުން ކަކުލަށްވީ ކުޑަ ތަދާއެކީ މަލާކަށް ވާހަކަ ދެކެވުނެވެ.
“އައުޗް! ތަދުވެއޭ އަޔާޒް…” އޭނަ އެހެން ބުނިއިރު ތަދު ފިލައިދިޔައެއްކަމަކު އަޔާޒާއި ސަމާސާވެރި ޖަދަލެއްކުރަން ބޭނުންވުމުން އޭނަ ބުނެލިއެވެ.
“ހުމް….އެނގެއޭ. ތަދުކުރަންވެގެންނެއްނު މިއުޅެނީ؟” މަލާކަށް ތަދުވާނެ ވަރު ރަނގަޅަށް އެނގިހުރެ އެ ފައި މަސާޖުކުރަމުން އަޔާޒް ބުނެލިއެވެ. އެއާއެކު މަލާކަށް ލުއިގޮތަކަށް ހީލެވުނެވެ.
“އަސްލު އެނގޭތަ އަޔާޒް؟ މިއީ ކުރީ ދުވަހަކު މަލާކަށް ޔޫޓިއުބުން ފެނުނު އެކްސަސައިޒްތަކެއް މި ހަދަނީ. އެއީ ހަމަ ނުހިނގޭ ކުއްޖަކު ހަދާ ކަސްރަތުތައް. އޭގެއިން ބުނޭ އެ ކަސްރަތުތައް ހެދީމަ އެކުއްޖާއަށް ހިނގިވެސް ދާނެއޭ. އެހެންވެ މަލާކް މިއެއްޗެހި މި ހަދަނީ. ހީވޭ ކުޑަކޮށް ކުރިއެރުންތައް ލިބޭހެން ވެސް. މިހާރު އެނދަށް އަރަން ތެދުވާއިރުވެސް އެހާ ބޮޑަށް ބިރެއްނުގަނޭ. ގޮނޑިން ތެދުވެފަ ރަނގަޅަށް އެނދުގަ އިށީނދޭނެކަމުގެ ޔަޤީންކަމެއް އޮވޭ. ދެން މި މޫވްމެންޓްސްތައް ގެންނައިރު ވެސް މިހާރު ކުރިއަށްވުރެ ވަރަށް ބޮޑުތަން ރަނގަޅު. މިހާރު އެކި ގޮތްގޮތަށް ފައި މޫވްކުރާއިރުވެސް ވަރަށް ކުޑަކޮށް ތަދުވަނީ. މީތި ހަދާއިރުވެސް ތަދުނުވެ ހަމައެކަނި ވަރުބަލިވަނީ…” މަލާކް ތަފްޞީލުކޮށް ކިޔައިދިނެވެ.
“އަސްލުވެސްތަ؟” އަޔާޒް ނޭނގޭކަމަށް ހަދަމުން ބުނެލިއެވެ.
“ހުމް….އެކަމަކު މަލާކްގެ ހުރި ބައްޔެއްނޫން ޔޫޓިއުބްގަ އެ ހުންނަ ކުއްޖާގެ އެ ހުންނަނީ. ސެރެބްރަލް ޕަލްސީއެއްނޫން މަލާކްގެ ބައްޔަކީ.” މަލާކް ބުންޏެވެ.
“އެހެންތަ؟ އެހެންވިއްޔާ ދެން ކޮން ބައްޔެއްތަ މަލާކްގެ ތިހުރީ؟” އަޔާޒް އެހެން އަހާލީ ހިސާބެއް ޙައިރާންކަމަކާއި އެކީގައެވެ. މަލާކް އެފަދަ ވާހަކައެއް ބުނަންވީ ސަބަބެއް ނުވިސްނުމުންނެވެ.
“ނޭނގެ މަލާކަށް އެ ބަލީގެ ނަން ކިޔާކަށް. އެ ނަން އޮތް މަލާކްގެ އެމްއާރްއައި ރިޕޯޓުގަ….ވަރަށް ނުރައްކާތެރި ބައްޔެއް އަސްލު މަލާކްގެ ހުރީ. ސިކުނޑިއަށް ގެއްލުމެއް ލިބިފަ ހުރީ. ދުވަސްވާރަކަށް އެ ގެއްލުން ބޮޑުވަމުން ދާނެއޯ ރިޕޯޓުގަ އޮތީ…” މަލާކް ބުނެލި ވާހަކައިން އޭނަގެ ފައިގައި ހިފަމުން ދިޔަ އަޔާޒްގެ އަތުގެ ޙަރަކާތްތައް ލަސްވެގެން ދިޔައެވެ. މަލާކް ބުނެލި ވާހަކައިން އޭނަގެ ހަނދާންތައް މީގެ 4 ވަރަކަށް މަސް ކުރިއަށް ދަތުރުކުރިއެވެ. އިންޑިޔާގެ ހޮސްޕިޓަލުގައި އިނދެގެން އޭނަ ލިޔުނު އެމްއާރްއައި ރިޕޯޓެވެ. އެ ރިޕޯޓު ހިފައިގެން ޑޮކްޓަރަށް ދައްކަން އައި މެދު ޢުމުރުގެ ފިރިހެން މީހާއެވެ. ދެންމެ މަލާކް ބުނި ފަދަ ގޮތަކަށް ރިޕޯޓު ބަދަލުކުރަން އެ ފިރިހެން މީހާ އޭނަގާތު އެދުނު ގޮތެވެ. ވިސްނުމެއްގައި އިނދެފައި އަޔާޒަށް ވާހަކަ ދެކެވުނެވެ.
“މަލާކް…..ކާކުތަ މަލާކްގެ އެމްއާރްއައި ރިޕޯޓް އެދުވަހު ގެނެސްދިނީ؟ މި ބުނީ ހޮސްޕިޓަލުން ރިޕޯޓް ނަގަން ދިޔައީ ކާކުހޭ؟” އަޔާޒަށް އަހާލެވުނެވެ.
“ރިޕޯޓް ނަގަން ދިޔައީ ބޮޑުބޭބެ…އަޔާޒަށް ފަހަރެއްގަ އެނގިދާނެ ބޮޑުބޭބެ. ފާރޫޤު ހަސަން ކިޔާނީ. ފްރީސްޓައިލް ފިހާރަ އެނގޭތަ؟ އެ ފިހާރައިގެ ވެރިޔާ.” މަލާކް ބުނެލިއެވެ. ފާރޫޤުގެ ނަން އިވުމާއެކު އަޔާޒްގެ ދެބުމަ ކައިރިވިއެވެ. މަލާކްގެ ރިޕޯޓު ބަދަލުކުރި ކަމުގެ ނުރުހުންތެރިކަން ފާރޫޤަށް އަމާޒުވީ ވަގުތު އޭނަ ވިސްނުމެއްގެ ތެރެއަށް ގެއްލުނީ ކުރިން ދުވަހަކު ދޮންބެ ހަމަ އެ ފާރޫޤުގެ ވާހަކަ ދެއްކިހެން ހީވި ހީވުމާއި އެކީގައެވެ. އަދި އަމުދުން އެ ނަން އިވުނީ މަހީރާގެ ނަމާއި އެކީކަން އެނގުންވި ވަގުތު އޭނަގެ މޭ ނުބައިކުރާ ގޮތްވިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
36 Comments!
Comments are closed.







Masha allah mi part ves varah reethi… yayyy finallyyy malaak and ayaaz gulhunee dhw.. yayyy.. you are the best jana sis ❣
hehe…..FINALLY dho Saaji? Saaji happy veevaru engifa jana ves happy vejje 😀 Alhamdhulillah! (All praise and thanks belong to Allah) 🙂
VVV reethi maashaa allah
Alhamdhulillah! 🙂 <3
Mee nimen ves noolhunu vaahaka ehtha
dhemeehun loabi hushahelhyma vaahaka nimun majuboorutha? *curious*
finally malaak and ayaaz gulunee dow. story is wonderful MashaAllah. dhen aneh kaa mauvaage udhagu dho malaakah jeheyne…… soo sad..
aan dho finally edhemeehun e gulhuny? 🙂 Mauva eba aadhey dho Male’ ah? balamaa eyna hadhan ulhey gotheh 😀 <3
Salaam sis ♥️ can you reply to my comment in last epoisode please ?
Wa’alaikumussalaam. Extremely sorry for the late reply Thoo….i will reply to your comment and the other reader’s comment here. Furathama Thoo jana kairin sources eheema sources thah kiyaala dheefaanan In Sha Allah. Jana ginain Quran aa behey gothun dhaskurany Ustadh Nouman Ali Khan ge lecture thakun. Ustadh Nouman ge komme lecture akun ves eh ayah explain kohdheefa hunnaany. jana adha dhaandhenves jana beli lecture thahves thakuraaru koh balan. hama varah faidhaa kurey Alhamdhulillah! Meege ithurun Mufti Menk, Sheikh Omar Suleiman adhi Sheikh Yasir Birjaas ge lecture thakun ves jana ah faidha kurey. meege ithurah ves youtube ga hunnaane eki eki islamic reminders hunna video kolhuthah. ‘The daily reminder’ aa ‘One Islam Production’ kahala channel thah hunnaane. mi channel thah follow kureema hama ithuru sheikh menge vaahaka thahves iveyne In Sha Allah. Dhivehi lecture thah adu ahan beynunvaa kiyuntherinnattakai Sheikh Mohamed Iyaaz Abdul Lateef ge tafseer series thah hunnaane youtube ga. adhi hama ehenihen sheikhunge lecture thah ves hurey dhivehin. Sheikh Mohamed Aneel aa Sheikh Adam Shameem aa Sheikh Ahmed Sameer ge lecture thah.
ithurah tafseelukoh Quran aai medhu ungenen beynumiyya tafseer foiy thah ves hunnaane. Arabi neygenya Tafseer Ibn Kathir ge english translation foiy pdf koh hunnaane net in download vaan. meege ithurun ves kuree zamaanuge ilmuverin liyefa hunna tafseer foiy thah hunnaane. Aslu mi zamaanuge ilmuverin Quranuge ayah thah explain kohdheefa hunnaany e foiythakah balaigen. ey Quranuge ayatheh explain kohdheven onnaany emme 4 gothakah. ey Quranun Quran tafseer kurun, Rasool (SAW) ge hadhith thakun Quran tafseer kurun, Sahaabeenge basthakun Quran tafseer kurun ehen noony tabi’eennaai taba’a taab’ieenge basthakun Quran tafseer kurun. taab’ieennaai taba’a taabi’eennaky sahaabeennah fahu ai dhe generation. Rasool (SAW) ge hadhith akun engey gothga sahaabeennaai, taabi’eennaai taba’a taabi’ieen ey emme best 3 generation. ehenveema Quranuge ayah thakaa medhu ebeykalun dhannavaafa huri basthakah bodah samaalukan dheny 🙂
Meege ithurun Arabi dhaskuran beynumiyya jana recommend kuraany Ustadh Nouman ge Arabic with Husna course. eythi hunnaane Bayyinah TV site in liben. Aslu jana blog ga mi genesdhey course aky e course in inspire vegen gendhaa course eh. e mulhi course dhivehin foarukohdhinumaky jana ge varah bodu ummeedheh In Sha Allah. mihaaruves jana ge blog ga eythi start koffa hunnaany. In Sha Allah jana anna aharu thereyga eythi continue kuran kamah miulheny. blog link:
https://guidancefromquran.blogspot.com/search/label/Arabic
varah overwhelming dho mi hurihaa vaahaka eh effaharaa kiyaidhineema. ekamaku jana mi comment kiyaa kiyuntherinnah emme fahuge bahakah dheynee varah kuda naseyhatheh. ilmu ungenumuga emme muhimmu kamaky e ilmakaai eggothah ulhumah ilmu ungenun. eyrun Allah swt e ilmuga barakaaiy lavvai thibaage hiy ali kohdhevvaany. thibaa Allah aai medhu ungenen feshy miadhu kamahvaanama ves e elhuny varah bodu fiyavalheh. neyngey ehchessaa medhu visnumuge badhaluga komme dhuvahaku kommeves ekahcheh ungenen masakkaiy kuranvy. kommeves eh handhuma kohdhinumeh adu ahanvy. noony faidhaa huri ehcheh kiyanvy. e kudhi kudhi fiyavalhu thakugai barakaaiy lavvaany hama ekani Allah. (In Sha Allah)
Maai Allah alhamennah faidhaa kuranivi ilmu ithuru kohdhevvaashi. Ameen!
Masha Allah kury episode akah comment eh nukuran but keen vrh rythi curiously waiting for the next part
Alhamdhulillah! Next part monday night ga In Sha Allah 😀
Maashaa Allah v v reethi part ves, mihaaru abadhu mi vaahaka ah inthizaarukurevenee, thanks
asluvestha Mary? 😀 hehe….Alhamdhulillah! 🙂
Masha Allah vvv salhi. Jana haadha molhey.masha allah Vv ibraitheri dheeny side in liyaathy vv happy. All the best.
Alhamdhulillah! (All praise and thanks belong to Allah) 🙂 jana ah mi hunaru dhevvai dheeny vaahaka thah liyan hidhaayaiy dhekkevy hama ekani ekalaange. ekalaange iraadha kuravvaifinama hindhukolhegge thereyga ves mi niumaiythah gellidhaane. Maai Allah alhamennah hidhaayaiy ithuru kohdhevvaashi. Ameen!
Masha Allah…… V v v v v v v reethi ♥️♥️♥️♥️ jana sissyyyyyyyy… Kn irakun tha next part
Alhamdhulillah! Next part monday night ga In Sha Allah <3 <3 <3
Maasha Allah… جزاك الله خيرا
بارك اللّه فيك!
Blog post (English):
This is one of those ayahs that I don’t get tired of sharing. This one ayah of Suratul Furqaan where Allah teaches us a dua. He swt says:
رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا
“Our Master, gift us from our spouses, and from our offspring coolness of the eyes and make us leaders over those who are conscious of Allah.” Suratul Furqan, 74
The term I want to highlight in this ayah is the expression قُرَّةَ أَعْيُنٍ which is roughly translated as coolness of the eyes or comfort of the eyes. We are asking Allah for ‘coolness of the eyes’ from our spouses and our children. So let’s try and understand what we are asking for. This expression in the Arabic language has 3 meanings. The three meanings are explained below.
1. To be so happy with something that the eyes well up with tears of joy. Like for example the Arabs, when they wish something bad for someone, when they wish for someone to be overcome with negative feelings, they would say ‘may their eyes become warm.’ The opposite of that expression is ‘may their eyes become cool.’ This is to wish that they are overcome with joy. To the point they cry the tears of joy.
2. To find refuge from a storm. Because when the Arabs travelled through the desert and they face a sand storm, they would cover even their faces to be protected from the hotness and the sand. The only part they can’t afford to cover is their eyes. So you could imagine how disturbed their eyes would be through the whole trip. And when they finally reach a shelter somewhere through that storm, the Arab would say, ‘my eyes became cool.’ We can only imagine the relief he would feel as he walks into that shelter.
3. To not be able to take your eyes off of something. Because the word قُرَّةَ comes from the word قَرَار which means to stay.
So through this dua, we are asking Allah for 3 things. We are asking Him to make us so happy with our spouses and our children that we want to cry out of happiness. Even the sight of the spouse or the child makes you so happy that you want to cry. As you realize all that your spouse does for you and the love you receive from them.
We are also asking Allah, to make our spouses and our children the refuge from a storm. Because the world outside of the house is like a storm. You may be bombarded with a ton of workload, harsh words, misunderstandings and stress. But when you come home to your spouse and your children, you find refuge from all of that. You know that your family is the one place you will find comfort from all of that.
Moreover, we are asking Allah to make us so satisfied with our spouses and children that we can’t help but look at them. And we are asking Him not to let our eyes wander away from them. To not let shaithaan make us wonder whether there would be someone better than our spouse. To not let us compare our spouses and children to what others have.
All of this is beautiful and from the ayah, we know that this blessing of ‘coolness of the eyes’ from our families can only be a gift from Allah. And we will get it by the Will of Allah if we make this dua. But we mustn’t forget that along with this dua, we must make the effort to be the coolness of the eyes for our spouses and our children. To make them happy to the point they want to cry tears of joy. To be a refuge from any storm they might be in. To make them so happy with us that they don’t want to take their eyes off of us. Only then will we be able to feel the true happiness captured in this ayah. Subhaanallah!
May Allah grant us coolness of the eyes from our spouses and children. Ameen!
Blog post: (Dhivehi)
މިއީ އަޅުގަނޑު ތަކުރާރުކޮށް ޙިއްސާކުރަން ވެސް ވަރުބަލިނުވާ އާޔަތްތަކުގެ ތެރެއިން އާޔަތެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދުޢާއެއް ދަސްކޮށްދެއްވާ ސޫރަތުލް ފުރްޤާންގެ މި އާޔަތެވެ.
رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا
“އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލުގެ ފިނިކަން އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ” ސޫރަތުލް ފުރްޤާން، 74
މި އާޔަތުން އަޅުގަނޑު އަލި އަޅުވާލަން ބޭނުންވާ ބަސްތަކަކީ قُرَّةَ أَعْيُنٍ އެވެ. ޢާއްމު ގޮތެއްގައި މި ބަސްތައް މާނަ ކުރެވިގެންދަނީ ‘ލޮލުގެ ފިނިކަމުގެ’ ގޮތުގައެވެ. މި ދުޢާއިން އަޅުގަނޑުމެން ﷲ ގެ ޙަޟްރަތުގައި ދަންނަވަނީ އަޅުގަނޑުމެންގެ އަނބިން/ފިރިންގެ ފަރާތުންނާއި އަޅުގަނޑުމެންގެ ދަރިންގެ ފަރާތުން ލޮލުގެ ފިނިކަން މިންވަރު ކޮށްދެއްވުމަށް އެދިއެވެ. އެހެންކަމުން ‘ލޮލުގެ ފިނިކަން’ ޢަރަބި ބަހުގައި މާނަ ކުރެވެނީ ކިހިނެއްކަމަށް ބަލައިލަމާ ހިނގާށެވެ. ޢަރަބި ބަހުގައި އެ ބުނެވޭ ބުނެވުމަށް 3 މާނައެއްވެއެވެ. ތިރީގައި މިވަނީ އެ 3 މާނަ ތަފްޞީލު ކުރެވިފައެވެ.
1. ލޮލުން އުފާވެރިކަމުގެ ކަރުނަތައް އަންނަހާވަރަށް އުފާވުމެވެ. ޢަރަބި ބަހުގައި މީހަކަށް ވަރަށް ބޮޑު ނުބައެއް އެދޭނަމަ އަދި އެމީހަކު ހިތާމައިން ފުރިގެންދާން އެދޭނަމަ އެމީހަކާއި ދިމާލަށް ޢަރަބިން ބުނެ އުޅެއެވެ. ‘އޭނަގެ ލޯ ހޫނު ކުރައްވާށިއެވެ.’ މީގެ އިދިކޮޅަށް ބަލާއިރު މީހަކު އުފާވެރިކަމުން ފުރިގެންދާން އެދޭނަމަ އެމީހަކާމެދު ޢަރަބިން ބުނެ އުޅުނެވެ. ‘އޭނަގެ ލޯ ފިނި ކުރައްވާށިއެވެ.’ މީގެ މާނައަކީ އޭނަ އުފާވެރިކަމުން ގޮސް ރޯން ބޭނުންވާވަރަށް އޭނަ އުފާ ކުރައްވާށިއެވެ.
2. ޠޫފާނަކުން ސަލާމަތްވުމަށްވެސް ‘ލޮލުގެ ފިނިކަން’ ބޭނުންކުރެވެއެވެ. މިސާލަކަށް ޢަރަބިން ސަހަރާ ތެރޭގައި ދަތުރު ކުރާއިރު ބައެއްފަހަރު އެމީހުން ވެލީގެ ޠޫފާންތަކުގައި ޖެހެއެވެ. މިފަދަ ޠޫފާންތަކުގައި ހޫނުކަމުންނާއި ވެލީގެ ޙަމަލާތަކުން ސަލާމަތްވުމަށް ޢަރަބިން އެމީހުންގެ މޫނުތައްވެސް ނިވާކުރެއެވެ. އެމީހުންގެ ލޯ ފިޔަވައެވެ. ލޯ ނިވާކޮށްގެން ދެވޭ ދިމާލެއް ނޭނގޭނެތީވެއެވެ. ލޯ ނިވާނުކޮށް އެފަދަ ޠޫފާނެއްގެ ތެރެއިން ދާއިރު ލޮލަށްވާނެ އުދަގޫ ޚިޔާލުކުރާށެވެ. މިފަދަ ދަތުރެއްގެ ތެރެއިން ޢަރަބި މީހަކަށް ހިޔަލެއް ފެނި އެ ހިޔަލުގެ ތެރެއަށް ވަދެވިއްޖެނަމަ އޭނަ ބުނާނެއެވެ. ‘އަހަރެންގެ ލޮލަށް ފިނިކަން ލިބިއްޖެއެވެ.’ އޭނަ ހިޔަލުގެ ތެރެއަށް ވަންނަ ހިނދު އޭނައަށް ލިބޭނެ ހިތްހަމަޖެހުން ޚިޔާލަށް ގެންނާށެވެ.
3. ތިބާގެ ލޯ އެކައްޗަކުން އެހެން ދިމާލަކަށް ގެންދަން ދަތިވާ ވާހަކައަށްވެސް ޢަރަބި ބަހުގައި ލޮލުގެ ފިނިކަމޭ ބުނާނެއެވެ. قُرَّة އަންނަނީ ޢަރަބި އެހެން ބަހެއް ކަމަށްވާ قَرَار އިން ކަމަށްވާތީވެއެވެ. قَرَار ގެ މާނައަކީ އެއްތަނެއްގައި ހުރުމެވެ.
އެހެންކަމުން މި ދުޢާއިން އަޅުގަނޑުމެން ﷲ ގެ ޙަޟްރަތުން އެދެނީ 3 ކަމަކަށެވެ. އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެންގެ ފިރިން/އަނބިން ގެ ފަރާތުންނާއި އަޅުގަނޑުމެންގެ ދަރިންގެ ފަރާތުން ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލޭފަދަ އުފާވެރިކަމެއް ދެއްވުމަށެވެ. ތިބާގެ ފިރިމީހާ/އަނބިމީހާ އާއި ތިބާގެ ދަރިފުޅު ފެންނައިރަށް ވެސް ތިބާ ވާ އުފަލެއްގެ ސަބަބުން ލޮލުން ކަރުނަ ހިލޭ ދަރަޖައަށެވެ. ތިބާގެ ފިރިމީހާ/އަނބިމީހާ ތިބާއަށްޓަކައި ކުރާ ކަންތަކާއި ތިބާގެ ޢާއިލާގެ ފަރާތުން ތިބާއަށް ލިބޭ ލޯބި ތަޞައްވުރު ކުރެވުމުންނެވެ.
ހަމަ މިއާއެކު އަޅުގަނޑުމެން ﷲ ގެ ޙަޟްރަތުން އެދެނީ އަޅުގަނޑުމެންގެ ޢާއިލާއަކީ ޠޫފާނަކުން ލިބޭ ރައްކާތެރިކަމެއް ކަމުގައި ލެއްވުމަށެވެ. އެހެނީ ގެއިން ބޭރުތެރޭގައިވާ ދުނިޔެއަކީ ޠޫފާނެކެވެ. ގެއިން ނިކުތުމުން ތިބާ އެތައް ބުރަ މަސައްކަތަކާއި، ރުންކުރު ބަސްތަކާއި، އެހެން މީހުން ތިބާއާއިމެދު ދެކެން ނުޖެހޭ ގޮތަށް ދެކުމާއި ހާސްކަމާއި ނުތަނަވަސްކަން ތިބާއަށް އިޙްސާސް ކުރެވެއެވެ. އެހެނަސް ގެއަށް އައިސް ތިބާގެ ފިރިމީހާ/އަނބިމީހާ އަދި ތިބާގެ ދަރިފުޅު ފެނުމުން އެ ހުރިހާ ކަމަކުން ތިބާއަށް ދުރުވެވެއެވެ. ތިބާއަށް އެކަންތަކުން ސަލާމަތްވެވޭނެ ހަމައެކަނި ތަނަކީ ތިބާގެ ޢާއިލާކަން ތިބާއަށް ޔަޤީންވެފައިވެއެވެ.
މީގެ އިތުރުން އަޅުގަނޑުމެން ﷲ ގެ ޙަޟްރަތުން އެދެނީ އަޅުގަނޑުމެންގެ ފިރިން/އަނބިން އަދި އަޅުގަނޑުމެންގެ ދަރިންނާއިމެދު އަޅުގަނޑުމެންގެ ހިތުގައި އިންތިހާ ދަރަޖައިގެ ހިތްހަމަޖެހުމެއް ލެއްވުމަށެވެ. އެމީހުންނަށް ނަޒަރެއް ދީފިނަމަ އެހެން ދިމާލަކަށް ނަޒަރު ހިންގަން ބޭނުންނުވާ ދަރަޖައަށެވެ. އަދި އަޅުގަނޑުމެންގެ ލޯތައް އެކި ދިމަދިމާލަށް ނުފޮނުއްވުމަށެވެ. އަޅުގަނޑުމެންގެ ފިރިމީހާ/އަނބިމީހާއަށް ވުރެ ރަނގަޅު އެހެން މީހެއް ހުރެދާނެތޯ ބުނެ ޝައިޠާނާ އަޅުގަނޑުމެންގެ ޚިޔާލުތައް ތަޣައްޔަރުކުރުމުގައި ކާމިޔާބީ ނުދެއްވުމަށެވެ. އަދި އަޅުގަނޑުމެންގެ ދަރިން އެހެން މީހުންގެ ދަރިންނާއި އަޅާ ކިޔުމުގެ އެދުމެއް އަޅުގަނޑުމެންގެ ހިތްތަކުގައި ނުލެއްވުމަށެވެ.
މި ހުރިހާ ކަންތައްތައްވެސް ހާދަ ރީއްޗެވެ. އަދި މި ކަންތައްތަކަކީ ހަމައެކަނި ﷲ ގެ ޙަޟްރަތުން ލިބޭނެ ‘ހަދިޔާ’އެއްކަން އަޅުގަނޑުމެންނަށް އާޔަތުން އެނގެއެވެ. އަދި މި ހަދިޔާ މި ދުޢާކުރުމުން ﷲ ގެ އިރާދަފުޅުން އަޅުގަނޑުމެންނަށް ލިބޭނެކަން ވެސް އެނގެއެވެ. އެހެނަސް މި ދުޢާއާއެކީ ތިބާގެ ޢާއިލާއަށްޓަކައި ތިބާއަކީ ލޮލުގެ ފިނިކަން ކަމުގައިވާން ތިބާ މަސައްކަތް ކުރަން ނުޖެހޭނެކަން ތިބާ ހަނދާން ނައްތާނުލާށެވެ. ތިބާގެ ޢާއިލާ މީހުންގެ ލޯތަކުން އުފާވެރިކަމުގެ ކަރުނަތައް ހިލޭހާ އުފާ އެމީހުން ކޮށްދިނުމަށެވެ. އެމީހުންވަނީ ކޮންމެ ކަހަލަ ޠޫފާނެއްގައި ވިޔަސް އެމީހުން އެ ޠޫފާނުން ސަލާމަތް ކޮށްދިނުމަށެވެ. އަދި އެމީހުން ތިބާގެ ކިބައިން ނަޒަރު ވަކިކުރަން ވެސް ބޭނުންވާ ދަރަޖައަށް އެމީހުންނަށް ލޯތްބާއި ހިތްހަމަޖެހުން ހޯދައިދިނުމަށެވެ. މި ދުޢާއިން އަޅުގަނޑުމެންނަށް ދޭހަކުރެވޭ އުފާވެރިކަން އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭނީ އޭރުންނެވެ. ސުބްޙާނަ ﷲ!
މާތް ﷲ އަޅަމެންނަށް އަޅަމެންގެ ފިރިން/އަނބިން ގެ ފަރާތުން އަޅަމެންގެ ދަރިންގެ ފަރާތުން ލޮލުގެ ފިނިކަން ދެއްވާށި! އާމީން!
Aameen
I ‘m v happy 4 u jana
In sha allah, ruhivodigathun libeyne
me ge comment ah jana bunelan othy jana eythi approve nukury thankolheh explicit word eh beynun koffa onnatheeve ey. bunelan othy Malaak aa Ayaaz aa dhemedhu hingi kanthah jana tafseelukoh nudhinas kiyuntherinnah dheyha kureveyne noon heyyey. 🙂 jana ves beynunvaa nama e scene thah tafseelu kurevunys. ekamaku jana personally e scene thah tafseelu nukuraa sababaky e scene thakuge sababun kiyuntherinnah neydhevey asareh kurun. jana ge post thah kiyaa kiyuntherinnah engeyene mihaaru triggers aky koacheh kamaa neydhevey kanthakah dhevihifumah baarudhey kanthakaky koacheh kan. eggothakahves beynumeh noon vakin khaassakoh mithaa thibi furaavaruge kudhinge sikundi eggothakun ves taghayyaru kuraakah. adhi ekudhinves vaahaka eh liyaairu decent koh liyan jana hiyvvaru midheny In Sha Allah. 🙂 decent koh liyunyma kanneynge vaahaka eh reethi vaany ves. hama gaimuves jana ah reethy ehen liyunyma. kommehen vaahakaige haadhisaathakah asaru nukuraane kameh maa bodah tafseel kurumuge beynumeh nethennu? ^_^
Saafuvejje kamah ummeedhukuran me 🙂
Yes. Maashaa Allah
Varah ufaa vejje Jana ge visnun rangalhu veema. ???
Mithanun me ge comment eh alhand akah nufenun…..jana sis buneladhybala
hieh nukuran ehn buneema thihaa rude vaane kamakah sorry jana
I’m sorry too ingey me. mi comment jehi fahun jana ahves heevamun dhiya rude hen. varah hiyhama nujehifa mi hunnany ves ekamaa. me kuri comment aa balaairu hama varah rude asluves. me ah ekan ihsaas kurevuneema adhi maa bodahves dheravejje. I’m really sorry me 🙁 will try my best not to repeat this.
Alhamdhulihllah. Vv ufaavey jana sis mn kahala kudhin madhun namavx ulheythy…vv ufaavey… Sis i have a request.. If u want any help plx plx tell mii.. Jana sis mn kahala dheen kudhinnah vvv help vaa hihvey.. Jana sis thikuraa masahkathugaa barakaih lavvashi aameen..
Ameen! will let you know ingey sis In Sha Allah. Alhamdhulillah! 🙂
aneh part kon irakun fennaanee.haadha lahey up vaaleh.aslu iyye dhw up vaa dhuvas
nooney yo. jana eothy bunefaennu monday night gaey? 🙂 mifaharu kandhimaakuri goiy mee
Aslu jana ah kiyanii kon nameh?
jana ah kiyany hama jana 😀
And ur age??btw varah salhi mi bai vs????❤❤
Age buneveykah neh Sham. hehe….Alhamdhulillah! 🙂