ވަޢުދު (ބަޔާޅީސްވަނަ ބައި)

- by - 69- December 28, 2019

“ން…ނޭވާ ނު…ލެވޭ…” މަލާކް ކުރުވެފައިވާ ނޭވާއަކާއެކީ ބުނެލިއެވެ. މަލާކްގެ އެ ބަސްތައް އިވުމާއެކު އަޔާޒް ކޮޓަރީގެ ބޮކިތައް ދިއްލާލަމުން އިތުރު ސުވާލެއްވެސް ކުރުމެއްނެތި މަލާކް ނެބިއުލައިޒްކުރަން އަވަސްވިއެވެ. މަލާކް ނޭވާލާން މަސައްކަތް ކުރަމުން ނެބިއުލައިޒް ކުރަމުން ދިޔަ ވަގުތު އަޔާޒަށް ވިސްނުމެއްގައި އިނދެވުނެވެ. މި ހުރިހާއިރު އޭނައަށް ހީވެފައިވީ މަލާކަށް މި ވަމުންދާހާކަމެއް ވަނީ އޭނަ ހާސްވެފައިވުމުގެ ސަބަބުން ކަމަށެވެ. އެހެނަސް އޭނަ މަލާކް ކައިރިއަށް އައި ވަގުތު މަލާކްގެ ހާސްކަން ގެއްލި ދިޔަކަން އޭނައަށް ޔަޤީނެވެ. އަދި މަލާކަކީ ޙާލަތު ރަނގަޅުވުމުގެ ކިރިޔާވެސް ޢިޝާރާތެއް ލިބިއްޖެނަމަ އެ ޢިޝާރާތުގައި ހިފައިގެން އޭނަގެ އިޙްސާސްތައް ހަމައަކަށް އަޅުވާ ކުއްޖެކެވެ. ވީއިރު މިހާތަނަށް އައިއިރު ވެސް މަލާކްގެ ފަރާތުން މި ޢަލާމާތްތައް ފެންނަމުން ދަނީ ކީއްވެތޯ އަޔާޒަށް ހިތާހިތުން ސުވާލުކޮށްލެވުނެވެ. މަލާކަށް ނޭދެވޭ އެއްޗެއް ދެވިފައިވަނީތޯ ހިތް ބުންޏެއްކަމަކު މަލާކްގެ އޮފީހުގައި އެހެން ހަދާފާނެ މީހަކަށް ހުރެދާނެ މީހަކު ނުވިސްނުމުން އަޔާޒަށް އެ ޝައްކާއި ދުރުވެވުނެވެ. އެހެނަސް ދެންވެސް އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބުމުގެ ސަބަބުން ދެވަނަ ފަހަރަށް މަލާކަށް ނިދުނުއިރު ވެސް އޭނައަށް ނިދޭ ގޮތެއްނުވިއެވެ. ފިކުރުތަކެއްގައި އޮތުމަށްފަހު އޭނައަށް ނިދުނީ މަލާކް ނިދިތާ ދޮޅު ގަޑިއިރެއްހާއިރު ފަހުން މަލާކްގެ ޙާލަތު ރަނގަޅުތޯ ޔަޤީންކޮށްފައެވެ.

 

**

 

އޭގެ އަނެއްދުވަހުގެ ހެނދުނެވެ. ސްކޫލަށް ނުދާ ދުވަސްދުވަހުގެ އާދައިގެ މަތިން އަނުމް އެދުވަހުވެސް އޮތީ ފަތިސް ނަމާދަށްފަހު ނިދާފައެވެ. ނިދިފައި އޮވެފައި އޭނައަށް ހޭލެވުނީ ހެނދުނު 8:30 ވާން ގާތްވެފައި ވަނިކޮށެވެ. ހޭލެވުމާއެކު އަނުމް ކަންނެތް ކަމާއެކީ ތެދުވެ އެނދުގައި އިށީންނަމުން ބާލީހުގެ ކައިރީގައި އޮތް އޭނަގެ ފޯނު ނަގައި ބަލާލިއެވެ. ފޯނަށް އެއްވެސް ކޯލެއް އައިސްފައިވިތޯ ބެލުމަށްފަހު ވައިފައި އޮން ކޮށްލަމުން ވައިބާރއަށް ވެސް ދިޔައީ ވައިބާރއިން ކޯލެއް އައިސްފައި ހުރިތޯ ބެލުމަށެވެ. އެހެނަސް އެއްވެސް އެޕަކުން ވެސް ކޯލެއް އައިސްފައި ނެތުމުން އަނުމްއަށް ވިސްނުމެއްގައި އިނދެވުނެވެ. މީގެ ދެދުވަސްކުރިން ފާއިޤް އޭނަ ގާތު ނޭނގޭ ނަންބަރަކުން ގުޅާނެ ވާހަކަ އިވުނު ފަހުން އޭނައަށް ޙަޤީޤަތުގައި އިނދެވުނީ އެ ކޯލުގެ އިންތިޒާރުގައެވެ. ފާއިޤް ނުނަގާށޭ ބުނިގޮތުން އޭނަ ހުރީ ވަރަށްވެސް އެ ކޯލު ނަގާ ހިތުންނެވެ. އޭނައަށް ގުޅަނީ ކާކުތޯ ބެލުމަށެވެ. އަދި އެއަށްވުރެ ބޮޑަށް އޭނައަކީ ވަކި މީހެއްގެ ބާރުގެ ދަށަށް ވެއްޓޭނެ މީހެއްނޫންކަން އެމީހަކަށާއި ފާއިޤްއަށް ވެސް އެންގުމަށެވެ.

 

އަނުމް އަމިއްލަ ޚިޔާލުތަކުގައި އަމިއްލަ ނަފްސު މޮޅު ކުރުވަމުން ދަނިކޮށް ކުއްލިއަކަށް ވައިބާރ ރިންގްޓޯން އިވެން ފެށުމުން އޭނަ ސިހިގެން ދިޔައެވެ. ހަމައަކަށް އެޅެމުން ފޯނުގެ ސްކްރީނަށް ބަލާލިއިރު ވައިބާރގެ ފޮޓޯއަކަށް އިސްތަށިގަނޑު ކުރު އަދި ފެޝަން ހެދުމެއް ލައިގެން ހުރި އަންހެނަކު ހުރިއިރު ނަމަކަށް އޮތީ ‘މައު’ އެވެ. މިއީ ހަމަ ގައިމުވެސް އޭނައަށް ނޭނގޭ މީހެއްކަން އެނގުންވި ވަގުތު ފާއިޤް ބުނި ވާހަކަތައް ހަނދާންވެގެން ދިޔަދިޔަހެން އޭނަގެ މެއަށް ވެސް ފިނިވިއެވެ. އެހެނަސް އެކޮޅުން ބުނާނެ ވާހަކައެއް އެނގެން ބޭނުންވިވަރު ވެސް ބޮޑުވިއެވެ. އެންމެފަހުން އެ ކޯލު ނެގުމުގެ ނަތީޖާ އަންނާނެގޮތް ދެނެގަންނަން ބޭނުންވި ވަރުން އަނުމްއަށް އެ ކޯލު ނަގައި ފޯނު ކަންފަތުގައި ޖައްސާލެވުނެވެ.

 

“އައްސަލާމްޢަލައިކުމް.” އަނުމް އޭނަގެ މިހާރުގެ އާދައިގެ މަތިން ސަލާމް ގޮވިއެވެ.

 

“އޮހް! ނިކަން ޓްރޭޑިޝަނަލް ކުއްޖެއްދޯ މާލެއަށް ބަދަލުވިޔަސް؟ ނިކަން ވީޑިޔޯ ކޯލަށް ލާބަލަ އަނުމް. މި ދައްތައަށް ތި މޫނު ދައްކާލަބަލަ.” ފޯނުގެ އަނެއްކޮޅުގައި ސޯފާއެއްގައި އިށީނދެގެން އިން މައުވާ ބުނެލިއެވެ. މައުވާ އެ އެދުން އެދުމާއެކު އަނުމްއަށް ފޯނަށް ބަލާލަމުން ދެބުމަ ކައިރިކޮށްލެވުނެވެ. އެކޮޅުން ވާހަކަ ދައްކަމުން ދިޔައީ ފިރިހެން ކުއްޖަކަށްވިނަމަ އެ އެދުނު އެދުމުން އޭނައަށް ފާއިޤް ބުނި ވާހަކައެއް ދޭހަ ކުރެވުނީހެވެ. ކޮންމެއަކަސް އެ ވާހަކަ ހަނދާންވެފައި އޭނައަށް ކުޑަވަރަކަށް ސަމާލުވެލެވުނެވެ. އަދި އެނދުން ތެދުވެގެން ގޮސް ހަރުގަނޑުގައި އެޅުވިފައިވި ބުރުގާ އަޅުވާ އެތިން ބުރުގާއެއް ނަގައި ބޮލަށް މަހާލެވުނެވެ. އަނބުރާ ގޮސް އެނދުގައި އިށީންނަމުން އޭނަ ވީޑިޔޯ ކޯލަށްލީ ދެނެވެ. އެއާއެކު އެއްފަރާތުން އޭނަ ހުރި ކުޑަ ގޮޑި އަކާއެކީ ކުރިމަތިން ދެންމެ ފެނުނު ތަޞްވީރުގައި ހުރި އަންހެން ކުއްޖާ ފެނުނެވެ.

 

“އާނ…..ތިހާ ރީތި ކުއްޖަކަށް ވީއިރު ކީއްކުރަން އޯޑިއޯގަ ވާހަކަ ދައްކަންވީ. ބިއުޓިފުލްވެފަ ސްމާޓް ވައްތަރުވެސް ޖަހާ. ފިރިހެން ކުދިން ކީއްކުރަން؟ އަންހެން ކުދިންވެސް ފިދާވާނެ ތި ސޫރައަށް. ހެހެހެ…..” މައުވާ އެކޮޅުން ދައްކަން ފެށި ވާހަކައިން އަނުމްއަށް ހިނިތުންވެލެވުނެއްކަމަކު އެންމެ ފަހުން ބުނެލި ވާހަކައިން އޮޅުންއެރި ވަގުތު މެއަށް ނުބައި ގޮތެއްވެސްވިއެވެ. އެއްޖިންސުގެ ކުދިން އެކަކު އަނެކެއްދެކެ ލޯބިވެ ‘ފިދާ’ވެދާނެ ވާހަކައަކީ އަނުމްއަށް އޭނަ މާލެއަށް އައިފަހުން ދިމާވި ގޯސް އެކުވެރިންގެ ފަރާތުން އިވިފައިވާ ވާހަކައެވެ. އަދި އަމުދުން ސޯޝަލް މީޑިޔާގައި އެ ވާހަކަތައް ދައްކާ ދިވެހިންވެސް ގިނަވެގެން ދިޔަ ދުވަސްވަރު ކުދިންގެ މެދުގައި ދެކެވެމުން ދިޔަ އެ ޒާތުގެ ވާހަކަތައް ގިނަވިއެވެ. އެއީ އޭނައަށް އެ ވާހަކަ އިވުނު ދުވަހުއްސުރެ ވެސް އޭނަ އެހާ ގަޔާވާ ޒާތުގެ ވާހަކައެއް ނޫނެވެ. ދެންމެ އޭނަ ކުރިމަތިން ފެންނަމުން ދިޔަ ‘ދައްތަ’ އެކަހަލަ ޚިޔާލެއް ގެންގުޅުނުކަން އެނގުންވުމުން ވެސް މޭ ނުބައި ކުރިއެވެ.

 

“ކީއްވެ ތިހެން ތި ބަލަހައްޓައިގެން ހުންނަނީ؟ ހަމަ ތެދަށޭ މިބުނީ….ހެހެ….އޭ އަނުމްއަށް މި ގުޅާލީ ކުޑަ ހެލްޕެއް ބޭނުންވެގެން އިނގޭ. މައު ދައްތައަކީ ރާއްޖޭގަ އެކިއެކި ކެމްޕެއިންތައް ހިންގާ ދައްތައެއް. މި ބުނީ ސިޔާސީ ކެމްޕެއިނެއްނޫން އިނގޭ؟ އައި ފައިޓް ފޯ ޖަސްޓިސް އެންޑް ފްރީޑަމް. މިހާރު މައު ދައްތަ ޖައްސަން މިއުޅޭ ކެމްޕެއިންގެ ނަމަކީ ރެއިންބޯ ކެމްޕެއިން. ހީވަނީ އަނުމްއަށް އެނގޭނެހެން މިއީ ކޯޗަކާ ގުޅޭ ކެމްޕެއިނެއްކަން.” މައުވާ ސުވާލުކުރިއެވެ.

 

“ރެއިން..ބޯ…” އަނުމްއަށް ދެބުމަ ކައިރި ކޮށްލަމުން އަމިއްލަ އަމިއްލައަށް ކިޔާލެވުނީ ‘ރެއިންބޯ’ އާއި އެ ދައްތަ އެބުނާ ޢަދުލުވެރިކަމާއި މިނިވަންކަމާއި އޮތް ގުޅުމެއް އެއްގޮތަކަށް ވެސް ނުވިސްނުމުންނެވެ.

 

“ހެހެ….މައި އިނޮސެންޓް ގާލް! ރެއިންބޯއަކީ….ބޭސިކަލީ ހަމަ ކޮންމެ މީހަކަށް ވެސް އެމީހަކު ލޯބިވާ މީހަކާއެކީ އުޅުމުގެ މިނިވަންކަން އޮންނަންޖެހޭކަން ދައްކުވައިދޭ ލޯގޯ. ޔޫ ނޯ؟ ކޮންމެ ފިރިހެން ކުއްޖަކު އަންހެން ކުދިން ލައިކް ނުވެދާނެދޯ؟ އަދި ކޮންމެ އަންހެން ކުއްޖަކު ފިރިހެން ކުދިން ލައިކް ނުވެދާނެދޯ؟ ބައެއް ފިރިހެން ކުދިން ލައިކްވާނީ ފިރިހެން ކުދިން. އަދި ބައެއް އަންހެން ކުދިން ލައިކްވާނީ އަންހެން ކުދިން. އެކުދިންގެ ރައިޓްސް ހޯދައިދެވޭތޯ މިއުޅެނީ. އެކުދިންނަށް ވެސް ޗާންސް ލިބެންވާނެދޯ ރިލޭޝަންޝިޕްތަކުގަ އުޅެން؟ މި ސޮސައިޓީ އެކަން ޤަބޫލެއް ނުކުރޭ. އެކަން ބަދަލުކުރަން މިއުޅެނީ.” މައުވާ ކިޔައިދިނެވެ. އެ ވާހަކަތައް އިވެމުން ދިޔަދިޔަހެން އޭނަގެ ބޮލަށް އެނބުރުން އަރަން ފެށިހެން އަނުމްއަށް ހީވިއެވެ. އޭނަގާތު މި ވާހަކަތައް މި ދައްކަނީ އޭނައަށް ވުރެ ޢުމުރުން ދުވަސް މީހެއްކަން ޤަބޫލުކުރަން ވެސް ދަތިވިއެވެ. އަދި އަމުދުން ސީދާ އޭނައާއި މިފަދަ ވާހަކައެއް ދެކެވި އޭނަގެ ޚިޔާލު ހޯދެމުން ދާކަން ޤަބޫލުކުރަން ވެސް އަނުމްއަށް ދަތިވިއެވެ. އޭނައާއި މި ވާހަކަ ދެކެވެނީ ކީއްވެތޯ ވެސް ހިތަށްއެރިއެވެ. ވިސްނުމެއްގައި އޭނަ އިންދާ މައުވާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

 

“އަނުމް އަޅެ ސަޕޯޓް ނުކުރަންތަ މި ޚިޔާލަށް؟ ޢާއްމު ގޮތެއްގަ މި ޒަމާނުގެ ކުދިން ސަޕޯޓް ކުރާނެ. އަނުމް ކިޔުނީމެއްނު ސްޓޯރީތަކެއްވެސް އެކަހަލަ ކޮންސެޕްޓްތައް ހުރި؟ ކިހާ އިމޯޝަނަލް އަދި ކިހާ ހޮޓް ދޯ ދެ އަންހެން ކުދިން ދެމެދުގަ ވެސް ހިނގާ އެކަހަލަ ގުޅުންތައް؟” މައުވާ ނުހަނު އަސަރާއެކީ އަހާލިއެވެ. އެ އިވުނު ސުވާލާއެކީ އަނުމްގެ ދެ ބުމަ ކައިރިވެގެން ދިޔަދިޔަހެން އޭނައަށް ކަމަކާމެދު ވިސްނެން ފެށިއެވެ. އޭނަ އެކަހަލަ ވާހަކަތައް ކިޔާފައި ހުރިކަން މި ބީރައްޓެހި ދައްތައަށް އެނގޭނީ ކިހިނެއްތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ. ހަމަ އެއާއެކު ފާއިޤް ބުނެލި ބަސްތަކުގެ މަތިން ހަނދާންވިއެވެ. މި ހުރިހާ ދުވަހު އެމީހުން މަސައްކަތް ކުރީ މި މަޅީގައި އޭނަ ބައްދަންކަމަށް ބުނެލި ބުނެލުމެވެ. ހަމަ އެއާއެކު އަލީނާމެން އޭނައަށް ދޭންފެށި ވާހަކަ ފޮތްތަކުގެ މަތިން ހަނދާންވިއެވެ. އޭނަ އެގޮތަށް ކިޔުނު ފުރަތަމަ ވާހަކަ ތަކުގައި މުޅިންވެސް ވީ ފިރިހެނަކާއި އަންހެނެއްގެ ދެމެދުގައި ހިނގާ ކަންތަކުގެ ވާހަކައެވެ. އެހެނަސް ފަހުން ފަހުން އައިސް އޭނައަށް ލެޕްޓޮޕުން ވެސް އެ ޒާތުގެ މަންޒަރުތައް ފެންނަން ފެށި ފަހުން އެ ބުނާ ޒާތުގެ ވާހަކަތައް އޭނަގެ އަތަށް ލިބެން ފެށިއެވެ. އެހާ ހިސާބުން އޭނަ ވާހަކަތައް ކިޔަމުން ދިޔައީ ހަމައެކަނި ފާޙިޝް މަންޒަރުތަކަށްޓަކައި ކަމަށްވުމުން އެއްޖިންސުން ގުޅުން ހިންގުމަކީ އޭނަ ތާޢީދުކުރާ ކަމަކަށް ނުވިޔަސް އޭނައަށް އެ މަންޒަރުތައް ކިޔެމުން ދިޔައީ ކިޔާ ހިތުންނެވެ. އަދި އަމުދުން ލެޕްޓޮޕުން ބަލާ އެ ޒާތުގެ ވީޑިޔޯތައް ޚިޔާރު ކުރާއިރު ފަހުން ފަހުން އައިސް އޭނައަށް ޚިޔާރު ކުރެވެން ފެށި ވީޑިޔޯތައް ވެސް އެ ޒާތަށް ބަދަލުވަމުން ދިޔަކަން އޭނައަށް ފާހަގަކުރެވުނެވެ. އެއްވައްތަރެއްގެ އެއްޗެއް ބަލާބަލާ އޭނަގެ ސިކުނޑި ‘ފޫހިވުމުން’ އެހެން ޒާތެއްގެ އެއްޗަކަށް ބަދަލުކުރަން އަންގަމުން ދިޔަ ފަދައަކުންނެވެ. އަނުމް މި ފިކުރުތަކުގައި ފުން ވިސްނުމަކަށް ގެއްލުނު ވަގުތު މައުވާ އަނެއްކާވެސް އޭނަގެ ނަމުން ގޮވާލިއެވެ. އެއަށްފަހު މި ކަމާމެދު ބުނަނީ ކީކޭތޯ އަހާލުމުން އަނުމްއަށް ވާހަކަ ދެކެވުނެވެ.

 

“މި ކެމްޕެއިންގަ ކިހިނެއްވާނީ؟ އަނުމް ޖެހޭނީ އަނުމް މިކަމާމެދު ދެކޭ ގޮތާއިމެދު ޚިޔާލު ފާޅުކުރަންތަ ކެމްޕެއިންގަ؟” އަނުމް އޭނަގެ ސިކުނޑީގައި ރޭވުމެއް ރާވަމުން ސުވާލުކުރިއެވެ.

 

“ޔެސް އޮފްކޯސް! އަނުމް އަހަރުމެން މި ސެލެކްޓްކުރަނީ އެ ކެމްޕެއިންގެ ޔަންގް ސްޓާރގެ ގޮތުގަ. ކުރީގަ ވެސް ބުނިހެން އަނުމް ބިއުޓިފުލްވެފަ ސްމާޓް ވައްތަރުވެސް ޖަހާތީ މި ސެލެކްޓް ކުރީ. އަދި ބޮޑުކޮށް ބުރުގާ އަޅައިގެން ދީންވެރި ވިޔަސް މި ޚިޔާލު ގެންގުޅެވިދާނެކަން ދައްކުވައިދޭން ބޭނުންވަނީ….ހެހެ…” މައުވާ އޭނަގެ ޙަޤީޤީ މުރާދު ފޮރުވަމުން ބުނެލިއެވެ. ހުރިހާ ފުރާވަރުގެ ކުދިންގެ ތެރެއިން އޭނަ އަނުމް ޚިޔާރުކުރީ އެކަންތަކުގެ އިތުރުން އަނުމްއަކީ އަޔާޒްގެ ކޮއްކޮއަށްވާތީވެއެވެ. އަޔާޒާއި ދެކޮޅަށް ބަދަލު ހިފުމުގެ ގޮތުން އަޔާޒްގެ ކޮއްކޮ އޭނަގެ މުށު ތެރެއަށް ލުން ފުދޭނެކަމަށް އޭނައަށް ނިންމިފައިވީތީވެއެވެ. އެހެނަސް އޭނައަށް ނޭނގުނުކަމަކީ އޭނަ އެންމެ ފަހަކަށް ބުނެލި ވާހަކައިގެ ޒާތުން އަނުމްގެ ހިތުގައި ރޯވި އަލިފާނުގެ ހޫނު ކަމާއެކީ އަނުމްއަށް ދެދަތްޕިލަ ޖައްސާލަމުން އޭނަގެ ހުސްކޮށް އޮތް އަތް މުއްކަވާލެވުނެވެ. އެހެނަސް އޭނަ ދެންމެ ކުރަން ނިންމި ކަންތައް އެނގުންވުމުން އޭނަ އެ ރުޅިވެރިކަން ހިންދަން މަސައްކަތް ކުރަމުން ހިނިތުންވުމެއް ދައްކާލިއެވެ.

 

“ހެހެ….އެހެންވެއްޖެއްޔާ ކޮންދުވަހަކުތޯ ތި ކެމްޕެއިން އޮތީ؟ ކޮންތާކުތޯ ތީތި ބާއްވަނީ؟” އަނުމްއަށް އޭނަގެ ވާހަކައިގެ ރާގު ބަދަލުކޮށްލެވުނީ ވާހަކައިން ވެސް މައުވާ އޭނައާއި ދުރުކުރުވަން ބޭނުންވި މިންވަރުންނެވެ.

 

“އާޗާ! އެކްސައިޓެޑްދޯ؟ އަދި ވަކި ހޮޓެލްއެއް ފައިނަލައިޒްއެއް ނުކުރަން. މިއަދު ފައިނަލްކޮށްފަ އަންގަދޭނަން. އިވެންޓް އޮންނާނީ ޑިސެމްބާރ ތާޑް ވީކްގަ ނޫނީ ލާސްޓް ވީކްގަ. ވަރަށް އަސަރުގަދަ ސްޕީޗެއް ތައްޔާރުކޮށްލައްޗޭ. އިވެންޓް ލައިވް ވެސް ވާނެ އަހަރުމެންގެ އެފްބީ ޕޭޖްގަ. ވަރަށް ގިނަ މީހުންނަށް ރީޗްވެސްވާނެ އޭތި ވަރަށް އެޑްވަޓައިޒްކޮށްފަ ހުރީމަ. ވަކިން ޚާއްޞަކޮށް ޓީނޭޖް ކުދިން ރިޕްރެޒެންޓް ކުރާ ކުއްޖާގެ ޚިޔާލުތައް ފާޅުކުރުން އެޖެންޑާގެ އެންމެ ހޮޓް އައިޓަމަކަށް އޮންނާނީ. މިއީ އަނުމް މަޝްހޫރުވާން ލިބޭ ވަރަށް ބޮޑު ފުރުޞަތެއް!” މައުވާ ނުހަނު ޖޯޝާއެކީ ބުނެލިއެވެ. އަނުމް އެ ވާހަކައަށް ވެސް ހިނިތުންވެލިއެއްކަމަކު އޭނަ މަޝްހޫރުވަންޏާ މަޝްހޫރުވާން ބޭނުންވަނީ ﷲ ގެ ޙަޟްރަތުގައި ކަމަށް ހިތާހިތުން ކިޔާލެވުނެވެ. މީހުން ކޮންމެ އެއްޗެކޭ ބުންޏަސް އޭނައަށް ފަރުވާލެއްނެތެވެ. އޭނައަށް ފުރުޞަތެއް ލިބުމުން ކޮންމެހެން ވެސް އޭނައާއި ވާހަކަ ދައްކަމުން މިދާ ދައްތައަށާއި މުޅި މުޖުތަމަޢަށް ވެސް ރަނގަޅު ފިލާވަޅެއް ލިބިދޭނެ ފަދަ ޚިޔާލުތައް ފާޅުކުރަން ބޭނުންވިއެވެ.

 

އަނުމް އިންގޮތަށް އިންދާ މައުވާ އެހެންވީމަ އޯކޭދޯއޭ ބުނެލިއެވެ. ބަދަލުގައި އަނުމްވެސް އޯކޭއޭ ބުނެލުމުން އެ ކޯލު ނިމިގެން ދިޔައެވެ. ކޯލު ނިމިގެން ދިޔުމުން އަނުމް ވިސްނުމެއްގައި އިނދެފައި އޭނަގެ ފޯނުން ގުޅާލީ ބަސްމާއަށެވެ.

 

“ސަލާމް ބަސްމާ! ކުރީ ދުވަހު ބުނީމެއްނު ލޫޠު ޢަލައިހިއްސަލާމްގެ ޤައުމުގެ މީހުންނާ ގުޅޭ ވަރަށް ރީތި ލެކްޗާރއެއް ފެނުނު ވާހަކަ؟ އޭގެ ލިންކް އަހަންނަށް ވައިބާރ ކޮށްލަދެވިދާނެތަ؟” އަނުމް އެދުނެވެ. އެކޮޅުން ބަސްމާ ވަގުތުން މައްސަލައެއްނެތޭ ބުނެލުމުން އަނުމްއަށް ފޯނު ކަނޑައި އެނދުން ތެދުވެލެވުނީ އިތުރު ލަސްތަކެއް ވެސް ކުރުމެއްނެތި އޭނަ އެ ޙަފްލާގައި ދައްކާނެ ވާހަކަ ތައްޔާރުކުރުމަށެވެ.

 

**

 

އެދުވަހު އަޔާޒްގެ ޑިއުޓީ ފެށެން އޮތީ މެންދުރު 1 ޖަހާއިރު ކަމަށްވުމުން އެދުވަހުގެ ހެނދުނު އަޔާޒާއި މަލާކް އެކީގައި ހޭދަކުރިއެވެ. ހެނދުނުގެ ކަސްރަތުތަކަށްފަހު ބޭރަށް ކުޑަ ހިނގާލުމަކަށް އަޔާޒް މަލާކް ގެންދިޔައީ ވެސް މަލާކް ހަމައަކަށް އެޅުވޭތޯ ބެލުމަށެވެ. ބޭރަށް ދިޔުމަށްފަހު ގެއަށް އައިއިރުވެސް އިއްޔެގެ ބޮލުގެ ރިހުން ހުރި ވާހަކަ މަލާކް ބުނުމުން މަލާކާއި އެއްވަރަށް އަޔާޒްވެސް ކަންބޮޑުވިއެވެ. ކުރިން އަބަދުވެސް ނިދާލުމަކުން ރަނގަޅުވާ ބޮލުގެ ރިހުން ރަނގަޅު ނުވުމުންނެވެ. އެހެނަސް އަޔާޒް އާދައިގެ މަތިން އެ ކަންބޮޑުވުން ފާޅުކުރުމެއްނެތި ސަމާސާތައް ކުރަމުން އެ ބޮލަށް އެކިއެކި ފަރުވާ ދެމުން ދިޔައެވެ. މިއީ ތިމަންނަ ލައްވާ މަސާޖު ކުރުވަން ރިހޭ ރިހުމެއްދޯއޭ ބުނެ މަލާކްގެ ބޯ މަސާޖުކޮށްދޭން ފެށިއެވެ. އަޔާޒްގެ ކުރިމައްޗަށް އޭނަގެ ބޯ ހުންނަ ގޮތަށް ދެމީހުން އެނދުގައި ތިބިއިރު އަޔާޒްގެ އިނގިލިތަކުގެ އިޙްސާސް އިސްތަށިތަކުގެ ދޭތެރެއިން ކުރެވުމުން މަލާކަށް ދެލޯ މަރައިގެން އިނދެވުނެވެ.

 

“މިއަދު އޮފީހަށް ނުދާނެ އިނގޭ މިހާވަރުން؟ އަހް….ހިތަށް އެބައަރާ މީހަކު އަހަރެން ކައިރިވެސް ބުނެފިނަމައޭ މިއަދު ނުދާށޭ. އަހަރެންގެ ލޯބިވާ ވައިފް ބަލަން ގޭގަ މަޑުކޮށްލާށޭ.” އަޔާޒް ރާގަކަށް އެހެން ބުނެލުމާއެކުހެން މަލާކް ހީލުމުން އޭނައަށް ވެސް ހީލެވުނެވެ.

 

“ހެހެހެ….ލޯބިވާ ވައިފް ބަލަން މަޑުކޮށްލީމަ ދެން ތިބި ބަލިމީހުން ބަލަނީ ކާކު؟ އެހެންނޫނަސް މިއަދު މަލާކް އަސްލު ބޭނުން އޮފީހަށްދާން….ނުނިމޭ މަސައްކަތްތައް ހުރީމަ ހިތްހަމައެއްނުޖެހޭ…” މަލާކް ބުނެލިއެވެ.

 

“އެއްކަލަ ކުއްޖާ! މިކޮޅަށް އެނބުރިލަބަލަ ނިކަން.” އަޔާޒް އޭނަގެ އަތް މަލާކްގެ ބޮލުން ނަގާލަމުން އަންގާލިއެވެ. އެއާއެކު މަލާކް އޭނަގެ ފައި ހިއްލަން ބުރައަކަށް ހަމައެކަނި މޫނު އަނބުރާލިއެވެ.

 

“ތިއީ މަސްތަކުގެ ރީތި ރާނީތަ މޫނުގެ އެއްފަޅި ދައްކަން؟ ފައި ލަންބާފަ ރަނގަޅަށް އެނބުރޭ!” އަޔާޒް ހަރުކަށިވާ ކަމަށް ހެދެމުން ބުނެލިއެވެ. އޭނަ މަލާކަށް ފަރުވާކުރަން ފެށިކަން އެންގިފަހުން މަލާކްގެ ފައި ޙަރަކާތް ކުރެވޭ ވަރަކުން އޭނަ ކުރުވައެވެ. އޭގެއިން ކޮންމެ ފަހަރަކު މަލާކަށް ހިތާހިތުން ޝަކުވާ ކުރެވުނެއްކަމަކު އަޔާޒަށްޓަކައި ބުރަކަމެއް ނޯންނަނީ އެއީ އޭނައަށްޓަކައި ކުރާ ކަމެއްކަން އެނގޭތީވެއެވެ. އަދި އަމުދުން އެހެން ހަދާ ކޮންމެ ފަހަރަކު އަޔާޒް ކުރާ ސަމާސާތަކުން އޭނައަށް ހެވެއެވެ. އެވަގުތު ވެސް އުދަގުލާއެކީ ފައި ލަންބަމުން އެނބުރިލީ ވަގުތު އުނަގަނޑުގައި ރިހުމެއް އުފެއްދުނެއްކަމަކު އޭނަ އަޔާޒަށް ބަލާލި ވަގުތު އިނދެވުނީ ހިނިތުންވުމެއްގައެވެ.

 

“އަހަރެން އިއްޔެ ދެއްކި ވާހަކަތައް ހަނދާނެއްނެތްދޯ؟ ފިހާރަ ބަންދުވީމަ ބަނގުރޫޓުވާނީ ކޮންބައެއްކަމާ އެންޑް އޯލް ދެޓް؟” އަޔާޒް އަހާލިއެވެ.

 

“ނޫނޭ އަޔާޒް ހަނދާން އެބަހުރި. އެކަމަކު މަލާކް އަސްލު ވަރަށް ވަރަށް ވަރަށް ވަރަށް ބޭނުން އޮފީހުގެ މަސައްކަތްތައް ނިންމަން.” މަލާކް ބުނެލިއެވެ.

 

“އެހެންތަ؟ އެހެންވީއިރު އަހަރެން ވެސް ވަރަށް ވަރަށް ވަރަށް ވަރަށް ބޭނުން މަލާކް ގޭގަ މަޑުކުރަން.” އަޔާޒް މަލާކް ބުނެލި ރާގަށް ބުނެލިއެވެ.

 

“ދެން އަޔާޒް……އެނގޭ ފިރިމީހާއާއި ދެކޮޅު ހަދައިގެން ނުވާނެކަން. އެހެންވީމަ އަންޑަސްޓޭންޑް ކޮށްދޭން ބޭނުންވަނީ. މަލާކް މަސައްކަތް ފަށާފަ ނުނިމި ހުރީމަ ވަރަށް އުދަގޫވޭ. މިގޮތަށް ގޭގަ ހުރިއްޔާ އިތުރަށް އެކަމާމެދު ވިސްނޭނީ. ވިސްނަމުން ވިސްނަމުން ގޮސް ބޮލުގެ ރިހުންވެސް ގަދަވާނެ. ޕްލީޒް އަޔާޒް!” މަލާކް އޭނަގެ ފަހު ދެބަސް ބުނަމުން ދެރަ މޫނެއް ދައްކާލިއެވެ. އެ މޫނު ފެންނަހާއިރަށް ހިތަށް އަސަރު ކުރާ އަޔާޒަށް ލުއި ގޮތަކަށް ހީލެވުނެވެ.

 

“މި ކުއްޖާދޯ؟ އެނގޭވިއްޔާ މީހަކު ކަމަކަށް އެއްބަސްކުރުވަން ވެސް! އެންމެ ރަނގަޅު އެހެންވީމަ ދިޔަޔަސް އެކަމަކު! އެކަމަކު މަލާކް ދާނީ އަހަރެން ހޮސްޕިޓަލަށްދާއިރު އަހަންނާއެކީ. ބްރޭކް ގަޑީގަ ހަވީރު 5 ހިކަށްހާއިރު ގެއަށްދާ މަގުމަތީގަ މަލާކް ގޮވައިގެން ދާނީ. އެންމެ ރަނގަޅު؟” އަޔާޒް ބުނެލިއެވެ. އެއާއެކު މަލާކް ވީ އުފަލާއެކީ އުޖާލާވި ހިނިތުންވުމަކާއެކީ ބޯޖަހަމުން އަޔާޒްގެ ގައިގައި ބައްދާލިއެވެ. އެއާއެކު ދެމީހުންނަށް ވެސް ހީލެވުނެވެ.

 

އަޔާޒް ވަޢުދުވީ ފަދައިން އޭނަ އެދުވަހުގެ މެންދުރު ޑިއުޓީއަށްދާން ކާރުގައި ދަތުރު ފެށީ މަލާކާއި އެކީގައެވެ. ހޮސްޕިޓަލަށް ދެވުމުގެ ކުރިން މަލާކްގެ އޮފީސް ހުންނަ ފިހާރައާއި ހަމަވުމުން ފަހުގެ އާދައިގެ މަތިން ކާރުގެ ދޮރު ކައިރިއަށް ގޮނޑި ގެނެސްދިނުމަށްފަހު މަލާކް އަމިއްލައަށް ގޮނޑިއަށް ބަދަލުވަންދެން މަޑުކުރިއެވެ. އެއަށްފަހު އަޔާޒް ދިޔައީ މަލާކް އެ ޢިމާރާތުގެ ތެރެއަށްވަދެ އޮފީހަށް ދިޔުމަށްޓަކައި ލިފްޓަށް އެރުމުން އަލްވަދާޢުވެސް ކިޔާފައެވެ. މަލާކް އެތަނަށް ދޫކޮށްފައި އަނބުރާ ގޮސް ކާރަށް އެރި އަޔާޒަށް ނޭނގުނު ކަމަކީ މަލާކް އެ ދޫކޮށްލެވުނީ ކިހާ ބޮޑު ނުރައްކަލެއްގެ ތެރެއަށްކަމެވެ.

 

އެދުވަހު މަލާކް އޮފީހަށް ވަންއިރު އިނީ ނުހަނު ހަމަޖެހިގެން ކަމަށްވިޔަސް މާނާ ކައިރިން މަސައްކަތުގެ ތަފްޞީލު އަހާލުމާއެކު އޭނައަށް އެތައް ޝަކުވާއެއް އެއްފަހަރާ ލިބިގެން ދިޔައެވެ.

 

“އިއްޔެގަ މޭމް ދިޔައިރު މަސައްކަތް ކުރެވުނު ވަރަކަށް ކުރެވިފަ ހުރީ. އިއްޔެގަ ނިމުނު ބައެއް ޕޯސްޓާރތައް އަހަރުމެން ޢާއްމުކޮށް ޕްރިންޓް ކުރުވާ ތަނުން ނަގަން އުޅުނުއިރު އެތަނުގެ ބޮޑު ޕްރިންޓަރު ހަލާކުވެފަ ހުރީ. ދެން އެހެން ތަނަކުން ޕްރިންޓް ކުރުވަންވެގެން މޭމްއަށް ގުޅަން އުޅެފަވެސް ފަހުން ހަނދާންވީ މޭމް އަންނަ 4 ގަޑި ފިޔަވައި އެހެން ގަޑިއެއްގަ ގުޅަން ނުވާކަން….ދެން މިއަދު ވެސް ބެލިއިރު އެމީހުން އެ ޕްރިންޓަރު ހެދުމުގެ މަސައްކަތް ކުރަނީ. އެހެން ތަނަކުން ކުރުވަންޏާ އަގުބޮޑުވާނެ. އިތުރު ލޮސްތަކެއް ވާނީ. ކިހިނެއްތޯ ހަދަންވީ؟” މާނާ ކިޔައިދެމުން ދިޔަދިޔަހެން މަލާކްގެ ބޮލުގެ ރިހުން ގަދަވެގެން ދިޔައެވެ. އެކަމަށްޓަކައި އޭނައަށް އަމިއްލަ ނަފްސަށް ނަފްރަތު ކުރެވުނެވެ. އެހެނަސް އޭނަ ފަހަތަށް ޖެހުމެއްނެތި ވާހަކަ ދެއްކިއެވެ.

 

“މިރެއާ ހަމައަށް އެތަނުގެ ޕްރިންޓަރު ނެހެދުނިއްޔާ އެހެން ތަނަކުން ޕްރިންޓް ކުރުވާފަ ޑިސްޕްލޭ ވާންވާނެ. ޑިސްޕްލޭތައް ހަދާއިރު އިތުރު ލައިޓިންގް ކޮޅެއްވެސް ލާށޭ ބުނާތި….މިވަގުތަށް ވާންހުރި ލޮސްއެއްވިއްޔާ ވާނީ. އިތުރު ލޮސްތަކެއްވުމުގެ ކުރިން ހިނގާ އިއްޔެ ރޭވި ގޮތަށް މަސައްކަތް ފަށަމާ!” މަލާކް ހެޔޮކޮށް ވިސްނަން މަސައްކަތް ކުރަމުން އެ ޖަލްސާ ނިންމާލިއެވެ.

 

އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނަގެ އެ ހެޔޮ ވިސްނުން ބަދަލުކުރުމަށްޓަކައި ދޭތެރެދޭތެރެއިން މާނާ އަންނަމުން ދިޔައެވެ. އެއްފަހަރު ޝައްކެއް ފިލުވަން އައިއްޔާ އަނެއްފަހަރު އޭނަ ތައްޔާރުކުރި އިޝްތިހާރެއް ދައްކަން އަންނަމުން ދިޔަ ގޮތުން މަލާކަށް އެދުވަހުވެސް އޭނަގެ މަސައްކަތަށް ސަމާލުކަންދޭން ދަތިވިއެވެ. މީގެ އިތުރުން މާނާ ޤަޞްދުގައި އޭނަ ކަންބޮޑުކުރުވައި ރުޅިއަރުވަން އުޅުނުހެން މަލާކަށް ހީވިއެވެ. އެތައް ވަރަކަށް ޝައްކުތައް އޮޅުން ފިލުވުމަށްފަހު ވެސް އޭނަ ބުނާ ގޮތާއި ޚިލާފަށް އެއްޗެހި ހަދައިގެން އަންނަ އައުމުންނެވެ. ނޭދެވޭ ކޮންމެ އިޙްސާސަކާއެކީ މަލާކްގެ ބޮލުގެ ރިހުން ތޫނުވަމުން ދިޔަދިޔަހެން އިއްޔެ ފަދައިން ބުރަކަށީގައި ވެސް ރިއްސަން ފެށިއެވެ. ރިއްސަން ފެށިތާ މާ ގިނައިރެއްނުވެ މާނާ އޭނައަށް ދޭން ކޮފީ ތަށްޓެއް ގެނައެވެ. މަލާކް އިއްޔެގަ ކަންތައް ވީ ގޮތް ހަނދާންވެފައި ވަގުތުން އޭނަ ކޮފީ ނުބޯ ވާހަކަ އެންގިއެވެ. އޭގެ މާ ގިނައިރެއްނުވެ މާނާ މާ ރަނގަޅުވާ ކަމަށް ހެދިގެން މަލާކަށް ދޭން ޖޫސް ތަށްޓެއް ގެނައެވެ. މަލާކް އެދުވަހު އައީ މެންދުރު ކައިގެން ކަމަށްވުމުން އޭނަ ވަކި އެ ޖޫސްތަށި ބޯހިތެއްވެސް ނުވިއެވެ. އެހެނަސް މިއީ ފިހާރައަކަށް އަލަށް ގެނައި ޖޫހެކޭ ބުނެ ރަހަ ބަލާލަންވީތޯ ބުނެލުމުން މަލާކަށް އެ ތަށިން ކޯވަރެއް ދަމާލެވުނެވެ. ކޮންމެ ވައްތަރެއްގެ ވެސް އޮރެންޖު ޖޫހަކީ އޭނައަށް މީރު ޖޫހަކަށްވުމުން އޭނައަށް އޭގެ ފަހުން ވެސް މަސައްކަތުގެ ތެރެއިން އެ ތަށިން ބޮވެމުން ދިޔައެވެ.

 

**

 

މެލޭޝިޔާއަށް އެދުވަހުގެ ރޭގަނޑު ވަގުތު ހެދުން ބްރޭންޑަކާއި ގުޅިގެން މަޒީދު ހުޅުވާފައިވާ ބޮޑު ފިހާރައިގެ ކުރިމައްޗަށް އޭނަގެ ކާރު މަޑުކުރިއެވެ. ކާރު ޕާކްކުރުމަށްފަހު މަޒީދު ކާރުން ފައިބަމުން އެ ބޮޑު ފިހާރައަށް ނަޒަރެއް ދިނެވެ. ބަލާބެލުމަށް މި ވޭތުވެ ދިޔަ 5 ވަރަކަށް މަސް ތެރޭގައި ފިހާރަ ކުރިއެރުވުމަށް އެއްވެސް ކަމެއް ކުރެވިފައި ނުވާކަން ބޭރު ތެރެއިން ވެސް ބަލާ މީހަކަށް ފާހަގަވާނެއެވެ. އޭނަ ހިތުން އޭނަގެ އަލަތު ދަރިފުޅު ކަމަށްވާ މައުވާއާއި އެ ފިހާރަ މުޅިން ޙަވާލުކުރީ މައުވާގެ މަންމަ މައުވާގެ ހިތުގައި އިންދި ދަހިވެތިކަމުގެ އޮށަށް ކުޑަވެސް ބަދަލެއް އާދޭތޯއެވެ. އެ ފިހާރައާއި ދެންވެސް އިންޑިޔާގައި ހުރި ދެ ހެދުން ފިހާރައެއް މުޅިންހެން މައުވާއަށް ދިނީ މައުވާ އޭނަގެ ބައްޕައަށް ހިތްހެޔޮވާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް އެ ހިތްހެޔޮކަން ފެނިގެން ދިޔައީ މިލްކުވެރިކަން ޙަވާލުކުރެވުނު ދުވަސްވަރު އެކަންޏެވެ. މިލްކުވެރިކަން ލިބުމާއެކު މައުވާ އަނެއްކާވެސް އޭނައާއި ދުރުވިއެވެ. އޭނަ ގުޅުމާއެކު ބުނާހާވެސް އެއްޗަކީ އެންމެ ތިން ފިހާރައިން މަންމައަށް ބައްޕަ ހެދި ގޮތުގެ ބަދަލު ނުދެވޭނެ ކަމަށެވެ. އަދި އެ ބުނާ ބުނުމަށްފަހު ޤަޞްދުގައި އަދި ޤަޞްދެއްނެތި ވެސް ފިހާރަތަކަށް ގެއްލުން ލިބޭފަދަ އެތައް ފިޔަވަޅެއް އަޅާފައިވެއެވެ. އެ ފިޔަވަޅުތައް ރަނގަޅު ކޮށްދޭން މަޒީދު އުޅެފިނަމަ މައުވާ އޭނަގެ ދެން ހުރި އަންހެން ދަރިފުޅު ކައިރިއަށް ދާންވީ ނޫންތޯ ބުނެފާނެއެވެ. ޙަޤީޤަތުގައި އޭނަ އެ ދަރިފުޅު ކައިރިއަށް ވަރަށް ވެސް ދާން ބޭނުންވެއެވެ. މައުވާގެ ފަރާތުން އޭނައަށް ނުލިބޭ ޤަދަރާއި ލޯބި އެކުއްޖާގެ ފަރާތުން ލިބޭނެކަން ޔަޤީނާއި ގާތްކުރެވޭތީވެއެވެ. އެހެނަސް އޭނައަށް އެކުއްޖާއާއިމެދު ކަންތައް ކުރެވިފައިވި ގޮތުން އެކުއްޖާއާއި ބައްދަލުކުރަން ވެސް އޭނައަށް ޙައްޤު ނުވާހެން ހީވާ ހީވުމުން މަޒީދަށް ހުރިތާ މަޑުކޮށްލެވެއެވެ.

 

އެދުވަހުވެސް މަޒީދު އެ ފިހާރައަށް ވަދެގެން ދިޔައީ ފިހާރައިގެ ޙާލަތު ބަލާލުމަށެވެ. މެލޭޝިޔާގައި ހުއްޓަސް މައުވާ ޢާއްމު ގޮތެއްގައި ފިހާރައަށް ނާންނަކަން އޭނައަށް އެނގެއެވެ. ފިހާރައިގެ ދެން ތިބި މުވައްޒަފުން އޭނައަށް މަރުޙަބާ ކިޔަން އައިއިރު ވެސް މައުވާ ނުފެނުމުން އޭނަ ޙައިރާންނުވީ އެހެންވެއެވެ. އެހެނަސް ފިހާރަ ތެރޭގައި އުޅެމުން ދަނިކޮށް ފިހާރައިގެ އޮފީސް ބައިން ފައިލެއް ހިފައިގެން އަންނަމުން ދިޔަ އަންހެން މުވައްޒަފަކު ފެނިފައި މަޒީދުގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ.

 

“ސޯފިޔާ!” މަޒީދު އެ ނަން ކިޔާލިއިރު ސޯފިޔާ ހުރީ އޭނައާއި މާ ދުރު ނޫން ހިސާބެއްގައި ކަމަށްވުމުން އެއަޑަށް އޭނަވެސް ބަލާލިއެވެ. މަޒީދުގެ ޙައިރާންކަން އެކުލެވިފައިވި މޫނު ފެނިފައި ސޯފިޔާވެސް ހުއްޓުން އަރައި ދެލޯ ބޮޑުވެގެން ދިޔައެވެ.

 

**

 

އެވަގުތު ރާއްޖޭގެ ގަޑިން 5 ޖަހަން ގާތްވަމުން ދަނީއެވެ. އެ ގަޑީގައި މަލާކްމެން އޮފީސް ހުންނަ ޢިމާރާތާއި ދިމާ ކުރިމަތީގައި ހުންނަ ކެފޭއެއްގެ މޭޒު ދޮށުގައި މައުވާ އިނެވެ. އެކަނި އެ މޭޒުދޮށުގައި ކޮފީ ބޯން އިންއިރު އޭނަގެ ނަޒަރު ހުއްޓިފައިވީ ކުޑަދޮރުން ފެންނަމުން ދިޔަ ޢިމާރާތާއި ދިމާލަށެވެ. މޫނުމަތިން ފާޅުވަމުން ދިޔަ ރުޅިވެރި އަސަރުތަކުން އޭނަގެ ހިތަށް އެތައް ހާސް ޖަޒުބާތެއް އަރާ ފައިބަމުން ދާކަން ބަލާ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ.

 

މައުވާ އޭނަގެ ޚިޔާލުތަކުގައި އިންގޮތަށް އިންދާ އޭނަގެ ކޮފީތަށި ކައިރީގައި ބޭއްވިފައިވި އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނަށް ބަލާލިއިރު އަރާފައި އޮތް ނަމަކީ ‘ހޯމް ޑިސްޓްރޯޔާ’ އެވެ. އެ ނަން ފެނުމާއެކުވެސް މައުވާއަށް އޭނަގެ ކުޑައިރުގެ ހަނދާންތައް އެއްފަހަރާ އާވެގެންދެއެވެ. އޭނަގެ މަންމަ ރުއި ރުއިންތަކެވެ. މަންމަ ކުރި އާދޭސްތަކެވެ. އެ މަންމަގެ އާދޭސްތައް އަޑުއެހުމެއްނެތި އޭނައަށް ގުޅަމުން މިދާ އޭނަގެ ބައްޕަ ބޮޑު ފިޔަވަޅެއް އެޅި ދިޔަ ގޮތެވެ. ފޯނަށް ބަލަން އިނދެފައި އެންމެ ފުރަތަމަ މައުވާ އުޅުނީ ސައިލެންޓަށްލައި ފޯނު ލޮކްކޮށްލާށެވެ. އެހެނަސް ބުނާނެ އެއްޗެއް އަޑުއަހަން ބޭނުންވުމުން މައުވާ އެ ކޯލު ނަގައި ފޯނު ކަންފަތުގައި ޖައްސާލިއެވެ.

 

“ހެލޯ.” މައުވާ ބުނެލީ ހަމައެކަނި އެހާވަރަށެވެ.

 

“މައުވާ ކިހިނެއްވެގެންތަ ތިއުޅެނީ؟ ބައްޕަ މާލެއަށް ފޮނުވަން އުޅުނު ކުއްޖާގެ ބަދަލުގަ މާލެއަށް ގޮސްގެން ތިއުޅެނީ ކީއްކުރަން؟ އަދި އޭގެ މައްޗަށް ސޯފިޔާ މިކޮޅުގަ ބައިންދައިގެން އެހެން ތަންތަނުގެ ފިހާރަތަކުގެ ހިސާބުތައް އޭނަ ލައްވާ ތި ފޮނުވަނީ! މިހާ ބޮޑު ރޭވުމެއް ރާވައިގެން ތިއުޅެނީ ކީއްވެކަމާމެދު ސުވާލު ކުރެވިދާނެތަ؟” އެކޮޅުން ވާހަކަ ދެއްކީ އޭރުވެސް ފިހާރައިގައި ސޯފިޔާއާއި އެހެނިހެން މުވައްޒަފުންނާއެކީ ހުއްޓިހުރި މަޒީދެވެ. އޭނަގެ އަޑުގައި ނުރުހުންތެރިކަމެއްވީ މައުވާގެ މަކަރުވެރިކަން އެނގުންވުމުންނެވެ. އެހެނަސް މައުވާއަށް ނެގުނީ އެ ވާހަކައިގެ ނުބައި މާނައެކެވެ. މަޒީދުގެ ވާހަކަ އަޑުއެހުމަށްފަހު މައުވާ އަސަރެއްނެތް ގޮތަކަށް ހީލިއެވެ.

 

“ކިހިނެއްވީ؟ ބިރުގަތީތަ އަހަރެން މިކޮޅަށް އައިސް ތީނަގެ ދޮން ކަނބުލޮއަށް ކަމެއް ކޮށްފާނެތީ؟” މައުވާ ނުލަފާ ހިނިތުންވުމަކާއެކީ ރާގަކަށް ސުވާލުކުރިއެވެ. މައުވާގެ ބަސްތައް އިވިގެން ދިޔަ މަޒީދަށް ލިބުނު ސިހުމާއެކީ ދެލޯ ބޮޑުވެގެން ދިޔައެވެ. މިއީ އެންމެ ފުރަތަމަ އޭނަ މައުވާއަށް ގުޅިއިރު ހިތަށްއެރި ޚިޔާލެއްވެސް ނޫނެވެ. އެހެނަސް މައުވާ އެހެން ބުނެލި ގޮތުން އޭނަގެ ހިތް މަލާކަށްޓަކައި ބިރުވެރިކަމުން ވަށާލެވިގެން ދިޔައެވެ. އެ ބިރުވެރިކަމުގައި އޭނައަށް މައުވާގެ ނަމުން ގޮވާލެވުނީ އޭނައަށް ހުރެވުނީ މައުވާ ހުއްޓުވޭވަރަށްވުރެ ކިހާ ދުރުގައިކަން އެނގުންވުމުންނެވެ.

 

“މިއަދު ވެގެން ދާނީ އޭނަގެ ޙަޔާތުގެ އެންމެ ފަހު ދުވަހަށް. އެކަން ހުއްޓުވުމަށްޓަކައި އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޯންނާނެ. އެއީ އަހަރެން….މިހާރުން މިހާރަށް މި ހިނގައިގަންނަނީ އޭނަ ހުރި ތަނަށް.” މައުވާ އެ ފަހު ބަސްތައް ބުނެލީ އޭނަ އިން ގޮނޑިން ތެދުވަމުންނެވެ. އެ ބަސްތައް އިވިގެން ދިޔަ މަޒީދުގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅު ބާންޏެއް ނެގި ހިނދު ހުރެވުނު ތަނެއްވެސް އޭނައަށް ނޭނގުނެވެ. ދެފަރާތަށް ދެފަރާތަށް ކަޅި ހިންގުމަށްފަހު މައުވާއޭ ކިޔައި އެއްޗެކޭ ބުނަން އުޅުނުތަނާހެން ފޯނު ކެނޑިގެން ދިޔައެވެ. އެއާއެކު ފޯނު ކަންފަތުން ނަގާލަމުން ސްކްރީނަށް ބަލާލި މަޒީދުގެ މޫނުމަތިން ރުޅިވެރިކަމާއި ނާއުއްމީދުގެ އަސަރެއް ފާޅުވިއެވެ.

 

**

 

އޭނަގެ ބްރޭކް ގަޑި ޖެހެން ގާތްވަމުން ދިޔަދިޔަހެން އަޔާޒްގެ ހިތަށް އުފާވެރިކަމެއް ވެރިވަމުން ދިޔައީ މަލާކް ދެކިލުމުގެ އުއްމީދުގައެވެ. އެދުވަހުގެ ނަސީބު ރަނގަޅުކަމުން ކަންނޭނގެއެވެ. ބްރޭކް ގަޑި ޖެހުމުގެ މިނެޓްތަކެއްކުރިން އޭނަ އެވަގުތަށް ބަލަންޖެހޭ ހުރިހާ ބަލިމީހުން ބަލައި ނިމުމުން އޭނަ ފަހުގެ ކަމަކަށް ކޮމްޕިއުޓަރުން ހުޅުވާފައި ހުރި ވިންޑޯސްތައް ކްލޯޒް ކުރަން ފެށީވެސް ހިނިތުންވުމަކާއި އެކީގައެވެ. އޭނަ އެހެން އިންދާ އޭނަ ހިފަހައްޓައިގެން ހުރި މައުސްގެ ކައިރީގައި އޮތް ފޯނު ރިންގުވާން ފެށުމުން އަޔާޒަށް އެއަށް ބަލާލެވުނެވެ. ފޯނުގެ ސްކްރީނަށް ‘ބައްޕަ’ އޭ އަރާފައި އޮތް މަންޒަރު ފެނިފައި އަޔާޒް އެ ފޯނު ނަގައި ކަންފަތުގައި ޖައްސާލީވެސް އުފަލާއި އެކީގައެވެ. އެހެނަސް އޭނައަށް އެއްޗެކޭ ނުބުނެވެނީސް އެކޮޅުން މަލާކްގެ ބައްޕަގެ ހާސްކަން އެކުލެވިފައިވި އަޑު އިވުނެވެ.

 

“އަޔާޒް! އަޔާޒް ވަރަށް އަވަހަށް މަލޫ ހުރި ތަނަކަށްދޭ! މަލޫވަނީ ނުރައްކަލެއްގެ ތެރޭގަ. އިތުރަށް ކިޔައިދެވޭކަށް ނެތް އަޔާޒް އާދޭސްކޮށްފަ މި ބުނަނީ އެ ކަނބުލޮ ސަލާމަތްކޮށްދީ!” ބައްޕަ ހަރުއަޑުން އެ ބަސްތައް ބުނެލިއިރު އެ އަޑު ރޫރޫއަޅައިގެން ދިޔަ ގޮތުން އަޔާޒްގެ މެއަށް ވެސް ގޮތެއްވިއެވެ. މަލާކަށް ގޮތެއްވެދާނެކަމުގެ ޚިޔާލުން ވެސް އޭނަގެ ސިކުނޑީގެ މަސައްކަތް ހުއްޓެން އުޅުނުހެން ހީވިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި އޭނަ ސުވާލެއްވެސް ކުރުމެއްނެތި ފޯނު ކަނޑާލަމުން ގޮނޑިން ތެދުވެ ދިގު ފިޔަވަޅުތަކެއްގައި އެ ރޫމުން ނިކުމެގެން ދިޔައެވެ.

 

**

 

ހަވީރުގެ އެވަގުތުވީއިރު ވެސް އިއްޔެ ފަދައިން ކޮމްޕިއުޓަރު ދޮށުގައި އިން މަލާކަށް އިޙްސާސް ކުރެވެމުން ދިޔައީ އާދަޔާ ޚިލާފު ވަރުބަލިކަމެކެވެ. ބޮލާއި ބުރަކަށީގައި އެއްވަރަކަށް ރިއްސަމުން ދިޔައިރު އޭނަގެ ލޮލަށް ވެސް ބަރުވެފައިވިކަން ބަލާބެލުމަށް ވެސް އެނގޭނެއެވެ. ކޮމްޕިއުޓަރުން މަސައްކަތް ކުރަމުން ދިޔައިރު ދޭތެރެ ދޭތެރެއިން އޭނަގެ ލޯ މެރެމުން ދިޔައިރު ބައެއްފަހަރު ކުރިމަތީގައި ހުރި މަންޒަރު ފުސްކޮށްވެސް ފެންނަމުން ދިޔައެވެ. އަނެއްބައި ފަހަރު ބޮލަށް އެނބުރުން އަރާ ފަދައަކުން ވަށައިގެންވި މަންޒަރުތައް ފެންނަމުން ދިޔައެވެ. މަސައްކަތް ހުއްޓާލަން ކިތަންމެ ފަހަރަކު ހިތް ބުންޏެއްކަމަކު އެކަމަށް ނުކުޅެދުނީ މާނާ އެތައް ފަހަރެއްގެ މަތިން އޭނަގެ ނާޤާބިލުކަން އިޙްސާސް ކޮށްދީފައިވާތީވެއެވެ. އެހެންކަމުން ކުރިމަތިވަމުން ދިޔަ ދަތިތަކާއި އެކީވެސް ލޯ ހުޅުވައިގެން މަސައްކަތް ނިންމޭތޯ އޭނަ އޭނަގެ ސިކުނޑިއަށް ބާރުލިއެވެ. އެގޮތަށް ބާރުލާ ކޮންމެ ފަހަރަކު މޭނުބައި ކުރާހެން ވެސް އޭނައަށް ހީވަމުން ދިޔައެވެ. މިފަދަ ޙާލެއްގައި އޭނަ ވަނިކޮށް މާނާ އަނެއްކާވެސް ކެބިންއަށް ވަދެގެން އައެވެ. އަދި މަލާކްގެ މޭޒުގެ ކުރިމަތީގައި އައިސް މަޑުކޮށްލަމުން މޭމް ކިހިނެއްތޯ ސުވާލުކުރިއެވެ. އެ ސުވާލު ރަނގަޅަށް ދޭހަވެސް ނުކުރެވުނު މަލާކް މާނާއަށް ބަލާލުމެއްވެސް ނެތި އާނއެކޭ ބުނެލިއެވެ. މާނާ އެކަމަށްޓަކައި މަލާކާއި ދިމާލަށް މަލާމާތުގެ ހިނިތުންވުމެއް ދެމުން މަލާކްގެ މޭޒުމަތީގައި އޮތް މަލާކްގެ ފޯނު ނެގިއެވެ. އެއަށްފަހު ލަސް ހިނގުމެއްގައި ގޮސް މަލާކްގެ އޮފީސް ގޮނޑިއާއި ދާދި ކައިރީގައި ހުރި ފުރޮޅުލީ ގޮނޑި ދަމަމުން ގޮސް މަލާކްގެ ވާތް ފަރާތުން ދުރުގައި ހުރި ފާރު ކައިރީގައި ބެހެއްޓިއެވެ. ގޮނޑީގެ އަޑު މަލާކަށް އިވުނެއްކަމަކު އެވަގުތު އެކަމާއިމެދު ވިސްނާނެހާ ހިތްވަރެއް އޭނަގެ ސިކުނޑީގައެއްނެތެވެ. އޭނަ އެ އިން ގޮތަށް އިންދާ މާނާ އެ ކެބިންގެ ތެރެއިން އެތެރެއަށް ދެވޭ ކެބިންގައި ތިބި މުވައްޒަފުން ވެސް ގޮވައިގެން މަލާކް އެކަނި ބަހައްޓާފައި ކެބިންއިން ނިކުތެވެ. އޭގެ ތެރެއިން އެންމެ ފަހަކަށް ނިކުތް މާނާ ކެބިންގެ ދޮރު ލައްޕާލަމުން ދޮރު ތަޅުވެސް ލިއެވެ. އެއަޑަށް މަލާކް ދޮރަށް ބަލާލި ހިނދު ދޮރު ތަޅުލެވުނީހެން އޭނައަށް ހީވިއެވެ. އެހެނަސް އެއީ ހަމައެކަނި ހީވި ހީވުމެއްކަމަށް ނިންމަމުން މަސައްކަތަށް ސަމާލުކަން ދިނީ ވަރުބަލިވެފައިވި ސިކުނޑިއެއްގެ ސަބަބުންނެވެ.

 

މަސައްކަތް ކުރަމުން ދިޔަދިޔަހެން އިންތިހާއަށް ދަތިވެގެން ދިޔަ ވަގުތު އޭނަ އަޔާޒް މަތިން ހަނދާންވެގެން ދިޔައެވެ. ހަމަ އެހިނދު ގަޑި ބެލި ވަގުތު 5 ޖަހާފައިވި މަންޒަރު ފެނިފައި ހިނިތުންވެލެވުނީ މިހާރު އަޔާޒް އަންނާނެކަމުގެ ޚިޔާލުންނެވެ. މަސައްކަތުން ދުރުވާން އަޔާޒް އޭނައަށް އެހީވެދޭނެތާއޭ ހިތަށްއެރީ، މަސައްކަތުން ދުރުވުމަކީ އޭނަގެ އިޚްތިޔާރުގައި ނެތްކަމެއްހެން ހީވާ ވަރަށް އޭނަ އެވަގުތު ހުރިހާ ގޮތަކުން ވެސް ނުކުޅެދިފައިވުމުންނެވެ. އަޔާޒް އައިސް އޭނަ ލޯތްބާއެކީ ގެންދާ މަންޒަރު ލޮލަށް ސިފަވުމުން ވެސް މަލާކަށް ހިތްހަމަޖެހުމެއް ލިބުނެވެ. އެހެނަސް އެ ހަމަޖެހުން ނެތިދިޔައީ ކުއްލިއަކަށް ރިންގުވާން ފެށި ލޭންޑްލައިން ފޯނުގެ ސަބަބުން އޭނަ ސިއްސައިގެން ދިޔުމުންނެވެ. ސިއްސައިގެން ދިޔަދިޔަހެން އޭނަގެ ޙިއްސުތައް ހިސާބަކަށް ހޭލިއެވެ. އެއާއެކު އޭނަ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. މަލާކަށް އެއްޗެކޭ ނުބުނެވެނީސް އެކޮޅުން އިވިގެން ދިޔައީ މާނާގެ ކަންބޮޑުވުން އެކުލެވިގެންވި އަޑެވެ.

 

“މަލާކް މޭމް….ބިލްޑިންގްގެ ކުރިމަތިން ވަރަށް ބޮޑު ކަމެއްވެގެން މިއުޅެނީ.” އެ ވާހަކަ ބުނެލީ ފިހާރައިގެ ސްޓޯރ ރޫމެއްގެ ތެރޭގައި ހުރި މާނާއެވެ.

 

“ކޮން ކަމެއް؟” މަލާކަށް އަހާލެވުނެވެ.

 

“މަލާކް މޭމްގެ ހަސްބެންޑް! ޑޮކްޓަރ އަޔާޒްގެ ވަރަށް ބޮޑު އެކްސިޑެންޓެއް ހިނގައިގެން އުޅެނީ. މީހުންނަށް ފެނުނީ ކާރު ތެރެއިން ވެއްޓި ބިންމަތީގަ އޮތްވާ. ވަރަށް ގިނަ ލޭ ފައިބާފަ ހުރި ބޮލުންވެސް. މިތަނުން އެމްބިއުލާންސަށް އަރުވަނީ މިހާރު. މީހުން އެބަ ބުނޭ ނޭވާވެސް ނުލެވެއޭ.” އެކޮޅުން އިވިގެން ދިޔަ ވާހަކަތަކުން އަޔާޒް އެ ޙާލުގައި އޮތް މަންޒަރު ލޮލަށް ސިފަވުމުން އިސާހިތަކު މަލާކްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނަ އެއްޗެކޭ ބުނަން ނުކުޅެދިފައި ވަނިކޮށް މާނާ އޭނަ ގާތު ވަރަށް އަވަހަށް ތިރިއަށް އައިސްދިނުމަށް އެންގިއެވެ. އެއާއެކު މަލާކް ފޯނުގެ އަތްގަނޑު ވައްޓާލަމުން ކޮޅަށް ތެދުވީ ވަކި ވިސްނާލުމެއްނެތިއެވެ. ނަތީޖާއެއްގެ ގޮތުން އޭނަ ވަގުތުން ބިންމައްޗަށް ވެއްޓުނެވެ. އެވަގުތު އޭނައަށް ރޮވެން ފެށީ އޭނައަށް ވީ ތަދަށްވުރެ ބޮޑަށް އަޔާޒްގެ ޙާލާއިމެދު ވިސްނުމުންނެވެ. އަޔާޒް އެފަދަ ޙާލެއްގައި ވަނިކޮށް އެއްގޮތަކަށް ވެސް އަޔާޒާއި ދުރުގައި ހުންނަން ބޭނުން ނުވުމުން މަލާކް އޭނަގެ ގޮނޑި ހުރި ދިމާލެއް ހޯދިއެވެ. ގޮނޑި މާ ދުރުގައި ހުރިތަން ފެނިފައި ޙައިރާންވިއެއްކަމަކު އޭނަ އެކަމާމެދު ވިސްނުމެއްނެތި އެކި ފަހަރުމަތިން ކޮޅަށް ތެދުވެ، ވެއްޓެމުން އަދި އެންމެ ފަހުން ދެމެމުން ގޮއްސަ ގޮނޑީގައި ހިފައި ގޮނޑިއަށް އަރައި އިށީނެވެ. އޭރުވެސް އޭނަގެ ގިސްލުމަށް ބަދަލެއް ނައި ހިނދު އަޔާޒް އޭނައާއި ވަކިވެދާނެ ކަމުގެ ޚިޔާލުން އޭނަގެ މޭގައި އުފެދެން ފެށި ރިހުން އެހެން ކަމަކާއި މެދު ވިސްނަން އޭނައަށް ދަތިކުރުވިއެވެ. އެހެނަސް އޭނަ ގޮނޑި ދުއްވާފައި ގޮސް ކެބިންގެ ދޮރު ހުޅުވަން އުޅުނު ވަގުތު ދޮރު ނުހުޅުވުމުން އޭނައަށް އެ ދޮރުގައި ޓަކި ދެވެން ފެށިއެވެ. އިރުކޮޅެއްވީއިރު ވެސް ފަހަތުން ވެސް އެއްވެސް މުވައްޒަފަކު އަންނަތަން ނުފެނުމުން މަލާކަށް ރޮމުން ޓަކި ދެމުން އަޔާޒްގެ ނަމުން ގޮވެން ފެށިއެވެ. އޭނަ އެހެން ރޯން ފެށިތާ އިރުކޮޅެއްފަހުން ބޭރުން އެ ދޮރު ހުޅުވުނު އަޑަށް އޭނަގެ ރުއިން ހުއްޓުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އަވަސްއަވަހަށް ދޮރު ހުޅުވާލަމުން ވަކި މީހަކު ނުފެނުނެއްކަމަކު ތިރިއަށްދާން ލިފްޓާއި ދިމާލަށްދާން ފެށިއެވެ. އެހެނަސް މާ ދުރަށް ނުދެވެނީސް ކުއްލިއަކަށް މުޅި އެ ފްލޯއަށް އަނދިރިކަން ވެރިވިއެވެ. އެއީ ހަވީރުގެ ވަގުތަށް ވިޔަސް އެ ފްލޯއަކީ އެފަދަ ގޮތަކަށް ބަންދުކުރެވިފައިވާ ތަނަކަށް ވުމުން ކަރަންޓު ދިޔުމުން އެގޮތަށް އަނދިރިވެގެންދެއެވެ. އެ އަނދިރީގެ ތެރެއިން މަލާކަށް އޭނަގެ ނޭވާގެ އަޑުގެ އިތުރުން އޭނަގެ ފަހަތުން އަންނަން ފެށި އުސް ފައިވާނެއްގެ އަޑުވެސް އިވުނެވެ.

 

“މަލާކް…..އަޔާޒް ބަލަންތަ ދާން ބޭނުންވަނީ؟” އެ ފައިވާނުގެ އަޑު ކައިރިވަމުން ދިޔަދިޔަހެން އަންހެން ކުއްޖަކު ނުހަނު އާދައިގެ ގޮތަކަށް އަހާލި އަޑު އިވުނެވެ. އެއީ އޭނައަށް ކުރިން އިވިފައިވި އަޑަކަށް ވިޔަސް އެއީ ކާކުކަން ނަގައިގަންނަން މަލާކަށް އެވަގުތު ދަތިވިއެވެ.

 

“އާނ ބޭނުން އަޔާޒް ބަލަންދާން….އަޔާޒްގެ ޙާލަތު ވަރަށް ދަށް. އަޔާޒް ކައިރިއަށް މަލާކް ގެންގޮސްދީ.” މަލާކް ރޮވިފައިވާ އަޑަކުން އެހެން ބުނެލީ އޭނަގެ މޭގައި އުފެދެމުން ދިޔަ ރިހުމަށާއި ހަށިގަނޑުގެ އެކި ދިމަދިމާލުން ވަމުން ދިޔަ އުދަގޫތަކަށް ކެތްކުރަން ދަތިވެފައިވާ ޙާލުގައެވެ.

 

“އޯންވް….ކީއްކުރާނީ؟ މި ގަޑީގަ ލިފްޓެއް މަސައްކަތެއް ނުކުރާނެ. ހިނގާދޯ މިތާހުރި ސިޑިން ދާން؟ ގޮނޑިން ފައިބާ. އޭރުން އަހަރެން ގެންގޮސްދޭނަން މަލާކް ސިޑިން.” އެ އަންހެން ކުއްޖާ ބުނެލި އަޑު އިވުނެވެ. އެއާއެކު ކޮންމެހެން ވެސް އަޔާޒް ބަލަން ބޭނުންވެފައިވި މަލާކް އެކުއްޖާގެ އަޑު އަންނަމުން ދިޔަ ދިމާލަށް ގޮނޑި އަނބުރާލަމުން ގޮނޑިން ފޭބިތަނާހެން ބިއްލޫރި ބޯޅަތަކެއް ޓައިލްސް މައްޗަށް ވެއްޓި ޓައިލްސް މަތީގައި ދުވަން ފެށިއެވެ. އޭގެ ދެވަނަ ސިކުންތުގައި މަލާކްގެ އެއްފައި އެ ބޯޅަތަކެއްގައި އެޅުމާއެކު އޭނަ ކައްސާލައިގެން ގޮސް އެ ބޯޅަތަކާއި ޓައިލްސްތަކުގެ މަތީގައި ޖެހުނެވެ. އެއިން މުޅި ގައިގައި އެޅި ވޭނާއެކީ މަލާކަށް ވޭނީ އާހެއްގެ އަޑު ލައްވާލެވުނެވެ.

 

“އޫޕްސް…..ތަދުވީތަ؟ އިޓްސް އޯކޭ. އަނދިރީގަވީމަ އެހެންވެސް ވާނެ. އަހަންނަށް ވެސް ނުފެނޭ މަލާކް. އެހެންވީމަ ދެން ހަދަންވީ ގޮތަކީ މަލާކަށް މިހާރު ތި އޮވެވުނީ ބިންމަތީގަ ކަމަށްވީމަ އެކި ތަންތާ އަތްޖައްސަމުން އައިސް އަހަރެންގެ ފައި ހޯދައި ދެފައިގަ ހިފަންވީ. އަހަރެން ފިޔަވަޅު އެޅީމަ އެނގޭނެ ދޯ އަންނަންވީ ދިމާލެއް؟ ސްޓާޓް!” އެ އަންހެން ކުއްޖާ ބުނެލި އަޑު އިވުނެވެ. އެ އަންހެން ކުއްޖާގެ އަޑުގައި ޝައްކު އުފެދޭފަދަ ގޮތެއްވިޔަސް އަޔާޒަށްޓަކައި ރޮމުން ރޮމުން އޭނައަށް ބިންމަތީގައި ދެމެން ފެށިއެވެ. އުސް ފައިވާނުގެ އަޑު އެކި ފަހަރު އެކި ދިމަދިމާލުން އިވެމުން ދިޔަ ގޮތުން އޭނައަށް ދާންވީ ދިމާލެއް ސާފުނުވަމުން ދިޔަގޮތުން އިހުނަށްވުރެ ގަދައަށް ރޮވެމުން ދިޔައެވެ. އެހެނަސް އެންމެ ފަހުން މަލާކް އެހެން އުޅެމުން އުޅެމުން ގޮސް އެންމެ ފަހުން އޭނަގެ އަތް ސިޑީގެ ރެއިލިންގް ގައި ޖެހުނެވެ. ރެއިލިންގް ގައި އެއްއަތް ޖެހުމުން މަލާކް ދެއަތުން ވެސް ރެއިލިންގްގައި ހިފައި ކޮޅަށް ތެދުވެލިއެވެ.

 

“މަލާކަށް ހީވަނީ މަލާކް މިހާރު މިހިރީ ސިޑީގެ ކައިރީގަހެން. ތިކުއްޖާވެސް އެކި ތަންތާނގަ އަތްޖައްސަމުން މިތަން ހޯދާލަބަލަ ވަރަށް އަވަހަށް.” މަލާކް ވެއްޓިދާނެތީ ދެއަތުން ރެއިލިންގްގައި ބާރަށް ހިފަހައްޓައިގެން ހުރެ އެދުނެވެ. އެއާއެކު މަލާކް މި ޙާލަތުގައި ވެސް އޭނަ ހީކުރި ވަރަށްވުރެ ކުރި އަރައިގެން ދިޔުމުން އޭނަ އައީ އަމަށަކު ރުޅިއެއްނޫނެވެ. އަމުދުން ހަމަ އެވަގުތު އޭނަގެ ފޯނަށް އައި މެސެޖަކާއެކީ ކުއްލިއަކަށް ހުރިހާ ބޮކިތައް ދިއްލި މާޙައުލު ސާފުވެގެން ދިޔައެވެ. އެވަގުތު މަލާކް ހީކުރި ފަދައިން އޭނައަށް ހުރެވުނީ ސިޑިއާއި ދާދި ކައިރި ހިސާބެއްގައެވެ. އޭނަ ފަސް ބަލާލިއިރު އޭނައާއި ދިމާ ހުރަހަށް ހުރި ކުޑަދޮރުގެ ކައިރީގައި ހުރީ ރުޅިން ރަތްވެފައި ހުރި މައުވާއެވެ. މައުވާ އައިސްފައިވި ރުޅީގައި މަލާކަށް އެއްޗެކޭ ވެސް ނުބުނެވެނީސް އޭނަގެ އަތުގައި އޮތް ފޯނު ބިމަށް ޖަހާލިއެވެ. އެއަށްފަހު ދިގު ފިޔަވަޅުތައް އަޅާލަމުން ޖެހިލުމެއްނެތި ގޮސް މަލާކް އޭނައާއި ވީ ފަރާތަށް އަނބުރާލަމުން މަލާކްގެ ކަރުގައި ހިފާލިއެވެ.

 

“މިއަދު ހަމަ މަރާލާނަން ކަލޭ!” މައުވާ އެހެން ބުނެ ކަރުގައި ހިފާފައިވި އޭނަގެ އަތަށް ބާރުކުރިއެވެ. އެހިނދު މަލާކަށް ވާން ފެށި ގޮތުން އޭނައަށް ކުޑައިރު ވީގޮތެއްގެ ހަނދާނެއްއާވިއެވެ. ހަމަ މިފަދައިން އޭނައަށް ވާނުވާ ނޭނގެން އުޅޭހެން ހީވި ބައެއް ދުވަސްތަކެވެ. އެ ދުވަސްތަކުގައި ވާ ކަންތައް ހަނދާންކުރަން ފެށިތަނާހެން ކުއްލިއަކަށް މަލާކް ކެއްސާލިއެވެ. އެއާއެކު އޭނަގެ އަނގައިން ހުދުކުލައިގެ ފޮނުތައް އައި މަންޒަރު ފެނިފައި މައުވާ ވެސް ހުއްޓުން އެރިއެވެ. އޭގެ ދެވަނަ ސިކުންތުގައި މަލާކް އާދަޔާ ޚިލާފު ގޮތަކަށް ތުރުތުރު އަޅަން ފެށިހެން ހީވުމުން މައުވާއަށް މަލާކްގެ ކަރުން ދޫކޮށްލެވުނެވެ. އެއީ އެއްގޮތަކަށް ވެސް ޙަމްދަރުދީއެއްގެ ސަބަބުންނެއްނޫނެވެ. ޖާމިޒް އޭނަގާތު ބުނި ކަންތައް ވާން އުޅޭހެން ހީވުމުންނެވެ. އެއާއެކު އޭނަ އިތުރަށް އެވާހަކަތައް ހަނދާން ކުރުމަށްފަހު އޭނަ ދެން އިތުރުކަމެއްކުރަން ނުޖެހޭނެކަން ދަނެގެން ސީދާ މަލާކްގެ ވާތްފަރާތަށް ސިޑި ހުންނާނެ ފަދައަކުން މަލާކް ބެހެއްޓިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި މަލާކްގެ ބޯ ވާތްފަރާތަށް ލެނގި ސިޑިއާއި ދިމާލަށް ވެއްޓެން ގާތްވި ވަގުތު ސިޑީގެ ތިރިން އަޔާޒްގެ އަޑު އައެވެ.

 

“މަލާކް!!!” ފެނުނު މަންޒަރުން އަޑުގެ ކޮޅަށް އަޔާޒަށް ގޮވާލެވުނެވެ. އެއަޑަށް އަޔާޒަށް ބަލާލީ ހަމައެކަނި މައުވާއެވެ. އެހެނަސް އަޔާޒް އެދިމާލަށް ބަލާލުމެއްވެސް ނެތި ފައިގައި ހުރި ބާރު މިނެއްގައި ސިޑީގެ އެންމެ މައްޗަށް ގޮސް ވެއްޓެން އުޅުނު މަލާކްގެ ގައިގައި ހިފާލިއެވެ.

 

ނުނިމޭ

69

You may also like...

20 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
    1. wait kuraanan dho taetae 😀 Jazaakallah Khairan for understanding. Alhamdhulillah! (All praise and thanks belong to Allah) 🙂

      ⚠Report!
  1. Blog post 1:

    #Dirtyscreenaddiction #Addictivebehaviours

    Before you get an utter shock, let me say that I am going to be explicit in these posts unlike my previous ones because I feel that this is needed with the issue I will be addressing here.

    #Pornography

    What happens when this addiction of looking at filthy images/videos progresses without limits?

    The answer to that question basically is, our brains will ask for the ‘next biggest pleasure.’

    Before I explain the real thing, let me give you an example of how the brain asks for the next big thing. Imagine a teenage kid who just made a facebook profile. And when he first opens the profile, he adds a profile picture and a cover photo. And then he starts adding friends. As he starts gaining friends, his friends start liking and reacting to his profile picture and cover photo. When they do, he gets a set of notification which gives him a surge of dopamine (the pleasure hormone) that makes him feel good because he gets a sense of acceptance from those notifications. And then perhaps he starts sharing posts which gives him another set of notifications. As he sees those notifications and gets a good feeling, he thinks to himself that perhaps he will get more likes if he shared better posts and statuses. And he will keep spending more time on facebook looking for better posts to share. Once he starts getting more notifications he wants to see more of those notifications so he will start adding statuses, sharing more posts, changing his profile picture once in a while and so on it progresses. (Of course this doesn’t happen with all facebook users but its highly likely that most users did face this in the beginning of their facebook journey)

    With this in mind, let’s take a look at the issue we are addressing. As we saw in previous posts, when a person engages in an addictive behavior such as pornography, a large amount of dopamine is released in the brain. But if a person repeatedly keeps seeing those images, even that amount of dopamine will not be enough for the brain to identify it as the biggest pleasure. As a result, in the beginning of the addiction, only the duration of engaging with that activity changes so that the brain produces more dopamine with time. So a person will keep watching filthy videos for longer hours. But the progression of the addiction doesn’t stop there. If the person continues to do so, his brain will start looking for more vulgar things to watch. The addiction may start with simply watching a man and a woman committing that act. But as it goes on, a person will look for more hardcore videos. And unfortunately what happens at some point is, even a person’s sexual orientation (the gender they are attracted to) may change. Why so? Because at the end of the day, a person sees both genders in a filthy way throughout this addiction. Researches show that, what a person sees when his/her mind is sexually triggered, impacts their sexual orientation.

    So it’s no surprise that a person addicted to pornography for a long time, may later claim himself/herself as a homosexual (attracted to the same gender). And hence its no surprise that there is an increase in the number of homosexuals in the past few decades more than ever before, when pornography has become insanely rampant and available just in these few decades. Coincidence? I think not!

    PS: By this I don’t mean that all homosexuals became that way because of pornography. There are many more factors that lead to homosexuality. More on this in the next post In Sha Allah.

    ⚠Report!
  2. Blog post 2:

    How do muslims react to……?

    Before I fill in that blank, I’d have to say whatever that blank maybe filled with, the answer to that question will only come by reflecting on this question. Will Allah be pleased with it? If He is, then it’s good. If it isn’t, then we absolutely condemn it. We condemn acts that are displeasing to Allah.

    But many of us complicate this when it comes to the topic of homosexuality. Because of the complications that come with that subject itself and because of how emotionally triggered those activists become in order to respond to anything that seems to criticize that idea. As I read through the researches done regarding homosexuality, I was quite surprised. As I read that even non-muslim authors and researchers are criticized, the moment they say that people are not born homosexual or homosexuality can be changed. This is because of how popular this idea that a person is ‘Born this way’ became over the past years. This idea became famous through songs and movies and it even entered the speeches of politicians who were seeking votes even from those homosexuals who then had power because of the popularity of the idea. And thus eventually this idea even entered the American parliament and so was the same-sex marriage bill passed.

    And here we are today, living in a world that completely turned upside down. Where the developed countries teach young kids that their gender is something that they feel. And that they can ‘love’ whoever they like. While those same people shout out against therapies that help the sexual orientation of homosexuals, they try to influence the sexual orientation of those young kids.

    So is it this influence at a young age that leads to homosexuality? Or is it the popularity of the idea? Or is it the genes as the ‘Born this way’ culture suggests and it can’t be changed?

    The answer is, even the researchers aren’t sure as of yet. There have been many studies done to find a gene in the human body that may lead to a person being born homosexual. But all of those studies are subject to criticism for various reasons. The soundest conclusion that can be made based on the researches is that our sexual orientation is actually based on the interaction of our genes with the environment. It means that the gender we are attracted to, depends on what we expose ourselves to. And hence is pornography one of the factors that lead to homosexuality (read previous post). Other factors that may lead to homosexuality include, molestation at a young age, seeing the nudeness of the same gender even outside of pornography and cultural influence. And as said before, we live in a culture now where homosexuality is celebrated and thus even when a person is triggered that way even in the slightest bit, he or she may want to go in that direction. Especially if the person is so engrossed in his desires that he is unable to think about anything else. At the end of the day, he is the one who CHOOSES to go in that direction. And when he does, it’s hard to turn back. And since he or she will have a hard time remembering when he became that way, he will support the popularized conclusion that he was born that way. More so because that’s how he can shout out even louder for his rights since he can prove he can’t change something he was born with.

    With this being said, how do we as muslims react to homosexuality? The simple answer is, we don’t condemn the feelings of a person. We condemn the act itself. I will repeat. We condemn the acts of homosexuality and those who support the spreading of those ACTS. As Ustadh Nouman puts it, if we are disgusted by a homosexual couple walking down a street, we should be as disgusted to see a girl and a boy having a relationship outside of a marriage. Because at the end of the day, we should hate the ACTS that are in disobedience to Allah. But as for those people, who have gone down that path and are struggling with those homosexual feelings, we don’t talk down to them. Instead, we reach out to them and help them deal with those feelings. Because Allah does not hold us accountable for how we feel. He swt hold us accountable for our acts. Honestly I don’t think there can be a better way to shout out for the rights of homosexual people than this. Because at the end of the day, whether them knowing or not, they are not pleased with who they are or perhaps even their gender as they struggle with homosexuality. And Islam asks us to empathize with them for that struggle while protecting them from acts that are harmful to them. Subhaanallah!

    And Allah Knows Best.

    ⚠Report!
  3. Assalaam’alaikum. mi post thakuge dhivehi post thah In Sha Allah maadhama genesdheefa jana comment thakah reply kohdheynan. mi post thah liyevuny varah gina hoadhun thah hoadhaigen kamahveema mihaa las mivy. hurihaa kiyuntherin post thah kiyumaky jana ge varah bodu edhumeh. adhi post thakun faidha eh kuriyya hissa kurun ves edhen. mi page a ziyaaraiy kollun edhen In Sha Allah 🙂

    https://web.facebook.com/Asr-1445208739121696/

    ⚠Report!
  4. Blog post 1 (Dhivehi)

    #ސެންސާރޑްސްކްރީން #ދެވިހިފުން #ދެވިހިފާއާދަތައް

    ނޭދެވޭ ފާޙިޝް ޢަމަލުތައް ބެލުމުގެ ދެވިހިފުން ހައްދެއްނެތި ކުރިއަށް ދިޔަ ދިނިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟

    އޭގެ ސީދާ ޖަވާބަކީ މިއީއެވެ. އެގޮތަށް ކަންތައް ކުރުމުން މީހެއްގެ ސިކުނޑި ދެން އެދި ގޮވާނީ އެއަށްވުރެ ވެސް ބޮޑު ލައްޒަތެއް ލިބޭނެ ކަމަކަށެވެ.

    އަޅުގަނޑުމެން މި އަލި އަޅުވާ މައްސަލައަށް ދިޔުމުގެ ކުރިން ސިކުނޑި އެ ޙާލަތަށް ދާގޮތުގެ މިސާލެއް އަޅުގަނޑު ދީފާނަމެވެ. ފުރަތަމަ ފަހަރަށް ފޭސްބުކް ޕްރޮފައިލެއް ހުޅުވާ ފުރާވަރުގެ ކުއްޖަކު ޚިޔާލަށް ގެންނާށެވެ. އޭނަ އެންމެ ފުރަތަމަ ޕްރޮފައިލް ހުޅުވައި ޕްރޮފައިލް ފޮޓޯއާއި ކަވާ ފޮޓޯ ލައި ފްރެންޑުން އެޑް ކުރަން ފަށައެވެ. އޭނައަށް ފްރެންޑުން ލިބޭ ވަރަކަށް އޭނަ ލާފައި ހުރި ފޮޓޯތަކަށް ލައިކްސް ލިބެން ފަށައެވެ. މި ލިބޭ ލައިކްސްތަކުން އޭނައަށް އަންނަ މަދު ނޮޓިފިކޭޝަންތަކުގެ ސަބަބުން އޭނަގެ ސިކުނޑި ޑޮޕްއެމައިން (އުފާވެރިކަމުގެ ހޯމޯން) އުފައްދައެވެ. އެހެނީ އެ ނޮޓިފިކޭޝަންތައް ފެނުމުން މީހުންގެ މެދުގައި އޭނަ މަޤުބޫލުކަމުގެ އިޙްސާސެއް އޭނައަށް ކުރެވޭތީވެއެވެ. މިއަށްފަހު އޭނަ އެއްޗެހި ޝެއާރކުރަން ފެށުމުން އޭނައަށް އިތުރު ނޮޓިފިކޭޝަންތައް ލިބެން ފަށައެވެ. އަނެއްކާވެސް އެ ނޮޓިފިކޭޝަންތައް ފެނުމުން އޭނައަށް އިތުރު އުފަލެއް ލިބެއެވެ. އޭނަ ޝެއާރކުރާ ޕޯސްޓްތަކުގެ ޒާތުން ލިބޭ ނޮޓިފިކޭޝަންތައް ގިނަވެދާނެކަން އެނގޭ ހިސާބުން އޭނަ ފޭސްބުކްގައި ގިނަ ވަގުތު ހޭދަކުރަން ފަށާނެއެވެ. ޝެއާރކުރަން ވީހާވެސް މަޤްބޫލުކަން ލިބޭނެ ކަހަލަ ޕޯސްޓެއް ހޯދުމަށެވެ. މީގެ ސަބަބުން އިތުރު ނޮޓިފިކޭޝަންތައް ލިބުމުން އޭނަ އިތުރު ސްޓޭޓަސްތަކާއި ޕޯސްޓްތައް ޝެއާރކޮށް އޭނަގެ ޕްރޮފައިލް ޕިކްޗާރވެސް ގިނަގިނައިން ބަދަލުކުރަން ފަށާނެއެވެ. (ފޭސްބުކް ބޭނުންކުރާ އެންމެންނަށް މިހެން ނުވެދާނެއެވެ. އެހެނަސް ފޭސްބުކް ބޭނުންކުރަން ފަށާ ފުރަތަމަ ދުވަސްކޮޅު މިގޮތަށް ކޮންމެ މީހަކަށް ވެސް ދިމާވުމަކީ ގާތްކަމެކެވެ.)

    މިކަން ހަނދާން ބަހައްޓައިގެން ހުރެ އަޅުގަނޑުމެން މި އަލުއަޅުވާ މައްސަލައަށް ބަލާލަމާ ހިނގާށެވެ. ކުރީގެ ޕޯސްޓްތަކުން އެނގޭނެ ފަދައިން އަންހެނަކާ ފިރިހެނެއްގެ ދެމެދުގައި ހިންގާ ގުޅުންތައް ހާމަކޮށް ފެންނަ ފާޙިޝް ވީޑިޔޯތައް ބެލުމުން މީހެއްގެ ސިކުނޑި އެއްވަގުތެއްގައި ގިނަ ޢަދަދެއްގެ ޑޮޕްއެމީން އުފައްދައެވެ. އެހެނަސް މީހަކު ހައްދެއްނެތި މި ނޭދެވޭ އާދައިގައި ދުވަސްގަނޑެއް ވަންދެން އުޅެފިނަމަ ޑޮޕްއެމީން އެހާވަރަށް އުފެދުމުން ވެސް އޭނަގެ ސިކުނޑި އެއީ ‘އެންމެ ބޮޑު ލައްޒަތު’ ގެ ގޮތުގައި ނުބަލާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދުވަސްވާ ވަރަކަށް އެމީހަކު އެ ވީޑިޔޯތައް ބެލުމުގައި ގިނަ ވަގުތު ހޭދަކުރާނެއެވެ. ގިނަ ވަގުތު ހޭދަކުރުމުން ގިނަ ޑޮޕްއެމީން އުފެއްދުމަށެވެ. އެހެނަސް މި ދެވިހިފުމުގެ ކުރިއެރުމަށް އެހާ ހިސާބުން ހުއްޓުމެއްނާދެއެވެ. އެމީހަކު ދެންވެސް ތައުބާވުމެއްނެތި އެ އާދައިގައި ކުރިއަށްދާނަމަ އެންމެ ފުރަތަމަ ބެލި އެއްޗެއްސަށްވުރެ ހުތުރު އަދި ފާޙިޝްކަން ބޮޑު އެއްޗެހި ބަލަން އޭނަގެ ސިކުނޑި އެދި ގޮވާނެއެވެ. މީގެ އިތުރުން ވަކި ހިސާބަކުން އެމީހެއްގެ ‘ސެކްޝުއަލް އޮރިއެންޓޭޝަން’ (އެމީހަކު އެފަދަ ގުޅުމެއް ހިންގަން އެދުންވެރިވާ ޖިންސު) ބަދަލުވުން ވެސް އެކަށީގެންވެއެވެ. މާނައަކީ ފިރިހެނަކު ފިރިހެނަކާ ނޫނީ އަންހެނަކު އަންހެނަކާވެސް ގުޅުން ހިންގަން ބޭނުންވާ ހިސާބަށް ގޮސްދާނެއެވެ. އެހެނީ މި ދެވިހިފުމުގެ ތެރެއިން މީހަކަށް އެ ފާޙިޝް ވީޑިޔޯތަކުން ނުހަނު ހާމަކަން ބޮޑު ގޮތެއްގައި ދެ ޖިންސުގެ މީހުން ފެނެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މީހެއްގެ ސިކުނޑި އެފަދަ އެދުންވެރިކަމަކަށް އެދުންވެރިވާ ވަގުތު ފެންނަ މަންޒަރުތަކުން އެމީހެއްގެ ސެކްޝުއަލް އޮރިއެންޓޭޝަންއަށް އަސަރުކުރެއެވެ.

    އެހެންކަމުން އެފަދަ ފާޙިޝް މަންޒަރުތައް ބެލުމަށް ގިނަ ދުވަސްވަންދެން ދެވިހިފާފައިވާ މީހަކު ފަހުން އައިސް އޭނައަކީ އެއްޖިންސުން ގުޅުން ހިންގަން ބޭނުންވާ މީހެއްކަމަށް ބުނުމަކީ ޙައިރާންވާންވީ ކަމެއްނޫނެވެ. އަދި މި ވޭތުވެދިޔަ އަހަރުތަކުގައި ފާޙިޝް މަންޒަރުތައް ބެލުމަކީ ނުހަނު ފަސޭހަކަމަކަށްވެގެން ދިޔައިރު، އެފަދަ ޚިޔާލުތައް ގެންގުޅޭ މީހުން ގިނަވެގެން ދިޔުމަކީ ވެސް ޙައިރާންވާންވީ ކަމެއްނޫނެވެ. އެއީ އިއްތިފާޤަކަށްވުމުގެ ފުރުޞަތު ވަރަށް ވެސް ކުޑައެވެ.

    *މިހެން ބުނާ ބުނުމުން އެއްޖިންސުން ގުޅުން ހިންގަން ބޭނުންވާ މީހުން އެގޮތަށް އުޅެނީ ހަމައެކަނި ފާޙިޝް މަންޒަރުތައް ބެލުމުގެ ސަބަބުންކަމަށް އަޅުގަނޑު ނުބުނަމެވެ. އެއްޖިންސަކަށް އެދުންވެރިވުމަށް މެދުވެރިވާ އެހެނިހެން ސަބަބުތައް ހުރެއެވެ. ދެން ލިޔާ ޕޯސްޓެއްގައި އެ ސަބަބުތަކަށް އަލި އަޅުވާލާނަމެވެ. (އިން ޝާ ﷲ)

    ⚠Report!
  5. Blog post 2: (Dhivehi)

    ——– މި ކަމާމެދު މުސްލިމުން ބުނާނީ ކީކޭ ހެއްޔެވެ؟

    އެ ހުސްތަންކޮޅު ކޮންމެ ވާހަކައަކުން ފުރިގެން ދިޔަޔަސް މި ސުވާލުގެ ޖަވާބު ލިބިގެން ދާނީ އެހެން ސުވާލަކާއިމެދު ވިސްނައިގެންނެވެ. އެކަންވާނީ ﷲ ރުހިވޮޑިގެންވާފަދަ ކަމަކަށް ހެއްޔެވެ؟ ﷲ ރުހިވޮޑިގެންވާނަމަ އެއީ ރަނގަޅުކަމެކެވެ. އެ ނޫންނަމަ އެކަމަކީ މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެން ދެކޮޅުވެރިވާ ކަމެކެވެ.

    އެހެނަސް އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލައާއިމެދު ވާހަކަ ދެކެވޭއިރު އަޅުގަނޑުމެންނަށް ގިނަ ފަހަރު މި ކަންތައް އޮޅުން އަރާ ގޮތްވެއެވެ. ވަކިން ޚާއްޞަކޮށް މި މަޢުޟޫއަކީ އޭގެ ޒާތުގައި ވެސް އޮޅުން އަރާ މަޢުޟޫއަކަށްވާތީވެއެވެ. އަދި އަމުދުން މި ޚިޔާލަށް ތާޢީދު ކުރާ އެކްޓިވިސްޓުން މިއާއި ދެކޮޅަށް އެންމެ ބަހެއް ބުނެލިޔަސް ނުހަނު ޖަޒުބާތުގައި ޖެހިގެން ޖަވާބު ދޭ ގޮތުންނެވެ. އެއްޖިންސުން ގުޅުން ހިންގަން އެދުންވެރިވުން އެހެންނޫނީ ‘ހޮމޯސެކްޝުއަލިޓީ’ އާއި ގުޅޭ ދިރާސާތައް ކިޔަމުން ދިޔައިރު އަޅުގަނޑު ޙައިރާންވާ ގޮތްވިއެވެ. ހޮމޯސެކްޝުއަލިޓީއަކީ މީހަކު އުފަންވާއިރު ހުންނަ ސިފައެއް ނޫންކަމަށް އެހެންނޫނީ އެއީ ބަދަލުކުރެވިދާނެ ކަމެއްކަމަށް މުސްލިމް ނޫން ލިޔުންތެރިންނާއި ދިރާސާކުރާ ފަރާތްތަކުން ބުންޏަސް އެމީހުންނަށް ވެސް ބަހުގެ ޙަމަލާތައް ކުރިމަތިވާކަން އެނގުންވުމުންނެވެ. ޙާލަތު މިހާ ހިސާބަށް ދިޔައީ ‘ބޯން ދިސް ވޭ’ ގެ ޚިޔާލު ވޭތުވެ ދިޔަ އަހަރުތަކުގައި މަޝްހޫރުވެގެން ދިޔަ ގޮތުންނެވެ. މި ޚިޔާލުން ބުނާ ގޮތުގައި ހޮމޯސެކްޝުއަލިޓީއަކީ މީހަކު އުފަންވާއިރުވެސް ހުންނަ ސިފައެކެވެ. އަދި އެހެންކަމުން އެ ސިފަ ބަދަލުކުރުމަކީ ނުވާނެ ކަމެކެވެ. މި ޚިޔާލު ބޮޑަށް މަޝްހޫރުވެގެން ދިޔައީ މީގެ އަހަރުތަކެއް ކުރިން އުފެދެން ފެށި ލަވަތަކާއި ފިލްމުތައް މެދުވެރިވެގެންނެވެ. މަޝްހޫރުވެގެން ދިޔަދިޔަހެން ސިޔާސީ މީހުންގެ ވާހަކަތަކުން ވެސް މި ޚިޔާލުތައް ފާޅުވާން ފެށިއެވެ. ހޯމޯސެކްޝުއަލް މީހުންގެ ފަރާތުން ވެސް އެމީހުން ވޯޓު ހޯދަން ބޭނުންވުމުގެ ސަބަބުންނެވެ. ނަތީޖާއެއްގެ ގޮތުން ދުވަސްކޮޅަކުން އެމެރިކަން ކޮންގްރެސް (އެމެރިކާގެ ރައްޔިތުންގެ މަޖިލިސް) އަށް ވެސް މި މައްސަލަ ވަދެ އެއްޖިންސުން ކައިވެނިކުރުމުގެ ބިލް ފާސްވެގެން ދިޔައެވެ.

    އެއަށްފަހު އަޅުގަނޑުމެން މިއަދު އުޅެމުން މިދަނީ އެފުށްމިފުށަށް ޖެހިފައިވާ ދުނިޔެއެއްގައެވެ. ތަރައްޤީވެފައިވާ ޤައުމުތަކުން ކުޑަކުދިންނަށް ވެސް އެކުދިންގެ ޖިންސަކީ އެކުދިންނަށް އިޙްސާސްވާ އެއްޗެއްކަމަށް ޤަބޫލުކޮށްދޭ ދުނިޔެއެއްގައެވެ. ޚުދު އެވެރިން ހޯމޯސެކްޝުއަލް މީހުންގެ ސެކްޝުއަލް އޮރިއެންޓޭޝަން (ގާތް ގުޅުމެއް ހިންގަން ބޭނުންވާ ޖިންސު) ބަދަލުކުރުމަށް ދެވޭ ތެރަޕީތަކާއި ދެކޮޅު ހަދާއިރު އެ ކުޑަކުދިންގެ ސެކްޝުއަލް އޮރިއެންޓޭޝަނަށް ނުފޫޒު ފޯރުވަން އެމީހުން މަސައްކަތް ކުރެއެވެ.

    އެހެންކަމުން މީހަކު ހޯމޯސެކްޝުއަލް ވަނީ ކުޑައިރު މިފަދައިން ފޯރުވޭ ނުފޫޒުގެ ސަބަބުން ހެއްޔެވެ؟ އެހެންނޫނީ މި ޚިޔާލުތަކުގެ މަޝްހޫރުކަމުން ހެއްޔެވެ؟ އެހެންނޫނީ ‘ބޯން ދިސް ވޭ’ ގެ ސަޤާފަތް ބުނާ ފަދައިން އިންސާނާގެ ‘ޖީން'(gene) ތަކުގައި އެހެންނޫނީ އިންސާނާ އުފެދުމުގެ ތަބީޢަތުގައި ވެސް ހުރެދާނެ ގޮތެއްހެއްޔެވެ؟

    ދިރާސާކުރާ މީހުންނަށް ވެސް އަދި މީގެ ސީދާ ސަބަބު ޔަޤީނެއް ނުކުރެވެއެވެ. ވޭތުވެ ދިޔަ ކުރު މާޒީގައި އިންސާނާގެ ހަށިގަނޑުގައި މީހަކު ހޯމޯސެކްޝުއަލްވުމަށް ބާރުދޭ ފަދަ ޖީންއެއް ހުރިތޯ ހޯދުމަށް ވަރަށް ގިނަ ދިރާސާތައް ކުރެވިފައިވެއެވެ. އެހެނަސް މީގެއިން ކޮންމެ ދިރާސާއެއްގައި ބޭނުންކުރެވިފައިވި ގޮތްތަކާއި އޭގެއިން ނިންމިފައިވި ނިންމުންތަކަށް ގިނަ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އެންމެ ޤަބޫލުކުރެވޭ ފަދަ ނިންމުމަކަށް އޮތް ނިންމުމަކީ، އަޅުގަނޑުމެން ގުޅުމެއް ހިންގަން އެދުންވެރިވާ ޖިންސެއް (ސެކްޝުއަލް އޮރިއެންޓޭޝަން) ބަރޯސާވާނީ އަޅުގަނޑުމެންގެ ޖީންތަކާއި އަޅުގަނޑުމެންގެ ތިމާވެށި އެކަތި އަނެކައްޗާއި ގުޅިގެން އަންނަ ނަތީޖާއަކުންނެވެ. މީގެ މާނައަކީ އަޅުގަނޑުމެންގެ ސެކްޝުއަލް އޮރިއެންޓޭޝަން ބަރޯސާވަނީ އަޅުގަނޑުމެންނަށް ޙަޔާތުގައި ދިމާވާ އެކިއެކި ތަޖުރިބާތަކަށްކަމެވެ. ފާޙިޝް އަދި ހާމަކަން ބޮޑު ހުތުރު މަންޒަރުތައް ބެލުމަކީ އެއްޖިންސުން ގުޅުން ހިންގަން އެދުންވެރިވާ ސަބަބުތަކުގެ ތެރެއިން ސަބަބަކަށްވަނީ އެހެންކަމުންނެވެ. މިފަދަ އެދުންވެރިކަމަކަށް މަގުފަހިވާ އެހެން ސަބަބުތަކަކީ ޅަ ޢުމުރެއްގައި ގަދަކަމުން ޖިންސީ ގުޅުމެއް ހިންގިފައިވުން، ސްކްރީނުން ނޫނަސް އެއްޖިންސުގެ ޢައުރަ ހާމަކަން ބޮޑު ގޮތެއްގައި ފެނުން އަދި ވަށައިގެންވި ސަޤާފަތުގެ ނުފޫޒުވެސް ހިމެނެއެވެ. ކުރީގައިވެސް ބުނެވުނު ފަދައިން އަޅުގަނޑުމެން މި އުޅެމުން ދަނީ ހޯމޯސެކްޝުއަލިޓީއަކީ އެކަމާމެދު އުފާ ފާޅުކުރަންވީ ކަމެއްކަމަށް ބުނާ ސަޤާފަތެއްގައެވެ. އެހެންކަމުން މީހަކު ކިތަންމެ ކުޑަ މިންވަރަކުން ވިޔަސް އެފަދަ ގޮތަކަށް އެދުންވެރިވެއްޖެނަމަ އޭނައަކީ ހޯމޯސެކްޝުއަލް މީހެއްކަމަށް ހާމަކުރަން އޭނަ އަވަސްވެގަންނާނެއެވެ. ވަކިން ޚާއްޞަކޮށް އޭނައަކީ އޭނަގެ އެދުންވެރިކަމަށް ގޮސް ހުސްވެފައިވާ މީހެއްކަމުގައިވާނަމައެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އޭނަ ޚިޔާރުކުރާ ގޮތެކެވެ. އަދި އެގޮތް ޚިޔާރުކުރުމުން އޭނައަށް ކުރީގެ ގޮތަށް އަނބުރާދާން އުދަގޫވެއެވެ. އަދި އޭނަ އެފަދަ ގޮތަކަށް ބަދަލުވީ ކިހާ ހިސާބަކުންކަން ހަނދާންކުރަން ވެސް ދަތިވެއެވެ. ނަތީޖާއެއްގެ ގޮތުން އޭނަ އުފަންވީ މިގޮތުގައި ކަމަށް އޭނަ ބުނާނެއެވެ. ވަކިން ޚާއްޞަކޮށް އޭނަގެ ޙައްޤުތައް ލިބޭނީ އޭނަ އެހެން ބުނުމުން ކަމަށްވާތީވެއެވެ. އޭނަ އެކަމަކާއެކީ އުފަންވާ ކަމަކީ ބަދަލު ނުކުރެވޭނެ ކަމެއްކަން ސާބިތުކުރެވޭނެ ތީވެއެވެ.

    މި ހުރިހާ ކަމެއް ބުނުމަށްފަހު އަޅުގަނޑު މި ސުވާލު ތަކުރާރު ކޮށްލާނަމެއެވެ. މުސްލިމުން އެއްޖިންސުން އެދުންވެރިވުމާމެދު ބަހައްޓަންވީ ކޮން ނަޒަރިއްޔާތެއް ހެއްޔެވެ؟ މީގެ ސީދާ ޖަވާބަކީ، އަޅުގަނޑުމެން އެއްވެސް މީހެއްގެ އިޙްސާސްތަކާހެދި އެމީހަކު ގޯސް ނުކުރާ ކަމެވެ. އެހެނެއްކަމަކު އަޅުގަނޑުމެން ގޯސްކުރަނީ މީހެއްގެ ޢަމަލުތަކެވެ. އަޅުގަނޑު ތަކުރާރުކޮށްލާނަމެވެ. އަޅުގަނޑުމެން ކުށްވެރި ކުރަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ޢަމަލު ހިންގާ މީހުންނަށާއި އެ ޢަމަލު ފެތުރުމަށް ބާރު އަޅާ މީހުންނަށެވެ. އުސްތާޒް ނުޢުމާން ބުނުއްވި ފަދައިން އަޅުގަނޑުމެން އެއްޖިންސުން ގުޅުން ހިންގާ ޖޯޑެއް މަގުމަތިން ފެނިފައި ނުރުހުންވާނަމަ ކައިވެނިން ބޭރުގައި ގުޅުމެއް ހިންގާ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ފެނުމުން ވެސް އެ ނުރުހުންތެރިކަން ފާޅުވާން ވާނެއެވެ. އެހެނީ އަޅުގަނޑުމެން ނަފްރަތު ކުރަންވާނީ ﷲ ގެ ކިޔަމަންތެރިކަމުން ބޭރުވެގެންވާ ހުރިހާ ޢަމަލުތަކަށެވެ. އެހެނަސް އެއްޖިންސުން ގުޅުން ހިންގުމުގެ އެދުންވެރިކަމާއި އެ އިޙްސާސްތައް ހުންނަ މީހުންނަށް އަޅުގަނޑުމެން މަލާމާތް ނުކުރަމެވެ. އޭގެ ބަދަލުގައި އެމީހުންނާއި ވާހަކަ ދައްކައި އެ އިޙްސާސްތަކަށް ރިޢާޔަތް ކުރަން އަޅުގަނޑުމެން ވީ އެހީތެރިވާށެވެ. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ އިޙްސާސްތަކާއިމެދު އަޅުގަނޑުމެންނާއި ސުވާލު ނުކުރައްވާނެއެވެ. އެކަލާނގެ ސުވާލު ކުރައްވާނީ އަޅުގަނޑުމެންގެ ޢަމަލުތަކާއި މެދުގައެވެ. ހޯމޯސެކްޝުއަލް މީހުންގެ ޙައްޤުތަކަށްޓަކައި އަޑު އުފުލުމަށް މިއަށްވުރެ ރަނގަޅު ގޮތެއް އޮތްހެން އަޅުގަނޑަށް ހިއެއްނުވެއެވެ. އެހެނީ އެމީހުންނަށް ނޭނގިނަމަވެސް އެފަދަ އިޙްސާސްތަކާއެކީ އެމީހުންނަށް އެމީހުންގެ އަމިއްލަ ނަފްސު އޭގެ ގޮތުގައި ޤަބޫލުކުރަން ދަތިވެއެވެ. އަދި ބައެއްމީހުން އެމީހުންގެ ޖިންސާއިމެދު ވެސް ހިތްހަމަނުޖެހޭ ހިސާބަށްދެއެވެ. އަޅުގަނޑުމެންގެ ދީން އަޅުގަނޑުމެންނަށް އަންގަނީ އެމީހުންނަށް ގެއްލުންހުރި ފާޙިޝް ޢަމަލުތަކުން އެމީހުން ދުރުކޮށް އެމީހުންނަށް އެހީތެރިވުމަށެވެ. ސުބްޙާނަ ﷲ!

    އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ!

    ⚠Report!

Leave a Reply

Your email address will not be published.