Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނާތީ 20

Itxlevender
Itxlevender Level 210 Stories100 Comments
June 11, 2026 11 Mins Read
20 Comments

އިރުއޮއްސެމުން ދިޔަ ވަގުތެވެ. ލުއި ވައިރޯޅިތައް ޖެހެމުން ދިޔައިރު އުޑުމައްޗަށް ފަނޑު އޮރެންޖްކުލައެއް ފެތުރެމުން ދިޔައެވެ. މާހައުލު ފެންނަނީ ރީނދޫ އަލިން ހުޅުދާންވެފައިވާތަނެވެ. ކައިރާ އާއި އެކު އަތިރިމަތީ ހިނގާލާފައި، ލިއާމެން އައިސް ވަނީ އެދިމާލުގައި ހުރި ކުޑަވަރެއްގެ ކެފޭއަކަށެވެ. މުޅިތަނުން ދުވަނީ ކޮފީގެ ހިތްގައިމު ވަހާއި ފޮނި ކާއެއްޗެހީގެ ވަހެވެ. ދޮންވެލި ލާފައިވާ އެ ކެފޭގެ އެ ދިމާލުގައި އެކި ވައްތަރުގެ މާގަސް އިންދާފައި ވެއެވެ. ޖާގައިގެ ގޮތުން ކުޑަޔަސް ހިތްފަސޭހަ މާހައުލެކެވެ. ވަގުތުގެ ގޮތުން މީހުން ވަރަށް މަދެވެ. މަތީ ބައިގަ ފިލާ ޖަހާ އެކި މޭޒުތައް ވަކިކޮށްފައި ވެއެވެ. ލިއާމެން އިށީނީ ކައިރާ ހިޔާރުކުރި މޭޒު ކައިރީގައެވެ.

ކޮފީއަށާއި ޗޮކްލެޓް ކޭކަށް އޯޑަރ ދީފައި ކައިރާ ގޮނޑީގައި ހަމަޖެހިލިއެވެ. އަދި އޭނާގެ ފުރިހަމަ ސަމާލުކަން ލިއާއަށް ހުއްޓާލިއެވެ. ލިއާގެ މޫނުމަތިން ފެންނަ ކުލަވަރުތަކުން ކައިރާވެސް އިނީ ސީރިއަސްވެފައެވެ. ދެކެވެން އުޅެނީ ބޮޑު ވާހަކައެކެވެ. ފުން ނޭވާތަކެއް ލަމުން ހަމަޖެހެން މަސައްކަތް ކުރަމުން ދިޔަ ލިއާގެ މޫނުމަތިން ފެންނަނީ އެފަދަ ކުލަވަރެކެވެ.

“ސޯ…އިޓްސް އެބައުޓް މައި އެކްސް…މިހާރު އެނގިފަ އޮންނާނީ ހީ ޗީޓެޑް ކަން…” ލިއާ ފެށިއެވެ. ކައިރާ ބޯ ޖަހާލުމާއެކު ލިއާ ކުރިޔަށް ގެންދިޔައެވެ. އެންމެ ފުރަތަމަ ރިހާން ބޭވަފާތެރިވިކަން ފަޅާއެރި ދުވަހު ކަންތައް ވީގޮތުން ފެށިގެން ރޫޔާ އާއި ދެމެދު ބަދަލުކުރެވުނު މެސެޖުތަކުގެ ވާހަކަ ދައްކަން ފެށިއިރަށް، ކައިރާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. ރޫޔާ ލިއާ ދަށްކޮށްލުމުގެ ގޮތުން ބުނެފައިވާ އެ ވާހަކަ އޭނާއަށް ބަލައެއްނުގަނެވުނެވެ. ނަމަވެސް ލިއާ ވާހަކަ ނިމެންދެން އޭނާ ކެތްތެރިވިއެވެ. ލިއާ ކިޔައިދިނީ ރިހާންއަށް އޭނާ ގުޅައިގެން އާދޭސްކުރި ރޭތަކެވެ. ރުއި ރުއިމެވެ. އަދި ރިހާންމެންގެ ރަށަށް އޮޅުވާލައިގެން ލިއާ ގެންދިޔަ ދުވަހުގެ ވާހަކަ ކިޔަން ވީއިރަށް ލިއާގެ އަޑު ބަދަލުވިއެވެ.

“ކޮންޓިނިއު…” ކައިރާ މަޑުމައިތިރިކަމާއެކު އެދުނެވެ. ނަމަވެސް އެ ލޮލުން ފެންނަނީ ރުޅިވެރިކަމެވެ.

ލިއާ ކަރުކެހިލިއެވެ. ފުން ނޭވާއެއް ލާފައި އޭނާ ކިޔައިދިނީ އެރަށުގައި ރިހާންއާއި ދެމެދު ހިނގައިދިޔަ ކަންތަކެވެ. ކައިރާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ލިއާއަށް އެ މޫނުމަތިން ކަންބޮޑުވުން ފެނުނެވެ. އަދި ކައިރާ ފަރާތް ފަރާތަށް ނަޒަރު ހިންގާލިކަންވެސް ފާހަގަވިއެވެ. ނަމަވެސް އެކަމާ ވިސްނޭވަރަށް ވުރެ ލިއާ އިނީ ހިތްދަތިވެފައެވެ.

“އޭނާ އަމިއްލައަށް ބުނީ، ދެޓް ހީ ޓުކް އެޑްވާންޓޭޖް އޮފް ހައު މަޗް އައި ލަވްޑް ހިމް…” ލިއާ އިސްޖަހައިގެން އިނދެ ބުނެލިއެވެ. ކައިރާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެ ދޮން މޫނުކޮޅު ހުރީ ރުޅީގެ ސަބަބުން ރަތްވެފައެވެ.

“އައި ސްޓިލް ލަވް ހިމް…” ލިއާ މަޑުމަޑުން ބުނެލިއެވެ. އޭރު އެ ލޮލުން ކަރުނައިގެ ރޮނގެއް ފައިބެގެން އާދެއެވެ. އެވަގުތު ކައިރިކޮށްލެވިފައިވި ކައިރާގެ ބުމަ ދުރުވެލުމާއެކު މޫނުމައްޗަށް އަރުވައިގެން ހުރި ރޫތައް ފިލައިފިއެވެ. ދެރަވެފައި ހުރެ ކައިރާ އޭނާގެ ހިތްހަލާކުވެފައިވާ އެކުވެރިޔާއަށް ނަޒަރު ހުއްޓާލިއެވެ.

“ލިއާ…” ކައިރާ މަޑުމައިތިރި ކަމާއެކު ގޮވާލިއެވެ. އަދި މޭޒުމަތީ އޮތް ލިއާގެ އަތުގައި އަތް ބާއްވާލިއެވެ. ލިއާ ކަރުނުން ފުރިފައިވާ ލޮލަކުން އިސްއުފުލާ ކައިރާއަށް ބަލާލިއެވެ. “އައި ނޯ އިޓް ސައުންޑް ސްޓުޕިޑް…”

“އިޓް ޑަޒަންޓް…” ކައިރާ އަވަސްއަވަހަށް ބުނެލިއެވެ. ލިއާގެ ތުންފަތަށް ވެރިވީ ހިތި ހިނިތުންވުމެކެވެ. ދެން އޭނާ ކައިރާއާއި ހިއްސާކުރަން ފެށީ މީގެ ކުރިން އެކަކު ކައިރިވެސް ނުދައްކާ ވާހަކައެކެވެ.

“މި ވާހަކަ އަދި މިހާ ޑީޓެއިލްކޮށް އެކަކު ކައިރިވެސް ނުކިޔަން…ސުމާ އެންޑް އަލްޔާއަށްވެސް އެނގުނީ އެމީހުން އަހަންނާއެކު އުޅޭތީ…ރިހާން…ރިހާން އަހަރެންގެ ނަންބަރ ބަހާލި…ވަކި ސަބަބެއް އޮވެގެން ނޫން…ރިހާންއަށް އޭރު އަބަދު ގުޅާ އާދޭސް ކުރާއިރު އަހަންނަށް ކިހިނެއް އެނގޭނީ ބައެއްފަހަރު އޭނާ އެހުންނަނީ ރައްޓެހިން ގާތު ކަމެއް…؟ އެތައް ވަރަކަށް ރޮއިރޮއިފަ އާދޭސް ކުރީމަ ދެން އިވެނީ……ބަޔަކު ހޭ އަޑު…ދެން އިނގެނީ ބަޔަކު ކައިރިކަން އޭނާ ހުރީވެސް…އެމީހުންނަށް މަޖާ ކަމަކަށް ވެދާނެ…ނޯ ވަން ނޯސް ހައު އައި ފެލްޓް…އެމީހުންގެ ރައްޓެހިން މިރަށުގައިވެސް ގިނަ…އަހަންނޭ ކިޔައިގެން ދައްކާފައި ހުރީ މުޅިންވެސް ހަގީގަތެއް ނެތް ވާހަކަތައް…އަހަންނަކީ ފިރިހެނުން ފަހަތުން ދުވާ މީހެކޭ، ފިރިހެނުންނާ ހެދި މޮޔަވެ، އެމީހުންނާ މަތިން ބައިން ޖެހިގެން ގުޅާ މީހެކޭ…އަހަރެން މީހެއްގެ ފަހަތުން އާދޭސް ކުރަމުން އުޅުނީ ރިހާން ފަހަތުން އެކަނި…އެކަމަކު ހޫ ވުޑް ބިލީވް އަ ލޯ ކްލާސް ޕުއަރ ގާލް ލައިކް މީ…؟ އެދުވަސްކޮޅު ސުކޫލަށް ދާންވެސް އުނދަގޫ…ކްލާހުގަ ކިޔާ އެއްޗެހިން…ހަގިގަތެއް ނޫނަސް ދެރަ ނިކަމެތި މީހެއްގެ ވާހަކަ ވިއްޔާ މި މީހުން ނުލާހިކު ފޯރިއާއެކު ދައްކާނެ…އެންމެ މީހެއް ދެކެ ލޯބިވެވުނީތީ މުޅި ރަށަށް ގިނަވެފައި މިވަނީ…އަހަރެންގެ ވާހަކަ ގަބޫލު ކުރާނީ ކާކު…؟ އަލްޔާ އާއި ސުމާ އެތައް ވަރަކަށް ކިޔާނެ ރިހާން އާއި އެއްކޮށް ގުޅުން ކަނޑާލަން…އެކަމަކު ދުވަސްކޮޅަކު ހުރެވެނީ…އައި ސްޓިލް ލަވް ހިމް…ލޯބި ވާކަށް ބޭނުމެއް ނޫން…އެކަމަކު ހަނދާން ނައްތައެއްވެސް ނުލެވޭނެ…ހިޒް ފްރެންޑްސް މޭޑް މީ ފީލް ޕެތެޓިކް ފޯރ ސްޓިލް ލަވިން ހިމް…” ލިއާ ވާހަކަ ދައްކާ ނިމުން އިރު ގިސްލެވޭ ގޮތްވިއެވެ.

ހުއްޓުން އަރާފައި އިން ކައިރާ އަށް ހޭވެރިކަން ވީ ކޯތާފަތުން ފިރުކިގަތް ކަރުނައިގެ ތެތްކަން އިހުސާސް ވުމުންނެވެ. ލިއާގެ އަޑުގައި ހުރި ވޭނަކުން އޭނާގެ ހިތްވެސް ރޮއްވާލައިފިއެވެ. ލިއާ ތަހައްމަލުކޮށްފައި އެވަނީ އުނދަގޫ ދުވަސްތަކެކެވެ. އަވަސްއަވަހަށް އިސްޖަހައިގެން އިން ލިއާއަށް ފެނުމުގެ ކުރިން މޫނު ފޮހެލައިފިއެވެ. ކައިރާގެ ހިތަށް އަސަރު ކުރިއެވެ. ހަމަ އެއާއެކު އެ ރިހާންއަކާއި ދޭތެރޭ ހިތުގައި އުފެދުނު ރުޅިވެރިކަން ފަޅައިގެން ދިޔަކަހަލައެވެ. އޭނާއަށް ލިއާގެ ދެއަތުގައި ހިފާލެވުނެވެ.

“ލިއާ ލިސެން ޓު މީ…” ކައިރާ ވާހަކަ ދައްކަން ފެށީ އޯގާތެރިކަމާއެކުއެވެ. ލިއާ މަޑުމަޑުން އިސްއުފުލާލިއެވެ. “ޔޫ ޑިޒާވް ސޯ މަޗް ބެޓަރ…ޔޫ ޑިޒަރވް ސަމްވަން ހޫ އެކްޗުއަލީ ރެސްޕެކްޓްސް ޔޫ…ސަމްވަން ހޫ ވޯން’ޓް ޗީޓް އޮން ޔޫ…ސަމްވަން ހޫ ޑަޒަންޓް މޭކްސް ޔޫ ފީލް ޔޫސްޑް…” ކައިރާގެ ވާހަކަ ދެއްކުމުގެ ރާގުން ހީވަނީ އެ ބަސްތައް ވަކި ފަރާތަކަށް ރައްދުވާހެންނެވެ. އެ ވާހަކަ ތަކުގައި ފުން މާނައެއް ވެއެވެ.

“ކައި……” ލިއާ ވާހަކަ ދައްކަން އުޅުނެވެ.

“ނޯ…! އައެމް ސީރިއަސް…ޔޫ ޝުޑް ފޮގެޓް ހިމް…!” ކައިރާގެ އަޑުގައިވީ ރުޅިވެރިކަމެވެ. އެ ރުޅިވެރިކަން ރައްދުވާ ފަރާތަކީ އޭނާއާއި މީގެ ކުރިން ބައްދަލުވި ފަރާތެއްވެސް ނޫނެވެ. އަދި މީގެ ކުރިން އެމީހަކު ދުނިޔޭގައި އުޅޭކަންވެސް އޭނާއަށް އެނގޭ ފަރާތެއް ނޫނެވެ. އެހެން ނަމަވެސް ލިއާގެ ވާހަކަތަކުން ކައިރާގެ ހިތުގައި މިހާރު ރިހާންއާއި ދޭތެރޭ ވަނީ ސާފު ނަފްރަތެވެ.

ލިއާ ހިތިގޮތަކަށް ހީލިއެވެ. “ދެޓްސް އީޒީ ޓު ސޭ…ބަޓް އިޓްސް ހާރޑް ޓު ފޮގެޓް ހިމް…ހީ އިޒް ދަ އޮންލީ ގައި އައި ހެވް އެވަރ ބީން ދިސް ކްލޯޒް ޓު…” ލިއާ ބުނެލިއެވެ.

ކައިރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ލިއާގެ ވާހަކަތައް އޭނާއަށް ފަހުމްވެއެވެ. އެ ހިތުގައި ހިނގާ ޝުއޫރުތައް ނަގައިގަނެވެއެވެ. އޭނާއަށް ލިއާއަށް ބަލާލެވުނެވެ. ހިތުގެ ފުނުން އޭނާއަށް އެދެވުނީ ލިއާގެ އެ ހިތާމަތައް އެއްކޮށް ފިލައިގެން ދިއުމަށެވެ. އޭނާ ބޭނުމީ ރިހާންމަތިން ހަނދާން ނައްތާލާ، ލިއާ ދިރިއުޅުމައިގެން ކުރިޔަށް ދިއުމެވެ. ރިހާންއަށް ވުރެ ފުރިހަމަ މީހެއް ލިއާއަށް ލިބުނެވެ. ދުލުން ބޭރު ނުވިޔަސް އޭނާގެ ސިކުނޑީގައި އެ ފަރާތެއްގެ ނަން އެބުރެމުން ދިޔައެވެ.

ދެމޭޒު ވަކިކޮށް ފިލާ ޖަހާފައި ހުރި އިރު ޖެހިގެން އިން މޭޒު ކައިރީގައި އިން ކައިލް އިނީ ހިމޭންވެފައެވެ. އޭނާގެ ކުރިމަތީ އިން އިޝާންއަށް އިރުއިރުކޮޅާ ކުށްވެރި ނަޒަރަކާއެކު ކައިލްއަށް ބަލާލެވެއެވެ. ނަމަވެސް ކައިލްގެ މޫނުމަތިން ފެންނަނީ ބަޔާންކުރަން ދަތި ޝުއޫރުތަކެވެ. މޫނުމަތީ ހަރަކާތުން ދަތްކުނޑި ވިކިފައި އިންކަން އެނގެއެވެ. އިޝާންއަށް ކުށްވެރި އިހުސާސަކާއެކު އިސްޖަހާލެވުނެވެ. ލިއާ ދެންމެ ބުނި ވާހަކައިގެ ތެރެއިން ލިއާ އާއި ބެހޭ ހަގީގަތެއް ނެތް ވާހަކަ ފެތުރުނުކަން އެއީ އޭނާ ދެނެހުރި ކަމެކެވެ. އެވާހަކަތައް ފެތުރި، އެ އަޑުތައް އެންމެ ފުރަތަމަ އިވުނު މީހުންތެރޭ އޭނާވެސް ހިމެނެއެވެ. ނަމަވެސް އެކަމުގެ ހަގީގަތް އެނގުނީ އަދި ކިރިޔާއެވެ. އަމިއްލަ ނަފްސަށް ލަދުވެތި ވެވުނީ ކައިލް ގާތު ލިއާގެ އެފަދަ ވާހަކަތަކެއް އޭނާއަށް ދެކެވިފައި ވުމުންނެވެ. ލިއާގެ އެ ވާހަކަތަކުން އިޝާންއަށްވެސް އަސަރުކޮށްފިއެވެ. މީހަކު އެހާ ނުބައިވެދާނެ ބާއޭ އޭނާ ހިތަށް އެރިއިރު ސިކުނޑީގައިވީ ރިހާންގެ ނަމެވެ.

ކައިލްގެ ހިތާއި ސިކުނޑީގައި ގަދަ ހަނގުރާމައެއް އުފެދިފައިވާ ކަހަލައެވެ. ހަވީރު އިޝާން އާދޭސްކޮށް، ކުރުނުކޮށްގެން އޭނާ މިތަނަށް ގެނައި އިރު ވާނުވާއެއް ނޭނގެއެވެ. އިޝާން ބުނީ ފޫހިވެގެން އުޅޭކަމަށެވެ. އޭނާއަށް އިޝާންގެ ރޭވުން ރޭކާލީ ޖެހިގެން ހުރި މޭޒަށް އައި، ކައިރާ އާއި ލިއާގެ އަޑު އިވުމުންނެވެ. ވަގުތުން އިޝާންއަށް އެއްޗެކޭ ބުނަން އުޅެނިކޮށް އިޝާން އާދޭހާއެކު ސިއްރުން އެދުނީ އިރުކޮޅަކަށް މަޑުކޮށްލުމަށެވެ. އެހެންނަމަވެސް ލިއާގެ މިފަދަ ވާހަކަތަކެއް އަޑުއިވިދާނެ ކަމަށް އޭނާ ހުރީ ތައްޔާރުވެގެންނެއް ނޫނެވެ. ހަމައެއާއިއެކު އޭނާއަށް އިޝާން އާއި އޭނާގެ ރަހުމަތްތެރިން ދެކެވެސް ރުޅި އާދެވުނީ ލިއާގެ އެފަދަ ހަގީގަތެއް ނެތް ވާހަކަތަކެއް ދެއްކީތީއެވެ. ނަމަވެސް އިޝާންއަށް އެ ރުޅި ބޭލޭވަރަށް ވުރެ އެ ހިތުގެ ހާލަތު ގޯހެވެ. ލިއާ އާއި މެދު އެ ހިތުގައި އުފެދިފައިވާ ފުން އިހުސާސްގެ ސަބަބުން އޭނާއަށް އެވާހަކަތަކުން ވަރަށް ބޮޑު އަސަރެއް ކޮށްފިއެވެ. ރިހާން މިވަގުތު އޭނާ އަތުޖެހޭ ހިސާބުގައި ހުރި ނަމަ އަތުންފައިން ގޯހެއް ހެދޭނެކަން ޔަގީނެވެ. ހަމަ އެއާއެކު ހިތުގައި ކުށްވެރިކަމެއް އުފެދުނީ ލިއާގެ އެހާ ޒާތީ ވާހަކައެއް ލިއާގެ ހުއްދަ ނެތި އަޑު އެހެވުމުންނެވެ.

އޯޑަރ ކުރި ކާއެއްޗެހި ބަހައްޓާފައި ވެއިޓަރ ދިއުމުންވެސް ކައިރާ އިނީ ހިމޭންވެފައެވެ. އިޝާންއާއި ދެމީހުން ރާވައިގެން ކައިލް ނުގެނެވުނު ނަމައޭ އޭނާގެ ހިތަށް އެރިއެވެ. ލިއާގެ މިހާ ޒާތީ ވާހަކައެއް އިވޭނެކަމަކަށް އޭނާ ހުރީ އުއްމީދުކޮށްގެން ނޫނެވެ. އޭނާ ހީކޮށްގެން ހުރީ ލިއާ ދައްކާނީ ކައިލްއާއި ބެހޭ ވާހަކަ ކަމަށެވެ. ކައިރާއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. ލިއާއަށް މިކަން އެނގިއްޖިއްޔާ އޭނާގެ އިތުބާރު ގެއްލޭނެއެވެ. އެހެން ވާކަށް ކައިރާ ބޭނުމެއް ނޫނެވެ. ލިއާއަކީ އޭނާއަށް މިހާތަނަށް ލިބުނު އެންމެ ކަމުދާ އެކުވެރިޔާއެވެ.

ކާހިތް ކެނޑިފައި ތިބެ ކައިރާއާއި ލިއާވެސް ނަމަކަށް އެތިކޮޅެއް ކެއެވެ. މާ ގިނައިރެއް ނުވަނީސް އެ ދެމީހުން އެތަނުން ދާން ހިނގައިގަތެވެ. އޭރު ދުނިޔެމަތިވަނީ އަނދިރިވެފައެވެ. ކެފޭގައި ދިއްލާފައިވާ އޮރެންޖް އަލިން އެދިމާ ފެންނަނީ ހިތްގައިމު ގޮތަކަށެވެ.

ކައިރާ އާއި ލިއާ ދިޔަކަން ޔަގީންކޮށްފައި ކައިލް އިސްއުފުލާ އިޝާންއަށް ބަލާލިއެވެ. އިޝާން އިނީ ކައިލް ބުނާނެ އެއްޗަކާ މެދު ހިތް ނުތަނަވަސްވެފައެވެ. އޭނާ ހަމަޖެހެން މަސައްކަތް ކުރިއެވެ.

“ވެލް…، އައި ހޯޕް ޔޫ ލާރންޑް އެ ލެސެން…ސްޓޮޕް ޖަޖިން ޕީޕަލް ވެން ޔޫ ރިއަލީ ޑޯންޓް ނޯ އެބައުޓް ދެމް އެންޑް ސްޓޮޕް ސްޕްރެޑިން ފޯލްސް ރޫމޯރސް ދެޓް މައިޓް ނޮޓް ބީ ޓްރޫ…” ކައިލްގެ ރުޅިވެރި އަޑު އިވޭނޭ ހީކުރި ނަމަވެސް ކައިލްގެ ފަރާތުން އަޑު އައީ އާދަޔާހިލާފަށް މަޑުމައިތިރިކޮށެވެ. އިޝާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާއަށް ހަމައެކަނި ބޯ ޖަހާލެވުނީއެވެ.

ކައިލް ތެދުވެ ނިކުންނަން ދިއުމާއެކު އިޝާންވެސް ތެދުވިއެވެ. އޭނާއަށް ނިކުމެވުންއިރު ކައިލް ސައިކަލަށް އަރައިގެން ނައްޓާލީއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ ފޯނު ނަގާ ކައިރާއަށް މެސެޖެއް ކޮށްލިއެވެ. އެއަށްފަހު ސައިކަލަށް އަރައިގެން ދުއްވާލިއިރުވެސް އޭނާގެ މޫޑު ރަނގަޅެއް ނޫނެވެ.

ރޭގަނޑުގެ ވަގުތެވެ. ޖިމް ނިންމާފައި، ފެންވަރައިގެން އައިސް އެނދުގައި ޖައްސާލި ކައިލްގެ މޫނުމަތީގައިވަނީ ވަރުބަލިކަމެވެ. އޭނާއަށް އުނދަގޫ ކުރަމުން ދިޔައީ ލިއާގެ ހިޔާލުތަކެވެ. ޖިމްގައި ނުހަނު ބުރަކޮށް ކަސްރަތު ކުރި ނަމަވެސް އެންމެ ހިނދުކޮޅަކަށްވެސް އެ ސިކުނޑިން ލިއާގެ ހިޔާލުތައް ފޮހެވިގެން ނުދެއެވެ. ކައިލްއަށް ލޯ މަރާލަމުން އެ އިސްތަށިގަނޑުގައި އަތް ހިންގާލެވުނެވެ. އެންމެފަހުން އޭނާ ގޮތެއް ނިންމިއެވެ.

ފުނާއަޅަން ލޯގަނޑު ކުރިމަތީ ހުރި ލިއާއަށް ސިހުމެއް ލިބުނީ ފޯނު ވައިބްރޭޓްވި އަޑަށެވެ. ފޯނު ނަގާ ބަލާލިއިރު ހިތަށް ފިނިވެއްޖެއެވެ. ކައިލް މެސެޖު ކުރީއެވެ. އިސްތަށިގަނޑުގައި ހިފާއްޓާލެވިފައިވާ އަތް ލިއާއަށް ދޫކޮށްލެވުނެވެ.

“އަވޭކް…؟” ކައިލް އަހާފައި އިނެވެ. ލިއާ އާނއެކޭ ބުނެ ރައްދު ފޮނުވާލަމުން އައިސް އެނދުގައި އިށީނެވެ.

“ގުޑް…ޓްރުތް އޯރ ޑެއަރ…؟” ކައިލްގެ މެސެޖު ކިޔާލާފައި ލިއާއަށް ނިތްކުރިމަތީ ޖަހާލެވުނެވެ.

“ޓްރުތް…” މެސެޖު ފޮނުވާލިއިރު ލިއާގެ ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވިއެވެ.

“ވެއިޓް…! ނިއު ރޫލް…” ކައިލްގެ މެސެޖު ކިޔާފައި ލިއާގެ ދެބުމަ ގާތްވެލިއެވެ. އޭނާގެ ހިތް އަވަސްވާގޮތްވިއެވެ. “ނޯ ލައިން…! ނޯ އެވޮއިޑިން ކުއެސްޝަންސް…! އީވެން އިފް ދޭ އަރ ޕާރސަނަލް…” ކައިލްގެ މެސެޖުގައި ވެއެވެ.

ލިއާއަށް މެސެޖުތަކަށް ބަލަހައްޓައިގެން އިނދެވުނެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެހެން މީހަކު ނަމަ އޭނާ މިހާރު ވަގުތުން އިންކާރު ކުރީހެވެ. މައުލޫ ބަދަލު ކުރީހެވެ. ނަމަވެސް ކައިލް ތަފާތެވެ. ކައިލް އާއި ދެކޮޅު ހަދަން ދަތިވީ ކީއްވެކަމެއް ލިއާއަކަށް ނޭނގުނެވެ. އޭނާ އެއްބަސްވީ އިރުކޮޅެއް ފަހުންނެވެ. ކައިލްގެ މިޒާޖު އެނގި ދަސްވާ ވަރަކަށް އޭނާއަށް ދުވަހަކަށްވުރެ ދުވަހެއް ކައިލްއަށް އިތުބާރުކުރެވެމުން ދިޔައެވެ.

ލިއާ އޯކޭ އެ ބުނެ ފޮނުވި މެސެޖަށް ބަލަން އިން އިރު ކައިލްގެ ހިތުގެ ތެޅުން އަވަސްވެފައި ވެއެވެ. އަހަން އުޅޭ ސުވާލުގެ ގޮތުންނެވެ. ނަމަވެސް އެ ސުވާލުގެ ޖަވާބު އެނގެން ބޭނުންވެ، އޭނާގެ ހިތް ތެޅިފޮޅެނީއެވެ. ވުމާއެކު ފުން ނޭވާއެއް ލާފައި ޓައިޕްކުރަން ފެށިއެވެ.

“ހައު ފާރ ޑިޑް ޔޫ އެންޑް ރިހާން ގޯ…؟” މެސެޖު ފޮނުވާލިއިރު ކައިލްގެ ހިތުގެ ހިނގުން ކުރިޔަށްވުރެ އަވަސްވިއެވެ. އޭނާއަށް ސްކްރީނަށް ބަލަހައްޓައިގެން އިނދެވުނެވެ. އިރުކޮޅެއް ފަހުން ލިއާ ޓައިޕްކުރަން ފެށިކަން އެނގުނީ ކޮންވަޒޭޝަންގެ ތިރިން ފެންނަ ކުދި ބަބްލްފަދަ ނިޝާނަކުންނެވެ. ނަމަވެސް އިރުކޮޅެއް ފަހުން އެ ގެއްލިއްޖެއެވެ. ކައިލްގެ ހިތް ނުތަނަވަސްވީ ވަގުތު އަނެއްކާވެސް އެ ނިޝާން ފާޅުވެއްޖެއެވެ. މިކަން އިރުކޮޅެއް ވަންދެން ތަކުރާރުވުމުން ކައިލްގެ ކެތްތެރިކަން ކޮޅުންލާގޮތްވިއެވެ. އެ ސުވާލު ކުރެވުނު ކަމުގެ މޮޔަ ހީވާން ފެށިއެވެ. އޭނާއަށް މި އެހުނީ އަހަން ނުޖެހޭ ސުވާލެއް ކަމަށް ވެދާނެއެވެ.

ލިއާގެ ރިޕްލައި އައުމާއެކު ކައިލްއަށް ބަލާލެވުނީ ސިކުންތެއްވެސް ނުވަނީހެވެ. “ދެޓްސް އަ ހޮރިބްލް ކުއެސްޝަން…!” ލިއާގެ ރައްދު މެސެޖުގައި ވެއެވެ. ކައިލްގެ ތުންފަތް ދެމިލިއެވެ. “ޔޫ އެގްރީޑް ޓު ދަ ރޫލްސް…” ކައިލްގެ މެސެޖުގައި ލިޔެފައި ފޮނުވާލިއެވެ. އަނެއްކާވެސް ލިއާ ޓައިޕްކުރާކަމަށް އެރިއެވެ. ނަމަވެސް މިފަހަރު އެ ނިޝާން އަރާފައި ވަރަށް ގިނައިރު ވިއެވެ.

“ވީ ކިސްޑް…!”

ކައިލްގެ ހިނިތުންވުން ގެއްލުނެވެ. ސްކްރީނަށް ނަޒަރު ހުއްޓާލިގޮތަށް އޭނާއަށް އިނދެވުނީ ގަނޑުވެފައެވެ. އޭނާއަށް ހީވީ މީހަކު އެ މޫނުމަތީ އެތިފަހަރެއް އެޅިހެންނެވެ. ނަމަވެސް އެ އިހުސާސް ވާންވީ ކީއްވެހެއްޔެވެ؟ މި ޒަމާނުގައި ރައްޓެހިވެގެން އުޅޭ ދެމީހުންގެ ދެމެދުގައި އެއީ ނުހަނު އާދައިގެ ކަންކަމެއްނޫންހެއްޔެވެ؟ ދެން ލިއާއާއި ރިހާން އާއި ދެމެދު އެވަރު ކަމެއް ހިނގުމުން އޭނާއަށް މިހާ އަސަރު ކުރަންވީ ކީއްވެހެއްޔެވެ؟

ފަހަތުން އެނދުގައި ލެނގިލަމުން ގައިގެ ވަރު ދޫވެފައި ހުރިކަހަލަ ގޮތަކަށް ކައިލްއަށް މޫނުގައި އަތް ހިންގާލެވުނެވެ. އަސަރު ކުރަނީއޭ ބުނުމަކުން އަދި ނުފުދޭނެއެވެ. އެ މެސެޖު ފެނި އެއަށްވުރެ މާ ތޫނު އިހުސާސެއް ހިތަށް ކުރުވިއެވެ. ކައިލް އެކަމާއި ނުރުހުނެވެ.

އިރުކޮޅެއް ފަހުން އޭނާ ބޭއްވި ފޯނު ނަގާ ޓައިޕް ކުރަން ފެށިއެވެ. “ދެޓްސް އިޓް..؟”

“ދެޓްސް އިޓް…!” ލިއާގެ ރިޕްލައި އައެވެ.

“ރިހާން ނެވަރ ވޯންޓަޑް މޯރ…؟” ކައިލްއަށް އެފަދަ ސުވާލެއް ކުރަން ހިތްވަރު ލިބުނީ ކިހިނެއް ކަމެއް ނޭނގެއެވެ. އަނެއްކާވެސް އައީ އިރުކޮޅެއްގެ މަޑުޖެހުމެކެވެ. ލިއާގެ ޖަވާބު ނައިސް ހޭދަވަމުންދާ ކޮންމެ މިނެޓެއް ކައިލްގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ. މިއީ ދުވަހަކުވެސް އޭނާއަށް ވީ ގޮތެއް ނޫނެވެ.

ލިއާގެ ރިޕްލައި އައީ ވީހާވެސް ކުރުކޮށެވެ. “ހީ އާސްކްޑް…!”

ކައިލްގެ ދަތްތަކަށް ބާރުކޮށްލެވުމާއެކު ކަތުރުކަށިގަނޑަށް ވާންވެލިއެވެ. އެ މޫނުގެ ފިރިހެންވަންތަކަން އިތުރުވިކަހަލައެވެ. އޭނާއަށް ހަމަޖެހިލެވުމުގެ ކުރިން ލިއާއަށް މެސެޖު ކުރިއެވެ. “އެންޑް…؟”

“އައި ސެޑް ނޯ…” ލިއާގެ ރިޕްލައި މިފަހަރު ވަގުތުން ލިބުނެވެ. ކައިލްއަށް ދޫކޮށްލެވުނީ ހިފަހައްޓައިގެން ހުރެވުނުކަން ނޭނގޭ ފުން ނޭވާއެކެވެ. އަނެއްކާވެސް މޫނު ހަދާލެވުނެވެ. އޭނާއަށް މިހާ ހަމަޖެހިލެވުނީ މި ކީއްވެބާއެވެ؟ އެއީ އޭނާއާއި ބެހޭ ކަމެއް ނޫނެވެ. ކޮންމެ ގޮތެއް ވިޔަސް ހިތަށް އެ ހަމަޖެހުން އިހުސާސްވެއްޖެއެވެ.

“އިޒް އިޓް ބިކޯޒް ޔޫ ވާރންޓް ރެޑީ…؟” ކައިލް އެހިއެވެ.

“މުޅިއަކުން އެހެނެއްވެސް ނޫން…ކިތައްމެ ލޯބިވިޔަސް އައި ޑޯންޓް ލައިކް އެ ހިސާބަށް ކަންތައް ގެންދާކަށް…ޕްލަސް އައި ކާންޓް ޓްރަސްޓް ހިމް…ހީ އޯލްވޭސް ޗީޓެޑް…” ކައިލް ލިއާގެ މެސެޖު ކިޔާލިއެވެ. އެވަގުތު އަނެއްކާވެސް ލިއާގެ މެސެޖެއް ލިބުނެވެ.

“ޓްރުތް ފޯރ ޓްރުތް…” ލިއާގެ މެސެޖު ކިޔާލާފައި ކައިލްއަށް ބުމަ ހިއްލާލެވުނެވެ. އޭނާ ޓައިޕްކޮށްލިއެވެ. “ގޯ އަހެޑް…!”

“ވައި އާރ ޔޫ އާސްކިން އޯލް ދިސް…؟” މެސެޖު ކިޔާފައި ކައިލް ގަނޑުވާގޮތްވިއެވެ. އެފަދަ ކަމަކަށް އޭނާ ހުރީ ތައްޔާރުވެގެންނެއް ނޫނެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ނޫނެކެވެ. ބުނާނެ އެއްޗެހި އެބަހުއްޓެވެ. ކިއުރިއަސް ވިއްޔޭ ބުނެވިދާނެއެވެ. ގޭމެއް ކުޅެނީއޭ ބުނެވިދާނެއެވެ. ނަމަވެސް އެ ޖަވާބުތަކާއި މެދު އޭނާ ހިތްހަމައެއް ނުޖެހުނެވެ. އެންމެފަހުން އޭނާ މެސެޖެއް ފޮނުވާލިއެވެ. “ވީ އަރ ފްރެންޑްސް…އައި ވޯންޓް ޓު އަންޑަރސްޓޭންޑް…”

ކައިލްގެ މެސެޖު ކިޔާފައި ލިއާއަށް ހިނިތުންވެވުނެވެ. އެއްޗެކޭ ނުބުނެވި އުޅެނިކޮށް ކައިލްގެ މެސެޖެއް އައުމުން ކިޔާލެވުނެވެ. “ވަން މޯރ ކުއެސްޝަން…ހޭޒް ދެއަރ ބީން އެނީވަން އެލްސް…؟” ކައިލްގެ މެސެޖު ކިޔާލާފައި ލިއާއަށް ލޯ ހަނިކޮށްލެވުނެވެ. ކައިލްގެ މަގުސަދާއިމެދު ހިތުގައި ސުވާލު އުފެދުނެވެ. ނަމަވެސް އޭނާ ޖަވާބު ދިނެވެ.

“ނޯ…ހީ އިޒް ދަ އޮންލީ ގައި އައި ހެވް އެވަރ ބީން ކްލޯޒް ޓު…” ލިއާގެ ރައްދު ފޮނުވާލިއެވެ. އަދި އެ ސުވާލުތަކުގެ މަގުސަދަކީ ކޮބައިތޯ ކައިލްއާއި ސުވާލު ކުރިއެވެ. ނަމަވެސް އެދެވޭ ޖަވާބެއް ނުލިބުނެވެ.

 “އަބަދު ޓްރުތް ނަގަންޏާ އެކަހަލަ ސުވާލު ދޯ ކުރެވޭނީ…ޔޫ އަރ ޓޫ ސްކެއަރޑް ޓު ޕިކް ޑެއަރ…!” ކައިލްގެ މެސެޖު ކިޔާފައި ލިއާއަށް އަނގަޔަށް ގޮތެއް ހަދާލެވުނެވެ. ވިސްނަން އިނދެފައި އޭނާ ޑެއަރ އޭ ބުނެ މެސެޖު ކުރިއެވެ. ކައިލްގެ ރިޕްލައި އައީ ނުހަނު އަވަހަށެވެ.

“ސެންޑް މީ އަ ޕިކް އޮފް ރިހާން…” ކައިލްގެ މެސެޖު ކިޔާފައި ލިއާ ހުއްޓުން އެރިއެވެ. މެޔަށް ބާރުވެގެން އައެވެ.

ފާއިތުވެގެން ދިޔަ ދުވަސްތަކުގައި އޭނާ ރިހާންގެ ތަސްވީރު އެންމެފަހަރަކުވެސް ބަލާފައެއް ނުވެއެވެ. ރިހާން މަތިން މާ ބޮޑަށް ހަނދާންވެދާނެތީއެވެ. ގެލެރީ ހުޅުވާލިއިރު އޭނާގެ އަތް ފިނިވާ ގޮތްވެއްޖެއެވެ. އޭނާ އަތުގައި ހަމައެކަނި އިން ތަސްވީރަކީ އީދު ދުވަހު އޭނާއާއި ރިހާން އެކުގައި ނެގިފައިވި ތަސްވީރެވެ. ފޭސްބުކުން ލިބުނު ތަސްވީރެވެ. ފޮނުވަން ނުފޮނުވަން ހުރެފައި އެންމެފަހުން ކައިލްއަށް އެ ފޮޓޯ ފޮނުވާލިއެވެ.

ކައިލް ފޮޓޯ ސީންކުރިކަން އެނގުނެވެ. ނަމަވެސް އެއްވެސް މެސެޖެއް ޓައިޕްކުރާކަމަކަށް ނާރައެވެ. ލިއާ ކަންބޮޑުވާން ފެށިއެވެ. ކައިލް އެ ފޮޓޯއާއި މެދު ހީކުރާނެ ގޮތެއް ނޭނގެއެވެ.

ފޮޓޯއަށް ބަލަހައްޓައިގެން ކައިލް އިނީ ގަނޑުވެފައެވެ. ރިހާން ލިއާގެ ކޯތާފަތުގައި ކުލަތަކާއެކު އަތް ޖައްސާލައިގެން ހުރި އިރު އެ މޫނުގައިވަނީ ހިނިތުންވުމެވެ. ލިއާ ރިހާންގެ އަތުގައި ހިފަހައްޓައިގެން ހުރިއިރު އެ ނަޒަރު ވަނީ ރިހާންގެ ލޮލާއި ސީދާވެފައެވެ. ރިހާންގެ އަނެއް އަތްވަނީ ލިއާގެ އަތާއިއެކު އުނަގަނޑުގައި ވަށާލެވިފައެވެ. ލިއާގެ މޫނުމަތީ ހިނިތުންވުމެއް ނެތްކަމަކު އޭނާ ރިހާންއަށް ބަލަހައްޓައިގެން ހުރި ނަޒަރު ފެނުމުން ކައިލްގެ ހިތަށް އުނދަގޫވިއެވެ. ރިހާންއާއި މެދު ހިތުގައި ނޭނގޭ ހަސަދަވެރިކަމެއް އުފެދުނެވެ. އޭނާއަށް ސްކްރީން ނިއްވާލެވުމާއެކު ފޯނު އެނދުމައްޗަށް ދޫކޮށްލެވުނެވެ. ފަހަތަށް ކަނދުރާ ދޫކޮށްލުމާއެކު އޭނާއަށް ލޯ މަރާލެވުނެވެ. ލިއާ ގާތު އެ ފޮޓޯ ފޮނުވަން ބުނެވުނުކަމުގެ މޮޔަ ހީވިއެވެ.

ލޯ މަރައިގެން އޮވެފައި އިރުކޮޅެއް ފަހުން މެސެޖެއް އައުމުން ކައިލް ފޯނު ނަގާ ބަލާލިއެވެ. “ދެޓްސް ދަ އޮންލީ ޕިކްޗަރ އައި ހޭވް…ނައު އިޓްސް މައި ޓާރން…” ލިއާގެ މެސެޖުގައި ވެއެވެ. ކައިލް އެ އޮތްގޮތަށް އޮވެ ޑެއަރ އޭ ބުނެ ލިއާއަށް މެސެޖު ފޮނުވިއެވެ.

“ޕއްޒާއެއް ދީ…” ލިއާގެ މެސެޖު ކިޔާލުމާއެކު ކައިލްއަށް ލޯ ހަނިކޮށްލެވުނީ ގަބޫލު ނުކުރެވިގެންނެވެ. އޭނާ ގާތަށް ހިނިއައެވެ. ކައިލްއަށް ބަލާލެވުނީ ގަޑިއަށެވެ. އޭރު ދަންވަރު އެކެއް ޖަހަން ހުރީ ވިއްސަކަށް މިނެޓެވެ. “ޔޫ ސީރިއަސް…؟” ކައިލް އެހިއެވެ.

“ޔެސް…!” ލިއާ ޖަވާބު ފޮނުވާލީ މި ދަންވަރު ކައިލްއަށް އެކަން ނުވާނެކަން ޔަގީންކަން އޮތްލެއް ބޮޑުކަމުންނެވެ. މެސެޖު ފޮނުވާފައި ލިއާއަށް ސްކްރީނަށް ބަލަން އިނދެވުނެވެ. އިރުކޮޅެއް ފަހުން ދެން އެރީ ކައިލް އޮފްލައިން ވެއްޖެކަމަށެވެ. ލިއާ އަށް ހެވުނެވެ. ކައިލްއަށް އެކަން ނުވީތާއޭ ހިތަށް އެރިއެވެ. ނަމަވެސް ކައިލް އޮފްލައިން ވުމުން ލިއާ އަނެއްކާވެސް ފޫހިވާގޮތްވިއެވެ. ސުމާ އާއި އަލްޔާ އިންނަ ގްރޫޕް ބެލިއިރު އޮންލައިންގައި އިނީ ސުމާ އެކަންޏެވެ. އޭނާއާއި އިރުކޮޅެއް ވަންދެން ވާހަކަ ދައްކާލުމަށްފަހު ނިންމާލަން ޖެހުނީ ސުމާ ނިދަން ދާން ޖެހިގެންނެވެ.

ފޯނު ހާވަ ހާވާ ފޫހިވެގެން ތެދުވަން އުޅުނު ވަގުތު އިންސްޓަގްރާމުން މެސެޖެއް އައުމުން ލިއާގެ ސަމާލުކަން ދެވުނެވެ. ބަލައިލި އިރު މެސެޖު ކޮށްފައިވަނީ ކައިލް އެވެ. އެ މެސެޖުގައި ބޭރަށް ނިކުމެލަދިނުމަށާއި އޭނާ މިހުރީ ލިއާ އުޅޭ ގޭ ދޮރުމަތީގައި ކަމަށް ބުންޏެވެ.

“ނޯ ވޭ…!” ލިއާއަށް ލިބުނީ ޝޮކެކެވެ. ދެލޯ ބޮޑުވެގެން އައުމާއެކު ގަބޫލު ނުކުރެވި ހުރެ އެނދުން ފުންމައިގެން ތެދުވި ގޮތަށް ކޮޓަރިން ބޭރަށް ނުކުތެވެ. ގޭތެރޭގައި ވީ ހަމަހިމޭން ކަމުން އެންމެން ނިދީހެން ލިއާއަށް ހީވިއެވެ. އަވަސް އަރުވާލާފައި ހުރި ވަރުން ނިއުޅާލެވިފައިވާ އިސްތަށިގަނޑު އައްސާލާކަށްވެސް އޭނާ ހަނދާނެއް ނެތެވެ.

ބޭރަށް ނިކުތް އިރު ހަމަ ރަނގަޅަށް ވެސް ކައިލް އައިސް ހުއްޓެވެ. އޭރު ގަޑިން އެއްގަޑި ބައިވަނީއެވެ. ލިއާއަށް އަދިވެސް ޔަގީން ނުވެ ހުރެފައި ގޭގެ ދޮރު ލައްޕާލަމުން ގޮސް ކައިލް ގެ ގާތަށް ހުއްޓުނެވެ. ކަޅުކުލައިގެ ޓީޝާޓަކާއި، ޖެކެޓެއްގައި ކަޅު ޖިންސެއްގައި ކައިލް މި ރޭގަނޑު ފެންނަލެއް ފުރިހަމަކަމުން މީހުން އޭނާ ސިފަކުރާނީ ވެމްޕަޔާ އެއް ގޮތުގައެވެ. އެގޮތަށް ހެދުން އަޅާފައި ހުރުމުން ލިއާގެ ހަނދާނަށް ކުއްލިއަކަށް އައީ ކައިލް ފެނުން ފުރަތަމަ ރެއެވެ. އޭނާގެ ދެ އެކުވެރިން ކަމަށްވާ ސުމާއާއި އަލްޔާއަށް ކައިލް ރީތިވެގެން އެވާހަކަ ނުހުއްޓައިގެން އުޅުނު ގޮތެވެ. ނުރައްކާތެރި ދަރަޖައަކަށް ކައިލް ފުރިހަމައެވެ. ލިއާގެ ހަށިގަނޑުން ހީބިހި ނަގައިގަތީ ޖެހުނު ވައިރޯޅިން ކަމެއް ނޫނީ ކައިލް ބަލަން ހުރި ގޮތުން ކަމެއް ނޭނގެއެވެ. އޭނާއަށް ދެއަތް މޭގައި ހުރަސްކޮށްލެވުނެވެ.

“ކިހިނެއްވީ..؟ ޔޫ ޑިޑިންޓް ތިންކް އައި ވުޑް އެކްޗުއަލީ ކަމް، ޑިޑް ޔޫ..؟” ކައިލް އެއްމިޔަކަނުން ހިނިތުންވެލަމުން ސުވާލުކުރިއެވެ. ލިއާގެ ތުންފަތަށް ވެސް ލުއި ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ. “އާނ ދެން…މި ރޭގަނޑު އަހަރެން ބުނިއްޔޭ ކިޔާފަ ޕިއްޒާއެއް ހިފައިގެން އަންނާނެ ކަމަކަށް ހީ ނުކުރާނެ އެއްނު…އޮފްލައިން ވީމަ މިރޭ ދެން ހަބަރެއް ވާނެ ކަމަކަށް ހީ ނުކުރަން..” ލިއާ ވާހަކަ ދެއްކި އެވެ. އޭރު ޖެހެމުން ދިޔަ ވައިރޯޅިން ލިއާގެ އިސްތަށިގަނޑު ދެފަރާތަށް ލުއި ގޮތަކަށް ހަރަކާތްތެރިވަމުން ދިޔައެވެ.

“ހެހެ..ޑެއަރ އެއް ވީމަ ކޮންމެހެންވެސް ޓާސްކް ފުރިހަމަކުރަން އެބަ ޖެހޭނު..އަސްލު ލަސްވީ އެއްވެސް ރެސްޓޯރެންޓަކުން ފޯނު ނުނަގައިގެން މިގަޑީ ހުޅުވާފަ ހުރި ރެސްޓޯރެންޓަކަށް ދާން ޖެހުނީމަ..އޯޑަރ ނިމެންދެން އެތާ މަޑުކޮށްލީ..” ކައިލް ބުނި ވާހަކައިން ލިއާގެ ދެލޯ ބޮޑުވިއެވެ. އަޖައިބުވެ އޭނާއަށް ކައިލްއަށް ބަލަހައްޓައިގެން ހުރެވުނެވެ. “ސީރިއަސްލީ..؟ ތިހާ ތަކުލީފު ނުއުފުލިޔަސް ވެދާނު..ހަމަ އެހާވެސް ދެރަ ގަބޫލުކުރަން ބޭނުން ނުވޭތަ..؟” ހައިރާންވެފައި ހުރި ނަމަވެސް ލިއާ ވާހަކަ ދެއްކި އިރު ހުރީ ހިނިއައިސްފައެވެ. “ކިހިނެއް އެނގޭނީ..ލިއާ ވަރަށް ބަނޑުހައިވެފަ ހުރެދާނު ހަމަ..އެހެންވެ މި ގެނެސްދިނީ..” ކައިލް އެ ރީތި ހިނިތުން ވުމުގައި ހުރެ ވާހަކަ ދެއްކިއެވެ.

“އަހަރެން ބަނޑުހައިވެފަ ހުރެފާނެތީ ކައިލް ހަމަ އެހާ ކަންބޮޑުވޭތަ..؟” ސަމާސާ ރާގަކަށް ލިއާ ބުނެލިއެވެ. ނަމަވެސް އޭނާގެ ހިނިތުންވުން ފިލައިގެން ދިޔައީ ކައިލް ދިން ޖަވާބު އަޑު އަހާފަ އެވެ. “އާނއެކޭ ބުނެފިއްޔާ..؟” މިހެން ބުނި އިރު ކައިލްގެ ތުންފަތުގައި ހިނިތުން ވުމެއް ވިއެއް ކަމަކު އެ ބަސްކޮޅުގައިވި ސީރިއަސްކަން ލިއާއަށް އިހުސާސްވީ ކީއްވެ ކަމެއް ނޭނގެއެވެ. ލިއާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

އެވަގުތު ޖެހިލި ވައިރޯޅި އަކާއި އެކު ލިއާގެ އިސްތަށިގަނޑު މޫނުމައްޗަށް ފެތުރިގަތުމާއިއެކު ލިއާ ޗަސް ޖަހައިލުމުން ދެއަތުން އިސްތަށިގަނޑު އަތުތެރެއަށް އެއްކޮށްލާފައި ގޮށެއް ޖަހާލައިފިއެވެ. އޭރު ލިއާއަށް ނޭނގުނަސް ކައިލް ހުރީ ލިއާގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއިއެކު ބަލާށެވެ. ލިއާގެ އެ ހަރަކާތުން ކައިލްގެ ހިތް އަވަސްވާގޮތް ވިއެވެ. މަޑުމަޑުން ކައިލްއަށް ތިރީ ތުންފަތުގައި ދަތް އަޅައިލެވުނެވެ. އެ ދެމީހުން ފިޔަވާ އެހެން މީހެއްގެ ހިލަމެއް ނެތް އެ މަގުގައި ވަނީ ހަމަހިމޭން ކަމެވެ. އެކަމުން ލިއާއަށް އުނދަގޫ ވިއެވެ.

 “ކައިލް މިވަގުތު މިތަނުން ފެނުނިއްޔާ ވަރަށް ފާޑުފާޑުގެ ވާހަކަ ދައްކާނެ..ކިލާސްތެރޭ އަހަރެމެން ދެމީހުން ކައިނުލައިފިއްޔާ ރަނގަޅު..ކައިލް ކަންބޮޑެއް ނުވޭތަ..؟” ލިއާ ވާހަކަ ދައްކަން ފެށީ ހަމަހިމޭންކަމަށް ނިމުމެއް ގެނައުމަށެވެ. ކައިލް ލުއި ގޮތަކަށް ހީލިއެވެ. “މީހުން ކިޔާފާނެ އެއްޗަކާ ދޭތެރޭ ލިއާ ހާދަ ކަންބޮޑުވެޔޭ ދޯ..އަހަރެން ނުވޭ ހާހެއް..އަހަރެން ބޭނުންވެގެން ދޯ މިހުރީ އައިސް..” ކައިލް ވާހަކަދައްކަމުން ލިއާއާއި ގާތަށް ޖެހިލާފައި އަތުގައި އޮތް ޕިއްޒާ ފޮށިގަނޑު ދިއްކޮށްލިއެވެ. ލިއާ ހިނިތުންވެލަމުން އޭގައި ހިފިއެވެ.

“އީޓް ވެލް..” ލިއާއަށް ބަލަން ހުރެ ކައިލް ބުނެލިއެވެ. ފޫޓެއްހާ ދުރުމިނުގައި ދެމީހުން ތިބިއިރު ލިއާގެ އިސްކޮޅު އަރަނީ ކައިލްގެ ކޮނޑާއި ހަމައަށެވެ. ކައިލް ވާހަކަ ދެއްކުމުން ލިއާ އެ މޫނަށް ބަލައިލިއިރު ކައިލްގެ ނަޒަރު ހުއްޓިފައިވީ ލިއާއަށެވެ. އެވަގުތު ބުނެދޭން ނޭނގޭ ހަމަހިމޭންކަމެއް އެ ދެމެދުގައި އުފެދުނެވެ. ކައިލްގެ ނަޒަރު ލިއާގެ ލޮލުން ތިރިޔަށް ދަތުރުކޮށްލިތަން ލިއާއަށް ފެނުނެވެ. ހަށިގަނޑު ފާޑަކަށް ފިނިވެގެން އައީ ކައިލްގެ ނަޒަރު ހުއްޓިފައި ވަނީ ލިއާގެ ތުންފަތަށް ކަން އެނގުމުންނެވެ. ޖިންސްގެ ޖީބަށް އަތް ޖަހާލައިގެން ހުރިއިރު ކައިލް ފެންނަލެއް ނުހަނު ފުރިހަމައެވެ. ލިއާގެ ހިތްވެސް އެ ރީތިކަމަށް ތައުރީފު ކޮށްލިއެވެ. ނަމަވެސް އެވަގުތު ލިއާގެ ބަނޑުގައި ހީލިކެރުވުމެއް އުފެދުނީ އޭނާގެ ތުންފަތަށް ނަޒަރު ހުއްޓާލައިގެން ހުރެ ކައިލް ހިންދިރުވާލި މަންޒަރު ފެނުމުންނެވެ. އެ ހަރަކާތައި އެކު ކައިލްގެ ލަގޮނޑި ހަރަކާތް ކޮށްލި މަންޒަރު ލިއާއަށް ވަރަށް ހިތްގައިމުވިއެވެ. ކައިލްގެ ކަތުރުކަށިގަނޑަށް ބާރުވެލިއިރު އެ ފިރިހެންވަންތަކަން އިތުރުވިކަހަލައެވެ. ނަމަވެސް ކުޑަ ނުތަނަވަސްކަން ހިތުގައި އުފެދުނީ ކައިލް ޖީބަށް ޖަހާފައިވާ ދެއަތް މުއްކަވާލިކަން ފާހަގަވުމުންނެވެ. ކައިލް ހީވަނީ އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމަށް މަސައްކަތް ކުރާހެންނެވެ. ހިނިތުން ވެލައިގެން ހުރި ނަމަވެސް އޭރު ވެސް އެ ނަޒަރު ހުރީ ލިއާގެ ތުންފަތަށެވެ. ވެރިވެފައިވާ ހަމަހިމޭންކަން ގެ ތެރެއިން ކައިލްގެ ތޫނު ނަޒަރު ގެ ސަބަބުން ތެޅެމުން ދިޔަ ލިއާގެ ހިތުގެ އަޑު އިވެމުންދެއެވެ.

“ކަ..އިލް..” ލިއާ ލަދުން އިސްޖަހައިލަމުން ގޮވައިލިއެވެ. އެލަދުވެތިކަން ކައިލްއަށް ފާހަގަވިއެވެ. “ޔާހ…” ކައިލްއަށް ފުން ނޭވާއެއް ދޫކޮށްލަމުން އިސްތަށިގަނޑުގައި އަތް ހިންގާލެވުނެވެ.

 “ލިއާ ވަދޭ އެތެރެއަށް..އައިލް ޓެކްސްޓް ޔޫ ގެއަށް ގޮސް..” އިތުރަށް މަޑު ކުރަން ވެއްޖެ ނަމަ އަމިއްލަ ނަފްސު ނުހިފޭއްޓިދާނެކަމުގެ ބިރަށް ކައިލް އަވަހަށް ދާން ހިނގައިގަތެވެ. އޭނާއަށް އެ ވީ ގޮތެއް ނޭނގެއެވެ. ލިއާގެ ތުނި ތުންފަތަށް ނަޒަރު ހުއްޓުނު ހިނދު އަރުގައި އުފެދިގެން އައީ އާދަޔާހިލާފު ކަރުހިއްކުމެކެވެ. ހިތް އެދެމުން ދިޔައީ އެ ކަރުހިއްކުން ފިލުވުމަށެވެ. ނަމަވެސް އަމިއްލަ ނަފްސުގެ މައްޗަށް ހިތް ބާރުފޯރުވުމުގެ ކުރިން ކައިލް އަވަހަށް ނަފްސު ހަމަޔަކަށް އެޅުވުމުގައި އުޅެގަތެވެ.

“ކައިލް..” ދުރުގައި ޕާކު ކޮށްފައި ހުރި ސައިކަލަށް އަރާ ސައިކަލު ސްޓާރޓް ކޮށްލުމާއިއެކު ކައިލްގެ ކަންފަތުގައި ލިއާ ގޮވައިލި އަޑު ޖެހުނެވެ. ކައިލް ބަލައިލުމާއެކު ލިއާ ހިނިތުން ވުމެއް ދިނެވެ. “ތޭންކްސް ފޯ ދިސް..އެންޑް ޑްރައިވް ސޭފްލީ..” ކައިލްއަށް ބަލަން ހުރެ ލިއާ ބުނެލިއެވެ. “ޔުއަރ ވެލްކަމް..” ލިއާއަށް ފިރިހެންވަންތަ ހިނިތުންވުމެއް ދެމުން ކައިލް ސައިކަލް ދުއްވާލިއެވެ.

ނުނިމޭ

Share Article

Itxlevender
Follow Me Written By

Itxlevender

Level 210 Stories100 Comments

A girl lost in pages and feelings ✨

Other Articles

Previous

ދެވުނީ ވޭނޭ 74

Next

ނޭދެން ވަކިވާކަށް 17 ވަނަ ބައި

Next
June 11, 2026

ނޭދެން ވަކިވާކަށް 17 ވަނަ ބައި

Previews
June 11, 2026

ދެވުނީ ވޭނޭ 74

20 Comments!

  1. shav shav says:
    June 11, 2026 at 1:55 pm

    WOAHHHH GIRLLL. KAILLLL 😫😫😫
    that lia ge lips ah balaafa hin dhiruvaali part. OMGGG 😫😭😭
    anyways 😭😭
    Mi paer ves vrhhhh reethi masha’allah.
    Keep up the good work girl
    When next?
    Lots of love 🫶💗

    1. Itxlevender Itxlevender says:
      June 11, 2026 at 5:31 pm

      Ikr 😭💗 Thank you so much darl 💗
      Soon In Sha Allaah 💗

  2. Its just me says:
    June 11, 2026 at 2:15 pm

    Omg kyle vx dhw 🤭 kudakoh rovijje mi part kiyaafa 😭 rihaan gaiga jahaalaa hih vanee huvaa 🙄 kairaa kahala frnd eh i vx beynumee 🥲🥲 btw mi part vx v reethi curiously waiting for the next part 🫶♥️

    1. Itxlevender Itxlevender says:
      June 11, 2026 at 4:28 pm

      Thank you so much 💗 Poor Leah really has been through a lot…And yes, Kaira is the kind of friend everyone deserves 😭💗 Thank you for reading and for your sweet comment 💗More is coming soon 💗

  3. Mimmxz says:
    June 11, 2026 at 2:15 pm

    Forget Leah 😭 the scene of his throat movement and his gaze got butterflies in MY stomach 🔥❤️😭 I’m going crazy 😭 love it love it love it ❤️❤️❤️❤️❤️❤️❤️❤️

    1. Itxlevender Itxlevender says:
      June 11, 2026 at 4:29 pm

      HAHAHA 😭 Not you getting butterflies too! 🫠🔥 Kyle is really out here causing problems for everyone, isn’t he? 😭 Thank you so much for reading! I’m so happy you’re loving it 💗

  4. Yo it's me says:
    June 11, 2026 at 3:29 pm

    Last thankolhu kiyaafa hama I’m melting 😭😭 as if I’m the one in front of him 😂 I was like please kiss kiss kiss 🫢🫢😂💕💕💕

    1. Itxlevender Itxlevender says:
      June 11, 2026 at 4:30 pm

      HAHAHA 😭 I was waiting for someone to say this 😂 The tension was definitely doing its job 🫢 Thank you so much for reading and screaming with me through these scenes 😭💗

  5. Munchkin says:
    June 11, 2026 at 3:49 pm

    It honestly feels like watching a romantic Hollywood movie 😭💓 I’ve been waiting for for a good school romance story for so long and finally I found one 💓💓💓💓💓 I absolutely love this author and the writing and characters and everything🥹🥹🥹 this story has officially become my favourite 💓💯😘🥰💕

    1. Itxlevender Itxlevender says:
      June 11, 2026 at 4:31 pm

      Thank you so much for this beautiful comment! 🥹💗 Knowing that this story became your favorite genuinely means the world to me 😭💗 I’m so happy you’re enjoying the characters and their journey. Thank you for reading, supporting, and loving this story as much as I do 🥹💗

  6. Kiwi says:
    June 11, 2026 at 5:58 pm

    Not me smiling while reading this episode. Kyle’s deiving me crazy aaargh🫠🫠. I love this part so muchhhhhh. Thankyouuu for uploading this episode avahahhh!! Ur da best lovvee youuu!!😖😖💕

    1. Itxlevender Itxlevender says:
      June 11, 2026 at 7:59 pm

      Ikr OMG 😭💗 thank you so much girrrrrlll 💗 Lyn💗

  7. eviee says:
    June 11, 2026 at 8:55 pm

    screamingg kicking my feet in the air KYLE FRICKIN IZEKIEL THE MAN YOU ARE 🧎‍♀️ seriously this is one of my fav stories now 💞💞

    1. Itxlevender Itxlevender says:
      June 11, 2026 at 9:30 pm

      AHHH STOPP 😭💗 Kyle Ezekiel really has everyone losing their minds and I honestly can’t blame you 😭 Thank you so much for loving the story 🥹 It means the world to me that it’s become one of your favorites 🥹💗

  8. Irish says:
    June 11, 2026 at 9:00 pm

    I’m waiting for a romantic scene from Kyle 🫣♥️ I think I’ll faint at this point if I get to read a romantic scene of him 😭😭😭😭 already not recovering from seeing his shirtless picture…I mean Leah is a lucky girl 😭 I’m not jealous 💔💔💔💔 whoever gets to have him is luckyyyyy 😭😭😭😭

    1. Itxlevender Itxlevender says:
      June 11, 2026 at 9:32 pm

      PLEASEEE 😭 The way y’all react to Kyle has me crying 💀😂 And if you’re already not recovering from a single picture, I fear a proper romantic scene might send half the readers into cardiac arrest 😭🫣 Poor Leah is out here living everyone’s dream and doesn’t even know it yet 😭💗💗

  9. Zevyy says:
    June 11, 2026 at 9:02 pm

    All I need is and empty room and 10 minutes alone with Kyle 😮‍💨🔥♥️ my weak heart can’t take how good looking, attractive, hot, sexy he is 🔥🔥🔥♥️♥️♥️

    1. Itxlevender Itxlevender says:
      June 11, 2026 at 9:33 pm

      Y’ALL NEED TO CALM DOWN 😭✋ Every time Kyle appears, the comments section completely loses its mind 😭 And after reading this comment, I’m actually terrified of what the comment section is going to look like when Kyle finally gets a proper romantic scene 😭💀
      Anyway thank you ig 😭💗

  10. Sia says:
    June 11, 2026 at 9:05 pm

    Thanks to you now I can’t even focus on my studies 🤣🤣🤣 this story living rent free in my mind 😭😭😭 I check your page at least 20 times a day to see Kyle’s picture 🔥♥️🔥

    1. Itxlevender Itxlevender says:
      June 11, 2026 at 9:35 pm

      NOOOO 😭😭 Please don’t blame me when your grades start asking for attention too 💀 The fact that you’re checking my page 20 times a day for Kyle is actually sending me 😭🔥 At this point, this man is living rent free in everyone’s head and causing academic damage without even trying 😂💗 I’m glad he is fictional 😭💀

Comments are closed.



All Right Reserved!