ލޯބިން ބުނާތީ 19
ފޯނު މޭމަތީ ބާއްވާފައި ކައިލްއަށް އޮވެވުނީ ފުން ވިސްނުމެއްގައެވެ. ޖެހެމުން ދިޔަ ހިތްފަސޭހަ ވައިރޯޅިން އެ ހިތުގައިވި ނުތަނަވަސްކަން ކުޑަކުރުމުގައި ނާކާމިޔާބު ވަމުން ދިޔައެވެ. ވަކި ކަމެއްގެ ހިޔާލު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. “ވުޑް ޔޫ ޓޭކް ހިމް ބެކް އިފް ހީ ކޭމް ބެކް” އެ މެސެޖަށް ލިއާ ނޫނެކޭ ބުނެ ވަގުތުން ރައްދު ނުދިނުމުން ކައިލްގެ ހިތަށް ދަތިކުރަމުން ދިޔައެވެ. މޫޑު އެއްކޮށް ގޯސްވެފައި ވީއިރު އޭނާއަށް މި އަންނަމުން ދާ ބަދަލުތަކާއި މެދު ކައިލް ކަންބޮޑުވާ ގޮތްވިއެވެ.
ޖެހިގެން އައި ދުވަހު ސުކޫލަށް ގޮސް ގޭޓު ކައިރި ލިއާ ހުރީ ހިޔާލަކަށް ގެއްލިފައެވެ. ރޭގައި އަދި ހަމަޖެހިލައިގެން ކައިލްއާއި މެސެޖުގެ ޒަރީއާއިން ވާހަކަ ދެއްކިކަމަކު މިއަދު ކައިލްގެ ކުރިމައްޗަށް އަރަންވުމުން އޭނާ ހުރީ ލަދުންނެވެ. ރެސްޓޯރެންޓްގައި ހިނގައިދިޔަ ކަންތައް ސިކުނޑީގައި ރޯލްވަމުން ދިޔައެވެ. ކައިލްގެ ގައިގަ ހިފައިގަނެވުނު މަންޒަރާއި، ފަހުން ދުވެފައި ނިކުތް މަންޒަރު ސިފަވުމާއެކު ލިއާއަށް މޫނުގައި އަތް އެޅިއްޖެއެވެ. އަދި ހަމަ އެހާއަވަހަށް މޫނުން އަތް ނަގައިފިއެވެ.
“ތޭންކްސް ޓު ޔޫ ކައިރާ…” ފުން ނޭވާއެއް ލަމުން ލިއާ ބޯހާސްވެފައި ހުރެ އަމިއްލަ ނަފްސަށް ބުނެލިއެވެ. އަދި ގޭޓުން އެތެރެއަށް ވަންނަން ހިނގައިގަތެވެ.
ސިޑިން އަރައިގެން ކްލާސްރޫމާއި ހަމަޔަށް ނުދެވެނީސް ލިއާއަށް ހުއްޓެން ޖެހުނީ ފަހަތުން އޭނާއަށް ގޮވާލި އަޑު އިވުމުންނެވެ. ފަހަތް ބަލާލިއިރު ކައިރާ ދުވަމުން އަންނަނީއެވެ. އެ އައި ގޮތަށް އައިސް ލިއާގެ ގައިގަ އޮޅުލައިގަތެވެ.
“އަޅޭ ލިއާ އައެމް ސޮރީ…ސޯ ސޯ ސޯ ސޮރީ…” ކައިރާ ހީވީ ދެންމެދެންމެ ރޮއިގަނެފާނެހެންނެވެ. އޭރު ކްލާހަށް ވަންނަން އައި ބައެއް ކުދިންގެ ނަޒަރު އެމީހުންނަށް ހުއްޓިފައި ވެއެވެ. ލިއާއަށް ހެވޭ ގޮތްވިއެވެ.
“މިހާރު މާފަށް އެދެވިއްޖޭނު…އެ އޯކޭ ވާނެ އެކަން އެ ނިމުނީ…” ކައިރާ ދުރުކޮށްލަމުން ލިއާ ހިނިތުންވުމެއް ދިނެވެ. އެވަގުތު ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ސިޑިކައިރި އިޝާން ގާތު ހުރި ކައިލްއެވެ. އެ ފިރހެންވަންތަ ތޫނު ނަޒަރު ހުއްޓިފައި ހުރީ ލިއާއަށެވެ. ނަމަވެސް އެހެން ދުވަސްދުވަހާ ހިލާފަށް މިއަދު އެ މޫނުގައި ހިނިތުންވުމެއް ނުވެއެވެ. ލިއާއަށް ހީވީ ބަނޑުގައި ކުދި ކޮކާތަކެއް އުދުހިގަތްހެންނެވެ. ކައިރާގެ އަތުގައި ހިފާ ކްލާހަށް ދެމިގަނެވުނީ ކިހިނެއް ކަމެއްވެސް ނޭނގުނެވެ. ގޮނޑީގައި އިށީން ގޮތަށް އޭނާ ދެން އިނީ ދޮރާއި ދިމާލަށް ނުބަލަން ހުވާކޮށްގެންނެވެ.
އޭރު ކްލާހަށް ވަންނަން އައި ކައިލްގެ ބޮލުތެރޭވެސް އެނބުރެމުން ދިޔައީ ރޭގެ މަންޒަރުތަކެވެ. ލިއާ އޭނާގައިގަ ހިފައިގަންނަމުން އެ ކޮނޑުގައި މޫނު ފޮރުވާލި މަންޒަރު ސިފަވުމުން ކައިލްގެ މެޔަށް ހޫނުވެލިއެވެ. އަދިވެސް އެވަގުތު ކުރެވުނު އިހުސާސް ނުފިލާ ވާކަހަލައެވެ. ކްލާހަށް ވަދެގެން ދަމުން ދަބަސް ހޭވުމުގައި މަޝްއޫލުވެ އިން ލިއާއަށް ނަޒަރެއް ދެވުނެވެ. އެ މޫނުމަތީގައިވި ކުލަވަރަށް ބަލާލާފައި ކައިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވާން އުޅުނެވެ. ނަމަވެސް އިރުކޮޅަކަށެވެ. ރޭގައި ލިއާ އާއި ދެމެދު ދެކެވުނު ވާހަކަ ހަނދާންވެފައި ކައިލްގެ މޫޑު ސަކަރާތްވާގޮތްވިއެވެ. އަދިވެސް ލިއާ އާއި ރިހާންގެ ހިޔާލުތައް ކައިލްގެ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ. ލިއާ ރިހާން ދެކެ އަދިވެސް ލޯބިވާ ކަމަށް އިގުރާރުވެ ފޮނުވި މެސެޖު އަދިވެސް ހީވަނީ ސިކުނޑީގައި ހަރުލާފަވާހެންނެވެ.
ކައިލް އިށީންކަން ޔަގީންކޮށްފައި، ލިއާ ދަބަސް ހޭވުން ހުއްޓާލާފައި ކައިރާ އާއި ކުރިމަތިލިއެވެ. އެ މޫނުގައި ވަނީ ސީރިއަސް ކަމެވެ. “ވީ ނީޑް ޓު ޓޯކް…” ލިއާ ބުނެލިއެވެ. “އޯހ ނޯ…” ކައިރާ ދެލޯ ބޮޑުކޮށްލައިފިއެވެ. އަވަސްގޮތަކަށް އޭނާ އިޝާންއަށް ސިއްރު ނަޒަރެއް ދިނެވެ.
“ކައި…މީ އެންޑް ކައިލް، އިޓްސް ނެވަރ ގޮނަ ހެޕެން…ސޯ ސްޓޮޕް ޓްރައިން…އައެމް ބީއިން ޑައިރެކްޓް…ނުސީދާކޮށް ވާހަކަ ގެންދާކަށް ބޭނުމެއް ނޫން…ސޯ ޕްލީޒް އަހަންނާ ކައިލްއާ އަޅުވާ ކިޔުންވެސް ހުއްޓާލާ…!” ލިއާ ސީރިއަސްކަމާއެކު ވާހަކަދެއްކިއެވެ.
ކައިރާ ކުޑަކޮށް ކެއްސާލިއެވެ. އަދި މައުސޫމް ކަމާއެކު އެސްފިޔަ ޖަހާލިއެވެ. ހީވަނީ ލިއާއަށް އެ ދެކެވުނީ އޭނާއަށް އެނގޭ ވާހަކަތަކެއް ނޫންހެންނެވެ. އޭރު އޭނާ މަސައްކަތް ކުރަމުން ދިޔައީ ވެރިވާން އުޅުނު ހިނިތުންވުން ފޮރުވާށެވެ.
“އައެމް ސީރިއަސް ކައި…އައި ނޯ ވަޓް ޔޫ އެންޑް އިޝާން އަރ އަޕް ޓު…ސްޓޮޕް ޓްރައިން ޓު މޭކް މީ އެންޑް ކައިލް އަ ކަޕްލް…” ލިއާ ބުނެލިއެވެ. ޔަގީންކަމާއެކުއެވެ.
ކައިރާ ލޯ ބޮޑުކޮށްލަމުން މޭގައި އަތްއެޅީ ޑްރެމެޓިކް ގޮތަކަށެވެ. “އައި ވުޑް ނެވަރ…” ކައިރާ އެހެން ބުނެލި އިރު ހިފަހައްޓަން މަސައްކަތް ކުރަމުން ދިޔަ ހިނިގަނޑު ލިއާއަށް ފެނުނެވެ. “ޔޫ އަރ ލައިން…” ލިއާ ބުނެލިއެވެ. “ޔެސް އައި އޭމް…!” ކައިރާ މިފަހަރު އެއްބަސްވެއްޖެއެވެ.
“ކައިރާ…!” ލިއާއަށް ބުނެވުނީ ބާރަކަށެވެ.
“ވަޓް…؟ ޔޫ ގައިޒް ލުކް ކިއުޓް ޓުގެދަރ…” ފަޅާއެރުމުން ދެން އިތުރަށް ފޮރުވާކަށް ކައިރާ މަސައްކަތެއް ނުކުރިއެވެ. މިހާރު މިއޮތީ ފާޅުގައި އެކަން ކުރަން އޭނާއަށް ފުރުސަތު ލިބިފައެވެ.
“ސްޓޮޕް އިޓް…! މީ އެންޑް ހިމް ވިލް ނެވަރ ބީ ޓުގެދަރ…އެހެން ނޫނަސް އެފަދަ ހިޔާލެއް ތި ދެމީހުންނަށް އައީތީވެސް އަހަރެން ހައިރާންވެއްޖެ…އަހަންނާ ކޮން ގޮތަކުން ކައިލް އާއި ގުޅެނީ…؟ އަހަންނަށް ވުރެ އޭނދަ އަލީޝާ އާއިވެސް ކައިލް މާ ގުޅޭ…އެން އެބޯވް އޯލް ދެޓް، ހީ އިޒް ޔަންގަރ ދޭން މީ…!” ލިއާ ހިތްހަމަނުޖެހިފައި ހުރެ ވާހަކަދެއްކިއެވެ.
“ކައިލް ތިގޮތަށް ނުވިސްނައިފިއްޔާ…؟” ކައިރާ އެހިއެވެ. އެ އަޑުގައި މިފަހަރު ވަނީ ސީރިއަސްކަމެވެ. ލިއާ ބޯ ހާސްވާގޮތްވިއެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ ބޭނުންވަނީ ކައިލް އާއި އޭނާއާއި ދެމެދު ހުރި ފަރަގު ކައިރާއަށް ވިސްނުމަށެވެ. އެފަދަ ހިޔާލެއް ކައިލްއާއި މެދު ކުރުމަކީވެސް ފާފައެކޭ ލިއާއަށް ހީވާކަހަލައެވެ. އެއްވެސް ގޮތަކުން ބެލިޔަސް އޭނާއާއި ކައިލް އެކަށީގެން ނުވެއެވެ.
“ދެން އޯކޭ…ކެން ވީ ޓޯކް އާފްޓަރ ސްކޫލް…؟” ލިއާ ގޮތެއް ނިންމިއެވެ. ކައިރާ އަވަސްއަވަހަށް އެއްބަސްވެއްޖެއެވެ.
އިށީނދެއިން ކައިލްގެ ނަޒަރު ހުއްޓިފައިވަނީ ލިއާއަށެވެ. ގާތުގައި ތިބި އެކުވެރިން ދައްކަމުން ދިޔަ ވާހަކަތައް އޭނާއަށް ނީވޭކަހަލައެވެ. ލިއާ ވާހަކަދައްކަމުން ދިޔައިރު އެ މޫނަށް ގެންނަ ހަރަކާތްތަކަށް ކައިލްއަށް ބެލުނެވެ. އަނެއްކާވެސް މި ފާއިތުވެދިޔަ ދުވަސްތަކުގައި ލިއާ ފެނި އޭނާއަށް ކުރުވަމުންދާ ގޮތް ނޭނގޭ އިހުސާސް އެފަހަރުވެސް ކުރުވިއެވެ. އެ އާދަޔާހިލާފު އިހުސާސް އޭނާއަށް ކުރެވެނީ ލިއާ ފެނުމުން އެކަނިއެވެ. ހީވަނީ ހިތުގައި ފިނި ވައިރޯޅިއެއް ބީހިލާހެންނެވެ. ބޭނުންވެ، އެކަމަކު ލިބުން އެކަށީގެންނުވާ އަގުބޮޑު އެއްޗަކަށް ބަލަން ހުރެވޭ ކަމުގެ އިހުސާސް ކުރުވައެވެ.
މިއީ ވަރަށް ބޮޑު މައްސަލައެކެވެ. ކައިލްގެ ހިތަށް އެރިއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ލިއާ ފެންނަ ކޮންމެ ފަހަރަކު އޭނާގެ މޭގެތެރޭ ފޮރުވިފައިވާ ގޮތް ނޭނގޭ އިހުސާސެއް ހޭލަންއުޅޭކަހަލައެވެ. އެންމެ ބޮޑު މައްސަލައަކީ އޭނާއަށްވެސް އެ އިހުސާސްތައް ބަޔާންކުރަން ނޭނގުމެވެ. އޭނާ ލިއާ އާއި ވާހަކަދައްކާހިތްވެއެވެ. ކްލާހަށް ވަދެގެން އަންނައިރު ލިއާ ފެންނަން ނެތްނަމަ ހޯދާލެވެއެވެ. ކިތައްމެ ގިނަ ކުދިން ތިބޭ ތަނަކުވެސް އޭނާއަށް އެންމެ ފުރަތަމަ ފާހަގަވަނީ ލިއާއެވެ. އަދި ލިއާގެ ކުރީގެ ލޯބިވެރިޔާގެ ވާހަކަ އަޑު އިވުމުން ބަޔާންކުރަން ނޭނގޭ އުނދަގުލެއް މުޅި ނަފްސަށް ވެރިވެއެވެ. އެ ނަމުން އެކަނިވެސް މުޅި ދުވަސް ހަރާބުވާކަހަލައެވެ. މިއިން އެއްވެސް ކަމަކީ އާދައިގެ ކަމެއް ނޫނެވެ. އެންމެ ކުޑަމިނުން ރަހުމަތްތެރިންގެ މެދުގައި މިއީ އާދައިގެ ކަމެއް ނޫނެވެ. ކައިލް ކުއްލިއަކަށް ގަނޑުވާ ގޮތްވިއެވެ. ހިތަށް އައި ހިޔާލަކުންނެވެ. އަނެއްކާ……
“ނޯ ނޯ…” ކައިލް އަށް ބުނެވުނެވެ. އެހެން ވެގެން ނުވާނެއެވެ. އޭނާއަށަ ލިއާ ރަނގަޅަށް އެނގެނީވެސް ނޫނެވެ. އެހެން ހަމަ ހިތަށް އެރުމާއެކު އޭނާ ގަނޑުވާގޮތްވިއެވެ. އޭނާއަށް ލިއާ ނޭނގޭހެއްޔެވެ؟ ސިކުނޑި އޭނާގެ ހިތާއި ސުވާލު ކުރިއެވެ. ކައިލްގެ ސިކުނޑިން މަންޒަރުތައް ސިފަކޮށްދިން ކަހަލައެވެ. ލިއާއަށް އެންމެ ރީތި ކުލައެވެ. ކަމަކާ ކަންބޮޑުވެއްޖެ ނަމަ ލިއާ ނުނިދާ ހޭލާ އިންނަކަމެވެ. އެހެން މީހުން ހިތްހަމަ ނުޖެހިދާނެތީ ލިއާ އަބަދުވެސް ސަމާލުވާ ގޮތެވެ. އަބަދުވެސް ނެތް ހިތްވަރައިގެން ލިއާ ކަންކަމާ ކުރިމަތިލާގޮތެވެ. އަމިއްލަ އިހުސާސްތަކުގެ ކުރިޔަށް ލިއާ އެހެން މީހުންގެ އިހުސާސްތައް ކުރިޔަށް ނެރޭ ގޮތެވެ. މި ހުރިހާ ކަމެއް އޭނާއަށް އެނގުނީ މީހަކު ބުނެކިޔައިގެންނެއް ނޫނެވެ. އެއާއެކު އަނެއްކާވެސް ސިކުނޑިން ހިތާއި ސުވާލުކޮށްލައިފިއެވެ. އޭނާއަށް ލިއާ ނޭނގޭހެއްޔެވެ؟ ގައިމުވެސް ކްލާހުގައި ދެން ތިބޭ އަންހެންކުދިންގެ އެއްވެސް ކަމެއް އޭނާއަކަށް ދުވަހަކުވެސް ފާހަގައެއް ނުވެއެވެ.
ކައިލްއަށް އަނެއްކާވެސް ލިއާއަށް ބަލާލެވުނެވެ. އޭރު ކައިރާ ބުނި އެއަޗަކުން ލިއާ ލުއި ގޮތަކަށް ހީލީއެވެ. އެ ހިނިތުންވުން ފެނި ބޭއިހްތިޔާރުގައި ކައިލްގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވާން އުޅުނެވެ. އެކަމަކު އެކަން ވިސްނައިގަނެވުމާއެކު ކައިލްގެ ހިނިތުންވުން ގެއްލުނުގޮތުން ހީވީ މޫނުމަތީ އެއްޗަކުން ޖެހުންހެންނެވެ. އެ ކުޑަ ހާދިސާއިން އެކަނިވެސް އޭނާއަށް ކަމެއް އަންގާލިދިންކަހަލައެވެ. ކުއްލިއަކަށް އޭނާ ފިލަން މަސައްކަތްކުރަމުން ދިޔަ އިހުސާސްތައް އަނެއްކާވެސް ހިތުގައި އާވެގަތީ އެ ނަފްސަށް ކަމެއް އަންގައިދެމުންނެވެ. އެ އިހުސާސްތަކަށް ނަމެއް ދޭން ނޭނގިގެން އުޅުނު އިހުސާސްތަކަކީ ކޮބައިކަން ކުއްލިއަކަށް ހިތުން އަންގާލަދީފިއެވެ.
ރަހުމަތްތެރިކަމެއް ނޫނެވެ.
ހަމްދަރުދީއެއް ނޫނެވެ.
ހިތްހަމަ ނުޖެހުމެއް ނޫނެވެ.
“ލަވް…އޭމް އައި އިން ލަވް ވިތް ހަރ…؟
ކައިލްއަށް ކުއްލިއަކަށް މޫނު އަނބުރާލެވުނެވެ. އޭރު ހިތުގެ ތެޅުން ބާރުވެއްޖެއެވެ. އެއޮއް ފިނި ކްލާހުގައިވެސް އޭނާއަށް ހޫނުވާގޮތްވިއެވެ. އޭނާއަށް މި ނަގައިގަނެވުނު ކަމަކުން މުޅި ނަފްސުވަނީ ހާސްކަމެއްގައެވެ. “މޭބީ އިޓްސް ޖަސްޓް ކްރަޝް…” ކައިލް ހިތާ ހިތާ ބުނެލިއެވެ. އެވަގުތު އަމިއްލަ ޒަމީރު އަޑުލައިގަތްކަހަލައެވެ. އަމިއްލަ ނަފްސަށް އޮޅުވާލަން ނޫޅޭށޭ ބުނެލިއެވެ. ކައިލް ބަލާލީ ކައިރާ އާއިއެކު ހެމުން ދިޔަ ލިއާއަށެވެ. އެވަގުތު ހިތުން ކަމެއް އަންގާލަދިން ކަހަލައެވެ. އާނއެކެވެ. ކުރީގެ ލޯބިވެރިޔާގެ ސަބަބުން ހިތަށް ލިބިފައިވި އަނިޔާތަކުން ކުރިޔަށް ދާން މަސައްކަތްކުރަމުން ދިޔަ އަންހެންކުއްޖާދެކެ އޭނާއަށް ލޯބިވެވިއްޖެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.



Finally kyle finallyyyyy!! Im so jelous of leah at this point😔. Argh dhn make leah fall inlove with him avahah!! Cant wait for the next partttttrrrr. 😩🔥
HAHAHA trust me, Leah is trying my patience too 😭 But some things can’t be rushed 🤭💗 thank you so much girl 💗
WOAHHHH. this part is hama soooo nice. Love it!
This kail eh dhww. Mi veveni loabi kan e inguny viyya. Can’t wait to see what happens now.
When next???
Ikr 😭 thank you darl 💗 next part soon In Sha Allaah 💗
Omg kyle realised he love lia 😭😭 lia dhn rihaan mathin handhaan nahthaalabala dhw 😒 kaira aa hedhee vx meehaku heehee halaaku vaane she is soo lwbi 🥰 avahah kyle and lia gulhuvaa 🤭 btw mi part vx hama v reethi Masha Allah too gud 🫶
Kaira is a ray of sunshine like Zayden mentioned 😭😂 Thank you so much girl 💗 let’s see what happens 🤭
Finally 😭 part of me is happy for Leah and part of me feels really jealous 🥺 after seeing his last shirtless pic he was in my mind today 24/7 🤣🤣❤️
OMG 😭💀💗