Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނާތީ 24

Itxlevender
Itxlevender Level 210 Stories100 Comments
June 19, 2026 10 Mins Read
8 Comments

ލިއާއަށް ކައިލްއަށް ނަޒަރު ހުއްޓާލެވުނެވެ. ފިލާވަޅަށް ސަމާލުކަންދިނުމެއް ނެތި ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އިންއިރު ކައިލްގެ ފަރާތުން ފެންނަނީ ހިމޭންކަމެވެ. އެ މޫނުމަތީގައިވާ އަސަރުތައް އެކަކަށްވެސް ނަގައިނުގަނެވޭނެއެވެ. ލިއާގެ ހިތަށް ކައިލްގެ އެ ހިމޭންކަމުން އުނދަގޫވިއެވެ. ނަމަވެސް ބޯޑަށް ނަޒަރު ހުއްޓާލަމުން ފިލާވަޅަށް ސަމާލުކަންދެވޭތޯ މަސައްކަތްކުރިއެވެ.

ހިމޭނުން އިންނަމަވެސް ކައިލްގެ ހިތުތެރޭ ގަދަ ހައިޖާނުގަނޑެއް އުފެދިފައިވެއެވެ ވީހާވެސް އަވަހަކަށް ފިޔަވަޅެއް ނާޅައިފިނަމަ އޭނާއަށް ލިއާ ގެއްލިދާނެއެވެ. އެ ހިތުން ލިއާއަށް އެދެވޭވަރަށް މީގެ ކުރިން އެއްވެސް މީހަކަށް އެދެވިފައެއް ނުވެއެވެ.

ގާތުގައި އިން އިޝާންވެސް އިނީ މަޑުންނެވެ. ކައިލްގެ ހިތުގެ ހާލު ފޮރުވުމެއްނެތި އިޝާންއަށް ފެންނަމުންދިޔައެވެ. ވެގެން އުޅޭ ގޮތެއް ނޭނގުނަސް ލިއާއާއި ގުޅުންހުރި ކަމަކަށް ވެދާނެކަން އިޝާންއަށް ގަބޫލުކުރެވުނެވެ.

ރޭގަނޑުގެ ވަގުތެވެ. ލިއާ ހުރީ ޝަރީފާއާއިއެކު ބަދިގޭގައި ކާއެއްޗެހި ތައްޔާރުކުރާށެވެ. ޝަމްނާއާއި ޝައުރާ އުޅެނީ ޝަރީފާއަށް އެހީވުމުގައެވެ. ޖެހިގެން އަންނަ ދުވަހު ހެނދުނު ޑިއުޓީއަށް އަރަން ނުޖެހޭތީ ޝަރީފާ ރެއަށް ރަނގަޅު ކާއެއްޗެއް ކައްކަން ބޭނުންވީއެވެ. ލިއާ ފަރިތަކަމާއެކު ހުރިހާ ތަރުކާރިއެއް ކޮށާލާފައި ގޮސް އަތްދޮންނަންފެށީ މޭޒުމަތީ އޮތް ފޯނު ވައިބްރޭޓް ވާތާ އިރުކޮޅެއް ފަހުންނެވެ. އޭރު ގުޅަމުން ދިޔައީ ކައިލްއެވެ. ލިއާ ބަދިގޭގައި ތިބި މީހުންނަށް ނަޒަރެއް ދީފައި، ފޯނު ހިފައިގެން ނިކުތެވެ.

“ހަލޯ…” ލިއާ ޖަވާބު ދިނީ ކޮޓަރިއަށް ވަދެފައެވެ.

“ކެން ވީ މީޓް ޓުނައިޓް…؟” ކައިލްގެ ކެތްތެރިކަމެއް ނެތް އަޑު އިވުނެވެ. ލިއާ ހައިރާންވިއެވެ. ކައިލްގެ އަޑުގައިވި ހިތްއަވަސްވުން ފާހަގަވުމުންނެވެ.

“މިރޭ…؟ ކައިލް މިރެއަކު ނުވާނެ…މިރޭ ދައްތަވެސް އެހާ އަވަހަކަށް ނުނިދާނެ…” ލިއާ ބުންޏެވެ.

“ޕްލީޒް…އިޓްސް ރިއަލީ އިމްޕޯޓެންޓް…!” ކައިލް އާދޭސްކުރިއެވެ.

“އަޅެ ހަމަ އަސްލުއޭ…މިރޭ ނިކުންނާކަށް ނުކެރޭނެ…ކައިލް ހަވީރު ބުނި ނަމަ ކައިރާއާއި އެކު ކޮންމެވެސް ތާކަށް ދެވުނީސް…” ލިއާ ވާހަކަދެއްކިއެވެ.

“އޯކޭ…ދެން ޓުމޯރޯ ނައިޓް…!” ކައިލް ބުނެލީ ހިތާ ދެކޮޅަށެވެ. ބޭނުންވި ގޮތަށް ކަންތައް ނުވުމުން އޭނާ މާޔޫސްވިއެވެ. އޭނާ ބޭނުންވީ މިހާރުން މިހާރަށްވެސް ލިއާއާއި ބައްދަލުކުރާށެވެ.

ފޯނު ބޭއްވުމާއެކު ޖިމްގައި ހުރި ކައިލް ފުން ނޭވާއެއް ލާފައި ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އޭރު ކަސްރަތުކުރުމުގެ ސަބަބުން މުތީތަކެއް ފަދައިން އެ ފިރިހެންވަންތަ އޮމާން މާބްލް ހަށިގަނޑުގައި ދާތިކިތައް ވިދަމުން ދިޔައެވެ. ހޫނުވުމުގެ ސަބަބުން ޓީޝާޓް ބާލައިގެން ހުރި އިރު ހިތް ހުއްޓޭހާ ފުރިހަމައެވެ. މޫނުމަތީގައިވަނީ ބަޔާންކުރަންދަތި ކުލަވަރެކެވެ.

ކައިލް އަތުގައި އޮތް ކުޑަ ތުވާލިކޮޅުން މޫނު ފޮހެލުމާއެކު ގޮސް އިށީނދެލިއެވެ. އޭރު އޭނާގެ ސިކުނޑީގައިވަނީ ހަވީރު ކައިރާއާއި އިޝާން އާއި ދެމެދު ދެކެވުނު ވާހަކަތަކެވެ.

ކައިރާ ހަވީރު ގުޅައިގެން ކައިލް އެގެޔަށް ދިޔައީ އިޝާންގެވެސް އެދުމުގެ މަތިންނެވެ. ސޯފާގައި އޭނާ އިށީނދެ އިންއިރު އިޝާން އިނީ ފަރުވާތެރި ބެލުމަކުން އޭނާއަށް ބަލާށެވެ. ކައިރާ ނިކުމެގެން އައީ އިރުކޮޅެއް ފަހުންނެވެ.

“ސޯ……” ސޯފާގައި އިށީންނަމުން ވެރިވެފައިވި ހިމޭންކަން ކައިރާ ނައްތާލިއެވެ. އޭނާ އިނީ ކައިލްގާތުގައެވެ. ކައިރާ ވާހަކަދައްކަން ފެށުމާއެކު އިޝާންވެސް ހަށިގަނޑު ސީދާކޮށްލާ ސަމާލުވެލިއެވެ. ކައިލްގެ ސަމާލުކަން ލިބުމާއެކު ކައިރާ ވާހަކަދައްކަންފެށިއެވެ.

“އޯކޭ…، ކައިލްގެ ފަރާތުން ވަރަށް އަންފެމިލިއާ ބިހޭވިއާރއެއް ފެންނަތާ ވަރަށް ދުވަސްވެއްޖެ…! އެންޑް ޑޯންޓް ސޭ އެއްވެސް ކަމެއް ނުވެޔޭ…!”ކައިރާ ވާހަކަދެއްކުމާއެކު ކައިލްގެ ދެބުމަ ގާތްވެލިއެވެ. އޭނާ ހިމޭނުން އިނދެ، ފުން ނޭވާއެއް ދޫކޮށްލިއެވެ. “އައެމް ފައިން…”

އިޝާން އިނދެފައި ޖެއްސުންކުރާ ވައްތަރަކަށް ހޭންފެށިއެވެ. ކައިލް ބުނާ އެއްޗެއް ގަބޫލު ނުކުރާކަމުގެ ހެއްކެއް ގޮތުގައެވެ. އޭނާއަށް ބަލާލާ، ކައިލް ލޯ އަޅާލިއެވެ. “އިޓްސް ލިއާ، އިޒިންޓް އިޓް…؟” އިޝާން ބުނެލިއެވެ.

ކައިލްގެ ދަތްތަކަށް ބާރުކޮށްލިކަން އެ މޫނުމަތީގެ ކޯ ކަށިގަނޑަށް އައި ބަދަލުން އެނގުނެވެ. އަދި އެހާމެ އަވަހަށް ދުރުބަލާލައިފިއެވެ. އެ ހަރަކާތުން ކައިރާއާއި އިޝާންއަށް ޖަވާބު ލިބުނެވެ. އިޝާން ކައިލް އާއި ގާތަށް ޖެހިލިއެވެ. “ވީ އޯލްރެޑީ ފިގާރޑް އައުޓް މޭން..!”

“ފިގާރޑް އައުޓް ވަޓް…؟” އިޝާން ބުނި އެއްޗަކަށް ކައިލް އެހިއެވެ.

“ދެޓް ޔޫ ލައިކް ހާރ…” ކައިރާ ޖެހިލުމެއް ނެތި ބުނެލިއެވެ. ދެން ވެރިވެގެން ދިޔައީ ހިމޭންކަމެވެ. ކައިލް ދުރުބަލަން އިންއިރު ކައިރާއާއި އިޝާންގެ ނަޒަރު ހުއްޓިފައިވަނީ ކައިލްއަށެވެ.

ކައިލްގެ ސިކުނޑިއަށް އެތައް އެއްޗެއް އަރާ ފައިބަމުންދިޔައެވެ. އޭނާ ބޭނުންވީ އެމީހުން ކުރިމަތީ އިންކާރުކުރާށެވެ. ނަމަވެސް ކައިލް އެކަމަށް އަމަލުނުކޮށް ދޫކޮށްލީ ކިރިޔަ ކިރިޔާއެވެ. ނަމަވެސް އެކަމާ އިންކާރުކޮށް، ބުނާނެ ބަހެއް އެދުލުން ނުނިކުތެވެ. އޭގެ ބަދަލުގައި އިވުނީ އެހެން ވާހަކައެކެވެ. “އިޓްސް ނޮޓް ދެޓް ސިމްޕަލް…!”

އިޝާން ބޯ ޖަހައިލިއެވެ. “އިޓް ޔޫޝުއަލީ އިޒިންޓް…!”

ކައިލް ފުން ނޭވާއެއް ދޫކޮށްލިގޮތުން ހީވީ އެތެރެހަށީގައިވި އުދާސްތައް ބޭރުކޮށްލަން އުޅުނުހެންނެވެ. އޭނާއަށް ލަސްލަހުން އިސްޖަހާލެވުނެވެ. “އައި ޑޫ ލައިކް ހާރ…” ކައިލްގެ އަޑު ނިކުތީ މަޑުންކަމުގައިވިޔަސް އެ އަޑުގައި ސާބިތުކަންވެއެވެ. “މޯރ ދޭން އައި ޝުޑް…!”

ކައިރާގެ މޫނުމަތިން ފެނުނީ އޯގާތެރިކަމެވެ. ނަމަވެސް އޭނާ ދެކެވެމުންދާ ވާހަކައަށް ސަމާލުކަން ދިނެވެ. “ދެން ވަޓްސް ސްޓޮޕިން ޔޫ…؟”

ކައިލް ހީލިއެވެ. ހިތިގޮތަކަށަވެ. ހީވަނީ ހިތުގައިވި އުދާސްތައް ބަރުދާސްތުކުރަން ދަތިވެފައިވާހެންނެވެ. “ކައި އަކަށް ނޭނގޭ ވެގެން އުޅޭ ގޮތެއް…؟” ކައިލްގެ ސުވާލަށް ކައިރާ ދެފަރާތަށް ބޯހޫރާލިއެވެ. “ހާރ އެކްސް ކޯލްޑް…!” ކައިލް އިނދެފައި ބުނެލިއެވެ. އެވަގުތު މާހައުލުގައިވި ކުލަވަރު ބަދަލުވެއްޖެއެވެ.

“ކާކު…؟ އެ ރިހާން…؟” އިޝާން ސުވާލުކުރިއިރު އޭނާގެ މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމެވެ. ކައިލް މަޑުމަޑުން ބޯޖަހައިލިއެވެ.

“ޔެސް އޭނާ ގުޅީ…” ކައިލް ފުން ނޭވާއެއް ދޫކޮށްލަމުން ދެއަތް މުއްކަވާލިގޮތުން ހީވީ ހިތުގައިވި ހައިޖާންގަނޑު ބޭރުވެދާނެތީ އުޅުނުހެންނެވެ. “އެންޑް…އައި ޖަސްޓް…އައި ކީޕް ތިންކިން…ވަޓް އިފް ޝީ ގޯޒް ބެކް ޓު ހިމް…؟” ކައިލްގެ ހިތުގައިވި އުދާސްތަކުން މިންވަރެއް ބޭރުކޮށްލިއެވެ. އެ އަޑުގައިވަނީ ކެތްތެރިކަން ކުޑަކަމެވެ.

“ކައިލް……!” ކައިރާގެ ހިތަށް އުނދަގޫވިއެވެ. އަބަދުވެސް ސީރިއަސް މިޒާޖެއްގައި ހުންނަ، އަމިއްލަ ނަފްސަށް އިތުބާރު ކުރާ ކައިލްގެ ފަރާތުން މިފަދަ ކުލަވަރެއް ފެންނަމުން ދާތީ ފެންނަ މީހެއްގެ ހިތަށް ދަތިނުވާވަރެއް ނޫނެވެ. ކައިރާ ގާތްވެލާ ކައިލްގެ ކޮނޑުމަތީ އަތް ބާއްވާލިއެވެ.

“އައި ނޯ އައި ޑޯންޓް ހޭވް ދަ ރައިޓް ޓު ފީލް ލައިކް ދިސް…” ކައިލް ހިތް އަވަސްކަމާއެކު ވާހަކަ ކުރިޔަށް ގެންދިޔައެވެ. ބޭނުންވީ ހިތުގައިވި ހުރިހާ އުދާހެއް ބޭރުކޮށްލާށެވެ. “ބަޓް އައި ޑޫ…! އެންޑް އިޓްސް ޑްރައިވިން މީ އިންސޭން ބިކޯޒް އައި ކާންޓް ޓެލް އިފް އައެމް އޯލްރެޑީ ޓޫ ލޭޓް…!” ކައިލް މިހާ ތަފްސީލުކޮށް ބަޔަކާ ކަމެއް ހިއްސާކުރީ މީ ފުރަތަމަ ފަހަރެވެ.

އިރުކޮޅެއް ވަންދެން ކައިރާއާއި އިޝާންވެސް އިނީ ބަހެއް ނުބުނެއެވެ. ދެން އިޝާން ވާހަކަ ދައްކަންފެށީ އޯގާތެރިކަމާއެކުއެވެ. “ކައިލް…ޔޫ އަރ ނޮޓް ޓޫ ލޭޓް ޖަސްޓް ބިކޯޒް ސަމްވަން ފްރޮމް ހާރ ޕާސްޓް ޝޯވޑް އަޕް…!” ކައިލް އަށް ވިސްނަދޭފަދަ ގޮތަކަށް އިޝާން ވާހަކަދެއްކިއެވެ.

“އިޓް ފީލްސް ލައިކް އައި އޭމް…!” ކައިލް އެ އިންގޮތަށް ދުރުބަލަން އިނދެ ބުނެލިއެވެ.

“ކައިލް…ލިއާ ދެކެ ލައިކް ވަންޏާ، އެވާހަކަ ބުނެބަލަ…! ޓެލް ހާރ ޕްރޯޕަރލީ…، ނޯ ހާފް އާންސަރސް…، ނޯ ހޯލްޑިން ބެކް…، ނޯ ‘ވެއިޓިން ފޯ ދަ ރައިޓް ޓައިމް’ ދެޓް ނެވަރ ކަމްސް…!” ކައިރާ ވިސްނަދޭ ފަދައަކުން ވާހަކަދެއްކިއެވެ.

އިޝާން ތާއީދުކުރިއެވެ. “ޔާ އެޓްލީސްޓް ލެޓް ހާރ ނޯ ހައު ޔޫ ފީލް…” އިޝާން ބުނެލިއެވެ. ކައިލް އިނީ ހިމޭނުންނެވެ. އެމީހުންގެ ވާހަކަތައް ސިކުނޑިއަށް ނަގައިގަންނަން މަސައްކަތްކުރާކަހަލައެވެ.

ކައިރާ ދެއަތް އުރާލިއެވެ. “އަހަރެމެންނަށް މާކުރިންވެސް މިކަން އެނގޭ…ކައިލް އަމިއްލައަށް އެއްބަސްވަންދެން އެއްޗެކޭ ނުބުނީ…” ކައިރާ ވާހަކަދެއްކިއެވެ. އޭނާއަށް އިޝާން އެއްބާރުލުން ދިނެވެ. ނަމަވެސް ކައިލް އިނީ ހިމޭންވެފައެވެ.

މާހައުލަށް ވެރިވެފައިވި ހަމަހިމޭންކަން އިރުކޮޅަކަށް ދެމިގެންދިޔައެވެ. އެ ހިމޭންކަމުގެ ސަބަބުން އޭސީ އިން ފޯރޮކޮށްދެމުންދާ ފިނި ވައިގެ އަޑު އިވޭކަހަލައެވެ. ކައިރާއާއި އިޝާންގެ ނަޒަރު ކައިލްއަށް ހުއްޓިފައިވެއެވެ.

ކައިލް އެންމެ ފަހުން އިސް އުފުލާލިއެވެ. އަޑު ނިކުތީ މަޑުން އެހެނަސް ސާބިތުކަމާއެކުއެވެ. “އައި ލަވް ހާރ…” ފުރަތަމަފަހަރަށް އެ ލަފްޒުތައް ދުލާ ހަމަޔަށް ގެނެވުމާއެކު ކައިލްއަށް އިހުސާސްވެގެންދިޔައީ ހިތުން ބޮޑު ބުރައެއް ފިލާދިޔަހެންނެވެ. އެހާވެސް ހަމަޖެހުން ލިބުނެވެ. އަނެއްކޮޅުން ކައިލްގެ ފަރާތުން އެ ލަފްޒުތައް އަޑުއިވުމުން، އިޝާންއާއި ކައިރާގެ ގައިން ހީބިހި ނަގައިގަތީ އެ އަޑުގައިވި ޔަގީންކަމުންނެވެ.

ކައިލްގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. “އައި ޑޯންނޯ ވެން އިޓް ހެޕެންޑް…ބަޓް އައި ޑޫ…ޖެހިލުން ވަނީ އެހެންވެ…ބިކޯޒް ޝީ މެޓަރސް ޓޫ މަޗް…!” ކައިލްގެ އަޑުގައިވަނީ ޔަގީންކަމެވެ. ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް އަންހެންކުއްޖެއް ދެކެ ވެވުނު ލޯބި، ބައެއްގެ ކުރިމަތީ އިގުރާރުވަމުން ދިޔައެވެ.

“ދެން ޓެލް ހާރ…” ކައިރާ ބުނެލިއެވެ. “ފަހުން ކޮންމެ ގޮތަކަށް ކަންތައް ވިޔަސް، ތެދަށް ތި ހިތުގައިވި އިހުސާސްތައް ކިޔާދީ…!” ކައިރާ ހިތްވަރުދޭފަދަ ގޮތަކަށް ވާހަކަ ދެއްކިއެވެ. އަދި ލިއާ ހާސިލުކުރުމުގައި ކައިރާ އާއި އިޝާންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ބުންޏެވެ.

ހިޔާލުތަކުން ބޭރުވެ، ކައިލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ކައިރާގެ ގެއިން އައިގޮތަށް، އޭނާގެ ގިނަ ވަގުތު ހޭދަކުރީ ޖިމްގައެވެ. ބޭނުންވީ ލިއާއާއި ކުރިމަތިލުމުގެ ކުރިން މީހާ އެއްކޮށް ހަމަޖެހިފައި ހުރުމެވެ. ސިކުނޑީގައި ތޮއްޖެހިފައިވާ ހިޔާލުތަކާހުރެ ވެރިވެފައިވާ އުދާސްކަމަށް ހައްލެއްކަމުގައި އޭނާއަށް ފެނުނީ ޖިމެވެ. ލިއާ އާއި ގުޅާ ވާހަކަދެއްކުމަށްފަހު، މިރޭ ބައްދަލުކުރެވޭގޮތް ނުވުމުން، އަނެއްކާވެސް އެ މޫނުމަތިން ހިސާބެއްގެ ނުތަނަވަސްކަމެއް ފެނުނެވެ. މިރޭވެސް ރިހާން ނުގުޅާނެބާއެވެ؟ އެ ހިޔާލާއެކު ކައިލްއަށް އަތްމަތި އަވަސްކޮށްލެވުނެވެ. ތިން ގަޑިއިރު ޖިމްގައި ހޭދަވީއިރު، އެ ފިރިހެންވަންތަ މޫނުމަތިން ފެންނަނީ ނަފްސަށް ލިބިފައިވާ ތާޒާކަމެވެ.

ގެއަށް ގޮސް ފެންވަރައިގެން، ކައިލް އެނދުގައި ޖައްސާލީ ލިއާ އަށް ޑައިލްކޮށްލަމުންނެވެ. ދެވަނަ ރިންގާއެކު ލިއާ ފޯނު ނަގައިފިއެވެ. ކައިލް އަވަސްއަވަހަށް ކަންފަތުގައި ފޯނު ޖައްސާލަމުން ވާހަކަދައްކަން ފެށިއެވެ.

“ވަޓްސްއަޕް…؟” ކައިލް އެހިއެވެ.

“މި ހަމަ އޮތީ…ދެން ނިދަންވީ…” ލިއާގެ އަޑު ޖެހުމުން ކައިލްގެ ހިތަށް ހަމަޖެހުން ލިބުނެވެ. ބަލާބެލުމަށް ލިއާ ހުރީ ހަމަޔަކަށް އެޅިފައެވެ. ކައިލް އެނދުގައި ހަމަޖެހިލިއެވެ.

“ރިހާން މިއަދު ނުގުޅާތަ…؟” ރިހާންގެ ވާހަކަ ލިއާ ގާތު ދައްކަން ބޭނުން ނުވެފައިހުރެވެސް، ކައިލް އޮޅުންފިލުވަން ބޭނުންވިއެވެ.

“ގުޅި…މީގެ އިރުކޮޅެއް ކުރިންވެސް ގުޅި…” ލިއާ އިރުކޮޅެއްފަހުން ޖަވާބުދިނެވެ.

ކައިލްގެ ހިތް ނުތަނަވަސްވިއެވެ. އޭނާއަށް އެނދުން ތެދުވެ، އެނދުގެ ހެޑްބޯޑްގައި ލެނގިލެވުނެވެ. “ދެން…؟ ވަޓް ޑިޑް ހީ ސޭ…؟” ކައިލް އެހިއެވެ. އޭރު އެ އަތްތިލަވަނީ މުއްކެވިފައެވެ.

“އައި ޑިޑިންޓް އާންސަރ…” ލިއާގެ ޖަވާބު އަޑުއިވުމުން ކައިލްގެ ހިތަށް ހަމަޖެހުން ލިބުނެވެ. އޭނާ މިރޭ ލިއާއަށް ގުޅުމުގެ މަގުސަދަކީވެސް ރިހާންއާއި ލިއާ ވާހަކަދައްކާނެ ފުރުސަތެއް ނުދިނުމެވެ. ކުރިޔަށްވުރެ ކައިލްގެ މޫޑު ރަނގަޅުވިއެވެ.

“ހމމ…ކޮން ވާހަކައެއްތަ ބުނަން އުޅުނީ…؟” ލިއާ އެހިއެވެ.

“ޓޯލްޑް ޔޫ…އެއީ ފޯނުން ދެކެވޭނެ ވާހަކައެއް ނޫން…” ބޯދަށަށް އެއްއަތްލައިގެން، ހަމަޖެހިލައިގެން އޮށޯވެލަމުން ކައިލް ވާހަކަދެއްކިއެވެ. އޭގެފަހުން އިރުކޮޅެއް ހޭދަވީ ވާހަކަ ނުދައްކައެވެ. އެ ހިމޭންކަމުގެ ތެރެއިން ލިއާގެ ނޭވާގެ އަޑު އަހަން ކައިލް އޮތީ ޝައުގުވެރިކަމާއެކުއެވެ.

“ވެލް…ފޯނު ބާއްވަނީ އިނގޭ…” ލިއާގެ އަޑު އިވުނެވެ.

“ނޫން…!” އެ ބަސް ނިކުތީ ކައިލްއަށް އަމިއްލަ ނަފްސު ނުހިފޭއްޓެނީހެންނެވެ. ހަމަ އެހާމެ އަވަހަށް ބޮލުގައި ޖަހާލެވުނެވެ. އެކޮޅުން ލިއާ އެއްޗެއް ނުބުނަނީސް ކައިލް ވާހަކަދައްކަން ފެށިއެވެ.

“އައި މީން……،” ކައިލް ކަރުކެހިލިއެވެ. “…ޔޫ ކޭން އިފް ޔޫ ވޯންޓް…” ކައިލް ހިތާ ދެކޮޅަށް ބުނެލިއެވެ.

“ތިހެނެއް ނޫނޭނު ދެންމެ ބުނީކީ…!” އެކޮޅުން ލިއާގެ ލުއި ހީލުމުގެ އަޑު އިވުނެވެ. ކައިލްގެ ހިތުގައި ހީވީ ފިނި އަތަކުން ފިރުމާލިހެންނެވެ. އޭނާގެ ތުންފަތްވެސް ދެމިލިއެވެ. “އޯކޭ…ސްޓޭ ފޯރ ފިއު މޯރ މިނެޓްސް…!” ކައިލް އެދުނެވެ. ލިއާގެ ހީލުމުގެ އަޑު އަނެއްކާވެސް އިވުނެވެ. ކައިލް ލޯ މަރާލިއެވެ. އެ ހީލުމުގެ އަޑު އަހަން އޭނާ މުޅި ރޭވެސް ނުނިދާ އޮވެވިދާނެއެވެ.

“އެހެންވިއްޔާ ދެން ލެޓްސް ޓޯކް…! ކެން އައި އާސްކް ޔޫ ސަމްތިން…؟” ލިއާ އެހިއެވެ.

“ޔޫ ކެން އާސްކް މީ އެނީތިން…!” ކައިލް އެނދުން ތެދުވިއެވެ. އޭނާގެ މިސްރާބު ހުރީ ކޮޓަރިން ނިކުތުމަށެވެ. ލައިގެން ހުރި ސޯޓުގައި، މަތި ހަށި ހާމަކޮށްލައިގެން ހުރި އިރު، ސުޕަރ މޮޑެލުން ހަސަދަވެރިކުރުވާހާ ފުރިހަމައެވެ.

“ހޭވް ޔޫ އެވަރ ލަވްޑް ސަމްވަން…؟” ލިއާގެ އެ ސުވާލާއެކު ދޮރު ހުޅުވާލަ ހުރެ، ކައިލް ހުއްޓުން އަރާގޮތްވިއެވެ. ދެން ވެރިވެގެން ދިޔައީ ހިމޭންކަމެވެ.

ކައިލްގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވިއެވެ. މީގެކުރިންވެސް އެ ސުވާލު ލިއާ ވަނީ އޭނާއާއި ކުރިމަތިކޮށްފައެވެ. ނަމަވެސް އޭރު އޭނާއަށް އެ އިހުސާސްތަކާމެދު ގޮތެއް ނުނިންމޭތީ ޖަވާބު ދިނުން ދަތިވީއެވެ. ނަމަވެސް މިހާރު އެ ސުވާލުގެ ޖަވާބު ނުހަނު ފަސޭހައެވެ. ‘އާނއެކެވެ.’ އޭނާ ލޯބިވެއެވެ. ލިއާ ދެކެއެވެ. ކައިލްގެ ފުރަތަމަ ލޯތްބެވެ. ނަމަވެސް ލިއާ ގާތު ބުނާނީ ކިހިނެއް ހެއްޔެވެ؟ މިގޮތައް ފޯނުކޯލްގެ ޒަރީއާއިން ބުނާކަށް ކައިލް ބޭނުމެއް ނުވިއެވެ. އަމުދުން ކައިލް އާއި މެދު ލިއާގެ އިހުސާސްތައް ހުންނާނެ ގޮތެއް ނޭނގޭއިރު މިފަދަ ގޮތަކަށް ބުނުމަކީ ރަނގަޅު ހިޔާލެއް ނޫނެވެ.

“ޔެސް…” ދޮރު ހުޅުވާލާފައި ކައިލް ލިވިންރޫމަށް ނިކުތެވެ.

“ޔޫ ހޭވް…؟” ލިއާގެ އަޑު ނިކުތީ ހައިރާންކަމާއި ހިމޭންކަމާއެކުއެވެ. “ކުރީ ރެއަކު ބުނި ނޫނެކޭ…! ޔޫ ލައިޑް އޮން އަ ޓްރުތް އޯރ ޑެއަރ ގޭމް…! ނޮޓް ފެއަރ އިނގޭ…! އެނީވޭ…، ވަޓް ހެޕެންޑް…؟” ލިއާ އެހިއެވެ.

“ނަތިން ހެޕެންޑް…” ކޮފީ މެޝިނުން މަގަށް ކޮފީ އަޅަން ޖައްސާލުމާއެކު ކައިލް ބުނެލިއެވެ.

“ތީގެ މާނައަކީ…؟” ލިއާ އެހިއެވެ.

“އިޓް މީންސް……” ކައިލް އިރުކޮޅަކަށް މަޑުޖެހިލިއެވެ. ނަމަވެސް ފުންނޭވާއެއް ދޫކޮށްލާ ވާހަކަދައްކަން ފެށިއެވެ. “…އައި ލަވް ހާރ…” ކައިލް ޖުމްލަ ފުރިހަމަކޮށްލިއިރު ހިތަށް ދަތިކަމެއް އިހުސާސްވިއެވެ. ލިއާ ގާތު އޭނާ ލޯބިވާކަން ބުނެވިއްޖެއެވެ. ނަމަވެސް އެ ބުނެވުނީ ލިއާގެ ވާހަކަކަން ލިއާއަށް އެނގޭނީ ކިހިނެއްހެއްޔެވެ؟ ލިއާ އެއްޗެއް ނުބުނެ އިރުކޮޅެއް ވުމުން ކައިލް ހީލިއެވެ. “މައްސަލައަކީ…ޝީ ޑަޒަންޓް ނޯ…!” ޖުމްލަ ބުނެލިއިރު ކައިލްގެ މެޔަށް ވާންވެލިއެވެ. އޭނާ ކޮފީތަށި ހިފައިގެން ގޮސް ސޯފާގައި އިށީނެވެ.

“އެންޑް އީވެން އިފް ޝީ ޑިޑް…އައި ޑޯންނޯ އިފް ޝީ ވުޑް ޗޫޒް މީ…” ކައިލް ހާމަކުރަމުން ދިޔައީ ހިތުގެ ހާލެވެ. ފޮރުވުމެއް ނެތި އޭނާގެ އިހުސާސްތައް ލިއާއަށް ހާމަކުރިއެވެ. ހަމައެކަނި އެ ވާހަކަތައް ރައްދުވަނީ ލިއާއަށްކަން ނުބުނާކަމެވެ.

“ވަޓް…؟! އެނީ ގާލް ވުޑް ޗޫޒް ޔޫ…!” ލިއާ ބުނެލިއެވެ.

ކައިލްގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ކޮފީތަށި އަތުން ދޫނުވީ ނަސީބަކަށެވެ. ލިއާގެ އެ ޖުމްލައިން ސިކުންތުކޮޅަކަށް ކައިލްއަށް އުއްމީދެއް ލިބުނެވެ. ނަމަވެސް އެއީ ބޭކާރު އުއްމީދެކެވެ. ކައިލް އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަމުން ކޮފީތަށި މޭޒުމަތީ ބެހެއްޓިއެވެ.

“ރިއަލީ…؟” ކައިލް އަހާލިއެވެ.

“އޮބްވިއަސްލީ…!” ލިއާ ބުނެލިއެވެ. ކައިލް އަށް ސޯފާގެ ލެނގޭ ބަޔަށް ކަނދުރާ ދޫކޮށްލެވުނެވެ. ފޯނު ކަންފަތުގައި ޖައްސާލައިގެން އިން އިރު ނަޒަރު ހުއްޓިފައިވަނީ މަތީގައިވާ ހުދު ޗާންދަލިޔާއަށެވެ. އެ ހިތަށް އެތައް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. ‘އިފް އޮންލީ ޔޫ ނިއު ވީ އަރ ޓޯކިން އެބައުޓް ޔޫ، ‘އިފް އޮންލީ ޔޫ ނިއު ޔޫ އަރ ދަ ގާލް އައެމް ސްކެއަރޑް އޮފް ލޫޒިން’ ކައިލް އަމިއްލަ ނަފްސަށް ހީލިއެވެ. ލިއާގެ ހިޔާލުން ހިތާއި ސިކުނޑި ވަނީ ތޮއްޖެހިފައެވެ.

“މޭބީ…” ކައިލް ބުނެލިއެވެ. ލިއާ ހީލި އަޑު އިވުނެވެ. ކައިލް ސޯފާގައި ހަމަޖެހިލަމުން ކޮފީތަށި ނަގާ ކޯވަރެއް ބޯލިއެވެ.

“މިހާރު ނިދަން ރެޑީވެގެންތަ ތިހުރީ…؟” ކައިލް މައުލޫ ބަދަލުކޮށްލަން އުޅުނެވެ. އޭނާއަށް އެކަން ކާމިޔާބުވިއެވެ.

“ދެން މިހާރު އެންމެންވެސް ތިބޭނި ރެޑީވެގެން ދޯ…އިޓްސް މިޑްނައިޓް…ލިއާ ބުނެލިއެވެ. ކައިލްގެ މިއުޒިކީ ހުނުމުގެ އަޑު އިވުނެވެ.

ކައިލްގެ ހިޔާލީ ތަސްވީރަށް އެވަގުތު ލިއާ ނިދާހެދުމެއްގައި ހުންނާނެ ގޮތް ސިފަކުރެވުނެވެ. އެ ހިޔާލާއެކު އޭނާގެ އަރުތެރެ ހިކިގެން އައިކަހަލައެވެ. އަވަސްއަވަހަށް ދެފަރާތައް ބޯހޫރާލެވުނެވެ. ލިއާ އާއި މެދު މިފަދަ ހިޔާލުކުރުން އަދި މާ އަވަހޭ ސިކުނޑިން ވިސްނައިދިނެވެ. ނަމަވެސް އެފަދަ ކަންކަން ދިމާވަނީ އޭނާގެ އިހުތިޔާރަކު ނޫނެވެ. ލިއާ އާއި މެދު އެ ހިތުގައިވާ ފުން އިހުސާސްތަކަކީ އެހެން އެއްވެސް މީހަކާއި މެދު ނުއުފެދޭނެ އިހުސާސްތަކެކެވެ. އަދި ދިގު އިންތިޒާރެއް ކުރަން ޖެހެއެވެ.

“ސްލީޕީ…؟” ކައިލް އަހާލީ ލިއާ އާފުރިލިހެން ހީވެގެންނެވެ.

“ނޫން…” ލިއާ އަވަސްއަވަހަށް ބުނެލި ގޮތުން ކައިލްގެ ތުންފަތަށް ސިއްރު ހިނިތުންވުމެއް ވެރިވިއެވެ. އެކި ވާހަކައިގަ ވަގުތު ދިޔަ ގޮތްވެސް ނޭނގުނެވެ. އިރުކޮޅެއް ވީފަހުން ކައިލްއަށް ލިއާއަށް ގޮވާލެވުނީ ލިއާގެ ހަބަރެއް ނުވުމުންނެވެ. ކައިލް ސަމާލުވެ އަޑު އަހަން އުޅުމާއެކު ލިއާގެ ފުން ނޭވާގެ އަޑު އިވުނެވެ. ކައިލްގެ ތުންފަތަށް ވެރިވި ހިނިތުންވުމާއެކު ސޯފާގައި ހަށިގަނޑު ދަމާލާ ހަމަޖެހިލިއެވެ. އެ ނޭވާގެ އަޑު އެކަނިވެސް އޭނާގެ ހިތާއި ސިކުނޑިއަށް ހަމަޖެހުން ގެނެސްދިނެވެ.

ކައިލްއަށް ހޭލެވުނީ އާލިކް ގޮވުމުންނެވެ. ކަންނެތް ގޮތަކަށް ލޯ ހުޅުވާލިއިރު އާލިކް ހުރީ ދުވަން ދާން ރެޑީވެގެންނެވެ. “މޯނިން…ރޭގަ ސޯފާގަ ނިދި ރެއެއްތަ…؟” އާލިކް ނިކުންނަން ދަމުން ވާހަކަދެއްކިއެވެ. ކައިލް ކަންނެތްކަމާއެކު މޯޅިއަކަށް ދެމިލަމުން ހމމ ލައްވާލިއެވެ. ފޯނު ނަގާ ގަޑި ބެލިއިރު ހައެއް ޖެހީއެވެ. ކައިލް ލިއާގެ ކޮންވަޒޭޝަނަށް ވަނެވެ. ރޭންސުރެއް ލިއާ އޮފްލައިންގަ އިނުމުން އަދި ނުހޭލަނީކަން އެނގުނެވެ. ކައިލް ތެދުވެ ހަމަ އިސްކޮޅަށް ދެމިލަމުން، ހޭވިފައިވި އިސްތަށިގަނޑުގައި އަތުން ފުނާ އަޅާލިއެވެ. ހުސްވެފައި ހުރި ކޮފީ މަގު ނަގާ ޒިންކަށް ލާފައި ގޮސް ކޮޓަރިއަށް ވަނެވެ.

ސްކޫލަށް ދާން ތައްޔާރުވެގެން ސައިކަލަށް އަރާ ނައްޓާލިއިރު އެ ފިރިހެންވަންތަ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. މެދުމިނުގެ ދުވެއްޔެއްގައި ދިޔައިރު ޖެހެމުން ދިޔަ ވައިރޯޅިން ހިސާބަކަށް ދިގުވެފައިވާ އިސްތަށިގަނޑު ހަރަކާތްކުރަމުން ދިޔައީ ހިތްގައިމު މަންޒަރެއް ފަދައިންނެވެ. އެ ދެލޯ ފޮރުވިފައިވަނީ އަގޮބޮޑު އަވިއައިނަކުންނެވެ. މަގުމަތިން ދާ ކޮންމެ މީހަކުވެސް ކައިލްއަށް ކަޅިއެއް އެއްލާފައި ނޫނީ ނުދެއެވެ.

ކައިލްއަށް ދެވުނު އިރު ލިއާ ބަހުން ފައިބެގެން އަންނަނީއެވެ. ކައިލް އަވަސްއަވަހަށް ސައިކަލު ޕާކްކޮށްލުމާއެކު ލިއާ ގާތަށް އައެވެ.

“މޯނިން…!”

“ރޭގަ ނިދުނީ…!”

ދެމީހުންނަށް ވާހަކަ ދެކެވުނީ އެކުއެކީގައެވެ. ކައިލްގެ ފިރިހެންވަންތަ ހިނިތުންވުން ފާޅުވީއިރު ލިއާއަށްވެސް ލުއިކޮށް ހީލެވުނެވެ. އޭރު އެ ދެމީހުންނަށް ހުއްޓިފައިވާ އެތައް ނަޒަރުތަކެއްގެ ސަބަބުން ލިއާއަށް އުނދަގޫވިއެވެ. ބާރައިގެ ކްލާހުގެ ކުދިންގެ އިތުރުން ދިހައެއްގެ ކްލާސް އަންހެންކުދިންގެ ނަޒަރުވެސް ހުއްޓިފައިވަނީ ކައިލްއަށެވެ. އާދައިގެ މަތިން ކައިލްގެ އެއްވެސް ސަމާލުކަމެއް އެކަމަކަށް ނެތެވެ. ކައިލްގެ އެންމެ ބަލާލުމަކަށް ކެތްމަދުވެފައި ތިބި އަންހެންކުދިންގެ ކަރު އެލުނީ، ކައިލް ހިނގާލާފައި ގޮސް ކްލާހަށް ވަނުމުންނެވެ.

“ޕްލީޒް…މީޓް މީ ޓުނައިޓް…!” އިށީންނަން ދިއުމުގެ ކުރިން ކައިލް ބުނެލިއެވެ. ލިއާ ހުރެފައި މަސައްކަތްކުރާނަމޭ މަޑުމަޑުން ބުނެލިއެވެ. އެ ޖަވާބާއި މެދު ކައިލް މުޅިއަކުން ހިތްހަމަޖެހުނުހެނެއް ހިއެއް ނުވެއެވެ. ލިއާ ގޮސް އިށީންއިރު ކައިރާ އިނީ މާކުރިން އައިހެވެ.

“ހމމ މިހާރު ދެމީހުން އެއްކޮށް ނޫނީ ކްލާހަށް އާދެވޭ ކަމަކަށްވެސް ނުވޭ ދޯ…!” ކައިރާ އިނދެފައި ލިއާ އިށީނުމާއެކު އާދައިގެ މަތިން އޭނާގެ ސަމާސާ ފޮށި ހުޅުވާލިއެވެ. އެ މޫނުގައިވަނީ ލާނެއްކަމެވެ.

“ޕްލީޒް ޑޯންޓް ސްޓާރޓް…!” ލިއާ ދެއަތް ގުޅުވާލަމުން މިހެން ބުނެފައި ފޮތްތައް ނަގާ ފިލާވަޅަށް ތައްޔާރުވާންފެށިއެވެ. ކައިރާގެ މޫނުގައިވަނީ ހިނިތުންވުމެވެ. ރޭގައި ކައިލްއާއި ދެކެވެނު ވާހަކަތައް ހަނދާންވެ، ހިތުގައި ވަނީ ފޮނި އުންމީދެކެވެ. ކައިލްއާއި ލިއާ ގުޅުން އެއީ މިހާރު އޭނާ އެންމެ ބޭނުންވާ ކަންތަކެވެ. ލިއާ ފަދަ ކުއްޖަކު ކައިލްގެ ހަޔާތަށް އައުމަކީ ކައިރާއަށް ނުހަނު ގަބޫލުވެވޭ ކަމެކެވެ.

އެކި މާއްދާތަކުގެ ގަޑިތައް ނިމެމުން ގޮސް ސްކޫލްވަގުތު ނިމުމާއެކު ލިއާ ނިކުންނަން ދިޔައެވެ. އޭރު ފަހަތުގައި ހުރި ކައިލް އޭނާއާއި އެކު ސައިކަލުގައި ދިޔުމަށް އެދެމުން ދިޔައެވެ. އެހެން އެހުމުގެ ކުރިންވެސް ލިއާ އިންކާރުކުރާނެކަން ކައިލްއަށް އެނގެއެވެ. ވީވެސް އެހެންނެވެ. ލިއާ ދެކޮޅު ހެދީ އެދިމާލަށް ހުއްޓުނު ބަސް ދައްކާލަމުންނެވެ. ކައިލް ލުއި ހިނިތުންވުމާއެކު ގޮސް އޭނާގެ ސައިކަލަށް އެރިއެވެ.

ސީޓުގައި ހަމަޖެހިލުމާއެކު ލިއާގެ ފޯނަށް މެސެޖެއް އައުމުން ބަލާލެވުނެވެ. “ޓުނައިޓް…!” ކައިލް މެސެޖުކޮށްފައި ވެއެވެ. ލިއާ ބަހުގެ ބިއްލޫރިގަނޑުން ބޭރު ބަލާލިއެވެ. ކައިލް ސައިކަލު މަތީ އިނދެފައި ފޯނާއެކު އަތް ހިއްލާލުމުން ލިއާ ލުއި ގޮތަކަށް ހީލިއެވެ. އޭނާ މެސެޖުގެ ރިޕްލައި ފޮނުވާލަމުން ސީޓުގައި ހަމަޖެހިލިއެވެ. ކައިލް އިނދެއިނދެފައި ސައިކަލު ދުއްވާލީ ބަސް ނައްޓާލުމުންނެވެ.

ގެޔަށް ދެވުނު އިރު ޝަރީފާ ވީ ޑިއުޓީގައެވެ. ޝަމްނާއާއި ޝައުރާ ތައްޔާރުވަމުން ދިޔައީ ވޮލީ ކުޅެންދިއުމަށެވެ. ލިއާ ގާތު އެމީހުންނާއެކު ދިއުމަށް އެދުމުން ލިއާ ދެކޮޅުހެދިއެވެ. އަދި ކޮޓަރިއަށް ވަދެ ފެންވަރަން ތައްޔާރުވިއެވެ.

ފެންވަރާ ނަމާދުކޮށްލައިގެން ލިއާ އެނދުގައި ޖައްސާލީ، ނިދަން ލާ ކުރު ސޯޓުކޮޅާއި ޓީޝާޓް ކޮޅުގައެވެ. ބޭނުމަކަށްވީ ކުޑައިރުކޮޅަކަށް އަރާމުކޮށްލުމެވެ. އެނދުގައި ހަމަޖެހިލަމުން ފޯނު ހާވަން ފެށިއެވެ. އަލްޔާ އާއި ސުމާގެ ގްރޫޕަށް ވަން އިރު ދެކުދިން އެއްކޮށް ނަގާފައިވާ ފޮޓޯ އަޅާފައި، ލިއާއަށް ގޮވާލަމުން ވަރަށް ހަނދާންވާކަމަށް ބުނެފައި ވެއެވެ. ލިއާ ވެސް ހަނދާންވާކަމަށް ބުނެ މެސެޖެއް ފޮނުވާލިއެވެ. އިތުރު މެސެޖެއް ލިޔަން އުޅެނިކޮށް ކޯލެއް އަންނަންފެށިއެވެ.

ގުޅަމުން ދިޔައީ ރިހާނެވެ. ލިއާގެ ހިނިތުންވުން ގެއްލުނެވެ. ފޯނަށް ބަލަހައްޓައިގެން އޭނާ އިނީ ކޯލް ކެޑެންދެންނެވެ. ރިހާން ގުޅާއިރު ފޯނު ނުނަގާ އިނދެވެނީ ވަރަށް ހިތްވަރުންނެވެ. ބޭނުމަކީ ހިތުގައިވާ އިހުސާސްތަކުގެ މައްޗަށް ކުރި ހޯދުމެވެ. ކޯލް ކެނޑުމާއެކު ދެން އައީ މެސެޖެކެވެ.

“މިހުރީ ތިރަށުގަ…!” މެސެޖު ކިޔާފައި ލިއާ ފިނިވެގެން އައެވެ. ރިހާން ދެކޭ ހިތުން ހިތް ތެޅިފޮޅިގަތެވެ. ނަމަވެސް އޭނާ އަމިއްލަ ނަފްސަށް މަޖުބޫރުކުރިއެވެ. ރިހާން ބޭނުންހާ ގޮތަކަށް އޭނާއާއި ދޭތެރޭ ކަންތައްކުރި ދުވަސްތައް މާޒީވެއްޖޭ ހިތާހިތާ ބުނެލިއެވެ.

“އޯކޭ…! އެންޖޯއި…!” ލިއާ މެސެޖު ލިޔެފައި ފޮނުވާލިއެވެ. އެ މެސެޖު ކިޔާފައި ރިހާން ހައިރާންވާނެކަން އެނގެއެވެ. އޭނާގެ ފަރާތުން އެފަދަ މެސެޖެއް ލިބުމަކީ ރިހާންގެ ފިރިހެންވަންތަކަމަށް އަރާ ލޮޅުމެކެވެ. ރިހާންއަކީ އޭނާ ރިހާންދެކެ ވާ ލޯތްބާއި މެދު ބޮޑާވެ، ފަހުރުވެރިވާ މީހަކަށް ވާއިރު، އެފަދަ މެސެޖެއް ލިބުމަކީ އޭނާއަށް ގަބޫލުކުރަން ދަތި ކަމަކަށް ވާނެއެވެ. މެސެޖު ދިޔަތާ ދިހަވަރަކަށް ސިކުންތު ނުވަނީސް ރިހާން ގުޅަން ފެށިއެވެ. މިފަހަރު ލިއާ ފޯނު ނެގިއެވެ.

“އެންޖޯއި އޭ…؟” ރިހާންގެ އަޑުން އިވުނީ ގަބޫލުކުރަން ދަތިކަމެވެ. މޫޑު ގޯސްވެފައި އިނދެވެސް ލިއާ ހިނިއަންނަ ގޮތްވިއެވެ. “ޔެސް…އެންޖޯއި އޭ…! ދެން އަހަރެން ކީކޭތަ ބުނަންވީ…؟ ވަޓް ޑޫ ޔޫ އެކްސްޕެކްޓް…؟” ލިއާ ފަރުވާކުޑަކަން ދައްކަމުން ވާހަކަ ދެއްކިއެވެ.

“ޑޯންޓް އެކްޓް ޓަފް ލިއާ…! މީޓް ކުރާކަށް ނާންނާނަންތަ…؟” އެންމެފަހުން ރިހާންގެ ދުލާހަމަޔަށް އެވާހަކަ އަތުވެއްޖެއެވެ. ލިއާ ހީކުރި ގޮތަށެވެ.

“މީޓް ކުރުމުގެ ބޭނުމަކީ ކޮބާ…؟ ވީ އަރ ނޮޓް އެ ކަޕްލް…ޖީ އެފް މީޓް ނުކުރަނީތަ…؟” ލިއާ ޖެއްސުންކުރާ ރާގަކަށް ވާހަކަ ދެއްކިއެވެ.

“ލިއާ މާ ޓަފް ވާން ނޫޅެބަލަ…އަހަންނަށް އެނގޭ ލިއާ އަހަންނާ މީޓްކުރަން ބޭނުންވާނެކަން…!” ރިހާން ޔަގީންކަމާއެކު ބުނެލިއެވެ.

“މައި ގޯޑް ރިހާން…! ޔުއަރ އީގޯ ރިއަލީ ޑިޒާވްސް އިޓްސް އޯން އެޑްރެސް…! ޑޫ ޔޫ ރިއަލީ ތިންކް ދަ ވާރލްޑް ރިވޯލްވްސް އެރައުންޑް ޔޫ…؟ ބްލެސް ޔުއަރ ހާރޓް…ޔޫ ރިއަލީ ތޯޓް ދެޓް ލައިން ވުޑް ވޯރކް އޮން މީ…؟ ނޯ ރިހާން…ކޮންމެސް އެހެން ކަމަކާ އުޅޭ…އަހަރެން ނުދާނަން ރިހާންއާ މީޓްކުރާކަށް…!” ލިއާގެ މަލާމާތުގެ އަޑު އިވުމުން ރިހާން ގަބޫލުކުރަން ދަތިވާނެކަން އެނގެއެވެ. މި ބީދާއިން ދުވަހަކުވެސް އޭނާ ރިހާންއާއި ވާހަކަދައްކާފައެއް ނުވެއެވެ. ރިހާން އިތުރު އެއްޗެކޭ ނުބުނަނީސް ލިއާ ފޯނު ކަނޑާލައިފިއެވެ.

ލިއާ އަލުން އަލްޔާ އާއި ސުމާގެ ކޮންވަޒޭޝަނަށް ވަނީ ދެންމެ ހިނގައިދިޔަ ކަންތައް ހަނދާންނައްތާލަން ބޭނުންވެފައިހުރެއެވެ. ނަމަވެސް ރިހާންގެ ހިޔާލުތަކާ ދުރަށް ދާން އުނދަގޫވިއެވެ. އެހެންނަމަވެސް ލިއާ އަމިއްލަ ނަފްސަށް މަޖުބޫރުކުރިއެވެ. އޭނާ މިއަދު ހިތްވަރުކޮށްގެން ނޫނީ ކުރިޔަށް ދެވޭކަށް ނެތެވެ. ކޮންމެފަހަރަކު ރިހާންގެ މަޅީގައި ޖެހެންވެއްޖެއްޔާ އޮންނާނީ އޭނާގެ ދިރިއުޅުން ހަލާކުވެފައެވެ.

ފޯނު ޗާޖަށް ޖަހާފައި ނިދާލަން ދާން އުޅެނިކޮށް ނުދަންނަ ނަންބަރަކުން ކޯލެއް އަންނަން ފެށިއެވެ. ލިއާ ހައިރާންވެފައި ހުރެ އެ ނަންބަރަށް ބެލިއެވެ. އޭނާ ދަންނަ ނަންބަރަކަށް ނުވިއެވެ. ދެ ހިޔާލެއްގައި ހުރެފައި ލިއާ ފޯނުނެގިއެވެ.

“ހޭ ލިއާ…! މިހުރީ ތިރަށުގަ…!” އިވުނީ އަންހެން އަޑެކެވެ. ލިއާ ހައިރާންވީ އެ އަޑުގައި ހުރި ގާތްކަމުންނެވެ. “ކާކު ތީ…؟” ލިއާ އެ ހައިރާންކަމުގައި ހުރެ ވާހަކަދެއްކިއެވެ.

“ސަރޕްރައިޒެއް…! އެބަ ދަން ތިގޭ ކައިރިއަށް…ދިޔައިމަ ދޮރުމައްޗަށް ނިކުމެލައްޗޭ…!” އެކުއްޖާ ފޯނު ކަނޑާލިއެވެ.

ލިއާ ހުރީ ހައިރާންވެފައެވެ. ރަށުން ބޭރު ކުދިންނަކަށް އޭނާގެ ނަންބަރެއް ނޭނގޭނެއެވެ. ނޫނެކެވެ. އޭނާ ދަންނަ ބަޔަކު އެބަތިއްބެވެ. “ނަހުމާ…؟ ލައިބާ…؟ ޝަފާ…؟” ލިއާއަށް ކިޔާލެވުނެވެ. ރަށުން ބޭރުގައި އޭނާގެ ކިރިޔާވެސް ގާތްބަޔަކަށް ތިބޭނީ އެކުދިންނެވެ. ނަމަވެސް އެކުދިންނާވެސް މިހާރު ވާހަކަނުދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެ. އަނެއްކާ ރިހާންމެންނާއެކު ލޯންޗުން އެކުދިންވެސް އައީބާއެވެ؟ އާއްމުކޮށް ހަވީރުގަޑީގައި ވިޔަފާރިކުރުން ފަދަ ކަންތަކުގައި ކައިރި ރަށްރަށުން އެރަށަށް މީހުން އާދެއެވެ. ލިއާގެ ހިތުގައި ޝައްކުތަކެއް އުފެދުނުނަމަވެސް މަޑުން ހުރީ ވާހަކަ ދެއްކީ އަންހެންކުއްޖެއް ކަމަށް ވުމުންނެވެ. އޭނާ ގަސްތުކުރީ ކާކުތޯ ބަލާފަ ނޫނީ ނުނިކުތުމަށެވެ. ކޮޓަރި ދޮރުން ކުޑަކޮށް ބޯ ދިއްކޮށްލިޔަސް ބޭރު ފެންނާނެއެވެ.

އިރުކޮޅެއް ފަހުން އަނެއްކާވެސް އެ ނަންބަރުން ގުޅިއެވެ. ލިއާ އަވަހަށް ފޯނު ނެގިއެވެ. “މިހިރީ ދޮރުމަތީ…!” އެކުއްޖާ ބުނެލިއެވެ. ލިއާ ފޯނުބާއްވާފައި ދިޔައީ ދޮރުހުޅުވާލާ ބޭރު ބަލާލުމަށެވެ. އޭނާ ހުރީ އެއީ ކާކުތޯ ބަލާފަ ނޫނީ ލައިގެން ހުރި ހެދުންވެސް ބަދަލު ނުކުރުމަށެވެ.

ތަޅުލާފައި ހުރި އެޕޯލޯ ތަޅުގައި ހިފާ އަނބުރާލުމާއެކު ކުޑަކޮށް ދޮރު ހުޅުވުނެވެ. ލިއާއަށް ބޮޑަށް ދޮރު ނުހުޅުވިގެން އުޅެނިކޮށް ސިހިގެން ދިޔައީ ދޮރު ކޮށްޕާލާފައި މީހަކު އެތެރެއަށް ދެމިގަތުމުންނެވެ. އެހާމެ އަވަހަށް އެމީހަކު ދޮރު ލައްޕާ ލިއާއާއި ކުރިމަތިލިއެވެ.

“ރި…ހާ…ން…!” ފަހަތަށް ޖެހެވުނު ލިއާގެ ދެލޯ ބޮޑުވެފައިވެއެވެ. އޭނާއަށް ގަބޫލުކުރަން ދަތިވިއެވެ. އޭރު ނުލަފާ ހިނިތުންވުމެއްގައި ހުރެ ރިހާން ދޮރު ތަޅުލީއެވެ.

ނުނިމޭ

Share Article

Itxlevender
Follow Me Written By

Itxlevender

Level 210 Stories100 Comments

A girl lost in pages and feelings ✨

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 66

Next

ސިއްރު ކައިވެނި – 2

Next
June 19, 2026

ސިއްރު ކައިވެނި – 2

Previews
June 19, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 66

8 Comments!

  1. eviee says:
    June 19, 2026 at 6:59 pm

    what the helll rihaaaann get outt meena ge massala akee Kobatha alhe fahe

    1. Itxlevender Itxlevender says:
      June 19, 2026 at 7:01 pm

      Ahahaha 😭💀 ikr 🤣💗

  2. 🌷AAL'S LOVER🌷 says:
    June 19, 2026 at 7:15 pm

    Maasha allah🌷
    Mi prt vs vrh reethi MA 🌷
    Mi rihaan miulhenee keehvegen???? 🌷
    Rihaan autistic v dho eynn???? 🌷
    Moya vefa ehuree. 🌷
    I don’t think rihaan eulhenee rangalhu kameh kuran henneh. 🌷
    Kyle hop hop. 🌷
    Team Kyle 🌷
    Finally kyle 🌷
    Kyle avs kurey buney i love u ey leah kairee🌷
    Im kinda nervous know cux of rihaan. 🌷
    Hama huvaa kukulheh bolah araign e ulhenee🌷
    Anyways when next sis??? 🌷
    Lysm n tc 💋🌷

    1. Itxlevender Itxlevender says:
      June 19, 2026 at 11:12 pm

      The comment section is more scared than Leah right now 😭
      Anyway thank you 🥰💗

  3. Anonymous says:
    June 19, 2026 at 7:46 pm

    Whaaaaaaaaattttttttt😭😭😭😭😭
    Noooooo😭😭😭😭😭
    Rihaan Liaa ah kihineii hadhaanee😭😭😭😭😭😭🙊🙊🙊
    Alheyyyy…. haadha varakah hiyy thelhe ey eba…😭😭😭🙈🙈
    Please Liaa and Rihaan nugulhuvahcheyy…

    1. Itxlevender Itxlevender says:
      June 19, 2026 at 11:12 pm

      No spoilers, but things are about to get interesting 👀💗

  4. Ainy says:
    June 19, 2026 at 9:31 pm

    Omg this part is so nice mashallah. i love how you explained kyle’s feelings. Kyle pls come and save leah

    1. Itxlevender Itxlevender says:
      June 19, 2026 at 11:15 pm

      The way everyone immediately called for Kyle 😭💗

Comments are closed.



All Right Reserved!