ތިބާގެ ނަސީބު އިސްމާޢީލް ޢަލީ ކަނދޮޅުދޫ ތިބާގެ މަންމައާއި ބައްޕަ ދުނިޔޭގައި ހުރިކަން އެއީ ތިބާގެ ނަސީބެވެ. އަވަހަށް އެދެމީހުންނަށް އަޅާލައި ކަމޭހިތުމަށްޓަކައި ކަމަރު ބަންނާށެވެ. އިހުތިރާމާއި ލޯބި ދީ އެދެމީހުންގެ ހިތް އުފަލުން ފޮޅޭހާވަރުކޮށްލާށެވެ. ތިބާގެ މައިންބަފައިން މުސްކުޅިވީ ދުވަހު އަޅާނުލައި ދޫކޮށްނުލާށެވެ. އެގޮތަކީ ތިބާ ކުޑައިރު ތިބާ ކުޑަވީމައޭ ކިޔާ އެދެމީހުން ތިބާ ދޫކޮށްނުލައެވެ. މައިންބަފައިންނާއިއެކު އަބަދަށް ނޫޅެވިދާނެއެވެ. އެމީހުންނަށް ގިނަގިނައިން ގުޅާ ހަދާށެވެ. ޒިޔާރަތް ކުރާށެވެ. ކާފަމާމަދަރިންނާއި އެމީހުން ބައްދަލުވުމުގެ ފުރުސަތު ފަހިކޮށްދޭށެވެ. […]
އައުޅެން މަގޭ ހިތުގެ ވިންދު އިސްމާޢީލް ޢަލީ ކަނދޮޅުދޫ މަންމަގެނަން މިހިތުގައި ބިންވަޅު ނެގިފައިވެއެވެ. މިހިތުގައިވާ ލޯތްބަކަށް ބަދަލުއައުމެއް ނުވެއެވެ. މިހިތުގައި ޖަހާވިންދު ގުޅިފައިވަނީ ތިޔަހިތާއެވެ. މަންމަ އަހަރެންގެންގުޅުނީ ޖަވާހިރެއް ފަދައިންނެވެ. މަންމަގެ ދެއަތުން އަހަރެން ތާހިރުކުރީ އުފަލާއެކުއެވެ. މަންމަގެ ދެތުންފަތުން އަރިދަފުސް ފޮހެދިނެވެ. މަންމަގެ ދަތްތަކުން ކާތަކެތި ހިމުންކޮށް ދިނެވެ. އަލިފުގައި އަބަފިލިޖެހީމާ އާ ކިޔާށޭ ދަރިފުޅާއޭ ލަވަ ކިޔައެވެ. ބަލިވެއްޖެ ނަމަ ރޭ ނިދި ނަގާލައި ހޭހަން ކުރެއެވެ. ފެންވަރުވައިދީ ފުއްޖަހައިދެނީ ހިނިތުންވެ އިނދެއެވެ. […]
އައުޅެން ޙަޔާތް ބަރުބާދުވެއްޖެއެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ އެ ރީތި ސޫރަ މިހިތް ފަތަޙަކުރިއެވެ. މަގޭ ހިތުގައި ލޯބީގެ ބައްތި ދިއްލުނެވެ. ލޯބީގެފަރި އަދާއިން ހުޅުކޮޅު ބޮޑުވިއެވެ. އަންހެނުންގެ ޖާދޫގައި ނުޖެހިވޭތޯ ބެލީމެވެ. އަބަދުހެން ބީހިއުޅޭތީ ލަގަން އަތުން ދޫވިއެވެ. އަހަރެންގެ ފެންވަރު އޮޅޭގޮތް ވީއެވެ. އަހަރެންނަކީ ފުރިހަމަ މީހެއްނޫނެވެ. ދިރިއުޅުމަށްޓަކައި އެހެންމީހުންގެ އެހީ ބޭނުމެވެ. އެހާރީތި ކުއްޖަކު މަށަށްޓަކައި މަރުދެނީއެވެ. މަސައްކަތެއް ނުކުރިޔަސްހެވޭ ބުންޏެވެ. ތިޔަލޯބިވެތިކަމުން ހިތްފުރޭހާވޭ ބުންޏެވެ. ވިނަދަނޑެއްފަދަ މޭމަތި ލިބުނީމާ ފުދޭނެއެވެ. މަންމަ […]
ތިބާގެ ހިތަކީ… އިސްމާޢީލް ޢަލީ ކަނދޮޅުދޫ ﷲ ތިބާއަށް ދެއްވާފައިވާ ގިނަގުނަ ނިއުމަތް ތަކުގެ ތެރެއިން ރަނގަޅު ހިތެއް ލިބުމަކީ ވަރަށް ބޮޑު ނިޢުމަތެކެވެ.ބައެއް މީހުންގެ ހިތުގައި ރަހުމާއި،ހަމްދަރުދީއާއި ކުލުނާއި، އޯގާތެރިންކަން ވާއިރު އަނެއް ބައެއްގެ ހިތުގައި ރަޙުމުގެ ކަންފުޅެއް ނުވެއެވެ.އިހަކަށް ދުވަހު މީޑިއާގައި ޢާއްމުވި ޚަބަރަކީ ތިމާގެ ބަނޑުން ވިހޭ ދަރި ވަރަށް ވަރަށް ރަޙުމުކުޑަ ގޮތަކަށް މަރާލާފައި ކުނިގޮނޑަށް އެއްލާ ލާފައި އޮއްވާ ފެނުނު ޚަބަރެވެ.ދެން ސޯޝަލް މީޑިއާގައި ހާމަވި އަނެއް ޚަބަރަކީ މަގުމަތީގައި […]
އައުޅެން މަށަށްޓަކައި….. އިސްމާޢީލް ޢަލީ ކަނދޮޅުދޫ މަށަށްޓަކައި މަންމަ ވޭނުގައި ދުވަސް ގުނިއެވެ. ބައްޕަގެ ހިތުގައި ރަޙުމުގެ ކަންފުޅެއްވެސް ނުވާއިރުއެވެ. މަށަށް ބައްޕަގެ ލޯބި ގެއްލިދާނެތީ މަންމަ ފިކުރުކުރިއެވެ ދަތިހާލުގައި އުޅެން ޖެހުނަސް ޗުއްޕުވެސް ނުބުނެއެވެ. ބައްޕަގެ އިންތިޒާރީގައި ރޭގަނޑުގެ ނިދިނަގައިލިއެވެ. މީހުން ދައްކާ ވާހަކަތަކަށް ބީރުކަންފަތް ދިނެވެ. ޚަރަދުކުރުމުގައި މުށްބާރުކޮށްގެން ބައްޕައުޅުނެވެ. ހަމަ އެންމެފަހަރަކުވެސް މަންމަ ޝަކުވާ ނުކުރެއެވެ. ގެއަށް ވަންނަ ކޮންމެ ފަހަރަކު މަންމަ ޚިދުމަތް ދެއެވެ. ގެއަށް ވަނުމަށްފަހު ބައްޕަ ފޯނުދޫކޮށް ނުލައެވެ. […]
އައުޅެން އަނިޔާ އިސްމާޢީލް ޢަލީ ކަނދޮޅުދޫ ގެވެށިއަނިޔާގެ ޝިކާރައަކަށްވެ ނިމުނެވެ. ކައިވެނީގެ ޚުތުބާއިން އަސަރެއްނުކުރިއެވެ. މަންމަމެން ކައިވެންޏާއި ނުރުހެއެވެ. އަބަދުވެސްބުނަނީ އެހެންމީހަކުހޯދާށެވެ. ފިރިމީހާގެ އަސްލުސޫރަ އެނގިއްޖެއެވެ. ރަޙުމާއި ހަމްދަރުދީ ނުދަންނަ ކަހަލައެވެ. އަނބިމީހާގެ މަޤާމު އޭނާ ނުދަނެތެވެ. އަހަރެން ނިކަމެތިކުރުމުން އޭނާ އުފާވެއެވެ. އެންމެފަހަރަކުވެސް ރުހުމުގެ ލޮލުން ނުބަލައެވެ. ކުށްދެއްކުމަކީ އާދައަކަށް ހެދިއެވެ. ކިތަންމެ ކުޑަކަމަކަށްވެސް އަތް އިސްކުރާނެއެވެ. ބަނޑުފުރާ ކައިގެންވެސް ބުނާނީ ލޮނުގަދަ ވާހަކައެވެ. އަނބިމީހާއަށް ޝުކުރުގެ ބަހެއް ބުނަން ޖެހިލުންވެއެވެ. ދޮށިއެޅުން ފިޔަވައި އެހެންކަމެއް […]
ލޯބި ހަމަހަމަ ކުރުން އިސްމާޢީލް ޢަލީ ކަނދޮޅުދޫ މިއީ އިގިރޭސިބަހުން ހަދާފައިވާ ވީޑިއޯ ވާހަކަ އެއްގެ ޚުލާޞާ އެކެވެ. މިއީ ހަމައެކަނި ފިރިހެންދަރިފުޅަށް އަޅާލި ބައްޕައެއްގެ ވާހަކައެކެވެ. އަންހެނުން ނިޔާވިއިރު ހަތަރު އަހަރުގެ ފިރިހެންކުއްޖަކާއި ހަ އަހަރުގެ އަންހެން ދަރިއަކު ތިއްބެވެ. އެބައްޕަ އޭނާގެ ފިރިހެންދަރިފުޅުދެކެ މުޅި ހިތުން ލޯބިވިއެވެ. އެކަމަކު އަންހެންދަރިފުޅަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ.ބައެއް ފަހަރު އެދަރިފުޅަށް ޖެއްސުންކޮށް ހަދައެވެ.ސިފަ ހުތުރުވީތީ މަލާމާތްކޮށް ހަދައެވެ. އަބަދުހެން ފިރިހެންދަރިފުޅަށް އެއްޗެތި ހޯދާ ދޭއިރުއަންހެންދަރިފުޅަށް އެއްޗެއް […]
އައުޅެން ދަރިފުޅަށްޓަކައެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ އާދުވަކަށް އިރުއެރީ ހިނިތުން ވަމުންނެވެ. ދެވަނަފަހަރަށް ހަޔާތް ފެށުމަށް އެއްބަސް ވެވުނެވެ. މާޒީވެ ދިޔަދުވަސްތަކުގައި ޖެހުނު ދަމިލަ ފިލައި ދިޔައެވެ. ލޯބިލޯބި ދަރިފުޅަށްޓަކައި އެއްގަލަކަށް އެރީއެވެ. ދުވަހަކުވެސް ދެންވަކިނުވުމަށް ވަޢުދު ވެވުނެވެ. ޒަވާޖީޙަޔާތް ފެށުނީ ނުހަނު އިތުބާރާއި އެކުގައެވެ. ކުޑަދަރިފުޅަކު ލިބޭތީ ދެމީހުންވެސް އުފާކުރިއެވެ ފިރިމީހާގެ އަޅައިލުން ދެގުނައިތުރު ކުރިއެވެ. ދަރިފުޅުނޭވާލާނޭ ވަގުތަކަށް އިންތިޒާރު ކުރެވުނެވެ. ރަޖަބުމަހެއްގެ ފުރަތަމަ ސާޢަތް އެދުވަސްގެނެއެވެ. ލިބުނީ ހަނދެއްފަދަ އަންހެން ކުއްޖެކެވެ. އެ ކުއްޖާފުޅު […]
ފުރުސަތުގެ ބޭނުން ހިފާށެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ތިބާ ހެއްދެވީ ﷲ އެވެ.ތިބާގެ ރިޒްޤާއި ގުޅޭ ހުރިހާ ކަމެއް ހިންމަވާ ދެއްވަނީ ﷲއެވެ.އެކަލާނގެ ތިބާއަށް ތެދުމަގު ދެއްކެވިއެވެ.ތިބާގެ އީމާންކަމުގެ ގަހަށް ފެންލިބޭނޭ އެތަކެއްގޮތް ދެއްކެވިއެވެ.ﷲގެ ނިޢުމަތްތައް ގުނާ އަދަދު ނުކުރެވޭހައި ގިނަގުނައެވެ. ﷲއަށް ގިނަގިނައިން ޙަމްދުކުރާ މީހަކަށް ތިބާ ވާށެވެ.އެކަލާނގެ ދެއްވާ ގިނަގުނަވި ނިޢުމަތްތައް ހަނދާންކޮށް ﷲއަށް ޝުކުރުވެރިވާން ދަސްކުރާށެވެ. އޭރުން ތިބާއަށް ނިޢުމަތްތައް އިތުރުވެގެންދާނެއެވެ. ތިބާއަށްޓަކައި ﷲގެ ރަޙުމަތުގެ ދޮރުކޮޅުތައްވަނީ ހުޅުވިފައެވެ. ތިބާއަށް ދިމާވާ ކޮންމެ […]