Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޒުމޫނުދީނީ

ފުރުސަތުގެ ބޭނުން ހިފާށެވެ.

ismail ali Level 1
November 27, 2023 One Min Read
0 Comments

ފުރުސަތުގެ ބޭނުން ހިފާށެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ތިބާ ހެއްދެވީ ﷲ އެވެ.ތިބާގެ ރިޒްޤާއި ގުޅޭ ހުރިހާ ކަމެއް ހިންމަވާ ދެއްވަނީ ﷲއެވެ.އެކަލާނގެ ތިބާއަށް ތެދުމަގު ދެއްކެވިއެވެ.ތިބާގެ އީމާންކަމުގެ ގަހަށް ފެންލިބޭނޭ އެތަކެއްގޮތް ދެއްކެވިއެވެ.ﷲގެ ނިޢުމަތްތައް ގުނާ އަދަދު ނުކުރެވޭހައި ގިނަގުނައެވެ.

ﷲއަށް ގިނަގިނައިން ޙަމްދުކުރާ މީހަކަށް ތިބާ ވާށެވެ.އެކަލާނގެ ދެއްވާ ގިނަގުނަވި ނިޢުމަތްތައް ހަނދާންކޮށް ﷲއަށް ޝުކުރުވެރިވާން ދަސްކުރާށެވެ. އޭރުން ތިބާއަށް ނިޢުމަތްތައް އިތުރުވެގެންދާނެއެވެ.

ތިބާއަށްޓަކައި ﷲގެ ރަޙުމަތުގެ ދޮރުކޮޅުތައްވަނީ ހުޅުވިފައެވެ. ތިބާއަށް ދިމާވާ ކޮންމެ ކަމަކީވެސް ރަޙުމަތެއް ކަމުގައި ދެކޭށެވެ. އެކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮންފަދަ ނަސީބެއް ކަމެއް ހަމަ އެކަކަށްވެސް ނޭގެއެވެ. ފެންނަފެނުމަށް އެއީދެރަކަމެއްހެން ހީވިޔަސް އާޚިރުގައި އެކަން ވެގެންދަނީ ފައިދާ ހުރިކަމަކަށެވެ.

ދުނިޔެވީގޮތުން އުފަލެއް ފެންނަން ނެތަސް އާޚިރަތަށްޓަކައި މަގެއް ކޮށިގެންދާނަމަ އެކަމާމެދު އުފާކުރާށެވެ. އެހެނީ ދުނިޔެއަކީ އެއްވެސް އަގެއްހުރި ތަނަކަށްނުވެއެވެ. ތިބާ ދުނިޔެއަށް ފޮނުއްވުމުގެ ބޭނުމަކީވެސް އާޚިރަތަށްޓަކައި ތައްޔާރުވުމެވެ.ދުނިޔޭގައި ތިބާގެ ހެޔޮކަމުގެ ތިލަފަތް ބަރުކުރާނޭ އެތަކެއް ފުރުސަތު ލިބިގެން ދެއެވެ.ބުއްދިވެރިންނަކީ ފުރުސަތުގެ ބޭނުން ހިފަން ދަންނަމީހުންނެވެ.

Share Article

Follow Me Written By

ismail ali

Level 1

Other Articles

Previous

ކާމިޔާބު

Next

އިފްރާ 8

Next
November 27, 2023

އިފްރާ 8

Previews
November 27, 2023

ކާމިޔާބު



All Right Reserved!