Skip to content
އެސްފިޔަ

ދަރިފުޅަށްޓަކައެވެ.

އައުޅެން

ދަރިފުޅަށްޓަކައެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އާދުވަކަށް އިރުއެރީ ހިނިތުން ވަމުންނެވެ.

ދެވަނަފަހަރަށް ހަޔާތް ފެށުމަށް އެއްބަސް ވެވުނެވެ.

މާޒީވެ ދިޔަދުވަސްތަކުގައި ޖެހުނު ދަމިލަ ފިލައި ދިޔައެވެ.

ލޯބިލޯބި ދަރިފުޅަށްޓަކައި އެއްގަލަކަށް އެރީއެވެ.

ދުވަހަކުވެސް ދެންވަކިނުވުމަށް ވަޢުދު ވެވުނެވެ.

ޒަވާޖީޙަޔާތް ފެށުނީ ނުހަނު އިތުބާރާއި އެކުގައެވެ.

ކުޑަދަރިފުޅަކު ލިބޭތީ ދެމީހުންވެސް އުފާކުރިއެވެ

ފިރިމީހާގެ އަޅައިލުން ދެގުނައިތުރު ކުރިއެވެ.

ދަރިފުޅުނޭވާލާނޭ ވަގުތަކަށް އިންތިޒާރު ކުރެވުނެވެ.

ރަޖަބުމަހެއްގެ ފުރަތަމަ ސާޢަތް އެދުވަސްގެނެއެވެ.

ލިބުނީ ހަނދެއްފަދަ  އަންހެން ކުއްޖެކެވެ.

އެ ކުއްޖާފުޅު ފެނުމުންފިރިމީހާ އުފަލެއް ނުވިއެވެ.

އަހަރެން މަރާ ހަނގުރާމަ ކުރިކަމެއް ނޭގުނެވެ.

އަހަރެމެން ދެމައިން އެކަނިވެރި ކޮށްލިއެވެ.

ނިކަމެތިކަމާއި ގިސްލުމާއިއެކު ހޭހަން ކުރީމެވެ.

އެދަރިފުޅު ބައްޕަގެ ލޯތްބަށްއެދި އާދޭސްކުރިއެވެ.

އަހަރެންނަށް ބައްޕަވީތަނެއް ބުނެ ނުދެވުނެވެ.

ދިހަ އަހަރަށްފަހު އޭނައަށް ހެޔޮވިސްނުން ލިބުނީއެވެ.

ތައުބާވެ މަޢާފަށް އެދި އާދޭސް ކުރީއެވެ.

އެދަރިފުޅުގެ އާދޭހަށް ނިމުމެއް ގެނެވެނީއެވެ.

މާޒީގެ ހިތިކަން ހަނދާން ނައްތާލީއެވެ.

ދަރިފުޅަށްޓަކައި ޤުރްބާން ވާނަމެވެ.