Skip to content
އެސްފިޔަ

މަށަށްޓަކައި…..

އައުޅެން

މަށަށްޓަކައި…..

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

މަށަށްޓަކައި މަންމަ ވޭނުގައި ދުވަސް ގުނިއެވެ.

ބައްޕަގެ ހިތުގައި ރަޙުމުގެ ކަންފުޅެއްވެސް ނުވާއިރުއެވެ.

މަށަށް ބައްޕަގެ ލޯބި ގެއްލިދާނެތީ މަންމަ ފިކުރުކުރިއެވެ

ދަތިހާލުގައި އުޅެން ޖެހުނަސް ޗުއްޕުވެސް ނުބުނެއެވެ.

ބައްޕަގެ އިންތިޒާރީގައި ރޭގަނޑުގެ ނިދިނަގައިލިއެވެ.

މީހުން ދައްކާ ވާހަކަތަކަށް ބީރުކަންފަތް ދިނެވެ.

ޚަރަދުކުރުމުގައި މުށްބާރުކޮށްގެން ބައްޕައުޅުނެވެ.

ހަމަ އެންމެފަހަރަކުވެސް މަންމަ ޝަކުވާ ނުކުރެއެވެ.

ގެއަށް ވަންނަ ކޮންމެ ފަހަރަކު މަންމަ ޚިދުމަތް ދެއެވެ.

ގެއަށް ވަނުމަށްފަހު ބައްޕަ ފޯނުދޫކޮށް ނުލައެވެ.

އަހަރެންގެ އެއްވެސް ކަމަކާއި ބައްޕަ ނުވިސްނައެވެ.

މަންމަގެ ކެތްތެރިކަން ކޮޅުންލީ އެހިސާބުންނެވެ.

މަންމައަށް ލޯބި ނުދިނަސް ދަރިފުޅަށް އަޅާލާންއެދުނެވެ.

ގަހަށް ނުކުރި ލޯބި ފަތަށް ނުކުރާނަމޭ ބައްޕަ ބުންޏެވެ.

ބައްޕަގެ އަނދިރި ޙަޔާތުން މަންމަ މިނިވަންވިއެވެ.

 

Comments (2)

  1. love imko 💕💕

    Mi part vex varha reethi Masha Allah ❤️

    1. ismail ali
      love imko 💕💕

      shukran.

Comments are closed.