އައުޅެން ވަރަށް ބިޒީ އިސްމާޢީލް ޢަލީ ކަނދޮޅުދޫ ހިތް ރޮއްވާލާފައި ދިޔައީއެވެ. ހިތުގެ ޝަކުވާގެ އަޑުއަހާވެސްނުލިއެވެ. އަބަދުވެސް ބުނަނީ ވަގުތު ނުދެވޭނެ ވާހަކައެވެ. ރުހުމުގައި ވަރަށް ލޯބިން ހަޔާތް ފެށީމެވެ. ހިތް އެދުނުކަހަލަ ބައިވެރިއަކު ލިބުނިތީ އުފާކުރީމެވެ. މާދައިތަ މަންމަހާ ހެޔޮވެފައި ލޯބިދެއެވެ. އެކުވެރީން ފިރިމީހާގެ ރީތި ވާހަކަ ބުނާތީ އުފާވެއެވެ. އެ ރީތިސޫރަ ފެންނަ ކޮންމެ ފަހަރަކު ހިތްތެޅެއެވެ. ކައިވެނީގެ ފުރަތަމަ ރެއަށް އިންތިޒާރު ކުރެވެނީއެވެ. އެރޭގެ ފަތިހު މަސައްކަތަށް ދިޔައީ ކީއްވެބާވައެވެ. ފިރިމީހާ މިވަގުތު […]
އައުޅެން ލޯބީގެ އަގު އިސްމާޢީލް ޢަލީ ކަނދޮޅުދޫ މި ހިތުގައިޖަހާ ކޮންމެ ވިންދަކީ ތިބާގެ ޙައްޤެކެވެ. ލޯތްބާއި އޭގެ އަސަރު ދަސްކޮށްދިނީ ތިބާއެވެ. އެންމެފުރަތަމަ ލޯބީގެ ބާރުގަދަވާނެއޭ ބުންޏެވެ. ލޯބިވެވޭނީ އެންމެ ފަހަރަކުއޭ ބުނީ ތިބާއެވެ. ތިބާއަށްޓަކައި އެންމެ ބޭނުން ވަޒީފާ ދޫކޮށްލީމެވެ. އެންމެ ލޯބިވާ މައިންބަފައިންނާ ދުރުގައި ހުރީމެވެ. އެންމެގާތް އެކުވެރީން ހަނދާން ނައްތާލީމެވެ. ހޭލާ އިނދެގެންވެސް އިންތިޒާރު ކުރީމެވެ. ތިބާއަށް އެންމެ މީރުކާނާ ތައްޔާރުކުރީމެވެ. ތިބާގެއަންނައުނު ދޮވެދިނީ ގަޔާވެ އިނދެއެވެ. ތިބާގެ ކޮންމެ އެދުމަކަށް […]
އައުޅެން ޒުވާންކަން ނީލަމަށް ނުލާށެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ޒުވާންކަން ފަރިވެ ފޮޅިފައިވާ މަލެއްފަދައެވެ. މާ މިލާމޯޅިވާ ފަދައިން އިސާހިތަކު ޒުވާންކަން ނެތިދެއެވެ. މަލަށް ލޯބިކުރާ ފަދައިން ޒުވާންކަމަށް ދަހިވެތިވެއެވެ. ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނަން ޖެހެއެވެ. ތިބާގެ ޒުވާންކަން ހޯދުމަށް ޚުޝާމަދު ކުރަމުންދާނެއެވެ. ތިބާގެ މޫނު ހަނދާ އެއްފަދަ ކުރާނެއެވެ. ތިބާގެ ދެބުމަ ހިތިފަތެއް ކަމުގައި ބުނާނެއެވެ. ފިނިފެންމަލުގެ ދާނުގައި ބައިންދާނަމޭ ބުނާނެއެވެ. ވަކިހިސާބަކުން ކުރިންބުނި ބަސް ހަނދާންނެތެއެވެ. އަޅާލުމުގެ ބަދަލުގައި ހާލުގައި ޖައްސައެވެ. އިހާނެތިގޮތް […]
އައުޅެން ބާއްޖަވެރި ޙަޔާތް އިސްމާޢީލް ޢަލީ ކަނދޮޅުދޫ މިނިވަންކަމާއިއެކު އުދުހިލާން ހިތްއެދެއެވެ. ކޮކާތައް ފޮނިބޮއި ހަދަނީ އުފަލާއެކުގައެވެ. ރަތްރީދޫ ހުދުފިޔާތޮށި މަލުންނެވެ. މިއީ ލޮލަށް ފެންނަ މަންޒަރުތަކެވެ. ކޮކާ އޭތީގެ ޙަޔާތަށްޓަކައި ޤުރްބާންތަކެއް ވާނެއެވެ. މާމަލަށް ތިރިކުރާއިރު ނުރައްކާތަކަށް ފާރަވެރިވެއެވެ. ތިބާގެ ޙަޔާތްވެސް ހަމަ މިފަދައެވެ. ދިރިއުޅުމުގައި އިންތަކެއް ހުރިކަން ދަންނާށެވެ. ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް ވެއެވެ. އިންތައް ފަހަނަ އަޅައި ދިއުމުގެ ނަތީޖާ ހިތިވާނެއެވެ. ތިބާގެ މިނިވަންކަމުގެ ފަހަތުގައި ޙައްޤުތަކެއް ވެއެވެ. ފެންނަހާ ސޫރަކަށް […]
އައުޅެން އަނިޔާގެ ޝިކާރަކަށްވެ ނިމިއްޖެއެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ޙަޔާތުގެ ނައު ދަތުރު ފެށީ އަމާން ކަމާއެކުގައެވެ. ކައިވެނީގެ މަތިވެރި ގޮށްޖެހީ އިތުބާރާއެކީގައެވެ. ލޯބީގެ ހަދިޔާ ދިނީ ޔަޤީން ކަމާއެކުގައެވެ. ޖިސްމަށް ރޫޙީ އުފާ ދިނީ ލޯތްބާއި އެކުގައެވެ. މުޅި އުމުރު ވަފާތެރިވާނަމޭބުނީ ޖޯޝާއެކުގައެވެ. ކުޑަ ދުވަސްކޮޅަކަށްފަހު ނައުގެ މިސްރާބު ގެއްލިއްޖެއެވެ. މަފަކީރު ގެވެށި އަނިޔާގެ ޝިކާރަކަށްވެ ނިމިއްޖެއެވެ. ނުރުހުމުގެ ބަސްތައް އަމާޒުކުރުން އާދައަކަށް ވެއްޖެއެވެ. ގޮށްމުށުގެ ބާރާއި،ނުފޫޒުން ހިތްތޮރުފަމުން ދިޔައެވެ. މާނާޅާ ގަހެކޭ ބުނެ ހިތްރޮއްވައިލައެވެ. […]
އައުޅެން ޙަޔާތް ތިބާއަށްޓަކައި އިސްމާޢީލް ޢަލީ ކަނދޮޅުދޫ ތިބާއަށްޓަކައި ފިދާވާން ތައްޔާރު ވީމެވެ. ތިބާއަށްޓަކައި ހެޔޮ ދުޢާ ކުރީމެވެ. ތިބާ ފެންނަ ފަށުގައި އަބަދުމެ ހުރީމެވެ. ތިބާގެ ހިތުން އެހެންމީހަކަށް ޖާގަ ދީފާނެތީ ހިތްތެޅެއެވެ. ތިބާގެ ރީތި ކަމުގެ ތަސައްވަރުގައި ދިވާނާ ވީމެވެ. ކޮންމެ ހިނދުކޮޅަކީ ތިބާގެ އިންތިޒާރުގެ ވަގުތެވެ. ތިބާގާތްވަމުން ދިޔަ ވަރަކަށް ހިތްކަނުވަމުން ދިޔައެވެ. ތިބާގެ ކޮންމެ އެދުމަކަށް ތަރުޙީބު ދިނީމެވެ. ތިބާއަށްޓަކައި ގެއިން ވައްކަން ކުރީމެވެ. މަންމަގެ އަގޮބޮޑު ރަން ފައްޓަރުބައިވެސް ނެގީމެވެ. […]
އައުޅެން ޙަޔާތުގެ ހިތި އަސަރު އިސްމާޢީލް ޢަލީ ކަނދޮޅުދޫ ރާޅު ބީއްސާ ހިސާބުގައި އޮށޯވެލީމެވެ. ނޫ އުޑުގައިވާ އިރުންހޫނުކަން ލިބެމުން ދެއެވެ. ރާޅު ބީހިލާ ވަގުތު ފިނިކަން އިޙްސާސް ވެއެވެ. ހުދުވެލިގަޑުގައި މޫނު ޖައްސާލީމެވެ. ކުރެވުނު ކަންތަކާ މެދު ވިސްނާ ލެވުނެވެ. އެ ފާފައަށް އަރައި ނުގަނެވުނު ނަމައެވެ. އެ ފަޅުގެއަށް ނުވަދެވުނު ނަމައެވެ. އެވަގުތު ބިރުވެރިކަން އިޙްސާސް ނުވީ ކީއްވެބާވައެވެ. ޢިއްފަތްތެރި ކަމުގެ އަގު ވަޒަން ނުކުރެވުނީ ކީއްވެބާވައެވެ. މި ސިއްރު ފަޅާ އަރާނެއެވެ. މިކަމުގެ […]
އައުޅެން ވީރާނާވީ ޙަޔާތް އިސްމާޢީލް ޢަލީ ކަނދޮޅުދޫ ލޯބީގެ ބަގީޗާގައި މާތައް ފަރިވެ ފޮޅުނެވެ. ލޯބީގެ ބަސްތަކުން ހިތަށް ތަސައްލީ ލިބުނެވެ. އަބަދު އެކުގައި ވާނަމޭ ބުންޏެވެ. ދުރުގައި ހުންނަން އުނދަގޫވެއޭ ބުންޏެވެ. ކައިވެނީގެ ފަހުގައި އުޅޭނެގޮތް ތަސައްވަރު ކުރުވިއެވެ. ދަރިން ހޯދާނެ ގޮތުގެ ޕްލޭން ރޭވިއެވެ. ކައިވެނީގެ ފުރަތަމަރޭ ކުރިންބުނި އެތި ކެންސަލްވިއެވެ. މިހާރު ހުންނަން އުޅެނީ ދުރުގައެވެ. ލޯބީގެ މެސެޖް ތަކެއް ނުލިބެއެވެ. ފޯނަށް ޖަވާބު ލިބެނީ ހާދަ ހާލަކުންނެވެ. ދަރިފުޅުގެ އެއްވެސް ކަމަކާ […]
އައުޅެން ޙަޔާތުގެ ނައު އިސްމާޢީލް ޢަލީ ކަނދޮޅުދޫ ޙަޔާތުގެ ނައު ބެހިގެން ދިޔަ ނުދޭށެވެ. ޙަޔާތުގެ ކޮންމެ ހިނދުކޮޅެއް ނުހަނު އަގުބޮޑެވެ. ކޮންމެ ދުވަހަކު އެތައް ފުރުސަތެއް ލިބެއެވެ. ރާޅު ނަގާވަގުތު ދުވެލި މަޑުކޮލާފައި ކުރިއަށް ދެއެވެ. ގަދަކަނޑު ހުރަސްކޮށްފައި ދޯނި މަންޒިލަށް އާދެއެވެ. ޙަޔާތުގެ ނައު އޮޔާދިޔަދެނީ ކީއްވެހެއްޔެވެ. އީމާންކަމުގެ ނޫރުން ހިތްފުރާލާށެވެ. ދިމާވާދަތިތަކަށް ކެތްތެރިވުމުގެ ބާރުލިބޭނެއެވެ. ކުރިމަތިވާ ކޮންމެ ކަމަކީ އިމްތިޙާނެއް ކަމުގައިދެކޭށެވެ. ފާސްވެއްޖެނަމަ ކާމިޔާބު ލިބުނީއެވެ. ކޮންމެ ކަމެއްގެފަހަތުގައި އެތަކެއް ސިއްރުފޮރުވިފައިވެއެވެ. އެންމެ […]