ލޯބި ހަމަހަމަ ކުރުން
ލޯބި ހަމަހަމަ ކުރުން
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
| މިއީ އިގިރޭސިބަހުން ހަދާފައިވާ ވީޑިއޯ ވާހަކަ އެއްގެ ޚުލާޞާ އެކެވެ. |
މިއީ ހަމައެކަނި ފިރިހެންދަރިފުޅަށް އަޅާލި ބައްޕައެއްގެ ވާހަކައެކެވެ. އަންހެނުން ނިޔާވިއިރު ހަތަރު އަހަރުގެ ފިރިހެންކުއްޖަކާއި ހަ އަހަރުގެ އަންހެން ދަރިއަކު ތިއްބެވެ. އެބައްޕަ އޭނާގެ ފިރިހެންދަރިފުޅުދެކެ މުޅި ހިތުން ލޯބިވިއެވެ. އެކަމަކު އަންހެންދަރިފުޅަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ.ބައެއް ފަހަރު އެދަރިފުޅަށް ޖެއްސުންކޮށް ހަދައެވެ.ސިފަ ހުތުރުވީތީ މަލާމާތްކޮށް ހަދައެވެ.
އަބަދުހެން ފިރިހެންދަރިފުޅަށް އެއްޗެތި ހޯދާ ދޭއިރުއަންހެންދަރިފުޅަށް އެއްޗެއް ގެނެސްދެނީ މަދު ފަހަރަކުއެވެ. އަންހެންދަރިފުޅުކިޔެވުމަށް އެހާ މޮޅެއްނޫނެވެ.ކިޔެވުމުގެ އިތުރުން ގޭތެރޭގެ ކަންތައް ކުރަން ޖެހުމުގެ ސަބަބުންނެވެ. ފިރިހެންދަރިފުޅުއިންޓަރނޭޝަނަލް ސްކޫލަކަށް ކިޔަވަންފޮނުވާއިރު އަންހެންދަރިފުޅު ކިޔަވަން ފޮނުވަނީ އާދައިގެ ސްކޫލަކަށެވެ. އެމީހާ ހީކުރާގޮތުގައި މުސްކުޅިވާ ދުވަހު އޭނަޔަށް އަޅާލާ ހަދާނީ ފިރިހެންދަރިފުޅެވެ.އޭނާގެ ހުރިހާވެސް އުއްމީދެއް ގުޅިފައިވަނީ އެ ފިރިހެންދަރިފުޅާއެވެ.
ދެބެއިންވެސް ބޮޑުވެއްޖެއެވެ.ދެކުދިންވެސް އުޅެނީ ވަޒީފާގައެވެ.އެއްދުވަހަކު ހިނގި އެކްސިޑެންޓެއްގައި ބައްޕަގެ ލޯ އަނދިރިވިއެވެ.އަންހެންދަރިފުޅު ބައްޕަބެލުމަށްޓަކައި ވަޒީފާ ދޫކޮށް ބައްޕަގެ އަސާގަޑަކަށް ވިއެވެ. ބައްޕައަށް ކާންލަވާދީ ހަދައެވެ. ފިރިހެން ދަރިފުޅު ކަހާތަން ހިރުވާވެސް ނުލައެވެ.ބައްޕަގެ ޙާލު ދެކިލާކަށް ނާދެއެވެ.ބައްޕަގެ ބޭހަކަށް ޚަރަދެއް ނުކުރެއެވެ. މަޖަލާއި، މުނިފޫހި ފިލުވުމުގައި އުޅެމުން ދިޔައެވެ.
ބައްޕަގެ ބަލިހާލާއި މެދު އަންހެންދަރިފުޅު ކަންބޮޑު ވިއެވެ. ފައިސާ ހޯދައިގެން ބައްޕާގެ ލޯ އޮޕަރޭޝަން ކުރިއެވެ.ﷲގެ ރަޙުމަތާއިއެކު ބައްޕަގެ ފެނުން އަނބުރާ ލިބުނެވެ. ބައްޕަ އަންހެން ދަރިފުޅު ވީ ޤުރުބާނީ ހެޔޮހިތުން ބަލައިގަތެވެ. ދަރިފުޅާއިދޭތެރޭ ކުރިން ކަންތައް ކުރެވުނު އިހާނެތި ގޮތާއިމެދު ދެރަވެ ލަދުގަނެއެވެ. އަދި ދަރިފުޅުގެ ކިބައިން މަޢާފަށް އެދި ތައުބާވިއެވެ.
ދަރިންގެ މެދުގައި ލޯބި ހަމަހަމަ ކުރަންވާނެކަން ވިސްނުނެވެ.ވަކިޖިންސަކަށްވީތީ ތަފާތު ކުރުމެއްނެތެވެ.ކުދިން އުފެދިފައި ހުންނަ ސިފަތަކަކީ ކުދިން ތަފާތުކުރަން ޖެހޭ ސަބަބަބެއްނޫނެވެ.
