Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަޅެންލޯބި

މަގޭ ހިތުގެ ވިންދު

ismail ali Level 1
December 15, 2023 One Min Read
0 Comments

އައުޅެން

މަގޭ ހިތުގެ ވިންދު

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

މަންމަގެނަން މިހިތުގައި ބިންވަޅު ނެގިފައިވެއެވެ.

މިހިތުގައިވާ ލޯތްބަކަށް ބަދަލުއައުމެއް ނުވެއެވެ.

މިހިތުގައި ޖަހާވިންދު ގުޅިފައިވަނީ ތިޔަހިތާއެވެ.

މަންމަ އަހަރެންގެންގުޅުނީ ޖަވާހިރެއް ފަދައިންނެވެ.

މަންމަގެ ދެއަތުން އަހަރެން ތާހިރުކުރީ އުފަލާއެކުއެވެ.

މަންމަގެ ދެތުންފަތުން އަރިދަފުސް ފޮހެދިނެވެ.

މަންމަގެ ދަތްތަކުން  ކާތަކެތި ހިމުންކޮށް ދިނެވެ.

އަލިފުގައި އަބަފިލިޖެހީމާ އާ ކިޔާށޭ ދަރިފުޅާއޭ ލަވަ ކިޔައެވެ.

ބަލިވެއްޖެ ނަމަ ރޭ ނިދި ނަގާލައި ހޭހަން ކުރެއެވެ.

ފެންވަރުވައިދީ ފުއްޖަހައިދެނީ ހިނިތުންވެ އިނދެއެވެ.

ހިނގަންދަސްކުރި ދުވަސްވަރު މަންމަ ސިހިސިހި އިނދެއެވެ.

އެއްޗަކަށް ބޭނުންވެގެން ކުކުރާލަފާނެތީ ތައްޔާރަށް ހުރެއެވެ.

މަގޭ އުރަށްލައިގެން ހިނގާއިރު އަތުގައި ބޮސްދެއެވެ.

ބަސްމޮށޭން ފެއްޓުމަށްޓަކައި މަންމަބައްޕަ ކިޔައިދިނެވެ.

ފިލާލިޔެދީ ވޮށުފިލާ އަޅާދިން އެދުރުދައިތައަކީ މަންމައެވެ.

ނިދެންދެން ޝަހާދަތްކިޔައިދީ ވާހަކަ ކިޔައިދިނެވެ.

ރަގަޅުގޮތާއި ނުބައިގޮތް އޮޅުންފިލުވައިދިނެވެ.

ތަޢުލީމާއި ތަރުބިއްޔަތު ދިނުމަށް ފޮނުވިއެވެ.

އަތްވާއިވާރޭގައި މަގެއަށްޓަކައި ޤުރުބާން ވިއެވެ.

މިއަދު މަގޭ އެމަންމައަށްޓަކައި ފަޚުރު ވެރިވަމެވެ.

މަންމަވީ ޤުރްބާނީގެ އަގު އަދައެއްނުކުރެވޭނެއެވެ.

މަގޭ މަންމަދެކެ ވަރަށް ވަރަށް ލޯބިވަމެވެ.

ދުވަހަކުވެސް މަންމަ ހިތުގައި ނުޖައްސާނަމެވެ.

މަގޭ ކުޑައިރު މަންމަ ދިން ޚިދުމަތް ދޭން ބޭނުމެވެ.

 

 

 

 

Share Article

Follow Me Written By

ismail ali

Level 1

Other Articles

Previous

އައިނާ (3) 9

Next

އިފްރާ 15

Next
December 17, 2023

އިފްރާ 15

Previews
December 15, 2023

އައިނާ (3) 9



All Right Reserved!