Skip to content
އެސްފިޔަ

އަނިޔާ

އައުޅެން

އަނިޔާ

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

ގެވެށިއަނިޔާގެ ޝިކާރައަކަށްވެ ނިމުނެވެ.

ކައިވެނީގެ ޚުތުބާއިން އަސަރެއްނުކުރިއެވެ.

މަންމަމެން ކައިވެންޏާއި ނުރުހެއެވެ.

އަބަދުވެސްބުނަނީ އެހެންމީހަކުހޯދާށެވެ.

ފިރިމީހާގެ އަސްލުސޫރަ އެނގިއްޖެއެވެ.

ރަޙުމާއި ހަމްދަރުދީ ނުދަންނަ ކަހަލައެވެ.

އަނބިމީހާގެ މަޤާމު އޭނާ ނުދަނެތެވެ.

އަހަރެން ނިކަމެތިކުރުމުން އޭނާ އުފާވެއެވެ.

އެންމެފަހަރަކުވެސް ރުހުމުގެ ލޮލުން ނުބަލައެވެ.

ކުށްދެއްކުމަކީ އާދައަކަށް ހެދިއެވެ.

ކިތަންމެ ކުޑަކަމަކަށްވެސް އަތް އިސްކުރާނެއެވެ.

ބަނޑުފުރާ ކައިގެންވެސް ބުނާނީ ލޮނުގަދަ ވާހަކައެވެ.

އަނބިމީހާއަށް ޝުކުރުގެ ބަހެއް ބުނަން ޖެހިލުންވެއެވެ.

ދޮށިއެޅުން ފިޔަވައި އެހެންކަމެއް ނުދަންނަކަހަލައެވެ.

ވޭންލިބޭގޮތަށްނޫނީ އެއްކަމެއްވެސް ނުކުރެއެވެ.

ދަރިއަކު ހޯދުމުން އަހަރެން މަޙްރޫމު ކުރިއެވެ.

އަހަރެން މަންމައަކަށް ދުވަހަކުވެސް ނުވެވޭނެއެވެ.