ޢާއިލީ ސުލޫކުން ކުރިއަސަރު އިސްމާޢީލްޢަލީ ކަނދޮޅުދޫ މިއީ އިގިރޭސި ބަހުން ހަދާފައިވާ ވީޑިއޯއެއްގެ ދިވެހި ތަރުޖަމާއެކެވެ. ބައެއް ބަދަލު ގެނެސްފައިވާނެއެވެ. އަހަރެން މަސައްކަތުގެ ވަރުބަލިކަން ފިލުވާލައި ސިކުޑިއަށް އަރާމު ހޯދާލުމުގެ ބޭނުމުގައި އޮފީހާއި އިންވެގެން ހުންނަ ރެސްޓޯރެންޓަށް ވަދެ ކޮފީއަކަށް އޯޑަރ ދިނުމަށްފަހު ގޮޑީގައި އިށީދެ ލީމެވެ. އެވަގުތު ކުޑަކުދިން ހިމޭނޭ ޢާއިލާއެއް ރެސްޓޯރެންޓާއި ދިމާއަށް އަންނަތަން ފެނުނެވެ. އަހަރެން ހިތަށް އެރިއެވެ.ކަންތަކާއި ޖެހުނީއެވެ. މިމީހުން ވަރަށް އަޑުގަދަވާނެއެވެ.އޭރުން އަހަންނަށް އަރާމު ލިބުމުގެ ބަދަލުގައި […]
އައުޅެން މަންމައާއި އެކުގައިވަމެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ލޯބިވާ މަންމަގެ ހަނދާންތައް ފިލައިނުދެއެވެ. ނިދާއިރު މަންމަގެ ނާނާގެ އަޑު އިވޭކަހަލައެވެ. ނިދުނީމާ ހުވަފެނުގައި ފެންނަނީ މަންމައެވެ. ހޭލެވެނީ މަންގެ ނަސޭހަތުގެ ބަސްކޮޅަކާއެކުއެވެ. ކުޑައިރު ނިދީ މަންމަގެ ނާނާޔާ އެކުގައެވެ. ޝަހާދަތް ކިއުމަށް އަބަދުމެ ހަނދާން ކޮށްދެއެވެ. ފަތިހު ތެދުވުމުގެ އާދަ ހަރުލައްވައިދިނެވެ. ދުވަސް ފަށަންވާނީ ފަތިސް ނަމާދުންނޭ ބުނެއެވެ. ފިލާ ހިފައިގެން މަންމައާއެކު އެދުރުގެއަށް ދަމެވެ. ލިޔަން ކިޔަން ދަސްކޮށްދިނީ މަންމައެވެ. ދުރޫސްލްއާޚްލާގެ ފިލާވަޅުތައް ހިތުދަސްކުރުވިއެވެ. މިހާރުވެސް […]
މަންމަގެ މާބޮނޑި އިސްމާޢީލްޢަލީ ކަނދޮޅުދޫ މިއީ އިގިރޭސި ބަހުން ހަދާފައިވާ ވީޑިއޯއެއްގެ ދިވެހި ތަރުޖަމާއެކެވެ. ބައެއް ބަދަލު ގެނެސްފައިވާނެއެވެ. މަންމަ ދެކެ ވަރަށް ލޯބިވާ ޒުވާނެކެވެ. މަންމައަށް ހަދިޔާއަކަށް މާބޮނޑިއެއް ފޮނުވުމުގެ ބޭނުމުގައި މާވިއްކާ ފިހާރައަކަށް މާބޮނޑިއަކަށް އޯޑަރ ކުރުމަށްޓަކައި ދިޔައެވެ. މިގޮތަށް އޯޑަރ ކުރުމުން ވަކި މުއްދަތެއްގެ ތެރޭގައި މާބޮނޑި ގެނެސްދޭނެއެވެ. ފިހާރައާއި ކައިރިހިސާބެއްގައި ކާރުޕާކް ކޮށްލުމަށްފަހު ކާރުންފޭބި ވަގުތު އެތާ މަޑުކޮށްލައިގެން އިން ކުޑަ އަންހެން ކުއްޖަކު އޭނާއަށް ފާހަގަ ކުރެވުނެވެ. އެކުއްޖާ ގިސްލަމުންދާތީ […]
އައުޅެން ހިތުގެ ރަސްގެފާނު އިސްމާޢީލް ޢަލީ ކަނދޮޅުދޫ މިހިތުގެ ކޮންމެ ވިންދަކީ ތިބާގެ ޙައްޤެކެވެ. ތިބާގެ ނަން މިހިތުގައި ބިންވަޅު ނެގިފައިވެއެވެ. ފެންނަ ކޮންމެ ކަރުދާސްގަޑެއް ތިބާގެނަމުން ފުރާލަމެވެ. ތިބާގެ ގާތްމީހުންފެނުނީމާ އުފާވެރި އިޙްސާސް ކުރެވެއެވެ. ތިބާއަށްޓަކައި ޒީނަތްވުމަށް ވަގުތު ހޭދަކުރަމެވެ. ތިބާ ފެނުމުން ހިތްއަވަސްވެ ފިނިވާގޮތްވެއެވެ. ލޯބީގެ މެސެޖްތައް ތިބާއަށްޓަކައި ތައްޔާރުކުރަމެވެ. ތިބާ ފެންނަން ނެތަސް ތިބާގެމީރުވަސް ލިބެއެވެ. ތިބާއާއެކު ހޭދަކުރެވޭ ވަގުތުތަކުގެ އަގުބޮޑެވެ. ތިބާގެ މެސެޖެއް ލިބިފައިވޭތޯ އިރުއިރުކޮޅާ ބެލެއެވެ. ތިބާގެ ހޫނު އިހާސާސް […]
ދެ އަނިޔާ އިސްމާޢީލްޢަލީ ކަނދޮޅުދޫ މިއީ އިގިރޭސި ބަހުން ހަދާފައިވާ ވީޑިއޯއެއްގެ ދިވެހި ތަރުޖަމާއެކެވެ. ބައެއް ބަދަލު ގެނެސްފައިވާނެއެވެ. އަހަރެންގެ ޢުމުރުން އެންމެ ފަސްއަހަރުގައި މަންމަ އަހަރެން ޔަތީމުޚާނާއަކަށް ޙަވާލުކުރިއެވެ. އެގޮތަށް ނުހެދުމަށް އެދި އަހަރެން ރޮއިއާދޭސް ކުރަމުން ދަނިކޮށެވެ.އޭގެ ފަހުގައި މަންމަވީތަނެއް އަހަރެންނަކަށް ނޭގެއެވެ. އަހަރެންބޮޑުވީ ޔަތީމުޚާނާގައެވެ.އަހަރެން އެތަނުން ނުކުތުމަށްޓަކައި ކިޔެވުމަށް ވަރަށްބޮޑަށް ސަމާލުކަންދިނީމެވެ. ކިޔެވުން ނިންމުމަށްފަހު ރަގަޅުވަޒީފާއެއް ލިބުނެވެ. ވަޒީފާ އަދާކުރާތަނުން ރީތި ބާމަތިފުޅާ ޒުވާނަކާއި ދިމާވިއެވެ.އެއީ ހަޤީގަތުގައިވެސް ވަރަށް އޯގާތެރި […]
މަންމަގެސިޓީ އިސްމާޢީލްޢަލީ ކަނދޮޅުދޫ މިއީ އިގިރޭސި ބަހުން ހަދާފައިވާ ވީޑިއޯއެއްގެ ދިވެހި ތަރުޖަމާއެކެވެ. ބައެއް ބަދަލު ގެނެސްފައިވާނެއެވެ. މިއީ މަންމައަކު އޭނާގެ ދަރިފުޅަށް ހިތުގެ ފުންމިނުން ލިޔެ ފޮނުވާ ފައިވާ ސިޓީއެކެވެ. މިސިޓީ ފޮނުވާފައިވަނީ ދާދިފަހުން ކައިވެނިކޮށްފައިވާ އެމަންމަގެ ފިރިހެން ދަރިފުޅަށެވެ.މިސިޓީން އަޅުގަޑުމެންނަށްވެސް ލިބިދާނެ ފިލާވަޅުތަކެއް ވެއެވެ. އެސިޓީގައި ވަނީ މިފަދައިންނެވެ. ލޯބިވާ ދަރިފުޅާއެވެ. މިސިޓީ ލިބުމުން ދަރިފުޅަށް ޙައިރާން ކަންލިބިގެންދާނެކަން މަންމައަށް އެނގެއެވެ.ނަމަވެސް މަންމަ ހިތުގެ ޝުޢޫރު ހާމަކުރުމަކީ މުހިއްމު ކަމަކަށް ދެކޭތީ ހާމަ ކުރަމެވެ. […]
ތިބާގެ ޙަޔާތް އުފާވެރިކުރާށެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ދުނިޔޭގައި އުފާވެރި ކަމާއިއެކު ކޮންމެމީހަކުވެސް ދިރިއުޅެން ބޭނުން ވެއެއެވެ. ނަމަވެސްއަބަދަކު މިފުރުޞަތެއް ނުލިބިދާނެއެވެ. ދުނިޔެ ހިގަނީ ތޮށަލި ދުޅައަށް ކަމުގައިވާތީއެވެ. ދުނިޔޭގައި އުފަލާއި ހިތާމަ އެކުލެވޭތީއެވެ. ދުނިޔެދައްކާ ކުލަތައް ތަފާތުވީމައެވެ.ދުނިޔޭގެ ކަންކަން ހިނގަނީ ވަކި އުސޫލަކުންނެވެ.މިއީ އިމްތިޙާނު ކުރުމުގެ މަޙައްލެކެވެ. އުފާވެރި ޙަޔާތަކަށް އެދޭނަމަ ތިބާގެ ހިތަށް ހިތްދަތިކަން ގެނެސްދޭ ކަންކަމުން ދުރުވެ ހުރުމާއި އެކު ހިތަށް އުފާވެރިކަމުގެ އިޙްސާސް ގެނެސްދޭ ކަންކަން ކުރުމަށް ތައްޔާރުވާށެވެ. ޙަސަދަވެރިކަމުގެ އަލިފާން […]
އައުޅެން ކަލާދެކެ ލޯބިވެވިއްޖެއެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެންނަށް ޙަޤީޤަތުގައިވެސް ކަލާދެކެ ލޯބިވެވިއްޖެއެވެ. ކަލާގެ ރީތިސޫރަ މިހިތުގައި ކުރެހިއްޖެއެވެ. ދުވަހަކުވެސް ފަނޑުނުވާފަދަ ދެއްޔަކުންނެވެ. ކަލާގެ އަޑުގެ ފޮނިކަން ޖާދޫއެއްފަދައެވެ. ފަޒާގެ ތެރެއިން އަބަދުމެ އިވެނީ ކަލާގެ އަޑެވެ. ކަލާގެ އަޅާލުން މަންމަގެ އުނގުފަދައެވެ. އެއީ ފުއްކަފަ ގޮދަޑިއަކަށްވުރެ އަރާމު ތަނެކެވެ. ކަލާގެ ހިނިތުންވުން ބަހާރުމޫސުމް ފަދައެވެ. ކުލަކުލައިގެ މާތައް ފެނުމުން ކުރެވެނީ އެއިހްސާސްއެވެ. ކަލާފެނުމުން ހިތުގެ ވިންދު އަވަސްވެއެވެ. ކަލާނުފެނި ގިނައިރުވީމާ ފޫހިކަން ވެރިވެއެވެ. ތިބާއަކީ ﷲގެ […]
އައުޅެން ކުށް ކުރެވިއްޖެއެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެންނަށް ކުށެއް ކުރެވުނީމާ އެނގެއެވެ. އަހަރެންނަށް ދެރަ އިހުސާސް ކުރެވެއެވެ. އަހަރެން ކަރުނަ އަޅާލަމެވެ. ނިދި ގެއްލިފައި އިނދެވެއެވެ. އެކަމާ ވިސްނާލުން ހުއްޓާނުލަމެވެ. އެކަމުން ނުކުމެދާނެ ހިތިނަތީޖާއާމެދު އެވެ. މީހުން ދައްކާފާނެ ވާހަކަ އާމެދު ކަންބޮޑުވެއެވެ. އެކުށް ކުރީ ހިތްހަމަ ޖައްސާލުމަށެވެ. އެއަށްފަހު ހިތް ރޫރޫއަޅަނީއެވެ. މީހާ ހާސްވެ ފިކުރުބޮޑުވަނީއެވެ. މީހެއްގެ ހިލަމެއްވީތޯ އެކިދިމަދިމާ ބެލެނީއެވެ. ކެމަރާ ހަރުކުރެވިފައިހުރިތޯ ޗެކު ކުރެވުނެވެ. ހިތަށް އެއްވެސް ހަމަޖެހުމެއް ނުލިބުނެވެ. އަވަހަށް […]