“ނޫން. އަސްލު އަހަރެން މިކޮޅަށް މިއައީ ވެސް މިއަދު. އާލް އަކަށް ވެސް އެކަމެއް ނޭންގޭނެ. އާލް ކާރިއަށް މިއައީވެސް ހޭނެތުނު ފަހުން. އަހަރެން ފެނުނީމަ އާލްއަށް ޝޮކްޖެހޭނެ. އެއީ ކުރީގެ ހަނދާންތައް އާވާތީ.. އުމުރުން ތޭރަ އަހަރުގަ އާލްގެ ރަހުމަތްތެރިން ނާ އާލް ވަނީ ހިނގި އަލިފާނުގެ ހާދިޘާއެއްގަ މަޒީ ހަނދާން ނެތިފަ. އެ ހުރިހާ ކަމަކުން ވެސް އެންމެ ބޮޑުވަރުވީ މަގޭ ދަރިއަށް. ދެއަހަރު ކޯމާގަ އޮތުމަށްފަހު އޯލެވެލް ވެސް ހެދީ ވަރަށް ހާލުން. […]
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. އަލާނިޔާ ރީތިވަމުން ދިޔައީ އެކުވެރިންނާ ބައްދަލު ކޮށްލުމަށް ރަސްފަންނަށް ގޮސްލާށެވެ. ހުދުކުލައިގެ ކްރޮޕް ގަމީސްކޮޅަކާ ކަޅު ސިކިނީ އެއްލައިންހުރި އިރު އެބައްޓަން ރީތި ހަށިގަނޑު ވަރަށްވެސް ފުރިހަމައެވެ. އިސްތަށިގަނޑަށް އެއްވެސް ގޮތެއް ނުހަދާ މިނިވަންކަމާއެކު ދޫކޮށްލެވިފައިވާއިރު އެ ސާދަކަމަށް އެތައްބައެއް ފިދާވާހާ ވެއެވެ. އަނެއްކޮޓަރީގައި އުޅޭ ޔުސްރާވެސް ރީތިވެލައިން ނިކުތްއިރު ހީވަނީ ހޫރު ޕަރީއެއްހެނެވެ. ލުއި މޭކަޕެއް ކޮށްފައިވާއިރު ރަތް ލޭކުލަ ޖައްސާލެވިފައިވާ ތުންފަތް އެ ދޮން މޫނު ފުރިހަމަ ކޮށްދީފައިވެއެވެ. ދަނބު […]
“އަވްފް….ހެހެ..ވޫޕްސް.. ތަދުވި؟..ދެމް ކޮން ތަދެއް ވާނީ. ކަލެޔަކަށް ނޭންގޭނެ މިހާރު އެއީ ކޯޗެއް ކަމެއް. ހިއް. ހެހެ..އަވްފް” ކޮޓަރި ތެރެއިން އިވެމުން ދިޔައީ މީހަކު ހީހީފައި އެއްޗެއް ކަފަމުން ދިޔަ އަޑެވެ. ކުއްލިޔަކަށް މުޅިތަމުގައި ވަރުގަދަ އެލާމެއްގެ އަޑުހިފާލިއެވެ. ދެން ފެނުނީ ފުލުހުންގެ ވަރުގަދަ ތީމެއް އައިސް އެކޮޓަރިތެރެއަށް ވަދެގަތް ތަނެވެ. ފެނުނު މަންޒަރުން ގިނަ ފުލުހުންނާ ސިފައިން ތިބީ މޭ ނުބައި ކޮށްފައެވެ. މާސްކެއް އަޅައިން އިން މީހެއްގެ ކައިރީ އެއޮތީ މަރުވެ ކުނިވެފައިވާ މީހެކެވެ. […]
“އަވްފް….ހެހެ..ވޫޕްސް.. ތަދުވި؟..ދެން ކޮން ތަދެއް ވާނީ. ކަލެޔަކަށް ނޭންގޭނެ މިހާރު އެއީ ކޯޗެއް ކަމެއް. ހިއް. ހެހެ..އަވްފް” ކޮޓަރި ތެރެއިން އިވެމުން ދިޔައީ މީހަކު ހީހީފައި އެއްޗެއް ކަފަމުން ދިޔަ އަޑެވެ. ކުއްލިޔަކަށް މުޅިތަމުގައި ވަރުގަދަ އެލާމެއްގެ އަޑުހިފާލިއެވެ. ދެން ފެނުނީ ފުލުހުންގެ ވަރުގަދަ ތީމެއް އައިސް އެކޮޓަރިތެރެއަށް ވަދެގަތް ތަނެވެ. ފެނުނު މަންޒަރުން ގިނަ ފުލުހުންނާ ސިފައިން ތިބީ މޭ ނުބައި ކޮށްފައެވެ. މާސްކެއް އަޅައިން އިން މީހެއްގެ ކައިރީ އެއޮތީ މަރުވެ ކުނިވެފައިވާ މީހެކެވެ. […]
އެތަނުގައި ތިބި އެންމެންގެ ލޮލުން ކަރުނަ ފައިބަމުން ދިޔައިރު އެ ޖާދުވީ އަޑުގައިވި ވޭނުގެ ސަބަބުން އެންމެ ފުން އަސަރެއް ކުރީ ދިނިންއަށެވެ. ޝަމްހާ އެންމެ ބޭނުން ވީ ދުވަހު އޭނާގާތު ނުހުރެވުމުން ދިނިންގެ އަނގައިން ވޭނީ އާހެއް ބޭރުވިއެވެ. ޝަމްހާގެ ވާހަކައި ގެ ވަކި ހިސާބަކުން އޭނާގެ އަޑުބެދެން ފެށިއެވެ. ނޭވާހާސްވާން ފެށިއެވެ. ނަމަވެސް ޝަމްހާ ދިޔައީ ހިތްވަރު ކުރަމުންނެވެ.” ކޮންމެ ދުވަހަކު..އެތަށްބަޔެއްގެ އުފާ..އަހަރެންގެ މޭ ހީވަނީ އިރައިން ދާހެން…ދުވާލަކު އެތަށް ފަހަރަކު…ކޮންމެ މީހެއްވެސް…އަހަރެން..ހަނު..ހު..ހުރީ، ދަރިފުޅުގެ […]
“އިޒް ދިސް ސެންޓް ހޮޓެލް؟ އައި ޖަސްޓް ރިސީވްޑް އަ މެސެޖް ފްރޮމް މިސްޓާ ނިޒާމް. ހީ ވޯންޓްސް ޓީ އަޕްދެއާ. މޭ އައި ނޯ ހިސް ރޫމް ނަމްބާރ؟ އައިއެމް އެފްއެންޑް ބީ މެނޭޖާ ޖިވިއަން ސިންގް.” ދިނިން އެތަނާ ބެހޭ ގޮތުން ހޯދި ހޯދުން ތަކުގެ މައްޗަށްބިނާ ކޮށް މޮޅު ވާހަކައެއް ހަދާލިއެވެ. ހީކުރި ގޮތަށް ވަރަށް ފަސޭހައިން ރޫމް ނަންބަރު ވެސް ލިބުނެވެ. ކޮޅު ކޮޅުމައްޗަށް ހިނގަމުންދާ މީހުންގެ ތެރެއިން އިސްޖަހާލައިން ދިނިން […]
އަނެއްކާ މިހާރު ދިނިންގެ ކޮއްކޮވެސް މިހާލުގައި ޖެއްސީ އެނިޒާމު މެންކަން އިނގިއްޖެޔާ ދިނިން ގޮސް އޭނާ މަރާވެސް ލައިފާނެއެވެ. ނަމަވެސް މިއަދު ހަގީގަތް އެންމެންގެ ކުރިމައްޗަށް ފާޅުކޮށްދެވެން އޮތްއިރު މިފުރުސަތު ނަގާލާކަށް ފަރްހީން ބޭނުމެއްނުވިއެވެ. އެހެންކަމުން ޝަމްހާގެ ހަޔާތުގައި ހިނގި ހުރިހާމެއްވެސް ފަރްހީން ރޮއެރޮއެފައި ދިނިންއަށް ކިޔާދިނެވެ. ދިނިން އަށް ވެފައި ހުރި ގޮތެއްވެސް ނޭންގެއެވެ. މީހާ ހުރީގަބުވެފައެވެ. ފަރްހީން ދިނިންގެ ގާތަށް ދިއުމަށް ފިޔަވަޅެއް އަޅާލި ހިނދު ކުއްލިއަކަށް ދިނިން ބަޑިއެއްހިފައިން ބޭރަށް ނިކުންނަންދާން މިސްރާބު […]
ޝަމްހާ އަށް ހަމަ ރޮވެނީއެވެ. އޭރު ސަމާ އޮތީ ޝަމްހާންގެ ކޮނޑުމަތީއެވެ. އެމާޖެންސީކޮށް ޒިޔާން ގެނައިއިރު ޝަމްހާންގެ މޫނުގައި ވެސް ވަނީލެޔެވެ. ފަސް ވަރަކަށް މިނެޓު ފަހުން ޑޮކްޓަރު ނިކުތެވެ.” އައި އެމް ސޮރީ..ހީ އިޒް ނޯމޯ” ލިބިގެންދިޔަ ޝޮކާއެކު ޝަމްހާއަށް ހުރިތަނަށް ތިރި ވެވުނެވެ. ޝަމްހާންވެސް ސަމާ ގޮވައި އިށީނދެލީ ކުރާނެ އިތުރު ކަމެއް ނޭންގުމުންނެވެ. މީހަކަށް ފަހު މީހެއް އެމީހުންނާ މި ވަކިވަނީ ކާކުގެ ކޮންކުށެއް އޮވެގެން ބާއޭ ދެމީހުންގެ ހިތަށްވެސް އަރަމުން […]
ހުޅުލެއަށް ދެވުމާއެކު އެކޮޅުގައި ހަރަކާތް ތެރި ވާފުލުހުން އައިސް ހެޑް އިންސްޕެކްޓާރ ޔާ ބައްދަލުކުރިއެވެ. “ހީވަނީ މަތީ ބޭފުޅެއްގެ ކަމެއްހެން ދިޔަ ގައުމު ފުހެފަ ހުރީ.. ނޯ ޑޭޓާ….އެއްކަލަ މައްސަލައިގަ ވެސް ޝައްކުކުރެވުން މިނިސްޓާރ ހެން ހީވަނީ…” އެމީހާ އެހެން ބުނެލުމާއެކު ޝަމްހާން މެންނަށް އަނެއްކާވެސް އިސް ޖަހާލެވުނެވެ. ޝަމްހާވެސް ޝަމްހާން ގެ ކޮނޑުމަތީ އަތް ބާއްވާލިއެވެ. އެވަގުތު ޝަމްހާންގެ ހިތުގައި ހިނގާލީ މުޅިން ތަފާތު ޝުއޫރެކެވެ. ނަމަވެސް އެ ހިނދުކޮޅު ދެމިގެން ދިޔައީ މަދު ސިކުންތު […]