
އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ބާރަވަނަ ބައި)
ވަރަށް ބުރަ މަސައްކަތަށްފަހު އެންމެ ފަހުން ޝިފާން ފެނުނީ ބާރަޖަހަން ގާތްވެފައި ވަނިކޮށެވެ. އޭރުވެސް އޭނާއިނީ އެބުނާ ރައްޓިއްސެއްގެ ގޭގައެވެ. ޝިފާން ފެނުމާއެކު ލައިތް ދިޔަގޮތަށްގޮސް ޝިފާންގެ ގިރުވާނުގައި ހިފާ ބާރު ކޮށްލިއެވެ.
“ކަލޭ…ލާނީ ކޮބާ!!” ލައިތް ހީވީ ޝިފާން ކާލަން އުޅުން ހެނެވެ. އެންމެ ފަހުން އެދޭތެރެއަށް ވަންނަން ޖެހުނީ ލައިތް އާއެކު އައި އެރަށޔގައި ޕެޓްރޯލުކުރަން އުޅުން ފުލުހުންނަށެވެ. ޝިފާންގެ ގައިން ދޫކޮށްލުމަށްފަހުވެސް ލައިތް ހަމަޔަކަށް ނޭޅެއެވެ. މުލައިލްވެސް ހުރީ ނުހަނު ރުޅިގަދަވެފައެވެ. ނަމަވެސް އެއްވެސް ހެތްކެތް ނެތި އެއްވެސް މީހަކާ ދިމާއަށް އިނގިލި ދިއްނުކުރެވޭނެތީ މުލައިލް ރީއްޗަށް ވާހަކަދައްކަން ފެށިއެވެ. ” ޝިފާން!. މިކުރާ ސުވާލުތަކަށް ރަނގަޅަށް ޖަވާބު ދޭންވީ އިނގޭ. މިހާރު މިއުޅެނީ މިރޭ ހަތްގަޑި ސާޅީހުން ފެށިގެން އަލާނިޔާ ގެއްލިގެން. އެއީ ގާގްގަނޑަކަށް ޝިފާންވެސް ހޮސްޕިޓަލުން ނިކުތް ގަޑި. އަހަރެމެންނަށް ތުހުމަތު ކުރެވޭ ކޮންމެ މީހަކާވެސް މިގޮތަށް ސުވާލު ކުރެވޭނެކަން ޝިފާންއަށް މާކުރިންވެސް އިނގޭނެ. އެހެން ވީމަ އެއްވެސް އެއްޗެއް އިނގޭނަމަ އަވަހަށް ބުނަންވީ. މިގެއަށް އަންނަމަގު ވެސް އިންނަނީ އެ ފިހާރަ ކުރިމަތީގަ އެއްނު.”
މުލައިލް އެހެން ބުނެލުމުން ސިހިފައި ޝިފާން ދެލޯބޮޑުކޮށްލިއެވެ. “ވަޓް!!!.. ތިމީހުން ތިބުނަނީ އަހަރެން އަލާނިޔާ ކިޑްނެޕްކުރީއޭތަ؟؟!!!. ނޫން. އަހަންނެއް ނުކުރަން. އެހެން ނޫނަސް އެކަމުން އަހަންނަކަށް ފައިދާއެއް ނުވެސް ވާނެ ދޯ. ދެން ތިބުނަނީ އެ މަގުގެ ވާހަކަ. އެ މަގުން ކިތަންމީހުން ދާނެ؟ ޑޫ ޔޫ އީވެން ހޭވް އެނީ ޕްރޫފް؟” ޝިފާން އޭނާގެ ވާހަކަތަށް އެކުލަވާލީ ދެން އިތުރަށް އެހެން އެއްވެސް މީހަކަށް އޭނާއާ ދިމާލަށް އިނގިލި ދިއްނުކުރެވޭނެފަދަ ގޮތަކަށެވެ.
ލައިތްވެސް ރުޅިގަނޑު މައިތިރި ވުމުން ޝިފާން ބުނި އެއްޗަކާ މެދު ވިސްނާލިއެވެ. ހެތްކެތްވެސް ނެތުމާއެކު އިތުރު ގޮތެއް ނުހެދޭނެތީ ޝިފާން އިތުރު ތަހުގީގަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެން ދެވުނެވެ. ނަމަވެސް އަލާނިޔާ ހޯދަން ކުރަމުން ދިޔަ މަސައްކަތަކަށް ބަދަލެއް ނުގެނެއެވެ.
“ތިހިރަތާ ވަލުތެރެ ބަލަންވީނު.” މުލައިލް ހިޔާލެއް ދިނެވެ. އެއީ އެ މީހުން އުޅޭ ހިސާބާ ފުދޭވަރަކަށް ދުރު ހިސާބަކަށް ވިޔަށް އެންމެ ފަހުން ތިން މީހުން ގަސްތުކުރީ އެތާ ތެރެޔަށް ވަންނާށެވެ. ގަޑިން މެންދަމުން ދޭއް ޖަހާފައި ވީއިރު ހަނދުވަރުގެ އަލިކަމުގެ އިތުރަށް އެތަން އަލިވެފައިވަނީ އެމީހުންގެ ފޯނުތަކުންނެވެ. ޔުސްރާވެސް ހިތްވަރު ކޮށްލާފައި ހޯދަމުން ދިޔައީ އަލާނިޔާ އަކީ އޭނާގެ ފުރާނަފަދައިން ލޯބިވާ ކުއްޖަކަށް ވުމުންނެވެ. އެންމެ ކުރީގައި ހުރި ލައިތް މުޅިން ހިމޭންވެފައި ހުރިއިރު އެކަކަށް ނުފެނުނަސް އެ ލޮލުގައި ތާޒާ ކަރުނަ ވިއެވެ. އެންމެން ގެ ސަމާލުކަން ހުއްޓިގެން ދިޔައީ އެއްޗެއްގައި އަޅައިގަނެފައި ލައިތް، އަނގަވަތަށް ވެއްޓުމުންނެވެ. “މީހެއް މީހެއް!!!!” ޔުސްރާއަށް މީހެއްގެ އަތްފެނުމާއެކު ހަޅޭއްލަވައިގަތެވެ. ލައިތްވެސް ތެދުވެ ހަށިފޮޅާލުމަށްފަހު ތިރިޔަށް ރަނގަޅަށް ބަލައިލިއެވެ.”މުލް.. އޭ..އަލިކޮށްބަލަ މިތަނަށް. މިއޮތީ ލާނީ!!!!” ލައިތްގެ އަޑު ކުރެހިގެން ދިޔައެވެ. ރަނގަޅަށް އަލިކޮށްލުމުން އެއީ އަލާނިޔާ ކަން އިނގުމާއެކު އެންމެ ފުރަތަމަވެސް އެމީހުން ބެލީ އަލާނިޔާ ނޭވާލާތޯއެވެ. ވަރަށް އުނދަގުލުން ލަސްލަހުން ނޭވާލަމުން ދިޔަ އަލާނިޔާގެ ހާލު ދަށަށް ދަމުން ދިޔައިރު އޭނާގެ ނިއްކުރިން ތަންގަނޑެއް ފަޅައިގެން ގޮސް އެތަނުން އައިސްފައި ހުރި ލޭވަނީ ހިކިފައެވެ. ހަމަ އެޔާއެކު އޭނާލައިގެން ހުރި ހެދުމުގައިވެސް ލޭ ހުރިއިރު އޭނާގެ ގައިން ލޭ މަދުވެފައިވާ މިންވަރު އަންދާޒާވެސް ކޮށްލާކަށް އެއިން އެކަކަށްވެސް ނޭންގުނެވެ.
“މުލައިލް ކޯލިންގް ޕްރައިވެޓް ނާފިޒް…ދެކުނު ފަރާތު ދަނޑާ ދިމާލުން ހުރި ގަސްތަށް ކާރިޔަށް ވަރަށް އަވަހަށް އެމްބިއުލާންސް…ތިމީހުންވެސް އައިސްދޭތި… އަލާނިޔާފެނިއްޖެ. އައި ރިޕީޓް. އެންމިބިއުލާން ފޮނުވާލަދީ.. އޯވާރ” މުލައިލް އޭނާގެ ޖީބުގައި އޮތް ވޯކީ ޓޯކީ ނެގުމަށްފަހު އެހީއަށް އެދުނެވެ. އޭރު ލައިތް އަލާނިޔާ އޭނާގެ އަތްދަނޑި މައްޗަށް ލައިފިއެވެ. ތިން މީހުން އެއްކޮށް އަލާނިޔާ ގޮވައިގެން އެތަނުން ނިކުތްއިރު އެތަނަށް އެންބިއުލާން އައިސް އޮތެވެ. މުލައިލް އަދި ނާފިޒްމެން އތާތެރެއަށް އަލުން ވަނީ އިތުރު އެއްޗެއް ފެނޭތޯއެވެ. ލައިތް އަދި ޔުސްރާ އަލާނިޔާ ގޮވައިގެން މަރުކަޒަށް ނައްޓާލިއެވެ.
“ޕޭޝަންޓްގެ ހާލު ވަރަށް ދެރަ. ވަރަށް ބައިވަރު ލޭ ބޭނުންވޭ. ސީ އެންބިއުލާންސް އަށް ގުޅައިފިން. މިތަނަކުން ބޭނުންވާ ފަރުވާއެއް ނުދެވޭނެ.” ޑޮކްޓަރުގެ އެވާހަކައިން ލައިތް މާޔޫސްވީވަރުން އެތަނުން ގޮނޑިއަކަށް ތިރިވެލިއެވެ. ޔުސްރާއަށް މި މަންޒަރު ފެނުމާއެކު އަވސް އަވަހަށް ލައިތްގެ ގާތަށް ޖެހިލިއެވެ. އޭރު އިސްދަށަށް ޖަހާލައިގެން ހުރެ މުލައިލްވެސް އެދިމާއަށް އާދެއެވެ. “ސާރ! އަލާނިޔާގެ ފޯނުފިޔަވާ އިތުރު އެއްޗެއް ނުފެނުން.” މުލައިލް ލައިތް އާ އެގޮތަށް ވާހަކަ ދެއްކީ އެތަނުގައި އާއްމުން ތިބުމުންނެވެ. މުލައިލް ވެސް އެތާހުރި ގޮނޑިއެއްގައި އިށީނީ ޑޮކްޓަރު ނިކުންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ.
އިމާޖެންސީ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ނިކުމެގެން އައި ޑޮކްޓަރު ފެނުމާއެކު އެންމެންވެސް ތެދުވިއެވެ. “މިހާރު ޕޭޝަންޓް މި ފޮނުވާލީ އެންބިއުލާންސަށް. މިކޮޅުން ޑޮކްޓަރެއް ނުދޭ. އެއީ ޑޮކްޓާ ޔުސްރާ ހުންނެވީމަ. ދެން މިއުތީ ޕޭޝަންޓް އަތުތެރޭ އޮތް ލިޔުން ކޮޅެއް.” މުލައިލްގެ އަތަށް އެ ގަނޑު ކޮޅު ލައިދެމުން ޑޮކްޓަރު ދިޔައެވެ. އެޔަށް މާބޮޑު ސަމާލުކަމެއް ނުދީ ލައިތްމެން ދިޔައީ އަލާނިޔާ އާއެކު މާލެ ފުރުމަށެވެ. އެމީހުންނާއެކު ޝިފާންވެސް ގެންދެވުނެވެ. މާލެ އާދެވުމާއެކު އައި.ޖީ.އެމް.އެޗް ހޮސްޕިޓަލަށް އަލާނިޔާ ގެންދެވުނެވެ. އަލާނިޔާ ވެއްދުނު ކޮޓަރިއަށް ޔުސްރާވެސް ވަދެގެން ދިޔައިރު މުލައިލްމެން ތިބީ އެތާ ބޭރުގައެވެ. މުލައިލް ސިނާއަށް ގުޅަންއުޅުމުގެ ތޭރެގައި ރުއާގެ މާލޭ ނަންބަރަށް ގުޅާލިއެވެ. އެޔާއެކު މުލައިލް ހައިރާން ވެގެން ދިޔައީ ފޯނު ރިންގު ވެގެން ދިއުމުންނެވެ. މުލައިލް އަކަށް އެއްގޮތަކަށްވެސް ވާނުވާއެއް ނޭންގުނެވެ. ރުއާ ރާއްޖޭގައި ނެތްއިރު އެނަންބަރު ރިންގު ވާންވީ އެއްވެސް ސަބަބެއް އޭނާއަކަށް ނޭންގުނެވެ.
އެ ވިސްނުމުގައި މީހާ ހާސްވެފައި އިންދާ ޔުސްރާ ނިކުމެގެން އައެވެ.”ލާނީ މިހާރު އޯކޭ. ރޫމްއަށް ޗޭންޖް ކޮށްފިން. ހިނގާ ދާން ލާނީ ކާރިޔަށް. އިރުކޮޅަކުން ހޭ އަރާނެ” ތިން މީހުން އެތެރެއަށް ވަތްއިރު އަލާނިޔާ އޮތީ ލޯ މަރާލައިންނެވެ. ހީވަނީ ފުންނިންޖަކުން ނިދާލާފައި އޮތް ހެނެވެ. ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން ކަހަލަ ގޮތަކަށް މުލައިލް އޭނާގެ އަތުގައި އޮތް ގަނޑުކޮޅު ނިއުޅާލިއެވެ. އެޔާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
މުލައިލްއަށް ވީ ގޮތުން ލައިތް ގޮސް މުލައިލް ގެ އަތުގައި އޮތް ގަނޑުކޮޅުނެގުމަށްފަހު ބާރަށް ކިޔާލިއެވެ.” ކުޑަކުޑަ ކަމަކާ ތެޅުންވަރު މި ފެނުނީ..އަދި އެއީ ކުޑަވަރެއް. އެކަމު ކީކޭ އެދުވަހު މުލައިލް ބުނީ. އަހަންނަކީ ކަވާރޑް އެކޭ…އަދިވެސް ބުނާނީ އެހެންތަ؟؟!!!” އެ ގަނޑުކޮޅުގައި ވާ ލިޔުން ކޮޅު އެޔޮތީ މުލައިލްގެ ވާހަކަތަކަށް ގޮންޖަހާލާފައެވެ. އެކަކަށް ވެސް ބުނާނެ އިތުރު އެއްވެސް އެއްޗެއް ނޭންގުނު ފަދައެވެ. ކޮންމެ މީހަކުވެސް ކޮޓަރީގެ އެއް ދިމާއެއްގައި މަޑުކޮށްލައިގެން ތިބީ އަލާނިޔާ ހޭއަރާނެ ވަގުތެއްގެ އިންތިޒާރުގައެވެ.
************************************************************
“ބައްޕާ…ކޮންއިރަކު މިކޮޅަށް ދުރުވީ…ކިހިނެއް އަހަރެން ހުންނަނީ މިތަނުގަ ކަން އިނގުނީ..” އެތެރެއަށް ވަދެގެން އައި ޖޮނަތަން އާ މުހާތަބު ކުރީ ރުއާއެވެ. ދެމީހުންވެސް ވާހަކަ ދެއްކީ އިނގިރޭސިބަހުންނެވެ. “އަހަރެން ދަރިފުޅު ކާރިޔަށް އަންނަން ވަކި ވަގުތެއް އޮވޭތަ؟ ކޮބާ މިހާރު ބޭސްކުރަންތަ؟! ރަނގަޅު ޑޮކްޓަރަކާ ދިމާވެއްޖެތަ؟” ޖޮނަތަން އެހެން އަހާލުމާއެކު ރުއާގެ މޫނުމަތިން ހާސްކަން ފާޅުވާން ފެށިއެވެ.
ދަރިފުޅުގެ މޫނުމަތިން ފެނުނު ހާސްކަން ޖޮނަތަންގެ ސުވާލަށް ޖަވާބުދިން ފަދައެވެ. އެވަގުތު ޖޮނަތަންގެ މޫނުމަތިން ދާކިތަށް ވިދާލިއެވެ.” އިނގޭތަ މީ ކިހާ ސީރިއަސް ކަމެއްކަން.!!! މަލްޓިޕްލް ޕާސަނަލިޓީ އަކީ އެކަމަށް ފަރުވާ ހޯދަން ޖެހޭ ކަމެކޭ…ބައްޕަޔަށް ދަރިފުޅު ގެއްލިއްޖެޔާ ކިހާ ދެރަ!! އެހެންނޫނަސް ދަރިފުޅުގެ ތި ހުންނަނީ އާދައިގެ މީހުންގެ ޕާސަނަލިޓީސް އެއްވެސް ނޫން. ވީއިރު ކީއްވެތަ ނުވިސްނެނީ؟؟!!! މޭރީ..ދަރިފުޅު ރާއްޖެ ފޮނުވުވީވެސް އެކަމަށް އެއްބސް ވީމަ ދޯ..އިނގޭތަ ކިތަށް މީހުންގެ ފުރާނަ…އާހް. އަހަރެން މިރޭގެ ފްލައިޓުން ފުރަން. މިހާރު ތިކުޅޭ ފިލްމު ނިމުނީމަ ބައްޕަ ޔާއެކު މޭރީވެސް ޖެހޭނެ އެކޮޅަށް ދާން..”
އެހެން ބުނެލުމަށްފަހު ޖޮނަތަން އެތަނުން ނިކުމެގެން ދިޔައީއެވެ. ރުއާ ވެސް ހުރީ ނުހަނު ދެރަވެފައެވެ. ނަމަވެސް އޭނާ ރާއްޖެ އައީ ބަދަލުހިފަންކަމުން އެކަން ކުރުމަށް އަވަސް ވެގަންނަން ޖެހޭކަމަށް އޭނާހެ ހިތް އޭނާއަށް ވިސްނައިދިނެވެ.
އެއާޕޯޓުގައި އިން ޖޮނަތަންގެ ހިތްވަނީ އަވަސް ވެފައެވެ. ފްލައިޓް ޑިލޭވުމުން އެތަނުގައި ހުރި ގޮނޑިއެއްގައި އޭނާ އިށީނދެ ދެލޯމަރާލިއެވެ. އެވަގުތު މާޒީގެ ބިރުވެރި ސޮފްހާއެއް އޭނާގެ ސިކުނޑި ތެރޭގައި އެނބުރިގަތެވެ.
************************************************************
“ދަރިފުޅާ..ކާން ތެދުވެބަލަ. ދެން އަބަދު ތިހެން ހިތާމަ ކުރަން އޮންނާކަށް ނުވާނު..ދަރިފުޅާ.. މި ދޮރު ހުޅުވަބަލަ. “ޖޮނަތަން މަސައްކަތް ކުރީ އޭނާޣެ ދަރިފުޅު ހަމަޔަކަށް އެޅުވޭތޯއެވެ. ނަމަވެސް ގޮވާ ގޮވާވެސް ނުނިކުތުމުން އެންމެ ފަހުން ޖޮނަތަން އެކޮޓަރީގެ ތަޅުގައި ހިފާލިއެވެ. އޭނާ ހައިރާން ވެގެން ދިޔައީ ތަޅުނުލައި ހުރުމުންނެވެ. އެހެންކަމުން ހާސްވެސްފައި ހުރެ ދޮރުހުޅުވާލިއިރު އޭނާގެ ދަރިފުޅު އެނދުމަތީގައި ދެފައި ވައްކޮށްލައިގެން އިނެވެ. އަތުގައި ވަޅިއެއްވެސް އޮތެވެ.
“މަރީ…ކިހިނެއް…ކީއް..ކުރަނީ…” ޖޮނަތަން ބިރުންހުރެ އަހާލިއެވެ. އެވަގުތު މަރީ އޭނާއަށް ދިމާއަށް ދަހިވެތި ނަޒަރަކުން ކަޅި އަޅައިލަމުން ފުނަމައިގެން ތެދުވިއެވެ. ސިއްސައިގެން ދިޔަވަރުން ޖޮނަތަން ފާޑަކަށް ވެއްޓުނެވެ. “މް..މް..މަރީ…” މަޑުމަޑުން އޭރު މަރީ އޭނާޔާ ދިމާއަށް އާދެއެވެ. “ކޮން މަރީއެއް. އަހަރެން މީ ކާސިމު”
ނުނިމޭ..
36 Comments!
Comments are closed.
Me first!
woow…hahaha. alhugandah vure ves kurin… naice?
hei… finally. m much better now. and varah bodah sorry mihaaru comments ah reply nukureveythi. but believe me hurihaaaa comment thakeh ves varah loabi. varah touched ingey…glad u guys are there. thanks a lot for always being there. next part in sha allah on saturday
Me secound
ehehhe…yeeyyyy
Yay me first nice ingey
alhey.. mifaharu greeny eh noon. next time dhw? ?. thanks ??
OMG!!! Mi huriha kamehgge fahathuga vany Ruaa tha? She has some disease as well dhw… BTW am i first? Vvvv up kodhechey… waiting?❤
haha..thanks.. exciting comment eh ingey.. even i m excited after reading this comment. thanks ??
stry v salhii igey … dhen kihineh baaa vaaanyyy dhwww intresting …. ilove it ♥♥♥… keep it up imagination…. waiting next part …. plx up next part soon … thankx…
awwnn…thanks sam?…and welcome at the same time..
Ruaa…. Is that Marie ??
yess…
Ruaa ahtha mary kiyany…?? Adhi bunefi mee kaasimo.. kihinehtha alhe mivany.. annehkaa kaasim ge rooh ruaa gayah vany baa.. or ruaa masahkaiy kohdheneeba kaasim ah.. ?Ruaa dw ehenveema mi meehun marany.. varah reethi mi part ves.. waiting for next part…??
hahaa…guess kohllani dhw eki goi gothah… ehhe thanks ?
Maaikalaako Jon kaasimakaytha ekiyanee.. bodusungaa mariyanbuehnuntha aee.. ? urrgg.. mistory v v interesting.. imagination ur the best.. ? when next part
hahaha…omg layaa….i laughed so hard..haahah. thank you so much ???
eyna ehery DID dhw..korean drama kill me heal me blaafa liyefa oyy vaahaka akaa mihaaru vahtharu
hmm… belin ingey eythi. did ge idea negy eyngen. ekam rest ei hama amihlla
Vvvv reethi mi partves. That kaasimu person eulheny rua ge sifa jehigen tha. Alhey. I feel bad for laany. Ekujjaa fakeeru maraa nulikan naseebennu. Btw varah exciting mysterious story eh. Well done dear
asluves.. laani ah vaagoi dhw..thanks nonns ????
Wow masha allah v rythi??❤❤ interesting mihurihaa kamenmikurany ruaa dhw?? n kon mary eththa aee?? anyway stry v speechless v obi I luv it thank u so much gud nyt ly???❤❤❤?????
adhi ingeyne mary ves ei kaaku kan.. in sha allah fifteen haa hisaabuga.. thanks ??
Kaasimey?? Pakapaka.. ????
Waiting… V interesting and nice?❤
Woahh.. v salhi.. btw imagination thee girl eh tha? Hama ahaaly igeyy..
Mi vaahaka kiyaa gina kudhin nah vaanuneygethi v deravey ?
kaasimbe hahahahaha v interesting……
vvv nyce mi story…❣❣
when next part?…
V salhi
kalo gayaa haadha kurey ehaa duvas kohfa liyun iru vs. go to hell
kaasimeyyy??? 😀 lol, hahah mivy kihineh? v interesting n nice ngey m i partvx
Oohh..get..ruaa ge did hunnani dhw.. And kaasim is her personality eh…woahh…amazed
Woahh…?? mi part ves vr salhi…
I thought ruaa eyh laaneege best frnd kamahh…??
Plx part 11 up kohdhyba… Ebai adhi nukiyey… Plx plx…
Kaasimey..Hehe..Kihinh dhn vaany..V reethi ingey stry..???