އިޙްނާގެ ދެލޯ ހަމައެކަނި ހުއްޓިފައިވަނީ ދާދި ދެންމެއަކު ދޮރުން ވަދެގެން އައި މިޙްރާނަށާއި ލީޑިންގ ޓީޗަރަށެވެ. ލީޑިންގ ޓީޗަރުއައީމާ ހައިރާން ނުވިއަސް އިޙްނާ އަޖައިބުވީ އެތަނަށް މިޙްރާން މިޙްރާން އަންނަން ޖެހުނު ސަބަބަކާއި މެދުއެވެ. އަނެއްކާ މީނާތަ ޔޫންގެ ބޮލުގައި ބޯޅައިން ޖެހީ؟ “އިހޫ.. ކާކު ދެންމެ އެއައީ؟” ބަލިއަޑަކުން ބޯހިއްލާލައިފައި ޔޫން އަހާލިއެވެ. “ނަދީމް ސަރ މިއައީ މިތަނަށް މިޙްރާން ގޮވައިގެން ޔޫންގެ ހާލު ބަލައިލާން.. މިހާރު ރަނގަޅުތަ؟” އިޙްނާ ޖަވާބު ދިނުމުގެ ކުރިން ނަދީމް […]
އިއްޔެއްސުރެ ފާޑެއްގެ ގޮތެއް ޔޫންއަށް ވާތީވެ ހަވީރު މެހެމާނުންތައް އައި ގަޑީގައިވެސް ނުނިކުތީއެވެ. މިއަދު ބޮލަށްމާބޮޑަށް ބަރުވާ އިރުވެސް ޔޫން ސްކޫލަށްނައިސް ނުހުރީ އޭނަގެ މަންމަ އޭނައާމެދު ކަންބޮޑު ވާނެވަރުންނެވެ. ކުޅިވަރު ގަޑީގައިވެސް ޔޫން ނުކުޅެން ހުރުމުން އެމީހުން ވަރަށް އާދޭސް ކުރިއެވެ. އާދޭސްކުރާލެއް ގިނަކަމުން އެންމެ ފަހުން ޔޫން އާނ ބަސްދިނެވެ. ގޯލްކީޕަރަށް ހުރިއިރުވެސް ޔޫންއަށް ހުރެވުނީ ހަމަކިރިޔަ ކިރިޔާއެވެ. ބޮލަށްއެރި ތޫނު ތަދާއެކު ވަށައިގެންވި މަންޒަރުތައް ޔޫންއަށް ފުސްވަމުން ދިޔައެވެ. އިދިކޮޅު ޓީމުން ފޮނުވާލި […]
ފެންގަނޑުގެ ތެރެއަށް ނުވެއްޓި ސަލާމަތްވުމުން އިޙްނާ މަޑުމަޑުން ދެލޯ ހުޅުވާލައިފައި ބަލާލިއެވެ. ނަމަވެސް އެނާ ވެއްޓުނަ ނުދީ ހިފަހައްޓައިގެންހުރި ކުއްޖާފެނި ދެލޯ ބޮޑުވިއެވެ. އޭނާގެ ހިތް ހީވަނީ ދެންމެ ދެންމެ މޭފަޅައިލައިފައި ނިކުމެދާނެ ހެންނެވެ. އެހާވެސް ބޮޑަށް އިޙްނާގެ ހިތުގެ ހިނގުން އަވަސްވިއެވެ. އެވަގުތު ގޭތެރެއިން މިލްނާ ގޮވައިލި އަޑަށް އެކުއްޖާ އިޙްނާގެ ލޫޅާފަތި ހަށިގަނޑު ސީދާކޮށްލާ އިޙްނާގެ ގައިން ދޫކޮށްލިއެވެ. “އިޙްނާ.. ނަމާއި އެއްވަރަށް މަންޖެވެސް ރީތި” ލާނެތް ހިނިތުންވުމެއް މުނޫމައްޗަށް ވެރިކޮށްގެން ހުރެފައި އެނާ […]
ލައިބްރަރީއިން ފޮތްނަގައިގެން ދެކުދިން ގެޔަށްދާން މިސްރާބުޖެހިއެވެ. ގެޔަށް ދިޔަ މަގުމަތީގައި ގާލްގައިޑް ކުދިން ދިޔަ ކޮރެއާ ކޭމްޕްގައި ހިނގާދިޔަ ހުރިހާ ކަމެއް ހ އިން ޗ އަށް ރިހާމް ކިޔާދިނެވެ. “ކޭމްޕްގައި އުޅުނު ހުރިހާ ކުދިންވެސް ވަރަށް އެކުވެރި. އެބައޮތް ކޭމްޕްގައި އުޅުނު ރައްޓެހި ކުއްޖެއްގެ ނަމްބަރާއި އީމޭލް އެޑްރެސް ދީފައި އެކުއްޖާއަށް ގުޅަން. އެންމެ ސަޅީ ކޮންމެ ކޭމްޕްގައި އުޅޭ އެންމެންނަށްވެސް ކޮންސާރޓަކަށް ދާން ހިލޭ ޓިކެޓް ލިބޭތީ” “ހާދަ ސަޅިއޭ ދޯ؟ އިހޫވެސް ގާލްގައިޑްގައި […]
ދެކުދިން ކްލާހާއި ހިސާބަށް ފޯރިއިރު އޭރު ދެތިން ކުއްޖެއް ކްލާސްތެރޭގައި އުޅެއެވެ. އިޙްނާ އަވަހަށް ކްލާސްތެރެއަށްވަދެ ޓީޗަރ އައުމުގެ ކުރިން ކްލާސް މޮނީޓަރެއްގެ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއްކޮށް ނިންމާލަން އަވަސްވެގަތެވެ. މޫނުމައްޗަށް ސީރިއަސް މޫނެއް ވެރިކޮށްގެން އިޙްނާ ރިކޯރޑް ފޮތް ހަދަން އިންދާ ފެނުމުން ޔޫން ޖެއްސުމެއް ކޮށްލާ ހިތްވިއެވެ. ޔޫން އައިގޮތަށްއައިސް އިޙްނާ ލިޔަން އިން ގަލަން ދަމައިގަތެވެ. “ޔޫން… ކިހާ ދެރަކަމެއް މީ.. ކްލާސްތެރޭ ތިކަހަލަ ޖެއްސުންތައް ނުކޮށްބަލަ!” “މީދެންމެ އިހޫ އަހަންނަށްދިން […]
ދުނިޔެ މައްޗަށް އިރުގެ އަލިކަން ފާޅުވަނީއެވެ. ރޭގަނޑު ކުރި ވިއްސާރައިގެ އަސަރުތައް، ޖައްވުގައި އެބަހުއްޓެވެ. ޖައްވުގައި ނޫނަސް މުޅި ރަށަށް ނަޒަރު ހިންގާލި ކަމުގައި ވިޔަސް މަގުތަކުގައި ހެދިފައިވާ ފެންގަނޑުތައްވެސް ހެކި ދޭނެއެވެ. “ދަރިފުޅާ އަވަސްކޮށްބަލަ! ކާރުގައި ދާން އުޅުނަސް ގަޑިއަށް ސަމާލުވާން ވާނެ އެއްނު…” މިލްނާ ގޮވާލިއެވެ. “މަންމާ!!! އަދި މަޑުކޮށްބަލަ… ގަޑިއަށް ދެވޭނެޔޭ… އެބައަންނަން ޔޫން ގޮވާގެން…” އިޙްނާ ބުންޏެވެ. “އަދިވެސް ވިއްސާރާގެ އަސަރު ހުރީމާ އަވަސްކުރާށޭ ގޮވީ… ހަނދާންކޮށް ސައިތަށި ބޮއިގެން އަންނާތި! […]
އިހްނާ އާއި ޔޫން އަކީ ވަރަށް ގާތް ދެރަހުމަތްތެރިންނެވެ. އެދެކުދިންގެ މަންމަމެންނަކީ އެއްބަނޑު އެއްބަފާ ދެބެން ކަމުން އުޅެބޮޑުވެފައި ވަނީ ވެސް އެކީގައެވެ. އެހެން އުޅުމުގެ ތެރޭގައި ޔޫންއަށް އިހްނާ ދެކެ ލޯބިވެއެވެ. އެކަމަކު އިހްނާ ޔޫން ދެކެނީ ބޭބެެއެއްގެ ގޮތުގައެވެ. އެދުވަސްވަރު ތެރޭ އާއަވަށްޓެރި ބައެއް އެހިސާބުގައި ދިރިއުޅެން އާދެއެވެ. އެއާއިލާގައި އެދެކުދިން ވަރުގެ ފިރިހެން ކުއްޖެއް ހުރެއެވެ. ވާހަކައިގައި ދެން ވާނެ ގޮތެއް ބެއްލެވުމަށް ވާހަކަ ކިޔާލައްވާ. އިންޝާ ﷲ ވަރަށް އަވަހަށް އަންނަނީ…….
ކުރިޔަށް ދަނީ ދިވެހި ގަޑިއެވެ. މުދައްރިސް ތައްޔާރުވެގެންއައީ މަޒުމޫނު ލިޔާގޮތް ކިޔައިދިނުމަށެވެ. ލުތުފީ އިނީ ކަނުލައި މުދައްރިސް ކިޔައިދެއްވާ އިރުޝާދުތައް އަޑުއަހާށެވެ. މާދަމާގެ ދިވެހި ގަޑިއަށް މަޒުމޫނެއް ލިޔަން ޖެހިދާނެއެވެ. ލިޔަން ތައްޔާރު ވުމަށްޓަކައިވެސް މުދައްރިސް ދެއްވާ އިރުޝާދުތައް ކޮންމެހެންވެސް އަޑުއަހަން އެބަޖެހެއެވެ. ލުތުފީ އަކީ ރަނގަޅު މާތް އަޚްލާގެއްހުރި ކުއްޖެކެވެ. ޞާލިޙު ކިޔަމަންތެރި އަދި އޯގާތެރި ކުއްޖެކެވެ. ހަސީނާގެ ހަމައެކަނި ހުރި އުފަންދަރި ލުތުފީ އަކީ ހަސީނާގެ އުފަލެވެ. ހިތްހަމަ ޖެހުމެވެ. ކްލާހުގެ އެންމެން ހަލަބޮލިވެ […]
ޖެހެމުންދާ ފިނި ވައި ރޯޅިތައް ދަނީ މިންހާގެ ދިގު އިސްތަށިގަނޑު ވިހުރުވަމުންނެވެ. ފަސް ގަޑި ބައިވެ، އިރުއޮއްސެން ގާތްވަމުންދާތީ އެތާނގައި ތިބި މައިންބަފައިން އެމީހުންގެ ދަރިން ގޮވައިގެން ގެޔަށް ދިޔުމަށް އަވަސްވެގަންނަމުން ދިޔައެވެ. އެއެންމެންނާ ޚިލާފަށް މިންހާ އެކަނި މާއެކަނި އިނީ އޭނާގެ މަރުވެފައިވާ މަންމަގެ ހަނދާންތަކުގެ ތެރެއަށް ގެއްލިފައެވެ. ކޮންމެ ދުވަހަކު މިގޮނޑުދޮށަށް އަންނަނީ އެފޮނި ހަނދާންތައް އާކުރާން ކަމުގައި ވީނަމަވެސް މިންހާގެ ސިކުނޑިއަށް އަންނަނީ އޭނާގެ ޙަޔާތުގައި ހެދުނު އެންމެ ބޮޑު ގޯހުގެ ހަނދާންތަކެވެ. […]