އަހަރެންނަކީ އަނިޔާވެރި އާއިލާއެއްގެ ތެރޭގައި ދުވަސްތައް ހޭދަކުރަމުންދާ ކުއްޖެކެވެ. ބައްޕަ އާއި ބޭބެ އަހަރެން ވަރަށް ކުޑަައިރުއްސުރެ ނަފްރަތުކުރެއެވެ. އަދި އަނިޔާވެސް އަހަންނަށް ކުރެއެވެ. ނަމަވެސް އަހަރެން ރައްކާތެރި ކޮށްދިނުމަށްޓަކައި އަހަރެންގެ މަންމަ ވަރަށް މަސައްކަތްކުރެއެވެ. ދުވަސްކޮޅަކަށްފަހު ވީނުވީއެއް ނޭނގުނެވެ. އަހަރެންގެ މަންމަ ގެއްލިއްޖެއެވެ. އަހަރެންގެ އެ ލޯބިވާ މަންމަ އެދިޔައީ ކޮންތާކަށް ހެއްޔެވެ؟ ބައްޕަ އާއި ބޭބެ އަހަަރެންނަށް ކުރާ އަނިޔާތަށް ހައްދުފަހަނައަޅާ އަހަންނަށް ކެތްނުކުރެވޭ ވަރަށް އަނިޔާތައް ގިނަ ވެއްޖެއެވެ. މަންމަ ގެއްލުމުގެ ހުރިހާ […]
އަލްސަނާއި ލޫތަކީ އެންމެ ތުއްތުއިރުއްސުރެ ވަރަށް ގާތް ދެރަހުމަތްތެރިންނެވެ. މިހާރުގެ ނަމުންނަމަ ދެ “ބެސްޓް ފްރެންޑުން”ނެވެ. ދެކުދިންގެ އުމުރުން 7 އަހަރުން ފެށިގެން ބާސްކެޓް ބޯޅަ ކުޅެން ފެށިއެވެ. އެހިސާބުގަނޑުގައި ހުންނަ ކުޑަކުދިންގެ ބާސްކެޓްބޯޅަ ކޯޓަށް ގޮސް ދެމީހުން ވާދައަށް ކުޅެ އުޅެއެވެ. މީގެ ތެރެއިން ގިނަ ފަހަރު މޮޅުވާނީ އަލްސަނެވެ. އަލްސަނަކީ ދިގު ކުއްޖެއް ކަމުން ބާސްކެޓަށް ވަރަށް ފަސޭހަކަމާއެކު އެއްލައިގެން ގިނަ ލަނޑު ޖަހައެވެ. ލޫތަކީ ކުރުކުއްޖެއް ކަމުން ބާސްކެޓަށް އެއްލަން ވަރަށް އުނދަގުލެވެ. […]
އުޑުމައްޗަށް ރަތް ވިލާތައް އެރުމާއެކު މިސްކިތްތަކުން ބަންގީގެ އަޑު މުޅި ރަށު ތެރޭގައި ގުގުމައިލާފިއެވެ. ލަތީފްގެ ބައްޕަ ބަންގި ގޮއްވި އަޑުއިވުމާއެކީ ކުރަން ހުރި މަސައްކަތް ދޫކޮށްލާފައި ދިޔައީ ވުޟޫ ކުރަން ދިޔައެވެ. ނަމަވެސް ލަތީފް އިނީ ޕީއެސްޕީ އިން ފުޓުބޯޅަ ކުޅޭށެވެ. އޭނާއަކަށް ބަންގި ގޮވާ ކަމެއް ވެސް ދެނެއެއް ނުހުރިއެވެ. ނުހަނު ފޯރީގައި ޕީއެސްޕީ ކުޅެން އިންދާ ލަތީފްގެ ބައްޕަ އައިސް ލަތީފަށް ބަންގި ގޮވައިފިކަން ހަނދާންކޮށްދިނެވެ. އަދި އަވަހަށް ވުޟޫކޮށްގެން އައުމަށް ބުންޏެވެ. […]