އައިލީން ތީ ކާކުތޯ ސުވާލުކުރުމާއެކު އެކޮޅުން ދިން ޖަވާބުން އައިލީން ލާއުޅުނު ނޭވާވެސް ހީވީ ތާށިވީހެންނެވެ. ވަގުތުން އޭނަގެ ހަރަކާތްތައް ހުއްޓުނެވެ. ހިތް ނުތަނަވަސްވެރިކަމުން ވަށާލިއެވެ. ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. އެކޮޅުން އެމީހަކު ބުނަން ބޭނުންވި އެއްޗެއް ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. އޭރުވެސް އައިލީން އެހުރި ގޮތަށް ހުއްޓެވެ. އޭނައަށް ހަދަންވީ ކިހިނެއް ކަމެއް ނޭނގިފައެވެ. އެމީހަކު އެބުނި ތަނަކަށް ދާންވީބާއެވެ؟ ވިސްނި ވަރަކަށް ސިކުނޑިއަށް ބާރުކުރަމުން ދިޔައެވެ. އެންމެ ފަހުން އައިލީން އެމީހަކު އެބުނި ތަނަކަށް ދާން ނިންމިއެވެ. އެހެންކަމުން އައިލީން ޓެކްސީއެއްގައި އެމީހަކު ބުނި ތަނަކަށް ދިއުމަށް ދަތުރު ފެށިއެވެ. ޓެކްސީގައި އިންއިރުވެސް އައިލީންގެ ހިތުގައިވީ ނުތަނަވަސްވެރިކަމެވެ. ހިތް ބިރުގަންނަނީ އިންތިހާއަށެވެ.
ހަވީރުގެ ސައި ތައްޔާރުކުރުމުގައި ރިފްޝާވެސް ހަރަކާތްތެރިވަމުން ދިޔައެވެ. ” އައިލީ ހާދަ ލަސްވެއްޖޭ ދޯ… މިހާރު އަންނަހާ އިރުވެއްޖެ އެއްނު… ” ސިންކު ކައިރީ އަތް ދޮންނަން ހުރެ ރިފްޝާ ބުންޏެވެ. ” އާނ… ލަސްވެއްޖެ މާބޮޑަށްވެސް… މިތައި ކައިރީގަ ވިއްޔަ ފިހާރަ އިންނާނީވެސް… އަޅެ ގުޅާލަބަލަ ރިފޫ… ” ކަންބޮޑުވެފައިހުރެ އާޝިޔާ ބުނެލިއެވެ. އާޝިޔާ އެހެން ބުނުމާއެކު ރިފްޝާވެސް ބޯޖަހާލަމުން ފޯނު ނެގިއެވެ. އަދި އައިލީންގެ ނަމްބަރަށް ޑައިލްކޮށްލިއެވެ. އެހެނަސް ރިންގުގެ އަޑު ކެނޑުން އިރުވެސް އައިލީން ފޯނަކަށް ޖަވާބެއް ނުދިނެވެ. ރިފްޝާ ދެވަނަ ފަހަރަށްވެސް ގުޅާލިއެވެ. ނަމަވެސް މިފަހަރުވެސް ކަންތައްވީ ހަމަ އެފަދައިންނެވެ.
ރަސްފަންނުގެ ހިތްގައިމު ދޮންވެލި ގަނޑުގައި އިށީންދެ އިން އައިލީންގެ ލޮލުން ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. އޭނަގެ ނަޒަރު ހުއްޓިފައިވަނީ މޫދާއި ދިމާލަށެވެ. އެތަނުގައި ތަންކޮޅެއް މީހުން މަދުން ހަރަކާތްތެރިވަމުންދާ ކަމީ އައިލީންގެ ނަސީބެވެ. މަދުން ނަމަވެސް ހަރަކާތްތެރިވަމުން ދިޔަ މީހުންގެ ތެރެއިން ބައެއް މީހުންގެ ނަޒަރު އޭނައަށް ހުއްޓެމުން ދިޔައެވެ. އެއްވެސް ހަރަކާތެއް ނެތި މޫދާއި ދިމާލަށް ބަލަހައްޓާއިގެން އިންއިރު އައިލީން ހީވަނީ ހަތަރު އުދަރެސް ފެނުޖެހިފައި އިން ހެންނެވެ. އަތުގައި އޮތް ފޯނު ހުއްޓުމެއްނެތި ރިންގުވަމުން ދިޔައިރުވެސް ފޯނު ނަގައި ޚިޔާލެއް އޭނަ ނުކުރެއެވެ. އެތައް އިރަކު އެގޮތުގައި އިނުމަށްފަހު ލޮލުން އޮހޮރުނު ކަރުނަތައް ފޮހެލުމަށްފަހު ތެދުވެ ގެއަށް ދިއުމަށް ހިނގައިގަތެވެ.
ގެއަށް ވަދެގެން އައި ޔާސިރުގެ މޫނު މަތިން ފެންނަމުން ދަނީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ. ސިޓިންރޫމު ސޯފާގައި އިން އަފީފާއަށް ގޮވާލުމަށްފަހު ޔާސިރު ކޮޓަރިއަށް ދިއުމަށް މިސްރާބުޖެހިއެވެ. އަފީފާވެސް ޔާސިރު ގޮވާލުމާއެކު އަވަސް ހިނގުމެއްގައި އޭނަގެ ފަހަތުން ދިޔައެވެ. ” އަހަރެންގެ ފޮށި ތައްޔާރުކޮށްލަދޭތި މިރޭ… މާދަމާާ ހެނދުނު އޮފީސް ކަމަކު އިންޑިއާއަށް ދާންޖެހޭ އެބަ… މީ ވަރަށް މުހިއްމު ޕްރޮޖެކްޓެއް… އެމީހުން ބޭނުންވަނީ ފުރަތަމަ ސީދާ އަހަންނާ ބައްދަލުކުރަން… އެހެންވީމަ މިފަހަރު ނެތް ޔުމާން ނޫނީ ޔޫހާންވެސް ފޮނުވޭކަށް… އެހެންވީމަ މިފަހަރު ހަމަ އަހަރެން ދާން ޖެހޭނީ… ހަފްތާއެއް ވަރު ވާނެކަންނޭނގެ އެކޮޅުގަ… ” އަފީފާ ކޮޓަރިއަށް ވަދެ ކިހިނެއް ވީތޯ ސުވާލުކުރުމާއެކު ސޯފާގައި އިށީންދެ ހަމަޖެހިލަމުން ޔާސިރު ބުނެލިއެވެ. އެއާއެކު އަފީފާ ބޯޖަހާލިއެވެ. އަދި އަލަމާރިން ޔާސިރު ލާނެ ފަޓުލޫނަކާއެކު ޓީޝާޓެއް ނެގިއެވެ. ޔާސިރު އަފީފާއަށް ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު ފެންވަރާލުމަށްޓަކައި ފާޚާނާއަށް ވަނެވެ.
ގެއަށް އައިސް ވަދުނު އައިލީން ފެނުމާއެކު ސޯފާގައި އިން ރިފްޝާ ތެދުވެ އަވަސް އަވަހަށް އައިލީންގެ ގާތަށް ހިނގައިގަތެވެ. ” އައިލީ… އައިލީ އާރް ޔޫ އޯކޭ… ކޮންތާކު އުޅެފަތަ ތިއައީ.. ކިހާ އިރެއްތަ މިހާރު އެންމެން ކަންބޮޑުވެފަ ތިބޭތާ… ގުޅީމަ ފޯނު ނުނެގީ ކީއްވެތަ… ކީއްވެތަ އެހާ ލަސްވީ… ދެން… ކޮބާ… ކޮބާ ގަންނަން ދިޔަ އެއްޗެހި… ” އައިލީންގެ ގާތަށް އައިސް ހުއްޓުނު ރިފްޝާ އެއްފަހަރާ ހުރިހާ އެއްޗެއް އެކީ އަހާލިއެވެ. ރިފްޝާ ވާހަކަ ދެއްކި އަޑަށް ކޮޓަރީގައި އުޅުނު އާޝިޔާގެ އިތުރުން އާފިޔާ އާއި ރިޝްފާވެސް ނިކުތެވެ. އެންމެންގެ މޫނު މަތިންވެސް ފެންނަމުން ދަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ” އައިލީ… ކޮންތާކު އުޅެފަ ތިއައީ… ކިހާ ވަރަކަށް ގުޅާއިފިން މިހާރު… ކޮބާ ގަންނަން ދިޔަ އެއްޗެހި… ހުސްއަތާއެއްނު ތިއައީ… ” އާޝިޔާވެސް އައިލީންގެ ކުރިމަތީގައި އައިސް ހުއްޓިލަމުން ޝަކުވާކޮށްލިއެވެ. ” ދޮންތާ.. އަސްލު ވީގޮތަކީ… ހަމަ… ހަމަ ގެއިން ނިކުންތަނާ ނުހާ އާ ދިމާވީ… ދެން އެހާ ދުވަސް ފަހުން ދިމާވީމަ ނުހާ ބޭނުންވީ އެއްޗެއް ކާލަން ގޮސްލަން… އެހެންވެ ރެސްޓޯރެންޓަކަށް ދިޔައީ… ފޯނު ސައިލެންޓަށް ލައިފައި އޮތީމަ ނޭނގުނީ ގުޅިކަމެއް… ގެއަށް އައިއިރު ފިހާރައަށް ދާން ހަނދާންނެތުނީ… އައިމް ސޮރީ… އަމް… ރިފޫ ދޭބަ ފިހާރައަށް… އަހަރެން އެބަ އަންނަން ފާޚާނާއަށް ވަދެލާފަ… ” އައިލީން ހަމަޖެހެން މަަސައްކަތްކުރަމުން މޮޅު ވާހަކައެއް ހަދާލިއެވެ. އަދި ރިފްޝާގެ އަތަށް ރުފިޔާ ލައިދިނުމަށްފަހު އެއްވެސް މީހަކަށް އިތުރު އެއްޗެކޭ ބުނާނެ ފުރުސަތެެއް ނުދީ ކޮޓަރިއަށް ދިޔައެވެ. އައިލީންގެ ހަރަކާތްތަކުން އެންމެންވެސް ތިބީ ހައިރާންވެފައެވެ. ރިފްޝާ އެންމެނަށް ބަލައިލުމަށްފަހު ދެކޮނޑު މައްޗަށް އަރުވާލަމުން ފިހާރައަށް ދިއުމަށްޓަކައި ނިކުތެވެ.
އައިލީން ކޮޓަރިއަށް ވަދުމަށްފަހު އެދިޔަ ގޮތަށް ގޮސް ފާޚާނާއަށް ވަނެވެ. ފާޚާނާއަށް ވަދެވުމާއެކު އައިލީންއަށް ފާޚާނާއިގެ ދޮރުގައި ލެނގިލެވުނެވެ. އޭރު އަނެއްކާވެސް ހޫނު ކަރުނައިން އައިލީންގެ ކޯތާފަތް ތެއްމަމުން ދިޔައެވެ. އޭނަ ރޯ އަޑު މީހަކަށް ނީއްވިނަމަވެސް ހުއްޓުމެއްނެތި އެ ދެލޮލުން ހޫނު ކަރުނަތައް ފައިބަމުން ދިޔައެވެ. ވިސްނާ ވިސްނާ އޭނަ މިހާރު ބޯ ގޮވާ ވަރުވެއްޖެއެވެ. މިފަދަ ކަމެއް މެދުވެރިވެދާނެކަމަކަށް ދުވަހަކުވެސް އައިލީން ހީކޮށްފައެއް ނުވެއެވެ. ހީވެސްނުކޮށް ހުއްޓާ އެފަދަ ބޮޑު ކަމެއް ދިމާވުމުން އައިލީން ހުރީ ހަމަ ރަނގަޅަށްވެސް ބޯ ހާސްވެފައެވެ. އެތައް އިރަކު ފާޚާނާއިގައިވެސް އެގޮތުގައި ކަރުނަ އަޅަން ހުއްޓެވެ. އެންމެ ފަހުން ނެތް ހިތްވަރުލައިގެން އޭނަ ނިންމި ގޮތަށް ކަންތައްކުރަން ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ. ލޮލުން އޮހޮރުނު ކަރުނަތައް ފޮހެލުމަށްފަހު މޫނު ދޮވެލައި ހަދައިގެން އައިލީން ފާޚާނާއިން ނިކުތެވެ.
އައިލީން ފާޚާނާއިން ނިކުންއިރު އެނދު މަތީގައި އޮތް އޭނަގެ ފޯނު ރިންގުވަމުން ދިޔައެވެ. ފޯނުގެ ސްކްރީނަށް ބަލައިލިއިރު ގުޅަމުން ދަނީ ޔޫހާންއެވެ. އެއާއެކު އަނެއްކާވެސް އައިލީންގެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ. ލޮލަށް ޖަމާވި ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން އައިލީން ފޯނު ނަގައި ހަލޯ އޭ ބުނެލިއެވެ. ”އައިލީ… ކީއްތަ ތިކުރަނީ… ކިތައް ފަހަރު ގުޅިއްޖެ މިހާރު… އައި ވޯޒް ސޯ ސްކެއާޑް… އިޒް އެވްރިތިން އޯލް ރައިޓް… ” އައިލީން ހަލޯ އޭ ބުނުމާއެކު ޔޫހާން އޭނަގެ ޝަކުވާތައް އެއްފަހަރާ ބަންޑުންކޮށްލިއެވެ. އައިލީންއަށް ގުޅާ ގުޅާ ފޯނު ނުނެގުމުން ޔޫހާން ހުރީ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެފައެވެ. ޔޫހާން އޭނަ އާއި މެދު ވިސްނާވަރު ހިތަށްއެރުމާއެކު މިފަހަރުވެސް އައިލީންގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވިއެވެ. ”ހެހެހެ… ފިހާރައަށް ގޮއްސަ މިއައީ… އެއްވެސް ކަމެއް ނުވެޔޭ… އެވްރިތިން އީޒް އޯލް ރައިޓް.. ” އައިލީންގެ ޖަވާބު އިވުމުން ޔޫހާން ހަމަޖެހުމުގެ ނޭވައެއް ލިއެވެ. ” ޔޫހާން… މިގަޑީގަ ކުޑަކޮށް ބިޒީ… ފަހުން ގުޅާނަން އިނގޭ… ” އައިލީން އެހެން ބުނުމާއެކު ޔޫހާން އޭނަގެ ކޯލަކަށް އިންތިޒާރުކުރާނެ ކަމުގައި ބުނެ ފޯނު ކަނޑާލިއެވެ. އޭރުވެސް އައިލީންގެ މޫނު މަތިން ހިތައިމައިގެ އަސަރުތައް ފެންނަން ހުއްޓެވެ. ފޯނު އެނދުމަތީގައި ބޭއްވުމަށްފަހު ކޮޓަރިން ނުކުންނަ އައިލީން ހިނގައިގަތެވެ. އެވަގުތު ދޮރު ހުޅުވާލަމުން ރިފްޝާ އައިލީން ގާތު ސައިބޯން އައުމަށް އެދުނެވެ. އައިލީން ހިނިތުންވެލަމުން މިދަނީ ކަމުގައި ބުނެ ރިފްޝާގެ ފަހަތުން ހިނގައިގައެވެ.
ކޮޓަރިން ނިކުންއިރު ޝައުނާ ފިޔަވައި އެންމެން ކާމޭޒު ކައިރީގައި އިށީންދެ ތިއްބެވެ. ” އައިލީ… ލޮލަށް ކިހިނެއްވެފަ ތިހިރީ… ރޮއެފަތަ… ” އައިލީން އައިސް ކާމޭޒު ކައިރިން ގޮނޑިއެއް ދަމާލުމަށްފަހު އިށީނުމާއެލު ކަންބޮޑުވުން އެކުލެވިގެންވީ ރާގެއްގައި އާޝިޔާ އަހާލިއެވެ. އެވަގުތު އައިލީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭރު އެންމެންގެ ނަޒަރު ހުއްޓިފައި ވަނީ އޭނައަށެވެ. ”ތެދެއް އައިލީ… ރޮއެފަތަ ތިހިރީ އަނެއްކާ… ހާދަ ރަތޭ… ” އާޒިފްވެސް އައިލީންގެ ރަތްވެފައިވި ދެލޯ ފެނި އަހާލިއެވެ. ” ހެހެހެ… ނުރޮމޭ ދޮންތަބޭ… އެއީ ދެންމެ މޫނު ދޮވުނު އިރު ސައިބޯނި އެޅުނީ… ” ހަމަޖެހެން މަސައްކަތްކުރަމުން އައިލީން މިފަހަރުވެސް ދޮގު ހެދިއެވެ. ހަމަޖެހިލައިގެން އައިލީން ސައިބޯން ފެށުމުން އިތުރަށް އެއްވެސް މީހަކު އެއްވެސް އެއްޗެއް ނުބުނެއެވެ. އަދި އެންމެންވެސް ސައިބުއިމާއިގެން ކުރިއަށް ދިޔައެވެ. އެއްވެސް މީހަކު އިތުރު ސުވާލެއް ނުކުރުމުން އައިލީން ހަމަޖެހުމުގެ ނޭވައެއް ލިއެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ކޮޓަރީގެ މަޑު ނޫކުލައިގެ ސޯފާގައު އިށީންދެގެން އިން ޔޫހާން އިނީ ލެޕްޓޮޕުން ކޮންމެވެސް މަސައްކަތެއް ކުރާށެވެ. ލެޕްޓޮޕުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނަގެ ނަޒަރު އިރުއިރުކޮޅުން ބިއްލޫރި މޭޒު މަތީގައި އޮތް ފޯނަށް ހުއްޓެއެވެ. އައިލީންގެ ކޯލަކަށް އޭނަ މިހާރު އިންތިޒާރުކުރާތާ އެތައް އިރެއް ވެއްޖެއެވެ. މިހާރު ގަޑިން ރޭގަނޑު ދިހަ ގަޑި ބައިވަނީއެވެ. ހަވީރުއްސުރެ އައިލީންގެ ޚަބަރެއް ނުވެއެވެ. މެސެޖެއްވެސް ކޮށްނުލައެވެ. ޔޫހާން މިހާރި ދެތިން ފަހަރު ގުޅަންވެެސް ގުޅާއިފިއެވެ. އެހެނަސް އައިލީން ފޯނަކަށް ޖަވާބެއް ނުދިނެވެ. ކެތްތެރިކަމާއެކު އައިލީންގެ ފޯނު ކޯލަކަށް އިންތިޒާރުކުރަމުން ދިޔަ ޔޫހާން އޭނަގެ މަސައްކަތް ނިންމާލެވޭތޯ ކުރިއަށް ދިޔައެވެ.
އެނދުގައި އޮށޯވެ އޮތް އައިލީންގެ ލޮލުން ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. ބާލީސް މެޔާއި ލައި ބޮނޑިކޮށްލައިގެން އޮތްއިރު އައިލީންގެ ލޮލުން ވެއްޓޭ ކަރުނަތައް ދިޔައީ އެބާލީހަށް ހިދެމުންނެވެ. ފުން ވިސްނުމަކަށް ގެއްލިފައި އޮތް އައިލީން ސިހުނީ ގާތުގައި އޮތް ފޯނުގެ ރިންގުގެ އަޑުންނެވެ. ދެން ފޯނު ނުނަގައި ނުވާނެކަން އިނގޭތީ އެންމެ ފަހުން އައިލީން ފޯނަށް ޖަވާބު ދިނެވެ. ” އައިލީ… އަދިވެސް ބިޒީތަ… ” އައިލީން ފޯނު ނެގުމާއެކު ޔޫހާން އަވަސް އަވަހަށް އަހާލިއެވެ. ” ނޫން… އެކަމް ޔޫހާން… ވަރަށް ނިދި އައިއްސަ މިއޮތީ… އެނދުގަ ޖައްސާލިތަނާ ނިދުނީ… އެހެންވެ ފޯނު ނުނެގުނީ… ސޮރީ… މިރޭ ބޭނުމީ ރެސްޓްކޮށްލަން… ” ޔޫހާން އެހެން ބުނުމާއެކު އައިލީން ނިދި އައިސްފައިކަމަށް ހެދި ވާހަކަ ދެއްކިއެވެ. ” އޯކޭ… ރޭކް ރެސްޓް… ދެން މާދަމާ ވާހަކަ ދައްކާނީ ދޯ… ” މަޑުމޮޅި އަޑަކުން ޔޫހާން އެހެން ބުނެލުމުން އައިލީންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ” އައިލީ އެއް ވާހަކަ ބުނެލަން އެބެއް… ” ޔޫހާން އެހެން ބުނުމާއެކު އައިލީން ބުނާށޭ ބުނެލިއެވެ. ” އައިލީ… މިރޭ ބައްޕަ އާ ވާހަކަ ދެއްކޭ ގޮތެއް ނުވި… ހަފްތާއެއްހާ ދުހަށް ބިޒްނަސް ކަމަކު އިންޑިއާއަށް ފުރަންޖެހޭ މާދަން… އެހެންވެ އެކަމުގަ ބައްޕަ އުޅެނީ… ސޯ … އެކަމް ހަމަ ރަނގަޅު ވަގުތެއް ލިބޭއިރަށް ވާހަކަ ދައްކާނަން… އައިލީ އެކަމާ ހާސްނުވާތި އިނގޭ… ދެން ނިދާލާ… އައި ލަވް ޔޫ ސޯ މަޗް… ގުޑް ނައިޓް މައި ލަވް… ” ޔޫހާންގެ ބަސްތަކުން އައިލީންގެ ހިތަށް ތަދު އިހުސާސްކުރެވުނުއިރު ހިތަށް އުފާވެރިކަންވެސް ލިބިގެން ދިޔައެވެ. ”އައި ލަވް ޔޫ ޓޫ… ގުޑް ނައިޓް… ” ފެންކަޅިވެފައިވި ދެލޮލާއެކު އައިލީން ބުނެލިއެވެ. ” އައިލީ… އާރް ޔޫ ކްރައިން… ” އައިލީންގެ އަޑުގައި ތަފާތުކަމެއް ހުރިހެން ހީވުމާއެކު ޔޫހާންއަށް އަވަސް އަވަހަށް އަހާލެވުނެވެ. ” ހެހެހެ… ނޯ… ކީއްވެ ރޯންވީ… ޔޫހާންއަށް ހީވި ގޮތަށް ތިވާނީ… ބާއި އިނގޭ ދެން… ” ލޮލުން ހޯސްލާފައި ފޭބި ކަރުނަތައް ފޮހެލަމުން ލުއި ހުނުމަކާއެކު އައިލީން ބުނެލިއެވެ. ” އޯކޭ… ބާއި… އައި ލަވް ޔޫ ސޯ މަޗް އައިލީ… ” ޔޫހާން މިހެން ބުނެ ފޯނު ކަނޑާލިއެވެ. ކަރުނަވީ ދެލޮލުން ފޯނަށް ބަލަހައްޓާއިގެން އައިލީންއަށް އިރުކޮޅަކު އޮވެވުނެވެ. އެއައަށްފަހު ފޯނު ބާލީސް ކައިރި ބޭއްވުމަށްފަހު ނިދާލެވޭތޯ ދެލޯ މަރާލިއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ދެދުވަސް ފާއިތުވެ ހިނގައްޖެއެވެ. ކޮންމެ ދުވަހަކީވެސް އެކި މީހުންގެ ދިރިއުޅުމަށް ކޮންމެވެސް ކަހަލަ ބަދަލުތަކެއް ގެނުވާނެ ދުވަހެކެވެ. ބައެއް މީހުންގެ ދެމެދުގައިވި ގުޅުންތައް ވަރުގަދަވެގެންދާއިރު އަނެއް ބައެއްގެ ގުޅުން ދަނީ ދުވަހެއް ދުވަހަކަށް ހީނަރުވަމުންނެވެ. އެގޮތުން ޔޫހާން އާއި އައިލީންގެ ގުޅުން ދަނީ ދުވަހެއް ދުވަހެއް ހީނަރުވަމުންނެވެ.
ބެލްކަނީގައި ކޮފީ މަގެއް ހިފައިގެން ހުރި ޔޫހާންގެ މޫނު މަތިން މާޔޫސްކަން ފެންނަމުން ދިޔައެވެ. އަޅި ކުލައިގެ އަތް ކުރު ޓީޝާޓަކާއި ކަޅު ކުލައިގެ ސޯޓެއްގައި ހުރިއިރު ވަރަށްވެސް ފުރިހަމައެވެ. އެއްޖީބަށް އަތް ޖަހާލާފައިވުމުން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ތާޒާކަން މޫނު މަތިން ފެންނަމުން ދިޔަ ނަމަވެސް މީގެ ކުރިން ފެންނަ ރީތި ހިނިތުންވުމެއް ޔޫހާންގެ މޫނު މަތިންނެއް ނުފެނެއެވެ. ސަބަބެއް ނުލައެއް ނޫނެވެ. މިހާރަކަށް އައިސް އޭނަ އާއި އައިލީންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. މިވޭތުވެދިޔަ ދެދުވަހު އޭނައަށް އެކަން ވަރަށް ރަނގަޅަށްވެސް ފާހަގަ ކުރެވުނެވެ. މިހާރު އައިލީންއަށް އޭނައަށް ގުޅާއިގެން ވާހަކަވެސް ދައްކާނުލެވެއެވެ. ކުޑަމިނުން މެސެޖެއްވެސް ކޮށްނުލެވެއެވެ. ފޯނަށް ޖަވާބު ދެނީވެސް ގުޅާ ގުޅާ ވަރުބަލިވާފަހުންނެވެ. އަބަދުވެސް އޮންނަނީ ކޮންމެވެސް ކަމެއްގައި ބިޒީ ވެފައެވެ. އޭނައާއެކު ތަނަކަށް ގޮސްލާނެ ވަގުތެެއްވެސް އައިލީންއަކަށް ނުވެއެވެ. މިކަންތައްތަކާއިމެދު ވިސްނަންހުރި ޔޫހާން ކޮފީ މަގު ބޯލުމަށްފަހު ކޮޓަރި ތެރެއަށް މިސްރާބުޖެހިއެވެ. އަދި އޮފީހަށް ދިއުމަށްޓަކައި ތައްޔާރުވާންފެށިއެވެ.
ބްރޭކް ލިބުމާއެކު އައިލީން އާއި ރިފްޝާގެ އިތުރުން ޝައުނާވެސް ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ. ގެއަށް އައިސް ވަދުނު އައިލީންއަށް ސިޓިންރޫމު ސޯފާގައި އިން އައިހަމް ފެނި ލިބިގެން ދިޔައީ ބޮޑު ހައިރާންކަމެކެވެ. ދެ ލޯ ބޮޑުކޮށްލައިގެން އެއްވެސް ހަރަކާތެއްނެތި އައިހަމްއަށް ބަލަހައްޓާއިގެން އައިލީންއަށް ހުރެވުނެވެ. ” ދޮންބޭ… އައި މިސްޑް ޔޫ ސޯ މަޗް… ” ފުޅާ ހިނިތުންވުމަކާއެކު މިހެން ބުނެ އައިލީން ގޮސް އައިހަމްގެ ގައިގައި ބައްދާލިއެވެ. ”އައި މިސްޑް ޔޫ ޓޫ ދޮންބެގެ ޕްރިންސަސް… ” އައިހަމްވެސް ލޮއެބާއެކު އޭނަގެ ކޮއްކޮގެ ގައިގައި ބައްދާލުމަށްފަހު ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އައިހަމްގެ ގައިގައި ބައްދާލައިގެން ހުރި އައިލީންއަށް ރޮވެން ފެށުނެވެ. އެއާއެކު އެންމެނަށްވެސް ހައިރާންކަން ލިބުނެވެ. ”އައިލީ… ދޮންބެގެ ޕްރިންސަސް… ކިހިނެއްވީ… ދޮންބެ އައިމަ އައިލީ އުފާވާނެކަމަށް ދޮންބެ ހީކުރީ… އެކަމަކު ދޮންބެގެ ޕްރިންސަސް ދެރަ ވީ ދޮންބެ އައިމަ… އައިލީ… ތިވަރަށް ރޮންޏާ ދޮންބެ ދާނީ އިނގޭ… ” އައިލީން ހުއްޓުމެއްނެތި ރޮމުން ދިޔުމުން އައިހަމް ބުނެލިއެވެ. އެއާއެކު އައިލީން އައިހަމްގެ ގައިން ދޫކޮށްލުމަށްފަހު އައިހަމްގެ މޫނަށް ބަލައިލިއެވެ. ” ދެން ނުރޯނަން… ދޮންބެ އެހާ ގިނަދުވަސް ފަހުން ފެނުނީމަ ހަމަ އުފަލުން ރޮވުނީ… އައި މިސްޑް ޔޫ ސޯ މަޗް… ދޮންބެ ކީއްވެތަ ނުބުނެ އައީ… ” އައިލީން ކަރުނަތައް ފޮހެލުމަށްފަހު އައިހަމްއަށް ބަލައިލަމުން ބުނެލިއެވެ. ” ހެހެހެ… ނަސީބެއްނު ދެރަވެގެން ނުރުއިކަން… ބުނެފަ އައިމަ އައިލީއަށް ސަޕްރައިސްއަކަށް ނުވާނެއެއްނު… އައިލީ ނުފެނި ގިނަ ދުވަސްވީމަ މިސްވި ވަރުން ދޮންބެ ބޭނުންވީމަ ކުޑަ ދުވަސްކޮޅަކަށްވިޔަސް އައިލާ ގާތު ހުރެލަން އަންނަން… ދެން ނުރޮއްޗޭ އިނގޭ… އަވަހަށް ދޭ ސައިބޯން ދެން… ބްރޭކް ގަޑި ނިމިދާނެ މިހެން ތިއްބަ… އައިލީ ޖޮބް ނިންމާފަ އައިސް ދޮންބެއާ އެކު ޓައިމް ސްޕެންޑް ކުރާނީ… އޯކޭ… ” ހިނިތުންވެލަމުން އައިލީންގެ ކޮލުގައި ލޮއެބާއެކު މަޑުމަޑުން ހިފާލަމުން އައިހަމް ބުނެލިއެވެ. އެއާއެކު އައިލީންވެސް ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. އަދި ބްރޭކް ގަޑި ނިމެންވާއިރަށް ސައިބޯން ދިޔައެވެ.
ވަޒީފާއިން ނިމިގެން އައިސް ތިން އެކުވެރިންވެސް ތާޒާ ވެލައިގެން އަޞްރު ނަމާދުކޮށްލިއެވެ. އޭރު ގޭގެ އެހެން މީހުން ބޭރަށް ދާން ތައްޔާރުވަމުން ދިޔައެވެ. އައިލީން ބޭރަށް ދާން އިންކާރުކުރުމުން ރިފްޝާ އަދި ޝައުނާވެސް ގޭގައި މަޑުކުރިއެވެ. އޭރު އައިހަމްވެސްވީ ރައްޓެއްސަކާއެކު ބޭރަށް ގޮހެވެ. ރިފްޝާ އާއި ޝައުނާ ސިޓިން ރޫމުގައި ޓީވީ ބަލަން ޖައްސާލިއިރު އައިލީން ނުކުމެލީ ބެލްކަންޏަށެވެ.
ކޮޅުކޮޅަށް ދުއްވާ އެއްޗެހިންނާއި މީހުންގެ ސަބަބުން މަގުތައް ވަނީ ތޮއްޖެހިފައެވެ. ހަވީރުގެ ހިތްގައިމު ވަގުތުކަމުން ބޭރަށް ނިކުމެ އުޅޭ މީހުންވެސް ގިނައީއެވެ. ފުން ވިސްނުމަކަށް ގެއްލިފައިހުރި އައިލީން ސިހުނީ ފޯނު ވައިވްރޭޓްވި އަޑަށެވެ. ބަލާލިއިރު އައީ ޔޫހާންގެ މެސެޖެކެވެ. މިއަދު މިހާރު ފަސްވަރަކަށް މެސެޖު ކޮށްފާނެއެވެ. އެކަމަކު އެއިން އެންމެ މެސެޖަކަށްވެސް އައިލީން ރިޕްލައި ކޮށްފައެއްނުވެއެވެ. އެތައްފަހަރު ގުޅަންވެސް ގުޅައެވެ. އެހެނަސް އެއިން ކޯލަކަށްވެސް ޖަވާބެއް ނުދެއެވެ. ފޯނަށް ބަލަހައްޓާއިގެން ހުއްޓާ އަނެއްކާވެސް އިތުރު މެސެޖެއް އައެވެ. ” އައިލީ… ލެޓްސް ގޯ ސަމްވެއާ… މިހާރު ދެދުވަސް މިވީ ފެނިވެސްނުލާތާ… އައި ވޯންޓް ޓު މީޓް ޔޫ… ” އައިލީން ޔޫހާންގެ މެސެޖު ކިޔާލިއެވެ. އެއާއެކު އޭނަގެ ތުންފަތަށް ވެރިވީ ހިތި ހިނިތުންވުމެކެވެ. ”އައިމް ވެރީ ޓަޔަޑް… މިއަދު ވަރަށް ބިޒީކޮށް އުޅުނީ… ކުޑަކޮށް ނިދާލަންވެގެން މިއޮތީ… ސޮރީ… ” އައިލީން ޔޫހާންގެ މެސެޖަށް ރިޕްލައި ކޮށްލިއެވެ. ” ބެލްކަނީގަ ހުރެގެންތަ ނިދަނީ… ” ފަހަތުން އެހެން ބުނި އަޑު އިވުމާއެކު އައިލީންއަށް ސިހިފައި ފަހަތަށް ބަލައިލެވުނެވެ. ” ޔޫހާން… ” ފަހަތުގައި އޭނައަށް ބަލަހައްޓާއިގެން ހުރި ޔޫހާން ފެނި އައިލީންއަށް މަޑުމަޑުން ޔޫހާންގެ ނަން ކިޔާލެވުނެވެ. ” ޔޫހާން މިތާ… ” ހާސްކަން ފޮރުވާލުމަށްފަހު އައިލީން ވާހަކަދެއްޖޭތޯ މަސައްކަތްކުރިއެވެ. ” ކިހިނެއްވީ… އަހަރެން މިތާއި ހުރެގެން ނުވާނެތަ… ކީއްވެ ދޮގު ހަދަނީ އައިލީ އަހަންނަށް… ” އައިލީންގެ ގައިގައި ޖެހޭ ނުޖެހޭ ކައިރީގައި ހުއްޓިލަމުން އައިލީންގެ ލޮލާއި ލޯ ހަތަރު ކަޅި ހަމަކޮށްލަމުން ޔޫހާން ބުނެލިއެވެ. ” ނޫން.. އެހެނެއްނޫން… ދޮގެއް ނަހަދަމެއްނު ޔޫހާންއަކަށް… މި… މިދަނީ އޭ ނިދަން… ހަމަ ދާން… ދާންއުޅެނިކޮށް ޔޫހާން ތިއައީ… ” އިސްޖަހައިލައިގެން ހުރެ ޔޫހާން އަށް ފުރަގަސްދެމުން ކުރިއަށް ހިނގައިގަންނަމުން އައިލީން ބުނެލިއެވެ. ހިނގައިގަތް އައިލީންއަށް ހުއްޓެން މަޖުބޫރުވީ ޔޫހާން އޭނަގެ އަތުގައި ހިފާ ޔޫހާން އާއި ދިމާލަށް އަނބުރާލުމުންނެވެ. ” ވައި އާރް ޔޫ އިގްނޯރިން މީ އައިލީ… ކީއްވެތަ އަހަންނާ ދުރަށް ދާން ތި މަސައްކަތްކުރަނީ… އިނގޭތަ އައިލީގެ ޚަބަރެއް ނުވުމުން މިހިތް ހާސްވާވަރެއް… ކިތައް މެސެޖު ކުރިން… ކިތައް ފަހަރު ގުޅިން… އެއިން އެއްވެސް އެއްޗަކަށް ޖަވާބެއް ދިނިންތަ… މިވޭދުވެދިޔަ ދެދުވަހު އައިލީ ވަރަށް ބަދަލުވެއްޖެ… ޔޫ އާ އިގްނޯރިން މީ… ވައި އައިލީ… ވައި… އަހަންނަށް އައިލީ ހިތްހަމަނުޖެހޭ ފަދަ ކަމެއް ކުރެވުނީތަ… ޓެލްމީ އައިލީ… ވައި އާރް ޔޫ އިގްނޯރިން މީ… ” އައިލީންގެ ކޮނޑުގައި ހިފަހައްޓާއިލައިގެން ހުރެ ޔޫހާން އޭނަގެ ޝަކުވާތައް ބަންޑުންކޮށްލިއެވެ. ”ޔެސް… އައިމް އިގްނޯރިން ޔޫ ޔޫހާން… ބިކޯޒް އައި ޑޯންޓް ވޯންޓް ޓު ކޮންޓިނިއު ދިސް ރޮލޭޝަންޝިޕް… ” ޔޫހާންގެ ދެއަތް ފޮޅުވާލަމުން އައިލީން ރުޅިއައިސްފައި ބުނެލިއެވެ.
އިވުނު ބަސްތައް ޔޫހާން ހުރީ ގަބޫލުކުރަން އުނދަގޫވެފައެވެ. އައިލީން އެހެން ބުނެ ޔޫހާންއަށް ފުރަގަސްދިނެވެ. އޭރު ހޯސްލާފައި އައިލީންގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ޔޫހާންއަށް އެކަރުނަތައް ފެނުމުގެ ކުރިން އައިލީން އަވަސް އަވަހަށް ކަރުނަތައް ފޮހެލިއެވެ. ” ކީކޭ… އަދި އެއްފަހަރު ބުނެބަލަ… ” އައިލީންގެ އަތުގައި ހިފައި އޭނަ އާއި ދިމާލަށް އަނބުރާލަމުން ޔޫހާން ބުނެލިއެވެ. އޭރު އެދެލޮލުން ފެންނަނީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ. ” އައި ޑޯންޓް ވޯންޓް ޓު ކޮންޓިނިއު ދިސް ރިލޭޝަންޝިޕް… ” ޔޫހާންގެ ދެލޮލަށް ބަލަހައްޓާއިގެން ހުރެ އައިލީން ބުނެލިއެވެ. ” ވައި… ” މަޑުމަޑުން ޔޫހާންއަށް ބުނެލެވުނީ އެހެންނެވެ. ޔޫހާންގެ ހިތަށް ކޮށްފައިވި އަސަރުތައް އޭނަގެ އަޑުންވެސް ހާމަވެގެން ދިޔައެވެ. ޔޫހާންގެ އަޑުގައިވި އަސަރުން އައިލީންގެ ހިތް ތޮރުފަމުން ދިޔައެވެ. އެހެނަސް ކެތްކޮށްލައިގެން ހުރީ މިއަދު އޭނައަށް އެނޫން ގޮތެއް ނެތީމައެވެ. ” ބިކޯޒް އައި ޑޯންޓް ވޯންޓް ޔޫހާން… މީހުންގެ ލައިކްސް ޑިސްލައިކްސް ބަދަލުވާހެން މީހުންގެ ޗޮއިސްވެސް ހަމަ ބަދަލުވާނެ… މިހާރަކަށް އައިސް އަބަދުވެސް އަހަރެމެންގެ މިގުޅުމަށް ކޮންމެވެސް ކަމެއް ކުރިމަތިވެފަ… ކޮންމެވެސް މައްސަލައެއް ކުރިމަތިވެފަ… މިވަރުން ކިހިނެއްތަ އުޅޭނީ… މިހާރު ޔޫހާންގެ ބައްޕަ ގަބޫލެއްނޫން އަހަރެމެންގެ މި ގުޅުމަކަށް… އެހެންވީމަ އަހަރެމެން ދެމީހުން ދުރުވުން އެންމެ ރަނގަޅީވެސް… އެހެންނޫނަސް އަހަރެން މިހާރު ބޭނުމެއްވެސް ނޫން މި ގުޅުން ކުރިއަށް ގެންދާކަށް… ” ޔޫހާންގެ އަތް ފޮޅުވާލުމަށްފަހު އައިލީން ބުނެލިއެވެ. ” ހާދަ ފަސޭހަހެން ހީވެޔޭ އައިލީއަށް ތިހެން ބުނަން… ބައްޕަ ނުގަބޫލުކަން އަހަރެން ގަބޫލުކުރަމޭ… އެކަމަކު އޭގެ މާނައެއްނޫން ދޯ އެއީ އަހަރެމެން މިގުޅުން ކަނޑާލާށޭ… އަހަރެން މިބުނީނު އަހަރެން ބައްޕަގެ ރުހުންވެސް ހޯދާނަމޭ… އައިލީއަށް ކީއްވެތަ ނުވިސްނެނީ… ” އައިލީންގެ މޫނަށް ބަލަހައްޓާއިގެން ހުރެ މިފަހަރުވެސް ޔޫހާން ވާހަކަ ދެއްކިއެވެ. ” އޯ ޔޫހާން ޕްލީޒް… އަހަންނަކަށް ނޫނޭ ނުވިސްނެނީ… ޔޫހާންއަށޭ ނުވިސްނެނީ… އަހަރެން މިބުނީނު ބޭނުމެއްނޫނޭ މިގުޅުން އިތުރަށް ކުރިއަށް ގެންދާކަށް… ވައި ކާންޓް ޔޫ އަންޑަސްޓޭންޑް… ޖަސްޓް ގޯ އަވޭ ފްރޮމް ހިއާ… އައި ޑޯންޓް ވޯންޓް ޓު ޓޯކް އެނީ މޯރް… ” ރައްދުގައި އައިލީން ބުނެލިއެވެ. އަދި ދާން ހިނގައިގަތެވެ. ” އޯ ރިއަލީ… އެހާ އަވަހަށް އަހަރެންދެކެ ވީ ލޯބި ނެތި ދިޔައީ.. ތިހިތުގަ އަހަންނަށްޓަކައި އެއްވެސް އިހުސާސެއް ނުވަނީތަ… އަހަރެން ކައިރި ދާށޭ ބުނާއިރު ތިހިތަކަށް އެއްވެސް ތަދެއް ނުވޭތަ… އެންްމެ ދެދުވަސް ތެރޭގަ ވީހާ ވަޢުދަކާ އަހުދެއް އުވާލަނީތަ… އައިލީންގެ ތިހިތުގަ އަހަންނަށްޓަކައި ލޯބި ނުވަނީތަ… އަހަންނާ ނުލާ އައިލީންއަށް އުފަލުގަ ދިރިއުޅެވޭނެތަ… އެއްވެސް އަސަރެއް ނުކުރޭތަ ތިހުރިހާ އެއްޗެއް ކިޔާއިރު… ” އައިލީންގެ އަތުފައި ހިފާ ގަޔާ ކައިރިކޮށްލަމުން ވަރަށް އަސަރާއެކު ޔޫހާން ވާހަކަ ދެއްކިއެވެ. ޔޫހާން އައިލީންގެ އަތުގައި ހިފަހައްޓާފައިވީއިރު އިރުއިރުކޮޅުން އޭނާ ދިޔައީ އަތަށް ބާރުކުރަމުންނެވެ. ” އާނ… ނުވޭ އަހަރެން ޔޫހާންދެކެ ލޮއެބެއް… ޔޫހާން އާ ނުލާވެސް އަހަންނަށް އުފަލުގަ އުޅެވޭނެ… ” ޔޫހާންގެ ލޮލާއި ލޯ ސީދާކޮށްލަމުން އައިލީން ވަރަށް ހިތްވަރާއެކު ބުނެލިއެވެ. އައިލީން ބުނެލި ބަސްތަކުން ޔޫހާންގެ ހިތަށް ހީވީ ތޫނު ހަންޖަރެއް ހަރާލިހެންނެވެ. ހިތަށް ކުރުވި އަސަރަކުން ޔޫހާންގެ ލޮލުން ކަރުނަވެސް އޮހޮރުނެވެ. އޭނައަށް ވަގުތުން އައިލީންގެ އަތުންވެސް ދޫކޮށްލެވުނެވެ. ޔޫހާންއަށް ބަލަން ހުރި އައިލީންގެ ހިތަށް ދިޔައީ ވަރަށް އަސަރުކުރަމުންނެވެ. ހިތަށް ވަމުން ދިޔަ ތޫނު ތަދެއްގެ ސަބަނުން އައިލީންއަށް ފަހަތައް ފިޔަވަޅެއް އަޅާލެވުނެވެ. އޭރު އައިލީންގެ ދެލޯ ވަނީ ކަރުނައިން ފުރި ބަންޑުވާން ކައިރިވެފައެވެ. ” އަސަރު ނުކުރާނަމަ ލޯބި ނުވާނަމަ ތިލޮލުގަ ތިހިރީ ކޮން ކަރުނައެއް… ” ހިތި ހިނިތުންވުމަކާއެކު އައިލީންއަށް ބަލާއިލަމުން ޔޫހާން ބުނެލިއެވެ. ” ނުކުރޭ އެއްވެސް އަސަރެއް… ޖަސްޓް ގޯ އަވޭ ފްރޮމް މައި ލައިފް… ” އައިލީން އޭނަގެ ވައަތުގެ ކަށި އިނގީލީގަައި ޔޫހާން އަޅުވައިލަދިން އަނގޮއްޓި ނަގައި ޔޫހާންގެ އަތުގެ ތެރެއަށް ލަމުން ބުނެލިއެވެ. އަދި އިތުރު އެއްޗެކޭ ބުނުމެއްނެތި ބެލްކަނިން ނިކުމެ ބާރު ހިނގުމެއްގައި ކޮޓަރިއަށް ވަނެވެ. އަތުގައ އޮތް އަނގޮއްޓިއަށް ބަލަންހުރި ޔޫހާންގެ ލޮލުން ކަރުނަ ފޭބިއެވެ. އެއްވެސް ހަރަކާތެއްނެތި އެ އަނގޮއްޓިއަށް ބަލަން ޔޫހާންއަށް ހުރެވުނެވެ. ބެލްކަނީގެ ދޮރު ކައިރީ މަންޒަރު ބަލަން ތިބި ރިފްޝާ އާއި ޝައުނާއަށްވެސް ތިބެވުނީ ހައިރާންވެފައެވެ.
37 Comments
Comments are closed.
Salaam dear readers ❤️❤️❤️???… Here is the next part ???… Hope all will like this part too ???… Mi part dhigukohlaafa innaanee ???… What do you guys think will happen next n Ailee egothah kanthah e kurany keehvebaa??? Next part In Sha Wednesday ???… Keep waiting dear readers ???… Love you all n thankyou so much thi dhey support ah ❤️❤️❤️????????????…
yay.. m first dhw ifoo… V v v reethi ingey mi story… keep the good work ifoo… lotxx of love md best wishes frm me… keen to read the next ones….
maayaa ❤️❤️❤️… Thankyou so much dear ❤️❤️❤️????????????… Yesss dear ur first ???… Congrats dear ??????… Lots of love from me ❤️❤️❤️????????????…
Alhey haadha lahun ..mihaaru vx kiyaahithun keii madhuvehje ..anehkaa dhinaj and nau ge kameh tha meee. ..E dhemyhun dhurukuruvan myhakh molhu plane eh hadhaalaifi. ..Or vedhaane yoohan bappa knmes ehcheh buny kamahvx dhw …anyway story is interesting dear ….curiously waiting…
Mixuhan ❤️❤️❤️… Thankyou so much ❤️❤️❤️????????????… You might be right ???… Let’s see dhw ???… Avahah liyevihjihyaa Wednesday ge kurin vx up kohdheynan… Keep waiting dear ???…
I think Yoon ge dad kanneyge aily ge phone ah gulhy???
Dhen now v v foohi mi story ?abadhuves Yoon n aily ah dhera goiy vaathi
So boring??
You might be right Twinkle ???… This is how I planned this story… Thankyou for the compliment ???…
Alhe abadhu yoon and ailee ah dhera goiyy vaathy v foohi…..dheragoiyy vaairuves ailee and yoon ah..ehn gotheh viyas ailee and yoon ah.,,,so boring….dhn knmes loabygr baehves himanan vaane dhw….
Loabi ge bai vx himanaafa hunnaane story eki parts thakuga ???… This is how I planned this story… Thankyou for the compliment ???…
mi vahaka varah foohi… abadhu haasaru.. aileen and yuaan ah abdhu dhera goii
This is how I planned this story… Thankyou for the compliment ???… Some of you might like this and at the same time some of you may not like… I agree ???…
i agree mi vahaka mihaaru foohi. gadhakamun dhigu kuran vegenn abdhu fani kanthah genes dhenee. vahaka feshunu iru reethi
This is how I planned this story… Thankyou for the compliment ???… Some of you might like this and at the same time some of you may not like… I agree ???…
awlhey.. kihineh mo vanyh vhk ah mihaaru.. s dhemyhun ah huss dhera goii viya nudhyba.. vhk ge kunnu gennairah jeheyne ufaleh aisfiyya hithaamaeh annan.. kury part ga nimmaali thanun feshigen vaanuvaa naynge kameh ge thereah dhany mihaaru… mi part nimey hisaabun viyas jeheyne aslu gulhy kaaku kan liyan.. anehen reethi dhn mihaaru ? bt kurin genai gothah hithaamakah fahu ufaleh vx genmaane kamah unnydhukuran ?? waiting for next part… go girl u can do it ???❤❤❤❤❤
This is how I planned this story ???… Gulhi myhaavx ingeyne adhi… Kurin vee gotheh vx ingeyne adhi ???… Keep waiting ???… Thankyou so much dear ❤️❤️❤️?????????…
AILEEEN KEEH THIKURI !!! NEHIII. Mi chapter made me feel Emotions I never thought I had.. Varah reethi.. Ekam ehaame asaru gadha. Varah heevey yaasir, dhinaaj, Naureen nooni naseeru ge kamakahen mivaani.
yooha ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje yooha ah mi part reethi v ma ???… You might be right dear ???… Let’s see ???…
ooops v v v v v v reethi
shahi ❤️❤️❤️… Thankyou so much dear ❤️❤️❤️????????????…
Alheyyyyyyy ifoooooo ! Kihineh thi hedhy ????????? Nuves vaane yoon ah ehen hadhan ! ????????? dhen okay vaane livy dhaanan yoon kairiyah ! ?????❤❤ Hehehe ??❤ Alhe varah reethi ingey mi part ves ?????? Hama obiness ???????? Keep up the good work dear ?????? Sooo talented masha allah ! ??????? Ekam dhen ailee ah kihineh baa evy.. Yoon ge dad or dhinaaj ehchekey kee kanneynge ! ?? haadha dhera ves viyey yoon ge feelings genessa in gothun ! ? Hama ifoo ge molhu kan ???❤?? dhen in parts ga faan men yaish men ge part ves geneslahchey ????? When is next part dear?? Sending you lots and lots and lotssssss of love.. ??????????????❣❣?????? God bless you ❤❤??
My dear sweet Livy ❤️❤️❤️???… Hehe ???… Mee mifaharu veegoi hama ???… Hehe ok Livy yoon kairiah dhiyayas ???… Ifoo bunaanan ingey yoon gaathu ifoo ge v close reader eh dhaaney yoon gaathah ???… You might be right dear ???… Let’s see ???… Thankyou so much dear ifoo ah thidhey support ah ❤️❤️❤️????????????… Will try to bring their parts also ???… V v v bodah shukuriyaa thi dhey support ❤️❤️❤️????????????… Much more loves from me dear ❤️❤️❤️????????????… May Allah bless you ❤️❤️❤️???…
Foohi dhn mi vhk mihaar.. hus ekkahala goi thakeh..abadhu vx dhera goii.. v vaii
Thankyou ???… This is how I planned ???…
Dhn ehvx ryhcheh nuun .. vhk mathin vx foohiwejje mihaar..
Everyone may not like my story ???… I believe that ???… Thankyou ???… This is how I planned ???…
ᗩᒪᕼEY IᖴOO ??? ᑭᒪ᙭᙭᙭᙭᙭᙭᙭᙭᙭᙭ ᑎO YOOᑎ ᗩᕼ Eᕼᑎ ᑎᑌᕼᗩᗪᕼᗩᗩ ??????… Eᕼᗩᗩ ᒪOᗩᗷI KᑌᒍᒍᗩKᑌ ᗪᕼEᖇᗩKᑌᖇᗩᗩKᗩᕼ ᑎᑌᐯᗩᗩᑎE EYᑎᑌᑎ ᗪᕼᗯ ᗩᔕᒪᑌᐯ᙭ IᑎGEY ᑎᗩᒍᑌ ᐯ᙭ ᐯᐯᐯᐯᐯᐯᐯᐯᐯᐯ ᗪᕼEᖇᗩᐯEᕼᒍE ᗪᕼᑎ ᗩᗪᕼI YOOᑎ ᗩᕼ KIᕼᗩᗩ ᗪᕼEᖇᗩᐯᗩᗩᑎE ᗪᕼᗯ ?????… IᖴOO ᗪEᗩᖇ ᗰI ᑭᗩᖇT ᐯ᙭ ᐯᐯᐯᐯᐯᐯᐯᐯᐯᐯᐯ ᑎIᑕE ᑎ TOᑌᑕᕼIᑎG IᑎGEY ?????????… I TᕼIᑎK ᗩIᒪEE ᗩᕼ EGᑌᒪᕼY YOOᑎ GE ᗪᗩᗪ ᕼEᑎ… YOOᑎ GE ᗪᗩᗪ ᗩIᒪEE KᗩIᖇYGᗩ ᗷᑌᑎᗩᗩᑎY YOOᑎ ᗩIᒪEE ᗰᗩTᕼIᑎ ᖴOOᕼI ᐯᗩᗩGOTᕼᗩᕼ KᗩᑎTᕼᗩᕼ KOᕼ ᗪᕼEYᔕᕼEY… ᗩIᒪEE ᗩKᗩᕼᐯ᙭ ᗪᕼEKOᒪᕼᑌ ᕼᗩᗪᕼᗩᗩKᗩᕼ ᑎᑌKEᖇEYᑎE EYᑎᑌᑎ ᗪᕼᗯ YOOᑎ GE ᗪᗩᗪ ᐯYᗰᗩᐯ᙭ ᗰEE ᑎᗩᒍᑌ ᗩᕼ ᕼYᐯᗩᗩGOI ?????????… ᗩᒪᕼEY IᖴOO ᗪEᗩᖇ ᕼᗩᗩᗪᕼᗩ ᗰOᒪᕼEY ᗪᕼᗯ… TᕼY ᕼᗩᗰᗩ ᑎᑌᗰᗷEᖇ OᑎE IᑎGEY ???❤️❤️❤️??????… TᕼᗩᑎK᙭ IᑎGEY ᗪEᗩᖇ ᗰI ᑭᗩᖇT Gᗩ YOOᑎ ᑎ ᗩIᒪEE GE ᗷᗩI GEᑎᗩᔕᗪᕼYᖴᗩ ᕼᑌᖇYᗰᗩ ᑭᒪᑌᔕ ᗪᕼIGᑌKOᕼ GEᑎᗩᔕᗪᕼIᑎYᗰᗩ ?????????… ᑕᑌᖇIOᑌᔕᒪY ᑕᗩᑎ’T ᗯᗩIT ᖴOᖇ TᕼE ᑎE᙭T ?????????… ᗰᑌᑕᕼ ᒪOᐯEᔕ ᖴᖇOᗰ ᑎᗩᒍᑌ ????????????????????????????????????????
Naju ❤️❤️❤️???… Thankyou so much dear for the colourful Comment ❤️❤️❤️????????????… V v v ufaavey ehaa supportive reader eh libunyma ???❤️❤️❤️… You might be right dear ???… Let’s see dhw ???… Ifoo ah mi hisaabah vx mi aadhevuny hama readers ge support aaeku ???… Thanks a lot dear ❤️❤️❤️??????… Much loves from me dear ❤️❤️❤️????????????…
Alheyy aileen why????????????????kyve thr abadhu aili an dyoon ah dhera geih vany.. Kaakubaa e gulhy???? ????????????aily u r doing the same mistake….. Hama yoon aa share kohleveyne dhw… ????????????????????kada mihaaru.. Alhe e dhemyhun separate Nukurahchey…… ??????????????????????so sad fir both??????????alhe kyhve baa e aili dhuruviii.. Something is fishy????????????????????????alhe mashaallah…. Vv emotional mi part.. Curiously waiting for next part avahah up kohdhehchey Darling luv u ???????????????
Maya ???❤️❤️❤️… Thankyou so much dear for the colourful Comment ❤️❤️❤️????????????… V v v ufaavehje mi part vx Maya ah kamudhiyaima ??????… Let’s see what happens next ???… N hithuga ufedhifa huri suvaaluthakuge javaabuvx v avahah libeyne In Sha Allah ???… Thanks a lot dear ???❤️❤️❤️???… Much loves from me dear ❤️❤️❤️????????????…
Abadhu ailee an yuhaan ah dhera.. Dhen naureen aah avahuh yuhaan marry kuruvaa and ailee aah ailee dhekke rulhi anna kujja.. Eyrah varah salhi vefa story twist vaane.
Let’s see what happens next ???… Thankyou for the comment ❤️❤️❤️?????????…
Sry ifoo dear???..vrh dhuvas vehje comment eh kh nulheveythaa…bt regularly I read the stry…Hama vrh nic as usual???????…mifaharu miohty kyh khfa dear…anehkaa Ailee r kaakubaa meet khfa ehcheh k e buny….nd ky k baa ky Ailee kaary ehmyhaku..❤️❤️❤️??????????.once again stry dear…I ge A level exam mi month 6 ga onnaathy aslu bxy e ehkamuvex up vefa iny r stry kiyaanan comm eh nukhlevunas..whn next part
Awwwwnn ???❤️❤️❤️???… I missed your comments ???… I’m so happy to see ur comment ??????… Aslu vx v v v ufaavehje ehaa dhuvas fahun vx dear ge comment eh fenunyma ???????❤️❤️❤️… I can understand dear ???… V v v ufaavehje ehaa bxy koh ulhemunvx vaahaka kiyaalaathy ❤️❤️❤️???… Thankyou so much dear for the support ❤️❤️❤️????????????… It means a lot for me ???… Let’s see what happens next ???… N hithuga ufedhifa huri suvaaluthakuge javaabuvx v avahah libeyne In Sha Allah ???… Next part maadhama up kureveythr mi try kurany ???… Concentrate on your studies dear n I wish you all the best for ur exams ❤️❤️❤️????????????…
This is now becoming a typical hindi drama…abadhu dhera goii nuhadhaa thankolheh funkoh genesdheynama will be perfect…its just my views plx dont get offended… BTW hama thigothah hivaraa ekyy midhaairaaga kuriah dhiyun edhn…
Anonymous ❤️❤️❤️???… Thankyou so much dear for the supportive comment ❤️❤️❤️????????????… This is how I planned this story ???… V ufaavehje faahaga kohla dhinyma ???…
Vrh reethi mi bai ves.. ❤️? kon irakun next part and keep it up dear.. vrh molhu vhk liyan ?
Xai ❤️❤️❤️???… Thankyou so much dear for the supportive comment ❤️❤️❤️????????????… V v v ufaavehje story reethi v ma Xai ah ???… Next part In Sha Allah maadhama ???… I’m trying my best ???…