އެގާރަވަނަ މީހާގެ ފޯނުގައި ރިކޯޑަރ ހަރުކުރެވުންތަނާ ޔަނާލްގެ ފޯނަށް މެސެޖްއައީ ދެވަނަ ސެޝަންއަށް އައުމަށެވެ. ފަސް މިނެޓް ތެރޭ މިދަނީ ކަމަށް މެސެޖް ކޮށްލަމުން އަނެއްކާވެސް ދެންތިބި މީހުންގެ ފޯނުގައި ރިކޯޑަރ ހަރުކޮށް ނިންމާފައި ނުކުންނަން އުޅެނިކޮށް މީހަކު ބޭރުން ތަޅުގައި ހިފާލި އަޑަށް އޭނާ ހުއްޓުން އެރިއެވެ. އިރުކޮޅަކުން ތަޅުދަނޑި ފައްޗަކުން ދޮރު ހުޅުވާލާފައި ވަނީ އެތާ މަސައްކަތް ކުރާ މީހެކެވެ. ޔަނާލް ފެނުމުން އެމީހާ ޔަނާލަށް ބަލާލީ ހައިރާންވެފައެވެ. “މިތާ ކީއްކުރަނީ؟ ކިހިނެއް މިތަނަށް […]
“ދެން މިހާރު އަހަރުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެއްނު. ޝާފިއު ސާރ ދަތުރު ހަމަޖައްސަންދެން މިގޭންގުގެ ދެންތިބި މީހުނަށް އެނގޭ އެއްޗެއް ހޯދަންވީ. މިއޮތީ އަހަރުން ފަށަންވީ ދިމާ. ބަލާބަ. މިމީހާގެ ސޯޝަލްމީޑިއާ ހާވާލީމަ ފެނުން އެއްޗެއް.” މިހުރާން އުޝާއަށް ދައްކާލީ އެމީހުނާއި އުމުރުން އެއްވަރުގެ ފިރިހެނެއްގެ އިންސްޓަގްރާމް އެކައުންޓުގައި އިން އޭނާގެ އާއިލާގެ ފޮޓޯއެކެވެ. އެފޮޓޯގައި ހުރި އަންހެން ކުއްޖެއް އުޝާއަށް ދަންނަ ވައްތަރެއް ޖެހިއެވެ. ވަރަށް ފަރުވާތެރިކާމާއެކު އޭނާއަށް ބަލާލުމުން އުޝާއަށް އެއީ ކާކުކަން […]
އިޝާން ފޯނު ނަގާ ވީޑިއޯ ހުޅުވާލުމަށްފަހު ޝާފިއުއަށް ދައްކާލިއެވެ. ވީޑިއޯ ނިމުމުން ޝާފިއު ފުން ނޭވާއެއް ދޫކޮށްލިއެވެ. “އެންމެ ރަނގަޅު. މިވީ ގޮތުން ވާރިސްއަށް އެބަ ޝައްކު ކުރެވޭ. ސާރ ބަލާނަން މިކަމާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދޭތޯ.” ޝާފިއުގެ މި ވާހަކައިން ހަތަރު މީހުނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. “ސާރ. އަޅުގަނޑުމެން ކޭސް ކުރިއަށް ގެންދަން އަޅުގަނޑުމަން ބޭނުން ބެންކޮކަށް ދާން. ދެމީހަކު މިކޮޅުގައި މަޑުކޮށްފައި އަނެއް ދެ މީހުން އެކޮޅަށް ދާގޮތަށް.” އުޝާ […]
އުޝާއާއި ޔަނާލްވެސް ޝައުގުވެރިކަމާއެކު ބަލަން ފެށިއެވެ. ވާރިސް އޭނާގެ އޮފީހުގެ މޭޒުމަތީގައި އިށީނދެލާގެން ފޯނުން މީހަކާއި ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ މޫނުމަތިން ހާސްކަމާއި ބިރުވެރިކަން ފާޅުވެއެވެ. ވާރިސް: މީހަކު އަޖާބު ވެދާނެ. މިހާރު ކިތައް ފަހަރު ބުނެފިން މަށެއް ނޫނޭ މިހާރު އެކޭސް ބަލަނީ. އުޅެއުޅެވެސް އެކޭސް މިހާރު ބަލާ ފަރާތެއް ނޭނގުނޭ. ދެންވެސް ވީހާވެސް އަވަހަކަށް ފުރޭތޯ ބަލާބަ. ސިންގަޕޯރގައި ތިބޭނެ ކަމެއް ނެތެއްނު. ބެންކޮކްގައި ތިބޭނެ އަހަރުންގެ މީހުން. މަ މިހާރު އެމީހުނަށް […]
ވާނީވެސް އެހެންތާއެވެ. ރޭގައި މޭޒުމަތީގައި ބާއްވާފައި ދިޔަ ފައިލްތަކެއް ނެތެވެ. އުޝާމެންގެ ޓެބާއި ލެޕްޓޮޕް އޮތްތަނުގައި އޮތެވެ. އެއިން އެއްޗެއް ހުޅުވޭނީ އެއެއްޗެއް ގެންގުޅޭ މީހަކަށެވެ. އުޝާ އެއެންމެންގެ ޓެބާއި ލެޕްޓޮޕްތަކުގެ ސެކިއުރިޓީ އެހާވަރަށް ވަރުގަދަ ކުރިއެވެ. ނަމަވެސް އެހުރިހާ ފައިލްތަކުގެ އިތުރު ކޮޕީއެއް އެހެން އެއްވެސް ތާކު ނުހުންނާނެއެވެ. އެހެންވީމާ ގޭންގް މެމްބަރުންނާއި ބެހޭ އެއްވެސް މައުލޫމާތެއް އުޝާމެނަކަށް ނޭނގޭނެއެވެ. “ކޮބާ އިޝާން؟” އުޝާއަށް ލިބިފައިވާ ހާސްކަމާއެކެ އޭނާއަށް އަހާލެވުނީ ހަރުކަށިކަމާއެކުއެވެ. “އޭނާއަށް ގޮވާގޮވާ ވަރުބަލިވެގެން […]
އުޝާ ވަތްއިރު ޔަނާލާއި މިހުރާން ރޭގަނޑުގެ ކެއުމަށް ތިބިތަން ފެނުމުން އުޝާވެސް ސޯފާމަތީގައި ލެޕްޓޮޕް ބެހެއްޓުމަށްފަހު ކާން އެރިއެވެ. “ކޮބާ އިޝާން؟” ތައްޓަށް ބަތްއަޅަމުން އުޝާ ސުވާލުކޮށްލިއެވެ. “ޒާހިދު ސާރގެ އަދަބު އޭނާއަށް އޮންނާނެއެއްނު. އަވަހަކަށް ނާދެވޭނެ އެސޮރަކަށް.” އުޝާގެ ސުވާލަށް ޖަވާބުދިނީ މިހުރާނެވެ. ކައި ނިމިގެން އުޝާ ޔަނާލާއި މިހުރާންގެ ފަހަތުން ވަނީ އެމީހުންގެ އެޕާރޓްމެންޓަށެވެ. ކޭސްގައި އެމީހަކަށް ޖެހުނު މަސައްކަތްތައް ފުރިހަމަ ކުރަން ހަމަޖެހިލިއެވެ. ޔަނާލްގޮސް އިށީނީ ކާމޭޒުކައިރީގައެވެ. އޭނާގެ ޓެބު މޭޒުމަތީގައި ބާއްވުމަށްފަހު […]
މިހާ ހިސާބުން ކޯލް ނިމުނު ވަގުތަށް މިހުރާނާއި އިޝާން އައިސް ވަތެވެ. އިޝާން ދިޔަގޮތަށް ފާހާނާއަށް މޫނުދޮންނަން ވަތުމުން މިހުރާން އައިސް ސޯފާގައި އިށީނުމުން ޔަނާލް ހުރިހާ ވާހަކައެއް ކިޔާދޭން ފެށުމުން އުޝާ ހުއްޓިލީ ޓީވީއާއި ޖެހިގެން ހުރި ބޮޑު ބޯޑާއި ދިމާލުގައި އެވެ. އެންމެ މަތީގައި އޭނާ ލިޔުނީ ‘ބޮސް؟’ އެވެ. އޭގެ ތިރީގައި ގޭންގު ލީޑަރު އޭނާގެ ނަން،އަހުމަދު ޝުހާން އަލީ އަދި އޭނާގެ އުމުރު29 ލިޔުމަށްފަހު އޭނާގެ ފޮޓޯ ހަރުކުރީ އޭނާއާއި ބެހޭގޮތުން […]
އެންމެން ގޮސް ސިޓިންގްރޫމަށް ބޯދިއްކޮށްލިއިރު އިޝާންއޮތީ ސޯފާގައި ނިދާފައެވެ. ޓީވީން އޭރުވެސް ފިލްމު އަޅުވާފައި ހުއްޓެވެ. މިހުރާން އުޝާއާއި ޔަނާލާއި ދިމާލަށް ބަލާލަމުން އަޑުމަޑުކުރުމަށް އިޝާރާތް ކުރަމުން ދޮންތަމެންގެ ކޮޓަރިއަށްވަދެފަ އައީ މާކަރަކާއި ޕެއިންޓް ބައެއް ސާމާނު ހިފައިގެންނެވެ. އިޝާން ކައިރި މަޑުމަޑުން އިށީނދެލަމުން އޭނާ ފެށީ އިޝާންގެ މޫނުގައި ކުރަހާށެވެ. މިހުރާނަކީ މޮޅު ކުރެހުންތެރިއެކެވެ. އޭނާ ކުރަހާ ނިމިގެން އުޝާމެންނަށް ދައްކާލުމުން ދެމީހުންވެސް ބިރުން ސިހުނެވެ. މިހާރު އިޝާންގެ މޫނުން ސިފަވަނީ ދަ ކޮންޖަރިންގައި އުޅޭ […]
އުޝާ އެއެންމެންގެ މޫނަށް ބަލާލިއެވެ. އެއަށްފަހު ނެގީ ޖިންސު ޖީބުގައި އޮތް އޭނާގެ ފޯނެވެ. ފަރިތަކަމާއެކު ޕާސްވޯޑު ޖަހާލުމަށްފަހު އޭނާ ގުޅީ ޝާފިއު ސާރއަށެވެ. އެއަށްފަހު އިންތަނުން ތެދުވެލުމަށްފަހު ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ދެންތިބި މީހުން ތިބީ އުޝާ ކިޔަން އުޅޭ އެއްޗަކަށް ކަންފަތް ދީގެންނެވެ. “ހަލޯ ސާރ. އަޅުގަނޑު ސުވާލެއް ކޮށްލަންވެގެން… ލައްބަ… އަޅުގަނޑުމެންނާއި މިކޭސް ހަވާލުކުރުމުގެ ކުރިން މި ކޭސް ބެލީ ކޮން ބައެއްތޯ؟” ސާރ ދޭނެ ޖަވާބެއްގެ އިނތިޒާރުގައި އެންމެންވެސް ތިބީ ނޭވާ […]