(ނޯޓް: މިވާހަކައަކީ ހިޔާލީ ވާހަކައެކެވެ.) އެންމެ ތުއްތު އިރުއްސުރެވެސް ޝަހުފާނަކީ ވަރަށް ހަލަނިކޮށް އުޅޭ ކުއްޖެކެވެ. ނަމަވެސް އެންމެންވެސް އޭނާ ދެކެ ވަރަށް ލޯބިވެއެވެ. އެއީ އޭނާއަކީ އޭނާގެ މައިންބަފައިންގެ ހުރި ހަމައެކަނި ދަރިއެވެ. އޭނާގެ ސަކަ މިޒާޖުގެ ސަބަބުން އޭނާއާއެކު އުޅޭ މީހަކު އުޅެންޖެހޭނީ އޭނާ ދައްކާ ވާހަކަތަކުން ހީހީއެވެ. ޝަހުފާން ސްކޫލަށްދިޔަ ފުރަތަމަ ދުވަހުވެސް ވަރަށް ގިނަ އެކުވެރިން ލިބުނެވެ. އޭނާ ބޮޑުވަމުން އައި އިރު އޭނާއަކީ ކިޔެވުމަށް ވަރަށް މޮޅު ދަރިވަރެކެވެ. މުދައްރިސުންގެ […]
ސައިބޮއެ ނިންމާލައިގެން ހަތަރު ކުދިން އެއްކޮށް ގޮސް ސޯފާގައި އިށީނމުން އުޝާ ވާހަކަ ދައްކަން ފެށިއެވެ. “މި ކޭސް މިހިސާބަށް ގޮސް އޮތްއިރ ކުރިއަށް ގެންދިޔައިރު ފުރަތަމަ އަލުން ފޮރެންސިކް ކަންތަކާއި ހަވާލުވެ ހުރި އަހުމަދު ސާރ ކައިރިއަށް ދާން ވީ ދެމީހަކު. އަނެއް ދެމީހުން ދާންވީ އަލުން ޖަލުގައި ތިބި ސަސްޕެކްޓުންނާއި ސުވާލުކުރަން. މަދާނީ ސުވާލުކުރަން. ކާކު މަށާއިއެކު ދާނީ؟” މިހެން ބުނުމާއެކު އިޝާން އުޝާ އާއެކު ދާން އެއްބަސްވެއްޖެއެވެ. “ހޫނ… ހިނގާ ދާން. މިހުރާނާއި […]
އުޝާ އިރުކޮޅަކު ދޮންބެއާއި ވާހަކަ ދައްކާލަން އިނުމަށްފަހު ބޭރަށް ނިކުމެލުމާއެކު އޭނާ އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި އެއްވެސް ހިފެހެއްޓުމެއް ނެތި ހެވެން ފެށުނެވެ. މިހުރާން ދޮންތަގެ ޝޯލެއް މުޅި ގައިގައި އޮޅާލައިގެން އިޝާން އާއި ދެ މީހުން ކަޕުލް ޑާންސް ކުރަނީއެވެ. އެޑް ޝީރަންގެ ‘ޕާރފެކްޓް’ ލަވަ ޓީވީއިން އަޅުވައިގެން ރިމޯޓު އަތަށް ލައިގެން ޔަނާލް ސޯފާގައި އޮވެގެން ހެނީއެވެ. އެހެން އެދެމީހުން ނަށަން ތިއްބާ ދޮންތައާއި ދޮންތަބެ އައުމުން މިހުރާން ލަދުން […]
އޭގެ ފަހުން އަހަރެން އުޅެން ޖެހުނީ ހާލެއްގައެވެ. ސްކޫލް ނިންމާ ގޮތައް ޓްރެއިނިންގްއަށް ދާން ޖެހެއެވެ. ނަމަވެސް ‘ކިޔަވަން’ ޖެހެއެވެ. ޓްރެއިނިންގް ނިމުނީ ބަރާބަރު ފަސް އަހަރު ތެރޭގައެވެ. ނަމަވެސް އަހަންނަށް ހީވީ އެއް ގަރުނު ފާއިތު ވެގެން ދިޔަ ހެންނެވެ. ނުވީތާކަށް ޓްރެއިނިންގް ހަދަން ދާން ޖެހެނީ މީހުންނަށް ޝައްކެއްވެސް ނުވާނޭ ގޮތަށް ލޯންޗެއްގައި ކައިރި ރިސޯޓަކަށެވެ. ސްކޫލުގައިވެސް ކަންތައްތައް ބަދަލު ވެގެން ދިޔައީ ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ. އަލަށް ވަތް ފިރިހެން ކުއްޖާ ކިޔާން […]
ެ. ޔަނާލާއި އަތާއި އަތް ޖަހާލަމުން އުޝާ ދިޔައީ ސާރގެ އޮފީހަށެވެ. އުޝާ ގޮސް އެރީ ކުޑަ ލިފްޓަކަށެވެ. ލިފްޓް ހުޅުވުމުން އޭނާ ގޮސް ވަނީ ކުރިމަތީގައި ހުރި ބޮޑު ބިއްލޫރި ދޮރު ހުޅުވުމުންނެވެ. “އައްސަލާމު އަލައިކުމް ސާރ.” އެ އަޑަށް މޫނު މަތީ އަތް އަޅާލައިގެން އިން ޝާފިއު ސިހިފައި ބަލާލިއެވެ. އަދި އިށީނުމަށް އަތުން އިޝާރާތް ކޮށްލިއެވެ. ޝާފިއު ފުން ނޭވާއެއް ދޫ ކޮށްލިއެވެ. “އުޝާ. މިހާރު މިތާ މިހިރަ ގިނަ ކުދިންގެ ތެރެއިން […]
މެންދަމުގެ އަރާމް ހަމަހިމޭން ވަގުތުގައި މުޅި މާލެ ހަމަހިމޭން ނިންޖަކުން ނިދާލާފައިވާ ފަދައެވެ. މަގުމަތީގައި ދުއްވާފައިދާ މަދު އުޅަނދު ތަކެއް ފިޔަވައެވެ. ނަމަވެސް މިފަދަ ވަގުތެއްގައިވެސް ނިދަން ދިއުމުގެ ބަދަލުގައި އުޝާ އިނީ ކޮޓަރިއަށް ނުވަދެ ބެލްކަނީގައި ހުރި އުނދޯލީގައި މަޑުމަޑުން ހެއްލާލަ ހެއްލާލައެވެ. އެ މޫނުގައި އެއްވެސް ކަހަލަ ދިރުމެއް ނެތެވެ. އެ ލޮލުން ފެންނަމުންދަނީ ހުސްކަމެވެ. އެތަށް އިރަކު އެތާ އޮއްވާ އޭނާއަށް ސިހިފައި ތެދުވެވުނީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. އޭނާއަށް މަޑުމަޑުން […]
މިސް ހުރީ މަށަށް ބަލަހައްޓައިގެން ސަލާން ނުގޮވާ މަޑު ކޮށްގެނެވެ. އަވަސްއަވަހަށް ކޮޅަށްތެދުވުނު ގޮތެއްވެސް ނޭނގެއެވެ. މީހާ ކުޑަކޮށްވެސް ދޮން ނަމަހީވެސް މަގޭ މުޅިމޫނު ލަދުން ރަތްވީހެވެ. މިސް ކައިރީގައި ހުރި ފިރިހެން ކުއްޖާވެސް ފެނުނީ ތެދުވި ފަހުންނެވެ. އޭނާވެސް ހުރީ މަށާއި ދިމާލަށް ބަލަހައްޓައިގެން އޭނާ އަޅުވައިގެން ހުރި ކަޅު ދަބަހުގެ އަތްގަނޑުގައ އެއްއަތުން ހިފަހައްޓާލައިގެނެވެ. މިސް ސަލާމް ގޮވުމުން ސަލާމް ބަލައިގަތުމަށްފަހު އިށީނީ ހިތާހިތުން އެންމެނަށް ކުދި ކިޔަމުންނެވެ. މިކަމުގައި ކުށްވެރިކުރެވޭ ވަރުގެ މީހަކުނެތް […]