ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ މާހައުލަށް ވެރިވެފައިވަނީ ހަލަބޮލިކަމެވެ. އެއާރޕޯޓު ތެރޭ ހަރާކާތްތެރިވާތަން ބަލަން 13 އަހަރުގެ ޒައިން ހުއްޓެވެ. އެކިކޮޅުކޮޅަށް މީހުން ދާތަން ބަލަން ހުރެވުނީ ޝައުޤުވެރިކަމާއެކީގައެވެ. ޒައިން އަށް ހޭވެރިކަން ވީ ބައްޕަ ކޮނޑުމަތީ އަތް ބާއްވާލުމުންނެވެ. ” ދަރިފުޅާ…!ބޯޓު ޖައްސައިފި…!” ޒައިން ގަޔާ ކައިރިކޮށްލަމުން އަލްހާން ބުންޏެވެ.ޒައިންގެ މޫނުމަތީ ވިދާލީ އުފާވެރިކަމެވެ. އޭނާ އަވަސްވެގަތީ އެރައިވަލް ގޭޓާ ދިމާލަށް ދިއުމަށެވެ. އޭރު ޔަނާ ދެބަފައިންގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުއްޓެވެ. އެދެމީހުންނަށް ގޭޓާ އަރާހަމަނުވެވެނީސް ދަތުރުވެރިން […]