މާހިލްއާއި ޝާލިނީގެ ކައިވެނި ކުރެވުނީ ޖެހިގެން އައި ހުކުރުދުވަހުގެ ރޭގައެވެ. ކައިވެނި ކޮށްދިނުމަށްފަހު ގާޒީން ގެއިން ނުކުމެގެން ދިއުމާއެކު މާހިލް ޝާލިނީ އަތުގައި މަޑުމަޑުން ހިފާލިއެވެ. “އަހަރެން މި ދުވަހަށް ހާދަ އިންތިޒާރެއް ކުރީމޭ!!” މާހިލް އިޝްޤީ އަޑަކުން ބުނެލިއެވެ. ޝާލިނީގެ މޫނު ރަތްވެގެން ދިޔައީ ލަދު ގަތްލެއް ބޮޑު ކަމުންނެވެ. “ހިނގާ ރޫމް އަށް!!” “އެހަށް މަޑުކޮށްބަލަ!” ޝާލިނީ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިކުރުވަމުން ބުންޏެވެ. “އަހަރެން އެބޮތް ވަރަށް ބޮޑު ސަޕްރައިޒެއް ދޭން ވެފަ!!” […]
*** އަރާމު ނިންޖަކަށްފަހު ޝިއާނާ މަޑުމަޑުން އެސްފިޔަތައް ތަޅުވާލަމުން ލޯ ހުޅުވާލިއެވެ. ފާރުގައި ހުރި ގަޑިއަށް ބަލާލިއިރު ގަޑިން 7 ގަޑި 15 ހިނގަނީއެވެ. މޯޅިއަކަށް ދެމިލުމަށްފަހު އާފުރިލަމުން އޭނާ ތެދުވެ އެނދުގެ ފަޑީގައި ލެނގިލިއެވެ. އަދި ކައިރީގައި ނިދާފައި އޮތް އިކާންގެ މޫނަށް ބަލާލިއެވެ. އޭނާ އިކާންގެ ކަރުގައި އަތް ޖައްސާލީ އަދިވެސް ހުމުގެ އަސަރު ހުރިތޯ ބަލާލުމަށްޓަކައެވެ. ނަމަވެސް އޭނާ ގެ އަތް އިކާންގެ ކަރުގައި ޖައްސާލުމަށްފަހު ކުއްލިއަކަށް ދަމައިގަނެވުނީ އިކާންގެ ހަށިގަނޑު، ގަނޑުވެފެން […]
މަގުގެ އެކި ދިމަދިމާލުގައި ހެދިފައިހުރި ބޮޑެތި ފެންކޯރުތަކަށް، ވާރޭގެ ތިކިތައް ޖެހެމުންދިޔަ މަންޒަރު ބަލާލަން ނުހަނު ހިތްގައިމެވެ. ރަށުގެ އެ ބޮޑުމަގުގައި ޔައީޝް ނޫން އެހެން އެކަކުވެސް އެވަގުތު ފެންނާކަށް ނެތެވެ. މަގުގެ މެދުން މިނިވަންކަމާއެކު ޔައީޝް ހިނގާލާފައިދިޔައިރު އޭނާ މަޑުމަޑުން ތުނބުންފުމެމުންދިޔައެވެ. ޔައީޝްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ، މަގުގެ އެއްފަޅީގައި އިށީނދެލައިގެން އިން އަންހެން ކުއްޖާ އޭނާގެ ލޮލުގައި އަޅައިގަތުމުންނެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ ސަބަބުން މަންޒަރު ވަނީ ފުސްވެފައެވެ. އެހެން ކަމުން ޔައީޝް […]
އޮފީހަށް ވަން ޔައީޝްއަށް ލިބުނީ ހައިރާން ކަމެކެވެ. އޮފީހުގައި އެއްވެސް މީހަކު ނެތެވެ. ރިޝެޕްޝަން ވެސް ހުރީ ހުސްކޮށެވެ. އެކި ތަންތަނަށް ނަޒަރު ހިންގަމުން އައިސް ޔައީޝް އޭނާގެ ކެބިން ކައިރި މަޑުކޮށްލިއެވެ. ކެބިން އަށް ވަނުމުގެ ކުރިން އޭނާ ޖެހިގެން ހުރި ކެބިންގެ ތެރެ ވެސް ބަލާލިއެވެ. އެތަން ވެސް ހުރީ ހުސްކޮށެވެ. ހިތުގައި ސުވާލު އުފެދެމުންދިޔައެވެ. މިއަދު މީ ކޮން ދުވަހެއް ތޯ ޗެކް ކޮށްލުމައްޓަކައި ފޯނުވެސް ބަލާލެވުނެވެ. މިއަދު މީ ހަމަ ރަސްމީ […]
އެކޮޓަރީގައި ވެރިކަން ކުރަމުންދިޔައީ ހަމަހިމޭންކަމެވެ. ކޮޓަރީގެ އެކި ދިމަދިމާއަށް ޝާލިނީ ނަޒަރު ހިންގާލިއެވެ. ފާރުގެ ބޮޑު ބައެއްގައި ވަނީ ބަލްޝަމްގެ ލިޔުމެވެ. ތަޅުންގަނޑުމަތީގައިވެސް ގިނަ އަދަދަކަށް ޗޯކު ބުރިތައް އުކާފައި ހުއްޓެވެ. އެއިރު ބަލްޝަމް އިނީ ފާރު ކައިރީގައި އިށީނދެލައިގެންނެވެ. ދެކަކޫ ގެނެސް މޭގައި ޖައްސާލައިގެން އިންއިރު އޭނާގެ މޫނުވަނީ ކަކޫ މަތީ ފޮރުވާލެވިފައެވެ. އިސްތަށިގަނޑުން ބޮޑުބައެއް ވަނި މޫނުމައްޗަށް އެޅިފައެވެ. ޝާލިނީ އައިސް ބަލްޝަމްގެ ކައިރިއަށް ހުއްޓިލިއެވެ. އަދި މަޑުމަޑުން ބަލްޝަމް ކައިރީ އިށީނދެލަމުން އޭނާގެ […]
(އެސްފިޔައިގެ އެޑްމިން އިން ތައާރަފް ކުރި ނިއު ފީޗަރ ޓެސްޓް ކުރުމައްޓަކައި “ހަވާތިފް” ގެ އެޕިސޯޑް 8 ބޭނުންކުރުމުގެ ސަބަބުން ކިޔުންތެރިންނަށް ދިމާވި ދަތިތަކަށް ނިހާޔަތަށް މާފަށް އެދެމެވެ. ނަމަވެސް މިހާރު މިވަނީ އެ ކަންކަން ހައްލުކޮށް އަނެއްކާވެސް ފަސޭހަ ކަމާއެކު ވާހަކަ ކިޔާލެވޭނެ ގޮތް ހަދައިދެވިފައެވެ. މި ބައި ވެސް ރީތި ވަނެ ކަމަށް އުއްމީދު ކުރަމެވެ.!) ސީމާގެ ހަޔާތް އަމާން ވެގެން ދިޔައީ އެ ދުވަހުއެވެ. އޭގެ ފަހުން ސީމާ ދިރިއުޅެމުން ދިޔައީ ބަނޑުގައި […]
ސީމާގެ ހަޔާތް އަމާން ވެގެން ދިޔައީ އެ ދުވަހުއެވެ. އޭގެ ފަހުން ސީމާ ދިރިއުޅެމުން ދިޔައީ ބަނޑުގައި ވިންދު ޖަހަމުންދިޔަ ކުޑަކުޑަ ފުރާނައަށް ޓަކައެވެ. އާމްދަނީ ހޯދީ ހެދިކާ ހަދައި ވިއްކައިގެންނެވެ. މީސްމީހުންނަށް ހެދުން ފަހައި ދީގެންނެވެ. ސީމާއަކީ ރަށު މުދިމު ގެ އަންހެނުން ކަމުން ރަށުގެ ގިނަ ބައެއްގެ އިހުތިރާމާއި އެހީތެރިކަން ސީމާއަށް ދިޔައީ ލިބެމުންނެވެ. 9 މަސް ފަހުން ސީމާ ވިހޭ ކުޑަކުޑަ ލޯބި ލޯބި ފިރިހެން ކުއްޖާއަކީ ތިޔަ ލޮބުވެތި ކިޔުންތެރިންގެ ހިތުން […]
“މީގެ ފަހުން….” ޝެހެނާޒަށް ބުނެވުނީ އެހިސާބަށެވެ. “ތިހުރީ ވަރިކޮށްފަ! ހަމަ މިހާރު ނުކުމެގެން ދޭ!!” ލަތީފުގެ އަޑު ގޭތެރޭގައި ގުގުމައިގެން ދިޔައެވެ. ޝެހެނާޒުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ގަނޑުވެފައި ލަތީފުގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ ގަބޫލުކުރަން ދަތިވެގެންނެވެ. “އަޑެއް ނީވޭތަ؟ ތިހުރީ ވަރިކޮށްފައޭ!” ލަތީފު އަނެއްކާވެސް އެބަސްތައް ތަކުރާރުކޮށްލިއެވެ. “ހަމަ މިހާރު ފޮއްޓަށް އެއްޗެހި އަޅައިގެން ނުކުމެގެން ދޭ! ތީ ނިކަން ފޮއްޓަށް އެއްޗެހި އަޅާ ހިތްވާ މީހެއްނު!” “އެކަމަކު…! މަ.. މަ ދެން ކޮންތާކަށް ދާނީވެސް!” […]
“އެއްވެސް ވާހަކައެއް ފަހުން ދައްކަން ނުބަހައްްޓާތި؟” ދެލޯ މަރާލައިގެން އޮވެ ހިނިތުން ވެލަމުން ސައްތާރު ބުނެލިއެވެ. “ކޮން ކުއްޖެއްތަ އެއީ؟” “އެއޮއް ކުޑަބެ ގޯތި ސީމާ!!” އަންވަރު ބުނެލިއެވެ. “ދެން ކޮންއިރަކުން ދަރިފުޅު ކައިވެނި ކުރަން ނިންމައިގެން ތި ހުންނަނީ؟” ސައްތާރު މަޑުމަޑުން ތެދުވެމަށްފަހު ފާރުގައި ބުރަކަށި ޖައްސާލަމުން ހަމަޖެހިލިއެވެ. “ނޭނގެ! ބައްޕަ ދުވަހެއް ބުނެދީބަލަ!” “ބައްޕަ އަށް ވަރިހަމަ މާދަމާ ކައިވެނި ކުރިއަސް! މިހާރުވެސް މި ހުންނަނީ ދަރިފުޅު މީހަކާ އިންނާނެ ދުވަހެއްގެ އިންތިޒާރުގަ! އުމުރުވެސް […]