“ހަޅޭ ލަވާނެ ކަމެއް ނެތް! ކަލޭގެ އަމައެއް ނާންނާނެ!! ކަލޭ ތިހިރީ ބުނި އަގެއް ދީގެން ގަނެލާފައޭ!!” މާހިލް ޝިއާނާގެ އިސްތަށިގަނޑުގައި ހިފައިގެން ހުރެ ކަރު ބުޑުން ހަޅޭލަވަމުންދިޔައެވެ. “މިފަހަރު ކުޅި ދައްކާލާނަން!!” މާހިލް އަވަސް އަވަހަށް ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ޓީވީ ރެކް މަތީ އޮތް ބޮޑު ކަތުރު އޭނާގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ. ޝިއާނާ ބިންމައްޗަށް ކޮއްޕާލުމަށްފަހު މާހިލް އަވަސް އަވަހަށް ގޮސް ކަތުރު ނެގިއެވެ. ހަރަކާތްތައް އަވަސް ވެފައި ވާވަރުން އޭނާގެ މުޅި […]
ވިސްނުމަކަށް ގެއްލިފައި އިން ޔައީޝް އިސްއުފުލައި ބަލައިލީ ކައިރީގައި މީހަކު ހުރިކަމުގެ އިހުސާސް ކުރެވިގެންނެވެ. އެއާއެކު އޭނާގެ ކަޅި ގޮސް ހުއްޓުނީ ޝިއާނާގެ މުށި ކުލައިގެ ފުން ދެލޮލަށެވެ. ޝިއާނާ ހިނިތުންވެލިއެވެ. ޔައީޝް ވެސް އެއްމިޔަކަނުން ހީލިއެވެ. އެވަގުތު އެއް ކޮލަށް އެޅިގެން ދިޔަ އަޑި ކޮޅުފެނިފައި ޝިއާނާގެ ހަތަރެސް ފައިން ހީބިހި ނަގައިގެން ދިޔައެވެ. ޝިއާނާ މަޑުމަޑުން ޔައީޝްގެ ކައިރީގައި އިށީނދެލިއެވެ. އޭނާގެ ބޭނުމަކީ ޔައީޝް އާ ވާހަކަ ދައްކާލުމެވެ. އޭނާގެ ހާލު އަހުވާލު އޮޅުން […]
“ކޮބާ ކަލޭއާ ޖެހުނީ!!” އަބްރާސް އާ މުހާތަބު ކޮށް ދޮންއަހުމަދު ރުންކުރުކަމާއެކު ބުނެލިއެވެ. “ކަލޭ ހަދަން ޖެހޭނީ މަ ބުނާގޮތެއް! އެހެން ނޫނީ ވާނެ ގޮތް ކަލެއަށް ހަމަ ރަނގަޅަށް އެނގޭނެ! ހަނދާން ކުރާތި! ކޮންމެ ތާކު ހުއްޓަސް ކަލޭ ހަދާ ނުހަދާ މަށަށް އެނގޭނެ!! ގޯހެއް ހަދައިފިއްޔާ…..” *** އިރުއޮއްސި އަނދިިރިވެގެން ދިޔައިރުވެސް މާހިލް އިނީ ހޮސްޕިޓަލުގައެވެ. މިއަދު ދައްކަން އައި ޕޭޝެންޓުންގެ އަދަދު ގިނަކަމުން އެ ހުރިހާ އެންމެންގެ ޑޮކިޔުމަންޓްސް ތަކާއި ޓެސްޓުތައް ހަމަޖައްސާ […]
ޝާލިނީ މަޑުމަޑުން ގޮސް އެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެއާއެކު އޭނާގެ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައީ ފެނުނު މަންޒަރުގެ ސަބަބުންނެވެ. ޝާލިނީއަށް ފަހަތަށް ޖެހިލެވުނެވެ. ކުރިމަތިން ފެނިގެން މިދަނީ ކޮންފަދަ މަންޒަރެއް ހެއްޔެވެ؟ ނޫނީ އެއީ އޭނާގެ ލޯ އޭނާއަށް ކުރާ ޖެއްސުމެއް ހެއްޔެވެ؟ އިސާހިތަކު އޭނަގެ ދެލޯ ފުރިގެން ގޮސް، ކަރުނަތައް ކޯތާފަތް މައްޗަށް އޮހޮރިގެން ދިޔައެވެ. ޝާލިނީގެ ކޮއްކޮ ބަލްޝަމް އިނީ ފާރުގެ ކަނަކަށް ބިއްޖެހިފައެވެ. އަތުގައި އޮތް ޗޯކުބުރި ފާރުގައި ކާއްތަމުންދިޔައިރު […]
(މިއީ، އަޅުގަނޑު ކުރިން އެސްފިޔައިގާ ޝާއިޢު ކުރި ދިގު ވާހަކަ، “ކަޅުފިނިފެންމާ” ގެ ދެވަނަ ސީޒަން އެވެ.) ކުއްލިއަކަށް ވިދާލިއެވެ. މުޅި އުޑުމަތި އެކީ އެކައްޗަކަށް އަލިވެގެން ދިޔައެވެ. ހީވީ ވިލާތަކުގެ ތެރެއިން ރެދަން ކަނޑާލިހެންނެވެ. ހަމަ އެ ސިކުންތުގައި ޖަހާލި ބާރު ގުގުރީގެ ސަބަބުން ރޭގަނޑުގެ ހަމަހިމޭންކަން ކަނޑުވާލިއެވެ. ތުފާނީ ރެއެއްގެ ބިރުވެރިކަން، ރަށުގެ އެންމެންވެސް ދިޔައީ ތަހައްމަލު ކުރަމުންނެވެ. ކަޅު ހިލަގަނޑުތަކެއްފަދަ ވިލާތަކުން މުޅި އުޑުމަތިވަނީ ބައްދާލާފައެވެ. ސަމީރު ބާރު ހިނގުމެއްގައި މިސްރާބު ޖަހާފައިވަނީ […]
އަހަރެންނަށް ހޭލެވުނީ ސިއްސައިގެން ގޮސްފައެވެ. ދޮރު ދާރައިން ގޭތެރެއަށް އެޅިފައި ވާ ރަން އަލި ފެނުމާއެކު އަހަރެންގެ ހިތް ތެޅިގަތީ އެހެނެއް ބަލާފައެއް ނޫނެވެ. އަވަސް އަވަހަށް ތެދުވެ އިސްތަށިގަނޑު އޮޅަލަމުން ހުޅިއެއް ޖަހާލީމެވެ. ގިފިއްޔަށް ވަދެ މޫނު ދޮވެލައި ހަދާލައިގެން ލިބާސް ރީތި ކުރަމުން ކިޔަވަން ގެންދާ ފިލާ ހިފައިގެން ހިނގައިގަތީމެވެ. އެއިރު އަދި ގޭގެ އެކަކުވެސް ހޭނުލައެވެ. ގޭގެ ބޮޑު އުނދޯލީގައި ބައްޕަ ގަދައަށް ނިދާފާ އޮތެވެ. މަންމަ އޮތީ ދިމާ އެނދުގައެވެ. ކޮއްކޮމެންވެސް […]
ކުޑަ ސޮރު ނުނިދައިގެން އަހަރެން މީނަ ދާހިށްލާ ފޯވީއެވެ. އެކަމަކު އެސޮރު އަދި ނިދި ފިޔައެއް ޖަހާލަން ހިތަށްވެސް ނާރުވާ ތޯއްޗެކެވެ. 2 އަހަރަށް އަޅާފައި އޮތަސް ހަލަނިކަމުން ހީވަނީ އެހެން ކަމެއް ހެންނެވެ. އެއްތާ އިރުކޮޅެއްވަންދެން ހަރު ނުލައެވެ. މިހާރުވެސް ބަލާބަލާށެވެ. ބާލީސް މަތީ ބާއްވައިގެން ތަޅުވާ ތަޅުވާ މިހާރު އަހަރެންގެ ދެ ކޮނޑުގައި ރިއްސައިގަނެއްޖެއެވެ. ނަމަވެސް އެސޮރު ހަތަރެސް ފައި ހީވަނީ ވެށެމުންދަ ރޯނުގަނޑެއް ހެންނެވެ. އަހަރެން ގާތު ރުޅިއައިސްފައި އެއްޗެކޭ ބުނީމާ ދެން […]
ލޯބިވާ މީހުންނާ ކައިވެނި ކުރެވެނީ ކިތަށް މީހުންނަށް ބާއެވެ؟ ފުރަތަމަ ލޯބި ކާމިޔާބު ކުރެވޭނީ ކިތަށް މީހުންނަށް ބާއެވެ؟ މީހަކާ ނުއިނދެ މުޅި އުމުރު ހުސްކޮށްލާ ކިތަށް މީހުން އުޅޭނެ ބާއެވެ؟ އެފަދަ މީހުން ‘ހުހަށް’ ހުންނަނީ އިންނާނެ މީހަކު ނުވެގެންބާއެވެ؟ ނޫނީ އިންނަން ބޭނުންވާ މީހާ ނުލިބިގެންބާއެވެ؟ އަހަރެން ވިސްނަމުންދިޔައިމެވެ. އަހަންނަށް މީހަކާ އިނދެވިއްޖެއެވެ. އަހަރެންގެ ފިރިމީހާއަކީ އަހަރެން އެންމެ ލޯބިވީ މީހާއެވެ. ވީއިރު އަހަރެން ވިސްނަންވީ ކޮންކަމަކާބާއެވެ؟ ރައްޓެހިން ބުނެއެވެ. އަހަރެން ހާ ނަސީބު […]
“މަންމަ އެބައަންނަން މި ތަށިތައް ލާފަ! 1 މިނެޓް!” ސީމަ ތެދުވެ ހިނގައިގަތެވެ. ނަމަވެސް ތަށިމުށިމަތީހުރި ދަވަ ގަނޑަކަށް އޭނާގެ ފައި އެރުމާއެކު އޭނަ ކައްސާލައިގެން ނުވެއްޓުނީ ކިރިޔާއެވެ. ފާރުގައި އަތް އަޅުވާލަމުން ހަމަޖެހިލިއެވެ. ޓައިލްސް ތަކަށް ބަލައިލިއެވެ. އެވަގުތު ފާހާނާ ދިމާއަށް ގޮސްފައި ހުރި ލޮނދި ފަށަލަ އޭނާގެ ލޮލުގައި އަޅައިގަތެވެ. ތަށިތަށް ބެހެއެއްޓުމަށްފަހު ސީމާ ގޮސް ފާހާނަ ހުޅުވާލީ މަޑުމަޑުންނެވެ. ކުޑަކުޑަކޮށް ހުޅުވާލުމަށްފަހު އެތެރެ ބަލައިލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން އޭނާގެ ހިތް ނުހުއްޓުނީ […]