ހިތްތަކަށް ބިރުވެރިކަން ވައްދައިދޭފަދަ ތަފާތު އެތައް ހާދިސާ ތަކަކާއެކު….! ލޮލުން ކަރުނަ ހިލުވާލާފަދަ ފުން އަސަރު ތަކަކާއެކު…..! މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަޤިޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް!….. “ހިމާޔަތް” އަންނަނީ!…. އިންތިޒާރުކޮށްލައްވާ!!
ނިތްކުރިމަތިން ހިއްލާފައިހުރި ދާތިކިތައް އަތުގެ ނުފުށުން ފުހެލުމަށްފަހު އަނެއްކާވެސް ނާހިދާ ތަށި ދޮންނަން ފެށިއެވެ. ހުޅުވާފައިހުރި ކުޑަދޮރުން ފެންނަމުންދިޔައީ މާލޭގެ ބުރިބުރިއަށް ނަގާފައިވާ އުސް އިމާރާތްތަކެވެ. މެންދުރު ނަމާދުގެ ބަންގި ގޮވިތާ އަދި މާގިނައިރެެއް ނުވެއެވެ. ނަމަވެސް މަގުމަތިން އަދިވެސް ވެހިކަލްތަކުގެ އަޑު ކަނޑައިގެން ނުދެއެވެ. އެ މަސްހުނި އަޑުތަކުގެ ތެރެއިން ކުއްލިއަކަށް އިވެންފެށީ ޕޮލިސް ޖިޕެއްގެ ސައިރަންގެ އަޑެވެ. ނާހިދާ ވިސްނާލިއެވެ. އެ ސައިރަންގެ އަޑަކީ މިހާރު މާލެއަށް އާންމު އަޑަކަށް ވެއްޖެއެވެ. އެ އަޑު […]
ހަރުގަނޑުގައި ތަރުތީބުކޮށް އަޅުވާފައިހުރި ކުލަކުލައިގެ ޝޯލް ތަކުގައި އަތް ކާއްތަމުން ގޮސް އަހަންނަށް ހުއްޓެވުނީ ރަތް ލޭ ކުލައިގެ ޝޯލް އަކާ ހިސާބުންނެވެ. އަހަރެން މަޑުމަޑުން ޝޯލް ނެގުމަށްފަހު ވަރަށް ރަނގަޅަށް ބަލައިލީމެވެ. އެއީ ހަމަ އަހަރެން ބޭނުންވެގެން މި ހޯދާ ކަހަލަ ޝޯލް އެކެވެ. “މި ކިހާވަރަކަށް؟” ކައުންޓަރު ކައިރިއަށް ގޮސް އަހާލީމެވެ. އެއަށް ލާރި ދެއްކުމަށްފަހު އަހަރެން ފިހާރައިން ނުކުތީމެވެ. މާލޭގެ މަގުތަކުން ފެންނަމުން ދިޔައީ މުޅިން ތަފާތު މަންޒަރު ތަކެކެވެ. ތަފާތު ކުލަ […]
(މިއީ، އަޅުގަނޑު ކުރިން މި ސައިޓް ގައި ޝާޢިއު ކުރި ކުރުވާހަކަ ‘ގޮތް ހުސްވެފައި..’ ގެ ދެވަނަ ބާބެވެ. މިއީ އަދިވެސް ހިނގަމުން ދާ ހާދިސާތަކެއް ކަމުގައިވާތީ، މި ހާދިސާތައް ވާހަކައެއްގެ ވަކި ވަކި ބާބު ތަކެއްގެ ސިފައިގައި ކުރިއަށް އޮތް ތާނގައި ގެނެސްދޭނެ ވާހަކަ ދަންނަވާލަމެވެ.) އަހަރެން އަދިވެސް މިއޮތީ އެނދުމަތީގައެވެ. އެނބުރެމުންދިޔަ ފަންކަލުގެ ފިޔަތަކަށް ބަލަހައްޓައިގެން އޮތް އިރު އަހަރެންގެ ސިކުނޑިތެރޭ ހިޝާމްގެ ނަން އެނބުރެމުން ދިޔައީވެސް އެ ފަންކަލުގެ ފިޔަތައް ފަދައިންނެވެ. އަހަރެންގެ […]
މާގަނޑުން ވެހެމުންދިޔަ ފެންތައް އަހަރެންގެ ހަށިގަނޑުގައި ބީހިލުމަށްފަހު ފައިބައިގެން ދެއެވެ. ލޮލުން އައި ކަރުނަތައްވެސް އެ ފެނާ އެކުވެ ވަންހަނާވެގެން ދިޔައީއެވެ. ހުރިތާ ގަނޑުވެފައި ހުންނަން ޖެހުނީ އަހަންނަށެވެ. ކޮންމެ ދުވަހަކު އިރުއަރާ އޮއްސެއެވެ. އެތައްބައެއްގެ ހިތަށް އުފާވެރިކަން ގެނުވައިދީފައެވެ. ހަމަ އެފަދައިން އެތައް ބަޔަކު ހިތާމައިން ރޮއްވާފައެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް އަހަންނަށް އޮތް ގޮތަކީ ހަމަ އެކަނި ރުއިން ހެއްޔެވެ؟ ތަޤުދީރުގެ މި ކުޅިގަނޑު ހުއްޓޭނީ ކޮންދުވަހަކުން ބާއެވެ؟ އުސްގަނޑަކަށް ފަހު އަޑިގަނޑެއް އަންނަކަން […]
ވަށައިގެން ވަނީ އަނދިރިކަމެވެ. އެއްވެސް ތަނެއް ނުފެނެއެވެ. އެ ފުން އަނދިރިކަމުގެ ތެރެއިން މީހަކު އައިސް އަހަރެންގެ ދެލޮލަށް އިނގިލި ކޮށްޕާލިއަސް ނޭނގޭނެއެވެ. ހަމަހިމޭންވެފައި އަހަރެން އިނީ އެހެންވެއެވެ. މިހާލުގައި މިގޮތަށް އިންނަތާ މިހާރު އެތަށް އަހަރެއް ވެދާނެއެވެ. މިހާރު އަހަރެންގެ އުމުރުން 28 އަހަރެވެ. އަހަރެންނަކީ ފިރިހެނަކީމެވެ. ދެލޮލުގެ ފެނުން ގެއްލިފައިވާ ބަދުނަސީބު ފިރިހެނަކީމެވެ. މިއީ އަހަރެން އަމިއްލައަށް ލިބިގަތް “ބޮނޑި” އެކެވެ. އަހަންނަށް ކުރިން ނުވިސްނުނީ ކީއްވެހެއްޔެވެ؟ އަހަރެން ހީކުރިގޮތުގައި، ކާމިޔާބަކީ ހަމައެކަނި އަހަރެންގެ […]
ބާކީ އޮތީ އެންމެ ކަމެކެވެ. އެއީ، އޭނާގެ ޝައުގުވެރިކަން ހޯދާފައިވާ ޝިއާނާ ހާސިލް ކުރުމެވެ. އަތުގައި އޮތް ތަވީދަށް ބަލާލުމަށްފަހު އަބްރާސް މިސްރާބު ޖެހީ ޝިއާނާގެ ގެއާ ދިމާއަށެވެ. *** ކޮޓަރިތެރެއަށް ވެރިވެފައިވަނީ ނިދާބޮކީގެ ފަނޑު އައްޔެވެ. އެނބުރެމުންދިޔަ ފަންކަލުގެ ފިޔަތަކަށް ނަޒަރު ހުއްޓާލައިގެން އެނދުގައި އޮތް ޝިއާނާގެ ސިކުނޑިތެރޭ އެނބުރެމުންދިޔައީ ޔައީޝްގެ ހިޔާލުތަކެވެ. ތުންފަތަށް ވެރިވެފައިވަނީ ލޯބިވެތި ހިނިތުންވުމެކެވެ. ނިދާ ބޮކީގެ އޮރެންޖް އަލީގެ ސަބަބުން އެނާގެ މޫނުގެ އޮމާން ހަންގަނޑަށް ވެރިވެފައިވަނީ އަޖައިބުވާހާ ރީތި […]
މަރުވެފައިވާ މާހިލްގެ މަސްގަނޑު ކައިރީ އިށީނދެލައިގެން އިން ޝާލިނީއަށް ސިހިފައި ބަލާލެވުނީ، ކުއްލިއަކަށް ކޮޓަރީގެ ދޮރު ފަޅާލުމަށްފަހު އެތެރެއަށް ވަން ޕޮލިހުންތަށް ފެނިފައެވެ. ލިބުނު ސިހުމުގެ ސަބަބުން ޝާލިނީއަށް ކޮޅަށް ތެދުވެވުނު އިރު، މާހިލްގެ ބަނޑަށް ހަރާލި ވަޅި އޮތީ އޭނާގެ އަތުގައެވެ. *** ޔައީޝް އަށް ހޭލެވުނީ ހެނދުނު 10 އެއްވެސް ޖެހިފަހުންނެވެ. ފޯނުން ގަޑި ބަލާލުމަށްފަހު އެނދުން ތެދުވެގެން ގޮސް ފާހާނައަށްވަދެ ފެންވަރާލިއެވެ. ފެންވަރާ ތާޒާވެލުމަށްފަހު ފެހިކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެއް ވައްޓާލައިގެން ފޯނާ […]