އަނދިރިކަން ވެރިވެފައިވާ ކޮޓަރީގައި ހުރި އެނދުދަށުން ނުކުމެގެން ބިންމަތީ ދެމެމުން ދިޔަ ކަޅުކުލައިގެ ދަވަގަނޑެއްފަދަ މަހުލޫޤު ފެންނާނީ ވަރަށް ފަރުވާތެރިކަމާއެކު ބެލިމީހަކަށް އެކަންޏެވެ. ބަލާބެލުމަށް ހީވަނީ ބޯވާއެއް ހެންނެވެ. ޓައިލްސް މަތީގައި ދެމެމުން ދިޔައިރު އޭގެ ބޮޑުމިނަކީ ގާތްގަނޑަކަށް 2 ވަރަކަށް ފޫޓެވެ. އޭތި ދިޔަ މަގު ލޮނދިފަށަކުން ފަހަގަވެފައި ހުއްޓެވެ. ކުޑަކުޑަ ދެލޯ އަނގުރުކޮޅެއްފަދައެވެ. މިސްރާބު ހުރީ ހުޅުވިފައި ހުރި ފާހަނައާ ދިމާއަށެވެ……………… ********************* އަންނަނީ!!! އިންތިޒާރު ކޮށްލައްވާ!!!!
ޝާމިލް އޭނާގެ ޝަހާދަތް ހިނގިލި ކަރުގައި ޖެއްސުމަށްފަހު އަލްޔާން މަރާލާނަންކަމުގައި އިޝާރާތުން ބުންޏެވެ. މިޝްޔާ އިސްޖަހާލިއެވެ. އޭނާގެ ލޮލަށް ޖަމާވި އޭނާގެ އެކުވެރި ކަރުނަތަށް އޮހޮރިގަތެވެ. ގިސްލެވެން ފެށުނެވެ. ލީލާ މިޝްޔާއަށް ސަމާލުކަންދިނީ އޭނާ ގިސްލާ އަޑުއިވިގެންނެވެ. ވީނުވީއެއް އޭނާއަކަށް ނޭނގުނެވެ. “މިޝް!!” ލީލާ މިޝްޔާގެ ކޮނޑުގައި އަތް އަޅާލިއެވެ. “މިޝް! ކިހިނެއްވީ؟!” މިޝްޔާއަކަށް އެއްވެސް ބަދަލެއް ނައެެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަމުންދިޔައެވެ. އޭނާ ޑެސްކުގައި ބޯއަޅާލިއެވެ. ************************* މިޝްޔާ ލޯގަނޑުކުރިމަތީގައި ރަތްވެފައިވާ އޭނާގެ […]
ތުންފަތިގައި ލިޕްސްޓިކް ޖައްސާލުމަށްފަހު މިޝްޔާ ބަލައިލީ ފާރުގައި ހިއްޕާފައިހުރި ދީޕިކާގެ ޕޮޓޯއަށެވެ. ދެން އަނެއްކާވެސް އޭނާގެ އަމިއްލަ ސޫރަ ފެންނަމުންދިޔަ ލޯގަނޑަށް ބަލައިލިއެވެ. މިޝްޔާާއަކަށް އެއްވެސް ތަފާތެއް ނުފެނުނެވެ. ހަމައެ މޫނެވެ. އެ ބުމައެވެ. އެ ބޮޑު ދެލޮލެވެ. ހިނިތުންވެލާއިރު ދެ ކޮލަށް އެޅޭ އަޑިކޮޅެވެ. އޭނާގެ ރައްޓެހި ކުދިން އޭނާއަށް “ދީޕިކާ” ކިޔަނީ ހަމަ ކިޔަން ވެގެންނެވެ. މިޝްޔާގެ ދެލޯ ފެންކަޅިވިއެވެ. ނަމަވެސް އޭނާ ހިނިތުން ވެވޭތޯބެލިއެވެ. ގަދަކަމުން ހިނިތުންވިނަމަވެސް އެ ހިނތުންވުން ލޮލާހަމައަކަށް ނުފޯރިއެވެ. […]
މިއީ، ހިނގާފައިވާ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. ލޯނޗުގައި އަހަރެން އިންއިރު ވިސްނެމުން ދިޔައީ އަހަރެންގެ ދިރިއުޅުމާމެދުގައެވެ. އަހަރެން މީ މީހެއްގެ ފިރިއަކީމެވެ. 3 އަހަރުގެ ކުޑަކުއްޖެއްގެ ބައްޕައަކީމެވެ. އަނބިމީހާ އަހަރެންދެކެ ލޯބި ވާވަރު އަހަންނަށް އެނގެއެވެ. އޭނާދެކެ އަހަރެން ލޯބި ވާވަރާއި އިތުބަރު ކުރާވަރު އޭނާއަށް ފަހަރެއްގައި ނޭނގިދާނެއެވެ. އަހަރެން އޮފީސް ދަތުރެއްގައި އަލިފުއްޓަށް ފުރަން އުޅުމުން އޭނާ ދެރަވެފައި ހުރި ވަރު އަހަރެން ދުށީމެވެ. “އެންމެ މަހަކަށް ވިއަސް އަހަރެން […]
މިއަދު އަހަރެން ފަޚުރުވެރިވަމެވެ. ޓީވީއިން އަހަރެންގެ ދަރިފުޅުފެންނަމުންދިޔައިރު އަހަރެންގެ ހިތްވަނީ އުފަލުން ފުރިފައެވެ. ލޮލުން އޮހޮރެމުންދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. އޯލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދައިގެން އޭނާ ދިޔައީ ރާއްޖޭގެ އެއްވަނައަށެވެ. އަދި އިތުރު ދެ މާއްދާއަކުން 100% މާރކްސް ހޯދައި ދުނިޔޭގެ އެއްވަނަވެސް އަހަރެންގެ ދަރިފުޅު ހޯދިއެވެ. އެއީ އަހަރެން ބަނޑުއަޅަ ވިހޭ ދަރިފުޅެވެ. އަހަރެން ފަޚުރުވެރިނުވާންވީ ސަބަބެއް ކޮބައިހެއްޔެވެ؟ ނަމަވެސް އަހަންނަށް މި އިހުސާސްވަމުންދާ ފަޚުރުވެރިކަމަކީ އަހަންނަށް ހަމަ ހައްގުއެއްޗެއް ބާއެވެ؟ […]
” …….. އަނދިރިކަމުގެ ތެރެއިން ޝާނީ ދުއްވައިގަތީ ދާނެ ވަކި ދިމާލެއް ނެތްހާލުގައެވެ. ދުވަމުން ދިޔައިރު ގަސްގަހުގެ ގޮފިތަށް އޭނާގެ މޫނުގައި ޖެހެމުން ދެއެވެ. ފަހަތުން އަންނަ ބިރުވެރި މީހާގެ ކިބައިން ސަލާމަތް ވުމަށްޓަކައި ޝާނީ ދުވަމުން ދިޔައީ ވަލުތެރޭގައެވެ. ކުއްލިއަކަށް އެއްޗެއްގައި އަޅައިގެންފާ ޝާނީ ވެއްޓިއްޖެއެވެ. ވެއްޓިފައި އޮވެ ޝާނީ އެނބުރުނެވެ. ކުރިމަތީހުރީ ބަޔާން ކުރަންވެސް ދަތި ސިފައެއްގައި ހުރި ބިރުވެރި މީހެކެވެ. އިސްކޮޅުގައި ގާތްގަނޑަކަށް 30 ފޫޓު ހުންނާނެއެވެ. ގައިގެ ހަންގަނޑު ހުރީ ގަދަ […]
( މި ވާހަކައިގައި ބޭނުންކޮށްފައިވާނީ ހާދިސަ ދިމާވި މީހުންގެ އަސްލުނަމެއް ނޫނެވެ.) ހިތްގައިމު ހެނދުނެއްގެ ވަގުތެވެ. ދުނިޔެމައްޗަށް އަލިވެފައިވީނަމަވެސް، ހޫނުކަމުގެ އެއްވެސް އަސަރެއްނެތެވެ. މަގުމަތި ކުނިކެހުމުގައި ބައެއް އަންހެންވެރިން މަސްއޫލުވެގެން އުޅޭތަން ފެނެއެވެ. އިރު އިރުކޮޅުން ޖެހިލާ މަޑު ވައިރޯޅިން، ދިގު ހުއި ގަސްތައް ހެލެމުންދާ މަންޒަރު ވަރަށްވެސް ހިތްގައިމެވެ. ގޭދޮށް ކުނިކަހަން އޮތް މޫމިނާ، އިލޮށިފަތި އެއްލައިލަމުން ދުއްވައިގަތީ އޭނާގެ ހަގު ދަރިފުޅު ރޮއިގަތް އަޑަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލިއިރު އިރުފާނު ހޭލައިގެން ރޮނީއެވެ. […]
އަހަރެން މިއީ ކިހާ ފިނޑި މީހެއްހެއްޔެވެ؟ ކިހާ ނުވިސްނޭ މީހެއްހެއްޔެވެ؟ އަހަރެންގެ ނުވިސްނޭކަން އެނގޭނީ އަހަންނަކަށް ނޫންހެއްޔެވެ؟ އަހަންނަށް މިހެންމިވީ ވާންވެގެންނޭ ބައެއްފަހަރު ހިތަށް އަރައެވެ. ބުނެބަލާށެވެ. އަނެކާގެ އިހުސަސްތަށް ނޭނގޭމީހަކަށް އޮތީ ކޮން އުފަލެއްހެއްޔެވެ؟ އަހަންނަށް އެންމެ ފުރަތަމަ ޒޯޔާ ފެނުނީ ޓިއުޝަނަށް ދިޔަ މަގުމަތިންނެވެ. ހީވާގޮތުން އޭނާވެސް ދިޔައީ ކޮންމެސް ތާކަށް ޓިއުޝަނަށެވެ. އޭނާގެ އަތުގައި އޮންނަ ފޮތްތަށް އެކަމަށް ހެކިވާނެއެވެ. އޭނާ އެންމެ ފުރަތަމަ ފެނުނުދުވަހުވެސް ފާޑެއްގެ ގޮތެއްވިހެން ހީވިއެވެ. އެއީ […]