އެހެން ނަމަވެސް އަމިއްލަ ހާލަތާ ދޭތެރޭ ވިސްނާ ކޮންމެ ފަހަރަކު ހިތަށްވާތަދުން ޑްރަގްސް ބޭނުންކުރެވެއެވެ. މާޔާ އޭނަގެ އަސްލު މައިންބަފައިން ހޯދަން ބޭނުންވިއެވެ. އެހެންކަމުން އެއްދުވަހު ގެއަށް ދިޔައީ މަންމައާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބޭތޯއެވެ. މާޔާ ފެނުމުން އެންމެންވެސް އޭނައަށް ބަލާލާ ގޮތުން ދެރަވެއެވެ. އެންމެ ގާތްކޮށް އުޅުނު ޝަހާ މިހާރު އޭނަ ފެނުނަސް ދަނީ ދުރަށެވެ. މާއިޝާއާ ޝާނިމްވެސް މާޔާ ފެނުމުން މޫނު އަބުރާލަމުން ދުރަށް ދާ ގޮތް ފެނުމުން ދެރަވެއެވެ. ޒުހޭރު […]
މަލީހާ އަލަމާރިން ފާހާނައިގެ ތަޅުދަނޑި ނަގައިގެން ގޮސް ދޮރު ހުޅުވާލިއިރު ފެނުނު މަންޒަރުން ދެލޯ ބޮޑުކޮށްލެވުނެވެ. ލޯގަނޑު ތަޅައިގެން ގޮސް މުޅި ފާހަނަ ތެރޭ ހުރީ ލޯގަނޑުގެ ތަންތަންކޮޅެވެ. މާޔާ ރޮމުން މުށިގަނޑު މަތީ އިށީދެލައިގެން އިންއިރު މުޅި މުށިގަނޑުމަތީ އޮތީ ލެއެވެ. މާޔާގެ ފައިގެ އެކި ތަންތަނަށް ބިއްލޫރިގަނޑުގެ ތަންތަންކޮޅު ވަދެ ހަލާކުވެފައި ހުއްޓެވެ. މާޔާއަށް ތަދުވާހެންވެސް ހީނުވެއެވެ. އިސްޖަހާލައިގެން އިނދެ ރޮމުން ދިޔައީ މޫނުގައި ދެ އަތް އަޅާލައިގެން އިދެއެވެ. ޝާހާ އަނގަމަތީ އަތްއަޅާލައިގެން […]
ފޯނުގެ ސްކްރީންނަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު އިނދެފަ އެނދުގައި އޮށޯވެލިއެވެ. ތިންދުވަސް ފާއިތުވެގެން ދިޔައިރު ކިޔާނާ މާޔާ ދިމަލެއް ނުވެއެވެ. ފޯނުން މަދުން ވާހަކަ ދައްކާ ހަދާލައެވެ. ކޮންމެ ހެނދުނަކު ކިޔާންގެ ” މޯނިން” މެސެޖެއް ލިބެއެވެ. ނިދާއިރު ” ގުޑް ނައިޓް” މެސެޖް ލިބެއެވެ. ކިޔާންގެ އެކަހަލަ ކުދި ކުދި މެސެޖްތައް މާޔާގެ ހިތަށް ހިތްހަމަޖެހުން ލިއްބައިދެއެވެ. ނިހާން އިރުއިރު ކޮޅާ ގުޅާ މާޔާއަށް އުދަގޫކޮށްލައެވެ. ކޮންމެ ދުވަހަކު ޑިއުޓީ ނިމޭ ގަޑިއަށް އޮފީސް ކައިރިއަށް […]
މާޔާގޮސް ކާރަށް އަރާ ދުއްވާލީ ނިހާންވެސް ކާރަށް އަރުވައިގެންނެވެ. ކިޔާން ހިތްދަތިގޮތަކަށް މާޔާ ދިޔަ ދިމާލަށް ބަލަން ހުރެފަ ގޮސް ކާރަށް އަރާ ދުއްވާލިއެވެ. މާޔާ ކާރުގަ އިން އިރު އިނީ ފެންކަޅިވެފައެވެ. ދެން ދެން ކަރުނަ ފައިބައިގަންނާނެ ހެން ހީވެއެވެ. ނިހާން ނުލަފާ ފާޑަކަށް ހެވިފައި މާޔާއަށް ބަލަން އިނެވެ. ” އައި ލައިކް އިޓް. އަދި ކިރިޔާއެއްނު މާޔާ ރަނގަޅަށް ކަންތައް ތިކުރަނީ. އޭނަ މޫނުމައްޗަށް އެރި ކުލަވަރު ހާދަ ސަޅިއޭ މާޔާ އޭނަގެ […]
ކިޔާން ދެން އޯކޭއޭ ކިޔާލާފަ ދާން ހިނގައިގަތެވެ. މާޔާ ދެރަވެފައި ކިޔާން ދިޔަތަން ބަލަން ހުއްޓެވެ. މާޔާ ރީތި ވެލައިގެން ނިހާނަށް ގުޅާފަ ތިރިއަށް ދިޔައިރު ބޭރުގައި ހުއްޓެވެ. ނިހާން މާ ރީތި ވެލައިގެން ހުރުމުން މާޔާއަށް މަޖާވިއެވެ. ކުރިން އަޅާ ފަށްތައް ނަގާލާފަ އަތްދިގު ގަމީހަކާ ޖީންސްގައި ނިހާންފެންނަލެއް ރީތިއެވެ. އިސްތަށިގަނޑުވެސް ރީތި ގޮތަކަށް ފުނާ އަޅާލާފަ ފަހަތަށް އައްސާފަ އޮތް ގޮތްވެސް ނިކަން ރީއްޗެވެ. ފުރަތަމަ ފަހަރަށް މާޔާއަށް ހިތާހިތުން ނިހާނަށް ތައުރީފު ކޮށްލެވުނެވެ. […]
އޭރު ނިހާން ކާރުން ފައިބައިގެން ކިޔާނަށް ބަލާލަމުން މާޔާއަށް ބަލާލީ ބުމަގޮށްޖަހާލަމުންނެވެ. މާޔާ އިތުރަށް ބިރުގަތެވެ. ވިސްނާލާފައި މާޔާ ހިނގައިގަތެވެ. ދެމީހުންނަށް ބަލާލަމުން މާޔާގޮސް ހުއްޓިލީ ކިޔާން ކައިރިއަށެވެ. ކިޔާން ހެވިލާފައި ކާރުގެ ދޮރު ހުޅުވާދިނުމުން މާޔާ ކާރަށް އަރަމުން ސިއްރުން ނިހާނަށް ބަލާލިއެވެ. އޭރު ނިހާން ކާރަށް އަރަނީއެވެ. ނިހާން ހުރީ ކިޔާންގެ ފަހަތުގަ ކަމުން ކިޔާނަށް ނިހާނެއް ނުފެނެއެވެ. މާޔާ ހަމަޖެހެން ފުންނޭވައެއް ދޫކޮށްލީ ނިހާން ދަނީ ކަމުގަ ހީކޮށެވެ. ކިޔާން ކާރަށް އަރާ […]
” ކޮބާ ޝަހާ ” ސަމީރާ ދޮރު ހުޅުވާލިތަނާ މާޔާ ސުވާލުކޮށްލިއެވެ. ” ޝަހާ އެބަ އުޅޭ ކޮޓަރީގަ. ކިހިނެއްވީ؟ ” ސަމީރާ ހާސްވެފައި ސުވާލިކޮށްލިއެވެ. މާޔާ ހީލަމުން ކަމެއް ނުވެއޭ ބުނެލިއެވެ. ސަމީރާ މާޔާ ގޮވައިގެން ގޮސް ޝަހާގެ ކޮޓަރި ދައްކާލިއެވެ. ބަންޑުން އެދުގައި އޮތް ޝަހާ ދޮރު ހުޅުވާލި އަޑަށް ތެދުވެ ބަލާލިއެވެ. ކުރިމަތީގައި މާޔާ ހުރިތަން ފެނިގެން ވަގުތުން އައިސް ކުރިމައްޗަށް ހުއްޓި ހުރެ މި ކޮޓަރިއަށް ވަނީ ކީއްކުރަން ހޭ އަހާލީ […]
މާޔާ ލައިގެން އެ ހުރީ އޭނައަށް ފެނުނު ކުއްޖާ ލައިގެން ހުރި ހެދުމެވެ. އޭރު އޭނައަށް ފެނުނީ މާޔާކަން އޭނައަށް ޔަގީނެވެ. ދެން މާޔާ ދޮގު އެ ހެދީ ކީއްވެހެއްޔެވެ. ކިޔާން ކުޑަކޮށް ހީލަމުން ތި ވާނީ ހީވުމެކޭ ބުނެލާފާ ދެން އެ ވާހަކައެއް ނުދައްކައެވެ. ” ކޮބާތާ މިހާރު އެންމެން. އަހަރެން މި ކޮޅަށް އައި ފަހުން އަދި އެކަކާ ވެސް ދިމަލެއް ނުވޭ. ހިނގާބަ އެއްމެންނާ ދިމާވާން. ” ކިޔާން އެ ދެއްކީ އެ […]
ކިޔާން މާއިޝާ ދިޔަ ދިމާލަށް ބަލަން ހުރެލާފައި ކާރުދުއްވާލީ ފާޑެއްގެ ގޮތެއް އަނގައަށް ހަދާލަމުންނެވެ. މާއިޝާ ކޮޓަރިއަށް ވަދެ ދަބަސް އަތުކޮޅަށް ނަގާ ހޫރާލީ ރުޅިއައިސްފަ ހުރި ވަރުންނެވެ. ދެންމެގައި އެ މޫނުމަތީގައިވި ލަދުވެތިކަން ރުޅިވެރިކަމަށް ބަދަލުވީ ދެރަވިވަރުންނެވެ. އެހާވެސް ފޮނިވާންޖެހޭ ހެއްޔެވެ. ސޮރީއޭ ނުބުނެވުނީ ހެއްޔެވެ. އެހާވެސް “އީގޯ” ބޮޑެވެ. ރީތި ފިރިހެނުންގެ ވައްތަރެކެވެ. “ފޮނިގަނޑު” މާއިޝާ ބިންމަތީގައި އޮތް ދަބަސް ނަގައިގެން ދަބަހުގައި ފިރުމާލިއެވެ. ކިޔާނަކާ ހެދި މާއިޝާ އެންމެ ގަޔާވާ ދަބަސްވެސް އެއްލާލެވުނީއެވެ. […]