ހެމުން އެކި ވާހަކަ ދައްކަމުން މާޔާ ވަގުތުގެ ބޭނުން ހިފާލާއިފައި ޒިޔާންއާ ކާވްޔާ އޭނަ ފެނުމުން އެހާ ހައިރާންވީ ކީއްވެހޭ ކިޔާން ގާތު އަހާލިއެވެ. ސިކުންތު ކޮޅެއްގެ ހަމަހިމޭން ކަމަށްފަހު ކާވްޔާ ކުރިންވެސް ބުނިހެން އެއީ މާޔާ ދުވަސްކޮށްލާފަ ކުއްލިއަކަށް ފެނުނުމުން ވީ ކަމެއް ކަމުގައި ބުނެލިއެވެ. އިރުކޮޅެއް ވަންދެން ދެމީހުން އެކި ވާހަކަ ދެއްކިއެވެ. ކިޔާންއަކީ ޑޮކްޓަރެކޭ ބުނުމުން މާޔާ ކުޑަކޮށް ހައިރާންވިއެވެ. ކިޔާން ދުވަހަކުވެސް ޑޮކްޓަރަކަށް ވާން ބޭނުމެއް ނުވެއެވެ. ދެން ޑޮކްޓަރަކަށް ވީ […]
ސަމީރާއާއި މާޔާ ވާހަކަ ދައްކަން ތިއްބާ ގޭގެ ބޮޑު ދޮރު ހުޅުވާލާފައި ޒުވާން އަންހެން ކުއްޖަކު ވަނެވެ. ” ޝަހާ..” މާޔާ ހިނިތުންވެލަމުން ޝަހާއަށް ގޮވާލިއެވެ. ” ކަލޭ….. ކަލޭ ލަދެއްވެސް ނުގަނޭތަ މި ގެއަށް ވަންނަން؟ ” ޝަހާ ރުޅިއައިސްފައި ހުރެ ގޮސް މާޔާގެ ކުރިމައްޗަށް ހުއްޓުނެވެ. މާޔާ ކުއްވެރިއަކު ފަދައިން ޝަހާގެ މޫނަށް ބަލާލިއެވެ. ” ޝަހާ! ރީއްޗަށް ވާހަކަ ދައްކަން ނޭގެނީތަ؟ އެއީ ޝަހާގެ ދައްތައެކޭ.” ސަމީރާ ތަންކޮޅެއް ބާރަށް ބުނެލީ ރުޅިއައިސް […]
” ކޮބާ ޒުހޭރުބެ؟ ” މާޔާ މަލީހާގެ މޫނަށް ބަލާލީ ސީރިޔަސްކަމާއެކުގައެވެ. މާޔާގެ ސުވާލުން މަލީހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ކުއްލިއަކަށް މާޔާ އެ ކުރީ ކޮންކަހަލަ ސުވާލެއް ހެއްޔެވެ. ” ޒު..ޒު… ޒުހޭ.. ޒުހޭރުބެ އުޅޭނެ އެއްނު. ދުވަސްކޮޅެއް ވެއްޖެ މަންމައާ ދިމާނުވާތާ ” ތުރު ތުރު އަޅަމުން މަލީހާ ޖަވާބު ދިންއިރު މާޔާގެ މޫނަށް ބަލާވެސްނުލާ ދާންވެގެން އެބުރިލިއެވެ. ” ކިހާ ދުވަހެއް ވަންދެން އަހަންނަށް ދޮގު ހަދާނީ މަންމާ؟ އަހަންނަށް އެނގޭ ޒުހޭރުބެ މަރުވެއްޖެކަން.. […]
ކުރިމަތީގައި ހުރި ޒުވާނާވެސް މާޔާ ފެނިގެން ހުރި ގޮތަށް ބަލަން ހުރީ ގަބޫލުނުކުރެވިފައެވެ. އެ ހުރި ގޮތަށް ހުއްޓާ މާޔާގެ ދެލޯ އަނެއްކާވެސް ފުރިގެންއައީ ކަރުނައިންނެވެ. “ކިޔާން” ތުރުތުރު އަޅަމުން ދިޔަ ދެ ތުންފަތް ދޭތެރެއިން މާޔާ މަޑުމަޑުން ކިޔާލިއެވެ. ދުވެފައި ގޮސް ކިޔާންގެ ގައިގަ ބައްދާލަން މާޔާ ބޭނުންވިއެވެ. އެހެންނަމަވެސް ވަގުތު އެކަމަށް ތަން ނުދިނީއެވެ. ފަހަތުގައި މަޑުކޮށްގެން ތިބި ދުއްވާ އެއްޗެހީގެ ބަރުގޮނުގެ އަޑު ދިޔައީ ގަދަވަމުންނެވެ. ކިޔާންއަށް އެއްފަހަރު، އަނެއްފަހަރު ފަހަތުގައި ތިބި […]
މަލީހާއާއި ފާއިޒު ދެމީހުން ސިހިފައި މާއިޝާގެ މޫނަށް ބަލާލީ ހާސްކަމާ އެކުގައެވެ. އެމީހުން އެދުވަސް މަތިން ހަދާން ނެތުނީ ކިހިނެއްހެއްޔެވެ. މާޔާ ނުނިދިގެން އުޅުނު ސަބަބަކީ އެއީއެވެ. ނިދާ ހޭލައިގެން ސައިބޯން އައި މާޔާ ކާކޮޓަރީގެ ދޮރާ ހަމައިން ހުއްޓުނީ މާއިޝާ ބުނެލި ޖުމުލައިންނެވެ. މާޔާއަށް ހީވެފައި އޮތީ ގޭގެ އެއްވެސް މީހަކު ހަނދާން ނުހުންނާނެ ކަމަށެވެ. އެންމެންނަށް އެގުނަސް ހެވެވެ. އޭނަ އެއްޗެއް އެގޭ ކަމަކަށް ނެހެދީމަ ނިމުނީނުން ހެއްޔެވެ. މިހާރުވެސް އޭނައާ ހެދި […]
ދަންވަރުގެ ހަމަ ހިމޭން ވަގުތެވެ. މަދުން ނަމަވެސް ދުއްވާ އެއްޗެއް ފެނިލިޔަސް މާލޭގެ ބާރު ބޮޑު މަގުތައް އޮތީ ހަމަހިމޭންވެފައެވެ. ވިއްސާރަ މޫސުމެއް ކަމުން މުޅި ފަޒާ އެއްކޮށް އޮތީ ފިނިހިފާލާފައެވެ. މި ފިނި ރޭ އެންމެން އަރާމު ތަންމަތީގައި ނިދީގެ ފޮނިކަން ލިބިގަންނަމުން ދިޔައިރު “ހެވެންލީ” ގޯތިތެރެ ގުގުމާލައިފައިވަނީ ޕިޔާނޯގެ ހިތްގައިމު މިޔުޒިކުގެ އަޑުންނެވެ. ފަރިތަކަމާއެކު މާޔާ ޕިޔާނޯގެ ފިތްތަކާ ކުޅެމުން ދިޔައީ ދެލޯ މަރާލައިގެން އިނދެއެވެ. ކޮޓަރީގެ ވަށައިގެން ހުރި ކުޑަދޮރުތައް ހުޅުވާލައިފައި […]