މާއިޝާގެ ހިތް ތެޅެމުން ދިޔައީ އޮބިނޯންނަ ވަރަށެވެ. މިގޭ މީހަކު ކައިރީ އަހަން ހިތަށް އަރާފަ ވެސް މިހާރު އެމީހުން ތިބޭނީ ނިދަން ކަމުގައި ހިތަށް އެރުމުން އެ ހިޔާލު ދޫކޮށްލަމުން އަނެއްކާވެސް ގޮނޑީގައި ޖައްސާލީ މޫނުގައި ދެއަތް އަޅާލަމުންނެވެ. ކިޔާން ސުނާމީ ބިނާގެ ފާރުމަތީ މޫދާ ދިމާލަށް ނަޒަރު ހުއްޓާލައިގެން އިނީ ފެންކަޅިވެފައެވެ. ހަނދުވަރުގެ ރިހި އަލި މޫދަށް އެޅިފައި އޮތް އިރު ރީއްޗެވެ. މާއިޝާ ގުޅާތަން ފެނުމުންވެސް ކިޔާން އިނީ ފާޑަކަށް ފޫހިވެފައެވެ. ރިންގް […]
ކިޔާންގެ މޫނުމަތިން ފެނުނު ކުލަވަރުން ކިޔާންގެ ނިންމުން ދެން ބަދަލުނުވާނެކަން އެނގެއެވެ. އެހެންކަމުން ކަރީމް ކުޑަކޮށް ހިނިތުންވެލާފައި ކައިވެނީގެ ކަންތައް އަވަހަށް ފަށާށޭ ބުނެލިއެވެ. ހަލުވިކަމާއެކީ ކައިވެނީގެ ކަންތައް ކުރިއަށް ގެންދަމުން ދިޔައިރު މާޔާ އެއްވެސް ކަމަކާ ބައިވެރިނުވެއެވެ. މަލީހާ އަދި މާއިޝާވެސް ކަމަކު ބުނެފިއްޔާ މާޔާ ބިޒީއޭ ކިޔާފަ އެތަނަކުން އަވަހަށް ދެއެވެ. ޒީނަތު މާއިޝާއަށް ގުޅައިގެން އެ ގެއަށް ގެންގޮސް ހެދުމުގެ ކަންތައް ނިންމިއެވެ. ކޮންމެމީހަކުވެސް އޭނަ ފެނުމުން ހިނިތުންވެލައެވެ. އެކަމަކުވެސް މާއިޝާއަށް އެ […]
ކިޔާން މާޔާއަށް ބަލަން ހުރެ ކުޑަކޮށް ބޯ ހޫރާލީ ނޫނެކޭ ބުނާ ފަދައިންނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔަހިނދު މާޔާ މަޑުމަޑުން ކަނާތް ކިޔާންގެ އަތްމަތީ ބޭއްވިއެވެ. ކިޔާން އެ އަތަށް ފިތާލީ ހިނިތުންވެލަމުންނެވެ. ހިނދުކޮޅަކަށް ނަމަވެސް މާޔާ ކިޔާންގެ ލޯބީގެ އަވާގައި ޖެހުނެވެ. އެހެންނަމަވެސް ނިހާންގެ އިންޒާރުގެ މަތިން ހަނދާންވުމާއެކުހެން މާޔާ ކިޔާންގެ އަތްމަތީ ބާއްވާފަ އޮތް އަތް ދަމައިގަތީ ސުތްޕެއް ކަށިޖެހިނެވެ. އޭރު ކިޔާން އަނގޮޓި މާޔާގެ ކަށި އިނގިލީގައި އަޅުވަން ކައިރިކޮށްގެން ހުރުމުން […]
” ދުވަހަކުވެސް އަހަރެން ދޫ ނުކޮށްލަށްޗޭ.. ” ކިޔާން މަޑުމަޑުން އެހެން ބުނެލީ ކުރިއަށްވުރެވެސް ބާރަށް މާޔާގެ ގައިގަ ބައްދާލަމުންނެވެ. މާޔާ ފެންކަޅިވެގެން ދިޔަހިނދު ހިތުން ” އައި ވިޝް ” އޭ ބުނެލީ ކިޔާންގެ މުލައްދަނޑީގައި ހިފާ ބާރުކޮށްލަމުންނެވެ. ކިޔާން އަވަހަށް ފޮނުވާލަން ވެގެން މާޔާ އެއް އަތުން ފޯނު ނަގައިގެން މަންމައަށް މިސްޑް ކޯލް އެއް ދިނެވެ. އޭރުން މަންމަ ގުޅާނެކަން އެނގޭތީއެވެ. މަންމަ ގުޅުމުން ކިޔާން މާޔާއާ ދުރުވެލިއެވެ. މާޔާ ފޯނު ނަގައިގެން […]
އައި ރިއަލީ ހޯޕް ހީޒް ޑުއިން ފައިން.. މާ ބޮޑު ވަރެއް ނުވޭދޯ؟ ” މާޔާ އެއްޗެކޭ ބުނަން އުޅެފަވެސް ވަގުތުގެ ގޮތުން ހިމޭންކަން ހިޔާލުކުރަމުން ފޯނު ބޭއްވިއެވެ. މާޔާ އެނބުރިލަމުން ކިޔާންގެ މޫނަށް ބަލާލީ ހިތްދަތިގޮތަކަށެވެ. ކިޔާން ބުމަ އަރުވާލީ ކިހިނެއްވީހޭ އަހާފަދަ ގޮތަކަށެވެ. މާޔާ ހީލިއެވެ. ނަރުސް ކުއްޖަކު އައިސް މަޑުކުރެވޭނީ އެންމެ މީހަކަށޭ ބުނުމުން އެންމެން ނުކުމެގެން ދިޔައީ މާޔާއާ ކިޔާނަށް ވަގުތު ދޭން ވެގެނެވެ. ނިޝާ ނުކުންނަމުން މާޔާގެ އަތުގައި ހިފާ […]
ނިހާން އަނެއްކާ އެދެން އެ އުޅެނީ ކޮންކަމަކަށް ބާއޭ ހިތަށްއެރިއެވެ. ޔަގީނުންވެސް ރަނގަޅު ކަމަކަށް ނޭދޭނެއެވެ. ” ކިޔާނަށް ނޫނެކޭ ބުނޭ! ” ނިހާންގެ ޖުމުލައިން މާޔާގެ މޫނުމަތީގައި މީހަކު ޖެހިހެން ހީވިއެވެ. ދެ އަތް ތިރިކޮށްލެވުނީ ލިބުނު ހައިރާންކަމުންނެވެ. ދެލޯ ބޮޑުކޮށްލަމުން ނިހާނަށް ބަލަން ހުރެވުނީ ބަސް ހުއްޓިފައެވެ. ” އަހަރެން ބޭނުންވަނީ މާޔާ ކިޔާނާ ދުރަށް ދާން. އިތުރު އެއްވެސް ކަމެއް ބޭނުން ނޫން. ޖަސްޓް ސްޓޭ އަވޭ ފްރޮމް ހިމް.. ޕްލީސް.. ” […]
މާޔާ ޝަހާދަތް އިނގިލިއާ މެދު އިނގިލި ހުރަސް ކޮށްލައިގެން އިނދެ ހިތާހިތުން ކިޔާން ރަނގަޅު ޖަވާބެއް ދޭނެ ކަމަށް އެދި ދުއާކޮށްލެވުނެވެ. އަނެއް އަތުން ކިޔާންގެ އަތްތިލައިގަ ހިފާލެވުނީ ނުތަނަވަސްވެފަ ހުރިވަރުންނެވެ. ” ހޫމްމްމް… މާޔާ ވެއްޖިޔާ ދޯ… ކޮމްޕްރޮމައިޒް ކޮށްލާނީ.. ” ކިޔާން ކުޑަކޮށް ވިސްނާލާފައި ބުނެލި ޖުމުލައިން މާޔާއަށް ބޭ އިހްތިޔާރުގައި ކިޔާންގެ އަތުން ދޫކޮށްލެވުނެވެ. އަވަހަށް މޫނު އަނެއް ފަރާތަށް އަނބުރާލީ ކަރުނަ ފައިބައިގަންނާނެ ހެން ހީވުމުންނެވެ. ތިރީ ތުންފަތުގައި ދަތްއަޅާލީނުން ފަޅައިގެން […]
” އަހަރެން ހުންނަ ގޮތަށް ހުރެ މާޔާއަށް އަހަންނާ އެއްކޮށް ތަންތަނަށް ދާން ކެރޭނެތަ؟ ” ނިހާން ފާޑަކަށް ހީލަމުން ކޮށްލި ސުވާލުން މާޔާ ހައިރާންވެފައި ނިހާނަށް ބަލާލިއެވެ. ހަގީގަތުގައިވެސް މާޔާއަށް ނިހާން ހުންނަ ގޮތުގައި ހުރެ ނިހާނާ އެކީ ތަންތަނަށް ދާން ކެރޭނެ ހެއްޔެވެ؟ ނިހާން އޭނައަށްޓަކާ ބަދަލުވި ފުރަތަމަ ދުވަހު ވެސް އޭނައަށް ނިހާނާ އެކީ އެދުވަހު ގާޑިޔާ ކައިރީ އިންނަން އުދަގޫވިއެވެ. ދެން އަސްލު ނިހާން ހުންނަ ގޮތަށް ހުރެ ދާން ކިހާ […]
ޒުހޭރު ސިހިފައި މާޔާއާ ދިމާލަށް ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. ” ހަނދާންވެއްޖެ ދޯ؟ މޫނުމަތިން ފެންނަމުންދާ ކުލަވަރުން މާ ރަނގަޅަށްވެސް އެނގޭ ހަނދާންވެއްޖެކަން.. ވާއު ” މާޔާ ޒުހޭރުގެ މޫނު ކުރިމަތިން އަތް ހޫރާލަމުން ބުނެލީ ހީލަމުންނެވެ. ” ހަ. ހަމަ އަކަ.. އަކަށް އެޅުނު އި.. އި.އިރަކުން އައިސް ވާހަކަ ދައްކަބަ.. މޮ.. މޮޔަ ވާހަކަ އެބަ ދައްކައެއްނު އައިސް.. ދޭބަ ގޮސް ބޮލަށާ އެކީ ފެންއަޅައިގެން ފެންވަރަން… ” ޒުހޭރު ހަމަޖެހެން މަސައްކަތްކުރަމުން ވާހަކަ […]