އެހެން އިންނަތާ އިރުކޮޅެއް ފަހުން ކުއްލިއަކަށް އެތަނުން ދަގަނޑު ދޮރެއް ހުޅުވުނު އަޑު އިވިގެން ދިޔައެވެ. އަހަރެންނަށް އެދޮރު ނުފެނުނެއްކަމަކު ބައެއްގެ ބޫޓްގެ އަޑު އިވިގެން ދިޔައެވެ. އެބަޔަކު އެއަންނަނީ އަހަރެން ކައިރިއަށްކަން އަހަރެންނަށް އެނގުނެވެ. ދެމީހަކު އައިސް އަހަރެން ކުރިމައްޗަށް ވާގޮތަށް ހުއްޓެލިއެވެ. އެދެމީހުންވެސް ތިބީ މޫނުގައި އެއްޗެއް އަޅައި ނިވާކޮށްގެންނެވެ. އަދި އަރަބި ބަހުން ދެތިން އެއްޗެއް ބުންޏެވެ. އަހަރެންނަށް އެމީހުން ބުނީ ކީކޭ ކަމެއް ނޭނގުނެވެ. އެމީހުންނާއި ދިމާލަށް ބަލަން އިންދަ އަހަރެންގެ […]
“ކިހާ ދެރަކަމެއް… ކަލޭމެން ތިއުޅެނީ އަހަރެން މަރާލަންތަ” ވަމުން ދިޔަ ތަދަށް ކެތް ނުކުރެވިގެން އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. އަހަރެން ފަހަތަށް ވާގޮތަށް އަތް ގެންގޮސް އައްސާފައިވާއިރު ދެމީހަކު އަހަރެން ހިފަހައްޓައިގެން ތިއްބެވެ. ތިންވަނަ މީހާ އަހަރެންގެ ފައި ދައްފުށުގައި ބޮޑު ހަންގަނޑަކުން ތަޅަމުން ދިޔައެވެ. ނަގަމުން ދިޔަ ދިލައަށް ކެތް ނުކުރެވިގެން އަހަރެންނަށް އަނެއްކާވެސް ހަޅޭލަވައިގަނެވުނެވެ. “މިހާރުވެސް ކަލޭ ބޭނުމިއްޔާ މިކަން ހުއްޓުވި ދާނެ.. އަވަހަށް އަހަރުމެން ބޭނުންވާ ކަންތައް ކިޔައިދީ” ހަތަރުވަނަ މީހާގެ އަޑު އިވިގެން […]
މަރުވެފައިވާ ކުއްޖާއާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ހަލީމާ ހުއްޓެވެ. ދެލޮލުން ކަރުނައިގެ އަސަރު ހުއްޓެވެ. އެތަނުގައި ބާއްވާފައި އޮތް ނާހްގެ ހަށިގަނޑުގައި އޭރުވެސް އެތަށް އަނިޔާގެ ނިޝާނެއް ހުއްޓެވެ. އެ ތުއްތު ކުއްޖާގެ އޮތީ ކޮން ކުށެއް ހެއްޔެވެ. އެފަކީރު އެ ތަހައްމަލް ކުރަން ޖެހުނީ އެކުއްޖާއަށް ހައްގު އަނިޔާ ހެއްޔެވެ. މީގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ. ހަލީމާ ސިހުނީ އެތަނަށް މީހަކު އައުމުންނެވެ. ކަރީމް ވަދެ ހަލީމާގެ ކޮނޑުގައި އަތް ބާއްވާލަމުން ހިތްވަރު ކުރުމަށް […]
ފަސްވަރަކަށް ސިކުންތު ފަހުން ކަރަންޓު އައި އިރު މިޒާން އޮތީ ވެއްޓިފައެވެ. ހުސައިންވެސް އޭރުވެސް އޮތީ ވެއްޓިފައެވެ. ހުސައިންގެ ބޮލުން ފޭބި ލޭ އެތަނުގައި ހުއްޓެވެ. ހުސައިންގެ އެއްވެސް ހަރާކަތެއް ނެތެވެ. މިޒާންގެވެސް ހަރަކާތްވަނީ ހުއްޓިފައެވެ. މިޒާން ކައިރީގައި ރާކިންއަށް ފުރަގަސް ދީގެން ޖެކެޓްއެއް ލައިގެން މީހަކު އިނެވެ. “ކާކުތީ” ރާކިން ފަހަތަށް ފިޔަވަޅެއް އަޅަމުން ވާހަކަ ދެއްކިއެވެ. “މައްސަލައަކީ މި ރާއްޖޭގައި މާ އަނގަ ގަދަ މިތުރުން ގިނައީ.. ” އެމީހަކު އެހެން ބުނެލަމުން ތެދުވެ […]
އެމީހަކު އައިސް ފަހަތުން ބޮޑު އެއްޗަކުން ޖެހީ.. ނޭނގެ.. އެކަމަކު އަހަރެން ވެއްޓުމާއި އެކު އެމީހަކު އަހަރެން ކައިރިއަށް ތިރިވެ އަހަރެންގެ ދަބަހަށް އެއްޗެއްލި.. ބުނި މި ދައްކާށޯ ރާކިންއަށް.. އޭނައަށް އެނގޭނެޔޯ ކުރަންވި ކަންތައް” އާލާ ދަބަހުން ފޮއްޓެއް ނަގަމުން ރާކިން އަތައް ދިނެވެ. ރާކިން ހައިރާން ކަމާއި އެކު އޭގައި ހިފަމުން އާހިލްއާއި ދިމާލަށް ބަލާލިއެވެ. ޕެކް ކޮށްފަ އިން ފޮށި މަޑުމަޑުން ރާކިން ކަޑާލިއެވެ. އޭގެ ތެރޭގައި އޮތީ ފޯނެކެވެ. ރާކިން ބަލާލި […]
“ސަރ.. ވީ ހޭވް އަ ޕްރޮބްލޮމް” އާހިލް ރާއިދު އާއި ދިމާލަށް ބަލާލިއެވެ. އެވަގުތު ރާއިދު އާހިލް އާއި ދިމާލަށް ބަލާލިއެވެ. ނަދީމް އަދި ފަހުދު ވެސް އާހިލްއާއި ދިމާލަށް ބަލާލިއެވެ. “އަޅުގަނޑު މިއައީ ސީ.ސީ.ޓީ.ވީ ފުޓޭޖް އަޅުގަނޑަށް ފެންނާނެ ގޮތް ހަދާ އެތަނަށް ކޭބަލްއެއް ލާފައި.. އެންޑް ލުކް” އެއީ މީގެ ފަސް މިނެޓް ކުރީގެ ވީޑިއޯއެކެވެ. އޭ.ޓީ.އެމްގެ ކެމެރާއިން ފެންނަނީ ހުސައިން ލާރި ނަގަން ވަންނަ ތަނެކެވެ. އަދި ލާރި ނަގާ ނިންމާފައި ނިކުތުމުގެ […]
“ހޫމް ދެން ހެވޭ. އެލީން އަވަހަށް ގެއަށް ދޭ. މިހާރު އެލީންގެ ބައްޕަ ހޯދަށް އުޅޭނެ.” ހަސީނާ ބުނެލިއެވެ. “އޯހް ބައްޕަ ދޯ. ބައި މުނާ ބައި ހަސިންތާ. އަދި އަންނާނަށް ފަހުން” އެލީން އެހެން ބުނުމަށް ފަހު ވަރަށް ބާރަށް ހިގައިގަތެވެ. މުނާގެ އޭނަގެ މަންމަ ފަހަތުން ބަސްއަހާ ކުއްޖެއް ފަދައިން ގޮސް ގެއަށް ވަނީއެވެ. އެލީންގެ ބައްޕަ އާދަނު އުޅުނީ ގެނައި މަސްކޮޅު ކަޑަންވެގެން ބަދިގެ ފަރާތުއެވެ. “ހައި ބައްޕާ’ އާދަނު ސިހިގެން […]
“އިޒް ދިސް އަ ޖޯކް” އެއްފަހަރު އެދިމާލަށް އަނެއްފަހަރު އެތަނުގައި ތިބި އެންމެންގެ މޫނަށް ވަކި ވަކިން ބަލާލަމުން ނަދީމް ހައިރާން ކަމާއި އެކު އަހާލިއެވެ. އެވަގުތު މާއިން ބަލާލިއެވެ. އެމޫނުމަތީގައިވެސް ކޮންމެވެސް ވަރަކަށް ލޭގެ އަސަރު ހުއްޓެވެ. ނަމަވެސް އޭރުވެސް މާއިންގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. ބަލާލި ގޮތުން ބުނާ ކަހަލައެވެ. “ނަދީމް ޕްލީޒް ހެލްޕް މީ” ނަދީމްއަށް މަޑުމަޑުން ބިއްލޫރިގަނޑާއި ކައިރިއަށް ޖެހިލެވުނެވެ. “މީ ކިހިނެއްވީ ކަމެއްތަ” ނަދީމް ފަހަރަކު މީހަކާއި […]
“އެލީން އެލީން” މުނާ މިހާރު އެލީން އަށް ގޮވާ ގޮވާ ވަރުބަލިވެއްޖެއެވެ. މޫދުގެ އެކި ހިސާބު ހިސާބަށް ނަޒަރު ހިންގާލުމުން އަނެއްކާވެސް މުނާ އެލީންއަށް ގޮވާލިއެވެ. މުނާ އިނީ ސާފްބޯޑްމަތީގައި ދެފަރާތަށް ފައިލައިގެންނެވެ. އަތުން އަނެއްކާވެސް ތަންކޮޅެއް ބޭރަށް ޖަހާލިއެވެ. އެލީން އާއި މުނާ މުދޫގައި އުޅޭތާ މިހާރު ގަޑިއިރެއް ވެދާނެއެވެ. އެލީން އަޑިއަށް ދިޔަ ގޮތަށް އަދިވެސް ނާރައެވެ. މިހާރު އެލީން އަޑިއަށް ދިޔަތާ ގާތްގަޑަކަށް 15ވަރަކަށް މިނެޓް ވެދާނެއެވެ. މުނާ ބިރުގަންނަ ގޮތްވާ ފެށިއެވެ. […]