އަހަރެން މިއޮތީ ކޮޓަރީގައެއް ނޫނެކެވެ. އަދި ކީންހެއްޔެވެ. ގެއަކުވެސް ނޫނެކެވެ. އަހަރެން މިއޮތީ ބޭރުގައެވެ. ވެލިގަނޑެއް މަތީގައެވެ. ކޮޅަށް ތެދުވެ ހުރެ އަހަރެންނަށް ވަށައިގެން ބަލާލެވުނެވެ. އޭރު ރީތި މިއުޒިކެއް ހެން ރާޅު ގޮނޑުދޮށަށް ބީއްސަމުން ދިޔަ އަޑު އިވެމުން ދިޔައެވެ. ހުރިހާ ފަރާތަކަށް އަހަރެން ބަލާލިމެވެ. އެއްފަރާތުން ފެންނަން އޮތީ މޫދެވެ. އަނެއް ފަރާތުން ފެންނަން ހުރީ ގަސްތަކެވެ. އަހަރެން ބިރު ގަންނަ ގޮތްވާން ފެށިއެވެ. މީހާ ހާސްވެ ދާހިއްލަން ފެށިއެވެ. “އާސީން” ކުއްލިއަކަށް އިވުނީ […]
“ޖައިޝް.. ޖައިޝް ތިއުޅެނީ މަރުވާނެ ފަސޭހަ ގޮތެއް ހޯދަންތަ.. އެހެންވީއްޔާ އަހަރެން ބުނާ ގޮތެއް ހަދާ.. އަހަރެން ވާގަޑެއް ދިނީމަ ދަންޖެހޭ.. އެވެސް މިއަށް ވުރެއް ފަސޭހަ ވާނެ ގޮތެއް” ފައިލް މޭޒުމައްޗަށް އެއްލަމުން އަހްޝަމް ބުނެލިއެވެ. “އެނގޭދޯ މިއީ މަރުގެ އެތިފަހަރެއްކަން” އަހްޝަމް އަހަރުމެން ދެމީހުންނާއި ދިމާލަށް ބަލާލިއެވެ. “ކީކޭތަ ތިބުނީ” އަހަރެން އަހާލީމެވެ. “ކަލޭމެން ތިއީ ކުޑަ ދެ ކުދިންތަ.. މިއީ ކިހާ ބޮޑު ކަމެއްކަން ނޭނގެނީތަ ކަލޭމެންނަށް.. ޖައިޝް.. އޭނައަށް ނޭނގިދާނެ ކަން […]
ދޮންބެ އެހިފައިގެން ބޭރަށް ނިކުތެވެ. ޖައިޝްވެސް އިރުކޮޅަކު އިނުމަށްފަހު ގެއަށް ދިޔައެވެ. އައިރް އަހަރެންގެ ކައިރީގައި އިށީދެލިއެވެ. އަހަރެން މަޑުމަޑުން އައިރްގެ ކޮނޑުގައި ބޯއަޅާލީމެވެ. “ޔޫ ނިއު.. ޑޯންޓް ޔޫ” އަހަރެން ބޯ އަޅާލައިގެން އޮވެ އަހާލީމެވެ. އައިރް ކުޑަކޮށް ބޯ އަބުރާލަމުން ކޮންކަމެއްހޭ އަހާލިއެވެ. “ރޭގައި.. އެހާ އަވަހަށް އެގަޑީގައި ދިޔައީ އެހެންވެ.. މުހައްމަދުފުޅުބެ..” އަހަރެން ބުނީމެވެ. އައިރް އާއެކޭ ބުނެލިއެވެ. “އައި ޓްރައިޑް.. އެކަމަކު.. އަހަރެންނަށް ދެވުނު އިރު މާ ލަސްވެއްޖެ.. އަހަރެން ވަރަށް […]
“އާސީން.. އަހަރެން އާސީންދެކެ ލޯބިވޭ.. ވަރަށް ބޮޑަށް.. އަހަރެން ބޭނުންވަނީ އާސީންއާއި އެކު ދެން ދުވަސްތައް ގުނަން.. އާސީން އަހަރެންގެ ހުރިހާ އުފަލެއް އަދި ހިތާމައެއްގައި ބައިވެރިވެގެން.. ހުރިހާ ހާލަތެއްގައި.. އަހަރެންގެ ދިރިއުޅުމުގެ ހިއްސާއަކަށް އާސީން ވާނަންތަ” އައިރް އަހަރެންނާއި ދިމާލަށް ބަލާލަމުން މާ ދިއްކޮށްލިއެވެ. އަހަރެންނަށް އުފަލުން ގޮސް ރޮވުނެވެ. އަނގަމަތީގައި އަތް އަޅާލައިގެން ހުރެވުނީ އައިރްގެ ޖުމްލަ ނިމެންދެންނެވެ. “ޔެސް.. ޔެސް.. ޔޭސް..” އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. އަދި އަވަސް އަވަހަށް މަލުގައި ހިފީމެވެ. އައިރް […]
އަހަރެން ދުވެފައި ކަހަލަ ގޮތަކަށް އެތަނުން ދުރައްދިޔައީމެވެ. ސައިކަލު ކައިރިއަށް ދެވުނު އިރު ސިކުނޑީގައި ވަނީ އެންމެ ނަމެވެ. އައިރްގެ ނަމެވެ. އައިރް އައިސް އަހަރެން އެބިރުވެރިކަމުން ސަލާމަތް ކޮށްދޭނެނަމައެވެ. އަހަރެން މިތަނުން ދުރައްގެންދާނެ ނަމައެވެ. އޭރުވެސް އަހަރެންނަށް ކުރެވެމުން ދިޔަ ކަންތަކެއް ނޭނެއެވެ. ސައިކަލަށް ތަޅުދަނޑި ޖަހަން އުޅެއުޅެ އެކަމެއް ނުވިއެވެ. ފަހަތަށް ބެލޭވަރުން ކައިރިވަމުން ދިޔަ ބަންޝީލް އަހަރެންނަށް ފެންނަމުން ދިޔައެވެ. “އާސީން” ކުއްލިއަކަށް މީހަކު އަހަރެންގެ އަތުގައި ހިފާ އެމީހަކާއި ދިމާލަށް އަބުރާލިއެވެ. […]
އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނޭވާ ހުރީ އަވަސްވެފައެވެ. އޭނަގެ އަތް އަހަރެންގެ ގައިގައި ޖެހުނު ވަގުތު ގައިން ހީބިހި ނަގައިގަނެގެން ދިޔައެވެ. “އަހަރެންދެކެ ބިރު ގަންނަ ނަމަކަ.. އާސީންއަށް ތިވާ ހުރިހާ ގޮތެއް ނުވޭނެ.. އަދި އަހަރެންނަށް އާސީންއާއި މިހާ ކައިރީގައި ނުހުރެވޭނެ” އަހަރެން ނަގާ ކޮޅަށް ބަހައްޓަމުން އައިރް އެހެން ބުނެލިއިރު އަހަރެންގެ އަމިއްލަ ނަފްސުގެ ބާރުވަނީ ކެޑިފައެވެ. އަހަރެންގެ އެއްވެސް އިހްތިޔާރެއް ނެތި ކުރިއަށް ވުރެއް ބޮޑަށް އައިރްއާއި ކައިރިއަށް ޖެހިލެވުނެވެ. […]
އެދެލޮލުން އަހަރެންނަށް ފެންނަން ހުރީ ބިރުވެރިކަމާއި އެކަނިވެރިކަމެވެ. އަހަރެން އެހުރިހާ އިރަކު އައިސްފައިވާ ރުޅި ނާސިރުގެ ދެލޯ ފެނުމުން ފިނިވެގެން ދިޔައެވެ. “އަހަރުމެންނަށް ލިބިފައި އޮތީ ވަރަށް ކުޑަ ވަގުތު ކޮޅެއް..” އައިރް އެހެން ބުނެލިއެވެ. އަހަރެން ނާސިރުގެ ކުރި މައްޗަށް ހުއްޓިލީމެވެ. “ނާސިރުގެ އެދުމުގެ މަތިން އަހަރެން މިހުރީ އައިސް” އަހަރެން ހުއްޓުމުން ނާސިރު އިސްޖެހިއެވެ. އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅަކު އެހެން އިނުމުން އަހަރެން ވާހަކަ ދެއްކީމެވެ. ނަމަވެސް ނާސިރު އިސްއުފުލާ ބަލާވެސް ނުލިއެވެ. […]
“މި ވީޑީއޯ އާސީންއަށް ފެންނަ އިރު އަހަރެން ފަހަރެއްގަ މިދުނިޔޭގައި ނުހުރެދާނެ.. އެކަމަކު އަހަރެން އާސީން ބުނި ކަންތައް ކޮށްދީފިން.. މި މެސެޖްއާއި އެކު އާސީންއަށް އެފައިލްތައްވެސް ފެންނާނެ.. އަހަރެން އަދިވެސް ބުނަން ބޭނުންވަނީ.. އަހަރެން މިއީ އާސީންގެ އެކުވެރިއެއް ކަމަށް ބަލާނަމަ.. ޕްލީޒް.. އިތުރަށް މި ކޭސްގައި ކުރިއަށް ނުގެންދޭ.. އެމީހުންނަށް އަހަރެން.. މިކަންތައް ބަލާކަށް އެނގޭ… އަދި މިކަމުގައި އާސީން އުޅޭކަންވެސް އެނގޭ.. އާސީންއަށް ގެއްލުމެއް ލިބޭކަށް އަހަރެން ބޭނުމެއްނޫން” އެހާ ހިސާބުން ކުއްލިއަކަށް […]
“އާހް.. އާހް” ނޭވާ ނުލެވިގެން އަހަރެންނަށް ތެޅިގަނެވުނެވެ. “ކޮއްކޯ” ދޮންބެގެ އަޑު އިވުނެވެ. އަހަރެންނަށް ކަރުގައި ހިފަހައްޓާލައިގެން އިށީދެވުނެވެ. “ކިޔަވަމުން ދޭ.. ހުއްޓާނުލާ” މުހައްމަދުފުޅު ބުނެލި އަޑު އިވުނެވެ. އަހަރެންނަށް ދެފައި މައްޗަށް ތިރިވެވުނެވެ. ނޭވާ ނުލެވިގެން މީހާ ހާސްވަމުން ދިޔައެވެ. ކަރުތެރެ ހިކިގެން ގޮސް ދޫ ބޭރަށް ނިކުންނަން އުޅޭހެން ހީވަމުން ދިޔައެވެ. އޭރުގައި ކުރިއަށް ވުރެއް ވައި ވަނީ ބާރުވެފައެވެ. އަހަރެންނަށް އެތަނުގައި ކުރުގެޅިގެން އޮށޯވެވުނެވެ. އަވަސްކަމާއި އެކު ނޭވާލެވެން ފެށިއެވެ. “އާސީން ދޫކޮށްލާ” […]