“ނާސިރައްވެސް އަހަރެން މުހިންމު ނޫން ވީމަތާ ތި ހިސާބައް ދިޔަ އިރުވެސް މަގޭ ޚިޔާލެއް ހޯދުމުގެ މުހިންމުކަން ނޭނގުނީ.. ދެން މިއަދު މަގޭ ކައިރީ ތި ވާހަކަ ތި ދައްކަނީ ކައިވެނީގެ ހުރިހާ ކަމެއް ނިމި އެކަން ކުރެވެމުން ދާތީ ދެން އިތުރައް މަގޭ ޚިޔާލުން ކަމެއް ބަދަލު ނުކުރެވޭނޭކަމަށް ދޯ… މަށައް ހެޔޮ އެއް ކަމެއް ބަދަލު ނުވިޔަސް.. ގޮސް ބުނޭ މަގޭ ރުހުމެއް ދުވަހަކުވެސް ތި ކައިވެންޏަކައް ނުލިބޭނޭ… އަދި މިއަދައްފަހު އޭނާގެ މަންމަ […]
މާހިލް އޮފީސް ނިންމާފައި ގެއަށް އައިސް ވަތް އިރު ރިޔާޒް އިނީ އޭނާގެ އިންތިޒާރުގައި ޓީވީ ދޮށުގައެވެ. މާހިލް ފެނުމުން ކުޑަ ވާހަކައެއް ދައްކާލަން އެބައޮތް ކަމަށްބުނެ ރިޔާޒް ކައިރީ އިން ސޯފާގައި އިށީންނަން އިޝާރާތް ކޮށްލިއެވެ. މާހިލްގެ މޫނުމަތިން ފެންނަނީ ކަމަކާއި ދެރަވެ މާޔޫސްވެފައިވާ މަންޒަރެވެ. އޭގެ ފަހަތުގައިވާ ސަބަބު ރިޔާޒައްވެސް ރަނގަޅައް އެނގެއެވެ. ނާސިރުގެ ޖަވާބުގެ ވާހަކަ މާހިލް އެދުވަހު އައިސް ރިޔާޒް ކައިރީ ބުންޏެވެ. ރިޔާޒް މާހިލްގެ ނިންމުމަށް ތާއީދުކޮށް ތަޢުރީފު ކޮށްލިއެވެ. […]
ރަހްމާ ކާން އިން ޕާންފޮތިވެސް އޭނާ ކާހިތް ކެނޑުނެވެ. އެހެންކަމުން ރުޅިއައިސްގެން ގޮސް އެ ޕާން ފޮތި ޑަސްބިނަށް ލަފައި ތައްޓާއި ގެންގުޅުނު މޭޒުމަތީ ވަޅި ސިންކައް ލާފައި އޭނާވެސް ގޮސްވަނީ ކޮޓަރިއަށެވެ. އެނދުމަތީ އިށީން ނަމަވެސް އެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ރުޅި ގަދަވެގެން ފަޅައިގެން ގޮސްފާނެހެން ހީވެއެވެ. އައި ރުޅީގައި އަތު ޖެހޭ ހިސާބުގައި އޮތް ބާލިސް ނަގަ ކޮޓަރި ތެރެއަށް ހޫރާލިއެވެ. ނުބައި ވަސްވާސްތައް އޭނާގެ ސިކުނޑި ވަށައިލިއެވެ. “ކައިވެނި ކުރަން އުޅޭއިރު […]
މާހިލްގެ ބަސްތައް ހަސަނުގެ ސިކުނޑިތެރޭގައި ބިންވަޅު ނެގުނެވެ. އެހެން ނަމަވެސް މާހިލް އެ މައުޟޫއަށް ވާހަކަ ދައްކަން ޝަޢުގުނުވާހެން ހީވުމުން އަދި ހަސަނައްވެސް ދީނާ ބެހޭގޮތުން ވާހަކަ ދައްކަން ނޭނގޭތީ މަޢުޟޫ ބަދަލުކޮށްލީ މާހިލްގެ މޫޑު ރަނގަޅު ކޮށްލުމަށްޓަކައި ވެސް މެއެވެ. މާހިލް މެން ކޮފީ ބޮއި ނިމުމުން އެތަނުން ދާން ނިކުންނަން ހިނގައިގަތީ ހަަނު ކައުންޓަރައްގޮސް ބިލް ދައްކަން ނިންމައިގެންނެވެ. ނަމަވެސް އެހިސާބައް އަރާ ހަމަވުމުން މާހިލް މަޑުނުކޮށް ދިޔައީ އަވަހަށް ގެއަށްދާން ވެގެންނެވެ. މާހިލް […]
މުސްލިމުންނަށް ހެޕިލީ އެވާ އާފްޓާއަކީ ސުވަރުގެ. ހުރިހާ ހިތާމަތަކަށް ނިމުމެއް ލިބި އަބަދުގެ އަބަދައް އުފަލުގައި ތިބެވޭނީ ހަމައެކަނި ސުވަރު ގޭގައި. އެހެންވީމާ އޭގެ ބަދަލުގައި ބޮޑެތި ފާފަތަކަށް އަރައިގަނެގެން ލިބޭނީ ނަރަކަ. އަބަދުގެ އަބަދައް އަޒާބު. އަދި ތިމާ ދެކެ ހަޤީޤީ ލޯބިވާ ފިރިހެނަކު، ބޭނުންވާނީ އޭނާޔާއެކު އޭނާގެ ލޯބިވެރިޔާވެސް ސުވަރުގޭގައި ވުމަށް. އެހެންވީމާ ނަރަކައަށް ދާނެ މަގެއް ކޮށައެއްނުދޭނެ. ޒިނޭއާ ކައިރިކޮށްދީ ޒިނޭއަށް ދަޢުވަތު ދީ ނަހަދާނެ. އޭގެ ބަދަލުގައި ޙަލާލު ގޮތުގައި އޭނާގެ […]
މާހިލްގެ މުޅި ދުވަސް ހޭދަވަމުން އެދަނީ އަވަސްވެފައިވާ ހިތަކާއިގެންނެވެ. މިސްކިތައް ދާ ކޮންމެ ފަހަރަކުވެސް ނަމާދުން ފައިބައިގެން މީހުންގެ ތެރެއިން ނާސިރު ފެނޭތޯ ބަލަނީ ނާސިރު ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. މާހިލް ހީކުރީ ފުރަތަމަ ފަހަރުވެސް މާހިލް ފެންނަތަނުން ނުވަތަ މާހިލް ހިބާގެ ވާހަކަ ދައްކަން ފަށާއިރައް ނާސިރު ރުޅިއައިސްގެން އޭނާއަށް އެއްޗެހިކިޔާ ހަދާނެ ކަމަށެވެ. އަދި ވަގުތުން އޭނާ ހުއްޓުވާނެ ކަމަށެވެ. ނަމަވެސް އިދިކޮޅައް އެންމެ ލަފްޒެއްވެސް ނުބުނެ ނާސިރު އޭނާދެއްކި ވާހަކަތައް އަޑުއެހީތީ މާހިލްގެ […]
“ދަރިފުޅާ!… މާހިލް… މާހިލް ބައްޕަ ކައިރިންވެސް މާފައް އެދުނު. ދަރިފުޅައް ދެވުނު އަނިޔާއަށް. އަދި އެކަމުން އާއިލާއަށް ދެވުނު ހިތްދަތި ކަމަށްވެސް. މާހިލް ބުނީ ދަރިފުޅުދެކެ ވަރަށް ލޯބިވާ ކަމަށް. އަދި ދަރިފުޅާއި ކައިވެނި ކުރަން ބޭނުންވާ ކަމަށް. އަދި އޭނާ ބޭނުންވަނީ ދެ ފަރާތުންވެސް މާޒީ ހަނދާން ނައްތާލާ އެކަކު އަނެކަކަށް މާފްކުރާށޭވެސް ބުނި. މާހިލްގެ ބައްޕަވެސް ބުނީ ހަމަ އެހެން. މާހިލް ބޭނުންވަނީ ދަރިފުޅައް ދެވުނު އަނިޔާގެ ބަދަލުގައި ލޯބި ދީގެން އެ އަނިޔާތައް […]
“އެންމެ ރަނގަޅު. އަހަރެން ގޮތެއް ނިންމާފައި ޖަވާބެއް ދޭނަން.” ނާސިރު އެއްވެސް އަސަރެއް ނެތް ގޮތަކަށް ބުނެލިއެވެ. މާހިލް ބަސްއަހާ ކުއްޖެއްހެން އިސްޖަހާލަމުން ލައްބައޭ ބުނެލަމުން އެތަނުން ދިޔުމަށް ހިނގައިގަތެވެ. ނާސިރު ފުންނޭވާއެއް ލާފައި ގެއާ ދިމާލައް މިސްރާބުޖެހީ ވަރުބަލިވެފައިވާ ހިތަކާއި ގެންނެވެ. ނާސިރު އަނެއްކާވެސް އޮފީހައް ދިޔުމުގެ ޚިޔާލު ދޫކޮށްލާފައި ދިޔައީ ގެއަށެވެ. ހަޤީޤަތުގައި ވެސް އޭނާއަށް ވަރުބަލިކަން އިހްސާސްކުރެވޭލެއް މާ ބޮޑީއެވެ. ތިމާއީ ބޮޑު ކުއްވެރިއެއް ފަދަ އިހްސާސްތަކެއް އޭނާގެ ހަށިގަނޑު ވަށާލާފައިވާ ކަހަލައެވެ. […]
ހިބާ އެސައިންމެންޓް ނިންމުމަށްފަހު އެ ހުށަހަޅާފައި ތިރިއަށް ފައިބެލީ ފެންފުޅި އެއް ބަލައެވެ. އެވަގުތު ބައްޕަ ރީތިވެގެން ބޭރަށް ނުކުތްތަން ފެނުމުން އެދަނީ ހުކުރު ނަމާދައްކަން އެނގުމުން ހިތް އުފަލުން ނަށާލިއެވެ. އޭނާގެ ދުޢާތައް އިޖާބަކުރައްވާކަން އިހްސާސްވުމުން އަވަހައް ﷲ އަށް ޙަމްދު ކޮށްލިއެވެ. އަދި އެނބުރި ކޮޓަރިއަށް ދިޔައީ އެވަގުތު އެ ދެމީހުންގެ ކުރިމައްޗައް ނުކުތުން ރަނގަޅެއް ނުވާނެޔޭ ހިތާއެވެ. …………… ނާސިރު އޭނާގެ ކެބިންގައި އިނީ އޮފީހުގެ މަސައްކަތްތަކުގައެވެ. އެވަގުތު ރިސެޕްޝަނުން ގުޅާފައި އޭނާއާއި […]