ނާސިރާއި ރަހްމާ އަދި ހުމާވެސް އިނީ ޙައިރާންވެފައެވެ. އެހާ ކުޑަކުޑަކުދިންތަކެއް އެހާ މޮޅައް ކިޔާލަދިނީތީއެވެ. އެކުދިން ކިޔައިދިން ބައެއް ތަކެތި އެމީހުންގެ ހިތްތަކުގައި ކޮންމެވެސް ވަރަކަށް ހަރުލިއެވެ. ދެން އޮތީ ޝަރަފްވެރި މެހެމާނުގެ އަތުން ކުދިންނަށް އިނާމުތައް ރައްދު ކުރުމެވެ. އެކަން ނިމުމުން ޝަރަފުވެރި މެހެމާނުގެ ކުޑަކުޑަ ވާހަކަ ކޮޅަކަށްފަހު ދެން އިވެންޓްގެ ވަގުތީ މެނޭޖަރު އަދި އިވެންޓްގެ އިސް އޯގަނައިޒަރ ޝުކުރުގެ ބައި ފުރިހަމަކުރުމަށް ސްޓޭޖައް ހާޒިރުވުމަށް ގޮވާލިއެވެ. ހިބާގެ ނަމުން ގޮވާލި ވަގުތު ނާސިރާއި […]
މާހިލް ކިތަންމެ ނުވިސްނަން އުޅުނު ނަމަވެސް އޭނާގެ ސިކުނޑިން ހިބާގެ ހަނދާންތަކާއި ދުރުވެވޭ ގޮތެއް ނުވިއެވެ. އޭނާ މީހަކާއި އިނދެ އަމިއްލަ ދިރިއުޅުމެއް ފަށަން ބޭނުންވެފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް ބޭނުންވާ ކަހަލަ އަޚްލާޤް ރަނގަޅު ދީންވެރި ކުއްޖަކާއި ދިމާނުވިއެވެ. އޭނާގެ ބައްޕަ ގާތުގައިވެސް އެއްފަހަރު އެވާހަކަ ދައްކާފައިވަނީ ބައްޕައަށް ކަމުދާ ރަނގަޅު ކުއްޖަކު ހުރެދާނެ ކަމަށެވެ. އެހެން ނަމަވެސް ބައްޕަވެސް އެކަމާއި އުޅޭ ހެނެއް ހިޔެއް ނުވެއެވެ. ހިބާ ޔަކީ ކުރިންވެސް ދީނާއި […]
އަދި ކިހިނެއްވީހޭ އަހާލިއެވެ. ހުމާ މަޑުމަޑުން ތެދުވެ ސޯފާގައި އިށީނދެލިއެވެ. އަދި މައްޗައް ދިއުމަށް އިޝާރާތް ކޮށްލީ އެ ދެމީހުން ވާހަކަ ދައްކާ އަޑަށް މަންމަމެން ހޭލާފާނެތީއެވެ. ހިބާ އާއެކޭ ބުނެ ވަނީ ބަދިގެ އަށެވެ. ދެތަށީ ކޮފީ ގިރައިގެން މައްޗައް އެރިއިރު ހުމާ އިނީ އެނދުމަތީގައި އިށީނދެގެން އަތުން ކުޑަކޮށް ފައިގެ ކުޑަވާއިނގިލީގައި ފިރުމާލަ ފިރުމާލައެވެ. ހިބާ އައިސް ދެ ކޮފީތަށި ކައިރީގައިހުރި ކުޑަ މޭޒްމަތީ ބަހައްޓާފައި އެނދުގެ އެއްފަރާތުގައި ހިބާކައިރީ އިށީނދެލިއެވެ. “މިހާ ދަންވީ […]
ދޮންތަޔަކަށް ނޭނގެ ކީއްވެގެންކަމެއް، އަސްލު މޫނުބުރުގާ އަޅާ މީހުންނަށްވުރެ ނާޅާ މީހުންނަށް މާ އުނދަގޫވަނީ އެ އަޅައިގެން އުޅޭ މީހުން ފެނުމުން. އަހަރެމެން ޝަކުވާ ނުކުރާ ވަރަށް އެމީހުން ޝަކުވާކުރޭ އޭގެ އުނދަގުލާމެދު. ހޫނުވާނޭ.. ކާން އުނދަގޫވާނޭ.. ޖޮބެއް ނުލިބޭނޭ… އެކަހަލަ ބައިވަރު.. އެ ހުރިހާ އުނދަގުލަކަށް އަހަރުމެން ކުރިމަތިލާން އޯކޭ ވެގެން އަޅަނީ…. އެކަންތައްތައް އެނގިހުރެ. އެކަމު ނޭނގެ ކީއްވެކަމެއް މީހުންނަށް އެހާ އުނދަގޫވަނީ.. އެނީވޭސް ކޮންމެވެސް ދުވަހަކުން މަންމަމެނަށްވެސް ވިސްނޭނެކަމަށް އުންމީދުކުރަނީ.. އިންޝާ ﷲ.. […]
“ދެން މަންމަ އަށް ސާބަސް. ހިބާ ނޫޅެއެއްނު ނާހިލް ކޮއްކޮ މިތާ އިނީތީ ނުކެވިގެނެއް. މަންމަ މެނައްނު ތިއުޅެނީ ހިބާގެ އެ މޫނުބުރުގަލާހެދި އުނދަގޫ ވެގެން.” ލީޝާ މަޑުމަޑުން ޖެހިލުންވެފައިވާ ރާޤެއްގައި އޭނާގެ މަންމަ އަށް ވިސްނައިދޭން އުޅުނީ އިތުރަށް އެންމެންގެ ކުރިމަތީގައި ހިބާއާއި ދިމާލައް އެމީހުން އެއްޗެހި ކިޔުން ހުއްޓޭތޯއެވެ. “އެއީ ތެދެއް އަފޫދައްތާ.. އަޅުގަނޑަކަށް އެއްވެސް އުނދަގުލެއް ނޫން މިހެން ކާކަށް. އަދި ނާހިލް އިނީމަކާވެސް އުނދަގުލެއް ނުވޭ.” ހިބާ ލީޝާ އާއި ބައިވެރިވެލީ […]
ހުމާ ކޮޓަރިން ނުކުތްތަން ބަލަން ހިބާއަށް އިނދެވުނީ ވެގެން އުޅޭ ގޮތަކާއިމެދު ސުވާލު އުފެދިފައިވީ މޫނަކާއެކުގައެވެ. ލީޝާއަށް އެކަން ރަނގަޅަށް ފާހަގަ ކުރެވުނެވެ. ހިބާގެ މޫނާއި ދިމާލުގައި ލީޝާ އަތް ހޫރާލީ ހިބާ ފުންހިޔާލަކަށް ގެއްލި ހުސްވެފައި އިންހެން ހީވާތީއެވެ. ލީޝާ ކައިރީ އިންކަން ހިބާ އަށް އިހްސާސް ކުރެވުމުން އަވަހަށް ލީޝާއަށް ހިނިތުން ވުމެއް ރައްދު ކޮށްލީ ހުމާގެ ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. “ޑޯންޓް ވޮރީ ޑާރލިންގ، ހުމާ ދުވަސްކޮޅަކުން އޯކޭ ވެދާނެ. އެހާ […]
މާހިލްގެ ސިކުނޑީގައި ދައުރުވަމުންދާ ނަފްރަތުގެ ސަބަބުން އޭނާއަށް އިތުރު އެއްވެސް ކަމަކަށް ސަމާލުކަމެއް ދެވޭކަށް ނެތެވެ. އަނެއްކާވެސް ބޮލުގައި އަތްއަޅައިގެން ދެކަކޫމަތީ ބޯ ޖަހާލެވުނީ ލޯބިވާ މައިންބަފައިންގެ ހަނދާންތައް އާވުމުންނެވެ. “އޭނާގެ މައިންބަފައިން ކިހާ ލަދުގަންނާނެ ހެއްޔެވެ؟ އެމީހުންގެ ދަރިއެއް މިފަދަ ނުބައި ކަމެއްގައި ޖަލައް ލެވުނީމައި ކިހާ މީހުނެއްގެ ބަދުބަސްތަކާއި ކުރިމަތި ލާންޖެހޭނެ ނޫން ހެއްޔެވެ؟ އެތައް އުންމީދަކާއެކު ބިނާކުރަމުން އައި މުސްތަޤުބަލުގައި ބޮޑު ލައްގަނޑެއް ޖެހިއްޖެހެވެ. އެއީ އެއްވެސް ކަމަކުން ފިލާދާނެ ލައްގަނޑެއް ނޫނެވެ. […]
އިސްކޮޅުން ދިގު ރީތި ޒުވާން ހަށިގަނޑެކެވެ. ފެހިކުލައިގެ ޓީޝާޓަކާއި ކަށިމައްޗައް އަރާ ދިގު ސޯޓެއް ލައިގެން ޖޮގިން ބޫޓަކައް އަރާފައި ހުއްޓެވެ. މެދުމިންވަރަކަށް ތުނބުޅި ދިގުކޮށްފައިހުރިއިރު، މަތިމަސް ތުނިކޮށް ކޮށާލާފައި ވެއެވެ. ކަޅެއް ނޫނެވެ. މާ ދޮނެއްވެސް ނޫނެވެ. “ތީ ހިބާ ދޯ؟” މާހިލް އެ ސުވާލު ކޮށްލީ ހިބާތޯ ޔަޤީންކުރުމަށެވެ. މޫނުބުރުގާގެ ނިވަލުގައިހުރި ހިބާގެ ނަޒަރު ގޮސް ހުއްޓުނީ އެ ޒުވާނާގެ މޫނަށެވެ. އެ މޫނުމަތިން ދަންނަ ވައްތަރު ނުޖެހިޔަސް އެއަޑަކީ ހިބާޔައް އޮޅޭނެ އަޑެއް […]
ހިތުގެ އެ ގޮވުމަށް އިޖާބަދީ ދުވަހަކަށްފަހު ދުވަހެއް އޭނާ ފާއިތު ކުރަމުން ދިޔައީ ހެޔޮ ކަންތައް ތަކުގައި ޝާމިލުވުމުގައި އިސްނެގުމުގައެވެ. އެގޮތުން ފުރަތަމަ ނަމާދު ޤާއިމްކުރުމަށްފަހު، ފަހަރަކު ކަމަކަށް ފަހު ކަމެއް އިސްލާހުކުރަމުން ގޮސް މޫނުބުރުގާވެސް އެޅީއެވެ. ހިބާ އަކީ ކުރީގައި ދީނީ ކަންތައްތަކަށް ކުޑަކޮށް ނަމަވެސް ހޭލުންތެރި ކުއްޖެއް ނޫނެވެ. އޭނާގެ ދިރިއުޅުން ބައްޓަންވެފައި ހުރީ އޭނާގެ މައިންބަފައިން ފަދައިންނެވެ. ސްކޫލުގައި އުޅުނު އިރު އިސްލާމް ފޮތުން އިސްލާމްދީނާ ބެހޭ ގޮތުން އެނގުނު އެއްޗެއް އެނގުނީއެވެ. […]