އުފާވެރި ހަޔާތެއްގައި ތާ އަބަދު އުޅެވޭނެ ހެއްޔެވެ؟ އެއްވެސް ޝަރުތަކާއިނުލާ މީހަކަށް ލޯބިދެވޭނެ ހެއްޔެވެ؟ ކުރާ ކޮންމެ ކަމަކަށް މާފު ދެވޭނެ ހެއްޔެވެ؟ އަނެކާގެ ހިތުގައި އަޅާ ވޭން އެއްވެސް ލަފްޒަކާއި ނުލާ ދެނެ ގަންނަން އެނގޭނެ ހެއްޔެވެ؟ މީ ހައްތަހާވެސް ސުވާލުތަކެކެވެ. ޖަވާބު ވަރަށް ސާފު ސުވާލު ތަކެކެވެ. އެހެނަސް ޅަ އުމުރުގައި ލޮލައް ފެނި އަދި އިވުނު އަޑުތަކެއްގެ ސަބަބުން އެ ސުވާލުތަކުގެ ޖަވާބު ސާފެއް ނޫނެވެ. ނޫނެކެވެ. އެ ސުވާލުތައް އޭރު ހިތައްވެސް […]
އަހަންނަކީ ދީނާއި ދުރު މީހެކެވެ. ﷲ އޭނާ އަހަރެންގެ ދިރިއުޅުމަށް ގެނެސްދެއްވީ ކީއްވެގެން ކަމެއް ނޭނގެއެވެ. ނަމަވެސް އަހަންނަށް ލިބުނު އެންމެ ބޮޑު އަދި އުފާވެރި ހަދިޔާ އަކީ އަހަރެންގެ އަނބިމީހާއެވެ. އަހަރެންގެ އަނބިމީހާއަކީ ކަޅު ނަމަވެސް ވަރަށް ރީތި އަންހެނެކެވެ. އެކަމަކު އަހަރެން މާ ވަރަކަށް އޭނާގެ މޫނަކަށް ނުބަލަމެވެ. ސަބަބަކީ އޭނާ އަށް ލިބިފައިވާ ތަނަވަސް، ރީތި، ބޮޑު ހިތް އެ މޫނަށްވުރެ ހިތްގައިމުވީމައެވެ. އަހަރެންގެ އަންހެނުންނަށްވުރެ އުފާވެރި ދެވަނަ މީހަކު އަހަރެން ނުދެކެމެވެ. […]
ކަން ކަމުގައި ބަހަނާ ދައްކާ އުޅުމަކީ ވަރަށް އާދައިގެ ކަމެކެވެ. އަދި އެހާ އާންމުވެސް ކަމެކެވެ. އަހަންނަށްވެސް ކަންތައް ކުރެވުނީ ހަމަ އެހެންނެވެ. ރެކެން ބޭނުންވާ ކޮންމެ ކަމަކަށް ބަހަނާ ދެއްކުނީއެވެ. އަދި ކުރަން ބޭނުން ނުވާ ކަންކަމަށްވެސް މެއެވެ. ބައެއް ފަހަރު ކުރެވެނީ ކިހާ ވަރު ކަމެއްކަންވެސް ވިސްނާނުލެވެއެވެ. އަހަރެން އުޅެ ބޮޑުވީ ވަރަށް އާދައިގެ ދިރިއުޅުމެއްގައެވެ. މާ މުއްސަނދި ކަމެއް އަހަރެންގެ މައިންބަފައިންނަށް ލިބިފައި ނުވިނަމަވެސް، އަހަރެމެން ބޭނުންވާ ކަންތައްތައް ރަނގަޅަށްވެސް ފުއްދާލައިގެން އުޅެވުނެވެ. […]
ޝީނާ އިނީ އޭނާގެ ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ޚިޔާލަކަށް ގެއްލިފައެވެ. އޭނާގެ ހަމަހިމޭން ތަނަވަސް ކޮޓަރީގައި އެލުވާފައި ހުރި، މަޑުނޫކުލައިގެ، މަޑު ސްޕޮންޖު ސީޓުގެ ހެއްލޭ ޖޯލީގައި، ހަމަޖެހިލައިގެން ފޯނަށް ނަޒަރު ހުއްޓާލައިގެން އޮތް ނަމަވެސް، އޭނާގެ ވިސްނުމާއި ފިކުރު ވަނީ މުޅިން އެހެން ދިމާލެއްގައެވެ. ފޯނުގެ ސްކްރީނުން ފެންނަމުންދަނީ ޝީނާގެ އިންސްޓާގްރާމް އެކައުންޓައް އޭނާ އެންމެ ފަހުން ލީ ފޮޓޮއެކެވެ. ގަދަ ނޫ ކުލައިގެ ކިރިޔާ ފޫޅު ފޮރުވޭވަރުގެ ޓޮޕް ކޮޅަކާއި ޖިންސްފޮތީގެ ފަލަމަސްގަނޑުގެ ދެބައިކޮޅު […]
ޙިބާމެންގެ ކުޑަކުޑަ އާއިލާ ޖެޓީ ކައިރީ ތިބީ އަންނަންއުޅޭ އާއިލާ މީހުންގެ އިންތިޒާރުގައެވެ. އައިޝާ މާހިލްގެ އަތުގައި ހިފަހައްޓާލައިގެންހުރެ އިރުއިރުކޮޅާ ކާފަމެން އަދިވެސް ނާދެޔޭ ބުނެލައެވެ. ޙިބާވެސް ހުރީ ކެތްމަދުވެފައެވެ. މާގިނަ އިރެއްނުވެ ލާންޗެއް އައިސް ޖެޓީ އާއި ކައިރި ކޮށްލުމުން ތިން މައިން ހިނގައިގަތީ ޖެޓީއަށް އަރާށެވެ. ލާންޗުން ފެއިބި ނާސިރާއި ރަހްމާ ލޯބިން އައިޝާ އުރާލާ، ބައްދާލާ އެކިއެކި ވާހަކަ ދައްކަން ފެށިއެވެ. ރަހްމާ ފެނުމުން ޙިބާއަށް ހައިރާންކަން ލިބިގެންދިޔައީ ރަހްމާ ބުރުގާ އަޅާފައި […]
ހަ އަހަރު ފަސް ފަތިހުގެ ހިތްގައިމު ފިނިކަން ޖައްވުގައި ހިފާލާފައިވާއިރު، ކާޅުތަކާއި ވާތައް މިންވަރު ކުރެއްވި އާދުވަހައް އުފާފާޅުކުރުމުގައި އެއްގަހުން އަނެއްގަހައް ތިރިކުރަމުންދިޔައީ ގަސްގަހުގައި އަޅާފައި ހުންނަ މޭވާތަކުގެ ރަހަ ބަލަމުންނެވެ. ކާޅާއި، ކޮވެއްޔާއި އަދި އިރުއިރުކޮޅާއި އިވޭ ހާ ގޮވާ އަޑުން އެ ހެނދުނުގެ ހިތްގައިމުކަން އިތުރު ކުރުވައެވެ. އިރު މަޑުމަޑުން އޭގެ ފުރިހަމަ ބައްޓަން ދައްކަމުން އަރަމުން ދިޔަ ދިޔަހެން އެ ހިތްގައިމު ފިނިކަން މަޑުމަޑު ހޫނުކަމަށް ބަދަލުވަމުން ދިޔައެވެ. ގަސްތަކުގެ ތެރެއިން ފޭދިގެން […]
އެންމެންނަށް ލިބުނު ޙައިރާން ކަމުގައި އަޖާއިބުވެފައި ޙިބާ އަށް ބަލަހައްޓައިގެން ތިބެވުނީ ސުވާލުން ފުރިފައިވި ހިތަކާއިއެކުއެވެ. ޙިބާ ލައިގެންހުރި ކައިވެނީގެ ހެދުމުގައި އެއްވެސް ހާއްސަކަމެއް ފެންނަން ނެތުމުންނެވެ. ބްރައިޑެއްހެންވެސް ހީނުވާތީއެވެ. ޙިބާގެ އާއިލާއަކީ ވިޔަވާރީއެއް ހިންގާ ފުދުންތެރި ބަޔެއްކަމަށް ވީނަމަވެސް އެކަން ލައިގެންހުރި ހެދުމުން ނުފެންނާތީއެވެ. އާންމުކޮށް ޙިބާ ލާއުޅޭ ކަހަލަ ކަޅު، ގަޔައްދޫ ހެދުމެއްގައި ފެންނަން ހުރިއިރު އެންމެހާ ޒީނަތްތެރިކަން ވަނީ ރަނގަޅައްވެސް ފޮރުވިފައެވެ. އެކަޅު ހެދުމުގެ ފަސްބައިގައި ރީތި ޑިޒައިނެއް ހަދާލާފައިވެއެވެ. އަދި އަޅައިގެންހުރި […]
ޙިބާ އާއި ހުމާޔާ ދެކުދިންނަކީވެސް ހިކި ކޮށް ތިބޭ ދެކުދިން ކަމުން ހިބާގެ ހެދުން ހުމާ ލުމުންވެސް ހުމާގެ ގަޔައް މާ ބޮޑު ތަފާތެއް ނުފެނެއެވެ. ނަމަވެސް ހުމާ އާންމުކޮށް ލައި އުޅޭ ހެދުންތަކާއިބަލާފައި މާބޮޑައްވެސް ދޫކަން ހުމާއަށް އިހްސާސް ކުރެވުނެވެ. ޢެހެން ކަމުން ދެންވެސް އެ ލައިގެން ތިރިއަށް ދާންވީކަމާއިމެދު ޔަޤީން ނުވެފައި ލޯގަނޑުން ބަލަހައްޓައިގެން ހުރީއެވެ. ޙިބާ ގޮސް އޭނާގެ އަލަމާރީގެ އެކިއެކި ދިމާ ހޯދާފައި އެންމެ ފަހުން އައީ ޝޯލެއް ހިފައިގެންނެވެ. އެއީ […]
22ވަނަ ބައި ނާސިރު އަވަސް އަރުވާލައިގެން ގޭތެރެ ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅޭތަން ހިބާއަށް ފެނުމުން މަންމަ ކޮބާބާއޭ ހިތައް އެރިއެވެ. އޭނާ ކައިވެންޏެއް ކުރާއިރު މަންމަގެ ހެޔޮ ނަސޭހަތެއް ހިސާބުވެސް އޭނާ އަށް އަޑު ނީވޭތާ މަންމަގެ ހިތްހެޔޮ ހިނިތުންވުމެއްވެސް އޭނާއަށް ނުފެންނަތާ މިހާރު ވީ ކިތައް ދުވަސް ކަމެއްވެސް ނޭނގެއެވެ. މާ ގިނަ ދުވަހެއް ނުވެ އޭނާ ފިރިމީހާއާއެކު އެގެއިން ނިކުމެގެން ދާން ޖެހޭނެއިރު މަންމަގެ ރުހުން ނުލިބި ދާން ވެއްޖެ ނަމަ އޭނާގެ […]