ޓެރަހަށް އަރަން ހުރި ސިޑިން މައްޗަށް އެރުމަށްފަހު ޝިމާ މަޑުމަޑުން ޓެރަހުގެ ދޮރު ހުޅުވާލިއެވެ. އެއާއެކު އެތެރެއިން ފެނިގެން ދިޔަ މަންޒަރުން ޝިމާއަށް ދެލޯ ބޮޑުކޮށްލެވި އޭނާގެ ދެއަތުން އަނގަ މަތީ އަތް އަޅާލިއެވެ. ********************************************************************** ޓެރަހުގެ ދޮރުން ފެށިގެން ދާން އޮތް މަގު އެއްކޮށް އޮތީ ރަތްކުލަ އާއި ހުދުކުލައިގެ ފުއްޕާހަމުން ފުރި ބާރު ވެފައެވެ. ހިނގަމުން ދާއިރު ފުއްޕާހަންތައް މައްޗަށް އުދުހިގެން ދާނެކަން ކަށަވަރެވެ. އެހާވެސް ގިނައެވެ. ޓެރަހަކީ ބޮޑު ޓެރަހަކަށް ވެފައި […]
އޭރުވެސް އެ މަޑު އަތް ތިލައިގައި ތުރުތުރު އެޅުމެއް ހުއްޓެވެ. ހީވާ ގޮތުން ބޮޑު ކަމެއް ނިންމަން އުޅެނީއެވެ. ފޯން ނެގުމަށްފަހ ޓައިޕްކުރަން ފެށިއެވެ. އެއާއެކު ދެން ފެނުނީ ‘ އައިމް ރެޑީ ޓުބީ ޔުއާސް’ އޭ ޖަހާ ނަބީލްގެ ނަމްބަރަށް މެސެޖް ފޮނުވާލި ތަނެވެ. އެއަށްފަހު ފޯން ނިއްވާލުމަށްފަހު އެ ވެސް އެނދުމައްޗަށް ހޫރާލިއެވެ. އެއާއެކު ދެން ފެނިގެން ދިޔައީ ގައުގައި ހުރި ފެންތަކަށް ނުބަލާ އެނދުމަތިން ބާލިހެއް ނެގުމަށްފަހު އެ މޫނުމަތީ އަޅާ އަޑުން […]
” އަޑުއަހާ” މިހެންބުނުމަށްފަހު އައިޒަން ނާޔާއަށްް އެވާހަކަތަށް ކިޔައިދިނުމަށްޓަކައި ނާޔާ އާ ތަންކޮޅެއް ގާތަށްޖެހިލިއެވެ. ********************************************************************* އެއާއެކު ނާޔާ ފަހަތަށް އެއްފިޔަވަޅު އަޅާލީ އައިޒަންގެ މޫނުމަތިން ފެނުނު އަސަރުތަކުން ޖެހިލުންވީވަރުންނެވެ. ” ހަނދާންވޭތަ މަށާ ބައްދަލު ކުރަން އަހަރުންގެ އެޕާޓްމެންޓް އަށް އައި ރޭ؟” އައިޒަން އަހާލުމާއެކު ނާޔާ މަޑުމަޑުން ބޯޖަހާލީ އެކަމަށް އެއްބަސް ވަމޭ ބުނާ ފަދައަކުންނެވެ. އެއީ ދުވަހަކު ވެސް ނާޔާގެ ނިކަމެތި ހިތުން ފިލުވާލެވޭނެ ހަނދާނެއް ނޫނެވެ. އެއަށްވުރެ އެ ހަނދާންތަކުން ހިތަށް […]
ނަލަ ނަލަ ދުވަހަކަށް އިރު އުދަރެހުން ބޯދިއްކޮށްލީ ހަމަހިމޭން މާހައުލުގެ ހިމޭންކަން ނަގާލަމުންނެވެ. ކާޅުތައް އެއެއްޗެހީގެ ކޮންމެ ދުވަހެއްގެ ވެސް ޒިންމާ އަދާކުރުމުގައި ފަސްޖެހުމެއްނެތި ކުރިއަށް ދިޔައިރު، އެސޮރުމެންގެ އެލާމްގެ އަޑަށްް ބޯލަނބާ ގޭގޭގެ ދޮރުތައް ދިޔައީ މަޑުމަޑުން ހުޅުވެމުންނެވެ. ފަތިހުގެ މި ހިތްގައިމު ވަގުތު ޖެހިލާ ތެތްފިނި ވައިރޯޅިތަކުން ހިތްތަކަށް ފިނިކަން ލިތްބައިދެމުން ދިޔައެވެ. ރޭ ވެހުނު ވާރޭގެ ހިތަގައިމު ޝަބްނަމްތިކިތަކުން ގަސްތަކުގެ ފަތްތަކަށް ދިރުން ލިބި، ފަޅުފިލުވާލެވިފައި ވީއިރު، ބިންގަންޑު ތެމިފައި ވުމުގެ ސަބަބުން […]
“ނަބީލް” އައިޒަން ގޮވާލުމާއެކު ނާޔާމެން ކައިރި ހުރި ޖޯލީގައި އޮތް ނަބީލް މަޑުހިނގުމެއްގައި އައިސް އައިޒަން އާ ގާތުގައި މަޑުކޮށްލިއެވެ. ދެޖީބަށް އަތް ޖަހާލުމާއެކު ނާޔާއާ ދިމާ ބަލައިލުމަށްފަހު ވިހަ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ. ތިހުރީ އަތުޖެހިފައޭ ބުނާކަހަލައެވެ. ނަބީލް އަކީ ވެސް ބަލައިލަން ހުތުރު ޒުވާނެއްނޫނެވެ. އަލި މޫނަކާއެކު ލިބިފައި ވަނީ ކަސްރަތީ ރީތި ހަށިގަނޑެކެވެ. ކަނދުރާއަށްްވުރެ ތިރިއަށް ހުރި ނޫޑްލްސްކޮޅު ތަކެއް ފަދަ ބުޅި އިސްތަށިގަނޑު ވަނީ މައްޗަށް ނަގާ ހުޅިއެއްގޮތަށް ޖަހާލާފައެވެ. […]
ރަސްފަންނަށް ޓެކްސީ އައިސް މަޑުކޮށްލުމާއެކު ނާޔާ ޑްރައިވަރަށް ރުފިޔާ ދިނުމަށްފަހު ޓެކްސީ އިން ފޭބިއެވެެ. ރަސްފަންނަށް ވަނުމަށްފަހު ދެފަރާތް ބަލާލެވުނީ އައިޒަން ފެންނަ ހިސާބުގައި ހުރިތޯއެވެ. ތަންކޮޅެއް ދުރުން މީހަކު ހަނާ އަޅާތަން ފެނުމުން އެއީ އައިޒަންކަން ނާޔާ އަށް އެނގުނެވެ. އައިޒަން އާ ދިމާލަށް ހިނގައިގަތް ނާޔާގެ ހިތުގެ ހިނގުން އަވަސްވެ މީހާ ފިނިވާން ފެށީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ނޭނގޭ ބިރުވެރި ކަމެއް އެ ހިތުގައި އަށަގަންނަން ފެށިއެވެ. ނަމަވެސް އެއީ އައިޒަން […]
ފަޒާގެ ތެރޭގައި ވަނީ ތެތްފިނިކަމެވެ. ވާރޭގެ ހިތްގައިމު އަޑުން ފަޒާގެ ތެރޭ ލުއި މިއުޒިކެއް ކުޅެވެމުން ދިޔައެވެ. ގަސްތަކުގެ ފަތްތަކުގައި ހަރުލާފައިވާ ވާރޭގެ ޝަބްނަމް ތިކިތަށް ފެންނަ ގޮތް އަޖައިބެއްހާ ފުރިހަމައެވެ. ގަސްތަކުގެ ފަތްތައް ދެއަތަކަށް ހޫރެމުން ދިޔައީ އާ ދިރުމެއް ހަށިގަނޑަށް ލިބިގެން އުޅޭ އުސޫލުންނެވެ. ޖެހިލާ ތެތްފިނި ވައިރޯޯޅި ތަކުން ފަތިހުގެ ފިނިކަން އިތުރު ކުރުވާފައިވެއެވެ. ބޯ ކުއިލްޓްގެ ތެރެއަށް ވަދެ އަރާމު ނިދީތެރޭ ފީނަމުން ދިޔަ އިޔާޝްއަށް ހޭލެވުނީ ބަންގީގެ މަތިވެރި ކަލިމަތައް […]
އަމިއްލަ ހިތާ ޝަކުވާކުރަމުން ދިޔަ ނާޔާ ސިއްސައިގެން ދިޔައީ ފޯނަށް މެސެޖެއް އައި އަޑު އިވުމުންނެވެ. ބޭނުންނުވެފައި އޮވެ ވެސް ފޯން ބަލައިލަން މަޖުބޫރުވީ ފުލުފުލުން އެއަށް މެސެޖް އަންނަ އަޑު އިވުމުންނެވެ. ކުދިކިޔަމުން ގޮސް ފޯން ބަލައިލި ނާޔާގެ ހިތުގެ ހިނގުން އަވަސްވެ އޮތްތަނުން ކުއްލިއަކަށް ތެދުވެވުނީ މެސެޖް ކުރަނީ ކާކުކަން އެނގުމުންނެވެ. ******************************************************************************** ” މާދަމާރޭ 8 ޖަހާއިރު ރަސްފަންނަށް.. އިންތިޒާރު ކުރާނަން…” ސޭވްކޮށްފައި ނެތް ނަމަ ވެސް އެއީ އައިޒަންގެ ނަމްބަރުކަން މީ […]
ސައިކަލުތައް ޕާކު ކުރުމަށްފަހު އެންމެން އެކީ މިސްރާބުޖެހީ ޝާނިމްގެ ބައްޕަ އެންމެފަހުން ހުޅުވި ރެސްޓޯރެންޓް ތެރެއަށް ވަނުމަށްޓަކައެވެ. އެންމެންގެ ފަހަތުން ރެސްޓޯރެންޓްގެ މައި ގޭޓުން އެތެރެއަށް ވައިން ނާޔާގެ މަލެއްފަދަ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ކުރިމަތިން ފެނުނު ސޫރައެއްގެ ސަބަބުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ފެނުނު މަންޒަރުން އެ ހިތްހީވީ ހަންޖަރަކުން ކޮށާ ކުދި ކުދި ކޮށްލިހެންނެވެ. އިޙްތިޔާރަކާ ނުލާ އެ ބޮޑު ދެލޯ ފުރިގެންއައީ އިންޒާރަކާ ނުލައި އެ ނިކަމެތި ހިތުގައި އެޅި ވޭނަށް ކެތްނުކުރެވިގެންނެވެ. […]