އަމިއްލަ ހިތާ ޝަކުވާކުރަމުން ދިޔަ ނާޔާ ސިއްސައިގެން ދިޔައީ ފޯނަށް މެސެޖެއް އައި އަޑު އިވުމުންނެވެ. ބޭނުންނުވެފައި އޮވެ ވެސް ފޯން ބަލައިލަން މަޖުބޫރުވީ ފުލުފުލުން އެއަށް މެސެޖް އަންނަ އަޑު އިވުމުންނެވެ. ކުދިކިޔަމުން ގޮސް ފޯން ބަލައިލި ނާޔާގެ ހިތުގެ ހިނގުން އަވަސްވެ އޮތްތަނުން ކުއްލިއަކަށް ތެދުވެވުނީ މެސެޖް ކުރަނީ ކާކުކަން އެނގުމުންނެވެ.

********************************************************************************

” މާދަމާރޭ 8 ޖަހާއިރު ރަސްފަންނަށް.. އިންތިޒާރު ކުރާނަން…” ސޭވްކޮށްފައި ނެތް ނަމަ ވެސް އެއީ އައިޒަންގެ ނަމްބަރުކަން މީ ރޭގަނޑުކަން އެނގޭ ފަދައިން ނާޔާއަށް އިނގުނެވެ. އެކަމަކު ނޭނގުނީ އައިޒަން އޭނައަށް މެސެޖު ކުރަންވީ ސަބަބެވެ. ރައްޓެހިންގެ ހިޔާލެއް ހޯދުމަށްޓަކައި ފޯން ނެގި ނަމަވެސް ދެވަނަ ސިކުންތުގައި ފޯން އޮތްތާ ބޭއްވީ ކިތަންމެ އާދޭސް ކުރިޔަސް އެމީހުންގެ އާބަސް ނުލިބޭނެތީއެވެ. އަދި އެ އެކުވެރިން އިތުރަށް ހާސްކުރަން ބޭނުންނުވާތީއެވެ. އެހެންކަމުން ފޯން ނިއްވާލުމަށްފަހު އެނދުމަތީގައި ނާޔާ އޮށޯވެލީ ނިދާލުމުގެ ބޭނުމުގައެވެ. ނަމަވެސް ހިޔާލުތަކުގެ ސަބަބުން ނިދި ވަނީ ނާޔާގެ ލޮލާ އެތައް ހާސް މޭލެއް ދުރުގަައެވެ. ރޭގަނޑު އެއްކޮށް ކަހަލަ ގޮތަކަށް ވިސްނުމުގައި ހޭދަކުރި ނާޔާއަށް އެންމެ ފަހުން ނިދުނީ ފަތިސް ނަމާދުވެސް ކުރި ފަހުންނެވެ.

އިރު އުދަރެހުން ބޯ ދިއްކޮށްލީ އާދުވަހަކަށް ދުނިޔެ ދޮން ކުރަމުންނެވެ. ޖެހިލާ ފިނި ވައި ރޯޅިތަކުން ހިތްތަކަށް ހަމަޖެހުން ގެނުވައެވެ. ކާޅާ ކޮވެލިތަށް އެސޮރުމެންގެ ޑިއުޓީ އަދާކުރުމުގައި ފަސްޖެހުމެއްނެތި ކުރިއަށް ދިޔަނަމަވެސް މާލޭގެ މަގުތަކުގެ ހަމަހިމޭންކަން ނަގާލީ ދުއްވާ އެއްޗެހީގެ ހަލަބޮލި އަޑުންނެވެ. ކާޅާ ކޮވެލި ތަކުގެ މިޔުޒިކީ އަޑުވެސް ފަނޑުކޮށްލަމުންނެވެ.

ދޮރުފޮތިގަނޑު ފުރޭނިގެން އައި އިރުގެ ރަންދޯދިތައް މޫނުގައި ޖެހުމުން ޝާނިމް އުނދަގޫ ގޮތަކަށް އޭނާގެ މަރާލެވިފައިވާ ދެލޯ ހުޅުވާލިއެވެ. ފަތިސް ނަމާދު ކޮށްގެން އައިސް ނިދުމުގެ ސަބަބުން ޝާނިމްގެ ހަށިގަނޑު ވަނީ ކަންނެތްވެފައެވެ. އަދިވެސް ނިދީގެ އަސަރުން އެ ފިރިހެންވަންތަ މޫނުމަތި ވަނީ ފުރާލެވިފައެވެ. ކަންނެތްވެ ވަރުބަލި ވެފައި އޮތް ޝާނިމްއަށް އޭނާގެ ހަށިގަނޑު އޮތްތަނުން ހިއްލާލަން މަޖުބޫރުވީ މެސެޖެއް އައި ކަމަށް އޭނާގެ ފޯނު ގޮވަން ފެށުމުންނެވެ. ސާޔާގެ މެސެޖެކޭ ހިތާ ޝާނިމް އަވަސް އަވަހަށް ފޯން ނެގީ ވާންމިއުޅެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭ ހާލުގައެވެ.

” އައި އޭމް ބެކް” ފޯން ހުޅުވާލުމާއެކު ފެނުނު މެސެޖުގެ ސަބަބުން ޝާނިމްއަށް އޭނާގެ ވަރުގަދަ ދެ ބުމަ ގޮށްޖަހާލަން މަޖުބޫރުވިއެވެ. ސިކުނޑިއަށް ބާރުލާ ވިސްނަންފެށީ އެއީ ކާކުކަން ނޭނގުމުންނެވެެ. ނަމަވެސް ދެވަނަ ސިކުންތުގައި އެ ހިތަށް ވެރިވި ނަމެއްގެ ސަބަބުން ޝާނިމްގެ ހިތުގައި ބިރުވެރި ކަމާއި ހާސްކަމުގެ ތޫފާނެތް އެނބުރިގަތެވެ. ހާސްކަމުގެ ކިއްލާއެއްގެ ތެރޭ އެ ހަށިގަނޑު ބަންދުވެލަން ނެގީ މަދު ސިކުންތު ކޮޅެކެވެ. ފިރިހެނެއް ނަމަވެސް އެ ކުޑަ ކުޑަ މެސެޖުން ޝާނިމްގެ މުޅި ތަބީޢަތަށް ބަދަލު އައިސްފިއެވެ. މުޅި މީހާއަށް ހާސްކަމެއް ލިބިގެން ގޮއްސިއެވެ. މިއީ ހަމަ އޭނަ ބާއެވެ؟ އޭނަ ހަމަ އަހަރެންގެ ފަރާތުން ބަދަލު ހިފާފާނެ ބާއެވެ؟ އެތަށް ސުވާލަކުން ޝާނިމްގެ ސިކުނޑި ހިސާރުކުރަމުން ދިޔައެވެ. ނަމަވެސް ޖަވާބު ލިބުމެއްނެތެވެ. ” ދަރިފުޅާ ޝާނިމް އާދޭ ސައިބޯން” ފުންމިން ނޭނގޭ ސުވާލުގެ ކަނޑެއްގައި ބެހެމުން ދިޔަ ޝާނިމް އަށް ހޭވެރި ކަމެއްވީ އޭނާގެ މަންމަ ސައިބޯން ގޮވާލުމުންނެވެ. އަވަސް އަވަހަށް މަންމަ އަށް ޖަވާބު ދިނުމަށްފަހު ފާޙާނަ އާއި ދިމާލަށް ހިނގައިގަތީ މަންމަ އާއި ބައްޕަ ސައި ނުބޮއެ އޭނާގެ އިނތިޒާރުގައި އިންނާނެތީއެވެ. ނަމަވެސް އެ ޙިޔާލުތަށް ތާޒާ ކަންމަތީ އެ ސިނކުޑީގައި އޭރުވެސް ހަރުލާފައި ހުއްޓެވެ.

“ދޮންތީ ދޮންތީ…” ނިދާފައި އޮތް ނާޔާއަށް އޭނާގެ ބޮޑު ދެލޯ ހުޅުވާލެވުނީ ކުޑަ ކުޑަ އަތަކުން ނާޔާގެ ފަން ދިގު އިސްތަށިގަނޑުގައި ފިރުމާހެން ހީވެގެންނެވެ. ދެލޯ ހުޅުވާ ބަލާލިއިރު އޭނާގެ ދޮންތަ ނަޝާގެ ދެއަހަރުގެ އަންހެން ދަރިފުޅު ނީޝް އިނީ އޭނާގެ ގައި މައްޗަށް އަރައިގެން މައުސޫމު ގޮތަކަށް ނާޔާ އާއި ދިމާލަށް ބަލަހައްޓައިގެންނެވެެ.ނާޔާ ނީޝް ނަގާ އޭނާގެ އުނގަށް ލުމަށްފަހު އެނދުގައި ހަމަޖެހިލިއެވެ. އެވަގުތުވީ ނަޝާވެސް ނީޝްއަށް ގޮވަމުން އައިސް ނާޔާގެ ކޮޓަރިއަށް ވަތްވަގުތަށެވެ.

” ނާޔޫ އާ ޔޫ އޯކޭ؟ ލޯ ހާދަ ރަތޭ” ނާޔާ ހަމަ ފެނުމާއެކުހެން ނަޝާާ ނާޔާ އާއި ސުވާލުކޮށްލިއެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ނާޔާގެ ދެލޯ ހީވަނީ ރަތްކަމުން ލޭ ކޮޅެއްހެންނެވެ. މޫނުމަތީގައިވާ ވަރުބަލި ކަމުން ރޭގައި އުޅުނީ ނުނިދާކަން ބަލައިލި ކޮންމެ މީހަކަށް އެނގޭނެއެވެ. “ލައްބަ ދޮންތާ ނާޔޫ ރަނގަޅޭ.. ރޭގައި ބޮލުގައި ރިއްސާތީ ނުނިދާ އުޅޫނީމަ ލޯ އެހާ ރަތީ..” ހިނިތުންވާން މަސައްކަތް ކުރަމުން ނާޔާ ނަޝާ ކުރި ސުވާލަށް ޖަވާބު ދިނެވެ. ” އޯކޭ ސައިބޯން އާދެ އަވަހަށް.. ސައިބޮއެގެން އަރާމުކޮށްލީމަ އޯކޭވާނެ”.

މިހެން ބުނެލުމަށްފަހު ނަޝާ ނީޝް ގޮވައިގެން ބޭރަށް ދިޔުމަށް މިސްރާބުޖެހީ ނާޔާ ކައިރި ފެންވަރައިގެން އަވަހަށް ސައިބޯން އައުމަށް ބުނެފައެވެެ. އެއާއެކު ނާޔާ ވެސް ހިނިތުންވެލަމުން އާނ އެކޭ ބުނެލިއެވެ. ނަމަވެސް އެ ހިނިތުންވުން ދެމިގެން ދިޔައީ މަދު ސިކުންތު ކޮޅަކަށެވެ. ނަޝާ ހަމަ ނިކުތުމާއެކު އެ މޫނު މަތީ ހިތާމައިގެ ކުލަތަކުން މަންޒަރު އަޅާލެވުނެވެ.

ރޭގެ ހަތަރުދަން ނުނިދާ ވިސްނުމުގައި ހޭދަކުރުމުގެ ސަބަބުން ނާޔާގެ ބޮލަށް ވަނީ ބަރުވެފައެވެ. އެހެންކަމުން އެނދުގެ ފަޑީގައި ލެނގިލުމަށްފަހު ދެލޯ މަރާލީ އެ ސިކުނޑިއަށް ކުޑަ ނަމަވެސް ލުޔެއްލިބޭތޯއެވެެ. އެތަށް އިރަކު ވިސްނުމަށްފަހު އައިޒަން ބުނެފައި އިން ކަންތައް ބުނެފައި އިން ގޮތަށް ކޮށްދޭން ނިންމީ އައިޒަން ދައްކާ ވާހަކަ ތަށް އަޑު އަހާލުމަކުން މައްސަލައެއް ނެތޭ ހިތަށް އަރުވާލަމުންނެވެ. ރައްޓެހިން ކައިރި ވެސް ނޭނގޭ ސަބަބަކާ ހުރެ އައިޒަން ބައްދަލުކޮށްލަން ބުނި ވާހަކަ ބުނަން ފަސްޖެހެވުނެވެ. އެހެން ކަމުން ނުބުނެ އެކަން ހިންދާލީ ބުނެފި ނަމަ ނާޔާ އަށް އެތަނަށް ނުދެވޭނެކަން އެނގޭތީއެވެ. އެމީހުން އެ ހުއްދަ ނާޔާ އަށް ނުދޭނެކަން ޔަގީންވާތީއެވެ. ނަމަވެސް ނޭނގޭ ބިރުވެރި ކަމެއް އެ ހިތުގައި ރަސްކަންކުރަމުން ދިޔައެވެ. ނަމަވެސް ޙިޔާލުތައް އެއްފަރާތް ކޮށްލުމަށްފަހު ފާޙާނަ އާއި ދިމާލަށްދާން މަޖުބޫރު ވީ ދޮންތަ ދެވަނަ ފަަހަރަށް ގޮވާލުމުންނެވެ.

ވަގުތަކީ ރޭގަނޑުގެ މަރިޔާދަން ވަގުތެވެ. އިޔާޝް މަގުމަތީގައި ސައިކަލު ދުއްވަމުން ދިޔައީ އެއްވެސް މިސްރާބެއްނެތި  އުޅޭ މިނިވަން ދޫންޏެއް ހެންނެވެ. އެކި ތަންތާ ދުއްވުމަށްފަހު ނާޔާގެ ގެ އިންނަ މަގަށް އެޅީ ކޮންމެހެން ނާޔާ ފެންނާނެ ކަމަކަށް ނޫނެވެ. ދެވަނަ ސިކުންތުގައި އިޔާޝްގެ ތޫނު ދެލޯ ނާޔާގެ ފައިން ފެށިގެން ބޮލާ ހަމައަށް ދަތުރު ކޮށްލިއެވެ. ހީވީ މެޝިނަކުން ނާޔާގެ ހަށިގަނޑު ސްކޭން ކޮށްލިހެންނެވެ. އައިސް ބްލޫ ކުލައިގެ ޖިންސަކާ އެކު ނާޔާ ލައިފައިވަނީ މަޑު ފިޔާތޮށި ކުލައެއްގެ ކަކުލާ ހިސާބަށް އަންނަ ހެދުމެކެވެ. ހެދުމުގެ ބަނޑާ ދިމާލުން އައްސާލުމަށް ވާ ފަށެއް އިނުމުން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެެ. އަޅާފައިވާ ޑިޒައިން ނޫ އަދި ފިޔާތޮށި ކުލައިގެ ޝޯލް އިން އެ ދޮންދޮން ވަށް މޫނު ކޮޅު ހީވަނީ ސާދަ ފަނަރަ ވިލޭރޭގެ ހަނދުހެންނެވެ. ދޮންކަމުން ކޯތާފަތަށް ވެސް ވަނީ މަޑު ރަތްކަމެއް ވެރިވެފައެވެ. ބޭއިޙްތިޔާރުގައި ނަމަވެސް އިޔާޝް އަށް ނާޔާގެ ރީތިކަމަށް ހިތާ ހިތުން ތަޢުރީފް ކޮށްލެވުނެވެ.

ކުރިމަތިން ދިޔަ ޓެކްސީ އަކަށް އަތް ނަގައިގެން ހުރި ނާޔާ ސިއްސައިގެން ދިޔައީ ކައިރީގައި ސައިކަލުގައި އައިސް މަޑުކޮށްލި އިޔާޝް ފެނިފައެވެ. ހުދުކުލައިގެ ގަމީހަކާ އެކު ލައިފައިވާ ކަޅުކުލައިގެ ޖިންސް އިން އިޔާޝް ހީވަނީ މޮޑެލްއެއް ހެންނެވެ. އެ ފަން އިސްތަށިކޮޅު މޫނު މައްޗަށް ވެއްޓިފައި އޮތުމުން ހިތްގައިމު ގޮތެއް ހުއްޓެވެ. ފިރިހެންވަންތަ ކަމާއި ރީތި ކަމުގެ އިންތިހާއޭ އެވަގުތު ނާޔާގެ ހިތަށްއެރިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެ ޙިޔާލު ހިތުން ނެރެލާ އިޔާޝް އާ ދިމާލަށް ދެލޯ އަޅައިލީ މޫނުމަތިން ރުޅިވެރިކަން ދައްކަމުންނެވެެ. ” ހޭ ކަޕްކޭކް.. ކޮންތާކަށް ދާން ތިހާ ރީތި ވެލައިގެން.. އަނެއްކާ ބިޓެއްގެ އިންތިޒާރުގަތަ؟” އިޔާޝް އޭނާގެ އާދައިގެ މަތިން ނާޔާއާ ދިމާކޮށްލިއެވެ.” އިޓްސް ނަން އޮފް ޔުއާރ ބިޒްނަސް” ލޯ އަޅާލަމުން ނާޔާ ބުނެލިއެވެ. ” ޑްރޮޕެއް ބޭނުން؟” މަޑު ހުނުމަކާ އެކު އިޔާޝް ބުނެލީ ނާޔާ އާއެކު ހުރުމަށް އެ ހިތް އެދުނު ވަރުންެނެވެ. އެއާއެކު އޭނާ ހައިރާން ވެސް ވިއެވެ. އަހަންނަށް މިވަނީ ކީއްބާއެވެ؟ އަނެއްކާ އަހަރުން މޮޔަވީ ބާއެވެ؟ އިޔާޝްއަށް ހިތާ ހިތުން އޭނާގެ އަމިއްލަ ނަފްސާ ސުވާލު ކޮށްލެވުނެވެެ. ” ނޯ ތޭންކްސް” ހިނިތުންވުމަކާ އެކު ނާޔާ އޭނާގެ ކުރިމަތީ އައިސް މަޑުކޮށްލި ޓެކްސީއަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. ހާދަ ލޯބި ހިނިތުންވުމެކޭ އިޔާޝްގެ ހިތަށް އެރިއެވެ. އެ ހިނިތުންވުމުގެ ސަބަބުން އިޔާޝްގެ ޒުވާން ހިތަށް ގޮތެއްވެއްޖެކަން ގައިމެވެ. ހަމަހޭވެރިކަމެއްވެސް އެ ސޮޮރަށްވީ ނާޔާ އެރި ކާރު ނައްޓާލުމުންނެވެ. ބޮލުގައި އަތް ފުނާ އަޅާލަމުން އިޔާޝް ވެސް ގެއަށް ދިއުމަށް މިސްރާބުޖެހީ ނާޔާ ފެނުމުން އޭނާ އަށް ވަމުންދާ ގޮތް ޙުދު އޭނާއަށް ވެސް ނޭނގުމުންނެވެ. ދެއަތަކަށް ބޯހޫރުވާލީ އެކަން ގަބޫލު ކުރަން ބޭނުން ނުވުމުންނެވެެ. ނަމަވެސް އިޔާޝް އަށް ނޭނގުނު ކަމަކީ އޭނާގެ ހިތުން ނާޔާ ޖާގައެއް ހޯދައިފި ކަމެވެެ.

ރަސްފަންނަށް ޓެކްސީ އައިސް މަޑުކޮށްލުމާއެކު ނާޔާ ޑްރައިވަރަށް ރުފިޔާ ދިނުމަށްފަހު ޓެކްސީ އިން ފޭބިއެވެެ. ރަސްފަންނަށް ވަނުމަށްފަހު ދެފަރާތް ބަލާލެވުނީ އައިޒަން ފެންނަ ހިސާބުގައި ހުރިތޯއެވެ. ތަންކޮޅެއް ދުރުން މީހަކު ހަނާ އަޅާތަން ފެނުމުން އެއީ އައިޒަންކަން ނާޔާ އަށް އެނގުނެވެ. އައިޒަން އާ ދިމާލަށް ހިނގައިގަތް ނާޔާގެ ހިތުގެ ހިނގުން އަވަސްވެ މީހާ ފިނިވާން ފެށީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ނޭނގޭ ބިރުވެރި ކަމެއް އެ ހިތުގައި އަށަގަންނަން ފެށިއެވެ. ނަމަވެސް އެއީ އައިޒަން ފެނުމުން ވާގޮތެކޭ ހިތާ ހިނިތުންވެލަމުން ކުރިޔަށް ހިނގައިގަތީ މި ދެވެނީ އަލިފާނާ ދިމާލަށްކަން ނޭނގެ ހާލުގައެވެ.

( ނުނިމޭ )

117

22 Comments

 1. Kylie

  June 4, 2020 at 12:20 am

  Hey sis mi part vxx v habeys ingey😍😍😍…Aixan eulheny naaya ah keehkuran🙄🙄🙄…… Soo curious🤗🤗🤗…… Cover pic ga name nujaha einy kn couple eh thr?? 🙃🙃🙃I think it’s saaya nd shaanim dhw😊😊😊… Btw waiting fr nxt sissyy😉😉😉… Stay safe ingey dear😘😘😘… Ur so kind💞💞💞…. Hehe.☺️☺️☺️… 💖💖💖LYSM sissoo

  • euphoria

   June 4, 2020 at 8:56 am

   Awwwwn Kylie dear vvv happy vehje mi part vs Kylie ah Reethi v ma.. Hingaa dhw balamaa aizan naya ah kiih tho kuranii.. Btw cover pic ga name nufeni einii saya nd shaanim bt name jahaafa innaanii pic in gothun nufennanii insha Allah nxt part ga ethan kolhu rangalhu kohlaanan nge.. Glad to hear those words dear.. Nd u r kind too.. Thnkx for ur support nd for the lovely comment.. LYM😊😊😊😘😘😘♥️♥️♥️♥️💜💜

 2. Livy

  June 4, 2020 at 6:07 am

  Varah varah reethi ❤️❤️❤️❤️❤️❤️❤️❤️❤️
  Maa sha Allah 💞💞💞💞💞💞💞💞💞💞💞
  Curiously waiting waiting for the next part
  🥀🥀🥀🥀Lysm sis🥀🥀🥀🥀

  • euphoria

   June 4, 2020 at 9:00 am

   Thnk u so much dear..♥️😘 V ufaavehje mi part Livy ah Reethi v ma.😊😊.. Lym dear, ♥️♥️😘

 3. Kairaa

  June 4, 2020 at 8:08 am

  Varah varah reethi mi bai vx….vrh curious vehjje….Waiting for the next part….

  • euphoria

   June 4, 2020 at 9:05 am

   Thnk u so much kairaa.. Glad to hear that you liked this part too.. Insha Allah next part will be uploaded soon.. Keep waiting dear❤️😘❤️

 4. Xeen

  June 4, 2020 at 9:48 am

  Alhey sis varah reethi mi part vx❤️❤️❤️❤️❤️❤️😘😍😍😘😘😘👍🏻💗💗💖💖
  Varah ufaavey mi part vx dhigukohleema….. Keep it up sis
  Waiting for the next

  • euphoria

   June 4, 2020 at 10:34 am

   awwn thnk u so much xeen dear.. v happy vejje dear ah mi part vx reethi v ma.. nxt part will be uploaded soon insha allah.. keep waiting…

 5. 🌺Ril🌺

  June 4, 2020 at 12:08 pm

  Varah reethi mi part ves . Masha Allah. Dhen oi baa konirakun tha genesdheny.

  • euphoria

   June 8, 2020 at 12:55 pm

   alheyy thnk u so much dear.. nxt part insha allah tmrrw nyt ge kurin kiyaalan libeyne

 6. taetae

  June 4, 2020 at 3:38 pm

  alheyy inthizaarakah fahu mi libunee… vv proud of you sis… mi bai ves hessa reethi..aizan ah kihineh vegntha eulhenee.. yageeney iyaash eynage cupcake rescue kuraane eh nun ❤waiting for the next paarrtt⚘⚘⚘

  • euphoria

   June 4, 2020 at 3:42 pm

   Alheyyy srry dear ehaa Las koh mi part up kohla dhevuniima.. Nd glad to hear that you liked this part too.. Ys asluvs koba tha dho aizan Ge massala akii.. Hehe.. Keep waiting dear insha Allah nxt part will be uploaded soon.. Ly girl ♥️♥️♥️😘😘

 7. Hudharr

  June 4, 2020 at 5:02 pm

  Hey sisyy…. vrh habeys mi part vx… waiting for the next parrrtt…Stay safe meyn…. love you 😋😍😘💖💖💖

  • euphoria

   June 4, 2020 at 7:43 pm

   Awwwwnnn my loabi gandu.. Thnk u so much sisii for ur lovely comment.. Stay safe girl.. Lym darl♥️♥️😘😘

 8. Reader

  June 8, 2020 at 7:44 pm

  When next part.. Varah inthizaaru kurevey eba

  • euphoria

   June 8, 2020 at 10:05 pm

   nxt part insha allah tmrrw nunii tmrrw nyt ga kiyaalan libeyne

 9. Quentus

  June 9, 2020 at 12:09 am

  Nuvey dhw adhi up eh btw stry hama habbu vrh vrh vrh reethi

 10. Anonymous

  June 9, 2020 at 9:11 pm

  Alhe kobaa tha next part

  • euphoria

   June 9, 2020 at 10:55 pm

   Submit kohlaafa vaanii bt adhivs publish eh nuvey.. Srry my dear readers..

  • jangiyaa

   June 11, 2020 at 8:20 pm

   saabaehy kehtherivaan dhaskohbala dhw

 11. ބްލެކް ރޯޒް

  June 22, 2020 at 12:37 pm

  I like Ur fantasy

 12. 💜ޕާކް ޖިމިން💜

  September 27, 2020 at 10:09 am

  This story is Sooooo good omg😍😍☺️💜

Comments are closed.