އެންމެންނަށް ވެސް އެމީހެއްގެ ހަށިގަނޑު ސީދާ ކޮށްލާ ކުރިއަށް ޖެހިލެވުނީ ރޫމްގެ މަތިގައި ދިއްލާފައި ހުރި ރަތް ބޮކި ނިވުމުންނެވެ. ނުކުމެގެން އައި ޑޮކަޓަރުގެ މޫނުމަތީގައިވީ ދެނެގަންނަން އުނދަގޫ އަސަރުތަކެކެވެ. ޑޮކަޓަރު އައިސް އެންމެންގެ ކުރިމަތީ މަޑުކޮށްލުމަށްފަހު ވަކި ވަކިން އެ އެންމެންގެ މޫނަށް ބަލައިލާ ފުންނޭވާ އެއް ދޫކޮށްލުމަށްފަހު އިސް ޖަހާލިއެވެ. އެއާއެކު އެންމެންނަށް ވެސް ނޭވާ ހިފަހައްޓާ ލެވުނީ ޑޮކްޓަރުގެ މޫނުމަތިން ފެނުނު އަސަރުތަކުންނެވެ. ހަމަހިމެކަމުގެ ސުކޫތަކަށްފަހު ޑޮކްތަރުގެ އަނގައިން ނުކުން ބަސްތަކުން ހީވީ […]
ސައިކަލު އައިސް ރެސްޓޯރެންޓް ކުރިމައްޗަށް މަޑުކޮށްލުމާއެކު ނާޔާ ބާރު ބާރަށް ސައިކަލުން ފޭބުމަށްފަހު އެތެރެއަށް ދުއްވައިގަތެވެ. އެތެރެއަށް ވަނުމާއެކު އެތެރޭ ތިބި މީހުންގެ އަމާޒުގެ ފަތްގަނޑަކަށް ނާާޔާ ވިއެވެ. ނަމަވެސް އެކަމަށް ވެސް ސަމާލުކަން ނުދީ ނާޔާ އޭނާގެ ފިޔވަޅުތަށް ހަލުއިކޮށްލަމުން ވީއައިޕީ ބަޔަށް ދިއުމަށް މިސްރާބުޖެހީ ސާޔާ މެން ތިބޭނީ އެތަނުގައިކަން އެނގުމުންނެވެ. ބާރު ބާރަށް ގޮސް ހުޅުވާފައި ހުރި އެތަނުގެ ދޮރުމަތީ މަޑުޖެހިލި ނާާޔާގެ އަތްފައި ތުރުތުރު އަލައިގަނެ ދެލޯ ބޮޑު ކޮށްލެވުނީ ފެނުނު […]
ސިޑިން ތިރިއަށް ފައިބަން ދިމާކޮށްލި ނާޔާގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ދެމީހަކު ވާހަކަ ދައްކާ އަޑުއިވިފައެވެ. ކައިރިއަށް ދިޔަވަރަކަށް އެއީ ނަބީލް އާއި އައިޒަން ގެ އަޑުކަން ނާޔާ އަށް ފަހުމް ވިއެވެ. ވާހަކައިގެ ތެރޭ ނަބީލް ރުޅި އައިސް ހުރެ ޝާނިމްގެ ނަން ކިޔާލުމުން އެއީ މިކަމާ ގުޅުންހުރި ވާހަކަ އެއްކަން ނާޔާ އަށް އެނގިގެންދިޔައެވެ. މަޑުމަޑުން ދޮރާ ގާތަށް ޖެހިލުމަށް ފަހު އެ މީހުން އެ ދައްކާ ވާހަކަ އަށް ނާޔާ ސަމާލިކަން ދިނެވެ. […]
ރާނިޔާ އަކީ މެދުފަންތީގެ ދެމަފިރިއަކަށް ލިބިފައި ހުރި ހަތަރު ދަރިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅެވެ. ރާނިޔާގެ ހަގަށް އޭނާގެ އެއްމާބަނޑު ކޮއްކޮ އެއް ހުންނައިރު އޭގެ އިތުރަށް އެއްބަނޑު އެއްބަފާ ދެ ކޮއްކޮވެސް ހުރެއެވެ. ހީވާގި ކަމާއި އަޒުމާއެކު ހަގަށް ތިބި ކޮއްކޮ މެންގެ ޒިންމާވެސް ނަގަމުން ރާނިޔާ އައީ މި ކުޑަކުޑަ އާއިލާގެ ކޮޅެއްނެތް އުފާވެރިކަންް ދެގުނަ ކުރުވަމުންނެވެ. މައިންބަފައިންގެ ބަސް އަހާ އެމީހުން އެދުނު ކޮންމެ ކަމެއް ކޮށްދިނުމުގައި އަޒުމާއެކު ފައިތިލަ ސާބިތު […]
ގެއަށް އާދެވުމާއެކު ޑްރއިވަރަށް ރުފިޔާ ދިނުމަށްފަހު އަވަސް އަވަހަށް ނާޔާ ޓެކްސީ އިން ފޭބީ ބޮލަށް ބަރުވަމުން ދިޔުމާއެކު މޭގައި ހިފާލާފައި ހުރި ރިހުން ގަދަ ވަމުން ދާތީއެވެ. ނަމަވެސް ގެއަށް ވަދެ ވަދެ ހުރި ނާޔާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ކުރިމައްޗަށް ހުރަސްވި ސޫރައެއްގެ ސަބަބުންނެވެ. އޭރު ހަމަ ރަނގަޅަށް ވެސް ނާޔާގެ އަތްފައި ފިނި ވެއްޖެއެވެ. ****************************************** ކުރިމަތީ ހުރި ނަބީލްގެ މޫނުމަތިން ފެނުނު އަސަރުތަކުން ކޮންމެ މީހަކުވެސް ޖެހިލުންވާނޭކަން ކަށަވަރެވެ. ނަބީލްގެ ދެލޯ […]
ފުންނޭވާތަކެއް ބޭރު ކުރަމުން އިޔާޝް ދިޔައީ އައިސްފާ ހުރި ރުޅިއާ ވެފައި ހުރި ދެރަ ވަންހަނާ ކުރެވޭތޯއެވެ. ” ކޮބާތަ އިޔާޝްގެ މައްސަލަ އަކީ.. ކީއްވެތަ އަހަރެންނާ ދޭތެރެ ހަމްދަރުދީ ތިވަނީ.. ކިހިނެއްވެގެންތަ ކުއްލިއަކަށް މަށަށް ހިމާޔަތް ދޭން ތިއުޅެނީ.. ދުރުގަ ހުންނާށޭ ބުނީމަ ކީއްވެތަ އަޑުނީވެނީ..ކިހިނެއްވެގެންތަ އިޔާޝް ތިއުޅެނީ” ޖަޒުބާތުގައި ނުޖެހިވޭތޯ ބަލަމުން ނާޔާވެސް އަޑުހަރުކޮށް ރުޅިވެރި ރާގަކަށް ބުނެލިއެވެ. ” ކޯޒް އައި ލަވްޔޫ.. ޑޭމް އިޓް..” ނާޔާގެ ބަސްތަކުން ހިތަށް ކެތް ނުވެގެން […]
އަތްދޮވެލުމަށްފަހު ޓިޝޫއަކުން އަތް ފުހެމުން ދޮރާ ދިމާލަށް އެނބުރުން ނާޔާ އަށް ސިހުމެއް ލިބުނީ އޭނާގެ ހިމަ އުނަގަނޑުގައި ވަރުގަދަ އަތަކުން ވަށާލެވި އެ ބާރު މިނުގައި ގޮސް އެތާ ހުރި ފާރާ އެ މީހެއްގެ ވަރުގަދަ ހަށިގަނޑާ ދެމެދު ނާޔާގެ ކުޑަ ކުޑަ ލޫޅާފަތި ހަށިގަނޑު ފިތިގެންދިޔުމުންނެވެ. ******************************************************* ” ކިހާ ދެރަވެއްޖެ ކަމެއް ނަބީލް.. ބުނިން ދޯ ގައިގަ އަތްނުލާ…” ރުޅިން ތުރުތުރު އަޅާ ހާލު ނާޔާ ބުނެލި ޖުމްލަ ވަކި ހިސާބަކުން މެދު […]
އިޔާޝްގެ ހަބަރެއް ނުބަލާ ލޮލަށް ނިދި ނައިސް އިން އީނާޝް އެންމެ ފަހުން އިންތަނުން ތެދުވެގެން އިޔާޝްގެ ކޮޓަރިއަށް ދިއުމަށް މިސްރާބު ޖެހިއެވެ. ފަހަތުން ޔާސިރު ވެސް ދިޔައީ ދަރިފުޅާ މެދު ކަނބޮޑުވެފައިވާ ހާލުގައެވެ. ތަޅުނުލާ ހުރުމާއެކު ދޮރު ފަސޭހަ ކަމާއެކު ހުޅުވިގެން ދިޔައެވެ. ނަމަވެސް ދޮރު ހުޅުވުމާއެކު އެތެރެއިން ފެނުނު މަންޒަރުން އީނާޝް އަށް އޭނާގެ އަނގަ މަތީ އަތް އަޅާލެވުނު އިރު ލޮލުން ކަރުނަތަށް ވެސް ފައިބަމުން ދިޔައެވެ. ފަހަތުގައި ހުރި ޔާސިރުއަށް ވެސް […]
އެހެން އެންމެންނަށް ވުރެވެސް ބޮޑަށް ޝާނިމް ހީވީ ބިރުގަތްހެންނެވެ. ކުރިމަތީ ހުރި ނާޔާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުރި ފިރިހެންމީހާ ފެނި ޝާނިމް އަށް ހީވީ އޭނާގެ ކުރިމަތިން ބޮޑު ބިރެއް ފެނުނު ހެންނެވެ. ވަށައިގެންވާ ހަތަރު ފާރު އައިސް އޭނާ އޭގެ ރެތޭ ފިއްތާލި ކަމުގެ އިހްސާސް ޝާނިމް އަށް ކުރެވުނެވެ. އިޔާޝް ތޯއެވެ؟ ނާޔާ އެފަދަ ގޮތަކަށް އެހެން ފިރިހެނަކާ އެކު ފެނުމުން އެ ހިތުގައި ރިއްސާލީ ވޭނީ ގޮތަކަށެވެ. ދެއަތް މުށްކަވާލެވުނީ ވެސް […]