ޒީވާން އާއި ދިމާކުރަން ހަދައިގެން އިޔާޝް އަށް އެންމެ ފަހުން ކުރިމަތިލާން ޖެހުނީ ޒީވާންގެ އަތުގެ ހޫނު ހަމަލާ އަކާއެވެ. އެއަށްފަހު ވެސް އިޔާޝް އޭނަގެ ހުނުން ނުހުއްޓުމުން ޒީވާން ދެވަނަ ހަމަލާއެއް އިޔާޝް އަށް ދިނުމައްޓަކައި ތައްޔާރު ވިއެވެ. އެކަމަށް ސަމާލުވެހުރި އިޔާޝް ޒީވާންގެ އަތު ނުޖެހެންވެގެން ކުރިއަށް ދުއްވައި ގަތެވެ. ހެމުން ހެމުން ހުރެ ކުރިއަށް ދުވަމުން ދިޔަ އިޔާޝް މަތަވީ ކުރިމަތިން އައި އަންހެން ކުއްޖެއްގެ ގައިގައި ޖެހިފައެވެ. އެއާއެކު އެ ސޮރުގެ […]
އަޅުގަނޑުގެ ބަލި ހާލަތު ހުރި ގޮތުން ދުވަސްކޮޅަކަށް ވާނީ ވާހަކަ ލިޔުން މެދުކަނޑާލައިފައެވެ. ރަނގަޅުވީހާ އަވަހަކަށް ވާހަކަ ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަމެވެ. އަދި ވާހަކަ ގެނެސްދެވުން ލަސްވާކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން އަޅުގަނޑު ނިހާޔަތަށް މާފަށް އެދެމެވެ.
އަވަސް އަވަހަށް ޝާނިމް އަށް ފަހަތް ބަލައިލެވުނީ ސިހުނުވަރުންނެވެ. އޭރު ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެން ޝާނިމްގެ ދެބެންގެ ދެދަރި ކޮއްކޮ ޒީވާން ހުއްޓެވެ.” އޭ ބުރޯ.. ހޭލާ ހުރެވެސް މިހާރު ހުވަފެން ބަލަނީތަ؟ ޔަގީނޭ ތި ހުވަފެނުގައި ފަހަރި މިހާރު ހުރީ ތި އަތު ތެރޭގަކަން.. ހައްހައްހައް…” އޭރު އެމީހުންގެ ފަހަތުގައި ދެޖީބަށް އަތް ޖަހާލައިގެން ފުންހިނިތުންވުމަކާއެކު ، އެމީހުންގެ އެންމެ ގާތް އެކުވެރިޔާ އަޔާން ވެސް ހުއްޓެވެ.” ސާބަހޭ ވާން.. ހަމަ ނުހުރެވޭ ދޯ […]
ވަރުބަލި ކަމާއެކު ކޮޓަރިއަށް އައިސް ވަތް ނާޔާ ހުއްޓުންއެރީ ކުރިމަތީ ހުރި ކިންގް ސައިޒް ބޮޑު އެނދުގައި ތިބި އެންމެ ގާތް ތިން އެކުވެރިން ފެނިފައެވެ. އެ ކުދިންގެ މޫނު މަތީގެ އަސަރު ތަކުން ނާޔާ ގެއަށް ނައިސްގެން ކަންބޮޑުވެފައި ތިބިވަރު ހާމަވެއެވެ. ނަމަވެސް ނާޔާ ހަމަ ފެނުމާއެކު ތިން ކުދިން އެއްފަހަރާ މޫނު ކުނި ކޮށްލިޔެވެ. ހީވަނީ ޖޫން ޖުލައިގެ ވިއްސާރަ އަށް އުޑުމަތި ބަނަ ކޮށްލިހެންނެވެ. ނުވާކަމަށް ހަދަމުން ނާޔާ ހިނގައިގަތީ ފާހާނަ އާ […]
އިރުއޮއްސެމުން އައިރު ކަޅު ވިލާތަކުން އުޑުމަތި ބައްދާލާ ވިއްސާރައިގެ ކުލަވަރު ވަނީ ދައްކާލައިފައެވެ. އިރުގެ ގަދަ އަލިން ދުނިޔެ މަޙްރޫމްވެ އަންދިރި ކަމުގެ ސާލެއް އޮޅާލިއިރު މަގުތައްމަތިން ފެނުނީ އާދަޔާޙިލާފު ހަލަބޮލިކަމެކެވެ. ހިނދެއް ހިނދަކަށް ވައިގަދަ ވަމުން ދިޔައިރު ގަސްތައް ވަޔާހޫރެމުން ދިޔައީ މާހައުލު އިތުރަށް ހަލަބޮލި ކުރުވަމުންނެވެ. އިސާހިތަކު ވާރޭގެ ހިތްގައިމު ޝަބްނަމް ތިކިތަކުން ބިންގަނޑު ތެންމާލީ މާހަލުގެ ފިނިކަން އިތުރު ކުރުވަމުންނެވެ. ކުއްލިއަކަށް ވިދާލި ވިދުވަރާއެކު ފިހާރައެއްގެ އަސްކަނި ދަށުގައި ހުރި ނާޔާގެ މޭގަނޑު […]