” އޯހް ޔާން.. އައި މިސްޑް ޔޫ ބޭބީ ” އަޔާންގެ މެދު ހަށިގައި ބައްދާލަމުން އެ އަންހެން ކުއްޖާ ތުއި އަޑަކުން ބުނެލިއެވެ. އެއާއެކު ދެމީހުން ދެމީހުނަށް ގެއްލިފައި ތިބި އަޔާން އަދި މީޝާ އަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. ********************* ކުއްލިއަކަށް އައިސް ނުވެސް ދަންނަ ކުއްޖަކު އޭނާ އާ އެފަދަ ގޮތަކަށް މުޙާތަބު ކުރުމުން އަޔާން އަށްް ހީވީ އޭނާގެ ނޭވާގެ ހިނގުން ވެސް މަޑުޖެހިލިހެންނެވެ. އަދި ޙާއްސަކޮށް ދުރުގައި ހުރި […]
ނޯޓް: މި ވާހަކައިގެ މައިގަނޑު އެއް ޝަޙްސިއްޔަތު ކަމަށްވާ ޝަރޫފްގެ ރަށުގެ ނަން ވާނީ ލ. ފޮނަދޫ އިން ލ. ދަނބިދޫ އަށް ބަދަލު ކުރެވިފައެވެ. ************ ސައިކަލު އައިސް ސްކޫލް ދޮރުމައްޗަށް މަޑުކޮށްލުމާއެކު ރާނިޔާ އެތެރެއަށް ވަނީ ގެންގުޅުނު ލޮގު ފޮތް މޫނުމައްޗަށް ހުރަސްކޮށްލައިގެން ހުރެ ކުޑަކޮށް ދުވެލާފައެވެ. ކޮލާސް އިންނަ ފަޅިއަށް ރާނިޔާ އެޅީ ކުރިމަތި ނުބަލާކަމުން ކުރިމަތިން ހިނގާފައި ދިޔަ ބިޔަ ފިރިހެންކުއްޖާގެ ބުރަކަށީގައި ޖެހި މަތަވަމުން ރާނިޔާ އަރި އަޅާލީ ކައިރި […]
” ދަރިފުޅާ އަހޫ ނާޔާ ރިސީވް ކުރަން ދާން ވާނެ އިނގޭ ކޮބާ ކޮއްކޮ؟؟” އަސްމާ އޭނާގެ ދޮށީ ދަރިފުޅު ކައިރި ބުނަމުން ހަގު ދަރިފުޅު ރިއާޝް ކޮބާތޯ އެއްސެވެ. ******************************** ” އޯހް ހްމް މަންމަގެ ބެސްޓްްފްރެންޑްގެ ދަރިފުޅު ދޯ ނާޔާ އެއީ؟” އަހުޝަމް އޭނާގެ މަންމަ އޭނާއަށް ކިޔައިދީފައި ހުރި ވާހަކަ ތައް ހަނދާނަށް ގެންނަމުން ބުނެލިއެވެ. އެއާއެކު ރީތި ހިނިތުންވުމަކާއެކު އަސްމާ ބޯޖަހާލިއިރު އެ ދެލޮލުން ނާޔާ ދުށުމަށް ކެތްމަދުވެފައިވާ ކަމުގެ ވިދުވަރެއް […]
އުދަރެސް ބައްދަމުން ދިޔަ ކަޅު ވިލާތަކުން ބިމަށް ހަމަލާދޭން ފެށީ އިންޒާރަކާ ނުލައެވެ. ޖެހިލާ ބާރު ވައިރޯޅި ތަކުން ގަސްތަށް މުލުން ލުހިގެން ދާ ފަހަރު ފަހަރު ވެސް އަންނަހެން ހީވެއެވެ. ބާރު ވައިގެ އަޑުން ފަޒާގައި ބޫން އަޑެއް އަޅުވާލެވިފައި ވާއިރު ވިދާލާ ވިދުވަރުން ދުނިޔެ މައްޗަށް އަލިވެގެން ދަނީ ދުވާލު ފަދައިންނެވެ. ޖަހާލާ ބާރު ގުގުރިން ކަންފަތުގެ ހިނދުރިއަށް ވެސް ގޮތް ވެގެން ދާނެކަން ގައިމެވެ. ބޭރުގެ ތޫފާނުގެ ތެރެއިން ފޭދިގެން އައިސް މާހައުލުގައި […]
” އައި ލަވްޔޫ ނާޔޫ… އަދިވެސް ހަނދާން ނުވޭތަ؟ ” މަޑުމައިތިރި ކަމާއެކު އިޔާޝް އެހެން އަހާލިއިރު ނާޔާގެ ހަށިގަނޑު ހީވަނީ ފިނިވެގެންގޮސް ގަނޑުފެން ކޮޅެއް ހެންނެވެ. ނޭވާ އަވަސްވެފައި ވާއިރު ނާޔާގެ ހިތުގެ ހިނގުންވެސްް ވަނީ އިންްތިހާއަށް އަވަސް ވެފައެވެ. *************************************** އަވަސް ވަމުން ދިޔަ ނާޔާ ގެ ނޭވާ ފެނި އިޔާޝްް ނާޔާ އާއި ކުޑަކޮށް ދުރަށް ޖެހިލަމުން ދެޖީބަށް އަތްޖަހާލިއެވެ. އޭނާގެ ސަބަބުން ފަހަރުގައި ވެސް ނާޔާގެ ނަފްސަށް އުނދަގުލެއް ވާކަށް ނޭދެއެވެ. […]
ނާޔާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން ހިތަށް ކިތަންމެ އަސަރެއްކުރި ނަމަވެސް އިޔާޝް އެކްަން ފޮރުވާލަމުން ނާޔާ އާއި ދެމީހުން ޖަދަލު ކުރަން ފެށީ ތާކުން ތާކުން ނުޖެހޭ ކަންތައްތަކާއެވެ. އެމޙުންގެ ހިތް ބުނާކަހަލައެވެ. މި ގޮތަށް އެކަކު އަނެކަކާ ޒުވާބުކޮށް ޖަދަލު ކުރިޔަސް އެ ދެ ހިތަށް ވެސް ނޭނގޭ ހަމަޖެހުމެއް ލިބެއެވެ. އެއާއެކު ދެން ތިބި މީހުނަށް ދެފަރާތަށް ބޯހޫރާލެވުނީ އެދެމީހުންގެ އެ ހުންނަ ގޮތުންނެވެ. ” ލޯބިވާނެ މީހަކު ނެތޭ ނާޔޫ ދެކެ.. […]
” ހޭ ބްރޯ އެކޮޅު ބަލާފަ ފެއިންޓް ނުވައްޗޭ ” ކޯޓުގެ އަތުކުރި ރަނގަޅުކޮށްލުމަަށް އިސްޖަހާލި ޝާނިމް އިސްއުފުލާލީ ޒީވާންގެ ލާނެތް އަޑުންނެވެ. ދެވަނަ ސިކުންތުގައި ބޯކިރުކޮޅެއްފަދަ ޝާނިމްގެ ހުދު ދެ ލޮލަށް ހިޔަނިއެޅި އެ ހިތުގެ ރާނީ ފެނި ޝާނިމްގެ ހިތް އޮބިނޯންނަ ވަރަށް ތެޅިގަތެވެ. ********************************* ސަމީރާ އާއި ސަލީމްގެ މެދުގައި ހުރެ ދޮރުން ވަދެގެން އައި ސާޔާއަށް އެވަގުތު އެތާ ތިބި އެންމެންގެ ނަޒަރު ހުއްޓުނެވެ. ހުދުކުލައިގެ ބޮޑު ވެޑިންޑްރެސް ގައި ސާޔާ […]
ބާރު ގަދައަތަކުން އުނަގަނޑުގައި ވަށާލެވިފައިވާ ކަމުގެ އިހުސާސް ކުރެވި އެ އަންހެން ކުއްޖާ މަޑުމަޑުން މޫނުމަތީ އެޅިފައިވި ޝޯލްގެ ބައި ނަގާ އެއްފަރާތްކޮށްލިއެވެ. މޫނުމަތިން ނެގި ޝޯލްގެ ބަޔާއެކު ފަރުދާވެގެން ދިޔަ އައިބުކަމެއްނުވާ ދޮން ދޮން ވަށް މޫނު ކޮޅު ފެނި އިޔާޝްގެ ހިތް އަވަސް ވެގެން ދިޔައެވެ. މައުސޫމް ކަމުން ފުރިފައިވި ބޮޑު ދެލޮލުން އޭނާ އަށް ބަލަހައްޓައިގެން އޮތް ގޮތުން އިޔާޝްގެ ހިތް އޭގެ މަގާމުން ދޫޫވެގެން ނުދިޔައީ ކިރިޔާއެވެ. ************************ ހަށިގަނޑަށް ތަދު […]
ލޯމަރައިލައިގެން އިން އިޔާޝް ސިހިފައި އޭނާގެ ދެލޯ ހުޅުވާލީ ނާޔާ އޭނާއަށް ގޮވާލިހެން ހީވެގެންްނެެވެ. އެއަޑުގައި ރިހުމާއި ބަލިކަން ވިއެވެ. ނާޔާގެ މަތިން މާބޮޑަށް ހަނދާންވާން ފެށުމުން އަވަސް އަވަހަށް ޖީބުގައި އަތް ޖައްސާލީ ފޯނު ނަގާ ކައިރާ އަށް ގުޅުމަށެވެ. ނަ،މަވެސް އާދެވުނީ ފޯނު ނުލާކަން އެނގުންވުމުން އަމިއްލަ ނފްސަށް ކުދިކިޔާލެވުނެވެ. އިންތަނުން ތެދުވެ ގެއަށް ދިއުމަށް ހިނގައިގައިން އިރުވެސް ނޭންގޭ ބާރު މިނެއްގައި އިޔާޝްގެ ހިތް ތެޅެމުން ދިޔައެވެެ. **************************** ” ޔާޝް.. ނާޔާ […]