Skip to content
އެސްފިޔަ

ދިމްޔާ (18 ވަނަ ބައި)

ނޯޓް: (މިވާހަކައިގެ މިޕާޓްގައި ދެ ދިމްޔާގެ ވާހަކަ ގެނެސްފައި އޮތުމުން ފަހުން ވާހަކައަށް އައި ދިމްޔާއަށް މުޚާތަބު ކުރެވިފައިވާނީ މާޔާގެ ނަމުން ކަމުގައި ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަން)

 

“އިމޫ…. ކެތްކޮށްލާ… ކޮންމެގޮތެއް ވިޔަސް އެންމެ އަވަހަކަށްވެސް ދެން ދެވޭނީ މާދަމާ…. އަހަރެމެން ދާނީ ދިމްވެސް ގޮވައިގެން…. އޭރުން މާޔާއަށްވެސް އަހަރެމެން ދައްކާ ވާހަކަ ޤަބޫލުކުރެވޭނެ…. މާތް ﷲ އިރާދަކުރެއްވިއްޔާ މާޔާ އަހަރެމެންނަށް މާފުކުރާނެ…..” އީމަނަށް ހިތްވަރުލައިދެމުން ރާކިން މިހެން ބުނުމުން އީމަން ރާކިން ދެއްކި ވާހަކަތައް ޤަބޫލުކުރުމުގެ ގޮތުން ބޯޖަހާލިއެވެ.

 

ދިމްޔާވެސް ގޮވައިގެން ރާކިންމެން ޖެހިގެން އައި ދުވަހު މާލެއަށް ދިއުމަށްޓަކައި ފުރިއެވެ. މާލެދެވުމާއިއެކު ގެއަށްވެސް ނުގޮސް އީމަންމެން މާޔާގެ ގެއަށް ދިޔައީ އެދުވަހު މާޔާ ރާއްޖޭން ބޭރަށް ފުރަން އުޅޭ ޚަބަރު ތާނީގެ ފަރާތުން ލިބުމުންނެވެ. މާޔާމެން ގެއަށް ދާން ޓެކްސީއަށް އެރީއްސުރެ އީމަންގެ ހިތް ތެޅިފޮޅެން ފެށިއެވެ. ބައެއްފަހަރު ޓެކްސީ ދުވާލެއް ލަސްހެން އީމަނަށް ހީވީ މާޔާގެ ގާތަށް ދާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ރާކިންވެސް އިނީ ހިތް ނުތަނަވަސް ވެފައެވެ. ހަމައެހެންމެ އޭނާ އިނީ މާޔާގެ ގާތުން މާފަށް އެދެންވެސް ހަމަ އެހާމެ ބޭނުން ވެފައެވެ. އެންމެން މާޔާއާއި ދިމްޔާ ވައްތަރޭ ކިޔާތީ ދިމްޔާވެސް އިނީ ވަރަށް ބޮޑަށް މާޔާ ދެކިލަން ބޭނުންވެފައެވެ.

 

މާޔާމެންގޭގެ ކުރިމައްޗަށް ޓެކްސީ މަޑުކޮށްލުމުން އީމަންމެން ޓެކްސީން ފޭބިއެވެ. މާޔާމެން ގެއާއި ދިމާއަށް ބަލަހައްޓައިގެން އީމަން ހުރީ އެގެއަށް ވަންނަން ނުކެރިފައެވެ. އޭނާއަށް މާޔާއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތުންނެވެ. ރާކިން އީމަންގެ ކޮނޑުގައި އަތް ބާއްވާލުމުން އީމަން ރާކިނަށް ބަލާލިއެވެ. ރާކިން ލޮލުގެ އިޝާރާތުން ގެއަށް ވަނުމަށް ބުނެޏެވެ. އީމަން ބޯޖަހާލަމުން ގެއާއި ދިމާއަށް ހިނގައިގަތުމުން ރާކިނާއި ދިމްޔާ އީމަންގެ ފަހަތުން ހިނގައިގަތެވެ. ގޭގެ ދޮރުމަތީ ހުއްޓިލަމުން ފާރުގައި ހަރުކޮށްފައި ހުރި ރަނގަބީލް އަޅާ ސްވިޗަށް ފިތާލިއެވެ. ކުޑައިރުކޮޅެއް ފަހުން ގޭގެ ދޮރު ހުޅުވީ ގޭގައި ގެންގުޅޭ ލަންކާމީހާ ޖޯއީއެވެ. އީމަން މާޔާ ހޯދާންށޭ ބުނުމުން ކޮށިގޮތަކަށް ގޭތެރެއަށް ވަނުމަށް ބުންޏެވެ. ޖޯއީގެ ފަހަތުން އީމަންމެން ގެއަށް ވަދެގެން ހިނގައިގަތެވެ. ގޭގެ ބޮޑުދޮރާށިން ފެށިގެން ގެއަށް ވަންނަން ދިއުމަށްޓަކައި ގަލުން ދެމީހަކަށް ހިނގާލެވޭ ވަރުގެ މަގެއް ހަދާފައިވެއެވެ. މަގުގެ ދެފަރާތުގައި އޮތީ ފެހިކަންގަދަ ބޯ ކުދި ވިނަގަސްތަކެއް ފަޅާފައެވެ. މަގުގެ އެއްފަރާތުގައި ތަންތަންކޮޅުގައި އެކިކުލައިގެ ފިނިފެންމާ ގަސްތަކެއް ހައްދާލާފައިވާއިރު އަނެއްފަރާތުގައި ބޮޑު އަނބުގަހެއް ހުއްޓެވެ. އެމީހާ އަނބުގަހާއިވީ ދިމާއަށް ހިނގައިގަތުމުން އީމަންމެންވެސް އޭނާގެ ފަހަތުން އެދިމާއަށް ދިޔައެވެ. އެންމެފަހަތުގައި ހުރި ދިމްޔާގެ ފިޔަވަޅަށް ހުއްޓުން އެރީ އޭނާގެ ދޯބައްޓާއަށް ވާންވުމުންނެވެ. ފަސްއެނބުރި ބަލާލިއިރު ދޯބައްޓާ އޮތީ އެތަނުން ފިނިފެންމާ ގަހެއްގައި އަޅާފައެވެ. ރާކިންމެނަށް ބަލާލަމުން ދިމްޔާ އެގަހުން ދޯބައްޓާ ނައްޓުވާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެގަހުގައި ޝާއްބަކަމާއިއެކު ފޮޅިފައި އިން ރަތް ފިނިފެންމަލެވެ. ރާކިންމެން ދިޔުމުންވެސް ދިމްޔާ ފިނިފެންމާ ގަސްތައް ކައިރީގައި މަޑުކޮށްލީ އެމަންޒަރު ހިތްގައިމުކަމުންނެވެ.

 

“ކޮއްކޮ ހޯދަން….” އަނބުގަހުގައި އެލުވާފައި ހުރި އުނދޯލީގައި ލޯމަރާލައިގެން އޮތް މާޔާ ސިހުނީ ޖޯއީ މިހެން ބުނެލުމުންނެވެ. މާޔާ ދެލޯ ހުޅުވާ ބަލާލަމުން ކާކުތޯ އަހާލިވަގުތު ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުރި އީމަނާއި ރާކިން ފެނުމުން ހިސާބަކަށް ހައިރާންވެފައި ހުރެ ދެލޯ ބޮޑުކޮށްލެވުނެވެ. ޖޯއީއަށް ބަލާލަމުން ދެންދިޔަސް އެންމެ ރަނގަޅޭ ބުނުމުން އޭނާ އެތަނުން ދިޔުމަށްޓަކައި ހިނގައިގަތެވެ. ޖޯއީ ދިޔުމުން މާޔާ އަނެއްކާވެސް އީމަންމެނަށް ބަލާލިއެވެ. އެއަށްފަހު އަނެއްފަރާތަށް އެނބުރިލަމުން މޭމަތީ ދެއަތް ހުރަސްކޮށްލިއެވެ.

 

“މިހާރު ތިއައީ ކީއްކުރަން….؟؟؟؟ އަހަރެންގެ ބޮލުގައި އަނެއްކާ އިތުރު އިލްޒާމެއް އަޅުވަންތަ…؟؟؟” ހިތްހަމަނުޖެހިފައި ހުރިނަމަވެސް މާޔާ ވާހަކަ ދެއްކީ މަޑުމައިތިރިކަމާއި އެކީގައެވެ. ނަމަވެސް އޭނާގެ އަޑުގައި ވޭނީ ރިހުމެއް އެކުލެވިފައި ވެއެވެ. އީމަނަށާއި ރާކިނަށް އެކަކު އަނެކަކަށް ބާލާލެވުނެވެ.

 

“މާޔާ…. އަހަރެމެންނަށް މާފުކުރޭ…. އަހަރެމެން ޤަބޫލުކުރަން އަހަރެމެންނަށް މާޔާއާއި ދޭތެރޭ ކަންތައް ކުރެވުނީ އަސްލު ރަނގަޅަށް ނޫންކަން….” އީމަންގެ މޫނަށް ބަލާލަމުން ރާކިން މިހެން ބުނެލީ އީމަން އެއްޗެކޭ ނުބުނުމުންނެވެ. މާޔާ ރާކިންމެނާއި ކުރިމަތިލިއެވެ.

 

“ކީއްވެ..؟؟؟ އަހަރެންނާއި އެއްވެސް ގުޅުމެއް ނެތްއިރު ކީއްވެ ރެކް ދޮގުހެދީ… ރެކް ބޭނުންވީ އަހަންނާ އީމަން ދުރުކުރުވާކަށްނު…. މިހާރު މިއޮތީ ރެކް ބޭނުންވާގޮތް ވެފައެއްނު….” މާޔާއަށް މިހެން ބުނެލެވުނީ ތަންކޮޅެއް ބާރަށް ނުރުހުންވެފައި ހުރެއެވެ. އޭރު އޭނާގެ ބޮޑުދެލޯވަނީ ފެންކަޅިވެފައެވެ. މާޔާއާއި ދިމާއަށް ބަލާލަމުން ރާކިނަށް ދެފަރާތަށް ބޯހޫރާލެވުނެވެ. މާޔާގެ ހިތުގެ ހާލު އޭނާއަށް އިހުސާސް ކުރެވެއެވެ.

 

“މާޔާ…. އެއީ ކުށްހީއެއް…. ރެކް ގަސްތުގައި ކުރިކަމެއް ނޫން އެއީ….” ރާކިންގެ ދިފާޢުގައި އީމަން ބުނެލިއެވެ. އީމަން މިހެން ބުނުމުން މާޔާ އައިސް މަޑުކޮށްލީ ސީދާ އީމަންގެ ކުރިމަތީގައެވެ.

 

“މިއަދު ރެކްގެ ދިފާޢުގައި ވާހަކަ ދެއްކިހެން ކީއްވެ އެދުވަހު އިމޫ އަހަރެންގެ ދިފާޢުގައި ވާހަކަ ނުދެއްކީ…. ކީއްވެ އިމޫ އަހަންނަށް އިތުބާރު ނުކުރީ….؟؟؟” އީމަންގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ މާޔާއަށް މިހެން ބުނެވުނުއިރު އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ކުށްވެރިއެއް ފަދައިން އީމަން އިސްޖަހާލީ އިތުރަށް މާޔާއާއި ހަތަރުކަޅި ހަމަކޮށްލަން ނުކެރުމުންނެވެ.

 

“މާޔާ… އެދުވަހު އެހެން އެވީ އަހަންނަށް ކުރެވުނު ކުށްހީއެއްގެ ސަބަބުން… އެހެންވެ އަހަރެމެންނަށް އެކަމުގެ ޙަޤީގަތް އެނގުނީމަ މިއައީ މާޔާގެ ގާތުން މާފަށް އެދެން….” އިސްޖެހިފައި ހުރި އީމަނަށް ބަލާލުމަށްފަހު މާޔާއަށް ބަލާލަމުން މިހެން ބުނެފައި ރާކިން ފަސްއެނބުރުނީ ދިމްޔާ ކޮބައިތޯ ބަލާލުމަށެވެ. ފަހަތުގައި ދިމްޔާ ނެތުމުން ރާކިން ކަންބޮޑުވިއެވެ.

 

“ރެކް…..” އެވަގުތު ދިމްޔާގެ އަޑު އިވުމުން ރާކިން އަޑު އައި ދިމާއަށް ދުއްވައިގަތެވެ. ރާކިންގެ ފަހަތުން ބޮޑެތި ފިޔަވަޅުތަކެއް އަޅަމުން އީމަންވެސް ދިޔުމުން މާޔާވެސް އެމީހުންގެ ފަހަތުން ހިނގައިގަތީ ވެގެން އުޅޭގޮތެއް ބަލާލުމަށެވެ.

 

ރާކިން ދުވެފައި އައިއިރު ފިނިފެންމާ ގަސްތައް ތެރޭގައި ދިމްޔާ ދުވަނީއެވެ. ރާކިން ފެނުމުން ދުވެފައި އައިސް ރާކިންގެ ފުރަގަހަށް ވަނެވެ. އޭރު އޭނާއަށް ހުރީ މައިނޭވާ ލެވިލެވިއެވެ. ރާކިން ހާސްވެފައި ކިހިނެއްވީތޯ އަހާލުމުން ދިމްޔާ އިނގިލި ދިއްކޮށްލީ ފިނިފެންމާ ގަހެއްގެ ދޮށުގައި އިން ބުޅަލާ ދިމާއަށެވެ. ރާކިނަށް ވީގޮތް ނަގައިގަނެވުމުން އޭނާގެ ގާތަށް ހިނިއައެވެ. އޭރުވެސް އެބުޅާ އިނީ ދިމްޔާއަށް ބަލަހައްޓައިގެންނެވެ. އެހެން އިނދެފައި އަނެއްކާވެސް ނިގޫ ތަޅުވާލަމުން އޭތި ދިމްޔާއާއި ދިމާއަށް އަންނަން ފެށުމުން ތޫލި އަޑަކުން ހަޅޭލަވައިގެންފައި ދިމްޔާ އަނެއްކޮޅަށް ދުއްވައިގަތެވެ.

ގޭތެރޭގައި މާއަޑުގަދަވެގެން ގޭގެ ބޮޑުކޮޓަރީގައި ތިބި މާޔާގެ މައިންބަފައިންވެސް ބޭރަށް ނުކުތެވެ. އޭރު ބުޅަލުގެ ކިބައިން ސަލާމަތްވުމަށް ދުވެފައި ދިޔަ ދިމްޔާ ގޮސް ލައިގަތީ އެދިމާއަށް އައި މާޔާގެ ގައިގައެވެ. ނަސީބަކުން އަރި އަޅާލި ނަމަވެސް އެކަކުވެސް ނުވެއްޓެއެވެ. އެވަގުތުވީ ދެމީހުނަށްވެސް އެކަކު އަނެކަކާ ދިމާއަށް ބަލާލެވުނު ވަގުތަށެވެ. އެއާއިއެކު ހައިރާންކަމުން ފުރިގެންވީ ނަޒަރަކުން ދެމީހުނަށްވެސް އެކަކު އަނެކަކާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ހުރިތަނުން ގުޑާލަންވެސް ނޭނގިފައެވެ. ރާކިންމެން އެހެން ބުނި ކަމުގައިވިޔަސް މާޔާއާއި އޭނާއާއި އެހާ ވައްތަރުވާނެކަމަކަށް ދިމްޔާ ހިތަށްވެސް ނާރައެވެ. މާޔާވެސް ދިމްޔާއަށް ބަލަހައްޓައިގެން ހުރިއިރު އޭނާއަށް ހީވީ ލޯގަނޑަކުން އަމިއްލަ ސޫރަ ފެންނަމުން ދިޔަހެންނެވެ. ދެމީހުންގެ ހެދުން އެޅުމުގެ ތަފާތު ފިޔަވައި އަޅައިކިޔާލެވޭވަރުގެ އެއްވެސް ތަފާތެއް ނެތެވެ. އަވަސްއަވަހަށް އެސްފިޔަ ތަޅުވާލަމުން ދިމްޔާގެ އަތުގައި މާޔާ ހިފާލީ ކުރިމަތިން ފެންނަމުންދާ މަންޒަރަކީ ތެދެއްތޯ ޔަޤީންކޮށްލުމަށެވެ.

އެވަގުތު ގޭގެ ދޮރުމަތީގައި ތިބި މާޔާގެ މައިންބަފައިންނަށްވެސް އެކަކު އަނެކަކުގެ މޫނަށް ބަލާލަމުން މާޔާމެންނާއި ދިމާއަށް ބަލާލެވުނީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައި ހުރެއެވެ. މިހާދުވަސްކޮށްފައި މިދުވަސް އަތުވެދާނެކަމަކަށް އެދެމީހުން ހިތަށްވެސް ނާރައެވެ. އެގޮތުގައި އިރުކޮޅަކު ތިބުމަށްފަހު އެމީހުން މާޔާމެނާއި ދިމާއަށް ހިނގައިގަތެވެ. އޭރުވެސް މާޔާމެން ތިބީ އެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ. އެދެމީހުންނާއި ދާދި ގާތުގައި މަޑުކޮށްލައިގެން ރާކިންމެން ތިއްބެވެ.

“ތީ ކާކު…. ކީއްވެ އަހަންނާ އެހާ ވައްތަރީ….؟؟؟ ކީއްވެ މިކަހަލަ ފަށަކާއި ފަށުފުލެއް އަޅައިގެން ތިހުރީ….؟؟؟؟” މާޔާ އޭނާގެ ކަރުގައި އަޅާފައި އޮތް ފަށުފުލުގައި ހިފަހައްޓާލައިގެން ހުރެ ސުވާލުކުރީ ދިމްޔާއާއިއެވެ. ދިމްޔާވެސް ހުރީ ހަމައެސުވާލުތައް މާޔާއާއި ކުރަން ބޭނުންވެފައެވެ. ނަމަވެސް ސުވާލު ކުރާކަށްވެސް އަދި ޖަވާބު ދޭކަށްވެސް އޭނާގެ ދޫ ޙަރަކާތެއް ނުކުރިއެވެ. ހުއްޓުން އަރާފައި މާޔާއަށް ބަލަހައްޓައިގެން ހުރެ އޭނާގެ ކަރުގައި އަޅާފައި އޮތް ފަށުފުލުގައި ފިރުމާލިއެވެ.

 

“އެއީ ދިމްޔާ… އައިޝަތު ދިމްޔާ… ދަރިފުޅުގެ އެއްމާބަނޑު ދައްތަ….” މާޔާގެ ސުވާލަށް ޖަވާބުދިނީ އެމީހުންގެ ގާތަށް އައިސް ހުއްޓުނު މާޔާގެ ބައްޕަ ދާބިރެވެ. ދާބިރުގެ ޖުމްލައާއިއެކު މާޔާއާއި ދިމްޔާ ހައިރާންވެފައި ދާބިރަށް ބަލާލިއިރު މަރީނާއަށް ދާބިރުގެ ނަމުން ގޮވާލެވުނެވެ. ރާކިނާއި އީމަންވެސް ހައިރާންވީވަރުން އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ.

“މަރީނާ…. މިއަދު ޙަޤީގަތް މިއޮތީ ކުރިމަތިން ހާމައަށް ފެންނަން… ދެން ސިއްރުކޮށްފައި ބޭއްވުމުގެ އެއްވެސް ބޭނުމެއް ނެތް….” މަރީނާއަށް ބަލާލަމުން ދާބިރު މިހެން ބުނުމުން މަރީނާއަށް ބަލާލެވުނީ މާޔާއާއި ދިމާއަށެވެ.

 

“ބައްޕަ ތިކިޔާ އެއްޗެއް އަހަރެންނަކަށް ނުވިސްނުން…. އެއީ އަހަރެންގެ ދައްތައަށް ވެއްޖިއްޔާ ކީއްވެ އަހަންނަށް އޭނަ ކުރިން ނޭނގުނީ….؟؟؟؟ ކީއްވެ އޭނަ މިގޭގަ ނޫޅުނީ؟؟؟؟ ކީއްވެ މިހާ ގިނަދުވަސްވީއިރުވެސް މީ އަހަރެންގެ ދައްތަކަން އަހަންނަށް ނޭނގުނީ…؟؟؟” އެއްފަހަރާ އެތައް ސުވާލެއް މާޔާ ދާބިރާއި ކުރިމަތިކުރުވިއެވެ. ދާބިރު ބޯޖަހާލަމުން މާޔާއަށާއި ދިމްޔާއަށް ބަލާލިއެވެ. އޭރު ދެމީހުންވެސް ތިބީ އެސުވާލުތަކުގެ ޖަވާބު ހޯދަން ބޭނުންވާލެއް ބޮޑުކަމުން ދާބިރަށް ބަލަހައްޓައިގެންނެވެ.

 

“ބައްޕަ ހިތަށްވެސް ނާރާ މިދުވަސް އަތުވެދާނެކަމަކަށް….. އެކަމަކު….” މިހެން ބުނެފައި ދާބިރު ފުން ނޭވާއެއް ދޫކޮށްލިއެވެ.

“މާޔާ… ދަރިފުޅު ތީ ބައްޕަމެންގެ ދަރިއެއް ނޫން….” ދާބިރުގެ ޖުމްލައާއިއެކު މާޔާގެ ދެލޯބޮޑުވެގެން ދިޔައެވެ. މާޔާއަށް ބަލާލަމުން މަރީނާވެސް ބޯޖަހާލީ ދާބިރު ދެއްކި ވާހަކައަކީ ތެދުވާހަކައެއްކަން ހާމަކޮށްދިނުމުގެ ގޮތުންނެވެ. އެއާއިއެކު މާޔާގެ ދެލޮލުން ކަރުނަތައް ފައިބައިގަތީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ.

 

“ދަރިފުޅުމެން ދެކުދިން ތީ އަހަރެންގެ ކޮއްކޮ ދީމާގެ ދެދަރިން…. އޭރު އަހަރެމެން އުޅުނީ ލަންކާގައި… ދަރިފުޅުމެންނަށް ބަލިވެ އިނީއްސުރެ ދީމާ އުޅެމުން ދިޔައީ ވަރަށް ބަލިކޮށް… ސްކޭން ހަދައިގެން ލިބެން އުޅެނީ އެއްމާބަނޑު ދެއަންހެން ކުދިންކަން އެނގުނީއްސުރެ ދީމާގެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދޭ…. ކިތަންމެ ބަލިކޮށް އުޅުނުކަމުގައިވިޔަސް އޭނާ އަބަދުވެސް އިންނަނީ ހިނިތުންވެލައިގެން…. ބަނޑަށް ނުވަމަސް ހަމަނުވަނީސް ދެކުދިންނަށް ކިޔާނެ ނަންވެސް އޭނާ ކަނޑައެޅި…. އެއީ އާއިޝަތު ދިމްޔާއާއި މަރްޔަމް ދިމްޔާ…. ދަރިފުޅުމެންގެ ކަރުގައި ތިއޮތް ފަށާއި، ފަށުފުލަކީވެސް ދަރިފުޅުމެންގެ މަންމަގެ ހަދިޔާއެއް… ނަމަވެސް ތި ހަދިޔާވީ އޭނާގެ ފަރާތުން އޭނާގެ ދެދަރީންނަށް ދެވުނު އެންމެ ފުރަތަމަ އަދި އެންމެ ފަހުގެވެސް ހަދިޔާއަށް…. ދަރިފުޅުމެން ވިހެއުމާއިއެކު ކިރިޔާ ދެކުދިން ލޮލުކޮޅަށް ފެނުނީ… ތިކުދިންގެ މަންމަ، އަބަދުގެ އަބަދަށް މިފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިޔައިފި…. މަންމަ މަރުވުމުން ދަރިފުޅުމެންގެ ބައްޕަ ފުއާދު އުޅުނީ ދެކުދިން ގޮވައިގެން ރާއްޖެ އަންނަން…. އެކަމަކު އަހަރެމެން ވަރަށް އާދޭސް ކޮށްގެން ފުއާދު އަހަރެމެންނަށް ދެކުދިންގެ ތެރެއިން ހަގުކުއްޖާ ދިނީ، އަހަރެމެނަށް ލިބުނު ދަރިފުޅުވެސް މިދުނިޔެއާއި އަލްވަދާއު ކިޔާފައިވާތީ ޑޮކްޓަރު އަހަރެމެންނަށް އިތުރުކުއްޖަކު ނުލިބޭނެކަމަށް ބުނެފައި އޮތުމުން…. ދިމްޔާ ގޮވައިގެން ފުއާދު ރާއްޖެ އައި ފަހުން އަހަންނަކަށް ފުއާދުގެ ޚަބަރެއް ނުލިބޭ…. އަހަރެމެން ރާއްޖެ ބަދަލުވީ މާޔާގެ އުމުރުން ބާރަ އަހަރުގައި…. ރާއްޖެ އައިފަހުންވެސް އަހަންނާ ފުއާދާއި ދިމައެއް ނުވޭ…. އަހަރެން މާޔާއަށް އޭރު ޙަޤީގަތް ނުކިޔައިދިނީ ޙަޤީގަތް އެނގުމުން މާޔާ ދެރަވެދާނެތީ…… ” މަރީނާގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ދާބިރު ދިމްޔާމެނަށް ޙަޤީގަތް ކިޔައިދިންއިރު ދިމްޔާއަށްވެސް އަދި މާޔާއަށްވެސް ހުރީ ހަމަރަނގަޅަށްވެސް ރޮވިފައެވެ.

 

“ދައްތާ….” ދިމްޔާއަށް ބަލަން ހުރެފައި މާޔާ ދިމްޔާގެ ގައިގައި ބައްދާލުމުން ދިމްޔާވެސް މާޔާގެ ގައިގައި ހިފަހައްޓާލިއެވެ. މިމަންޒަރު ބަލަން ތިބި ރާކިންމެނާއި ދާބިރުގެ ދެމަފިރިން ތިބީ ފެންކަޅިވެފައެވެ. އެހެނަސް އެމީހުންގެ މޫނުމަތިން ފެންނަމުންދިޔައީ އުފާވެރިކަމެވެ.

“ދައްތާ…. ކޮބާ ބައްޕަ….؟؟؟؟” ދިމްޔާއާއި ދުރަށް ޖެހިލަމުން މާޔާ މިހެން އަހާލުމުން ދިމްޔާއަށް ބަލާލެވުނީ ރާކިންމެނާއި ދިމާއަށެވެ. އެއަށްފަހު ދިމްޔާ މާޔާމެނަށް ފުއާދުގެ މަރުގެ ޚަބަރު ދިނުމަށްފަހު އޭނާއާއި ދޭތެރޭ ކަންތައް ހިނގާފައިވާ ގޮތް ކިޔައިދިނެވެ. ފުއާދުގެ މަރުގެ ޚަބަރު ލިބުމުން މާޔާގެ އިތުރުން ދާބިރުގެ ދެމަފިރިންވެސް ވަރަށް ދެރަވިއެވެ.

 

“ދައްތަ ކިހާ ނަސީބުގަދަ… އުފަން މަންމަ ފެނުމުގެ ނަސީބު ނުލިބުނަސް ދައްތައަށް އުފަން ބައްޕަ ފެނި އެބައްޕައާއިއެކު އުޅުމުގެ ނަސީބުވެސް ލިބިއްޖެ…. އެކަމަކު އަހަންނަށް ދެމީހުންކުރެ އެކަކުވެސް ނުފެނުނު… އަހަންނަށް މިޖެހުނީ އެހެންބައެއްގެ ގާތުގައި އުޅެން…” ދިމްޔާގެ ދެއަތުގައި ހިފަހައްޓާލައިގެން ހުރެ މާޔާ މިހެން ބުނެލިއިރު އޭނާގެ ކޯތާފަތްމަތިން ފޭދިގެން އައި ކަރުނަ ތިކި ވެއްޓުނީ އަތްތިލައަށެވެ.

 

“ތިހެން ނުބުނޭ މާޔާ…. ހަގީގަތުގައި ނަސީބު ރަނގަޅީ އަހަރެންނެއް ނޫން… މާޔާ…. އަހަންނަށް ބައްޕަ ފެނުމުގެ ނަސީބު ލިބުނު ކަމުގައި ވިޔަސް އަހަރެން އުޅުނީ ވަރަށް ހިތްދަތިކޮށް…. އަހަންނަށް ދިހަ އަހަރުގައި ދިމާވި އެކްސިޑެންޓެއްގައި ބައްޕަގެ ފައި ބިންދައިގެން ދިޔުމާއިއެކު އަހަރެންގެ ދިރިއުޅުންވެސް އެކީބަދަލުވެގެން ދިޔައީ…. ދޮންމަންމައަކީ ވަރަށް ގޯސްމީހެއް…. ބައްޕަ ދުއްވާގޮނޑީގައި އިންނަން ޖެހުމުން ދޮންމަންމަ އޭނަގެ އަސްލުކުލަ އަހަންނަށް ދައްކަން ފެށީ…. އަހަރެން އެހާ ކުޑައިރުވެސް އަހަރެން ލައްވާ ގޭގެ މަސައްކަތްތައް ކުރުވަމުން އެވަރުން ނުފުދިގެން އަހަނަށް އެހާ އަނިޔާވެސް ކުރާނެ…. ކޮންމެފަހަރަކު އަހަރެން ސަލާމަތްކުރަން އުޅެން ހަދައިގެން މާމައަށްވެސް އެތައް އަނިޔާއެއް ލިބިފައި ހުންނާނެ….” ކޮނޑާހަމާލުން އަތުގެ މުލައްދަނޑީގައި ހުރި ލަކުނެއް ދައްކާލަމުން ދިމްޔާ ވާހަކަ ދެއްކިއެވެ.

 

“ބޮޑުބޭބެމެން މާޔާ ބަލާބޮޑުކޮށްފައި ތިހުރީ އަމިއްލަ ދަރިއެއް ފަދައިން ލޯބިދީގެން… މިއަދު މާޔާ ތިހެން ބުނީމަ އެމީހުން ކިހާދެރަވާނެ….” ދިމްޔާ ވާހަކަ ދެއްކީ މާޔާއަށް ވިސްނައިދޭފަދަ ގޮތަކަށެވެ. މާޔާ އެވާހަކަތައް ޤަބޫލުކުރުމުގެ ގޮތުން ބޯޖަހާލަމުން މަރީނާމެނަށް ބަލާލިއެވެ. މަރީނާ މާޔާގެ އަތުގައި ފިރުމާލަމުން ހިނިތުންވެލިއެވެ.

 

“މާޔާ އަހަންނަށް ދިމްގެ ޚަބަރެއް ނުވެގެން އުޅެނިކޮށް އިމޫއާއިއެކު މާޔާ ފެނުނީ… އަސްލުވެސް… އަހަރެން ހީކުރީ މާޔާ ތީ ދިމްކަމަށް…. އެހެންވެ އަހަންނަށް މާޔާ ކުށްވެރިކުރެވުނީ….. މިހާރު މާޔާއަށްވެސް ޤަބޫލުކުރެވޭނެ ކަންނޭނގެ ތިދެމީހުން އެހާ ވައްތަރުވީމަ ކުށްހީއެއް ކުރެވިދާނެކަން…. އަހަރެމެންނަށް މާފްކުރޭ….” ރާކިން ކުރިއަށް ޖެހިލާ ދިމްޔާގެ ގާތުގައި މަޑުކޮށްލަމުން މާޔާގެ ކިބައިން މާފަށް އެދުނެވެ.

 

“އަހަރެން މާފުކޮށްފިން…..”ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން މާޔާ މިހެން ބުނުމުން އީމަނަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. އެންމެންވެސް ތިބީ ވަރަށް ހިތްހަމަ ޖެހިފައެވެ.

 

“ބައްޕާ….. ހިނގާދާން…. އެއަރޕޯޓަށް ދާ ގަޑި ޖެހިއްޖެ…..” ދާބިރުގެ މޫނަށް ބަލާލަމުން މާޔާ މިހެން ބުނުމުން އެންމެންގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ދިޔައެވެ. ހައިރާންކަމާއިއެކު އެންމެންވެސް ތިބީ މާޔާގެ މޫނަށް ބަލަހައްޓައިގެންނެވެ.

 

“މާޔާ…. ދަނީތަ….؟؟؟ އެކަމަކު މާޔާ އަހަރެމެންނަށް މާފުވެސް ކޮށްފީމެންނު… ދެން ކީއްވެ ތިދަނީ….؟؟؟؟ ޕްލީޒް އަހަރެން ދޫކޮށްލާފައި ނުދޭ…..” މާޔާގެ އަތުގައި ހިފާލަމުން އީމަން މާޔާ ހުއްޓުވަން މަސައްކަތް ކުރިއެވެ. މާޔާ އީމަންގެ މޫނަށް ބަލާލިއެވެ.

 

“ރަނގަޅު… އަހަރެން އިމޫއަށް މާފުކޮށްފިން….. އެކަމަކު ދެން އަލުން އިމޫގެ ދިރިއުޅުމަށް ވަންނާކަށް އަހަރެން ބޭނުމެއް ނޫން…. ޤަބޫލުކުރަން އަހަރެމެން ދެމީހުން ވައްތަރުވީމަ ކުށްހީއެއް ކުރެވިދާނެކަމަށް…. އެކަމަކު އިމޫ އެއްފަހަރު ނަމަވެސް އަހަރެން ދެއްކި ވާހަކަ އަޑުއެހިނަމަ…. ކަމުގެ ޙަޤީގަތް އިތުރަށް އޮޅުން ފިލުވަން މަސައްކަތްކުރިނަމަ…. އެކަމަކު އޭގެ ބަދަލުގައި ރެކް ހަމަ އެހެން ބުނެލާއިރަށް އިމޫ އެވާހަކަ ޤަބޫލުކޮށް އަހަރެން ކުށްވެރިކުރީ….” އީމަންގެ އަތުތެރޭގައި އޮތް މާޔާގެ އަތް ދަމައިގަންނަމުން މާޔާ ވާހަކަ ދެއްކީ އީމަންގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ. ފެންކަޅިވެފައިވާ ދެލޮލުން މާޔާއަށް ބަލަހައްޓައިގެން ހުރެ އީމަން ދެފަރާތަށް ބޯހޫރާލިއެވެ.

 

“އެއްފަހަރު އެގޮތަށް ކަންތައް ކުރި މީހަކު ދެންވެސް އެގޮތަށް ކަންތައް ކުރާކަށް ފަހަކަށް ނުޖެހޭނެ… އެހެންވީމަ ދެން އަހަރެން ހުއްޓުވަން މަސައްކަތް ނުކުރޭ…..” މިހެން ބުނެފައި މާޔާ އަނެއްފަރާތަށް އެނބުރުނެވެ. މާޔާ ހުއްޓުވުމަށްޓަކައި އިތުރަށް ބަހެއް ބުނަން ނުކެރުމުން ދެރަވެފައި ހުރެ އީމަން ހިންދިރުވާލިއެވެ.

 

“މާޔާ…. އެހާ ގިނަދުވަސް ފަހުން އަހަންނާ ދިމާވީމައި އަހަރެންވެސް ދޫކޮށްލާފައި ދަނީތަ….؟؟؟” މިފަހަރު ވާހަކަ ދެއްކީ ދިމްޔާއެވެ. އެހާ ދުވަސް ފަހުން ކޮއްކޮއެއް ހުރިކަން އެނގި އޭނާ އަނެއްކާވެސް ދުރަށް ދާން އުޅުމުން ދިމްޔާ ދެރަވިއެވެ. މާޔާ ދިމްޔާއާއި ކުރިމަތިލަމުން ދިމްޔާގެ އަތުގައި ހިފާލިއެވެ.

 

“އަހަރެން މިފަހަރު ދިޔަދީ…. އަހަރެން ބޭނުން ދުވަސްކޮޅަކަށް މިމާހައުލާ ދުރަށް ގޮސްލަން…. ވަރަށް އަވަހަށް އަންނާނަން…. ދިމްޔާގެ އަތަށް ފިތާލަމުން މިހެން ބުނެފައި މާޔާ ދިޔައީ ގޭތެރެއަށެވެ.

 

“ކޮއްކޯ… އެއީ ވަރަށް ބޯހަރު ކުއްޖެއް… އެހާފަސޭހައިން ގޮތްދޫކުރާކަށް މާޔާ ބޭނުމެއް ނުވާނެ…. އެކަމަކު އެކޮޅަށް ގޮސްފައިވެސް ދައްތަ ވަރަށް ވިސްނައިދޭނަން އޭނައަށް…..” ދިމްޔާގެ ބޮލުގައި ފިރުމާލަމުން މަރީނާ ވާހަކަ ދެއްކީ އީމަނަށް ބަލަހައްޓައިގެން ހުރެއެވެ.

 

ދިމްޔާ ގޮވައިގެން ގެއަށް ދިޔުމުން ރާކިނާއި ދިމްޔާ އެކުގައި ފެނުމުން ރާނިޔާގެ ސުވާލުތައް އެމީހުނާއި ކުރިމަތިވިއެވެ. ރާކިން ކަންހިނގައިދިޔަ ގޮތް ކިޔައިދިނުމުން ރާނިޔާ އީމަނާއިމެދު ޙަމްދަރުދީވަމުން އޭނާއަށް ހިތްވަރުލައިދިނެވެ.

 

“މިހުރިހާ ކަމެއްވެސް މިވީ އަހަރެންގެ ސަބަބުން…. ރަނގަޅަށް ޙަޤީގަތް ބަލާފައި އަހަންނަށް އެދުވަހު ވާހަކަ ދެއްކުންނަމަ އިމޫއާއި މާޔާ ދުރުވާކަށް ނުޖެހުނީސް….” ދެރަވެފައި އިނދެ ރާކިން މިހެން ބުނެލީ އަމިއްލަ ނަފްސު ކުށްވެރިކުރަމުންނެވެ. ރާކިން މިހެން ބުނުމުން އީމަން ދެފަރާތަށް ބޯހޫރާލަމުން އެގޮތަށް ނުވިސްނުމަށް ބުންޏެވެ.

 

“އަނެއްކާ ދިމް ނުގެއްލެނީސް އަވަހަށް ރެކްމެންގެ ކައިވެނީގެ ކަންތައް ހަމަޖައްސަންވީނު….” އީމަން މިހެން ބުނެލީ އޭނާގެ ހިތަށް އަސަރުކޮށްފައިވާކަން އެހެން މީހުނަށް ނޭނގުމަށްޓަކައި ކުޑަކޮށް މަޖާވެލާފައި އިނދެއެވެ. ނަމަވެސް އީމަން ނުބުނިކަމުގައި ވިޔަސް އީމަން ދެރަވާނެވަރު އެތާ ތިބި އެންމެނަށްވެސް އަންދާޒާކުރެވެއެވެ.

 

“ނޫން އިމޫ…. އަހަރެމެން ކައިވެނި ކުރާނީ އިމޫއާއި މާޔާ އަލުން ގުޅުނީމައި.. އިމޫއަށް މާޔާ ގެއްލުނީ އަހަރެންގެ ސަބަބުން… އެހެންވީމައި އަހަރެން ދިމްއާއި ކައިވެނިކުރާނީ އިމޫއަށް މާޔާ ލިބުނީމައި….” ރާކިން މިހެން ބުނުމުން ދިމްޔާވެސް ރާކިންގެ ބަހަށް ތާއީދު ކުރިއެވެ. ރާކިންމެން އެގޮތަށް ވާހަކަ ދެއްކުމުން އީމަން ރާކިންމެނަށް ވިސްނައިދޭން ވަރަށް މަސައްކަތް ކުރިއެވެ. އެހެނަށް ރާކިންމެން ތިބީ އީމަން ދައްކާ ވާހަކަ ޤަބޫލުކުރާ ގޮތަކަށް ނޫނެވެ.

 

ރުހާމެނާއި ދިމާވުމުން ދިމްޔާ ހުރީ ވަރަށް އުފާވެ އަދި އެހާމެ ހިތްހަމަވެސް ޖެހިފައެވެ. އެތައް ދުވަހަކަށްފަހު އެކުވެރިޔާ ހެޔޮހާލުގައި ފެނުމުން ރުހާމެން މާތް ﷲ ގެ ކިބަފުޅަށް ޝުކުރުވެރިވެ އެކަމަށް ޙަމްދު ކުރިއެވެ. އެކުވެރިންނާއިއެކު އުފާވެރި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ދިމްޔާއާއި ރާކިން ގެއަށް ދިއުމަށްޓަކައި ސައިކަލުގައި ދަތުރު ފެށިއެވެ.

 

ގެއާއި ހަމައަށް އާދެވުމުން ދިމްޔާ ސައިކަލުން ފައިބައިގެން އައިސް ގޭގެ ދޮރުމަތީގައި މަޑުކޮށްލީ ރާކިން މަގުގެ އަނެއްފަރާތަށް ސައިކަލް ޕާކުކުރަން ދިއުމުން އޭނަ އަންނަންދެނެވެ. ސައިކަލް ޕާކުކޮށްލުމަށްފަހު އެނބުރުންވަގުތު ދިމްޔާ ބަލަހައްޓައިގެން ހުރުމުން ރާކިން ދިމްޔާއަށް ހިނިތުންވެލުމުން ދިމްޔާވެސް ރާކިނަށް ހިނިތުންވެލިއެވެ. ނަމަވެސް އިސާހިތަކު އޭނާގެ ތުންފަތުން ހިނިތުންވުން ފިލައިގެން ދިޔައީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. ދިމްޔާ ބާރުބާރަށް ރާކިނަށް ގޮވާލިއިރު ވާނެއެއްޗެއް ވެނިމިއްޖެއެވެ. ރާކިންގެ ބޮލުގައި ބޮޑު ދަގަނޑުގަނޑަކުން ޖެހުމަށްފަހު އެ ދުއްވައިގަތީ ދިމްޔާގެ ކުރީގެ ލޯބިވެރިޔާ ޝާއިނެވެ. ރާކިން ބޮލުގައި ދެއަތުން ހިފަހައްޓާލިއިރު މަޑުމަޑުން ވެއްޓެން ދިޔަހެން ހީވިއެވެ. ފުސްވަމުންދިޔަ ދެލޮލުން އޭނާއަށް ދިމްޔާ އެދިމާއަށް ދުވެފައި އަންނަތަން ފެނުނެވެ. އެއާއިއެކު އޭނާގެ ޚަބަރު ހުސްވެގެން ވެއްޓުނެވެ.

 

ދުވެފައި ދިޔަ ޝާއިންގެ ނަސީބު ދެރަކަމުން ގޮސް ހުއްޓެވުނީ ފުލުހުންތަކެއްގެ ކުރިމައްޗަށެވެ. އެތަނުން ތިންމީހަކު ޝާއިން ހިފެހެއްޓުމުން ދެންތިބި ދެމީހުން ދިޔައީ ރާކިނާއި ދިމާއަށެވެ. އޭރު ދިމްޔާ އައިސް ރާކިނާ އަރާ ހަމަވެއްޖެއެވެ. ބޯފަޅައިގެން ގޮސްފައި އޮތުމުން ރާކިންގެ ބޮލުން ހުއްޓުމެއް ނެތި ލޭ އަންނަމުން ދިޔައެވެ. ރާކިންގެ ގާތުގައި ދެކަކޫ ޖަހާލަމުން ރާކިނަށް ގޮވާލަމުން ދިމްޔާއަށް ބާރަށް ރޮއިގަނެވުނެވެ. އިސާހިތަކު އެތަނަށް މީހުންތައްވެސް ބޮނޑިވާންފެށިއެވެ. ރާކިންގެ މޫނުގައި ހިފަހައްޓައިގެން އިނދެ ދިމްޔާ ރާކިނަށް ގޮވަން ފެށުމުން އެތަނުން ފުލުހަކު ދިމްޔާ އެތަނުން ނެގިއެވެ.

 

އެމްބިއުލާންސްގެ އަޑަށް ގޭގައި އިނދެފައި އީމަން ބޭރަށް ނުކުތީ ވެގެން އުޅޭގޮތެއް ބަލާލުމުގެ ބޭނުމުގައެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ. ދޮރުމަތީގައި ހުރެފައި ވަރަށް ބާރަށް އީމަން ރާނިޔާމެނަށް ގޮވާލިއެވެ. އެއަށްފަހު ރާކިނާއި ދިމާއަށް ދުއްވައިގަތެވެ. އީމަންގެ އަޑަށް ރާނިޔާމެން ބޭރަށް ނުކުތްއިރު ރާކިން އެމްބިއުލާންސަށް އަރުވަނީއެވެ. “މަގޭ ދަރި” އޭ ކިޔާފައި ރާނިޔާ އެމްބިއުލާންސާއި ދިމާއަށް ދުއްވައިގަތީ ބާރަށް ރޮއިގަންނަމުންނެވެ. ރާނިޔާގެ ފަހަތުން ރީހާނެވެސް ދިޔައެވެ. އެމީހުން އެރުމާއިއެކު އެމްބިއުލާންސް ނައްޓާލިއެވެ.

 

ލެއިން ފޯވެފައި އޮތް ރާކިން އަވަސްފަރުވާދޭ ކޮޓަރިއަށް ވެއްދިއިރު އެދިމާއަށް މީހުންތައް ޖަމާވަމުން ދިޔައީ ވެގެން އުޅޭގޮތެއް ބަލާލުމުގެ ބޭނުމުގައެވެ. އަވަސްފަރުވާދޭ ކޮޓަރީގެ އެއްފަރާތުގައި ހުއްޓިލައިގެންހުރެ ރޮމުންދިޔަ ރާނިޔާ މަސަލަސް ކުރަން ރީހާން މަސައްކަތް ކުރަމުން ދިޔައިރު އޭނާގެ ދެލޮލުންވެސް ވަނީ ކަރުނަ ހިލިފައެވެ. ދޮރުކައިރި ފާރުގައި ލެނގިލައިގެން ހުރި ދިމްޔާގެ ހެދުމުގައިވެސް ލޭ އުނގުޅިފައި ހުއްޓެވެ. ރާކިނަށް ދެރަގޮތެއް ނުވުމަށް އެދި ހިތާހިތުން މާތް ﷲ އަށް ދުޢާކުރަމުން ދިޔަ ދިމްޔާއަށްވެސް ރޮވެމުންދިޔައެވެ. ބައެއްފަހަރު ތުންފަތުގައި ދަތްއަޅާލަނީ އަޑު ބޭރުވެދާނެތީއެވެ. ދޮރުމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލާ އީމަންވެސް ހުރީ ހިތްނުތަނަވަސްވެފައެވެ. ފެންކަޅިވެފައިވާ ދެލޮލުން ދިމްޔާއަށް ބަލާލަމުން އީމަން ދިމްޔާގެ ގާތަށް ގޮސް މަޑުކޮށްލަމުން އޭނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ދިމްޔާއަށް ކެތްކުރެވުނީ އެހިސާބަށެވެ. އީމަންގެ ގައިގައި ބައްދާލަމުން އަޑުވީއްލާ ރޯންފެށުނެވެ. ދިމްޔާގެ އިސްތަށިގަނޑުގައި ފިރުމާލަމުން އޭނާއަށް ހިތްވަރު ލައިދިންއިރު އީމަންގެ ދެލޮލުންވެސް ކަރުނަ ފާއްދާލިއެވެ.

 

އޭގެ އިރުކޮޅެއްފަހުން ޑޮކްޓަރާއި ނަރުހެއް އެތެރެއިން ނުކުތުމުން އެންމެން އެއްފަހަރާ ޑޮކްޓަރުގެ ގާތަށް ޖެހިލިއެވެ.

“ރާކިންގެ ހާލު މިވަގުތު ވަރަށް ދެރަ…. ވަކި އެއްޗެއް ބުނަން އެނގޭނީ އޭނާ ހޭއެރުމުން…. ބޮލުން ވަރަށް ބައިވަރު ލޭ ފޭބުމުގެ ސަބަބުން ރާކިންގެ ގަޔަށް ލޭ އަޅަން ޖެހޭނީ…. ވީ އެންމެ އަވަހަކަށް އޯ ޕޮޒިޓިވް ލޭ ދޭނެ މީހަކު ހޯދާ…. ބަލިމީހާގެ ޢާއިލާ ޤަބޫލިއްޔާ މިތާގެ “ބްލަޑްބޭންކް” އިންވެސް ލޭއެޅިދާނެ….” ޑޮކްޓަރުގެ ވާހަކަ ރަނގަޅަށް ނުނިމި އުޅެނިކޮށް ރާނިޔާ ހޭނެތިގެން ރީހާންގެ އަތްމައްޗަށް ދެމުނެވެ. ދިމްޔާއަށްވެސް އޭނާގެ ދެފައިން ވާގިދޫވާހެން ހީވުމުން އީމަންގެ އަތުގައި ހިފަހައްޓާލެވުނެވެ. އީމަންގެ އެހީއާއިއެކު ދިމްޔާގޮސް ގޮނޑިބަރީގައި އިށީންއިރު އޭނާއަށް ގިސްލެވެމުން ދިޔައެވެ. އެވަގުތު އެތަނަށް ރުހާމެން އައުމުން ދިމްޔާގާތުގައި ރުހާމެން ބޭންދުމަށްފަހު އީމަން އަވަސްވެގަތީ ލޭ ހޯދުމަށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (90)

  1. shaaly

    v v reethi…

  2. ken?

    v reethi….nimeneetha…mihen mibjny kury part eiga bunefa in 2 dhimyaage vaahaka ingey hisaabu aee kunnu ey…so dn innaanee last part tha..???

  3. Raff

    Woow v nice mi part…nxt part konerakun up kuraani….

  4. nukko

    V v v v rythi waiting for the nxtpart

  5. Shaafy

    Wow. Mi part ves varah habeys. Keep it up. Waiting 4 next part.

  6. j boat

    Dhimya ge ekaku neiykan ingunymaves eyna ge uncle dhimya bahahtaafa tha dhiyaee? Dhaabiruge past kiyaidhin iru hyvi eyna kokko dheke varah loabiva hen. If so 2 dhimya fenunymaves dhim bahahtaafa maaya gendhiyaima kada…. story gendhaagoiy hama habeys.

  7. sofu

    Mi part vx vrh salhi eem dhn kn irakun aneh part…. Vrh avahah up kohdhehchey…. 🙂

  8. Aanaa

    Yeah me first….

  9. Aanaa

    Wow eem sis ….. Mipart ves vvv hab ingey… Ekam rec ah dhera gotheh nahadhahchey… Eyrun aanaa vv dheravaane… Next part up kohlahchey avahah.. Waitin 4 next part… Ok bye sis love u more…. Tc

  10. Ree

    Dhen vaanee kihinaiyy baa?? ??

  11. raee

    V reethi…. Next part konirakun

  12. zai

    V nice

  13. wershe

    Warah rythi…

  14. faazy

    V reethi

  15. Luvna

    Story is awsome.

  16. Nuha

    alhey rek maraalantha thi ulheny….. 🙁

  17. shaaya

    Plx rec numarahchey..eyrun vaahaka vv had I vaane…. One of the best story I m reading??☺

  18. Shau

    Alhe plxx Eem dnt kill Rek! I love him so much! <3 dhim vx ekani vaane eyrun.. Eem mi story ga innaany hpy ending eh tha sad ending eh tha? Plx I wanna knw eyrun kiriya vx hithah hama jehumeh libeynii..;-) love this story.. Eem u are awesome writer… 🙂 keep it up!

  19. kiyuntheriyaa

    mi baives varah reethi… thigothugai kuriah dhiumah hihvaru dhen

  20. Anonymous

    V reethiiii

  21. saadhu

    Hama super story.

  22. Hhh

    Raakin maruve dhim as eeman aa nugulhuvahche plxxx… Ehen hadhai fihyaa vaahaka hadivaane

  23. shx

    vv salhi..mashah hyvanyy rakinn maruvaanyhnn dhn..dhimya dhn innaanyy eeman aa kanneynge..haha..

  24. Mai

    Wow… Mibai v super… Kiyaa hithun ohwa nimuny…thanks eem…☺☺☺

  25. shaz

    v reethi mi part vx.
    raakin maraa nulachey eemiya

  26. afty

    wow v v v reethi……

  27. Blue

    V reethi mi part vx,ekm thankolheh kuru

  28. nazi

    v reethi konirakuntha alhe vaahaka kiyaalan libeynee

  29. elsa

    dhen eem gadaa , haadha ryhchey story , naseebeh nun maayaa ah fenun kan tv , haadha kulhi gadha eyy tv rec , poor eeman , eeman kehkohlaa , adhi maayaa libeyne , n thnk god tv rec ah tv libunkan , good job eem

  30. elsa

    alhe tv rec maraa lantha eem thiulheny , earun tv ah vaany kihineh , thalahigen dhaany dw , hahha

  31. Anonymous

    Hurihàa kudhinnàh eid mubaarik

  32. Raff

    eem nxr part avahah upload kohladheyba plzzzz….Eid Mubarik for u n ur family…

  33. xaaya

    eem! u r one of the bst writer in this site…….this story is awsome & keep it up…..:p.. “EID MUBAARAK” To all readers & specially eemiyaa……I LOVE U eem…. <3<3<3

  34. layaa

    eem nxt prt avahah up kohladheyba plx plx … mihaaru kiyaahithun hurevenykeenun Eem dnt kill Rek… eirun stry hadi vaany… .Eid Mubarik To all readers n eem

  35. friend

    when is the next??

  36. xee

    Waiting waiting!!! Eemoo koba nxt part alhe.. awahah up kollaba.. mihaaru kiyaa hithun hureveny eh noon

  37. angle

    Vvv reethi… When nxt part…. Waitn waitn… Eid mubaarak all readers n eem..

  38. nukko

    Emooo kobaa aneh part… mnday ga up kuri gothah up nukurameynun. Plxxx tdayy up kodhhecheyy.. luv u sis

  39. Eemiyaa

    Thanks all n eid mubaarak to u alll.. :-):-):-)
    Sorry guys for the delay… i’ll update next part soon..

  40. Anonymous

    eemy kobaa aneh bai??? ?

  41. kennukbee

    Eem whre is nxt part? Plx up it soooon. Cant wait anymore

  42. maash

    Eeem alhe hadhalahey up vaaleh!☹☹

  43. kennukbee

    Eeeeeeeeeeeeem ?

  44. Kiyuntheriyaa

    Eeeeeeeeeem…. kobaa 19 vana bai?? 🙁

  45. kennukbee

    Eeeeeeeeeeeeeeeeeemiyaaaaaaaaaaaa
    Dhaaaaaaaaaaaaaaamiyaaaaaaaaaaaa
    Dhimyaaaaaaaaaaaaaaaaaaaaaaaaaaaa where is the nxt part ?

  46. Anonymous

    eemiya kobaatha aneh bai? Varah kiyaahithun meendhy… ????????????????????????????????????

  47. ken?

    kobaa next part….mihaaru kondhuvahei up nuvaathaaa???

    1. kennukbee
      ken?

      Ken thi rony ufaa vegentha ? laafa myny. Aslu laan ulhuny ? mythi dhw. Hehe ??

    2. ken?
      ken?

      ?????

  48. nazi

    alhe kobaatha emi mi haadha dhigu inthizaarekey plz plz plz avaha up kolladherbala

  49. kennukbee

    Eem plz up it soon

  50. Hhh

    Eem mifaharu haadha lahey
    :(:( dhn konirakun aneh part up kohdeyniii mi story kiyaahithun hurevenee eh noon nehka eem balive tha thiulhenii##:(

  51. kennukbee

    Eem plx. ?

  52. Raff

    eem:'(:'(:'(:'(

  53. nukko

    E-mooooo
    Alheyyyyyyy mifaharu cmnnts a rply vs nukureyy :'( :'( :'( story ehaa las eem huttaaly tha alhey knmvs javaabeh dhybaa readers mioh maru vaniyyey kiyaahithun :'(

    1. sweet heart
      nukko

      good point nukko…u r the best………
      :):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):)

  54. shif

    Eeem eidh kulhenee dhow. Dhen v avahah up vaane thoche?

  55. shaahy

    Kobaa next part. Vaahaka ninmaalytha.

  56. ken?

    ??????????????

  57. zukan

    Mi part v nice but haadalahey dw 19 vanaw part up vaale.plz avaha up ko deebala

  58. Mallu

    vvv nice..whn next prt…plx up it soon……..

  59. kennukbee

    Eemm plx up it fst

  60. ZafA

    Eem kobaa aneh bai.. Vvvvvvv kiyaa gothun meendhy ekamaku mihaaru kihaa dhuvas vejje adhives upload nukure anekka kihinwhvee. Mee haadha salhi vaahaka ekey dhoonyaa thihen hadhaakah nuvaane ehnu emme kudaminun javaabeh dheeeba kiyuntheringe comment thakah… Dharumavaane…
    Eem mi vaahaka hama huhtaaleetha noony eem ge phone halaakuvee nuvatha net faisaa nudhahkaathy net nulibeny.. Nuvatha lap noony comp halaakuvee kanneyge..
    Noony vaahaka dhen kuriyah gendhaanegoi neyguny tha? kunna hama ah aadhevunas vaahaka adhi nunime ehnu.. Dhen innany emme fahu bai kanneyge..
    Imthixaaruge gitaa hithu thereygaa alhe dhen avahah upload kohba… Hey nuvaane..

  61. Yushiii

    Eeemyyy kobaatha anehbaii. Knme dhuvahaku balaalevey ebaa. Plxx up it sooon okey ????????

  62. shix

    Alhey haadha ginadhuvahakay avahah next part up kohdhyba

  63. @isha

    hey new part up kurany whn??? waittin for ur story…. avahah up koh dhybaa……

  64. Shau

    Eem story stop kurytha mihisaabun??? Or story nihman neyngunii tha? 😉 😛 Plxxxxx rply us.. We need an answer… We are crazily waiting for the nxt part.. It’s been a week since the last part.. plx plxx I beg u dnt stop writing this story, u have come this far.. So I believe u can still finish this story… Atleast rply us so that we knw wats going on.. Okay! <3 :-*

  65. nazi

    alhe kobaa tha vaahaka plz plz plz avaha up kolla dheebala

  66. kennukbee

    I thnk u r v busy these days. Vl wait for the nxt prt

  67. Marikko

    Why don’t you reply to your readers? It’s rude. BTW THIS STORY IS JUST AMAZING! WE CANT WAIT ANYMORE.. WHY DON’T YOU GET WHAT WE FEEL?

  68. Sammey

    Varah salhi kon dhuvahakun 19 anaanee

  69. sweet heart

    ;>

  70. nukko

    Emoo rulhi eem aa 🙁 🙁 🙁 🙁 🙁 🙁 🙁 :-(… plx rplyy

  71. Anonymous

    Eemooo ????????? Avahah genesdhy ???????

  72. pinky

    Koba next part. Dhenmi nimunytha

  73. eemiyaa

    hurihaa kiyuntheringe kibain nihaayathah maafah edhen…
    ingey hurihaa readers ves rulhi aisfa kan thibeynee… sorry again.. 🙁 🙁 🙁
    bxy vegen nun up nukurevunee…. bt kanthahthakeh kurimathi v ma madu jassaalevunyy..
    eem ah up kureveyne kamuge yageen kameh nethyma 18 vana part liyefa next part up kuraane vaki dhuvaheh nubuny..
    next part maadhamage vaguthegga up kohladheynan In Sha Allah…
    heekuran huriha kiyuntherinves inthizaaru kuraane kamah…

    1. cher
      eemiyaa

      eem alhe kobaatha… next part plzz….

  74. eemiyaa

    thanks all readers… 🙂 🙂 🙂

  75. tho

    Thanks for replay

  76. nukko

    Thnks eemoo….. will wait.. 🙂 🙂 🙂 🙂

  77. samee

    Thnx eem….. ekam than kolheh digu koh genes dehcheyyyy…. plx.plx…

  78. Raff

    Thanxs for ur rply….kobaa avahah up koh dhehche emoo than kolheh dhigu kon

  79. nnn

    Thanks

  80. nnn

    Mi adhu ves midhanee up nukurey

  81. naffa

    No time left now been but plz up sooooooooon

  82. Raff

    eem kobaa tha…

  83. samee

    eem.. alhe kobaa tha… kiyaa hithun miyoh moya vany….. avas koh ba plx plx plx……. can’t wait 4 a long time

  84. tho

    Kobaa miadhu up kuranbunibai

  85. eemiyaa

    sorry all.. eem ulhuny 9 haairu up kuran vegen.. bt eem ge schedule ah chnge eh aiy… kameh dhimaavaany bunefa eh nun dw… ehenve las v… 12 ge kuriah up kohla dhevunees bt net slow kamun nuvy…

    1. cher
      eemiyaa

      dhen kon irak up vaani

Comments are closed.